ހަފްތާއެއް ފާއިތުވެގެން ދިޔައިރުވެސް ހުސެންގެ ފަރާތުން އީރަމްއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބޭގޮތެއް ނުވިއެވެ. ހައިފާ ކައިރީ އެވާހަކަ ދައްކަން ރަނގަޅު ވަގުތަކާ ދިމާނުވަނިއްޔެވެ. ހައިފާ ކައިރީ އެވާހަކަ ދައްކާނެކަމުގެ ޔަގީންކަން ހުސެން ލާމިހްއައް ދިނެވެ. ލާމިހް އައް ހީވަނީ ދުވަސްތައް މާލަހުން ދާހެންނެވެ. ކެތްތެރިކަން ކުޑަ ވެފައިވާ މީހެއް ފަދައިން އެހިތް އެދެމުން ދިޔައީ އެންމެ ކަމަކަށެވެ.

ގޭގެ ޓެރަސްގައި ހުއްޓިހުރި ލާމިހް އައް ހިމަފޮދު ވާރޭ ވެހޭކަން އިހްސާސް ނުވާކަހަލައެވެ. މަގުމަތީ މީހުންތައް ވާރޭބޯކޮއްލަފާނެކަމައް ގޭގެއައް ދިއުމައް އަވަސްވެގަތެވެ. ރެއިލިންގައި އަޅުވާލެވިފައިވާ ދެއަތް ނަގަމުން ލައިގެން ހުރި ސޯޓުގެ ޖީބަށް ޖަހާލިއެވެ. ޖެހެމުންދިޔަ ވައިރޯޅިތަކުން ފިނިކަން އިހްސާސް ކުރެވުނީ ކަންނޭގެއެވެ. ލައިގެން ހުރި އަތްދިގު ދޫ ޓީޝާރޓް އެ ރީތި ހަށިގަނޑުގައި ވަޔާއެކު ބީހިލައެވެ.ދިގުވާންފަށައިވާ އިސްތަށިގަނޑު ނިތްކުރިމައްޗައް އުނދަގޫކުރަން ފެށުމާއެކު އެއް އަތުން ރަނގަޅު ކޮއްލިއެވެ. އޭނާގެ ހަޔާތައް ދުވަހަކުވެސް އަންހެންކުއްޖަކު އައިސްފައެއް ނުވެއެވެ. ރީތި ކުދިން ފެނުނަސް އެ ހިތް އަތުލެވޭ ވަރުގެ ކުއްޖަކާ ދިމާނުވަނީއެވެ. ޖީބުގައިވާ ފޯނު ނަގަމުން އީރަމްގެ ފޮޓޯ ހޯދާލީ ފަރިތަކަމާއެކުގައެވެ. މި އަންހެންކުއްޖާ އެހެން ކުދިންނާ ތަފާތުވާ ސަބަބަކީ ކޮބާ ހެއްޔެެވެ.އެ ރީތި  ދެލޮލައް ޖަމާވެފައިވާ ކަރުނަތައް އެތައް ވާހަކައެއް ބުނެދޭން އުޅޭ ކަހަލައެވެ. ލާމިހްއައް އީރަމް ހާއްސަވާ ސަބަބަކީ އެއި ކަންނޭނގެއެވެ. ވާރޭ ބޯކޮއްލުމާއެކު ލާމިހް ޖީބައް ފޯނުލަމުން މޫނުގައި އަތް ކާއްތާލިއެވެ. އެވާރޭވެސް ލާމިހްގެ ހިތައް ފިނިކަމެއް ގެނެސްދޭން މަސައްކަތް ކުރާ ކަހަލައެވެ.

 

އޮފީހުގައި އިން އީރަމް ފާރުގައި ހަރުކޮއްފައިހުރި ގަޑިއައް ބަލާލިއެވެ.ގަޑިން ހަވީރު ފަހެއް ޖެހީއެވެ.އޮފީސް ނިމުނުތާވެސް އެތައް ވަގުތެއް ފާއިތުވެހިގައްޖެއެވެ. މީހުން ކައިރީ އުޅޭ އިރު އެ ހިތާމަތަށް ފޮރުވައިން އުޅުނަސް އެކަނި ވުމާއެކު އީރަމްއައް ވިސްނެނީ އޭނާގެ ހަޔާތާމެދުގައެވެ. ދެން ކަންތައް ވާނެގޮތެއް ނޭނގޭތީއެވެ. ދިރިއުޅުމުގައި ނަގަންޖެހޭ ފިޔަވަޅެއް ނަގަންވާނީ އެތައްފަހަރަކު ވިސްނާފައެވެ.ކައިވެންޏަކީ ކުޅޭ ކުޅިވަރެއް ނޫނެވެ. ނާއިލްއާ ކައިވެނިކުރީ މުޅި އުމުރަށް އެކީ އުޅެން ވައުދުވެފައެވެ. ނަމަވެސް ނާއިލްއައް އެވައުދުތައް އެއްވެސް އަގެތްހުރި އެއްޗެއްކަމުގައި ނުވިއެވެ. މިއަދު އީރަމް އައް އިހްސާސްވަނީ ނާއިލްގެ ހަޔާތުން އޭނާ ބާކީ ކޮއްލައިފިކަމެވެ. ފުންނޭވާއަކާ އެކު އީރަމް ތެދުވެގެން ގޮސް ކުރިމަތީ ހުރި ބިއްލޫރިގަނޑުގެ ފަރުދާ ކަހާލިއެވެ. ދުނިޔެ މަތި އަނދިރި ކޮއްލާފައި ވާ އިރު ވެހެމުންދިޔަ ވާރޭ ތުނިކޮއްލާނެ އިރެއް ނޭނގެއެވެ. ހަނާ ބޮލުގައި ރިއްސާތީ މިއަދު އޮފީސް ނިމުމުގެ ކުރިން ގެއައް ގޮއްސިއެވެ. ޓެކްސީއެއްގައި ގެއައް ދާން ނިންމައިގެން އީރަމް ދަބަސްހިފައިގެން ހިނގައިގަތީ އޮފީހުން ނުކުންނާށެވެ.

މަގުމަތީ ފެންހެދިފައިވާއިރު ކޮޅުކޮޅައް ދުއްވާ އެއްޗެހި އެއްފަރާތުގައި ހިނގާމީހުންނައް ނައް ބަލާލުމެއްނެތެވެ. ކުރިމަތިން ދިޔަ ސައިކަލުން ގަޔައް ފެން ވިއްސާލުމާއެކު އޮފީސް ދޮރުމަތީ ހުރި އީރަމް އެތެރެއައް ޖެހިލިއެވެ. އަރައިގެން ހުރި ބޫޓުގެ ބޮޑުބައެއް ތެމިފައިވާއިރު ލައިގެން ހުރި ޖީންސްގެ ފައިކުރި ވެސް ތެމިއްޖެއެވެ. ފެންތައް ފޮޅާލަމުން ފައިކުރި މައްޗައް އޮޅާލިއެވެ. ޓެކްސީއެއް ލިބޭތޯ ކުރި މަސައްކަތްވީ ނާކާމިޔާބެވެ. ވާރޭ ތުނިކޮއްލުމާއެކު ހިނގާލާފައި ދާން ނިންމައިގެން އީރަމް ނުކުތީ މަގުމައްޗަށެވެ. ޖެހޭ ފިނިރޯޅިތަކުން އިސްތަށިގަނޑު މޫނުމައްޗައް އުނދަގޫކުރަން ފެށުމާއެކު އަތުގައި އަޅާފައިވާ ވޫލްކޮޅުން އީރަމް އިސްތިށިގަނޑު އައްސާލިއެވެ.

ދުވަމުން ކަހަލަ ގޮތަކައް އީރަމް ގޭތެރެއައް ވަދެގަތީވާރޭ ބޯކޮއްލިތަނާއެވެ. އޭރު ކުޑަކޮއް ތެމިއްޖެއެވެ. ދޮރުހުޅުވަން ތަޅުދަނޑި ދަބަހުން ނަގަމުންމައްޗައް އެރި އީރަމް ގޮސް ޖެހުނީ ނާއިލްގެ މޭމަތީގައެވެ. ނާއިލްގެ ގައިން ދުވި ސެންޓްގެ ވަސް އީރަމްއެތެރައް ދަމާލިއެވެ. ނާއިލް އީރަމް ގަޔާ ދުރުކޮއްލަމުން އެ މޫނައް ބަލާލިއެވެ. އެއްވެސް މެކަޕެއް ނުކުރާއިރުވެސް އީރަމްގެ މޫނު ފެންނަނީ ތާޒާ ކޮށެވެ. އެ ބޮޑު ދެލޮލުގައިވާ ދިގު އެސްފިޔަތަކުގަޔާއި މޫނުގައި ވާރޭތިކިތައް ހަރުލާފައިހުރި ގޮތުން މާރީތި ކަމައް ދައްކައެވެ. ތުރުތުރުލަމުންދިޔަ ތުނިތުނި ތުންފަތުން ފިނިވެފައިވާކަން ހާމަކޮއްދެއެވެ. “ތަންކޮޅެއް ބަލާލައިގެން އުޅެބަލަ” ނާއިލް އީރަމް ގަޔާ ދުރައް ކޮއްޕާލަމުން ބުނެލިއެވެ.ފައި ހަމަޖައްސާލަމުން އީރަމް ބަލާލީ ނާއިލްގެ މޫނަށެވެ. އެއީ އޭނާދެކެ ލޯބިވާ ކަމައް ބުނި ނާއިލް ހެއްޔެވެ. “ސޮރީ” އީރަމް އެހެން ބުނެ އެއްފަރާތަކައް ޖެހިލީ ނާއިލްއައް ތަން ދައްކަމުންނެވެ. ނާއިލް ދަމުން އީރަމްގެ ގާތައް ޖެހިލިއެވެ.” ޔޫ ސްޓިލް ލުކް ސޯ ބިޔޫޓިފުލް..އެންޑް ޔެޓް އައި ޑޯންޓް ވޯންޓް ޓު ބީ ވިތް ޔޫ..” ނާއިލް އެހެން ބުނެލަމުން ފައިބައިގެންދިޔައިއެވެ. ނާއިލް އެ ބުނީ ކީކޭކަން އީރަމްއައް އިނގެއެވެ. އެތެރެއައް ވަދެވުމާއެކު އީރަމް ހޫނު މައިލޯއެއް ތައްޔާރުކޮއްލިއެވެ. ނާއިލް އީރަމް ދެކެ ލޯބިވި ނަމަވެސް އެލޯބިވީ އީރަމްގެ ހަށިގަނޑުދެކެއެވެ. ދުވަސްވުމުން އީރަމް މަތިން ފޫހިވި ސަބަބަކީ އެއިއްޔެވެ. އީރަމް އާ ކައިވެނި ކުރުމުގެ ކުރިން ނާއިލް ރައްޓެހިވާއެއްވެސް ކުއްޖަކާ އެކީ މާގިނަދުވަހަކު ނޫޅެވެއެވެ. އެކަކާއެކީ އުޅެމުންވެެސް ކަމުދާ އެހެން ކުއްޖެއް ފެނުމާއެކު އެކުއްޖެއް ކައިރިއައްދެވެނީއެވެ. ހާސްވާންވީ ސަބަބެއް ނެތެވެ. މަސަައްކަތް ނުކުރިޔަސް ބޭނުންވާވަރަކައް ނާއިލްގެ ބައްޕަ ފައިސާ ދެއެވެ. ކޮންމެ އަންހެން ކުއްޖެއްވެސް ހެއްލެނީ ވަގުތީ އުފަލަށެވެ. ނާއިލް ބޭނުންވަނީ އެގޮތެވެ. އީރަމްދެކެ ފޫހިވި ސަބަބަކީ އެއިއްޔެވެ.

ހެނދުނު އޮފީހައް ދާން ތައްޔާރުވެގެން ލާމިހް ސައިބޯންކާގެއައް ވަތް އިރު ލޫނާ ހުރީ ތަށިތައް ނަގާށެވެ. ކައިރީ އާނާ އިނީ ބުއްތައްޓެއް ބޯށެވެ. “އެނީ ދޫނި ހާދައަވަހަކަށް މޯނިންގ ވި ދުވަހެއް.” ލާމިހް ބުނެލީ ވަރަށް ލޯބިންނެވެ. “އެނީ ރޯގާާޖެހިގެން އުޅޭތީ ރޭގަ ނުނިދެޔޭ ދޯ” ލޫނާ އެހެން ބުނުމާއެކު ކުޑަކުޑަ އާނާ ބޯޖަހާލީ އެއްބަސްވުމުގެ ގޮތުންނެވެ. “ދޮންތަބެ ދިޔައީތަ.” ލާމީ ރިހަ ތަށި ކައިރި ކޮއްލަމުން ސުވާލުކޮއްލިއެވެ. “އާނ..މިއަދު މީޓިންގ އެއް އޮތްވާހަކަ ބުނި..” ލޫނާ ޖަވާބުދިނެވެ. ސައިބޮއެ ނިމިގެން ބޭރައް ނުކުމެ ސައިކަލުގެ ސީޓުގައި ހަރުލާފައިވާ ފެންތައް ލާމިހް ފޮޅާލިއެވެ. ފަޒާގައި ހިފާފައިވަނީ ރޭ ވެހުނު ވާރޭގެ ފިނިކަމެވެ. އަދިވެސް އުޑުމަތި ދައްކަނީ ބަނަކޮށެވެ.

އޮފީހައްވަދެވުމާއެކު ފުރަތަމެސް ލާމިހް ބެލީ ހުސެން ފެނޭތޯއެވެ. ޕްރިންޓަރ ކައިރީ ހުރި ހުސެން ފެނުމާއެކު ލާމިހް އެތަނައްދިޔައެވެ.”އޭތް..ކޮބާ..އެވާހަކަ އެހޭވަރު ވެއްޖެތަ..؟” ލާމިހް ގެ ސުވާލަށް ޖަވާބުދިނުމުގެ ގޮތުން ހުސެން ބޯޖަހާލިއެވެ. “އެކަމަކު ބްރޭކް ގަޑީ އެވާހަކަ ދެއްކެން އޮތީ..މިގަޑީ ވަރަށް ބިޒީ..” ހުސެން އެހެން ބުނެ ޕްރިންޓް ވެނިމިފައި ހުރި ކަރުދާސްތައް ހިފައިގެން ހިނގައިގަތެވެ. ކުރަންހުރި މަސައްކަތްތައް ކުރުމުގެ އެއްވެސް ޝައުގެއް ލާމިހްގެ ނެތެވެ. އީރަމްގެ ވާހަކަތައް އޮޅުންފިލުވާ ހިތުން އިނދެވެނީކީއެއް ނޫނެވެ. މެންދުރު ގަޑިން ބާރަގަޑި ބައިވުމާއެކު ލާމިހް އިންތަނުން ތެދުވެއްޖެއެވެ. ” ހުސެން..ހިނގާދާން..” މަސައްކަތުގައި އިން ހުސެން ކައިރީ ހުއްޓިލަމުން ލާމިހް ބުނެލިއެވެ. “ލާމީ ދާންވީނުން..ގޮސް އޯޑަރ ދީ..އަހަރެން އެބަ ދަން އިރުކޮޅަކުން..މި މަސައްކަތް ނިންމާލާފަ..މާގިނައިރެއް ނުވާނެ..” ލާމިހް ލޯ ކުޑަކޮއްލަމުން ހުސެންއައް ބަލާލިއެވެ. ހުސެން އޭނާ ތަޅުވާލަން ބޭނުން ވަނީ ކަންނޭނގެއެވެ. “އޯކޭ..އޯކޭ..އަވަސް ކުރާތި..”

ލާމިހް ދިޔުމާއެކު އަތުގައި އޮތް ފައިލް ހުސެން ލައްޕާލިއެވެެ. ގޮނޑީގެ ތެރެއައް ހަށިގަނޑު ދޫކޮއްލަމުން ހަމަޖެހިލިއެވެ. ހައިފާގެ ފަރާތުން އީރަމްގެ ވާހަކަ ހޯދިތާ ހަފްތާއެއްވެއްޖެއެވެ. އެވާހަކަ ލާމިހްކައިރީ ބުނާނެގޮތެއް ހުސެންއަކައް ނޭނގުނެވެ. ލާމިހް ދެރަވާނެވަރު އިނގޭތީ ފަސްޖެހެވެނީއެވެ. ލާމިހް އައް ކޮންމެހެންވެސް އިގެން ޖެހޭ ކަަމަކައް ވުމުން ހުސެން ގޮނޑިން ތެދުވެއްޖެއެވެ. އެކަންތައް ހުއްޓުވަން މިހާރު މާ ލަސްވެސްވެއްޖެއެވެ. އާދަވެގެން ދާ ރެސްޓޯރަންޓް ގައި ލާމިހްއިނެވެ. ވަދެގެން އަންނަ ހުސެން ފެނުމާއެކު އަތުން ހަނާ އަޅާލިއެވެ. “އެއީ ހަމަ ހައިގެ ފެެމިލީ ކުއްޖެއްދޯ..” ހުސެން އައިސް އިށީނުމާއެކު ލާމިހް އެހިއެވެ. “ނޫން. އެއީ ހަނާގެ ބެސްޓްފްރެންޑް.” ހުސެން ޖަވާބު ދިނުމާއެކު ލާމިހްގެ މޫނުމައްޗައް ފުޅާ ހިނިތުންވުމެއް ވެރިވެގެންދިޔައެވެ. ” އެއީ އީރަމް.” “ލާމީ.. ލާމީއައް އިނގެންޖެހޭ ވަރަށް ބޮޑު ވާހަކައެއް އެބައޮތް..މިކަންތައް އެނގުމައްފަހު ލާމީއައް މަޖުބޫރުވާނީ އީރަމް މަތިން ހަނދާން ނައްތާލަން..” ހުސެންގެ ވާހަކަ އަޑުއަހަން އިން ލާމީގެ މޫނުމަތިން ހިނިތުންވުން ފިލާ ހިނގައްޖެއެވެ. “ތިބުނީ.؟” ސުވާލުއުފެދިފައި އިނދެ ލާމީހް އަހާލިއެވެ. “މިބުނީ ޝީ އިޒް މެރީޑް އޭ..” ހުސެން އެހެން ބުނެލި އިރު އެ މޫނު މަތިން ސީރިއަސް ކަން ފާޅުވެއެވެ.

20

7 Comments

 1. Fizzzy

  August 28, 2017 at 8:55 am

  Reethi.? make them meeet soon

  • seym

   August 28, 2017 at 9:58 am

   Thankyou fizzy.. ❤️Lets see ?

 2. seym

  August 28, 2017 at 9:56 am

  Good morning hurihaa kudhinnah. ? Mi bai genesdhevuny dhigukoh kamah mi balany. ? And ummeedhu kurany vaahaka kuriah dhaa goiyy readers ah kamudhaane kamah.. And now i have a question for you all. ? Who is your favourite character from the story so far and why? ???

 3. Petite

  August 28, 2017 at 12:59 pm

  Wowww!! ??❤❤

 4. Fizzzy

  August 28, 2017 at 1:48 pm

  Laaamih ❤

 5. Nyn

  September 18, 2017 at 11:38 pm

  Seventh part nufeney

 6. Mahi

  December 11, 2017 at 8:55 pm

  Salhi ingay varah ??

Comments are closed.