މާތިއު އިނީ ކާރުގައެވެ. ދެންމެ ފެންފުޅިއެއް ގަނެގެން ފިހާރައިން ނުކުންނަނިކޮށް ކޮނޑުގައި އަޅައިގަތް ކުއްޖާއާއި މެދު ވިސްނެމުންދިޔައެވެ. “އަޖައިބެއް. މިއަދު މީ މީހުންނާ އަޅައިގަންނަ ދުވަހެއް.” މާތިއުގެ ހިތް ބުނެލިއެވެ. އެއަށްފަހު ބޯހޫރުވާލަމުން ކައިރިން ފެންނަމުންދިޔަ ބޯގަސްތަކަށް ބަލާލިއެވެ. ތިރިވަމުންދިޔަ އިރާއިއެކު އެޅިފައިވާ ރަންކުލައިގެ ދޯދިތައް ގަސްތަކުގެ ދޭތެރެއިން ފުރޭނިގެން ދާ ދިޔުން އެއީ އަބަދުވެސް މާތިއު ފެސިނޭޓް ވާކަމެކެވެ. ވައިރޯޅި ޖެހިލުމުން ގަސްތައް އެއާއިއެކު ހެލިލާ ގޮތުން މާތިއުގެ ހިތަށް ބުނެދޭން ނޭނގޭ ކަހަލަ ހިތްހަމަޖެހުމެއް […]
ހަފްތާއެއް ފާއިތުވެގެން ދިޔައިރުވެސް ހުސެންގެ ފަރާތުން އީރަމްއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބޭގޮތެއް ނުވިއެވެ. ހައިފާ ކައިރީ އެވާހަކަ ދައްކަން ރަނގަޅު ވަގުތަކާ ދިމާނުވަނިއްޔެވެ. ހައިފާ ކައިރީ އެވާހަކަ ދައްކާނެކަމުގެ ޔަގީންކަން ހުސެން ލާމިހްއައް ދިނެވެ. ލާމިހް އައް ހީވަނީ ދުވަސްތައް މާލަހުން ދާހެންނެވެ. ކެތްތެރިކަން ކުޑަ ވެފައިވާ މީހެއް ފަދައިން އެހިތް އެދެމުން ދިޔައީ އެންމެ ކަމަކަށެވެ. ގޭގެ ޓެރަސްގައި ހުއްޓިހުރި ލާމިހް އައް ހިމަފޮދު ވާރޭ ވެހޭކަން އިހްސާސް ނުވާކަހަލައެވެ. މަގުމަތީ މީހުންތައް ވާރޭބޯކޮއްލަފާނެކަމައް […]
މިއަދަކީ ހަނާއާ ނިސާދުގެ ގުޅުމަށް 3 މަސް ހަމަވި އުފާވެރި ދުވަހެވެ. 3 މަސް ހަމަވެގެން ދިޔައިރުވެސް ދެމީހުންގެ މި ސިއްރު ގުޅުމަކަށް ބަދަލެއްނާދެއެވެ. ދުވަހެއް ދުވަހަކަށް ދެމީހުންގެ ގުޅުން ބަދަހިވަމުން، ލޯބީގެ އާކުރިތައް ފަޅަމުން ދިޔައެވެ. އޭގެހަފުތާއެއް ފަހެވެ. ހަނާ ބޭރުން އައިސް ގޭތެރެއަށް ވަނުމާއެކު ޒުހުރާ ގޮވާލިއެވެ. “ދަރިފުޅޭ ހަނާ..! މަންމަ ކައިރީ މިތާ އިށީދެބަލަ. މަންމަ ވާހަކައެއް އަހާލަންވެފަ އެބައޮތް.” ހަނާ މަޑުހިގުމެއްގަ އައިސް ޒުުހުރާގެ ކައިރީ އުދޯލީގައި އިށީނެވެ. “ކޮށް ވާހަކަ […]
“ލެެޓްސްގޯ ސެެލެބްރޭޓް ބޭބީ” ޒިވާން ގައިގާ ލައްވެލަމުން މައިރާ ބުނުމުން ޒިވާންވެސް މައިރާގެ އުނުގަނޑުގައި އަތް ވަށާލައިގެން ހުރެ ކޮަޓަރިން ނިކުތެވެ. އަރުޝީވެސް އިތުރަށް މަޑުކުރަން ނުހަދާ ފޮށިހިފައިގެން ކޮޓަރިން ނިކުތެވެ. އެއަށްފަހު އެންމެ ފަހު ފަހަރަށް އެގެއަށް ބަލާލިއެވެ. ރައިހާނާ އާއި ބައްދަލު ކުރަން ހިތަށް އަރާފައިވެސް އެހިޔާލު ބަދަލުކޮށްލީ ރައިހާނާ ކައިރީ ދޮގުތަކެއް ހަދަން ބޭނުން ނުވާތީއެވެ. އަރުޝީ ފޮށިދަމަމުން ގެއިން ނިކުތްއިރު ޒިވާން އާއި މައިރާ ކާރަށް އަރައިގެެން ދަނީއެވެ. އަރުޝީ ގޭޓުން […]
ޔޫޝައު އޮފީހުގައި އަވަދިނެތި އުޅެނިކޮށް އޭނާއާ ބައްދަލުކުރަން އަންހެންކުއްޖަކު އައިސް ހުރި ވާހަކަ އޭނާގެ ރިސެޕްޝަންގައި އިންނަ ކުއްޖާ ގުޅާފައި ބުންޏެވެ. އޭނާ އެކުއްޖާ އެތެރެއަށް ފޮނުވުމަށް އެދުނީ އެހީއަކަށް އެދި އައި މީހަކަށް ވެދާނެކަމަށް ހީކުރަމުންނެވެ. ކެބިންގައި ޓަކި ޖަހާލި އަޑު އިވުމުން އެދިމާއަށް ބަލާވެސްނުލާ އިނދެ އެތެރެއަށް ވަންނާށޭ ބުނެލިއެވެ. އެއާއެކު ފިނިވެފައި ހުރެ އައިކާ އެތެރެއަށް ވަނެވެ. ދޮރު ހުޅުވާލި އަޑަށް އިސްއުފުލާ ޔޫޝައުއަށް ދޮރާއި ދިމާއަށް ބަލާލެވުނެވެ. އެވަގުތު އޭނާއަށް ބޭއިޚްތިޔާރުގައި […]
ޔުނީފޯމު ލައިގެން ސްކޫލާ ދިމާއަށް ހިނގަމުން ދިޔައިރު އަޝްފާންގެ މޫނުމަތީގައިވީ ފަނޑު ހިނިތުންވުމެކެވެ. ޔުމްނާ އޭނާގެ ދެލޮލަށް ފެނުނު ހިސާބުން ފެށިގެން އެހިތުގެ ހަމަޖެހުން ގެއްލިއްޖެއެވެ. ކުލާސް ރޫމަށްވަދެ ޔުމްނާ އިންނަ ޑެސްކާ ދިމާއަށް ނަޒަރު ހިންގާލި ވަގުތު އޭނާގެ މޫނުމަތި އެއްކޮށް މިލައިގެން ދިޔައެވެ. ޔުމްނާ އިންނަ ގޮނޑި ހުރީ ހުހަށެވެ. “އެކްސްކިއުޒް؟ ޔުމްނާ ނާންނަނީތަ މިޔަދު؟” ޑެސްކެއްގެ މަތީގައި އެހެން ކުއްޖަކާއެކު އޮލަ ވާހަކައިގައި އިން އަންހެން ކުއްޖެއްގެ ކޮނޑުގައި އަތް ޖައްސާލަމުން އަޝްފާން […]
ދުވެފައިދިޔަ އަވްލީން ފެނި ނަވާޒް އެއްކައިރިއަށް ޖެހިލިއެވެ. އޭރު އަވްލީންއަށް ހުރީ ރަނގަޅަށްވެސް ރޮވިފައެވެ. މީހުން ކުރިމަތީގައި ނުރޯން ކެތްކުރިއަސް އިންސާނުންނަށް ކެތްވާނީ ވަކި ވަރަކަށްނޫން ހެއްޔެވެ. “ހައި ހުރިހާ ކުދިން ކިހިނެއް؟” ނަވާޒް ހުރިހާ ކުދިންނަށް ހައި އަޅާލިއެވެ. “ނަވާޒް މި ކުލާހުގައި ކީއްކުރަނީ. 10 އޭ އަކީ މި ކުލާހާ ޖެހިގެން އޭނދަ ކުލާސް. މީ 10ބީ. ނަވާޒްއަށް އޮޅުނީދޯ” ދޮރުމައްޗަށްއެރި ދިވެހި ޓީޗަރ އިނާން ނަވާޒް ކައިރީ އެހެންބުނުމުން ނަވާޒް ނިކުމެގެންދިޔައީ ޖެހިގެން […]
ހުއްޓުމެއް ނެތި ވާރޭ ވެހޭތާ ދެތިން ދުވަސް ފަހުން މިއަދަކީ އަވި ގަދަ ދުވަހެއް ކަމުން މުޅި ރަށުތެރެ އޮތީ ހަލަ ބޮލި ވެފައެވެ. ހަވީރު ހަތަރެއް ޖެހުމާއެކު ފުޓުބޯޅަ ކުޅެން އުޅޭ ކުދިވެރިން ދުއްވާގަތީ ފުޓުބޯޅަ ދަނޑާ ދިމާލަށެވެ. އަންހެން ކުދިން ދުއްވާގަތީ ބަށި ކުޅޭ ދިމާލަށެވެ. އެރަށުގެ އުޅޭ ޒުވާނުންގެ ދިރުމަކީ އެއީވެ. ބަށި ކުޅޭތަނަށް ނުދާ އަންހެން ކުއްޖަކު ނެތޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. އެހެން ނަމަވެސް އަތިރިމަތީ ވެލިގަނޑާ ކުޅެން އެހެރަ […]
“ދަރިފުޅާ… އައިޒަން… ބަލައިގެން އުޅޭތި.. ނަމަ ނަމަ އެމީހުންގެ ބަސްތަކަށް ނުހެއްލޭތި.. އެއީ ފާޑެއްގެ ބައެއް… ހާއްސަކޮށް ޒުވާން އަންހެންކުދިން… ޖަނަވާރު ކޮށްޓަކަށް ވަނުމެކޭ މުއްސަނދި ފޯރާ މީހަކު އެތަނަށް ދިޔުމެކޭ ވާނީ އެއްގޮތް… ތި ކުރާ ކަމެއް ކޮށްފަ އަވަހަށް އަންނާތި…” ޝާމިރާ އޭނާގެ ދޮށީ ދަރިފުޅުގެ ގައިގާ ފިރުމަ ފިރުމާމާފައި އެހެން ބުނެލީ ވަރަށް ބޮޑަށް ކަންބޮޑުވެފައިހުރެއެވެ. މާޒީގައި ހިނގާދިޔަ ކަންތަކުގެ ސަބަބުން އެ ދަރިފުޅު އެތަނަށް ފޮނުވަން ބޭނުންނުވަނީއެވެ. ހިތުގައި އޮތް […]