Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ޢެދެމޭ އުފާ….(1)

Dhippi Level 4100 Comments10 Stories
August 27, 2017 5 Mins Read
20 Comments

ހުއްޓުމެއް ނެތި ވާރޭ ވެހޭތާ ދެތިން ދުވަސް ފަހުން މިއަދަކީ އަވި ގަދަ ދުވަހެއް ކަމުން މުޅި ރަށުތެރެ އޮތީ ހަލަ ބޮލި ވެފައެވެ. ހަވީރު ހަތަރެއް ޖެހުމާއެކު ފުޓުބޯޅަ ކުޅެން އުޅޭ ކުދިވެރިން ދުއްވާގަތީ ފުޓުބޯޅަ ދަނޑާ ދިމާލަށެވެ. އަންހެން ކުދިން ދުއްވާގަތީ ބަށި ކުޅޭ ދިމާލަށެވެ. އެރަށުގެ އުޅޭ ޒުވާނުންގެ ދިރުމަކީ އެއީވެ. ބަށި ކުޅޭތަނަށް ނުދާ އަންހެން ކުއްޖަކު ނެތޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. އެހެން ނަމަވެސް އަތިރިމަތީ ވެލިގަނޑާ ކުޅެން އެހެރަ އަންހެން ކުއްޖަކީ އޭގެ އެއްވެސް ކަމެއްގައި ބައިވެރިވާ ކުއްޖެއް ނޫނެވެ. ބަލާބެލުމަށް ހީވަނީ އެއީ ފެންނަން ހުއްޓަސް މަރުވެފަ ހުރި މައްޔިތެއްހެންނެވެ. ހަގީގަތުގައިވެސް އޭނާ ހީވަނީ އާވާރާއެއް ހެންނެވެ. މޫނު މަތީގައި އެއްވެސް ދިރުމެއް ނެތެވެ. ބަލާލުލަށް ހަމުން ދޮން، ރީތި އިސްކޮޅަކާއި ރާޅު ބާނީ އިސްތަށި ގަނޑެއްގެ ވެރި އެ އަންހެން ކުއްޖާ އަކީ ރަށުގެ ނިސްބަތުން ރީތި ކުއްޖެކެވެ. އެހެން ނަމަވެސް އޭނާގެ ރީތި ކަމުގެ ވާހަކައަކީ އެރަށު ޒުވާން ފުރައިގެ ފިރިހެން ކުދިން ގަޔާވެގެން ދައްކާ ވާހަކައެއް ނޫނެވެ. އެއަންހެން ކުއްޖާ ފުން ހިޔާލެއްގަ ހުރެ ވިސްނަމުން ދިޔައީ އޭނަގެ މައިން ބަފައިންނާ ދޭތެރޭގައެވެ. މަންމަގެ ނުބައި ކަމުގެ ވާހަކަ ދައްކަން ވެސް ހެޔޮ ނުވާނެއެވެ. ލިބުނު ބަފާގެ ވާހަކަ ދެއްކި މީހަކަށް ވެސް ފާފާއެއް ނުވާނެއެވެ. އެއަންހެން ކުއްޖާގެ ހިތަށް ލިބޭ ކުޑަ ކުޑަ ހިތްހަމަ ޖެހުމަކީ ކޮންމެ ދުވަހަކު އެއަތިރި މަތީ އެ ހޭދަ ކޮއްލެވޭ ވަގުތު ކޮޅެވެ. އޭނާ ގަބޫލް ކުރާ ގޮތުން ވިއްޔާ އެެނާދެކެ ލޯބިވާ ހަމަ އެކަނި ފަރާތަކީ އެ އަތިރި މައްޗެވެ. ވާނީ އެހެން ނޫން ހެއްޔެވެ. އޭނަ އެ ވެލިގަޑު އެފުށް މިފުށަށް ޖަހައިފަ ދިޔަޔަސް މާދަން އަންނަ އިރު އެވެލިގަޑު ތިއްތި ވެގެން އޭނާޔަށް މަރުހަބާ ކިޔަން ފޫހި ކަމެއް ނެތި އޮވޭވިއްޔާއެވެ. އޭނާޔާ ދިމާލަކަށް އަޑެއް ނުލައެވެ. ގޮތްމުށުގެ އަނިޔާއެއް ނުކުރެއެވެ. އެެހެން ވީމަ ކިހާ އުފާވެރި ހެއްޔެވެ.

” ޕިސް ޕިސް މަގޭ ހިތަށްވެސް އެރިޔޭ މިތާގައޭ ހުންނާނީ، ވާރޭ ނުހުއްޓައިގެންދޯ، ތިހިރީ؟ ” ޝަރާ އަލްޔާ ނުފެނިގެން އެކިތަން ތަން ހޯދަމުން އައިސް ބުނެލިއެވެ. އޭރު ޝަރާ ހުރީ މާނޭވާ ލެވޭ ވަރު ވެފައެވެ. “އާާނ މިތާ ޝާއަށް އިނގޭންނޫން މިތާގަ ކަން ހުންނާނީ!” މޫދާދިމާލަށް ގާ އުކަމުން ފޫހި ގޮތަކަށް އަލްޔާ ބުނެލިއެވެ. އޭރުވެސް އޭނާގެ މޫނުމަތިން ފެންނަނީ މާޔޫސް ކަމާއި ހިތްދަތި ކަމެވެ. “އަލް އަތަށް ކިހިނެއް ވެފަ މިހިރީ؟!” ޝަރާ ހައިރާންވެފަ އަހައިލިއެވެ. އޭނާ އެހެން އެހިއިރު ވެސް އޭނަޔަށް އެއީ ކީއްވެގެން ވެފަ ހުރި ކަމެއްކަން ޝަރާއަށް ރަނގަޅަށްވެސް އިނގޭނެ އެވެ. ” ޝަރާއަށް އިނގޭންނޫން މަގޭ މަންމަ ކަން މިހާ ލޯބިން ފިރުމާނީ، ދަރިއެއް ދެކެ އެހާ ލޯބިވާ މަޔަކު އެނޫނީ ނުހުންނާނެކަން އިނގޭންނޫން؟” އަލްޔާ ފޫހިކަމާއިއެކު ބުނެލިއެވެ. އޭރު ވެސް އޭނާގެ މޫނުމަތިން ފެންނަނީ ނާއުއްމީދެވެ. “އާނ އެކަމަކު ކީއްވެތަ އަލްގެ މަންމަ އެހާގޯހީ؟ ޝާ ވަރަށް ދެރަވޭ އަލްޔާއާ ދޭތެރޭ ކަންތައް ވާގޮތުން” ޝަރާ ދެރަވެފަ ބުނެލިއެވެ. ހަގީގަތުގައި ވެސް ޝަރާ އެބުނީ ތެދެކެވެ. އޭނާ އެކަމާ ވަރަށް ދެރަވެއެވެ. “އަޅާނުލާ ޝާ މިއީ އަލް އަށް އާކަމެއް ނޫން، އަލް ހަނދާނެއްވެސް ނުހުރޭ މިނޫން ދުވަހެއް، ވެދާނެއް ނޫން މިއީ އަހަރެންގެ ނަސީބުގައި ހުރި ގޮތްކަމަށްވެސް، ޝާއަށް އިނގޭތަ؟ މީހުން ހާދަ އެއްޗިއްސެއް ކިޔައޭ އަލް ހާދަދެރައެއްވެޔޭ، ސްކޫލަށް ނުދާތީވެސް އެހާ އެއްޗެހި ކިޔާ، ނުކިޔަވާ ހުރި ގަމާރެކޭ ކިޔާ ވެސް އެވަރު ކުރޭ، އަހަރެން ހިތައް އަރާ ޝާއަށް ލިބުނު ކަހަލަ މަންމައަކާ ބައްޕައެއް ލިބުނު ނަމައޭ!” އަލްޔާ އަތުގެ ނުފުށުން ކަރުނަ ފޮހެލަމުން ބުނެލިއެވެ. އޭރު އޭނާޔަށް އިނީ ރަގަޅަށް ވެސް ރޮވިފައެވެ. ” ދެން ތިވާހަކަ ބާއްވަބަލަ، މައަދި ހަނދާން ނެތިފައޭ މިއިނީ، ކަރަމް އާ ދިމާވި މިއަދު، ކަރަމް ބުނީ ކޮންއިރަކުންހޯ ޖަވާބެއް ދޭނީ، ވަރަށް އިންތިޒާރު އެބަ ކުރަމޯ” ޝާރާ ޓަސްލާފަ ހަނދާން ވުމުން ބުނެލިއެވެ. ހަގީގަތުގައި ޝާރާ ބޭނުންވީ އަލްޔާ އެހާ ދެރަވެފައި ހުރީތީ އޭނަގެ މޫޑު ރަނގަޅު ކުރާށެވެ. ޝާރާ އަކީ އަލްޔާގެ އެންމެ ގާތް އެކުވެރިޔާއެވެ. މުޅި ރަށުގައިވެސް އޭނާގެ ރަހުމަތްތެރިއަކަށް ހުރި މީހަކީ ޝާރާއެވެ. އަލްޔާގެ ހާލަތު އެންމެ ރަނގަޅަށް އިނގޭނެ ދެވަނަ ފަރާތަކީ ޝާރާއެވެ. “އެހެންތަ؟ ބުނޭ އަދިވެސް އިންތިޒާރު ކޮއްލާށޭ!” އަލްޔާ އުންމީދެއް ނެތް ގޮތަކަށް ބުނެލިއެވެ. ހަގީގަތުގައި އޭނާ އެކަން ކުރަން ކިތަންމެ ބޭނުން ވިޔަސް އޭނާއަކަށް އެކަމެއް ނުވާނެ ކަން އިނގެއެވެ. “އެއީ ކީއްވެ؟ އަލް ކީއްވެތަ އަބަދު ތިހެން ތިބުނަނީ؟ އަލްއަށް ހަމަ ފަސޭހައީތަ އެގޭ ނޯކަރަކަށް ވުރެ މާ ރަނގަޅު ވާނެ ކަރަމް އާއި ކައިވެނި ކޮއްގެން ދިޔަޔަސް، ޔަގީނުންވެސް އޭރުން ތި މުސީބާތުން ވެސް ސަލާމަތް ވާނެއްނޫން، ހަމަ ގައިމު ވެސް އަހެރެންގެ މަންމައަށް ވިޔަސް އަހަރެން ނުހުންނާނަން ތިގޮތަށް ދަށުވެގެނެއް! އަހަރުންވެސް ރަނގަޅު ވާން ޖެހޭނީ އެމީހުން ވެސް ރަނގަޅު ވީމާ އަހަރުމެން އެކަންޏެއް ނޫން ކަންކަން ކުރަން ޖެހޭނީކީ” ޝަރާ ހިތްހަމަ ނުޖެހިގެން އަލްޔާއަށް ވިސްނާދެވޭތޯ އުޅުނެވެ. އަލްޔާ ހުރީ އަގައިން ވެސް ނުބުނެ އެކަމާ ވިސްނާށެވެ. އަނެއްކޮޅުން ކަރަމް އަކީ ނުލާހިކު ރަނގަޅު ކުއްޖެއް، ކިހާ ދުވަހެއް މިވަނީ އޭނަ އާދޭސް ކުރާތާ؟ އަޅެ އަލް އޮންނަނީ ހިތެއްތަ؟ ނުނީ އެޔޮއް ގާ ގަޑުތަ؟ ޝަރާ އަނެއްކާ ވެސް އަލްޔާއަށް ވިސްނޭތޯ ބުނެލިއެވެ. ހަގީގަތުގައި ޝަރާ އެހުރިހާ ވަރެއް އެކުރަނީ، އަލްޔާއަށް ހެޔޮ އެދޭތީއެވެ. ޝަރާ އެހުރިހާ އެއްޗެއް ކީއިރު ވެސް އަލްޔާ ހުރީ މޫދާދިމާލަށް ބަލަހައްޓައިގެން އެކަމާ ވިސްނާށެވެ. “ޝާއަށް ހީވޭތަ އަހަރެން ކަރަމް އާ ރައްޓެހިވިޔަސް އޭނަޔާ ކައިވެނި ކުރެވިދާނެހެން؟” ނާއުންމީދުތަކަކާއިއެކު ޝަރާގެ މޫނަށް ބަލަމުން އަލްޔާ ބުންޏެވެ. “ކީއްވެ ނުވާންވީ؟ އަލްގެ ހިތްވަރެއް ހުރިއްޔާ ވާނެ!” ޝަރާ ހިތްވަރުދެމުން ބުނެލިއެވެ. “ހިތްވަރުދޯ؟ ހަމަގައިމުވެސް ހީނުވޭ މިރަށް ކީއްކުރަން މިގައުމުގައިވެސް މަށަށް ވުރެ ހިތްވަރު ގަދަ މީހަކު ހުރެދާނެހެނެއް! ޝަރާއަށް ވެސް އިނގޭނެ މިކަން” އަލްޔާ ދެމާނައެއް ވާ ގޮތައް ބުނެލިއެވެ. “އާނ ކިހާ ހިތްވަރު ގަދަ” ޝަރާ މަލާމާތުގެ ފާޑަށް ބުނެލިއެވެ. ހަގީގަތުގައި ޝަރާ އެކުރީ މަލާމާތެއް ނޫނެވެ. ދިނީ ހިތްވަރެވެ. ޝަރާ ބޭނުންވީ އެކި ގޮތްގޮތަށް ވިސްނާދީގެންވެސް އަލްޔާއަށް އެނޫން ދިރިއުޅުމެއް ހޯދާދީ އޭނާގެ މަންމަގެ ފަރާތުން އެލިބޭ އަނިޔާތަކުން ސަލާމަތް ކުރެވޭތޯއެވެ. “ޝާ ގަޑިން ކިހާއިރެއް؟” އަނދިރިވާން ފެށުމުން ޓަސްލާފަ ހަނދާންވުމުން އަލްޔާ އަހައިލިއެވެ. “ހަގަޑި ފަނަރަ” ޖީބުގައި އޮތްފޯނު ނަގާ ބަލަމުން ޝަރާ ބުނެލިއެވެ. ” އަސްލުތަ؟! ގަޑިން ވީއިރުވެސް ނޭގުނު ވިއްޔާ، ޔަގީން މިރޭ މަ މަރާނެކަން، ރޯނުގައި ހުރި އެއްޗެހި ނުނެގުނީމަ، ޝާ މަދަނީ ދެން” އަލްޔާ ހާސްވެ ހުރިތަނުން ތެދުވަމުން ބުނެލިއެވެ. “އޯކޭ ޝާވެސް ދަނީ އެކަމަކު ކަރަމްގެ ކަންތަކާ ވިސްނާލައްޗޭ، އެކަހަލަ ރަނގަޅު ކުއްޖެއް އަލް އަކަށް މިރަށަކުން ނުލިބޭނެ” ޝަރާ ވެސް އިން ތަނުން ތެދުވަމުން ބުނެލިއެވެ. އަލްޔާ ވަކި އެއްޗެކޭ ނުބުނެ ބާރު ބާރަށް ހިނގައްޖެއެވެ. ޝަރާވެސް އިތުރު އެއްޗެއް ނުބުނެ ފޫކޮޅުގައި ހުރި ވެލި ފޮޅަމުން ތެދުވެގެން ހިނގައިގަތެވެ.

” ކަލޭ އަމާ ހޯދަން ގޮއްސަތަ ތިއައީ؟ ކަލޭ އަމާ ބުނީ ކީކޭތަ؟ މިއީ ދެން ކިހާ ބޮޑު ބަލާވެރިކަމެއްތަ؟ އަޅެ މިބަލާވެރިކަމަކުން ސަލާމަތެއް ވެސް ނުވިއޭ!” އަލްޔާ ގެއަށް އައުމުން ބަދޫރާ އޭނާގެ މާތް ބަހުން ހަޅޭއްފަޅޭ ޖަހައިގަތެވެ. އަލްޔާ އެއްވެސް އެއްޗެއް ނުބުނެ ވަނީ ބަދިގެއަށެވެ. އޭނާ އައި އިރު ހުރީ ރޯނުގަ ހުރި އެއްޗެހި ނަގާފައެވެ. އެހެންވެ އަލްޔާ އުޅެގަތީ އަވަހަށް ރޭގަނޑަށް ކެއްކޭތޯއެވެ. “ބަލަ ކަލެއާއޭ މިވާހަކަ ދައްކަނީ! ކަލެއަށް އަޑު ނުއިވެނީތަ؟ ކަލެއަކާ ހުރެ މަށަށޭ ޖެހުނީ އެ ރޯނުގަ ހުރި އެއްޗެހި ނަގަން ކަލޭ ތެޅޭ ތާކު ތެޅެން ދިޔައިރު ކަލެއަކަށް ނޭގޭތަ އެކަން ކުރަން ޖެހެނީ ކަލޭކަމެއް؟ ބަލަ ތިހިރަ ހޭބައްޔާ، ކަލޭގެ އަމާ އަންނާނެތަ އެކަން ކުރަން؟ މިއަދު ކަލެއަށް ކުޅިވަރު ކުޅެދޭނަމޭ!” އައްދިޔޯއި މަންމާ ތަދުވެޔޭ!” ބަދޫރާ ހަޅޭއްލަވަމުން ގޮސް އަލްޔާގެ ކަންފަތް މަތީ އަތުހުރި ބާރެއްލައި ވިހެލާފިއެވެ. އަލްޔާއަށް ވީތަދުން އަތްދިޔޯއި މަންމާ ތަދުވެޔޭ ކިޔާ ރޮއެ ގަނެވުނެވެ. ބަދޫރާ ހިތް ފުރޭ ވަރުވުމުން ހުއްޓާލިއެވެ. “ކޮބާ ތަދުވެއްޖެއެއް ނޫން؟ ދެންވެސް މަ ބުނާއެއްޗެހި އަޑު އަހާތި” އެހެން ކިޔާ ބަދޫރާ ނިކުމެގެން ހިނގައްޖެއެވެ. އަލްޔާ ހިތްވަރު ކޮއްފަ އުޅެގަތީ އަވަހަށް އަނެއް ބޮޑި ނާރަނީސް އެއްޗެއް ރޯފިލުވައި ލެވޭތޯއެވެ. އެންމެ ކުޑައިރުއް ސުރެ އަލްޔާ އަކީ އެގޭ ބަނދިގޭގެ ކައްކާ މީހާއެވެ. އޭރުވެސް އަލްޔާގެ ލޮލުން ހިފެހެއްޓުމެއް ނެތި ކަރުނަ ފައިބަމުން ދިޔައެވެ. “މަންމަ ކީއްވެތަ އަބަދު އަހަރެންދެކެ އެހާ ރުޅި އަންނަނީ އަހަރެންގެ ކުށަކީ ކޮބާ؟ ކީއްވެ އަހަރެންނަށް އަބަދު މިހެން މިވަނީ؟ މަންމަ ބުނާ ހުރިހާ ކަމެއްވެސް އަހަރެން ކުރަން، ދެން ކީއްވެތަ؟ އަހަރެން ގައިގަ އެވަރަށް އެތަޅަނީ؟” އަލްޔާ ހިތާ ހިތާ ވާހަކަ ދައްކަމުން ދިޔައެވެ. އެވަގުތު އަލްޔާގެ ކޮއްކޮ އަމްޒާ ބަނދިގެއަށް ވަނެވެ. “ތިއްތާ، އަނެއްކާވެސް މަންމަ އަނިޔާ ކުރީދޯ؟” އަމްޒާ އިށީންނަމުން އަހައިލިއެވެ. “ތިއްތަޔަކަށް އެހާ ތަދެއް ނުވެޔޭ، އަމް ކީއްކުރަން ބަނދިގެއަށް ތިވަނީ؟ މަންމަ ރުޅި އަންނާާނެ ދޭ އަވަހަށް!” އަލްޔާ ކިތަންމެ ހިތުގައި ޖެހިފަ ހުއްޓަކަސް ނޫން ކަމަށް ހެދެމުން ބުނެލިއެވެ. ހަގީގަތުގައި ބަދޫރާ ކޮންމެ ގޮތަކަށް ކަންތަށް ކުރިޔަސް އަލްޔާ އޭނަގެ ކޮއްކޮމެން ދެކެ ނުލާހިކު ލޯބިވެއެވެ. އަމްޒާއަކީ އުމުރުން ސޯޅަ އަހަރުގެ ކުއްޖެކެވެ. އޭނާގެ ހަގަށް ހުންނަނީ އަޒުހަމް އެވެ. އޭނާގެ އުމުރުން ވަނީ ތޭރައަހަރެވެ. އަޒުހަމް އަކީ އެެދެ އަންހެން ކުދިންނާ ޙިލާފަށް ވަރަށް ތަފާތު ސޮރެކެވެ. އޭނާގެ ކަމަކީ މަގުމަތީގައި އުޅޭ ނުލަފާ ކުދިންނާއިއެކު މީހުންނަށް ނޮހުރޮއްޕާން ކުރަމުން އުޅުމެވެ. ބަދޫރާއަށް އޭގެ އެއްވެސް ކަމެއް ނުވެސް ފެންނަ ކަހަލައެވެ. ހަގީގަތުގައި ނުފެންނަނީކީ ނޫނެވެ. އޭނާ ގަބޫލް ކުރާ ގޮތުގައި ފިރިހެން ކުދިން އުޅޭ ގޮތަކީ އެއީ އެވެ. އަލްޔާ އާ ދިމާލަށް ހަޅޭއްލަވާ ތަޅާ މަރާ އަނިޔާ ކުރެވުނީމަ ބަދޫރާގެ ހުރިހާ ކަމެއް ހަމަވީއެވެ. އެއީ އޭނާގެ ވާޖިބެއްކަހަލައެވެ. “އޯކޭ އަމް ގޮސްދާނަން، އެކަމަކު ތިއްތަ ހުރިހާ ކަމެއް ކުރާތީ އަމް ވަރަށް ދެރަވޭ، އެކަމަކު މަންމަ ހަޅޭއް ލަވާތީ އަމްއަށް ނުކެރޭ އެއްޗެއް ބުނާކަށް” އަމްޒާ ދެރަވެފައި ބުނެލިއެވެ. “އަމް ނުވިސްނާ އެކަމާ، މަންމަ އަޑުލިޔަސް އަޑުނުލާތި، ދަރިން ޖެހޭނެ މަންމަމެންގެ ބަސްއަހަން ތިއްތަވެސް މަންމައަކާ ޒުވާބު ނުކުރަމެންނުން” އަލްޔާ ވިސްނާދެމުން ބުނެލިއެވެ. އަމްޒާ އޯކޭއޭ ކިޔާ ދިއުމުން އަލްޔާ އަވަސް ވެގަތީ ކެއްކުމައިގެންނެވެ.
….ނުނިމޭ….

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Dhippi

Level 4100 Comments10 Stories

My name is Athifa Adam (Dhippi). I like to read and write stories. I am from K.Mal'e. I'm a woman. I'm 35 years old.

Other Articles

Previous

ތި ލޮތްބަށްޓަކައި (1)

Next

އަވްލީން (3ވަނަ ބައި)

Next
August 27, 2017

އަވްލީން (3ވަނަ ބައި)

Previews
August 26, 2017

ތި ލޮތްބަށްޓަކައި (1)

20 Comments!

  1. Adam says:
    August 27, 2017 at 12:03 am

    Ummeedhu kuran Adam ge b day ga midhevun kuda hadhiya hurihaa kudhinna ves kamudhaane kamah

  2. shaho says:
    August 27, 2017 at 5:10 am

    alhey b’day ay ??????happy b’day adam?????????????????????????? story feshun v furihama hama suparb thi dhin kuda kuda hadhiyaa ah tnx ?????next part avass kohlahchey keep it up dear ???

    1. Adam says:
      August 27, 2017 at 5:50 pm

      Thanks

  3. Juvey says:
    August 27, 2017 at 7:33 am

    Wow v nice surprise eh..happy birthday day adam???????????

    1. Adam says:
      August 27, 2017 at 5:54 pm

      Thanks

  4. aysh says:
    August 27, 2017 at 9:21 am

    happy b’day Adam..

    stry vrh vrh nice

    1. Adam says:
      August 27, 2017 at 5:55 pm

      Thanks

  5. xaan says:
    August 27, 2017 at 9:30 am

    Happi b day v salhi

    1. Adam says:
      August 27, 2017 at 6:01 pm

      Thanks

  6. Ram says:
    August 27, 2017 at 11:44 am

    Awwwn… happy birthday adammmm…. ?? story hama habbu… waitingss ?

    1. Adam says:
      August 27, 2017 at 6:02 pm

      Thanks

  7. Adha? says:
    August 27, 2017 at 12:27 pm

    Varah kamu gohsi thi gift.. wish u a very happy birthday…????
    varah reethi mi part..
    Waitingssss❤?

    1. Adam says:
      August 27, 2017 at 6:03 pm

      Thanks

  8. ??? says:
    August 27, 2017 at 2:16 pm

    Wooo ??v reeti ?and very very very happy birthday ? ? ??????

    1. Adam says:
      August 27, 2017 at 6:04 pm

      Thanks

  9. maaz says:
    August 27, 2017 at 7:29 pm

    supriz v kamuday.v reethi stry. when is next part.Happy b day to u adam.?????

    1. Adam says:
      August 27, 2017 at 8:33 pm

      Thanks maadhan noony Rey kuraanan

  10. click a shot ? says:
    August 27, 2017 at 9:08 pm

    Happy birthday adam.. This dhin gift varah salhi.. Superb ☺?

  11. aleena says:
    August 27, 2017 at 11:34 pm

    Hii… Wow so suprize, vrhh ryythii mii part.. Happy born dayy lov???

  12. Hisherm says:
    September 5, 2017 at 11:48 am

    Happi belated birthday brw

Comments are closed.

Next Episodeޢެދެމޭ އުފާ….(2)←


All Right Reserved!