އެވަގުތު ޔާސްމީންގެ ފަހަތުން ގޭތެރެއިން އައި ބާރު އަޑާއެކު ޔާސްމީން ފަސް އެނބުރި ބަލައިލިއެވެ. ނިތްކުރީގައި ޝަހާދަތް އިނގިލިން ފިރުމާލަމުން އޭނާ ކުރިމަތީގައި ހުރި ޒަފްގެ މޫނަށް ބަލައިލިއެވެ. އޭރު އޭނާވެސް ހުރީ ޔާސްމީންގެ ފަހަތުން ފަނޑު އޮރެންޖް އަލި އެޅި ބިއްލޫރި ކުޑަދޮރުގެ ފަރުދާއިން ހިޔަނިވަމުންދިޔަ ދެމީހުންނަށް ބަލަހައްޓައިގެންނެވެ. ވަމުންދާގޮތް ކުރިމަތިން ސިފަވަމުންދިޔަޔަސް، އެއްވެސް މީހަކު އެކަމާގުޅޭގޮތުން ސުވާލުކުރުމުގެ ފުރުސަތު ދޭން ޔާސްމީން ހުރީ ތައްޔާރުވެގެންނެއްނޫނެވެ. ފަސްއެނބުރި ގެއަށް ވަންނަން އޭނާ ހިނގައިގަތީ އެހެންވެއެވެ. ޔާސްމީން […]
ކޮފީގެ ފޮދުވަރެއް ދަމާލަމުން، ޒަފަރުގޮސް ދޮރުހުޅުވާލިއެވެ. ދޮރުން އެތެރެއަށް ވަދެގެން އައީ އާޝިޔާއެވެ. ހުދުކުލައިގެ އަތްދިގު ބްލައުޒްއާއި ކަޅުކުލައިގެ ލެގިންސްގައި އޭނާ ފެންނަލެއް ސާދާއެވެ. އެތެރެއަށްވަދެ އެޅި ފުރަތަމަ ފިޔަވަޅާއެކު ޒަފަރް ގައިގައި ބައްދާލުމާއެކު، އޭނާގެ ނަޒަރު ހުއްޓުނީ ޔާސްމީންއަށެވެ. ޔާސްމީން ލައިގެންހުރި ޒަފަރްގެ ގަމީހާއި ތިރިން އަނދެލައިގެން ހުރި ތުވާލިން އޭނާ އަށް ނެގުނު މާނަ ގޯހެވެ. އެއްފަހަރު ޔާސްމީންގެ މޫނަށް އަނެއް ފަހަރު ޒަފަރްގެ މޫނަށް ބަލަން އިރުކޮޅަކު ހުރުމަށްފަހު އެތަނުން ނުކުންނަން އޭނާ ހިނގައިގަތީ ނުރުހުމުގެ ކުލަވަރުން މޫނު ކުނިކޮށްގެން ހުރެއެވެ. ދުލުން އެއްޗެއް ބުނެވޭ ވަރަށްވުރެ އާޝިޔާހުރީ ހިތުގައި ޖެހިފައެވެ. އެވަގުތު އާޝިޔާ ގެ އަތުގައި ހިފަހައްޓައި، އެ ކުށްހީ ފިލުވައިދިނުމަށްޓަކައި، އާޝިޔާގެ ކަންފަތްދަށުގައި ޒަފަރް ކޮންމެވެސް އެއްޗެއް ބުނެދިނެވެ. އެއާއެކު، ޔާސްމީނަށް ބަލައި ލަމުން އާޝިޔާ ރީތި ހިނިތުންވުމެއް ރައްދުކޮށްލައިފިއެވެ. ޖަވާބުގައި ޔާސްމީން ހިނިތުންވެލި ނަމަވެސް، ތަފާތު ޚިޔާލުތަކުން އޭނާގެ ވިސްނުން ޚަރާބުވިއެވެ. ޒަފަރްގެ ދިރިއުޅުމުގައި އާޝިޔާފަދަ އެއްވެސް އަންހެން ކުއްޖަކަށް ޖާގަ ދެވިފައި ވުމަކީ ޔާސްމީން ބޭނުންވާ ގޮތެއްނޫނެވެ. “ޔާސްމީން..! މިއީ އާޝިޔާ..! އާޝިޔާ! މިއީ ޔާސްމީން !…” ޔާސްމީންގެ ގާތަށް އާޝިޔާ ގޮވައިގެން އައިސް ޒަފަރް، ޔާސްމީން އަށް އާޝިޔާ ތަޢާރަފްކޮށްދިނެވެ. ހިނދުކޮޅެއް ކުރިން އެދެމެދުގައި ވި ބީރައްޓެހިކަން ކެނޑި ރަހުމަތްތެރިކަމެއް އާޝިޔާއާއި ޔާސްމީނާ ދެމެދު އުފެދުނެވެ. އާޝިޔާގެ އެ ހަސަދަވެރިކަމެއްނެތް ސާދާ މިޒާޖު، ޔާސްމީން ހައިރާންކުރުވިއެވެ. ޒަފަރްއާއި އާޝިޔާގެ ގުޅުން ރަޙުމަތްތެރިކަމަކަށްވުރެ ގާތްހެން ޔާސްމީނަށް ހީވިއެވެ. އިރުކޮޅަކު ވާހަކަ ދައްކަން ހުރުމަށްފަހު ޒަފަރްގޮވައިގެން ޔާސްމީނާ ތަންކޮޅެއް ދުރައްޖެހިލައި ކަންފަތްދަށުގައި އާޝިޔާ ކޮންމެވެސް އެއްޗެއް ބުނެލުމުން އެބައަންނަން ކަމަށްބުނެ ޒަފަރް އާޝިޔާއާއެކު ބޭރަށް ނުކުންނަން ހިނގައިގަތެވެ. ޒަފަރްގެ ސައިކަލު ފަހަތުގައި ޒަފަރްއާއެކު އާޝިޔާ ދާތަން ބަލަން ޓެރަހުގައި ހުރުމަށްފަހު، ޔާސްމީންގޮސް ކޮޓަރިއަށްވަދެ އެނދުގައި އޮށޯވެލައިފިއެވެ. ބާރަ ފޫޓު ބާރަފޫޓުގެ ކޮޓަރީގައި ވަކިހިއްޕާލާފައިވާ އެއަރކޮންޑިޝަނަރގެ ފިނިކަމުން، އިސާހިތަކު އޭނާގެ ދިގުއެސްފިޔަތަކަށް ބަރުވެ ނިދި ތާއްޔާ ޖެހޭ ގޮތްވެއްޖެއެވެ. ******** މުޅި މާހައުލަށް ފެތުރިފައިވާ ކަނު އަނދިރިކަމުގައި ދުރު ފިޔަވަޅުތަކެއް އަޅަމުން ޔާސްމީން ދުވަމުން ދިޔައީ ހުސްފައިގައެވެ. ޝިކާރަ ޖަނަވާރަކަށް ފިލަން ދުވާ ޝިކާރައެއް ފަދައިންނެވެ. ދާނެ މަންޒިލެއް ،މަޤުޞޫދެއްނެތި ދުވަމުން ދިޔަވަރަކަށް ދެވޭނުދެވޭ ދިމާއެއް ނޭނގި މަގު އޮޅެމުން ގޮސް ޔާސްމީނަށް ވަދެވުނީ ރަށުގެ ފުށްޓަރު ފަރާތުން އޮންނަ ބޯ ޖަންގައްޔަށެވެ. އެހިސާބުން އޭނާގެ ދެފައިގައި ތަޅު އެޅުވުނުފަދައެވެ. […]
އިރުމަތީ ފަރާތުގެ އުދަރެސް ދޮންކުރަމުން، މަޑުމަޑުން ފާޅުވަމުންދިޔަ އިރުގެ ރަން ދޯދިތައް، ގޮތް ނޭނގޭ ޒުވާން އަންހެންކުއްޖާގެ ތެމި ފޯވެފައިވާ ހަށިގަނޑުގައި ބީހެމުންދިޔަ މަންޒަރު ހިތްގައިމުވެފައި، ރީއްޗެވެ. ކެމެރާގެ ލެންސް އަންހެން ކުއްޖާއަށް އަމާޒުކޮށްލައިގެން ހުރެ، ލިބިފައިވާ ރަނުގެ ފުރުސަތުގެ ބޭނުން ޒަފަރް ހިފަމުންދިޔައެވެ. ކަރުތާފެނަށްވުރެ ދުރުގައި އޮވެ އަންހެންކުއްޖާ ބަކަތަޅަން ފެށީ އެވަގުތުއެވެ. ގެނބެމުންދިޔަ ޒުވާނާގެ ސަލާމަތަށްޓަކައި، ބަލާކަށް ނުހުރެ، ޒަފަރް މޫދަށް ފުންމާލިއެވެ. ފަތާފައި އެ ހިސާބަށް ދެވުނު އިރު، ޚަބަރުހުސްވެ، މަޑުމަޑުން ފެނުގެ ތެރެއަށް ގެނބެމުންދިޔަ އަންހެންކުއްޖާ ނަގައިގެން އައިސް ޒަފަރް މަޑުމަޑުން އަންހެންކުއްޖާ ދޮންވެލި ގަނޑުގައި ބާއްވާލިއެވެ. ހަރަކާތެއްނެތި ހިމޭންކަމުގައިވި އެ އާދަޔާ ޚިލާފް ރީތި އަންހެން ކުއްޖާއަށް ބަލަހައްޓައިގެން ޒަފަރަށް އިނދެވުނެވެ. މިހާ ރީތި ކުއްޖެއް މިއިން ދުވަހަކު އޭނާ ދެކެފައެއް ނުވެއެވެ. ޝަބްނަމްގެ ތިކިތަކެއްހެން މޫނުމަތީގައި އެތުރިހާލައިވާ ލޮނުތިކިތައް އެރީތި މޫނުގެ އުޖާލާކަމާ ވަކިވާން އިންކާރުކުރަމުން ދިޔަ ފަދައެވެ. އިރުކޮޅަކު ވިސްނަން އިނދެލުމަށްފަހު، ވެގެން އުޅޭގޮތް ކުއްލިއަކަށް ހަނދާންނަށް އައި ހެން ޒަފަރް އަންހެން ކުއްޖާގެ އަތްއުފުލާލައި ވިންދު ބަލައިލިއެވެ.ދިހަވަރަކަށް ސިކުންތު ވީއިރުވެސް އެ ޖިސްމުގައި ވިންދެއްގެ ހިލަންވެސް ނުވުމުން، އަންހެން ކުއްޖާގެ މޭދަށުގައި ދެއަތް އަޅުވާލުމަށްފަހު އަންހެން ކުއްޖާ ނޭވާލެއްވޭތޯއޭނާ މަސައްކަތްކުރިއެވެ. އެވަރުންވެސް އެ ހަށިގަނޑަށް ދިރުމެއް ނައުމުން ޒަފަރް ހާސްވެ އޮއްދާ ހިއްލާލިއެވެ. އެހީތެރިކަމަށް އެދި ގޮވާލާނެ މީހަކުވެސް އެގަޑީގައި އެތަނަކު ނެތެވެ. އަވަސް އަވަހަށް ދަބަސް ބާއްވާފައިއޮތް ތަނަށްގޮސް ފޯނު އަތުޖެހޭތޯ ކުރިމަސައްކަތްވެސް ވީބޭކާރެވެ. އަވަސްއަރުވާލާފައި އޭނާއަށް މޫދަށް ފުންމާލެވުނީ ލައިގެން ހުރި ޑެނިމް ސޯޓުގެ ޖީބުގައި ފޯނު އޮއްވައެވެ. ދެވަނަ ފަހަރަށްގޮސް އަންހެން ކުއްޖާގެ މޫނާކައިރިވެލުމަށްފަހު، ދަތްދޮޅި އުފުއްލާލިއެވެ. އަދި ޒަފަރުގެ އަގައިން އަންހެންކުއްޖާގެ އަނގައިގެ ތެރެއަށް އޮކްސިޖަން ދޭން ފެށުމާއެކު ގަދައަށް ކެއްސައި ގަތުމަށްފަހު އަންހެން ކުއްޖާގެ އަނގައިން ބޮކިޖަހާފައި ލޮނުތައް އޮހޮރިގަތެވެ. ނޯށުން އެރި ލޮނާއެކު ދެލޯ މަރައި ބާރުކޮށްލައިގެން އޮތުމަށްފަހު އަންހެން ކުއްޖާ ލޯ ހުޅުވާލިއެވެ. ކުރިމަތީގައި އިން ޒަފަރް ފެނި ޒުވާނާ ގެ ތުންފަތުގައި ކުޅެލި ސިއްރު ހިނިތުންވުން […]
އާޝިޔާ އިށީން ގޮނޑިޔާ ޖެހިގެން އޭނާއަށް ބަލަހައްޓައިގެން ޒަފަރު އިނީ ހިނިއައިސްފައެވެ. ކޮޅަށް ތެދުވެ އިތުރު ގޮނޑިއެއް ހުހަށް އިންތޯ އާޝިޔާ ހޯލުތެރެ ހޯދައި ބަލައިލީ، ޒަފަރުގެ ގާތުގައި އިންނަން ބޭނުޭޜންނުވާތީ އެވެ. ” ކޮންފަދަ މުސީބާތެއް..!!.” އާޝިޔާގެ ދުލާ ހަމައަށް އެ ޖުމްލަ ނަޔަސް، އޭނާގެ ހިތުގެ އަޑިން ޒަފަރުއާ ދިމާއަށް އެތައް އެއްޗެއް ގޮވިއެވެ. އިތުރު ގޮތެއް ނެތުމުން އާޝިޔާ ގޮނޑީގައި އިށީނެވެ. ޕްރޮފެސަރގެ ފިލާވަޅުތަކަށްވުރެ ޒަފަރުގެ ސަމާލުކަން ހުއްޓިފައިވަނީ އާޝިޔާ އަށެވެ. އަމުދުން […]
ހަނދުވަރު ތޫނު މޫސުމް ރީތި ރެއެކެވެ. ފެހީގެ ވާދީތަކާއި ފެނާރުތައް ފަސްދެމުން ވައިސޫރިއެއްހެން އޮމާން ދުވެއްޔެއްގައި ހަލުވިކަމާއެކު ދުވަމުންދިޔަ ކަޅުކުލައިގެ ބެންޒް ކާރެއް ނިއުޒީލެންޑްގެ ހައިބަތުހެޔޮ ގަނޑުވަރެއްފަދަ ގޭގެ ޕޯޓިކޯ ކުރިމައްޗަށް ހުއްޓާލައިފިއެވެ. ހަގީގަތުގައި އެއީ މީހުން ދިރިއުޅޭ ގަނޑުވަރެއް ނޫނެވެ. ޝާހީ ކުލަތަކުން ފަވާލެވިފައިވާ، އަމިއްލަވަންތަ އިހުސާސެއް ގެނުވާލަދޭނެ، ގަނޑުވަރެއްފަދަ ބިޔަ ރެސްޓޯރެންޓެކެވެ. ލޯބިވެރިންގެ ޚާއްޞަ ސަމާލުކަމެއް މި ރެސްޓޯރެންޓަށް ލިބިފައިވަނީ އެވެރިންގެ ލޯބީގެ މާތަށް އެންމެ ހުވަފެނީ ގޮތެއްގައި ފޮޅުވާލަދޭނެ މެހެފިލް އަކީ މިއީ […]
އެކަވީސްވަނަ ޤަރުނުގެ ބަވަނަ ވަމުންދާ ދުނިޔޭގެ ތަރައްޤީގެ އުސްމިންތަކާއެކު، އިންސާނާގެ ހިތާއި ސިކުނޑިން ޤަބޫލުކުރާ ހަމަޔާ އުޞޫލުތައްވެސް ބަދަދުވަމުންދަނީއެވެ. ޒަމާނީ އޮއިވަރެއްގައި ޖެހި ޒުވާން ޖީލުގެ ހިތްތަކުން އިހުގެ ދިވެހީންގެ ރިވެތި ސާދާ ސީދާ އާދަކާދައާއި ޘަޤާފަތްވެސް ބަދަލުވެ ބޯދާ ޤަބޫލުކުރުންތަކެއްގެ ގޮތުގައި ސިފަވަމުންދަނީއެވެ. މިފަދަ ދުވަސްވަރެއްގައި، އަމުދުން މިފަދަ ޒަމާނީ ވިސްނުމާ ފިކުރެއްގެ ތެރެއަށް ހިތާއި ސިކުނޑި ދީލާލެވި މިނިވަން ކަމުގައި އުދުހެމުންދިޔަ ޒުވާން ޒަފަރުގެ ދިރިއުޅުމަށް އެފަދަ ދެވަނައެއްނުވާ، ޒުވާން ރީތި ޔާސްމީން އަންނަނީ، “އިއްތިފާޤެއް” ގެ ގޮތުގައި ދައްކަން މަސައްކަތްކުރި ހީލަތްތެރި ރޭވުމަކުންނެވެ. ޔާސްމީނަކީ ދިވެހި އާދަކާތަކަށް ލޯބިކުރާ، ހަމަ އެހާވަރަށް އަމިއްލަ ކަރާމާތާއި އަންނެނުންގެ ބާރުވެރިކަމަށް ލޯބިކުރާ އަންހެން ކުއްޖެކެވެ. އަނެއްކޮޅުން ޒަފަރުގެ ލޯބީގެ ދުނިޔޭގައި އެހިނދަށް ރަނކަން ކުރަމުން ދިޔަ މައުސޫމް އާޝިޔާގެ އާޝިޤާނާ މިޒާޖަށް ޒަފަރު ހިތްވަނީ ލެނބިފައެވެ. ޒަމާނީ ލޯބީގެ ދުނިޔެއެއްގައި އަމިއްލަވަންތަކަމާއި […]
” މިކަން މިނިމުނީ….ޠައްޔިބު………” އެތިން މީހުންގެ ސޫރަ ރަނގަޅަށް ވަކި ވުމުގެ ކުރިން ސަކީނާގެ ދެލޯ މެރިއްޖެއެވެ. ފުން އަނދިރި ގަނޑެއްގެ ތެރެއަށް ނަފްސު ދިއުމުގެ ކުރިން ސަކީނާ އަށް އެންމެ ފަހުން އަޑު އިވުނީ އެ ލަފްޒެވެ. ދިގު ނިންޖަކުން މި ދުނިޔެއަށް ދެވަނަ ފަހަރަށް ލޯ ހުޅުވުނު އިރު ސަކީނާގެ ދުނިޔެ ވަނީމުޅީން ވިއްސި ވިހާލިކޮށްލާފައެވެ. ރަޝީދުއާއި ރަޝީދުގެ މައިން ބަފައިން އެ ތިން ޤާތިލުންވަނީ ޤަތުލުކޮށްލާފައެވެ. ސަކީނާއާއި ރަޝީދުގެ ދަރިފުޅު މަރުވީ ކަމެއް ނުވަތަ ދުނިޔޭގައި ހުރިކަމެއްވެސް އޭނާއަކަށް ނޭނގެއެވެ. ގޭތެރޭގައި ލޭގެ ކޯރެއް ހައްދާލި އެ ޤަތުލު ޢާއްމުން އޭނާ ސަލާމަތްވީވެސް އަޖައިބެއްފަދަ ގޮތަކަށެވެ. މީހުން ގެއިން ބޭރަށް ނުކުމެ ނޫޅޭ އެފަދަ ވިއްސާރަ ތޫފާނީ ރެއެއްގައި ގެއަށް ކޮންމެވެސް ބޭނުމަކު ވަތްް އަވައްޓެރިއެއްގެެ ސަބަބުންނެވެ. އެއީ ޒާހިރެވެ. އޭނާއަކީ ރަޝީދުގެ ކުޑައިރުގެ ރަޙުމަތްތެރިއެކެވެ. ޒާހިރު އެގެއަށްވަނީ ހާދިސާ ހިނގިތާ ތިރީސްވަރަކަށް މިނިޓްވެސް ވީފަހުންނެވެ. ތިން މުޖުރިމުން އެމީހުން އެކުރި ކަމެއް ކޮށްފައި ދިޔައިރު، ސަކީނާގެ ނޭވާ އުފުރިގެން ދިޔުމާ ވަނީ ގާތްވެފައެވެ. ކިރިޔާ ދިރިއޮތްކަމެވެ. ނަމަވެސް އެ ތިރީސް މިނިޓް އޭނާގެ ފުރާނަ ނުގެންދަވައި އޮތްކަމީ އޭނާގެ ނަސީބު ކަމެއް ނުވަތަ އެތިން މުޖުރިމުންގެ ބަދު ނަސީބު ކަމެއް ބުނެދޭކަށް އޭނާ […]
ނިދާފައި އޮތް ޖައިޝްއަށް ބަލަހައްޓައިގެން ހުރެ ޖައިޝްގެ މޯބައިލް ފޯނު ކަންފަތުގައި ޖަހައިގެންހުރި އިނާޒާގެ ހިއްސުތައް ޑރ. ލަތީފް ދިން ޚަބަރުން ހަމައިން ނައްޓުވާލި ފަދައެވެ. ގަޔަށް ފިނިގަނޑެއް އަރައި ފައިބައިގެން ދިޔަހެން އޭނާއަށް ހީވިއެވެ. ހުވަފެނަކުން ހޭނުލެވިގެން އުޅޭ މީހަކު ފަދައިން މޭގައި އޮވެ ބާރު ބާރަށް ތެޅެމުން ދިޔަ ހިތާ ދިމާލުން މޭގައި އޭނާއަށް އަތް އަޅާލެވުނެވެ. “ހެލޯ ޖައިޝް… އެބަ އަޑު އިވޭތަ؟ ހެލޯ…. ހެލޯ..” ޖައިޝް އަނގައިން ނުބުނުމުން ޑރ. ލަތީފް ފޯނު ކަނޑާލިއެވެ. ދެވަނަ ފަހަރަށް ގުޅަންވާއިރަށް އިނާޒާ ފޯނު ނިއްވާލިއެވެ. މިއަދު އޭނާއަށް މިއިވުނީ ހަގީގަތެއްނަމަ، އޭނާ ދާން ބޭނުންވާ މިސްރާބު، ގެއްލުމާ ކައިރިވީއެވެ. ދުށް ހުރިހާ ހުވަފެނެއް ބިލާހަކަށް ވުމާ ގާތްވަނީއެވެ. އިނާޒާގެ އެދުމަކީ ޖައިޝްއާއި އަނުމްގެ ކައިވެންޏެވެ. އެކައިވެނީގެ ބަދަލުގައި އޭނާއަށް ލިބޭނެ ވަރަށް ބޮޑު އުފަލެއްވެއެވެ. ދިރިއުޅުމުގައި އޭނާ ހެދި ހުރިހާ ގޯހެއް ގޮސް ގުޅިފައިވާ އުފަލެވެ. އޭނާގެ އަމިއްލަ އެދުން ހާސިލް ނުވާނަމަ، އަނުމްއަކީ އޭނާއަށްޓަކައި އެއްވެސް މީހެއް ނޫނެވެ. އޭނާ ބޭނުންވާ ކަންތައް ހާސިލް ކުރަން ދެން އޮތީ ކުޑަ ދުވަސް ކޮޅެއްކަން އެނގުމުން އިނާޒާ ހާސްވާ ގޮތްވިއެވެ. “މަންމާ…” ކުއްލިއަކަށް ބާރު އެތި ފަހަރެއް ވެއްޓި ޖެހުނު އަޑަށް ޖައިޝްއަށް ފުންމައިގެން ތެދުވެވުނެވެ. ކުރިމަތީގައި ޚަބަރު ހުސްވެގެން ވެއްޓިފައި އޮތީ އިނާޒާއެވެ. އިނާޒާ ނަގައިގަނެގެން ގޮސް އެނދުގައި ބޭއްވުމަށްފަހު އާއިލީ ޑޮކްޓަރަށް ގުޅާން އޭނާގެ މޮބައިލްު ހޯދާ ހޯދާ ނުފެނުމުން ކޮޓަރީގެ ފޯނު ލައިން އިން ޑރ. އިމާދުއަށް ގުޅިއެވެ. ޑރ. އިމާދަކީ ޒަމާނުންސުރެ އިނާޒާމެންގެ ޚިދުމަތުގައި ދެމިހުރި ޠައްޔިބާއި އިނާޒާގެވެސް ވަރަށް ގާތް ޑޮކްޓަރެކެވެ. ” ލޭގެ ޕްރެޝަރ ވަރަށް މަތި….. އަޅާ ނުލެވިއްޖިއްޔާ މިއީ ފުރާނައަށްވެސް ނުރައްކާ ވެދާނެ ކަހަލަ ކަމެއް….. އިނާޒާ ކަމަކާ ހިތާމަ ކުރަނީތަ؟…” ބޭސް ލިޔެ ދެމުން ޑޮކްޓަރު ވާހަކަ ދެއްކީ ޖައިޝްއާއެވެ. ޖައިޝްއާއެކު ކޮޓަރިތެރޭގައި ތިބި އެހެން މީހުންގެ މޫނު މަތިންވެސް ފެންނަނީ ހިތާމައިގެ އަސަރެވެ. “މަންމަ އެވަރަށް އާދޭސް ކުރާ އިރުވެސް ޖައިޝް ނޫޅޭވިއްޔަ އަނުމް އާ އިންނާކަށް… ޖައިޝްއަށް ނޭނގުނަސް އެކަމާ މަންމަ ހާދަ ވިސްނައޭ…. މަންމަ އަށް ކަމެއް ވެއްޖިއްޔާ އެކަމުގެ ޒިންމާ ނަގަން ޖެހޭނީ ޖައިޝް…..” ޑރ. އިމާދު ދިއުމުން، އެހެން ނުބުނެ މެހެރުއްނިސާއަކަށް ކެތެއް ނުވިއެވެ. މެހެރުގެ އެބަސް ޖައިޝްގެ ހިތުގައި ޖެއްސުވިއެވެ. ބައްޕަ އެހާލަތުގައި އޮއްވައި އަނެއްކާ މަންމަ ގެއްލޭކަށް އޭނާ ނޭދެއެވެ. “މަންމާ… މަންމަ އުފާވާނީ އަހަރެން އަނުމްއާ ކައިވެނިކޮށްގެން ކަމަށް ވަންޏާ އަވަހަށް ކައިވެނީގެ ތައްޔާރީތައް ވާންފަށާ… މަންމަ ބުނާ ދުވަހެއްގަ ކައިވެނި ކުރަން އަހަރެން ތައްޔާރު….” ދެ ލޯ ހުޅުވާލައިގެން ޖައިޝްއަށް ބަލަން އޮތް އިނާޒާގެ މަގަތުގައި އިށީންނަމުން ޖައިޝް އިނާޒާގެ އަތުގައި ހިފާލިއެވެ. ޖައިޝް އެހެން ބުނެލުމުން އިނާޒާގެ ހުރިހާ އުންމީދެއް ފުރިހަމަވިފަދައެވެ. އޭނާއަށް ލިބިފައިމިވާ މަދު ދުވަސްކޮޅުގެ ތެރޭގައި ވީ އެންމެ އަވަހަކަށް ކައިވެނީގެ ތައްޔާރީތައްވާން އޭނާ ނިންމިއެވެ. އަރާމްކުރަން އިނާޒާގެ ކޮޓަރިއަށް އިނާޒާއާއެކު އެންމެން ދިއުމުން ފޯނު ފެނޭތޯ ކޮޓަރީގެ އެކި ތަންތަން ބަލަމުން ގޮސް އެނދު ދަށް ބަލާލެވުނު އިރު ފޯނު އެނދު ދަށުގައި އޮތީތީ ޖައިޝްއަށްފެނުނެވެ. ފޯނާ ގާތުގައި އެއްކަލަ ހުދު ސިޓީއުރަވެސް އޮތެވެ. ފޯނު ހުޅުވާލަމުން ފޯނާ ސިޓީއުރަ ނަގައިގެން އެނދުގައި އިށީނދެލަމުން ޖައިޝް ވިސްނާލިއެވެ. މިސިޓީއަކީ ބަލްޚާ ދިޔަ ދުވަހު އޭނާއަށް ފެނުނު ސިޓީ އުރައެވެ. ޓޭބަލްލޭމްޕް ކައިރީ ބޭއްވި އެއްޗެއް އެނދު ދަށަށް ދިޔައީ ކިހިނެއްހެއްޔެވެ؟ ލަކްޝްމީމެން ކޮޓަރި ސާފުކުރާ އިރު ނުބަލަންޏާ ވާނީ މިހެން ނޫންހެއްޔެވެ؟ ހިތުގައި އުފެދުނު ސުވާލަށް އަމިއްލައަށް ޖަވާބު ދެމުން ޖައިޝް ސިޓީއުރަ ކަނޑާލިއެވެ. އެއީ ޠައްޔިބުގެ އަތުލިޔުމުން ސީދާ ޖައިޝްއަށްޓަކައި ލިޔެފައިވާ ސިޓީއެކެވެ. ޠައްޔިބު ކޯމާއަށް ދިއުމުގެ ކުރިން ބުނީ މިސިޓީގެ ވާހަކަން ޔަގީންވުމުން ޖައިޝްގެ ޝައުގުވެރިކަން އިތުރުވިއެވެ. ސިޓީ ނިއުޅުވާފައި ކިޔަންފެށިއެވެ. ޖައިޝްގެ މާޒީ، ފެށުމާ ހަމައިން އެ ސިޓީގައި ޠާއްޔިބު ލިޔެފައިވެއެވެ. ****** “ވަރަށް […]
ޑރ. ލަތީފް ބުނި އެއްޗަކުން ހިނދުކޮޅެއްގެ ހިމޭންކަމަކާއެކު، ބުނާނެ އެއްޗެއް ނޭނގިފައި އިރުކޮޅަކު ބަލްޚާއަށް ހުރެވުނެވެ. އޮޅުން ބޮޅުން ގަނޑެއްގެ ތެރޭގައި އޭނާގެ ސިކުނޑި ހައްޔަރުވި ފަދައެވެ. އެހެންވާނީ ކިހިނެއް ހެއްޔެވެ؟ ޠައްޔިބު ނިޔާވެގެން ސަހަރާއަށް ގެންދިޔަ ދުވަހު އޭނާވެސް އެތަނުގައި ހުރިވިއްޔާއެވެ. އެކަމަކު އެދުވަހު ކަންދިމާކުރިގޮތުން އޭނާއަށް ޠައްޔިބުގެ މޫނު ފެންނަވަރެއް ނުވިއެވެ. “ތިއީ ހަމަ ތެދެއްތަ؟” އެ ގަބޫލުކުރަންދަތި ހަގީގަތާމެދު ހިތާއި ސިކުނޑި އަރާރުންވާން ފެށުމުން ބަލްޚާ އެހިއެވެ. “ޖައިޝް ނުބުނޭތަ ބަލްޚާ ކައިރީ؟!!” ބުނެވުނީ […]