Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަދީނީލޯބި

ހިތުގެ މިލްކުވެރިޔާ (ބާވިސްވަނަ ބައި)

azzadhil Level 210 Stories100 Comments
August 27, 2017 5 Mins Read
17 Comments

“ލެެޓްސްގޯ ސެެލެބްރޭޓް ބޭބީ” ޒިވާން ގައިގާ ލައްވެލަމުން މައިރާ ބުނުމުން ޒިވާންވެސް މައިރާގެ އުނުގަނޑުގައި އަތް ވަށާލައިގެން ހުރެ ކޮަޓަރިން ނިކުތެވެ.
އަރުޝީވެސް އިތުރަށް މަޑުކުރަން ނުހަދާ ފޮށިހިފައިގެން ކޮޓަރިން ނިކުތެވެ. އެއަށްފަހު އެންމެ ފަހު ފަހަރަށް އެގެއަށް ބަލާލިއެވެ. ރައިހާނާ އާއި ބައްދަލު ކުރަން ހިތަށް އަރާފައިވެސް އެހިޔާލު ބަދަލުކޮށްލީ ރައިހާނާ ކައިރީ ދޮގުތަކެއް ހަދަން ބޭނުން ނުވާތީއެވެ.
އަރުޝީ ފޮށިދަމަމުން ގެއިން ނިކުތްއިރު ޒިވާން އާއި މައިރާ ކާރަށް އަރައިގެެން ދަނީއެވެ. އަރުޝީ ގޭޓުން ނިކުތްވަގުތަށްވީ ބޯކޮށް ވާރޭ އޮއްސާލި ވަގުތަށެވެ. ދާނޭ ދިމާލެއް ނޭނގި އެބޯވާރޭ ތެރޭގައި ހިނގަމުން ދިޔައީ ފުރާނެ ނެތް މަސްގަނޑެއް ފަދައިންނެވެ. މިއަދު އަރުޝީ އެއްވެސް މީހެއް ކައިރީ ޝަކުވާއެއް ކުރާކަށް ބޭނުމެއް ނޫނެވެ. މީ ތަގުދީރުގެ ނިޔާއެވެ. މިއަށް ކެތްކުރުން ނޫންގޮތެއް ނެތެވެ. މިދުނިޔޭގައި އަރުޝީއަށް ނުލިބުނު އިންސާފު ލިބޭނެ ދުވަހެއް ހަމަ ޔަގީނުންވެސް ވާނެއެވެ. އެދުވަހުން ކެތްތެރިކަމުގެ މޭވާ ނުލާހިކު ފޮނިވާނެއެވެ. ދެރަވެ ހިތާމަ ކުރަނީ ކީއްކުރަން ހެއްޔެވެ. ކަޅު ބޯވިލާގަނޑަކުން ރަހުމަތުގެ ވާރޭ އޮއްސަވާ ފަދައިން ﷲއަށް ބޭނުންވެފައިވާ ހިތްތަކަށް އެކަލާނގެ އުއްމީދު ދެއްވައެވެ. އެކަލާނގެ ހަޟްރަތުން އުއްމީދު ކަނޑާނުލާ ކެތްތެރިކަމާއި އެކު އެކަލާނގެއަށް ދުއާ ދަންނަވާ އަޅުންނަށް ކާމިޔާބު ލިބިގެންވެއެވެ.
ވާރޭގެ ތިކިތަކާ އެކުވެފައިވާ ކަަރުނަތައް އަތުގެ ނުފުށުން އަރުޝީ ފޮހެލިއެވެ. ހިންދިރުވާލަމުން ކުރިއަށް ދިޔައެވެ. ކުރިމަތިން އެޅުނު އައްޔެއްގެ ސަބަބުން އަރުޝީއަށް ހުއްޓެވި ލޯމަތީގައި އަތް ހުރަސްކޮށްލެވުނެވެ. އެއަށްފަހު މަޑުމަޑުން އަތްތިރިކޮށްލިއެވެ. ކުރިމަތީގައި އޮތް ކާރުން ކުޑައެއް ހިފައިގެން ނިކުތް މީހާއަށް ފެނި އަރުޝީއަށް ތުންފިއްތާލެވުނެވެ. ދުވެފައިގޮސް އެމީހާ ގައިގައި ބައްދައިގަނެވުނީ ހިތަށް ކޮށްފައިވާ އަސަރެއްގެ ބޮޑުކަމުންނެެވެ.
އަނެއްދުވަހަށް އިރުއެރުމާއެކު އަރުޝީ ގެއިން ނިކުމެގެން ދިޔަ ވާހަކަ ޒިވާން ރައިހާނާ ކައިރީގައި ބުންޏެވެ. އަރުޝީ ބޭނުންވަނީ ވަރިވާން ކަމަށާއި އަރުޝީގެ ސަބަބުން އެއްވެސް މީހަކަށް ގެއްލުމެއް ވާން ނޭދޭތީ ގެއިން ނިކުމެގެން ދަނީ ކަމުގައި ބުންޏެވެ. އަދި ޒިވާން ކުރި އާދޭސްތަކަށް އަރުޝީ ދިނީ ބީރުކަންފަތެއް ކަމަށާއި އަރުޝީ މަޑުކުރުވަން ވަރަށް މަސައްކަތް ކުރި ކަމުގައެވެ. އަދި ކައިވެނިކޮށްގެން މިވީހާ ދުވަހު އަރުޝީ ޒިވާން އާއި މެދު ކަންތައްކޮށްފައިވާ އިހާނެތި ގޮތްގޮތާއި އަންބެއްގެ ހައިސިއްޔަތުން ފިރިއަކަށް ކޮށްދޭންވާ އެއްވެސް ކަމެއް ޒިވާން އަށް ކޮށްނުދޭކަމުގައިވެސް ބުނީ ރޮމުންނެވެ. މިހުރިހާ ވާހަކައެއް އިވި ރައިހާނާގެ ހިތުގައި ޒިވާން އާއި މެދު ރަހުމް އުފެދި އަރުޝީއަށް ނަފްރަތުކުރެވެން ފެށުނެވެ. އަދި އަރުޝީއާއި ޒިވާން ގުޅުވުން އެއީ ރައިހާނާއަށް ހެދުނު އެންމެ ބޮޑު ގޯސް ކަމުގައި ބެލެވެން ފެށުނެވެ. އަދި ދުވަހެއްގެ ކޮޅުންވެސް އަރުޝީއަށް މައާފުނުދޭން ނިންމިއެވެ.
ރައިހާނާ އޭނާގެ އެންމެ ގާތް އެކުވެރިޔާ އަދި އެއްބަނޑު އެއްބަފާ ހަމައެކަނި ކޮއްކޮއާއި ވާހަކަ ދައްކަން ތިބީ ސައިހާނާ އުޅޭ ގޭގެ ކުޑަކުޑަ ގޮޅިއެއްވަރުގެ ސިޓިންގްރޫމް ގައި ބެހެއްޓިފައިވާ ހެޔޮވަރެއްގެ ސޯފާގެ މަތީގައެވެ. އަތުގައިވާ ކޮފީ ޖޯޑުގެ ތުންފަތުގައި އިނގިލިން ހިންގަމުން ދިޔައިރު ބޮޑު ވިސްނުމެއްގެ ތެރޭގައި އިންހެން ހީވެޔެވެ. ރައިހާނާ އަރުޝީއާއި ބެހޭގޮތުން ކިޔައިދިން ވާހަކަ ތަކަށްފަހު ސައިހާނާވެސް އިނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. އަރުޝީއަށް ބަލާލާފައި މީހަކު އެއީ ގޯސްކުއްޖެކޭ ނުބުނާނެއެވެ.

” ދައްތާ އަހަންނަށް އަދިވެސް ގަބޫލުނުކުރެވޭ އަރުޝީ ތިގޮތަށް ކަންތައްކޮށްފާނެ ކަމަކަށް ” އަތުގައިވާ ކޮފީތަށި ކުރިމަތީގައި ހުރެ މެދުވަރެއްގެ މޭޒުމަތީގައި ބަހައްޓަމުން ސައިހާނާ ބުންޏެވެ.
” އަހަންނަށްވެސް ގަބޫލުކުރަން ދަތިވި.. އެކަމަކު ވޭތުވެ ދިޔަ ހަތްމަސް ދުވަސް ތެރޭ އަރުޝީއަށް ވަރަށް ބޮޑު ބަދަލުތަކެއް އަންނަން ފެށިކަން ހުދު އަހަންނަށްވެސް ފާހަގަ ކުރެވުނު…. ޒިވާން އެހާ ލޯބިން ވާހަކަ ދައްކާއިރުވެސް ހުރެދާނެ ވާކަމެކޭވެސް ހީނުކޮށް.. އެންމެ ފަހުން އަރުޝީ ރޯދަހިފި ދުވަހުވެސް ޒިވާން ނުލާހިކު ލޯބިން އައިސް އަރުޝީ ކައިރީގައި ބުނީ ދެމީހުން އެއްކޮށް ބޭރަށް ކާންދާން.. އެކަމަކު އެދުވަހުވެސް އަރުޝީ ދެކޮޅު ހެދީ އަހަރެންވެސް ކުރިމަތީގައި ހުއްޓާ.. ” ރައިހާނާ ވާހަކަ ދެއްކިއިރު އެއަޑުގައި ވަނި ހިތްހަމަނުޖެހުމެވެ.
” ތެދެއް ތިބުނީ.. އަހަންނަށްވެސް ތިގެއަށް ދެވޭ ދުވަސްތަކުގަ އަރުޝީ ހުންނަނީ ފާޑަކަށް ތެދަށް ބުނަންޏާ އަހަންނަށް ވަރަށް ނުފެނޭ އަރުޝީ ހިނިތުންވެފަ ހުއްޓައެއް.. އަހަރެން އޭރު ހީކުރީ އޭނާގެ ނިޔާވި ފިރިމީހާއާއި ދޭތެރެ ވިސްނާފަކަމަށް .. އެކަމަކު ދައްތަ ތިދެއްކި ވާހަކައިން އެނގިއްޖެ ހަގީގަތް.. ދެން އަޅާނުލާ.. އިންޝާﷲ އަހަރުމެންގެ ޒިވާންއަށް އެއަށްވުރެ މާރަނގަޅު ކުއްޖެއް ލިބޭނެ.. އަމިއްލަ މީހާއަށް ވުރެ ބޮޑަަށް އެހެންމީހުންނާ ދޭތެރޭ ވިސްނާ މީހުންނަށް މާތްﷲ ދެރަގޮތެއް މެދުވެރިއެއް ނުކުރައްވާނެ..” ރައިހާނާގެ އަތްތިލައިގާ ހިފާލަމުން ސައިހާނާ ވާހަކަ ދެއްކިއެވެ.
” ތިބުނީ ރަނގަޅަށް.. އަހަރެންގެ ޒިވާން އޭނަގެ އަމިއްލަ ނަފްސަށް ވުރެވެސް ބޮޑަށް ވިސްނާނީ އެހެންމީހުންނާ ދޭތެރޭގައި.. އަހަރެން އަދިވެސް ހަނދާން އެބަހުރި ޒިޔާނާ ދައްތަގެ އެންމެ ފަހު ވަސިއްޔަތް..” ލޯބިވާ ދައްތަގެ ހަނދާންްވުމާއި އެކު ރައިހާނާއަށް ރޮވުނެވެ.
“އަހަރެންގެ މިދެއަތަށް ކުޑަކުޑަ ޒިވާން ލައިދެމުން ބުނި ޒިވާންއަށް ލޯބިދެއްޗޭ ޒިވާން ދެރަވާދަފަ ކަމެއް ނުކުރައްޗޭ.. އެކަމަކު މިއަދު އަހަރެންގެ ޒިވާންގެ ލޮލުން ވޭނީ ކަރުނަ އަންނަތަން ފެނުމުން އަހަރެންގެ މޭ ކުދިކުދިވެއްޖެ.. އަހަންނަށް ހީވާ ކަހަލަ ދައްތަގެ ވަސިއްޔަތް ފުރިހަމައެއް ނުކުރެވުނޭ…” ވާހަކަ ދައްކައި ނިމުނުއިރު ރައިހާނާއަށް ހަމަ ރަނގަޅަށްވެސް ރޮވިއްޖެއެވެ. ރައިހާނާ ރޯތަން ފެނި ސައިހާނާއަށް ވެސް ރޮވޭ ގޮތްވުުމުން ރައިހާނާ ކައިރިއަށް ޖެހިލާ ބައްދާލަމުން ކެތްތެރިވުމަށް ނެސޭހަތްތެރިވިއެވެ.
ސައިހާނާ ކައިރީގައި އިނދެފައި ރައިހާނާ ގެއަށް އައީ އެގެއިން ސައިހާނާ އާއި އެކު އަސުރު ނަމާދުކޮށްލައިގެންނެެވެ. ވަރުބަލިކަމާއެކު ސޯފާއަށް ހަށިގަނޑު ދޫކޮށްލަމުން ސޯފާގައި ލެގިލީ ފުންނޭވައެއް ދޫކޮށްލަމުންނެވެ. އެވަގުތު ފަހަތުން އައިސް މީހަކު ލޯމަތީގައި އަތް އެޅުމުން ރައިހާނާ ސިހިފައި ކާކުހޭ ބުނިވަގުތު ލުއި ހިނިތުންވުމަކާއި އެކު ރައިހާނާ ކައިރީގައި އައިސް އިށީނީ އާރާވްއެވެ. ކުއްލިގޮތަކަށް އާރާވް ފެނުުމުން ރައިހާނާއަށް ލިބުނީ ބުނަން ނޭނގޭ ފަދަ ހިތްހަމަޖެހުމެކެވެ. ހާއްސަކޮށް މިފަދަ ވަގުތެއްގައި އާރާވް ފެނުމުން ލިބުނީ ބަޔާން ކުރަން ދަތި އުފަލެކެވެ. މަގޭ ދަރިފުޅާއޭ ކިޔާ އާރާވްގެ މޫނުގެ ދެފަރާތުގައި ފިރުމާލެވުނުއިރު އެދެލޮލުން މުތީއެއް ފަދަ ކަރުނަތިއްކެއް ނީރާލާފައި ވެއެވެ.
” ދަރިފުޅު މިހާ ކުއްލިގޮތަކަށް ފެނުނީމަ މަންމަ ވަރަށް އުފާވެއްޖެ.. ދަރިފުޅު އައިމަ މަންމަ ވަރަށް އުފާވެއްޖެ” ރައިހާނާއަށް ރޮވުނެވެ. މިމަންޒަރު ފެނި ކޮންމެވެސް ކަމެއް ގޯސްވެއްޖެ ކަމުގައި އާރާވްގެ ހިތް ބުނަމުން ދިޔައެވެ.
” ކީއްވެ މިހާ ކުއްލިގޮތަކަށް ތިއައީ.. ދަރިފުޅު ރަނގަޅުތަ އަނެއްކާ” ކަރުން ފޮހެލަމުން އާރާވްގެ ބޮލުގައި ފިރުމާލަމުން ރައިހާނާ އަހާލިއެވެ.
” ނޫނޭ މަންމާ… މަންމަމެން ހަނދާންވާ ވަރުން ކިޔެވޭ ވަރެއްެވެސް ނޫން.. އެކޮޅުގަ ހުންނަހިތް ނުވެގެން މިއައީ.. ދުނިޔޭގަ ހުރިއްޔާ ކިޔެވިދާނެއްނު އެކަމަކު އާއިލާއާއިއެކު ވަގުތު ހޭދަކުރުމަކީ މަދު ބަޔަކަށް ލިބޭ ފުރުސަތެއް.. އެހެންވީމަ އަހަރެން ބޭނުމެއް ނޫން.. ކޮބާތަ މިގޭ އެހެން މީހުން.. އައިއިރު އެއްވެސް މީހަކު ނެތް. ރާޖާ ބުނީ އެންމެން ބޭރުގަޔޯ” ދެކޮޅު ހޯދާލަމުން އާރާވް ބުނެލިއިރު އެލޯ ވަކިފަރާތެއް ހޯދާކަހައެވެ.
” މިގެއަކު މީ ބައިވަރު މީހުން އުޅޭ ގެއެއްނޫނެއްނު.. ޒިވާން އެއީ ދެން ދުވާލު ގިނަ ވަގުތު އޮފީހުގަ ހޭދަކުރާ މީހެއް” ދަބަހުން ޓިޝީއެއް ނަގާ ލޯސާފުކޮށްލަމުން ރައިހާނާ ބުންޏެވެ.
” ކޮބާ އަ..އަރުޝީ.. މަރިޔަމް ދައްތަ ރަނގަޅުތަ” ނުގޮތަކަށް އާރާވް މިހެން ބުނެލިއިރު އެހިތް ތެޅެމުން ދިޔައީ އެންމެ ފަހަރަކުވެސް އަރުޝީގެ ސޫރަ ދެކިލުމަށެވެ.

” ދަރިފުޅު ދިޔަފަހުން ވަރަށް ގިނަ ކަންތައްތައް ބަދަލުވެއްޖެ.. މަންމަ ދަރިފުޅު ކައިރީ ނުބުނަނީ ދަރިފުޅުގެ ކިޔެވުމަށް ބުރޫ އަރާފާނެތީ” ދެރަވެލާފައި ރައިހާނާ ބުންޏެވެ.
” މަރިޔަމް ދައްތަ ނިޔާވެއްޖެ ދަރިފުޅާ” ރައިހާނާގެ ޖުމްލައިން އާރާވްއަށް ލިބުނީ ކުއްލި ސިހުމެކެވެ. ދެލޯ ފެންކަޅިވެގެން ދިއުމާއެކު އަނގައިން މަޑުމަޑު އާހެއް ނިކުތްއިރު ބަލާލި މީހަކަށ ހީވާނީ އާރާވްއާއި މަރިޔަމް އަކީ ގާތް ގުޅުމެއް އޮތް ދެމީހުންހެންނެވެ.
” ކޮބާ ދެން އަރުޝީ” ކުރަކި ވެފައިވާ އަޑަކުން އާރާވް އަހާލުމުން ރައިހާނާގެ މޫނުމައްޗަށް ވެރިވީ ފޫހިކަމެކެެވެ.
” އަރުޝީ ވީތަނެއް ނޭނގެ.. ދަރިފުޅާ އަރުޝީއަކީ މަންމަ ހީކުރިހާ ރަނގަޅު ކުއްޖަކަށް ނުވި” ރައިހާނާ އާރާވް ފުރައިގެން ދިޔަ ހިސާބުން ފެށިގެން ކަންތައްވެގެން ދިޔަގޮތް އާރާވްއަށް ކިޔައިދިނެވެ. ނަމަވެސް ރައިހާނާ ދެއްކި އެއްވެސް ވާހަކައެއް އާރާވްއަށް ގަބޫލުކުރަން ދަތވިިއެވެ. ދެންހުރީ ޒިވާންއެވެ. ކުޑައިރުން ފެށިގެން އެއްކޮށް އުޅެ ބޮޑުވި ރަހުމަތްތެރިއެއްކަހަލަ ބޭބެއެކެވެ. އަރުޝީއާއި އަޅާ އެވަރުގެ ބޮޑު ދޮގެއް ޒިވާން ހަދާފާނެ ހެއްޔެވެ. ނަމަވެސް އަރުޝީއަކީ ގޯސްކުއްޖެއް ނޫނެވެ. އަރުޝީގެ އެއްވެސް ކުށެއްނެތޭ އާރާވްގެ ހިތްގޮވާ ކަހަލައެވެ. މިކަމުގެ ފަހަތުގައި ވަނީ ކޮންމެވެސް އެހެން ކަހަލަ ކަމެކެވެ. އަދި އެކަން ހޯދާ އަރުޝީ އަނބުރާ ގެއަށް ގެނައުމަށް އާރާވްގެ ހިތުގައި އަޒުމް ކަނޑައެޅިއެވެ.

ޒިވާން އަށް އޮފީހުން އާދެވުނީ އެރޭ ވަރަށް ދަންވެފައި ހުއްޓައެވެ. އާރާވް އެނބުރި އައިސްފިކަން ރައިހާނާގެ ފަރާތުން ޒިވާން އަށް ވަނީ އެނގިފައެވެ. އަރުޝީއާއި ބެހޭގޮތުން ސުވާލުކުރަން އަންނާނެ ކަން އެނގޭތީވެ ޒިވާން ހުރީ އެކަމަށް ތައްޔާރުވެގެންނެވެ. ޒިވާން ހީކުރިގޮތާ އެއްގޮތަށް އާާރާވް ޒިވާން އާއި ބައްދަލުކުރަން އައީ ޒިވާން ފެންވަރައިގެން ނިކުތްތަނާއެވެ.
” އަނހަ.. އާރާވް އާދޭ އެތެރެއަށް.. ” ތުވާލި ސްޓޭންޑްގައި އަޅުވާލަމުން ޒިވާން ބުންޏެވެ.
” ދޮންބެ ފްރީތަ.. ވާހަކައެއް ދައްކާލަން ވެގެން މިއައީ” އެތެރެއަށް ވަދެ އެނދުގައި އިށީންނަމުން އާރާވް ބުންޏެވެ.
” އެނގޭ ތިދައްކަން އުޅޭ ވާހަކައެއް… އާރާވްއަށް ދޭނެ އެއްވެސް ޖަވާބެއް އަހަރެން އަތަކު ނެތް.. ” އާރާވްއަށް ބަލާވެސް ނުލާ ލެޕްޓޮޕް ހުޅުވާލައިގެން އެނދުގައި އިށީންނަމުން އާރާވް ވާހަކަދެއްކިއެވެ.
” ދޮންބޭ.. އަހަންނަށް އެނގޭ ދޮންބެ ދޮގު ނުހަދާނެކަން.. އެކަމަކު އަރުޝީ…” އާރާވްއަށް ފުރިހަމައެއް ނުކުރެވުނެވެ.
” އާރާވް.. ރުހުމުގެ ލޮލަކަށް އައިބެއް ނުފެންނާނެ… އާރާވްގެ ހިތުގައި އަރުޝީއަށް އޮތް މަގާމް އަހަންނަށް ނޭނގެނީއެއްނޫން.. އެހެންވީމާ ރަނގަޅުވާނީ ތިވާހަކަ ނުދެއްކިއްޔާ.. އަރުޝީ އަހަރެންނާ އޮތް ގުޅުން ހީނަރުވެގެން ދިއުމުގަ އާރާވްގެ އިހުމާލްވެސް ވޭ..” ޒިވާންގެ ޖުމްލައިން އާރާވްއަށް ސިހުމެއް ލިބުނެވެ.
” ދޮންބެ ކީކޭ ބުނަން ތިއުޅެނީ” އާރާވް އަހާލިއިރުވެސް ޖަވާބު އެނގޭ ކަހަލައެެވެ.
” ބުނަން އާރާވް.. ތީ އަހަރެންގެ ކޮއްކޮ.. އަހަރެންގެ އަންހެނުންނާ ކޮއްކޮގެ އޮންނަ ނަހަމަ ގުޅުމުގެ ވާހަކަ ދައްކައި ބޭބެ ކޮއްކޮގެ ގުޅުން ކަނޑާލާކަށް ބޭނުމެއްނޫން.. އެހެންވީމަ ރަނގަޅުވާނީ މިވާހަކަ ނުދައްކާ އާރާވް މިތަނުން ދިޔައިއްޔާ” ޒިވާން ވާހަކަ ދެއްކިއިރު އެންމެ ފަހަރަކުވެސް އާރާވްއަށް ބަލާނުލާއިރު އާރާވް އިނީ ކިޔާނެ ބަހެއް ނޭނގިފައެވެ.
” ދޮންބެ ތިދައްކާ ވާހަކައެއް އަހަންނަށް އެއްގޮތަކަށްވެސް ނުވިސްނޭ.. ތިބުނާ ފަދަ ގުޅުމެއް އަހަރުން ދެމީހުންގެ ދެމެދު ނޯންނާނެ” އަމިއްލަ ކުށެއް ނެތް ކަން ސާބިތުކުރަން މަސައްކަތް ކުރަމުން އާރާވް ބުންޏެވެ.
” އާރާވް ޕްލީޒް.. އަހަރެން މިދެލޮލުންނޭ ދުށީ އަހަރެން ކައިވެނި ކުރި ރޭ އާރާވް އަރުޝީ ކައިރީގައި ކުރި އާދޭސް.. ސޯ ޕްލީޒް… އާރާވް މިތަނުން ދޭ..” ޒިވާންގެ ޖުމްލައިން އާރާވްއަށް އިތުރަށް އެއްޗެއް ބުނާކަށް ނުކެރުނެވެ. އެރޭގެ އެމަންޒަރުން ޒިވާން މާނަ އެނެގީ މުޅިން ގޯސްކޮށެވެ. އަރުޝީގެ އެއްވެސް ކުށެއް ނެތެވެ. ކުރި ކުށެއް ކުރެވުނީ އާރާވް އަށެވެ. އިތުރަށް ބުނާނެ އެއްޗެއް ނެތުމުން މަޑުން މަޑުން އެކޮޓަރިން ނިކުމެ ދޮރުލައްޕާލިއެވެ. އެވަގުތު ޒިވާންގެ ތުންފަތުގައި ކުޅެލީ ވިހަ ހިނިތުންވުމެކެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

azzadhil

Level 210 Stories100 Comments

Other Articles

Previous

އައިކާ (10)

Next

އަގެއްނެތްލޯބި 4 ވަނަ ބައި

Next
August 28, 2017

އަގެއްނެތްލޯބި 4 ވަނަ ބައި

Previews
August 27, 2017

އައިކާ (10)

17 Comments!

  1. song joong ki..KOREAN says:
    August 27, 2017 at 10:43 pm

    me first

    1. song joong ki..KOREAN says:
      August 27, 2017 at 10:50 pm

      vv salhi. but thankolheh kuruhen heevey,, 🙂 🙂

  2. Ahoo says:
    August 27, 2017 at 10:46 pm

    Me first dhw 😀 … V reethi mi partves

  3. ?shi? says:
    August 27, 2017 at 10:52 pm

    yey.. me first dhw
    v Reethi Bt kuree mibaa

    1. song joong ki..KOREAN says:
      August 27, 2017 at 11:43 pm

      nop u third. balaabala eynee song joong ki first ah…

    2. song joong ki..KOREAN says:
      August 27, 2017 at 11:45 pm

      hehe aslu comment publish vaaleh lahiyyey dhw? 🙂 🙂 knmx mahsalaeh ulhey baeh faharu comment kuraairu

  4. Xxxx says:
    August 27, 2017 at 10:53 pm

    Nice????

  5. Shifu says:
    August 27, 2017 at 11:28 pm

    Wow v reethi ekamaku thankolheh kuree next part avaskohladhee pls

  6. Rachel says:
    August 27, 2017 at 11:30 pm

    Reethy kamun kanneynge kuruhen heevany aneh hen normak

  7. khajja says:
    August 28, 2017 at 1:11 am

    Masha allah stry v rythi ?? zivaan birevves nuganeytha thivarah dhoguhadhaa olhuvaalan ? e noakaru myhaa aaraav kairy bunaane nama dhw zivaan arushy ah aniyaakuraavaahaka n geymyhunnah neyngi aaraav aa 2 myhunvegen polihuga massala jassabala zivaan govaigen ? when mxt prt avsskolladhybala plx gud nyt ly???❤❤??????

  8. III says:
    August 28, 2017 at 8:16 am

    Thankolheh kuru ehen heevani

  9. Sidhu says:
    August 28, 2017 at 8:23 am

    Vaahaka 2vana faharah kiyaalaafa comment eh mi kohlee. …Vaahaka v reethi. …

  10. Adha? says:
    August 28, 2017 at 9:27 am

    Aaraav aee dw?.. varah reethi mi part ves… but thankolheh kury?
    Waitingss ❤❤❤❤

  11. Kuda Kamana says:
    August 28, 2017 at 10:44 am

    Haadha haadha kurey. Ekam masha allah varah reethi mipart ves

  12. click a shot ? says:
    August 28, 2017 at 7:19 pm

    Alhey arushee engeyn dhyaama kihineh aarav aa dhimaavany… Mairaa as zivaan mihaaru ufaafaalhu kuriyas.. Fahun eyge hithi fenaane.. Dhw azza.. Btw mi part ves varah reethi.. When next part.. Avahah up kohdhechey.. Ly ☺??

  13. Hafsa leena ? says:
    August 29, 2017 at 8:58 pm

    Wow v v salhi next part avahah up kollahchey kiyaahithun hureveneekee noon..??

  14. rayaaa says:
    August 30, 2017 at 1:19 am

    so when is the next part

Comments are closed.

Next Episodeހިތުގެ މިލްކުވެރިޔާ (ތޭވިސްވަނަ ބައި)←


All Right Reserved!