Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ތި ލޮތްބަށްޓަކައި (1)

Ryn 100 Stories10 Stories1K Comments500 Comments100 Comments100 Login
August 26, 2017 6 Mins Read
38 Comments

 

“ދަރިފުޅާ… އައިޒަން… ބަލައިގެން އުޅޭތި.. ނަމަ ނަމަ އެމީހުންގެ ބަސްތަކަށް ނުހެއްލޭތި.. އެއީ ފާޑެއްގެ ބައެއް… ހާއްސަކޮށް ޒުވާން އަންހެންކުދިން… ޖަނަވާރު ކޮށްޓަކަށް ވަނުމެކޭ މުއްސަނދި ފޯރާ މީހަކު އެތަނަށް ދިޔުމެކޭ ވާނީ އެއްގޮތް… ތި ކުރާ ކަމެއް ކޮށްފަ އަވަހަށް އަންނާތި…” ޝާމިރާ އޭނާގެ ދޮށީ ދަރިފުޅުގެ ގައިގާ ފިރުމަ ފިރުމާމާފައި އެހެން ބުނެލީ ވަރަށް ބޮޑަށް ކަންބޮޑުވެފައިހުރެއެވެ. މާޒީގައި ހިނގާދިޔަ ކަންތަކުގެ ސަބަބުން އެ ދަރިފުޅު އެތަނަށް ފޮނުވަން ބޭނުންނުވަނީއެވެ. ހިތުގައި އޮތް ބިރުވެރިކަމުގެ އިތުރަށް މުދަލަށް އޮތް ދަހިވެތިކަމާއި ހިތްމޮޅުކަން އެއްވެ އެ ބަޔަކަށް ޝާމިރާ ކުރާ ނަފުރަތު ވަނީ ދެގުނައަށް އިތުރު ވެފައެވެ. މާޒީގެ ހިތި ދުވަސްތަކުން ފިލާވަޅު ލިބުމުގެ ބަދަލުގައި އޭނާއަށް މިވަނީ ގޯސް އެތަށް ސިފައެއް ލިބިފައެވެ. މީހުންނަށް ކުރަންޖެހޭނެ އިހްތިރާމް ގެ އިތުރަށް ދީލަތިކަން ފަދަ ރީތި ސިފަތަށް މިވަނީ މުޅިން ފިލައިގެން ގޮސް ދަހިވެތިކަމާއި ބޮޑައިވުން އިތުރުވެފައެވެ.. އޭނާ އެތަނޭ އެމީހުންނޭ އެ ކިޔާ ނިސްބަތް ކުރަނީ އެއް ވަތަނެއްގައި އުޅޭ އެއް ގައުމީ ލަވައަކަށް ލޯބިކުރާ އެއް ދީނަކަށް އަޅުކަން ކުރާ ރާއްޖެތެރެއާއި އެރީތި ޖަޒީރާ ރަށްތަކުގައި އުޅޭ ދިވެހިންނަށެވެ.. ޝާމިރާގެ ހިތުގައި ދުވަހަކުވެސް ރާއްޖެތެރޭ މީހަކަށްޓަކައި ލޮތްބެއް ނުޖެހޭނެކަން އޭނާ ކައިރި އުޅޭ އެންމެންނަށްވެސް އިނގެއެވެ.

މަންމަގެ ހަރަކާތްތަކުގެ ސަބަބުން ކޮސްވެފައި ހުރި އައިޒަން ދެކޮޅަށް ބޯ ހަރަކާތްކޮށްލިއެވެ. މަންމަ ދުވަހަކުވެސް ބަދަލެއް ނުވާނެކަން އޭނާއަށް އިނގެއެވެ. އެންމެ މީހެއްގެ ސަބަބުން މަންމަ ހިތުގައި އެހެން މީހުންނަށްޓަކައި އެހާ ނަފްރަތު އޮންނަން ޖެހޭނެބާއެވެ؟ އެންމެންނެއް އެއްގޮތަކަށް ނޫޅެނެވިއްޔާއެވެ. އައިޒަން ކައިރި ހުރި އޭނާގެ އެންމެ ގާތް އެކުވެރިޔާ އަދި ހަމައެހެންމެ އެއް އޮފީހެއްގައި މަސައްކަތް ކުރާ ޖިނާހް އަށް ބަލައިލިއިރު އޭނާ ހުރީ ހިނިގަނޑު މަތަކޮށްލައިގެން ދެތުންފަތް ފިއްތާ ބާރުކޮށްލައިގެންނެވެ. އައިޒަން ދެލޯ އަޅާލުމަށްފަހު ޝާމިރާގެ ގައިގާ ކުޑަކޮށް ބައްދާލިއެވެ. “ބައި މަންމާ…” ރުންކުރު ގޮތަކަށް ނަމަވެސް ހީލާފައި އައިޒަން އެހެން ބުނީ ގަދަކަމުންނެވެ. އޭނާ ހަލުވި ހިނގުމެއްގައި ގޮސް ކާރަށް އެރިއެވެ. ފަހަތުން އައި ޖިނާހްވެސް ކާރަށް އެރިއެވެ. އެރިކަމެއް ނޭނގެ މުޅި ކާރުތެރޭ ގުގުމައިގަތީ ޖިނާހް ހޭންފެށި އަޑެވެ. އައިޒަން އަޅައިވެސް ނުލާ ކާރު ދުއްވާލީ ފެރީ ޓާރމިނަލް ދޮށަށް ދާށެވެ.

“އައިއްޓެ، ޝާމިރާ މޭމް ކީއްވެތަ އެހާ ބޮޑުވަރު ކުރަނީ؟ ގައިމު އެއްފަސްގަނޑެއް ވިއްޔަ މީ.. މޭމް ޖެއްސި އެކްޓުން މަށަށް ހީވީ އައިޒަން ތި ދަނީ ހަނގުރާމައަކަށްހެން.. ދެން އެއީ ބޮޑުވަރު… މިހެން ދެން ކިހިނެއް އުޅޭނީ؟ އަދި ހާއްސަކޮށް މި އައު ބުރާންޗް ހުޅުވާލީމަ ދެން ޖެހޭނެ ދޯ އަބަދުވެސް މިގޮތަށް ބުރުޖަހަން… މި ބްރާންޗް ހުޅުވުމުން ދެން އިތުރު ފުރުސަތުތަށްވެސް ލިބޭނެ ރާއްޖެތެރެއިން ހަމަ.. ކިހާ ބޮޑު ކުރިއެރުމެއް މީ.. މިވަރުން ނުވާނެ މިކަމެއް…” ޖިނާހް ވާހަކަ ފެށިއިރު ވަރަށް މަޖާވެފައި ހުއްޓަސް ޖުމްލަ ނިންމާލީ ވަރަށް ސީރިއަށްވެލާފައެވެ. އައިޒަންވެސް އެ ހުރިހާ ކަމެއް ގަބޫލުކުރެއެވެ. މަންމައަށް ވިސްނައިދޭން ބޭނުންވެއެވެ. މަންމަ އުޅޭގޮތުން ހިތްހަމަވެސް ނުޖެހެއެވެ. ނަމަވެސް ކުރާނީ ކީއްހެއްޔެވެ؟ އެ ހުރިހާ ކަމެއް ގުޅިފައިމިވަނީ މަންމަގެ މާޒީއާއެވެ. އެއާއި ގުޅިގެން އެއްޗެއް ބުނެ އަލުން އެ ހަނދާންތަށް އާލާ ކުރުވާކަށް އައިޒަން ބޭނުމެއްނުވެއެވެ. ޝާމިރާ ކޮންމެ ގޮތަކަށް އުޅުނަސް އޭނާ މަންމަ ދެކެ ނުލާހިކު ލޯބިވެއެވެ. ހަމައެފަދައިން ޝާމިރާވެސް އައިޒަން ދެކެ ވަރަށް ލޯބިވެއެވެ.

“އަހަރެންވެސް ވަރަށް ދެރަވެ ހިތްހަމަވެސް ނުޖެހެ. އެކަމް ކީއްކުރާނީ؟ ވިސްނައިދޭން އުޅުނަސް ނުއެއް ވިސްނާނެ، އެ ހުރިހާ ކަމެއްވެސް މި ގުޅިފައިވަނީ މަންމަގެ މާޒީއާއި..” އައިޒަން ޖަވާބުދާރީވަމުން އެހެން ބުނީ އޭނާވެސް ކޮންމެހެން މަންމަގެ އެ އުޅުމަށް އެއްބާރުލުން ނުދޭކަން ޖިނާހް އަށް އަންގާށެވެ. “މަށަށް ތަންކޮޅެއް ރީއްޗަށް ކިޔައިދީބަލަ ތި މަންމަގެ މާޒީ.. ބައްޕަ ކީއްކުރީއޭތަ ބުނީ؟” ޖިނާހް ފާޑަކަށް އިނދެފައި އެހެން ބުނީ ހަނދާން ނުކުރެވިގެންނެވެ.

އައިޒަން އަނެއްކާވެސް މާޒީގެ ކަނޑަށް ފުއްމާލިއެވެ. އެއީ އޭނާ އާއި އޭނާގެ ކޮއްކޮ އައިޝަމް ކުޑައިރު ހިނގި ކަމެކެވެ.  އޮފީސް ދަތުރެއްގައި ރާއްޖެތެރެއަށް ދިޔަ އައިޒަންގެ ބައްޕަ އެނބުރި އައީ އިތުރު އަންހެނެއް ގޮވައިގެންނެވެ. ބައްޕަގެ ދިރިއުޅުމަށް މަންމަ ފިޔަވާ އިތުރު އަންހެނަކަށް ޖާގަ ލިބުމާއި އެކު އެތަކެއް ބަދަލުތަކެއް އައިޒަން އައި ކޮއްކޮ އައިޝަމްގެ ދިރިއުޅުމަށްވެސް އައެވެ. ބައްޕަގެ ދިރިއުޅުމުން މަންމަ އަދި އައިޒަންމެން ނިކުމެގެން ދިޔައީ ހަމައެކަނި މަންމަގެ ގޮތް ދޫނުކުރުމާއި ޒީލލަގަދަކަމުން ބައްޕައަށް މަޖުބޫރުވެގެންނެވެ.

ބައްޕަ ހުރީ މަންމަވެސް އަދި އައިޒަންމެންވެސް ބަލަންތައްޔާރަށެވެ. ހަމަ ކުރިންވެސް ވާހެން ލޯބިވާށެވެ. މަންމަ ވަރިނުކޮށް ސުލްހަވެރިކަމާއި އެކު ދިރިއުޅުން ކުރިއަށްދާށެވެ. ނަމަވެސް މަންމަ އެގޮތެއް ބޭނުމެއްނުވިއެވެ. ބައްޕައަކީ ވަރަށް ހެޔޮލަފާ މީހެއްކަމަކު މަންމަގެ ހުންނަނީ ގޮތްދޫނުކުރުމުގެ ސިފައެވެ. ލިބިފައިވާ މުދަލާއި ބައްޕަގެ ކުންފުނީގެ ސަބަބުން މަންމައަށް މީހުންގެ ފަރާތުން ލިބުނު ގަދަރާއި އިއްޒަތް ދެބަޔަށް ބަހާކަށް ބޭނުމެއްނުވިއެވެ. އެހެންކަމުން އަމިއްލައަށް ވަރިވެގެން އޭނާ އައިޒަންމެން ގޮވައިގެން އެގެއިންވެސް ނިކުތީއެވެ.  އައިޒަންމެންނަށް އެ ބައްޕައާއި ބައްދަލުކުރުންވެސް ޝާމިރާ ވަނީ މަނާކޮށްފައެވެ.

އޭގެ ފަހުން ޝާމިރާ އަމިއްލަ ފައިމައްޗަށް ތެދުވެ އައިޒަން އާއި އައިޝަމްގެ ދިރިއުޅުން އުޖާލާކުރުމަށް ގަދަ އަޅާ މަސައްކަތް ކުރަމުންދިޔައެވެ. މިއަދު އެ މަސައްކަތުގެ ކާމިޔާބީ އެފެންނަނީއެވެ. ކުޑަ ލާރިކޮޅަކާއި މަދު މީސްކޮޅެއް ގޮވައިގެން ފެށި ގްލޮރީ ކުންފުނި މިއަދު އެވަނީ ކާމިޔާބުކަމާއި އެކު ރާއްޖެތެރޭ ރަށްތަކަށްވެސް ބަހާލެވިފައެވެ. އަޅާ ފުރަތަމަ އިމާރާތުގެ މަސައްކަތަށް އައިޒަން އާއި އެކުވެރި ޖިނާހް މިއަދު އެފުރަނީ ޝާމިރާގެ ނުގަބޫލުގައި ނަމަވެސް ހަމައެކަނި ގްލޮރީ ކުންފުނީގެ ކާމިޔާބަށްޓަކައެވެ.

” ދެން މަންމަ ވަރަށް އިމޯޝަނަލް ވާނެ އެވާހަކަ ފެށިޔަސް… ރާއްޖެތެރޭ ރަށަކަށްވެސް މިދަނީ އަލަށް އެކަމް ދެކުނީމެއްނު މަންމަ އުޅުނުގޮތް.. އެއްޗެއް ނުބުނަނީ މަންމަ ދެރަވެދާނެތީ.. އާނ އެކަމް މަންމަ އެ ކުރަނީ ބޮޑުވަރު.. މަ ނޫޅެންވިއްޔަ ރާއްޖެތެރޭ ކުއްޖަކާއި ހިތާވާކަށް.. މަށަށް ވާނަމަ ރާއްޖެތެރޭ ކީއްކުރަން މާލެ މީހަކާވެސް ނީންނާނަން…” މާޒީގެ ވާހަކަ ނިންމާލުމަށްފަހު އައިޒަން އޭނާގެ ވާހަކަ ނިންމާލީ ހިނިގަނޑަކާއި އެކުގައެވެ. ޖިނާހް ވެސް ހޭންފެށިއެވެ. “އަސްލު ބުނަން.. ރާއްޖެތެރޭ ކުދިން އެއީ އެންމެ ސަޅި ކުދިން.. ދީންވެރި، ގެވެހި، އަނެއްކާ ހަމަ ހެދި ހުރި ކީކޭތަ ވާހަކަތަކުގައި ހުންނަނީ؟؟… އާނ.. ހެދި ހުރި ޖިންސުއްލަތީފުން ހަމަ.. އަދި އެންމެ ބޮޑަށް އެ ގެންގުޅޭ ސާދާ އާދައިގެ އުޅުން…” ޖިނާހް ވަރަށް ވިސްނަ ވިސްނާފައި އައިޒަން އަށް ރައްދުދިނީ ހެމުން ހެމުންނެވެ. އޭނާ ޖެއްސި ވައްތަރުން އައިޒަން ކައިރިއަށް ހިނިއައެވެ. ޖިނާހް އެހެން ބުނީ އޭނާ ލޯބިވާ ކުއްޖަކީ ރާއްޖެ ކުއްޖަކަށް ވީތީއެވެ. “ޖިނާ ދެން ތިހެން ބުނާނެއްނު.. ރާއްޖެތެރޭން ހަމަ ހޮވާލެވޭ ކުއްޖަކާއި ވިއްޔަ ރައްޓެހިވެގެން ތިއުޅެނީ… އެކަމް މަ ބުނަން، މަ ވަރަށް ފޫހިވެ.. ޝައުގެއް ނެތް އެހާ އަވަހަށް ކައިވެނި ކުރަން ކީއްކުރަން ކުއްޖަކާ ރައްޓެހިވާންވެސް…” އަނގަޔަށް ވައްތަރެއް ޖައްސާލަމުން އައިޒަން އެހެން ބުންޏެވެ. ޖިނާހް ވަގުތުން އެކަމަށް އިންކާރު ކުރިއެވެ. އަދި އައިޒަންއަށް ލޯބިވިމާ އެ ވިސްނާ ވިސްނުން ދޫކޮށްލާނޭވެސް ބުންޏެވެ. ނަމަވެސް އައިޒަން މޫނު އަނބުރަމުން ދިޔައީ އޭނާއަށް އެ ޔަޤީންކަން އޮތީމަ ކަންނޭނގެއެވެ. ނަމަވެސް ތަޤުދީރުގައި ވާ އެއްޗެއް ހުދު އައިޒަންއަށްވެސް ޖިނާހްއަށްވެސް ނޭނގޭނެއެވެ.

……………………………..

އިފުރު އެއާރޕޯޓުން ނިކުތްގޮތަށް ތައްޔާރުކޮށްފައިވާ ލޯންޗަކަށް އައިޒަންމެން އަރާ ނައްޓާލީ އެ އަތޮޅު އުނގޫފާރަށް ދިޔުމަށްޓަކައެވެ. ރަށަކީ ކުޑަ ރަށެއްކަމަކު އެ އަތޮޅުގެ ގިނަމީހުންނާއި އެހެން އަތޮޅުތަކުންވެސް އެތަށް ބަޔަކު އަންނަ ރަށެކެވެ. އެރަށުގައި ބްރާންޗްގެ ފުރަތަމަ އިމާރާތް އަޅަން ނިންމި އެއް ސަބަބަކީވެސް އެއީއެވެ. އައިޒަންމެން ބަލައި ލޯންޗުގައި އައީ އެރަށުގެ ކަންތަށް އިސްވެ ބަލަން ތިބި 3 މީހުންނެވެ. އެއީވެސް އެމީހުން ކުންފުނީގެ މުއައްޒަފުންނެވެ. އެމީޙުންގެ މެދުގައި ދެކެވެމުން ދިޔައީ އުނގޫފާރުގައި އުޅޭ މީހުންގެ ވާހަކައާއި ބައެއް އިތުރު މައުލޫމާތުތަކެވެ. “މަ އަދި ނުދެކެން މިވަރު ރަށެއް… އަތޮޅުގެ ބޭރުންވެސް މިކޮޅަށް އެބައާދޭ އެތަށް ބަޔަކު އަނެއްކާ މިތާ ވަޒަންވެރިވެގެންވެސް އެބަތިބި ރަށުން ބޭރު އެތަށް ބައެއް… މީ ފުރަތަމަ ބްރާންޗް ހުޅުވަން ހަމަ އެންމެ ރަނގަޅު ރަށް..” އުނގޫފާރާއި ބެހޭގޮތުން އެތަކެއް މައުލޫމާތު ހިއްސާކުރި އީމާން އޭނާގެ ވާހަކަ ނިންމާލިއެވެ.

ރަށްތަށް ކައިރިން އަޅާލާފައި ދިޔަ ލޯންޗު އުނގޫފާރު ފަޅަން ވަނީ އައިޒަން ރަނގަޅަށްވެސް ކޮސްކޮށްލާފައެވެ. މިހާރީތި ރަށްތަކާއި ކަނޑާއި ފަޅު އޮންނައިރުވެސް އޭނާއަށް ބަލައިލުމުގެ ފުރުސަތު މިލިބުނީވެސް އުމުރުން 24 އަހަރު ވީއިރެވެ. ރަށަކީ ކުޑަ ރަށެއްކަމަކު ވަރަށް ރީތި އަދި ހިތްގައިމު ރަށެކެވެ. ރީތި ފެހިކުލައަކުން ދިއްލެމުން ދިޔަ ފަޅުތެރެއަށް ބަލަން އައިޒަން ހުރީ އާޝޯހުވެފައެވެ. ހާދަހާ ރީއްޗެވެ. ފުރިހަމައެވެ. ކުޅަދުންވަންތަކަމާއެވެ. “އޭ އައިއްޓެ ފައިބަން ވެއްޖެއެއްނު..” ކުޑަކޮށް އައިޒަން ކޮށްޕާލަމުން ޖިނާހް އެހެން ބުނެލިއެވެ. އޭނާ ސިއްސައިގެން ދިޔައެއްކަމަކު އެކަން ނުދައްކަންވެގެން ޖިނާހްގެ ފަހަތުން ދަބަހެއް ހިފައިގެން ނިކުތެވެ.

ބަނދަރަށް ފޭބުމާއި އެކު އީމާންމެންގެ ފަހަތުން އެމީހުން ގޮސް އެރީ ކާރަކަށެވެ. ބޮޑުމަގުން ލާފައި ގޮސް ހަނި ގޯޅިތަކުން ލަނބަމުން ކާރު ހުއްޓީ ރީތިކޮށް ހަދާފައި ހުރި ބޮޑު ގެޔަކަށެވެ. އެއްބުރިއަށް ހުއްޓެއްކަމަކު އެގޭގެ ބޮޑުކަމާއި ރީތިކަން ބޭރަށްވެސް ފެންނަން އެބަހުއްޓެވެ. މަގުތަށް ހަމަހިމޭންކަމުން އެކަމަށް އާދަނުވެފައި ތިބި ޖިނާހް އާއި އައިޒަން ތިބީ ހަމަ ރަނގަޅަށްވެސް ހައިރާންވެފައެވެ. އައިޒަންއަށް މިރަށް ވަރަށް ބޮޑަށް ކަމުދާންފެށިއެވެ.  “މިގޭގައި އުޅޭނީ އަހަރެމެން 5 މީހުން.. މިގޭ ވެރިމީހުން އުޅެނީ މާލޭގައި…” އީމާން އެތެރެއަށް ވަންނަމުން ބުނެދިނެވެ. “އަހަރެމެން ދެމީހުން އެއްކޮޓަރީގައި އުޅޭނީ…” ޖިނާހް އެހެން ބުނުމުން އައިޒަންވެސް އެކަމަށް އެއްބަސްވެފައި އީމާން ދެއްކި ކޮޓަރި ތެރެއަށް ދެމިގަތެވެ. ދަބަސްތަށް ހުރިތަނަށް ވައްޓާލާފައި ދެމީހުން ފުންމައިގަތީ އެނދުމައްޗަށެވެ. “ހާދަ ސަޅިއޭ މިރަށް.. ވާނެ ދޯ ބޭރަށް ހިނގާލަން ދާން.. އަވަހަށް ހިނގާ އަސުރަށް ގޮވާކަށް މާ ގިނައިރެއްވެސް ނެތް… ހަވީރުން ބޭރަށް ދެވޭނީ އެ ހުރިހާ ކަމެއް ނިންމައިގެން..” އައިޒަން އެހެން ބުނެފައި ޖިނާހްގެ ގައިގާ ތަޅައިގަތީ ޖިނާހް ނިދާފާނެތީއެވެ. “ހޫންން…. އައިޒަން ނިމުނީމަ މަ ވަންނާނަން..” ޖިނާހް އެނދުގައި ލައްގަނެލާފައި އެހެން ބުންޏެވެ. އޭނާ ފޯނު ނަގައިލުމަށްފަހު ފެންވަރަން ވަންނަން އުޅުނު އައިޒަންއަށް ބަލައިލިއެވެ. “އޭ… މިރަށް އެކަންޏެއްނޫން އަންހެންކުދިންވެސް ވަރަށް ރީތިވާނެ…” ޖިނާހް އެހެން ބުނީ އައިޒަން އަށް ޖެއްސުން ކުރުމަށްޓަކައެވެ.

“އައްޗީ.. މަ ނޫޅެން އަންހެން ކުއްޖެއް ހޯދާކަށް… އަދި މިތަނުން.. ނޯ ވޭ…” އައިޒަން އަނގަޔަށް ވައްތަރެއް ޖައްސާފައި އެހެން ބުންޏެވެ. ޖިނާހް އިތުރު އެއްޗެއް ބުނެފާނެތީ ހަލުވި ހިނގުމެއްގައި އޭނާ ގޮސް ވަނީ ފާހާނާއަށެވެ. އައިޒަން ފެންވަރައިގެން ނިކުތްއިރު ޖިނާހް އިނީ ފޯނެއްގައެވެ. ތުންފަތުގައިވާ ރީތި ހިނިތުންވުމުން އޭނާ ގުޅައިގެން އެއިނީ ކާކާކަން އައިޒަން އަށް އެނގުމާއި އެކު ދުވެފައި ގޮސް ޖިނާހް އަތުން ފޯނު އަތުލާ އޭނާ ފެންވަރަން ފޮނުވިއެވެ.

……………..

ނަމާދުކޮށް ކައި ނިންމައިގެން އެންމެން ބޭރަށް ނިކުތެވެ. އައިޒަން ބޭނުންވީ ވީހާވެސް އަވަހަށް އިމާރާތުގެ ކަންތަށް ބަލާ އެ ކަމުގެ މަސައްކަތް ފަށާށެވެ. މިކޮޅަށް އައީ އޭނާ ހަފްތާއަކަށް ނަމަވެސް މުހިންމު ކަންތަށް އެއް ހަފްތާ ތެރޭ ނުނިމެންޏާ އޭނާ ޖެހޭނީ ދިޔުން ފަސްކުރާށެވެ. އެމީހުން ހިނގާފާ ދިޔައިރު މަލަމަތި ދިޔައީ އަނދިރިކުރަމުންނެވެ. ޖައްވު ވަށާލަމުން ދިޔަ ރީތި ކުލައިގެ ފޮޓޯ ނަގަމުން ޖިނާހް ދިޔައިރު އެމީހުންނަށް އިމާރާތް ކައިރިއަށް އާދެވިއްޖެއެވެ. އިމާރާތުގެ ކަންތަށް ބަލައި ނިންމާފައި އެމީހުންގެ މިޝްރާބު ހުރީ ގެއާއި ދިމާލަށެވެ. ނަމަވެސް އައިޒަން އެހާ އަވަހަށް ގެޔަށް ދާކަށް ބޭނުމެއްނުވިއެވެ. މިގަޑީގައި މިކަހަލަ ހިތްގައިމުތާކު އިނދެ އިރު އޮއްސޭ މަންޒަރު ބަލާލުމަކީ އޭނާ އެންމެ ކުރާހިތްވާކަމެވެ. ޖިނާހްވެސް އައިޒަންގެ ފަހަތުން ދިޔުމަށް ހިނގައިގަތްނަމަވެސް ދެންތިބި މީހުންގޭގާ މަޑުކުރީއެވެ.

ތަފާތު ވާހަކަތަށް ދައްކަމުން ދިޔަ އައިޒަން އާއި ޖިނާހް ސިއްސައިގެން ދިޔައީ އައިޒަންގެ މޫނުމައްޗަށާއި ޖިނާހްގެ ގަޔަށް އެރި ކުލަ ފެން ކޮތަޅުތަކެއްގެ ސަބަބުންނެވެ. ޖެހުނު ގޮތަށް އެމީހުންގެ ގަޔަށް އެ ފަޅާއިގެން ދިޔައިރު އެ ޖެހުނުލެއް ބާރުކަމުން ދެމީހުންނަށްވެސް ތަދުވިއެވެ.

މަދު ސިކުންތުކޮޅެއްގެ ތެރޭގައި ގުރޫޕެއް ގޯޅިއަކުން ދުވެފައި ނިކުތެވެ. އެމީހުންނަށް އައިޒަން އާއި ޖިނާހް ތިބި ހާލު ފެނި ދެލޯ ބޮޑުވެގެން ދިޔައެވެ. އެންމެންގެތެރޭ ހުރި ނައިނާއަށް އެއަށްވުރެ ބޮޑުވަރުވިއެވެ. އެ ދެ ފެންކޮތަޅަކީ އޭނާ އެއްލި ދޭއްޗެވެ. އެންމެންގެ ނަޒަރު ނައިނާއަށް ހުއްޓުމުން އޭނާ ވަގުތުން ގޯޅިތެރެއަށް ވަނެވެ. އޭނާގެ ފަހަތުން އެމީހުންވެސް ވަދެ އައިޒަންމެންގެ ހަރަކާތްތަކަށް ބަލަހައްޓައިގެން ތިއްބެވެ. ކުރެވުނު ކަމާއި މެދު ދެރަވިނަމަވެސް އައިޒަންމެން ތިބި ގޮތް ފެނި ނައިނާ އަށް ހެވެންފެށުނެވެ. “މީ ކާކު ކުރިކަމެއް… އައްޗީޑި މީ ދެން މީހުން މިކަން ކުރާ ގަޑިތަ؟ މިއީ އީދެއްވެސް ނޫނެއްނު…” އައިޒަން މޫނުމަތީ އަތް އުނގުޅަމުން އެހެން ބުނީ ވަރަށް ބޮޑަށް ރުޅިއައިއްސައެވެ. މޫނުމަތީ އަތް އުނގުޅައިގަތުމުގެ ސަބަބުން އިތުރަށް އައިޒަންގެ މޫނުމަތީ ކުލަ ހޭކުނެވެ. އެއާއި އެކު ނައިނާ އަދި އެ ގުރޫޕްގައި ތިބި ދެ ފިރިހެންކުދިންނާއި ނައިނާ އާއި ޖެހިގެން ހުރި އަންހެންކުއްޖާ ދާދި އެކު އެކީ އަނގަމަތީ އަތް އެޅީ ހޭ އަޑު ނީއްވާށެވެ. އެމީހުން އަޑު ނީއްވާ ތިއްބެއްކަމަކު ތިބީ ހީ ހީ ބިނދިފައެވެ.

ޖިނާހް އޭނާގެ ސިހުން ކަނޑުވާލުމަށްފަހު ލައިގެން ހުރރި ޓީޝާޓަށް ނަޒަރު ހިންގާލިއެވެ. ލައިގެން ހުރި ހުދު ޓީޝާޓުގައި ވަނީ ހުސް ކުލައެވެ. ޖިނާހް ދެން ނަޒަރު ހިންގާލީ އައިޒަންއަށެވެ. އައިޒަން ހުރި ގޮތުން ޖިނާހްގެ ހިނިގަނޑުވެސް މަތަނުވިއެވެ. އޭނާ ހޭންފެށިގޮތަށް ހުއްޓައިވެސް ނުލިއެވެ. “ދެން އަދިވެސް ހޭންތަވީ؟؟ މީ ކޮންބައެއް ކުރިކަމެއްތަ؟ މަގޭ މުޅީ ޓީޝާޓާއި މުޅި ކަރުދޮށް ބަލާބަލަ.. ނަސީބެއްނު ފޯނަށް ނުޖެހިކަން.. އެހެންވެޔޭ މަ ފޫހިވަނީ.. ރާއްޖެތެރޭ ކުދިންނަކަށް ނޭނގޭނެ ކޮށްފަ ނުކުރަންވީ ކަމެއް…..” އައިޒަން ރުޅިއައިސް ރަތްވިއެވެ. “ކަރަކާއި ޓީޝާޓު އެކަންޏެއްނޫން… މޫނުވެސް ބަލާބަލަ.. ހަހަހަހަހަހަ” ޖިނާހް ހެމުން ހެމުން ފާރުގައި ލައްގަތެވެ. އެއާއި އެކު ނައިނާއަށް އިތުރަށް ކެތްނުކުރެވިގެން ހިނިގަނޑާއި އެކު ހުރިތަނަށް ތިރިވެވުނެވެ. އައިޒަން އަށާއި ޖިނާހް އަށް އެ މަންޒަރު ފެނުމާއި އެކު އެއީ އެމީހުން ކުރިކަމެއްކަން އެނގި އެދިމާލަށް ދާން ހިނގައިގަތެވެ. ނައިނާ ދެފަޔަށް ލެވުނު ބާރެއް ލާފައި ދުއްވައިގަތް އިރު އޭނާއާއި ދާދި އެއްވަރަކަށް އޭނާގެ އެކުވެރިންވެސް ދިޔައީ ދިވަމުންނެވެ.

އެމީހުންގެ ފަހަތުން އައިޒަން އާއި ޖިނާހްވެސް ދުއްވައިގަތެވެ. އައިޒަން ހުރީ ރުޅިއައިއްސައެވެ. އެތަނުން އެކަކު އޭނާގެ އަތު ޖެހުނަސް ހެޔޮވަރު ބޮނޑިއެއް ދޭނަމޭ ހިތާ އޭނާގެ ދުވުން ބާރުކޮށްލިއެވެ. “ތިމީހުން ދޭ އެދިމާލަށް ޒުހާ ހޯދަން.. އަހަރެން އެބަ އަންނަން ފެން ޕެކެޓް ހިފައިގެން… އަހަރެން ނެތަސް ޒުހާއަށް ކުޅި ދައްކާލާތި…” ނައިނާ އެހެން ބުނެފައި އެހެން ގޯޅިއަކުންއެޅިއެވެ. ޖިނާހް މަގުގެ މެދަށް ހުއްޓުނީ އިތުރަށް ނުދުވެވޭނޭ ބުނަމުންނެވެ. “އެހެންވިއްޔާ ހުރޭ.. މަ އެބަ އަންނަން އެ ދިޔަ އަންހެންކުއްޖާ ހިފަހައްޓާފައި… ދުއްވައިގަތީ ފެންޖަހާފައި ސަލާމަތް ވެވޭނެކަމަކަށްނު… ރަނގަޅު ލަނޑެއް ދޭނަން މިފަހަރު..” އައިޒަން އަނެއްކާވެސް ދުއްވައިގަތެވެ.

 

ނުނިމޭ 🙂

Share Article

Follow Me Written By

Ryn

100 Stories10 Stories1K Comments500 Comments100 Comments100 Login

Hello! I love reading stories and writing obv. I hope my stories will make you happy. Don't forget that reading is what gives you more knowledge about the world. Don't stop reading. Visit my facebook page RYN'S stories. Thankyou

Other Articles

Previous

ޔާރު މިވަނީ ލޯތްބޭ ޙަޤީގީ (އަށާރަވަނަ ބައި)

Next

ޢެދެމޭ އުފާ….(1)

Next
August 27, 2017

ޢެދެމޭ އުފާ….(1)

Previews
August 26, 2017

ޔާރު މިވަނީ ލޯތްބޭ ޙަޤީގީ (އަށާރަވަނަ ބައި)

38 Comments!

  1. Ryn says:
    August 26, 2017 at 9:05 pm

    Salaam ?
    This is the story I’m writing based on the drama I wrote for vfm (thi loihbahtakaa). Hope u enjoyed the drama plus hope u will enjoy the story. It will b a bit different than the drama.
    Thankyou ?
    Missed u guys ?

    1. 1997women says:
      August 26, 2017 at 9:45 pm

      Its oaboa fili, not obofili.. Correct kohllaba ?

    2. Ryn says:
      August 26, 2017 at 10:00 pm

      Sure thankyu ?

  2. Aishu says:
    August 26, 2017 at 9:08 pm

    Adhi nuves kiyaa mi comment kohli..
    Finally u are back darla <3 :*
    Missed u n ur stories….
    Good luck…m sure this will be a great one like ur other stories <3

  3. click a shot ? says:
    August 26, 2017 at 9:20 pm

    Anehkaaves reen ge story eh kiyaalan libunydhw…you came back with a new story…mi story ves reethi vaanekamah umeedhu kuran….?

  4. HhsSaA says:
    August 26, 2017 at 9:22 pm

    Yeyy.. ryn.. m so happy.. nuvx kiyaa mi comment Kohlee.. igey dhn ryn he stry eh vehjaa reethi vrrne kan..??ily..

  5. Meesh says:
    August 26, 2017 at 9:22 pm

    Yeyyyyy.. Ryn is back.. Aslu midhuvas kolhu buxy koh ulhunyma radio adeh ney hey.. So this will be new 4 me.. Aand of course the 1 part was nice as well as other stories.. Aaannd ily and miss..??❤

  6. ♥♥♥♥♥♥♥♥♥ says:
    August 26, 2017 at 9:24 pm

    Iam first dho. Vaahaka varah nice

    1. ♥♥♥♥♥♥♥♥♥ says:
      August 26, 2017 at 9:30 pm

      Iam first dho. Vaahaka varah nice
      Sorry I am not first

  7. Some one says:
    August 26, 2017 at 9:27 pm

    Wow! V intrstin! Plxx plxx knme dhuhuku up khdheveythw balahchey! Plxx ! Story v lwbi! When nxt prt???

  8. dhivehi fahulavaanu says:
    August 26, 2017 at 9:30 pm

    Yeyyyy!! Ryn is back. Have been waiting for u since long!! Missed u soooo much here ??

  9. Ryn says:
    August 26, 2017 at 9:31 pm

    Thankyou guys❤
    I won’t b able to up it everyday cx its not finished so maybe 3 days in a week? ? ❤

  10. Hudha says:
    August 26, 2017 at 9:51 pm

    Run kurin liyunu vaahaka ves varah reethi.. Mi vaahaka ves reethi vaane kamah unmeedh kuran.

  11. Star says:
    August 26, 2017 at 9:52 pm

    Finally ryn.. i am so happy.. ryn is back..missed your stories badly ryn.. you are the best..

    1. Ryn says:
      August 26, 2017 at 10:01 pm

      Thnkyuu ?

  12. Raii handi says:
    August 26, 2017 at 9:53 pm

    Yayy ryn is back ?
    Im sure this will be an awesome story ?

    1. Ryn says:
      August 26, 2017 at 10:01 pm

      Thnkyuu ?

  13. Naaanu says:
    August 26, 2017 at 9:55 pm

    Alheyyy RYNNNNN.I MISSED YOU SO MUCH.LIKE VERY VERY MUCH.LONG TIME NO SEE EH?vaahaka nues kiyan.kiyaafa will comment.alheyy haadha ufaa vejjey.ryn ge nan fenuneema avahah comment kohlly mi.didnt you miss me?

    1. Ryn says:
      August 26, 2017 at 10:01 pm

      Aye! Missed vrh bodah. Thankyu so much ??

    2. Naaanu says:
      August 26, 2017 at 10:09 pm

      Aaachaa.one of my fav name.”nainaa” call her Naa as nickname.plis ?varah reethi vaanehen heevey.waitingggggggg ?

  14. Snowy says:
    August 26, 2017 at 10:15 pm

    My atoll ge island in this storie …wow…thnx ryn…i hop this story also will be awesome ☺☺

  15. aalaa says:
    August 26, 2017 at 10:32 pm

    Hey… Ryn I love ur stories …. So I’m happy to see u again… With a nice story….

  16. nuzu says:
    August 26, 2017 at 10:37 pm

    ooh yes reeeeeeeeen is back???????????? stroy feshun v furihama hope kuran reenge ehn story thah hen mi story vess v furihama asarugadha vaanekamah ?????wating ga mihury next part kiyaala hithun well done ryn ly?????

  17. Juvey says:
    August 26, 2017 at 10:45 pm

    Miss u ryn doonee..vaahaka ige name fenunee ma vx juvey mihithanee ey vfm in drama ah vx hama mi namey kiyanee..haadha molhey ryn ..??????

  18. Any says:
    August 26, 2017 at 11:14 pm

    Nice vane hen heevany

  19. Shaileen says:
    August 26, 2017 at 11:17 pm

    V intrstin…. whn next part..? Story vrh reethi….

  20. Adha? says:
    August 26, 2017 at 11:25 pm

    Woooow! Varah salhi feshun..???
    I think…Ehaa raajjethere dheke foohi vanyaa adhi raajjethere kujjeh dheke hen loabi veveyneeves…
    Waitingsssssss dear❤❤❤❤

  21. Beauty says:
    August 27, 2017 at 8:00 am

    Wow… Nice story.. ❤❤

  22. Shaee says:
    August 27, 2017 at 8:29 am

    NICE❤ WHEN NEXT PART?

  23. Cherry says:
    August 27, 2017 at 11:42 am

    Loabi kameh ❤????

  24. Rafa says:
    August 27, 2017 at 1:04 pm

    wow

  25. Raiya says:
    August 27, 2017 at 1:11 pm

    Awnnn… ryn sissss …. long time no see… i guess u dont even remeber me.??? its me raii….
    And the story is soooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooo
    OBINESS TO THE MAX???

  26. Xxxx says:
    August 27, 2017 at 5:28 pm

    Woooooowww… waiting 4 next episode..????????????????????????? keep it up

  27. Al says:
    August 28, 2017 at 12:09 am

    Story ehaa reycehcheh nun.. N ungoofaar akyy Raa atoll ga onna emme hadhi island. V information neygeykan faahaga kureveyy..

  28. ??? says:
    August 29, 2017 at 7:21 am

    Vvvv rythi????

  29. Who knows who I am says:
    October 9, 2017 at 1:29 am

    I don’t know if I just read a single chapter or an entire story. But damn girl that was interesting as hell. Gotta read more. And great work ?

  30. Gud? says:
    April 27, 2019 at 3:23 pm

    Curiously waiting …maashallah vvv reethi…lots of love

  31. rafa.ahmed14 says:
    December 16, 2019 at 9:19 am

    Woww

Comments are closed.


All Right Reserved!