އަގެއްނެތްލޯބި 4 ވަނަ ބައި
މިއަދަކީ ހަނާއާ ނިސާދުގެ ގުޅުމަށް 3 މަސް ހަމަވި އުފާވެރި ދުވަހެވެ. 3 މަސް ހަމަވެގެން ދިޔައިރުވެސް ދެމީހުންގެ މި ސިއްރު ގުޅުމަކަށް ބަދަލެއްނާދެއެވެ. ދުވަހެއް ދުވަހަކަށް ދެމީހުންގެ ގުޅުން ބަދަހިވަމުން، ލޯބީގެ އާކުރިތައް ފަޅަމުން ދިޔައެވެ. އޭގެހަފުތާއެއް ފަހެވެ. ހަނާ ބޭރުން އައިސް ގޭތެރެއަށް ވަނުމާއެކު ޒުހުރާ ގޮވާލިއެވެ. “ދަރިފުޅޭ ހަނާ..! މަންމަ ކައިރީ މިތާ އިށީދެބަލަ. މަންމަ ވާހަކައެއް އަހާލަންވެފަ އެބައޮތް.” ހަނާ މަޑުހިގުމެއްގަ އައިސް ޒުުހުރާގެ ކައިރީ އުދޯލީގައި އިށީނެވެ. “ކޮށް ވާހަކަ އެއްތަ މަންމާ…..” ހަނާ އަހާލިއެވެ.” ދަރިފުޅު އެއުޅޭ ނިސާދުއާ ރައްޓެހިވެގެން އުޅެއޭ ކިޔައިގެން ރަށުތޭރޭގައި ވާހަކަ ދައްކާއެބަ…! އެއީ ތެދެއްތަ؟” ޒުހުރާމިހެން ބުނުމުން ހަނާ އިސްދަށަށް ޖަހާލިއެވެ. ޒުހުރާ ސުވާލު ތަކުރާރު ކޮށްލުމުން ހަނާ ޖަވާބު ދިނީ ބޮލުގެ އިސާރާތުންނެވެ. “މަންމަ މިހެން މި އެހީ ހިތްހަމަ ނުޖެހިގެނެއްނޫން. ނިސާދުއަކީ ރަގަޅު ކުއްޖެއް. ކިޔަވައިގެން ހުރި މޮޅުކުއްޖެއް. ދަރިފުޅު ގޮވައިގެން އުޅެވޭނެހާ ތަނަވަސްކަން އޭނާގެ އެބަހުރި. ބުނަން މިއުޅެނީ ބައްދަލު ކުރަން ތަންތަނަން ނުދާށޭ. ތަންތަނަށް ބައްދަލުކުރަންދާން މަންމަ ހިތްހަމަ ނުޖެހޭތީ.” ޒުހުރާގެ ވާހަކަ އަޑުއެހުމަށްފަހު ހަނާ އާއެކޭ ބުންމަށްފަހު ތެދުވެގެން ގޮސް ކޮޓަރިއަށް ވަނެވެ. ޒުހުރާ އެހެން ބުނި ނަމަވެސް ހަނާ ނިސާދުއާ ބައްދަލުރަން ދާދިޔުމަކަށް ބަދަލެއްނާދެއެވެ.
ޒިޔާދު އޮތީ ގެއާދިމާލު އަތިރިމަތީ ހުރި ޖޯލިފަތީގައެވެ. މޫދައްބަލަހައްޓައި ގެންނެވެ. ހިޔާލެއްގައެވެ. އެހެން އޮށްވާ ޒިޔާދު ހިޔާލީ ދުނިޔޭން ބޭރުކޮށްވީ ނިސާދު އައިސް ޒިޔާދުގެ ލޯމަތީ އަތްއެޅުމުންނެވެ. ސިހިފައި ނިސާދުގެ އަތުގާ ހިފިއެވެ. “ދެންހެވޭ ނިސާދު..! މިހާރު ލައްކަވަރު ވެއްޖެއެއްނު. ދޫކޮށްބަލަ. ލޮލަށްވެސް ތަދުވެއޭ” ޒިޔާދު ޔަގީން ކަމާއެކު ބުނެލިއެވެ. “އެހެންތަ؟ ވަރަށް ތަދުވެއްޖެތަ؟ އެކަމަކު ފެންނާކަށް ނެތެއްނު” ނިސާދު އައިސް ޒިޔާދު ކައިރީ ޖެހިގެން ހުރި ޖޯލީގައި އިށީންނަމުން ބުނެލިއެވެ. “ކިހިނެއްވެފަތަ މިތާތިއޮށްނަނީ” ނިސާދު އަހާލިއެވެ. “ކަމެއްނުވޭ ހަމަ އޮތީ. ހަނާ ކޮބާ؟ އޭނަ ރަނގަޅުތަ؟” ޒިޔާދު އަހާލިއެވެ. “އެބައުޅޭ. ހަނާ ވަރަށް ރަނގަޅު. އަހަރެން ދެކެ ވަރަށް ލޯބިވޭ. އަހަރެންވެސް ވަރަށް ލޯބިވޭ” ނިސާދު ހިނިތުންވެލަމުން ބުނެލިއެވެ. ޒިޔާދު ވެސް ހިނިތުންވެލީ ރަހުމަތްތެރިޔާގެ އުފަލުގާ ބައިވެރިވާ ހާލުގައެވެ. “އެހެންވިޔާ ހަނާއަށް ދެރަގޮތެއް ނުހަދާތި” ނިސާދު ޖަވާބު ދިނީ ބޮލުގެ އިސާރާތުންނެވެ.
ދެތިން ދުވަސް ފަހެވެ. އެއްދުވަހަކު ނިސާދު ގޭގަ އުޅެނިކޮށް ޒިޔާދު އައިސް ގެއަށްވަނެވެ. ނިސާދު އިނީ ޓީވީ ބަލާށެވެ. ނިސާދު ކައިރީ ސޯފާގައި އިށީންނަމުން މޭޒުމަތީ އޮތް ރިމޯޓްއިން ޓީވީގެ އަޑު މަޑުކޮށްލިއެވެ. “ދެން ޒިޔާ…. ޓީވީ އަޑު ބާރުކޮށްބަލަ” މަޑުކޮށްބަލަ. މިއުޅެނީ ވާހަކައެއް ބުނަންވެގެންނޭ” ޒިޔާދު ހީގެންފަ ބުނެލިއެވެ. “ތިބުނަން އުޅޭވާހަކައެއް ބުނެބަލަ. އޭރުންދޯ އެގޭނީ” ނިސާދު ޖެއްސުމުގެ ފާޑަކަން ބުނެލިއެވެ. “ސްކޫލް ފަރާތުން ކޯހުގަ ދިޔައެއްނު ރީސާއެއް. އޭނަ މިއަދު ރަށަށް އެބައާދޭ” ޒިޔާދު ބުނެލިއެވެ. “ކިހިނެއް ޒިޔާއަށް އެގުނީ “ނިސާދު ސުވާލު ކޮށްލިއެވެ. “މިއަދު އޮފީސްތެރޭ އެވާހަކަ ދެއްކިއަޑު އަހަރެން އެހިން” ޒިޔާދު އުފަލުން އިދެ ބުނެލިއެވެ. “ދެން އަހަރެންނަށް ކޮންކަމެއް. ޒިޔާއަކަށްނު ރަނގަޅީ ރީސާ ރަށަށް އައީމަ..” ނިސާދުބުނެލިއެވެ. “އަހަރެންނަށް ކޮންރަނގަޅެއްތަ؟” ޒިޔާދުވެސް ކޮށްލީސުވާލެކެވެ. “ރަނގަޅު ނުވާކަމެއްނޭންގެ. ޒިޔާ އުޅެނީ އޭނައާ ހެދި ވިއްޔާ. އަހަރެން ބަލާނަށް ލޯބިގެ ކިތައްމާ ފޮޅިފަ މޯޅިވޭތޯ….ހެހެހެހެހެ” ނިސާދު ޒިޔާދުއާ ދިމާކޮށްލިއެވެ. “އޯކޭ ދެން. ތިވަރުންވެސް ފުދެއޭ .އަހަރެން މިދަނީ. މަންމަ ކަމަކު ބުނެގެން މިއުޅެނީ. އެކަމަކު ހިތަށްއެރީ މިވާހަކަ ނިސާދު ކައިރީ ނުބުނެ އެހެންކަމެއް ނުކުރާނަމޭ” ސޯފާއިން ތެދުވަމުން ޒިޔާދު ބުންޏެވެ. “ހޫމް… ދެންދޭ. މަންމަ މިހާރު އުޅޭނެ ލަސްވެގެން.” ޒިޔާދު ދިޔުމުން ނިސާދު އައިސް އެދުގައި ޖައްސާލިއެވެ.
ދުވަސްތައް ފާއިތުވަމުންދެއެވެ. ހަނާމެންގެ ގުޅުމަކަށް ކުޑަވެސް ހީނަރުކަލަމެއް ނާދެއެވެ. ބައްދަލުވުންތައް އިހުނަށްވުރެއް ގިނަވިއެވެ. ހަނދުވަރުދޭ ރޭތަކުގަޔާ، ކަޅުފޮއި އަނދިރި ރޭތަކުގައެވެ. މީހުންނޫޅޭ ހިސާބު ހިސާބުންނެވެ. ޒިޔާދުވެސް މަސައްކަތް ކުރަމުން ދިޔައީ ރީސާގެ ލޯބި ހޯދާށެވެ. ރީސާ އޭނާގެ މީހަކަށް ހަދާށެވެ. ނަމަވެސް އަދި ކާމިޔާބުގެ ކުލަވަރެއް ފެންނާކަށް ނެތެވެ. އެހެން ނަމަވެސް ކޮންމެދުވަހަކުވެސް ކާމިޔާބުގެ އައްސޭރިއަށް ދެވޭނެކަމުގެ އުންމީދު ކުރެވެމުން ދިޔައެވެ.
ރޭގަނޑުގެ ވަގުތެވެ. ހަނާ އިނީ ނިސާދުގެ ކޮޓަރީއެވެ. އޭރު ނިސާދުވީ ފާހާނާގައެވެ. އޭނާގެ ފޯން އެދުމަތީ އޮތެވެ. ކުއްލިއަކަށް އެފޯންއަށް މެސެޖެއް އައެވެ. ހަނާ ފޯން ނަގާ މެސެޖު ހުޅުވާލިއެވެ. “އަހަރެން ދުވަހަކުވެސް ނިސާދުއާ ވަކިނުވާނަން. ނިސާދު އަކީ އަހަރެންގެ މީހެއް. ހަމައެކަނި އަހަރެންގެ…..” ހަނާ މެސެޖު ކިޔާނިމުނު އިރު މޫނުމަތީގެ ކުލަވަރު ބަދަލުވެ، ދެލޮލަށް ކަރުނަ ޖަމާވެއްޖެވެ. ފައިދަށުން ބިންގަނޑު ދެމިގަނެގެން ދިޔަހެން ހީވިއެވެ. ފޮނި ވާހަކަ ތަކުން ހަނާގެ ހިތްފުރާފަވާ، ނިސާދުއާ މެދު ހަނާއަށް ވިސްނާލެވުނެވެ. ފޯން އެދުމަތީ ބާންވާފަ ހަނާ އެތަނުން ދިޔުމަށް ހިގައިގަތެވެ. ހަނާ ދިޔަތާ އިރުކޮޅެއް ވީފަހުން ނިސާދު ފާހާނާއިން ނިކުތެވެ. ހަނާ ކޮޓަރީ ނެތުމުން ނިސާދު ކަންބޮޑުވިއެވެ. ދިޔަތަނެއް ނޭންގުމުންނެވެ. ތުވާލި އެދުމައްޗަށް އެއްލާލުމަށްފަހު ފޯން ނެގިއެވެ. ހަނާ ވީތަނެއް ބާލާލުމަށް ގުޅާލުމަށެވެ. ޑައިލް ކުރަންވެގެން ފޯންގެ ނަންބަރު ތަކަން ފިތާލިވަގުތު ނިސާދުއަށް ފޯންގެ އިސްކްރީންއިން އެ މެސެޖް ފެނުނެވެ. ނިސާދުއަށް ވެސް ކިޔާލެވުނެވެ. ހާސްވެ ކަންބޮޑުވިއެވެ. ހަދާނެގޮތް ހުސްވި ކަހަލައެވެ. ނިސާދު ހަނާއަށް ގުޅިއެވެ. ދެފަހަރު ގުޅިއިރުވެސް ނިސާދުގެ ފޯން ކޯލް އަކަށް ހަނާ ޖަވާބެއް ނުދިނެވެ. ދެން ގުޅިއިރު ފޯން އޮތީ ނިއްވާލާފައެވެ. ނިސާދު އެދުގައި އިށީދެ ކޮޓަރީގެ ހަތަރު ފާރުން އެތެރެއަށް ފުންނޭވާއެއްލިއެވެ. ނިސާދު އަބަދުވެސް ބުނަމުން އައީ ހަނާދެކެ ލޯބިވާ ވާހަކައެވެ.
ޖެހިގެންއައި ދުވަހު ނިސާދު ހަނާއާ އޮފީހުން ބައްދަލު ކޮށްފަ ވާހަކަ ދައްކަން މަސައްކަތް ކުރިއެވެ. ނަމަވެސް ހަނާ އޭނާއަށް އެފުރުސަތު ނުދިނެވެ. ނިސާދު އެކަމާ ވަރަށް ދެރަވިއެވެ.
ރިސާއަށް ރަށަށް އާދެވުންއިރު ހުރީ މެންދުވެފައެވެ. ގެއަށް އައިސް މަޑުކޮށްލި ވަގުތު ދުވަހަކުވެސް ނުވާހާ ވަރުބަލި ކަމެއް އިހުސާސް ކުރެވުނެވެ. ރީސާ ކޮޓަރިއަށް ވަދެ އެއްމެފުރަތަމަވެސް އަވަސްވެގަތީ ފެންވަރާލުމަށެވެ. އަދި ވެފައިވާ ވަރުބަލިކަން ފިލުވާލުމަށް އޮށޯވެލާށެވެ. ކޯސް ހެދުމަށް ރީސާ މާލޭގަ ހުރި 9 މަސް ދުވަހުގެ ތެރޭގަ ހިތްހަމަޖެހިލައިގެން ފެންވަރާ ނުލެވެއެވެ. ކޮންމެދުވަހަކުވެސް ވަކިވަރަކަށް ފެންބޭނުން ކުރަންޖެހުމުން ރީސާ ހުންނަނީ ހިތްހަމަ ނުޖެހިފައެވެ. ވާނީ އެހެންތާއެވެ. މާލޭގެ އާބާދީއެހާމެ ބޮޑެވެ. އެއްގެއެއްގަ އެތައް ބައިވަރު މީހުން ދިރިއުޅެމުންދެއެވެ. މިގޮތަށް އުޅޭއިރު ފެނާ ކަރަންޓް ވެސް ބޭނުން ކުރަންޖެހެނީ ވަރަށް ބަލައިގެންނެވެ. ނަމަވެސް މިއަދު ރީސާ ހިތްހަމަ ޖެހޭވަރަށް ފެންވަރާނެއެވެ. ހަމަޔަގީނުންވެސް މާލޭގަ ފެނަށް ހަރަދުވާ ވަރެއް ރަށެއްގަ އުޅޭއިރު ނުވާނެއެވެ. ރީސާ ފާހާނާއިން ނިކުމެގެން އައިސް ޑުރެސިންގް ޓޭބަލް ކައިރީ ހުއްޓި މޫނު ބަލާލިއެވެ. އެވަގުތު ރީސާގެ މަންމަ ހައްވާ ގޮވާލިއަޑު އިވުނެވެ. “ކީކޭ މަންމާ!!!” ރީސާ ބުންޏެވެ. “އާދޭ ކާންދާން. މަންމަ މިއައީ ކާންހަދަފަ. ބައްޕަ ވެސް އެބައިން ދަރިފުޅު އަންނަންދެން ނުކައި” ހައްވަ ބުންޏެވެ. “މިދަނީ” ކުރު ޖަވާބަކުން ރީސާ ހައްވައަށް ޖަވާބު ދިނުމުން ހައްވަ ކާގެއަށް ދިޔައެވެ. ކުޑަގޮތަކަށް ތައްޔާރުވެލައިގެން ރީސާ ކާގެއަށްދިޔައިރު ރީސާ ނޫން އެހެން އެއްމެން ތިއްބެވެ.
ކައިގެން އައިސް ރީސާ ޓީވީ ހުޅުވާލައިގެން އެދަށްއަރާ އޮށޯވެލިއެވެ. ޓީވީ ބަލާލުމުގެ ބޭނުމުގައެވެ. މާލޭގަ އުޅުންއިރު ހިތްހަމަޖެހިލައިގެން ޓީވީ ބަލާލާނެ ވަގުތެއްވެސް ނުވެއެވެ. ރީސާއަށް ޓީވީ ބަލަން އޮވެވުނި ދިހަވަރަކަށް މިނިޓް ވަންދެނެވެ. އެހާ ކުޑަވަގުތު ކޮޅެއްވީއިރަށް ރީސާއަށް ނިދިއްޖެއެވެ. ރީސާއަށް އެހާއަވަހަށް ނިދުނީ ދަތުރު ވަރުބަލިވެފަ ހުރުމުންނެވެ.
ހަނާ ނިސާދުއާ ވާހަކަ ނުދެއްކުމުގެ ސަބަބުން ނިސާދު ވަނީ ވަރަށް މާޔޫސްވެފައެވެ. ދެރަވެފައެވެ. މިގޮތަށް ހަފުތާއެއް ފާއިތުވެއްޖެއެވެ. ވެދިޔަ ކަންތަކާ ވިސްނާ ވިސްނާ ނިސާދު ބަލިވިއެވެ. ހަދާނެ އެއްވެސް ގޮތެއްނެތް ކަހަލައެވެ. ބަލިވެގެން ނިސާދު އޮފީހަށް ނުދާތާ 3 ދުވަސްވިއެވެ. އެވަރުންވެސް ހަނާގެ ރުޅިގަޑު މަޑެއްނުވިއެވެ. ނިސާދު އޭނާއަށް ދޮގުހަދާ، އޮޅުވާލީ ކަމަށް ޒިދުނާގާތުގައި ވެސް ބުންޏެވެ. ނިސާދު ބަލިވެ އުޅޭކަން ޒިޔާދުއަށް އެގުމުން ގިނަވަގުތު ހޭދަކުރަނީ ނިސާދު ގާތުގައެވެ. ބައެއްފަހަރު ހަނާ ގާތުގައި ބަލިވެ އުޅޭވާހަކަ ބުނިތޯވެސް އަހާލައެވެ. ނަމަވެސް ނިސާދު ޖަވާބެއްނުދެއެވެ. ޒިޔާދުގެ ކޮންމެ ދުވަހެއްގެ މަސައްކަތަކަށް ވެފައޮށްނަނީ ބަލީގެ އަސްލު ނިސާދު ކުރެން އެހުމެވެ. މީހަކަށް ކެއްކުރެވޭނީވެސް ވަކިވަރަކަށެވެ. އެންމެފަހުން ޒިޔާދު ހަނާއާ ބެހޭގޮތުން ސުވާލު ކުރުމުން ނިސާދުގެ ލޮލުން ކަރުނަ ފައިބައިގަތެވެ. އަދި ޒިޔާދުއަށް ކަންތައްވި ގޮތްކިޔާދިނެވެ. “އަހަރެންނަށް ފެންނަނީ ކޮންމެގޮތެއް ހަދާފަނަމަވެސް ކަމުގެ ހަގީގަތް ހަނާއަށް ކިޔާދޭން. އޭރުން ހަނާއަށް އެގޭނީ ކުރެވިގެން އުޅެނީ ކުއްހީއެއްކަން” ޒިޔާދުއަށް ފެންނަ ގޮތްހާމަ ކުރިއެވެ. “ހަނާ އަހަރެންގެ ވާހަކަ އަޑެއްނާހާނެ. ގަބޫލެއްނުކުރާނެ. އޭނާ ހީކުރާނީ އަހަރެންމީ ދޮގުހަދާ، މަކަރުހަދާ މީހެއްކަމަށް” ނިސާދު ބުންޏެވެ. ނިސާދު އެހެންބުނުމުން ޒިޔާދު އެއްޗެއް ނުބުނެ މަޑުކޮށްލިއެވެ. “އަހަރެން ހަނާއާ ވާހަކަ ދައްކަންތަ؟ އޭރުންވެސް ހަނާ ބުނާ އެއްޗެއް އެގިދާނެއްނު” ޒިޔާދު ވިސްނާލާފަ ބުނެލިއެވެ. “ނޫން. ޒިޔާ އެވާހަކަ ދައްކާނެ ކަމެއްނެތް. ހަމައެކަނި ބުނެދީ އަހަރެން ބަލިވެ އުޅޭވާހަކައާ، ބައްދަލުކުރަން ބޭނުންވާ ވާހަކަ” ނިސާދު ބޭނުންވީ ހަނާއާ ޚުދު ނިސާދު ވާހަކަދައްކައިގެން ހަނާގެ ރުޅިމަޑު ކުރާށެވެ.
ފާއިތުވެ ދިޔަ ތިންދުވަހު ހަނާއަށް ނިސާދު އޮފީހަކުން ނުފެނެއެވެ.ހިތްހަމަ ނުޖެހިފަ ހުރިވަރުން ނިސާދުއަށް ވީގޮތް ވެސް ބަލަން ހަނާ ބޭނުން ނުވީއެވެ. ހިތާދެކޮޅަށެވެ. ހަތަރުވަނައަށް ވީދުވަހުވެސް ހަނާ އޮފީހަށް ދިޔައިރު ނިސާދުގެ ގޮޑިއާ މޭޒުވަނީ ހުސްކޮށެވެ. ހަނާ ސޮއި ކޮށްލުމަށްފަހު ގޮސް ހަނާގެ ގޮޑީގައި އިށީނެވެ. “މިއަދުވެސް ނިސާދު އޮފީހަކަށް ނާދޭ. އަނެއްކާ ކިހިނެއްވީބާ!!! ބަލިވީ ކަންނޭގެ. އެހެންނޫނީ އޭނަ އޮފީހަށް ނުނިކުމެ ނުހުންނާނެ. ނޫން…. އޭނާ ބައްޔެއް ނުވާނެ. އެވާނީ މަކަރު ހަދަނީކަމަށް. އަހަރެން ވާހަކަ ނުދެއްކީމަ އަހަރެންނަށް ގޮތް ދައްކަނީ. މިހާރު އުޅޭ ފިރިހެނުންވެސް އެކްޓް ކުރަންވެސް ހާދަމޮޅޭ” ހިތާހިތުން ހަނާ ނުބެލިއެވެ. ނިސާދުއާ މެދު ހަނާގެ ވިސްނުން ވަނީ ބަދަލުވެފައެވެ. ނަމަވެސް އިންތިހާއަށް ލޯބިވެސް ވޭމެއެވެ. ބުރޭކު ނެގުމަށްފަހު ހަނާ އޮފީހަށް ގޮސްފަ އާދެވުނީ ތިނެއްވެސް ޖެހަފަހުންނެވެ. ހަނާ އޮފީސް ނިންމާލި ވަގުތާ ދިމާކޮށް އޮފީސްކައިރިން ނިސާދު ބުނި ވާހަކަ ޒިޔާދު ބުންޏެވެ.
އިރުއޮށްސި ހަތެއް ޖަހާ އެހާކަށް ހާއިރެވެ. ހަނާ އޮފީހުން އައިސް އޮށޯވެލިތަނާ ނިދުނު ގޮތަށް އެހާއިރު ވަންދެންއޮތެވެ. ހަނާގެ ފޯންގެ ރިންގްގެ އަޑާއެކު ހަނާއަށް ހޭލެވުނެވެ. ލޯއުގުޅަމުން ހަނާ ފޯންނަގާ ކަންފަތުގައި ޖައްސާ “ހަލޯ” އޭ ބުނެލިއެވެ. އެކޮޅުން އިވުނު އަޑު ހަނާގެ ކަނފަތުގައި ޖެހުނު ވަގުތުގައި ހަނާގެ ދެލޯބޮޑުވެ، ފޯންގެ އިސްކްރީންއަށް ބަލާލެވުނެވެ. ޔަގީން ކޮށްލުމަށެވެ. އާއެކެވެ. އެއީ ހަމަ އޭނައެވެ. ނިސާދުއެވެ. ފޯން ނުބޭވުމަށް އެދި އާދޭސް ކުރުމުން ނިސާދުގެ ވާހަކަ އަޑު އަހަން ހަނާއޮތެވެ. މިހެން ފަސްވަރަކަށް މިނިޓް ވަންދެން އޮތުމަށްފަހު ހަނާ ފޯން ބޭންވިއެވެ. ގަޑިން 8 ޖަހަން ކުޑަތަން ވަނީއެވެ. ނިސާދު ތައްޔާރުވެގެން ހުރީ ހަނާއާ ބައްދަލުކުރުމަށް ތުޑިއަށްދާށެވެ. ނިސާދުގެ އާދޭހަށް ހަނާވެސް ބައްދަލުކުރަންދާން ތައްޔާރުވިއެވެ. ހަނާގެ މިސްރާބު ތުޑިއަށް ޖެހީ ސުވާލުތަކުން ފުރިގެންވާ ހިތަކާއެކުއެވެ. ހަނާއަށް ގަބޫލް ކުރެވެނީ ނިސާދުގެ މަކަރުވެރި ކަމެވެ. އެކަމަކު ހަގީގަތަކީ ނިސާދުއަކީ މަކަރުވެރި މީހެއްނޫން ކަމެވެ. އޭނާގެ ހިތުގާ ވަނި ހަނާއަށް ސާފުތެދުވެރި ލޯތްބެވެ. ހަނާގެ އިއްޒަތާ އަބުރު ގެއްލިގެން ދާވަރުގެ ކަމެއް ކުރާކަށް ބޭނުމެއްނުވެއެވެ. މިހުންގެ ކުރިމަތި ހަނާގެ އަގު ވެއްޓި ލަދުގަންނަން ޖެހޭވަރުގެ ކަމެއްވެސް ވާކަށް ބޭނުމެއްނުވޭމެއެވެ. ވަފާތެރި އެއްގެ ގޮތުގާހުރުން އެއީ ނިސާދުގެ އުފަލެކެވެ. ހަނާގެ ފިރިއަކަށްވުން އެއީ ނިސާދުގެ ފޮނި އުންމީދެކެވެ. ހިނގަމުން ހިނގަމުން ގޮސް ހަނާ ދޮންވެލިގަނޑު މައްޗަށް ފޭބިއެވެ. ރެއަކީ ހަނދުވަރުދޭ ރެއެއްކަމުން މުޅިތުޑިއަށް ވަނީ ހަނދުގެ އަލިކަންފެތިފައެވެ. ދޯޕައްޓާގެ އެއްކަން އިގިއްޔަށް އޮޅާލަ އޮޅާލާ ހުރި ހަނާ ފަސްއެބުރި ބަލާލީ މީހަކު އަންނަހެން ހީވެގެންނެވެ. އެވަގުތު ފެނުނީ ނިސާދު އަންނަތަނެވެ. ދުރުން ފެނުނަސް ނިސާދުކަން ހަނާއަށް ފާހަގަކުރަން އެގެނީ ނިސާދުގެ ފިރިހެންވަންތަ ހިގުމުންނެވެ. ނިސާދުފެނުމުން ހަނާގެ ހިތްއަވަސްވާ ގޮތްވިއެވެ. ނިސާދު ދެކެ ވެވިފަވާ ލޯބި ހިތުގެ ތެރެން ބާނިލާން ފެށިއެވެ. ހަމަ އެހިދުން ހަނާގެ ހިތުގެ މައްޗަށް ހަނާ ބާރުފޯރުވިއެވެ. ކެއްތެރި ވިއެވެ. ނިސާދު އަންނަތަން ފެނުމުންވެސް ނުފެންނަ ކަމަށް ހަދައިގެން ހަނާ ހުރީއެވެ. ނިސާދު އައިސް ހަނާގެ ކޮޑުމަތީ އަތްބާވާލިއެވެ. އެވަގުތު ހަނާ ނިސާދުގެ އަތް އޭނާގެ ކޮޑުމަތިން ފޮޅުވާލިއެވެ. “ހަނާ އަދިވެސް ތިހުންނަނީ އަހަރެންދެކެ ރުޅިއައިސްފަތަ؟” ނިސާދު ވާހަކަ ދައްކަމުން އައިސް ހަނާގެ ކުރިމަތީ ހުއްޓުނެވެ. އަދި ވަރަށް ރަގަޅަށް ހަނާގެ މޫނަށް ބަލާލިއެވެ. މޫނުމަތިން ރުޅިވެރިކަން ފެންނަމުންދިޔައެވެ. ދީފައިވާ ހަނދުވަރުގެ އަލީގައި ހަނާގެ މޫނު ވަރަށް ރީތިކޮށް ފެންނަން ހުއްޓެވެ. އަނެއްކާވެސް ނިސާދު ސުވާލު ތަކުރާރު ކޮށްލިއެވެ. “ދެން އަހަރެންވީ ނިސާދު ކޮންމެ ގޮތަކަށް ކަންތައްކުރިޔަސް ހެވިފަ ބަލަން ހުންނަންތަ؟” ހަނާ ރުޅިވެރި ރާގަކަށް ބުންޏެވެ. ނިސާދު ހަނާއަށް ފުރަގަސް ދިނެވެ. އަދި ލޮލުން ފައިބާން ތައްޔާރު ވެފައިވާ ކަރުނަތައް ފޮހެލިއެވެ. “ހަނާ އަހަރެންދެކެ ރުޅިތިއަންނަނީ އެއްވެސް ކަމަކުން ކަމަކާނުލާ. އެއްމެފަހަރަކު ވެސް އެ މެސެޖާ ބެހޭ ގޮތުން ސުވާލެއް ނުކުރޭ!!! އެމެސެޖް ކުރި ކުއްޖާއަކީ އަހަރެން ކިޔަވަން މާލޭގަ އުޅުންއިރު ގުޅިގެން އުޅުން ކުއްޖާ.” ނިސާދު ކިޔާދިނެވެ. ހަނާއަށް ނިސާދުގެ އަޑުގާ ވޭނެއްވާކަން ފާހަގަވިއެވެ. ދެކަކޫ މައްޗަށް ތިރިވެފަ އާދޭސް ނުކުރިޔަސް ނިސާދުގެ ދިޔައީ އާދޭސްކުރަމުންނެވެ. “ދެން އަހަރެންވީ ތިވާހަކަތައް ގަބޫލް ކުރަންތަ؟” އަދިވެސް ހަނާގެ ރުޅިމަޑެއްނުވެއެވެ. “ގަބޫލް ކުރުމާ ނުކުރުން އެއީ ހަނާގެ ކަމެއް. އެކަމަކު އަހަރެން މިބުނީ ތެދު. އޭނައަކީ އަހަރެން އެންމެ ފުުރަތަމަ ރައްޓެހިވި ކުއްޖާ.” ނިސާދުގެ އެ ޖުމްލަ ހަނާއަށް ވެސް ބުނެވުނެވެ. “އާނ.. އަހަރެމެން ދެމީހުން ވަކިވީ އޭނާގެ މައިންބަފައިން އަހަރެމެން ގުޅިގެން އުޅެން ގަބޫލް ނުވުމުން. އެކަމާ އޭނަ ވަރަށް ރުއި. ވަކިނުވަން ވަރަށް އާދޭސް ވެސް ކުރި. އެކަމަކު އަހަރެން ބޭނުން ނުވީ އެމީހުންގެ ނުގަބޫލުގަ ގުޅިގެން އުޅެން. އޭގެ ފަހުން އޭނަ ދޭތެރެ ދޭތެރެއިން އެކަހަލަ ކޮންމެވެސް އެއްޗެއް ލިޔެފަ މެސެޖް ކުރާނެ. އަހަރެން އަޅައެއް ނުލަން. އެގޮތުން އޭނަކުރި މެސެޖެއް ހަނާއަށްވެސް ތިފެނުނީ. އެއްމެފަހަކުވެސް ހަނާ އެމެސެޖް ކުރީ ކާކުތޯ، މެސެޖް ކުރަންޖެހުނީ ކީއްވެތޯ ބަލައެއްނުލާ. ފުރަތަމަވެސް ހަނާ އަހަރެންދެކެ ރުޅިއައީ. ދެން އަހަރެން ވާހަކަ ދެއްކީމަވެސް ވާހަކަ ނުދެއްކީ. ބަލިވެގެން އަހަރެން އޮފީހަށް ނުދެވުނިމަވެސް ވިގޮތެއް ހަނާ ބަލާވެސް ނުލި. އަހަރެން ފަހަރެއްގަ ވެސް ހީނުކުރަން ހަނާ ތިކަހަލަ ތާކުންތާކު ނުޖެހޭ ކަމެއްގަ އަހަރެންދެކެ ރުޅިއަތުވެދާނެކަމަކަށް” ނިސާދުގެ އަޑު ބެދޭގޮތްވިއެވެ. އަޑުގާވަނީ ހިތާމަވެރި ކަމެވެ. ވޭނެވެ. އޭނާއަށް ވަނީ ފުންއަސަރެއް ކޮށްފައެވެ. ނިސާދުގެ ލޮލުން ފައިބަމުން ދިޔަ ވޭނީ ކަރުނަތައް ފޮހެލުމަށް ފަހު، ހަނާގެ ކޮޑުގާ ހިފާ އޭނާގެ ކުރިމައްޗަށް އަބުރާލިއެވެ. ހަނާ ހުރީ ބުނާނެ އެއްޗެއް ނޭގިފައެވެ. ފާޑަކަށް ގަނޑުވެފައެވެ. ނިސާދު ވާ ވަރުގަދަ ލޯބި އެގި ބަސްހުއްޓިފައެވެ. ހަނާގެ ދެލޯވަނީ ފެންކަޅިވެފައެވެ. ނިސާދުއާ ވާހަކަ ދައްކަން ހަނާ މިހާރު ލަދުގަނެއެވެ. ހެދުނު ގޮތުންނެވެ. ކިޔުނު އެއްޗިހިންނެވެ. ހީކުރެވުނު ގޯސް ހީކުރުން ތަކުންނެވެ. ނިސާދުއަކީ ހަނާ ހީކުރި ވަރަށްވުރެ މާތް މީހެކެވެ. ބޭރު ކޮށްނުލާ ހިފެހެއްޓި ކަރުނަތައް ހަނާގެ އެސްފިޔަ ތަކުގެ ތެރެއިން ފޫދިގެން ކޯތާފަތް މައްޗަށްފެބިއެވެ. ނިސާދު ވަރަށް ލޯބިން އޭނާގެ ބޮޑު ދެއަތްތިލައިން ހަނާގެ މޫނުގެ ދެފަރާތުގައި ހިފާ އުފުލާލިއެވެ. އަދި ހަނާގެ ލޮލުން ފޭބި ކަރުނަތަށް ފޮހެލިއެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
12 Comments!
Comments are closed.


varah reethi mi vaahaka… very interesting!
ވަރަށް ރީތި…! އެކަމް މީގަ އުޅޭ ބޯއީ އަކީ ހާދަ ފިޑި ކުއްޖެކޭ ދޯ..؟ ރިއަލް ލައިފްގަ ފިރިހެާނުން އެހާ ފިޑިއެއް ނުވާނެ but i like it.. އެހާ ލޯބިވާ މީހުންވެސް ތިބޭތަ…! i dnt think so
ފިޑި އެއް ނުވާނެ. މަރީ ހުރޭ ނިމޭ ގޮތް ބަލަން…. ދެއްވި ހިޔާލަށް ޝުކުރިއްޔާ..
އިގޭ ވާހަކަ އެއްކަން….! އެކަމް ވާހަކަވެސް ލިޔަނީ ރިޔަލް ލިއިފް އާ ޑިޕެންޑު ވާގޮތަށް ދޯ…! އެހެން ލިޔެފިނަމަ ވާހަކަ މިޔަށް ވުރެވެސް ސައުޤުވެރިވާނެ…!
މި ވާހަކައިގަ ރިޔަލް ލައިފްގެ ކަންތައްތައް ވެސް ހިމެނޭނެ…..
vvvvvv reethi avahah upkoh dhehchey plx
Ohhh wow?? masha allah v v v rythi stry?? when nxt prt avahan up kolladhechchey gud nyt ly??❤❤❤❤???????
veehaa ves avahakah up kurevey tho try kurany
Alhe mi vaahaka up vani kon dhuvasthakehga that?
Varah kehmadhuvefahuhta mibai fenuneema kiriyaa ufalun nurovuni!??
Ufalun roveyhaa reechehnoon mivaahakaeh.
Varah reethi keep it up❤
Thanx