މާތިއު ހުރީ ބެލްކަނީގައެވެ. އުޑުމަތީގައިވާ ހަނދަށް ބަލާށެވެ. ހަނދުގެ ވަށައިގެން ވިލާތައް މަޑުމަޑުން ދަތުރުކުރަމުން ދިޔައެވެ. ސުބްޙާނަﷲ އެވެ. ކޮންފަދަ ރީތިކަމެއް ހެއްޔެވެ؟ މާތިއުއަށް ގެއަށް އާދެވުނުއިރު ޢަޞުރުން އިރު ތިރިވެއްޖެއެވެ. އޭރު އޭނާގެ އިންތިޒާރުގައި ޝަފީޤާ އާއި ޔޫއާން ތިއްބެވެ. އަންވަރު ވީ އޮފީސް މަސައްކަތެއްގައި ރަށުން ބޭރުގައެވެ. މާތިއު އަންނަކަން އެނގުމުން އޭނާގެ ކަޒިންމެންވެސް އެގެއަށް ޖަމާވެފައިވިއެވެ. އެންމެން އެކުގައި ހަވީރު ސައިބުއިއިރު މާތިއުއަށް މީރުހާ ހެދިކާ ގަނެފައި ހުއްޓެވެ. ޝަފީޤާ ޝަކުވާ ކުރީ […]
މާތިއު އިނީ ކާރުގައެވެ. ދެންމެ ފެންފުޅިއެއް ގަނެގެން ފިހާރައިން ނުކުންނަނިކޮށް ކޮނޑުގައި އަޅައިގަތް ކުއްޖާއާއި މެދު ވިސްނެމުންދިޔައެވެ. “އަޖައިބެއް. މިއަދު މީ މީހުންނާ އަޅައިގަންނަ ދުވަހެއް.” މާތިއުގެ ހިތް ބުނެލިއެވެ. އެއަށްފަހު ބޯހޫރުވާލަމުން ކައިރިން ފެންނަމުންދިޔަ ބޯގަސްތަކަށް ބަލާލިއެވެ. ތިރިވަމުންދިޔަ އިރާއިއެކު އެޅިފައިވާ ރަންކުލައިގެ ދޯދިތައް ގަސްތަކުގެ ދޭތެރެއިން ފުރޭނިގެން ދާ ދިޔުން އެއީ އަބަދުވެސް މާތިއު ފެސިނޭޓް ވާކަމެކެވެ. ވައިރޯޅި ޖެހިލުމުން ގަސްތައް އެއާއިއެކު ހެލިލާ ގޮތުން މާތިއުގެ ހިތަށް ބުނެދޭން ނޭނގޭ ކަހަލަ ހިތްހަމަޖެހުމެއް […]
ސޫޒަން އޭނާގެ އިސް އުފުލާލިއެވެ. އެއަށްފަހު ދުޢާއަށް ދެއަތް އުފުލާލިއެވެ. އަދި މަޑުމަޑުން ދުޢާ ކުރަން ފެށިއެވެ. “ޔާ ﷲ. އިބަރަސްކަލާނގެއީ އަޅުތަކުންގެ ފާފަފުއްސަވާ، އެންމެ އޯގާވަންތަވެ ވޮޑިގެންވާ އިލާހު. މިއަޅާގެ ފާފަފުއްސަވައި، ނަރަކައިން މިއަޅާ ސަލާމަތް ކުރައްވާނދޭވެ.” އެއަށްފަހު ސަޖިދައަށް ތިރިވެލިއެވެ. އޭނާގެ ހިތުގައި ފަރުބަދައެއްގެ ބަރުދަން ވާކަހަލައެވެ. ﷲ ގެ އެހީ ނުފޮނުއްވައިފިނަމަ އޭނާއަށް ކުރިޔަށް ނުދެވޭނެކަން ސޫޒަންގެ ހިތް ބުނަމުން ދިޔައެވެ. އަދި ހަމަ އެ ހިނދުގައި އޭނާގެ ހިތް ބުނަމުން ދިޔައެވެ. […]
ގަޑިން މެންދުރުން އަނބުރާ 3:43 ވީއެވެ. މަޑުމަޑު ވައިރޯޅިއެއް މާތިއުގެ އިސްތަށިގަނޑާއި ކުޅެމުން ދިޔައެވެ. މާތިއު މަސައްކަތް ކުރަމުންދަނީ އިސްލާމިކް މިނިސްޓްރީގައި ކަމަށްވެފައި، ނަމާދުގަޑިތަކަށް ޖަމާޢަތުގައި ނަމާދު ކުރެވުމަކީ މާތިއު އެންމެ ހިތްހަމަޖެހޭ އެއް ކަމެވެ. ޢަޞްރުވަގުތަކީ އަބަދުވެސް މާތިއުއަށް އެންމެ ކަމުދާ ވަގުތެވެ. އާދައިގެ މަތިން ޢަސްރު ނަމާދަށްފަހު އޭނާ އިނީ އިސްލާމީ މަރުކަޒުގެ މަތީބައިގައި ޤުރުއާން ކިޔަވާށެވެ. ހުޅުވިފައިވާ ކުޑަދޮރުން އަލި އެޅިފައިވީގޮތުން މުޅިތަނަށް އާދައާ ޚިލާފު ވިދުވަރެއް އެޅިފައިވެއެވެ. މިސްކިތުގެ ތެރެއަށް ވެރިވެފައިވާ […]