
ދުވެފައިދިޔަ އަވްލީން ފެނި ނަވާޒް އެއްކައިރިއަށް ޖެހިލިއެވެ. އޭރު އަވްލީންއަށް ހުރީ ރަނގަޅަށްވެސް ރޮވިފައެވެ. މީހުން ކުރިމަތީގައި ނުރޯން ކެތްކުރިއަސް އިންސާނުންނަށް ކެތްވާނީ ވަކި ވަރަކަށްނޫން ހެއްޔެވެ. “ހައި ހުރިހާ ކުދިން ކިހިނެއް؟” ނަވާޒް ހުރިހާ ކުދިންނަށް ހައި އަޅާލިއެވެ. “ނަވާޒް މި ކުލާހުގައި ކީއްކުރަނީ. 10 އޭ އަކީ މި ކުލާހާ ޖެހިގެން އޭނދަ ކުލާސް. މީ 10ބީ. ނަވާޒްއަށް އޮޅުނީދޯ” ދޮރުމައްޗަށްއެރި ދިވެހި ޓީޗަރ އިނާން ނަވާޒް ކައިރީ އެހެންބުނުމުން ނަވާޒް ނިކުމެގެންދިޔައީ ޖެހިގެން އިން ކުލާހަށެވެ. އަވްލީން މޫނު ދޮވެގެން ކުލާހަށް ދިޔައިރު ކުލާސް އޮތީ ހުސްކޮށެވެ. މިރޭ އޮތީ އިސްލާމްގަޑި އެކަނިކަމުން އެގަޑި ނިމޭއިރަށް ކުދިންތައް އަވަހަށް ދިޔައީއެވެ. އަވްލީންވެސް އަވަސް ކޮށްލާފަ ފޮތްތައް ހިފައިގެން ގެއަށް ދިއުމަށް ނިކުތެވެ. މަގުމަތިންވެސް އެ ގުރޫޕް ދިމާކޮށްފާނެތީ އަވްލީން ހުރީ ބިރުންނެވެ.
ގެއާ ހަމައަށް ދެވުނުއިރުވެސް އަވްލީން ހުރީ ސިހިސިހިއެވެ. ގެއަށް ވަދެ ފޮތްތައް ބަހައްޓާފަ ގޮސް ވުޟޫކޮށްލައިގެން ނިކުތީ އިޝާ ނަމާދުނުކޮށް ހުރީމަ އަވަހަށް ނަމާދުކޮށްލާށެވެ. އޭރުވެސް އަދި ވިޝިކާމެން ދެބެން ގެއަށް ނާދެއެވެ. އެމީހުން ގެއަށް އަންނާނީ 11ޖަހާ ކަންހާއިރުކަން އިނގޭތީ އަވްލީން ނަމާދުކޮށްގެން ނިކުމެ ސޯފާގައި އިށީނީ ފޮތެއް ހިފައިގެންނެވެ. އޭރު ގަޑިން 10 ޖަހަނީއެވެ. ފޮތް ހިފައިގެން އިނަސް އަވްލީން އިނީ ވަރަށް ނިދި އައިސްފައެވެ. ނަމަވެސް އޭނާއަށް އަދި ނިދޭނީ އެންމެން ކައި ނިމުނީމަ ތަށިތައް ދޮވެ އެއްޗެހި ހޫނުކޮށްފައެވެ. އެހެންވެ ނުނިދަން ހިތްވަރުކޮށްގެން ފޮތް ހިފައިގެން އިން އަވްލީންއަށް، ނިދިޖެހިފަ އިންދާ ސިއްސައިގެން ގޮއްސަ ބަލައިލެވުނީ މީހަކު އޭނާ ގައިގަ ކޮށްޓާލިހެން ހީވެގެންނެވެ. “އަވީ ރޫމަށް ގޮސް ނިދަންވީއެއްނު.. ތި ތާނގަ އިނދެ ނިދަނިކޮށް ވެއްޓިދާނެ” މަހުދީއަށް އަވްލީންއަށް ނުނިދިފަ އެއިންނަނީ ކީއްވެގެންކަން އިނގޭއިރުވެސް އެހެން ބުނީ އެގޮތަށް އެތާނގަ އިނދެ އަވްލީންއަށް ނިދިފަ އިންދާ އޭނާގެ ދެ ކޮއްކޮއަށް ފެނިއްޖެއްޔާ އަވްލީންއަށް މަލާމާތްކުރާނެކަން އިނގޭތީއެވެ. އޭނާގެ ކޮއްކޮއިން އުޅޭގޮތާ ހިތްހަމަ ނުޖެހުނު ނަމަވެސް މަހުދީ އެކަމާ އެއްޗެއް ނުބުނަނީ، އެއްޗެއް ބުނެފިނަމަ އެ ތިންބެއިންގެ މަންމަ ސަބީނާ އެކަމާ ހިތްހަމަނުޖެހޭނެތީއެވެ.
ނިދިފައި އޮތް އަވްލީންއަށް ހޭލެވުނީ ފަތިސް ނަމާދު ބަންގީގެ އަޑަށެވެ. އަވަހަށް ތެދުވެގެންގޮސް ފާޙާނާއަށްވަދެފަ ނިކުމެ ނަމާދުކޮށްގެން ނިކުތްއިރު މަހުދީ ގެއިން ނިކުންނަނީއެވެ. “އަވީ ނަމާދުކޮށްގެންތަ ތި ނުކުތީ؟” “ހޫމް… ނަމާދުކޮށްފިން…” މަހުދީ އާއި ވާހަކަ ދައްކާއިރު އަވްލީންގެ ހިތުގެ ތެޅުން އަވަސްވާހެންވެސް ބައެއްފަހަރު ހީވެއެވެ. “ގުޑް ގާލް” މަހުދީ ބޮޑުވައި އިނގިލި މައްޗަށް ހިއްލާލަމުން އެހެން ބުނުމުން އަވްލީން ވަރަށް އުފާވިއެވެ. މަހުދީ ނިކުމެގެން ދިއުމުންވެސް އަވްލީން ހުރީ މަހުދީ ނިކުމެގެން ދިޔަ ދިމާލަށް ބަލާށެވެ. ކޮންމެ ދުވަހެއްގެ ފެށުންވެސް މިގޮތަށް ދާނެނަމައޭ ހިތަށްއެރީ ކީއްވެކަމެއް ނޭނގެއެވެ. އެހެން ހިތަށް އެރުމުން އަވްލީން އަވަހަށް ތެޅިގަނެފައި ކާގެއަށްދިޔައީ ސައި ހަދާށެވެ. މިއަދު މީ ސްކޫލް އޮންނަ ދުވަހަކަށްވެފައި އަވްލީންގެ ބޮޑުބެއާއި ބޮޑުބެ ދައްތަ ހެނދުނު 7ގެ ލޯންޗުން ރަށަށް އަންނާނެކަން އިނގޭތީ އަވްލީން ބޭނުންވީ އަވަހަށް ސައި ހަދާފަ ސްކޫލަށްދާށެވެ. ކޮންމެ މަހަކު އެއްފަހަރު އެ ދެމަފިރިން މާލެ ދަތުރެއްކުރާނެއެވެ. އެއީ ގެއަށް ބޭނުންވާ ބައެއް ސާމާނު ގަތުމަށާއި ވިޝިކާމެނަށް އެއްޗެހި ގަތުމަށެވެ. އެގޮތަށްދާ އެންމެ ފަހަރަކުވެސް އަވްލީންއަށް އެއްވެސް އެއްޗެއް ނުގެނެސްދޭނެއެވެ. އަވްލީންއަށް ލިބޭނީ ވިޝާކާ ލާފަ ބޭނުން ނެތުނީމަ ނޫނީ އޭނާއަށް ކަމުނުދިޔައީމަ ދޭ އެއްޗިއްސެވެ. ބައެއް ފަހަރު އަލަށް ގެންނަ އެއްޗެހިވެސް ވިޝާކާއަށް ކަމުނުގޮއްސިނަމަ ދޭނެއެވެ.
ސައިހަދާ ނިމިގެން އަވަހަށް ފެންވަރައިގެން ސްކޫލަށް ދިޔައީ ލައިބްރަރީއަށްގޮސް ފިލާވަޅުތައް މުތާލިއާ ކޮށްލުމުގެ ނިޔަތުގައެވެ. އަވްލީންއަށް ފިލާވަޅު ދަސްކުރަން އެންމެ ފަސޭހައީ އެކަހަލަ ހަމަހިމޭން މާހައުލެއްގައެވެ. ނަމަވެސް އެތަންވެސް ހަމަހިމޭންކަންމަތީ އޮންނާނީ އެންމެ ހެނދުނު ވަގުތު އެކަންޏެވެ. ކުލާސް ފެށެންދެން އަވްލީން ލައިބްރަރީގައި އިނެވެ. އެއަށްފަހު ކުލާހަށް ދިޔައިރު މޯޑްމެން އަދި ކުލާހަށް ނާދެއެވެ. އަވްލީން ގޮނޑީގަ އިށީނުމަށްފަހު އޭނާ ކައިރީ އިން ހުސް ގޮނޑިއަށް ބަލައިލީ މިއަދުވެސް ނާޝް ކުލާހަށް ނާންނަނީބާއޭ ހިތަށް އަރާފައެވެ. ނާޝްއަކީ އަވްލީންގެ ހުރި ހަމައެކަނި ރަހުމަތްތެރިޔާއެވެ. ނާޝް ސްކޫލަށް ނާންނަތާ މިހާރު ހަފްތާއެއްވަނީއެވެ. ނަމަވެސް އަވްލީންއަށް ނާޝްއަށްވީގޮތެއް ބަލާލަން އެގެއަށް ދާކަށްނުކެރެއެވެ. ސްކޫލްގައި އަބަދު އެއްކޮށް އުޅޭ ނާޝް ނެތުމުން އަވްލީންއަށް ވަކިން ބޮޑަށް އެކަނިވެރިކަން އިހުސާސްކުރެވުނެވެ. އަވްލީން އިސްޖަހައިގެން އިނދެފައި އިސްއުފުލާލި ވަގުތު ކުލާސް ދޮރުން ވަދެގެން އަންނަތަން ފެނުނީ ކުރިން ދުވަހު މަގުމަތިން ދިމާވި އަދި ރޭގައި ކުލާސް ދޮރުމަތިން ފެނުނު ޒުވާނާއެވެ. އޭނައާއި އެކު ސްކޫލް ޕްރިންސިޕަލްވެސް ވަދެގެންއައެވެ.
“އައްސަލާމުއަލައިކުމް….. ހުރިހާ ކުދިންނަށްވެސް އިނގޭނެ މިހާރު އެކައުންޓް ގަޑި މި ނަގައިދެނީ ފަހަރަކު ޓީޗަރެއް އައިސްކަން. އެގޮތަށް ހެދީމަ ކުދިންނަށް ވަރަށް އުނދަގޫވާނެކަން ސަރ މެނަށްވެސް ވިސްނޭ. އަދި މީ ތި ކުދިންގެ އޯލެވެލް އަހަރުވީމަ ހުރިހާ ކުދިންނަށްވެސް މި އަހަރު ވަރަށް މުހިންމުވާނެކަންވެސް އިނގޭ. މިކަމަށްޓަކައި ސަރމެން ތިކުދިންގެ ފަރާތުން މައާފަށް އެދެން. ދެން ސަރ ބުނެލަން ބޭނުންވަނީ މިހާރު އެކަމަށް ހައްލު ލިބިއްޖޭ. މި ހުންނެވީ ނަވާޒް ސަރ. . އެކައުންޓްއިން މާސްޓަރސް ހަދައިގެން އަދި އަލަށް ވަޒީފާއަށް އެ ޖޯއިން ކުރީ….. ނަވާޒް ކުރިއަށް…..” ޕްރިންސިޕަލްގެ ވާހަކަ ކޮޅު ނިންމާލަމުން ނަވާޒް އާއި ކުލާސް ހަވާލުކުރުމަށްފަހު ނިކުމެގެން ހިނގައްޖެއެވެ. “ހައި މިހާރު ހުރިހާ ކުދިންނަށްވެސް އިނގޭނެ ސަރގެ ނޭމް. ސޯ .. ހިނގާދޯ ހުރިހާ ކުދިން ސަރއަށް އިންޓޮރޯވެލަން. އެހެންމަ ފުރަތަމަ ފަށާ މިކޮޅުން”. ފަހަރަކު ކުއްޖަކު ތައާރަފްވަމުންގޮސް އަވްލީންއާއި ޖެހުމުން އަވްލީންވެސް ތައާރަފްވެލުމަށްފަހު އިށީންވަގުތު ފަހަތުގަ އިން ކުއްޖާ އަވްލީންގެ ގޮނޑި ދަމައިގަތުމުން އަވްލީން ފަހަތަށް ވެއްޓި ޖެހުނުގޮތަކުން އުނަގަށޑަށް ވަރަށް ތަދުވިއެވެ. ނަވާޒްއަށް އަވްލީންއާ ދިމާލަށް ދުއްވައިގަނެވުނީ ބޭއިހުތިޔާރުގައެވެ. ފުރަތަމަ ފެނިލުމުންވެސް ނަވާޒްއަށް ކަމުގޮސްފައިވާ އަންހެން ކުއްޖާއަކީ އޭނާގެ ދަރިވަރެއްކަން އެނގުމުން ނަވާޒް ބޭނުންވީ އެހަށް އޭނާގެ ހިތުގައި އަވްލީންއަށްވި ލޯބި ސިއްރުކޮށްފައި ބޭއްވުމަށެވެ. ނަމަވެސް ފުރަތަމަ ސްކޫލުން އަވްލީން ފެނުނުއިރު އަވްލީންއާ ދޭތެރޭގައި މޯޑް ކަންތައްކުރިގޮތް ފެނިފައި އޭނާ ބޭނުންވާގޮތަށް ލޯބި ސިއްރުކޮށްގެން އުޅެވޭނެބާއޭ ހިތަށްއެރިއެވެ. މިއަދު މީ ފުރަތަމަ އެ ކުލާހަށް ކިޔަވައިދޭން ދިޔަ ދުވަހެވެ. މިއަދުވެސް ކަންތައްތައް މިދަނީ އޭނާ އުއްމީދުކުރިގޮތާ ހިލާފަށެވެ.
26 Comments!
Comments are closed.
Nice ❤❤
Thank you petite ?
V nice ??
Thank you juvey ?
Vrh reethi? ???
Thank you koo ?
V reethi ?????kn irakun next part up kuraanee…????
Thank you pinkish?
Iff ah v enme avahakah… ??
V nice dhn oi bai kon irakun
Thank you Elyza?
Superb???
Thank you kudoo ?
Masha Allah mi part ves vrh reeti thikotha kuriyah dey rangalhuvaane
Awww ….Thank you ??
V nice…
Thank you maii ??
Mee liaa kujja ge life tha…..haadha heehvey ahen…????
Ahahaha. ..
Noonay. Mee iffge life aa evvex gulhumeh huri vaahaka eh noon. ??
Salhi..
Thank you ?
plz next part up kohba ?????? and yeah, make it longerrr
i LOVE THIS STORY
PLLLLLLZZZZZZ
V salhi. Ekam adhives maa kury. Dhen gennabai thankolheh dhigu kohla dhehchey. Next part avahah up kohdhehchey
Maa kuree koyaa.. But reethi
Masha allah v rythi stry avlyn ah dheragothennuhadhachchey n nxt prt avahah up kolladhybala plx plxthankolheh dhgukollaidhinun ves v bodah edhen gud nyt ly??❤❤??????????
vv reethi
Thank you all ???
V.vaguthu nuvay mihar eidhah ready vaathy. Eid nimunyma ragalhuvaane. Insha allah ?????