“އަހަރެންނަށް މާފުކުރޭ!” މިހެންބުނެ ނިސާދުގެ ގައިގާ ހަނާ ބައްދާލިއެވެ. އެވަގުތު ނިސާދުގެ ދެއަތް ހަނާގެ ގައިގާ ވަށާލީ ދުވަހަކުވެސް ވަކިނުވާނަމޭ ބުނާފަދަ ގޮތަކަށެވެ. ހަނާ ނިސާދުގެ މޭގެތެރޭ ފޮރުވެން އުޅުންކަހަލައެވެ. ކުޑަކުއްޖެއް ފަދައިން ހަނާ ގިސްލަ ގިސްލާފަ ރޮމުންދިޔައެވެ. “އަހަރެން އަބަދުވެސް ހަނާއަށް މާފްކުރާނަން. އެހެންނޫނަސް ހަނާ މާފަށް އެދޭވަރުގެ ކަމެއް ނުވެއެއްނު. “ހަނާގެ ހިތްހަމަ ޖައްސާދިނުމުގެ ގޮތުން ނިސާދު ބުންޏެވެ. “ނޫން ނިސާދު… އަހަރެންނަށް ކުށެއް ކުރެވިއްޖެ. ވަރަށް ބޮޑު ކުށެއް ކުރެވިއްޖެ. ކަމުގެ ހަގީގަތް […]
ދުލުން ކިޔާލެވޭ ބަސްތަކަކުން ލޯބި ހާމަ ކޮށްލެވިދާނެބާވައެވެ. އިއްތިފާގަކުން ލޯބި ނުވާނެކަން އަހަންނަށް އެގެއެވެ. އަހަންނަށް މިކަމުގައި ނޭގެ އެއްވެސްކަމެއް ނުވާނެއެވެ. މާބޮޑަށް ކަންކަން އެގިގެން އުޅޭ މީހުންގެ ޙައްގުގައިވެސްމެއެވެ. އަހަރެންގެ ދެ ފަރާތުގައި ވަނީ ގޮތް ދޫނުކުރާ ގޮތެއް ފޮތެއް ނެތް އަންހެންބައެކެވެ. ދޮގާ މަކަރުން ފުރިގެންވާ މި ކުޅިވަރުން ނުކުންނަން މަސައްކަތްކޮށް ކޮށް އަހަރެން ވަރުބަލިވެއްޖެއެވެ. އެކަމަކު ދޮގުވެރި އުއްބައްތި އަނދާ ހުލިވަނީއެވެ. އަދި ވާހަކަ އަނބުރާ އޭގެ ފެށުމަށް އައީއެވެ. އޭގައިވާ ރާގުތަކަކީ ކޮބާ ހެއްޔެވެ. މި ލޯބި، ތެދުވެރިބާވައެވެ. އެހާ ދުރަށްގޮސް މަގު ގެއްލިފަވެސް އަނބުރާ އައިސް އަހަރެން ހޯދީއެވެ. މިއީ އަހަރެންގެ ، އަހަރެންގެ އަމިއްލަ ދިރިއުޅުމެއް ނޫންބާވައެވެ. މި ނަސީބަކީ ހަމަ ހަޤީޤަތުގަވެސް އަހަރެންގެ ނަސީބު ބާވައެވެ. އެހާ ދުރަށް ގޮސްފަވެސް އަނބުރާ އަހަރެންހޯދީ، އަހަރެން ފެނުނީވެސް ހަމަ ނަސީބު ބާވައެވެ. އެއީ ލޯބި ނަމަވެސް އެލޯބި އަހަންނަށް ކިޔާލާ ބަސްތަކަކުން ދޭހައެއްނުވެއެވެ، ލޯބި ދުލަކުން ދޭހައެއް ނުވާނެއެވެ. ދުވަހަކީ މޫސުންރީތި ނަލަ ދުވަހެކެވެ. މީސްތަކުން އެމީހުންގެ ދުވަހުގެ މަސައްކަތްތަކާއިގެން އުޅުނީ ވަރަށްވެސް ބުރަކޮންނެވެ. ކާރޫބާރޫ ބޮޑު ބޮސްފޮރަސް ބްރިޖްމަތިން ހުސްރަސްކޮށް އަންނަމުންދާ ހެލިކޮޕްޓަރ އިން ބޭފުޅެއްގެ އިންތިޒާރުގައި މާސިޑީސް ބެންޒް ކާރެއްގައި ސާއިދު އައިސް އިނީ ވަރަށްވެސް ތައްޔާރުވެގެންވެ. ވަނީވެސް އެހެންނެވެ. ވަރަށް ފުރިހަމަ އަށް ކާރުވެސް އެހާމެ ފުރިހަމަޔަށް ރީތިކޮށްގެން އައިސް އެއިނީ އޭނަ މަސައްކަތްކުރާ ކުންފުނީގެ ވެރިޔާގެ ދަރިފުޅު ބަލައެވެ. ކާރު އެތެރޭގައި އިނދެފަ އިރުއިރުކޮޅާ ބިއްލޫރި ތިރިކޮށް ކާރު ބޭރުގައި އިނގިލިޖައްސާ ހިރަފުސް ހުރިތޯ ބަލާލައެވެ. އަދި ގަޑިވެސް ބަލާލައެވެ. މިހެން އިންދާ ހެލިކޮޕްޓަރ ޖައްސަން ކައިރިކުރާތަން ފެނުމުން ސާއިދު އަވަހަށް ބޭރަށް ނުކުތެވެ. ހެލިކޮޕްޓަރ ޖެއްސުމާއި އެކުހެން ދޮރުހުޅުވާލާފައި ފުރަތަމަވެސް ނުކުތީ ސާއިދު ބޮސްގެ ދަރިފުޅު ކައިލްއެވެ. ކައިލް ސާއިދު ފެނުމާއި އެކު ހީލާ ބޯޖަހާލިއެވެ. އަދި ސަލާމްކޮސް ސާއިދު ކާރުގެ ދޮރުޅުހުވުމުން ކާރަށް އަރާ އަވަހަށް ދާންހިނގާށޭ ބުނެލިއެވެ. “އޮފީހަށްތޯ ..ނޫންނަމަ ގެއަށްތޯ” ސާއިދު ޔަޤީން ކޮށްލުމަށް އަހާލިއެވެ. ” ނޫން ގެއަށް ދާން ހިނގާ.. ހެނދުނުގެ ނާސްތާ ގޭގައި ކުރަން ބޭނުންވަނީ” ކައިލް މިހެން ބުނުމުން ސާއިދު ކާރު ދުއްވާލިއެވެ. ގޭގައި ކައްކަމުންދިޔަ މީރު ކާއެއްޗެހީގެ ވަހަށް މާޔާ ދިޔައީ ނިދީގައިހެން އޭނަ ކުރިމަތީ އަނެއް އެނދުގައި އޮތް ނިޝާ އާއި ވާހަކަދައްކަމުންނެވެ. ” އަހަންނަށް ހުވަފެނުގައި ހާދަ މީރު ކާއެއްޗެހީގެ ވަސް ދުވާހެން ހީވިއެވެ” މާޔާ ކަންނެތްވެފައި ވާހަކަ ދައްކަމުން ދިޔަ ނަމަވެސް ނިޝާ އޮތީ ހޭލައެވެ. ” މާޔާ އަށް ހުވަފެނެއްގައެއް ނޫން.. މަށަށްވެސް އެބަ ދުވާ.. ދެން ތެދުވެ ކާންވީނު” ނިޝާ މިހެން ބުނުމާއި އެކު އެނދުން ފައިބަން އެނބުރުނުގޮތުން މާޔާ ވެއްޓުނީ އެނދުކައިރީ ކާޕެޓް މައްޗަށެވެ. “ތެދުވާން އުޅޭ .. ކަންނެތް ކުދިންތަކެއް ހުވާ މީ، ކޮން އިރަކުންތަ މާޔާ މަންމަ އަންނަނީ” ހަރުކަށިކަމާއި އެކު ވާހަކަ ދައްކަމުންދިޔައީ ނިޝާގެ މަންމަ އެވެ. މާޔާ އަކީ ނިޝާމެން ގެޔަށް ކިޔަވަން އައިސް ހުރި ކުއްޖެކެވެ. މާޔާގެ ދަބަހާ ފޮށި ނަގާ ނިޝާގެ މަންމަ ރަފިއްޔާ ދިޔައީ ޕެކް ކުރަމުންނެވެ. “ކީއްވެތަ މަގޭ ހެދުންތަކާއި އެއްޗިހި ފޮއްޓަށް ތި އަޅަނީ” މާޔާ ތެދުވެގެން އައިސް ސުވާލުކުރަން ފެށިއެވެ. ” މާޔާ ބައްޕަ އެންގި ގޮތް މިއީ.. މަޔާ އަށްވެސް އެގޭނެ މާޔާ ބައްޕަ އެގޮތަކަށް ނިންމުމަށްފަހު އެއަށްޖެހޭނީ ޢަމަލްކުރުމަށް، މާޔާ ބައްޕަ ބުނީ މާޔާގެ ކިޔެވުން ނިމުނީއޭ، އަދި މާޔާއަކަށް އަމިއްލައަކަށް ވަޒީފާ އެއް ނުހޯދޭނޭ ވީމާ މާޔާ އަނބުރާ ގެޔަށް ފޮނުވާށޭ” ނިޝާގެ މަންމަގެ ވާހަކަތައް އަޑުއިވިފަ މާޔާ ހުރީ ހުއްޓުން އަރާފައެވެ. ދާން ބޭނުން ނުވެފައެވެ. ” ހަމަ ހުވާ މިއީ މާޔާ ބައްޕަ ބުނި ވާހަކަ، އަހަރެން އަމިއްލައަށް ދައްކާ ވާހަކަތަކެއް ނޫން” ” ތިއީ ހަމަ ބައްޕަ ބުނި ވާހަކަތަކެއްތަ، އެކަމަކު އަހަރެންވެސް ބައްޕަ އާއި ވާހަކަ ދެއްކިން، ބައްޕަ ނުބުނޭ ތިކަހަލަ އެއްވެސް ވާހަކައެއް” މާޔާ އަކަށް ނުހުރެވިގެން ވާހަކަ ދައްކަން ފެށިއެވެ. “އާނ ދަރިފުޅާ، އޭނަ މާޔާކައިރީގައި އެއްވެސް އެއްޗެއް ނުބުނާނެ. މަގޭ ދިރިއުޅުންވެސް ހަލާކުކޮށްފަ އެހުރީ” ރަފިއްޔާ ރުޅިވެރި ރާއްގެއްގައި ބުޏެލިއެވެ. ” ބައި ބައެ މާޔާ” ދެމީހުންގެ ޒުވާބު އަޑު ނާހަންވެގެން ނިޝާ ބޯމަތީގައި ބެޑްޝީޓް އަޅައިގެން އޮންނަމުން ބުނެލިއެވެ. ދަތުރުގެ ދިގުކަން އިޙްސާސްވަމުން ދިޔަ ކައިލް އިނީ ކާރުތެރޭގައި ފޫހިވެފައެވެ. އައިޕެޑް ނަގައިގެން ތިން ހަތަރު ވީޑިއޯ ލަވަ ޕްލޭކޮށްފެސް ގަޔާ ނުވެގެން ހުއްޓާލީއެވެ. ކައިލްއަށް ސިހުމެއް ލިބުނީ ގަދަ އަޑަކާއި ލަންބާގިނީ އެއްގައި ކައިލްގެ ކާރާއި ކައިރިކުރި އޭނަގެ އެއްބަފާ ކޮއްކޮ ހުޝާމް ފެނުމުންނެވެ. ހުޝާމް އަކީ ކައިލް ހެން މަޑުމައިތިރި މިޒާޖެއްގެ މީހެއްނޫނެވެ. ކައިލްއަކީ ވަރަށް ހަލަބޮލި މިޒާޖެއްގެ މީހެކެވެ. އަދި ޖެއްސުންކޮށް ފުރައްސާރަކުރުމަކީ ހުޝާމް ވަރަށް ގަޔާވާކަމަކަށް އޮންނަނީވެފައެވެ. މިފަހަރުވެސް ވީ އެހެންނެވެ. ކައިލް ދިޔަ ކާރަށް ވުރެ ބާރަށް ދުއްވާ ހިތްވީއެވެ. ނަމަވެސް ސާޢިދުއަށް އެކަން ފާހަގަކުރެވި ސްޕީޑް ބާރުކޮށް ހުޝާމްއަކަށް ކުރިއަށް އެރުމަށް ފުރުސަތެއް ނުދިނެވެ. މިގޮތަށް ގޮސް ކައިލްމެން ގޭގެ ދޮރާއި ހަމަޔަށް ދެކާރަށްވެސް ދެވުނީ އެއްފަހަރާއެވެ. އެކަމަކު ސާއިދު ގޭޓަށް ކުރިން ދިމާކުރިއެވެ. އަދި ބިއްލޫރި ތިރިކޮށް ހުޝާމުއާއި ދިމާލަށް ނިތްކުރި އަރުވާލިއެވެ. އެހެންނަމަވެސް ކައިލް ސާއިދު އަށް ކާރު ފަހަތައްޖައްސާ ހުޝާމު ކުރިން ވަނުމަށް ފުރުސަތު ދިނުމަށް އެންގުމުން ސާއިދު ކާރު ފަހަތައް ޖައްސާ އެފުރުސަތު ދިނެވެ. “ހުޝާމް ވަރަށް ބޮޑުވެއްޖެދޯ މިހާރު، އަހަންނަށްވެސް ޖެއްސުން ކުރަން ފެށީތަ ” މަޖާ ރާގަކަށް ކާރުން ފައިބައިގެން އަންނަމުން ކައިލް ހުޝާމާއި ދިމާލަށް ބުނެލިއެވެ. ” އެއްމެ ބޭބެއަކުން މުޅި ގެ އެބަ ހިންގާލެވޭ.. އަދި އަހަރެންގެ މިހުރީ އަހަރެންގެ ހާލާތާއި މެދު ރުހިގެން.. ވެލްކަމް ބްރޯ” ހުޝާމް ކައިލްއާއި ބާއްދާލަމުން ބުނެލިއެވެ. “އެކަމަކު ރަގަޅަށް ޢަމަލްކުރީ އަހަރުމެން އިނގޭ.. ހުޝާމް” ސާއިދުވެސް އެމަޖަލުގައި ބައިވެރިވެލިއެވެ. “ހުޝާމް، މިއަދު ހުމްމް… އިންނާނެ އަހަރުމެންގެ މީޓިންގ އެއް، ހުޝާމް ވާނެ އަންނަން، އިޓްސް އެބައުޓް ޔުއަރ ރިކުއެސްޓް” ކައިލް ގަޑި ބަލާލަމުން ބުނެލިއެވެ. ” އޯކޭ.. އޭރަށްވާއިރަށް ބޭބެ ދޭ މާމަގެ ސުވާލުތަކަށް ޖަވާބުދޭން.. އަހަންނަށް ހީވަނީ ސުވާލުތަކަށް ޖަވާބު ދެމުންގޮސް ބޭބެ ވަރުބަލި ވާ އިރުވެސް މާމަގެ ސުވާލުތައް ހުސް ނުވާނެހެން” ބަގީޗާތެރޭގައި ގަސްތަކަށް ފެން ދޭން ހުރި ކައިލްގެ މާމަ ދައްކަމުން ހުޝާމް ބުނެލިއެވެ. ” އާނދޯ އެކަމަކު އަވަސްކުރާތި.. މީޓިންގ އަށް ޓައިމަށް ދާންވާނެ” ހުޝާމް ސިޑިން އަރަން ފެށުމުން ކައިލް ބުނެލިއެވެ. (ނުނިމޭ)
“ދަރިފުޅާ، އަލްޔާ މަންމަ ނެތީމަ ވަރަށް ދެރަވެފަދޯ ތިހިރީ؟، ހިނގާބަލަ އެތެރެއަށް މަންމަ ހުންނާނެ ދަރިފުޅަށް ހަދިޔާ ގެނެސްފަ” ބަދޫރާ ގެއަށް އާދެވުމާއެކު ހެވި ދިލިފަ ހުރެ އަލްޔާއަށް ގޮވައި ލަމުން ބުނެލިއެވެ. އަލްޔާ ހުރީ ބުނާނެ އެއްޗެއް ނޭނގި ތަލިން ކުޅުހިކިފައެވެ. އެހެން ނުވެ ހުރެ ދާނެހެއްޔެވެ؟ އޭނަގެ ހަނދާން ހުންނަން ފެށީއްސުރެ ދަރިފުޅާއޭ ކިޔާފަ ގޮވި ފުރަތަމަ ފަހަރަކީ މި ވިއްޔާއެވެ. “ބަލަ ދަރިފުޅާ މަންމަ މިވާހަކަ ދައްކަނީ ދަރިފުޅާއޭ، ދަރިފުޅު ހައިރާންވެފަ ދޯ […]
“އުނހު ނުދާނަން…. އަހަންނަށް އެނގޭ އަހަރެންގެ ގާތުގައި ދާށޭ ބުންޏަސް އަސްލު މިވަގުތު ޝިއު ބޭނުންވާނީ އަހަރެން މިތާ މަޑުކުރަންކަން….. އަދި ޝިއު އެހެން ތިބުނީ ރުޅިއައިސްގެން ނޫންކަންވެސް އަހަންނަށް އެނގޭ…… މާ ބޮޑަށް ދެރަވެފައި އިނީމަ އެ ހުރިހާ އާހެއް ބޭރުކޮށްލުމަށްޓަކައި ޝިއުއަށް ރުޅި އިޚްތިޔާރު ކުރެވުނީކަންވެސް ވަރަށް ރަނގަޅަށް އެނގޭ…….” ޝިއުރީގެ ގާތުގައި އިށީންނަމުން މިޝަލް ބުނެލިއެވެ. ޝިއުރީ ފެނުމުން އޭނާގެ ހިތަށް ކުރި އަސަރުތައް ހިތުގައި ފޮރުވާލީއެވެ. އޭރު އޭނާގެ ދެލޯ ސީދާވެފައިވަނީ […]
އިރުފާނަށް މިހިސާބަށް ބުނެވުނު ތަނާ ކޮޓަރި ތެރެއިން އިވުނު ބާރު އަޑުފަށްގަނޑަކާއެކު ކުއްލިއަކަށް ކޮޓަރި ތެރެއަށް ފާޅުވީ މުޅިތަން ފުރާލާފައި ނުބައި ސިފައެއްގައި ހުރި އެއްޗެކެވެ. ކަޅުކުލައިގާ ހުރި އެތީގެ މޫނު ރަޔާހީނަށް ފެނުނީ އޭނައާއި ދިމާލަށް އެނބުރިލުމުންނެވެ. އަނގުރުކޮޅެއްހެން ހުރި ދެލޯ ނިކުމެގެން ގޮސް ހުރީ އިރުފާންގެ މޫނުގައި ޖެހިފައެވެ. އޭރުވެސް ދެލޮލުން ލޮނދިތަކާއެކު ދިޔާ އެއްޗެއް ފައިބަމުން ދިޔައެވެ. މުޅި ހަށިގަނޑުގައި ވެސް ވަނީ ލޮނދިތަކުން ފުރިފައެވެ. ބޮލުގައި ހީވަނީ ބޯވަ ފައިތަކެއް […]
މާތިއު ހުރީ ބެލްކަނީގައެވެ. އުޑުމަތީގައިވާ ހަނދަށް ބަލާށެވެ. ހަނދުގެ ވަށައިގެން ވިލާތައް މަޑުމަޑުން ދަތުރުކުރަމުން ދިޔައެވެ. ސުބްޙާނަﷲ އެވެ. ކޮންފަދަ ރީތިކަމެއް ހެއްޔެވެ؟ މާތިއުއަށް ގެއަށް އާދެވުނުއިރު ޢަޞުރުން އިރު ތިރިވެއްޖެއެވެ. އޭރު އޭނާގެ އިންތިޒާރުގައި ޝަފީޤާ އާއި ޔޫއާން ތިއްބެވެ. އަންވަރު ވީ އޮފީސް މަސައްކަތެއްގައި ރަށުން ބޭރުގައެވެ. މާތިއު އަންނަކަން އެނގުމުން އޭނާގެ ކަޒިންމެންވެސް އެގެއަށް ޖަމާވެފައިވިއެވެ. އެންމެން އެކުގައި ހަވީރު ސައިބުއިއިރު މާތިއުއަށް މީރުހާ ހެދިކާ ގަނެފައި ހުއްޓެވެ. ޝަފީޤާ ޝަކުވާ ކުރީ […]
ހަށިގަނޑުގައި ފުރާނަ ހުރިނަމަވެސް، ހިމޭން ދިގު “ނިންޖެއްގައި” އޮތް ޠައްޔިބުއަށް ޖައިޝް ނިކަން ފަރުވާތެރިކަމާއެކު ބަލައިލިއެވެ. އެހިނދު ހަގީގަތަކަށްޓަކައި އޮޅުވާލެވުނު މި ބޮޑު އޮޅުވާލުމުގެ ހަގީގަތް ޖައިޝްގެ ލޯކުރިމަތީގައި ފިޔަ ޖަލާލިއެވެ. ކަޅާ ހުދުގެ މަންޒަރެއް ފަދައިންނެވެ. ******* ” ދަރިފުޅާ….. ދަރި ފުޅުގެ ދިރިއުޅުމުގެ… ހަގީގަތާ.. ގުޅޭ … ވަރަށް….. ބޮޑު…… ސިއްރެއް ވަނީ… ފޮރުވިފަ…. ބަ… ބަ… ސިޓީ………….” ޠާއްޔިބުއާ ދިމާއަށް ގުދުވެލުމާއެކު ހަށިގަނޑަށް ބާރު ލަމުން ޠާއްޔިބު ބުނަން އުޅުނު އެތި ޖައިޝްއަށް ރަނގަށް ސާފުވާ ގޮތެއް ނުވިއެވެ. ނޭވާ ނުލެވިގެން ގަދަޔަށް ހިންދެމިލަން މަސައްކަތްކުރާ މީހަކު ފަދައިން ޠައްޔިބުގެ ހަށިގަނޑު ކުއްލިއަކަށް މެއާ ދިމާލުން މައްޗަށް އުފުލުނީ އެވަގުތުއެވެ. އެހިނދު، ބޭރުވި ފުންނޭވާއާއެކު ޠައްޔިބުގެ ހިތް ހުއްޓުނު ފަދައެވެ. ހަށިގަނޑަށް ގުޅާފައިވާ މެޝިނުގެ “ބީޕް ބީޕްގެ އަޑު ކެނޑިގެން ދިޔައެވެ. ޠާއްޔިބު މި ފަނާކުރަނިވި ދުނިޔެއާ ވަކިވި ކަމުގެ އިހްސާސާއެކު ޖައިޝް ބައްޕާއޭ ކިޔާ ޠާއްޔިބުގެ ގައިގައި އޮޅުލައިގަތެވެ. ހެޔޮ ނަސީބަކީ ކިހާ ބޮޑު ނިޢުމަތެއްކަން ޖައިޝްއަށް އިހްސާސްވީ ހަމަ އެވަގުތު އެތަނުގައި ބާއްވާފައި އޮތް އެހެން ބަލި މީހަކަށްޓަކައި ހާޒިރުވި ދެ ޑޮކްޓަރުންގެ ސަބަބުންނެވެ. ކަންދިމާކުރި ގޮތުން ދެ ޑޮކްޓަރުންނަކީވެސް ޠައްޔިބުގެ ގާތް ދެ އެކުވެރިންނެވެ. ހުރިހާވެސް ޝުކުރެއް ތަޤުދީރު ރޭއްވި އެ އޯގާތެރި ތަދުބީރަށެވެ. ޖައިޝްވެސް ހިމެނޭގޮތުން އެ ދެ ޑޮކްޓަރުންގެ މަސައްކަތުން ޠާއްޔިބަށް “މަރުން” ސަލާމަތް ވެވުނު ފަދައެވެ. ހިނދުކޮޅަކަށް ހުއްޓުނު އެ ހިތުގެ ހިނގުން އަލުން ލިބިގެން ދިއުންވީ ޖައިޝްގެ ލޮލު ކުރިމަތިން ފެނުނު މުޢުޖިޒާތެއް ފަދަ ކަމަކަށެވެ. މާތްﷲ ގެ ކުޅަދުން ވަންތަ ކަމާއެވެ!. ” ބަ.. އް… ޕަ އަށް މިހެން ހެދީ…. ބައްޕަ… ދަންނަ މީހެއް……………………………” އަޖާއިބެއްފަދަ ގޮތަކަށް ލިބުނު ” ދެވަނަ ދިރުމާއެކު” މަޑުމަޑުން ލަސްވަމުންދިޔަ ހިތުގެ ހިނގުމުގެ ސަބަބުން ޠާއްޔިބުގެ ދޫ ކުއްލިއަކަށް ތަޅުލެވުނުފަދައެވެ. ޠާއްޔިބުއަށް ވީގޮތް ޖައިޝް އެނގުމުން ހަށިން ރޫޙު އުފުރިގެން ދާފަދަ ބިރުވެރި ހަރަކާތަކާއެކު ޖައިޝްއަށް ދެއަތުން ބޮލުގައި ބާރަށް ހިފަހައްޓާލެވުނެވެ. މިއީ ކޮންފަދަ އިމްތިޙާނެއްބާވައެވެ؟ ހިނދުކޮޅެއްގެ އުފާ ދިނުމަށްފަހު އެ އުފާވެސް ބީވެގެން ދިޔައީ ހެއްޔެވެ؟ ކޯމާގެ ހިމޭން ނިންޖެއްގައި ޠައްޔިބުގެ ހަށިގަނޑު ޤައިދުވެފައި އޮތް މަންޒަރު ފެނުމުން ޖައިޝްގެ ހިތް ކުދިކުދި ވި ފަދައެވެ.ބައްޕަގެ އެންމ،ެ ފަހު ލަފުޒުތަކާއެކު، އެފަދަ ނިކަމެތި ޙާލަތަކަށް އެ އޯގާވެރި އިންސާނާ ވައްޓާލި މުޖުރިމުންނާ މެދު އެކަށޭނެ ބަދަލު ހިފުމަކުން އެ ބައެއްގެ ދިރިއުޅުން ބަރުބާދުކޮށްލުމުގެ ޖޯޝް ޖައިޝްގެ ހިތުގައި އުފެދުނެވެ. “ސިޓީ…. ދަންނަ މީހެއް” އެހިނދު ޖައިޝްގެ ތުންފަތް ތަޅުވާލަމުން ބައްޕަގެ އެ ބުނުމުން އޭނާއަށް […]
ފަރުޝާ އާއި ފަރީޝާގެ ދެމަފިރިން އަަދިވެސް ދަތުރުން ބޮލަށް އަރާފައި ހުރި އެނބުރުން ނުފިލާތީ ކޮޓަރީގައި ޖައްސާލައިގެން ތިބީއެވެ. ރީނާއާއި ސަމާއަށް ލިބިފައި އޮތްމިނިވަންކަމެއްގެ ސަބަބުން ކޮޅުކޮޅު މައްޗަށް އުދުހެނީއެވެ. ދުއްވާއެއްޗެއްގެ ބިރެއް ނެތި މަގުގައި އުޅޭނެ ގޮތަަކަށް އުޅެން ލިބުނީމައި އެކުދިންނަށް އުފަލަކުން ގޮތެއް ނެތެވެ. ސުލައިމާނުގެ އެންމެ ހަނގު ދަރިފުޅު ނަހާ އާއި އެކު ރަށުގެ ފުއްޓަށްފަރާތައްވީ ގޮހެވެ. ސަލްމާއާއި ފާތުމަތާ ދެމީހުން ހަވީރު ފިނިޖެހިލީމައި ނިކުތީ އަތިރިއަށެވެ. ހަވީރުފިންޏަށް ކުޑަކުދިން ގޮަވައިގެން އަންހެން […]
“ބައްޕަ ހަނދާންނެތީއޭ މި ވާހަކަ ބުނަން.. ބައްޕަ ދަރިފުޅު ސްކޫލުން ކަނޑާލައިފިން.. އެހެންވީމަ މާދަމާ ސްކޫލަށް ދާކަށް ނުޖެހޭނެ..” އޭނާ މަޑުމައިތިރި ކަމާއެކު އެހެން ބުނެލިއެވެ. އަދި ކޮޓަރިން ނިކުމެގެން ދިޔައެވެ. އޭރު ޔުމްނާ އެދިމާއަށް ބަލަހައްޓައިގެން އޮތީ ޝަކުވާގެ ނަޒަރަކުންނެވެ. ރާމިޒު އޭނާއަށް މި ހުރިހާ އަނިޔާއެއް ދީފައި އެވަރުން ނުފުދިގެން އޭނާ ކިޔެވުމުންވެސް މަހުރޫމުކޮށްލީ ހެއްޔެވެ؟ އޭނާ ކިޔަވާހިތްވާވަރު ރާމިޒަށް ނޭނގެނީ ހެއްޔެވެ؟ ޔުމްނާ ރަޖާގަނޑު އޭނާގެ ހަށިގަނޑުގައި އޮޅާލައިގެން ހުރެ އެނދާދިމާލުން ފާރުގައި […]