އިޝާ ނަމާދުކޮށްލައިގެން އަރުޝީ ބޭރަށް ދާން ތައްޔާރުވެލީ ރިހާނީގެ އެދުމުގެ މަތިންނެވެ. އަރުޝީ ނުދާން ދެކޮޅުހެދި ނަމަވެސް ރިހާނީގެ އާދޭސް ތަކުގެ ސަބަބުން ދާން އެއްބަސްވީއެވެ. މާކުރު ނުވާގޮތަކަށް ޝޯލް އަޅާލުމަށްފަހު އަރުޝީ އަބަދުވެސް ގެންގުޅޭ މުށި ކުލައިގެ ދަބަސް ހިފައިގެން ބޭރަށް ނިކުތެވެ. ބަދިގޭގައި ކަންހެދުމުގައި އުޅުނު ނަދީމާ ކައިރިން ހުއްދަ ހޯދުމަށްފަހު ދޮރު ކައިރީގައި ބެހެއްޓިފައިވާ ފައިވާން ހަރުގަނޑުން ކަޅުކުލައިގެ ބޫޓު ނަގައި އިސްޓަކީނުން ފޮރުވިފައިވާ ދެފަޔަށް ލައްވާލިއެވެ. އެއަށްފަހު ގެއިން ނިކުންނައިރު ކިޔާ […]
ލޮލުގައިވާ އަވިއައިނު ނެގިއިރު ނަސްރީންގެ ކަޅި ހުއްޓިފައިވީ ސީދާ ޔުމްނާގެ މޫނަށެވެ. އެ ދެލޮލުން ފާޅުވަމުން ދިޔަ ނަފުރަތުން ޔުމްނާ ފިއްސާލަފާނެހެން އޭނާއަށް ހީވަމުން ދިޔައެވެ. ލިބިފައިވާ ނުތަވަސްކަމާއެކު ޔުމްނާއަށް ދެއަތް ދެއަތާ މޮޑެން ފެށުނެވެ. ނަސްރީން ކުޑައިރުކޮޅެއް ވަންދެން އެހެން ހުރުމަށްފަހު މޫނުއަނބުރާލީ ފަކުރުން ކަހަލަ ގޮތަކަށެވެ. އަރާފައިވާ ހައި ހީލްސް އިން އަޑު ގޮއްވަމުން އޭނާ އެގެއިން މައްޗަށް އެރެން ހުންނަ ސިޑިން އަރައިގެން ދިޔައެވެ. ދެފަންގިފިލާއަށް ހަދާފައިވާ އެގޭގެ މަތީ ބައިގައި ދިރިއުޅެނީ […]
“ހެހެ… އެކަންޏެއްނޫނޭ ވާހަކަދެއްކީ… ބީހާލް އާއޭ ވާހަކަދެއްކީ……” އެވަގުތު ރަޔާހީން ކުރިމަތީގައި ހުރި ބީހާލް އެއްއަތުން މުށްކަވާފައި އަނެއް އަތުގައި ޖަހާލީރު ހުރީ ހިނިވެސް އައިއްސައެވެ. ހީންގެ އެހުންނަ މަޢުސޫމު ކަމުން އެބުނެވުނު އެއްޗަކާއި މެދު ވިސްނާވެސް ނުލިއެވެ. ހީން އަމިއްލަ އަށް އެބެދުނީ ކޮންކަހަލަ މަޅިއެއްގަ ހެއްޔެވެ؟ ބީހާލް ހޭތަން ފެނި ރަޔާހީނަށް ހަމަބިމަށް އާދެވުނެވެ. މިބުނެވުނީ ކީކޭ ހެއްޔެވެ؟ ކޫއްތަ ހީކުރާނީ ވެސް ކީކޭ ހެއްޔެވެ؟ އޮޅުވާލަން ބުނާނެ އެއްޗެއް ވެސް ނޭނގެއެވެ. ރައިނީ […]
ސައުދުއާ އަފީފާ ތިބީ ރޭގަނޑުގެ ކެއުމަށް އިންސާފު ކުރާށެވެ. އަފީފާ އެހެންޏާ ހުންނަގޮތައް ބަލައިފަ މިރޭ ހުރީ ތަންކޮޅެއް މޫޑީ ގޮތަކަށެވެ. ފަހަރެއްގައި މިއަދު އަލްޔާއާ ދިމާލައް ބުނެވުނު އެއްޗަކުން ވީގޮތަކަށް ވެސް ވެދާނެއެވެ. ވާނީ އެހެންތާއެވެ. އެވަރުގެ ޖަރީމާއެއް ހިންގާފައި އަމިއްލަ އަނގައިން ބޭޒާރު ވީމަ ކޮންމެ މީހަކަށް ވިޔަސް ވާނީ އެހެންތާއެވެ. އޭރު ވެސް އަލްޔާއާ ޖަޔާއާ ދެމީހުން ޖެހި ބުދެއްހެން މޭޒު ކައިރީގައި ކޮއްޅަށް ތިއްބެވެ. އެދެ ނޯކަރުންގެ ކަމަކީ އެމީހުންގެ ޙާދިމުން […]
އެނދުން ބޭރަށް އެލިފައިވާ ރީސާގެ އަތް ހަށަމަށް ނަގަމުން އިބުރާހިމްގެ ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ފޮހެލިއެވެ. މިމަންޒަރު ބަލަންހުރި ހައްވައަށް ކޮޅަކަށް ނުހުރެވުނެވެ. ރުކެއްކަނޑާ ވައްޓާލިހެން ހައްވަ ބިއްމަށްޗަށް ވެއްޓުނެވެ. ރީސާގެ ހަގައް ތިބި ހަމްނާ އާއި ނަޒީލްގެ ހާލަކީވެސް މިއީއެވެ. ކެއްތެރިކަމާއެކު ދެފައިމައްޗަށް ކޮޅަށް ހުރީ އިބުރާހިމް އެކަންޏެވެ. ރީސާއަށް ބަލާލި ކޮންމެ މީހަކުވެސް އަސަރު ކުރާނެއެވެ. އޭނާ ވަނީ ލެއިންތަތް ވެފައެވެ. ސިފަ ނޭންގޭވަރަށް ވަނީ މޫނުގައި ލޭއުގުޅިފައެވެ. މީހުންގެ ތުންތުން މަތިން […]
އެހެން އަންހެން ކުދިން ގޮވައިގެން ރެސްޓޯރަންޓްގަ މަޖާކުރަނީ. އެހެން އަންހެން ކުދިން ގޮވައިގެން ދަންވަރު މުޅި މާލެ ކުޑަކޮށް ސައިކަލް ދުއްވަނީ. އެކަމަކު މަމީ ޢާޒިމްގެ ޕްރިންސަސް. މަދެކެޔޯ ޢާޒިމް އެންމެ ލޯބިވަނީ. ހަވްކުޑް އައި ބިލީވް ޔޫ.” އަހަރެން ފޯން ނުނެގުމުން ޝުދޫ ފޮނުވާލި މެސެޖްގައިވަނީ އެހެންނެވެ. ” ޝުދޫދޯ.” އިމާން އަނހާލިއެވެ. ” ރަނގަޅަށް ތިބުނީ” އަހަރެން އަވަހަށް ބުނީމެވެ. ” ތީ ވާ އަންހެނެއްދޯ.” ހެމުން ހެމުން އިމާން ބުނެލިއެވެ. ” […]
އަހަންނައް ހޭލެވުނީ ގަދަނިންޖަކުންނެވެ. އަޑެއް ބަޑެއް ނީވެއެވެ. ބޮލުގައި ރިއްސަނީކީ އެވަރަކަށް ނޫނެވެ. އަހަރެން ތެދުވެ ވަށައިގެންވާ އަނދިރި މާހައުލު ބަލާ ހައިރާންކަމުގެ ތެރެއަށް ގެއްލިއްޖެއެވެ. ‘ކިހިނެތް މިތަނަށް އަހަރެން އައީ؟’ އަހަރެންގެ ހަނދާނަކަށް ހަމަ އެކައްޗެއްވެސް ނައެވެ. ބަލާ ބެލުމުން އަހަރެން ހުރީ ހަދާ އިމާރާތެއްގެ ތެރޭގަކަން ޔަގީންކުރެވުނެވެ. ‘ހާދަ ބަނޑުހައޭ!’ ހީކަރުވަނީ އެވެ. ގައިގެ ހަންގަނޑު ވަރަށް ފިންޏެވެ. ހީވަނީ ހުންއައިއްސަ ހުރި ހެންނެވެ. “މީހެކޭ؟” އަހަންނަށް ގޮވާލެވުނެވެ. ކަރުތެރޭން އަޑު އަންނަނީ ކިރިޔާ […]
ކުއްލިއަކަށް ރަޔާހީންގެ ގައިގަ ޖެހޭ ނުޖެހޭ ހިސާބުގައި ބާރު ސްޕީޑުގައި ދުއްވާފައި އައި ސައިކަލް މަޑުކޮށްލިއެވެ. އޭނާ ވެއްޓެން ދިޔަ ވަގުތު ސައިކަލުގައި އިން ޒުވާނާ ރަޔާހީންގެ އެއް އަތުގައި ހިފާ ވެއްޓުނަ ނުދީ ހިފެހެއްޓިއެވެ. ސައިކަލުގެ ލައިޓް ރަޔާހީންގެ މޫނަށް އަމާޒުވެފައި ހުރުމުން ކާކު ކަމެއް ނޭނގުނަސް އެބީހުން ރަޔާހީނަށް އެއީ ކާކު ކަން އަންގައިދިނެވެ. އެވަގުތު ސައިކަލުގައި ނިހާ ފަހަތަށް އަރުވައިގެން އިން ވިކްޔަން އަށް ރަޔާހީނަށް ރޮވިފައި ހުރި މަންޒަރު ފެނި އެއްފަހަރާ […]
މެހެރުގެ ނިޔަތަކީ ކޮބައިކަން ނޭނގިފައި އިން ހިޝާންގެ ބުމައިގެ މަތިން މޫނުގެ އަރިމަތިން ދަތްދޮޅިއާ ހަމައަށް އިނގިލި ހިންގާލަމުން އަދި އިހުނަށްވުރެ މެހެރު ހިޝާންއާ ގާތްވެލިއެވެ. “ވަރަށް ލޯބިވޭ……..” ” ކޮންކަމެއް ތީ…؟!” ހޭބުއްދި ފިލާފައިވާ މޮޔައަކު ފަދައިން މެހެރުއްނިސާގެ ލަދުވެތިކަން އޭގެ އިން ފަހަނަ އަޅައިގޮސް މާ ބޮޑުވަރު ނުވީ އެވަގުތު އެތަނަށް އައިސް ހުއްޓުނު އިމީގެ ސަބަބުންނެވެ. އިމީހުރީ ދެބުނަ ގޮށްޖަހައިގެން ދެއަށް ބަނޑާ ދިމާލުން އަރިމަތީގައި ޖަހާލައިގެންނެވެ. “ހޫން .. ވަރަށް ފޫހިވޭ! ދެ މީހަކަށް އެކަނި ވެލެވޭކަށްވެސް ނޯންނާނެ މި މަންޖެއަކާ ހެދި…. ” މަޑު ސޮޕޮންޖް ޖެހި ސޯފާގެ ތެރެއަށް ރަނަގަޅަށް ފޫހަރާލައިގެން ހިޝާންއާ ޖެހި ފިތިގެން އިން މެހެރުއްނިސާ ބަރުހެލިކަމާއެކު އެތަނުން ތެދުވަމުން ތުންއަނބުރާލަމުން އެތަނުންދާން ހިނގައިގަތެވެ. ދެންމެ ވާން އުޅުނު ކަންތަކާހެދި ކުއްލި ސިހުމެއްލިބި މޭމަތީގައި އަތް ޖައްސާލައިގެން ހިޝާން އިންގޮތް ފެނުމުން އިމީ ހުރީ ބަނޑުގައި އުތުރި އަރަމުންދިޔަ ހިނިގަނޑު ބޭރުވެދާނެތީ އަނގަލައްޕައި ބާރުކޮށްލައިގެންނެވެ. ” ކޮންކަހަލަ މީހެއްތަ އެއީ؟! ސައިކޯ…” ބޯކަހާލަމުން ސޯފާއިންތެދުވެ އެހެން ބުނެލަމުން ހިޝާން އިމީއަށް ބަލައިލިއެވެ. ހިޝާން އެހެން ބުނެލުމާއެކު އިމީގެ މޫނުމަތިން ސީރިއަސްކަން ދައްކަމުން އިމީ ދެލޯ ބޮޑުކޮށްލިއެވެ. ” އޯހްހްހް… އައިއެމް ސޮރީ….” މެހެރުއްނިސާއަކީ އިމީގެ ބޮޑުދައިތަކަން ހަނދާންވުމުން ނިތްކުރީގައި އަތް ކާތާލަމުން ބުނެލިއެވެ. “ހަހަހަހަ… ފިލްމުތަކުންވެސް ފެންނަނީ މުޅިންވެސް ފިރިހެނުން، އަންހެން ކުދިންގެ އިއްޒަތް ލޫޓުވާތަން… އަދި އަލަށް މިފެނުނީ އަންހެނަކު ފިރިހެނެއްގެ އިއްޒަތް ލޫޓުވާލަން އުޅޭތަން… ހަހަހަ….” ބަނޑަށް ހިންދާލައިގެން ހުރި ހިނިގަނޑު ފަޅާއިގެން ދިއުމުން ، އިމީ ހެމުން ހެމުން ބުނެލިއެވެ. ******* “މެހެރު އާންޓީ ހިޝާންއާ ހެދީ މޮޔަވެދާނެހެން ކުރިންވެސް ހީވިއޭ… ވަރަށް ޒުވާން ބިޓުން ބޭނުންވާ މީހެއް އެއީ…” ހިޝާންއާ ދިމާކޮށްލަމުން، އެވަގުތު އަނެއްކާވެސް އިމީ މެސެޖްކުރިއެވެ. ” އެ އޭޖްގަވެސް ކިހާ ހޮޓް ހުންނަލެއް.. ހެހހެހެ…” އެރޭގެ ބޮޑުބައި ޗެޓްކުރުމުގައި ހޭދަކުރުމަށްފަހު ހިޝާންއާ އިމީ ވަކިވީ ވަރަށް އަވަހަށް ބައްދަލުކުރަން ވަޢުދުވަމުންނެވެ. ހިޝާން ހުރީ އިމީ ދެކިލާހިތުން ކެތްމަދުވެފައެވެ. ދިރިއުޅުމުގައި ކުރިއަށް ފިޔަވަޅު އަޅައި، މާޒީވެ ދިޔަތަން ދޫކޮށްލައި އަލުން އާފެށުމަކުން ލޯބީގެ ދަތުރުވެސް ފަށަން ނިންމައިގެންނެވެ. ޔަގީނުންވެސް މިފަހަރު އޭނާގެ އެ ދަތުރުގެ ބައިވެރިއަކީ އިމީއެވެ. ފަލަކުގައި ރަނުގެ ދޯދިތައް ދިއްލަމުން، ކަނޑުގެ ނިވަލުގައި ފޮރުވިލަން އިރު، ތައްޔާރު ވަމުންދަނީއެވެ. އެވަގުތު އުދަރެހަށް ވެރިވެފައިވާ ތަފާތު ކުލަތަކާއެކު އޮއްސެން އެދާ އިރަށް ބަލަހައްޓައިގެން ބަލްޚާ އިނީ ޖައިޝްގެ ކޮނޑުގައި ބޯއަޅާލައިގެންނެވެ. ދިރިއުޅުން ދެކަފިވެ، ދިރިއުޅުމުގެ ހުންގާނު އަތުން ބީވާން ތައްޔާރުވަމުންދާ ކަމުގެ ވޭނީ ޢާހެއްގައެވެ. އިނާޒާގެ ހާލަތު ދުވަހަކަށްވުރެ ދުވަހެއް ގޯސްވަމުންދާތީ، އިނާޒާއަށްޓަކައި، އަނުމްއާ ދެއަންބަށް ކައިވެނިކުރަން އިނާޒާއެދެމުންދާ ދިއުމާމެދު ޖައިޝް ހުރީ ގޮތް ހުސްވެފައެވެ. ބަލްޚާ އިނީ އިނާޒާގެ އެއެދުމުން މަނާވެ ގަންނަން ޖައިޝް ކައިރީ އެދޭނެހާވެސް ހިތްވަރު ނުލިބިފައެވެ. އަމިއްލަ ނަފްސުގެ އުނިކަމާއި ނުކުޅޭދުންތެރިކަން ހިތަށް އަރާފައެވެ. އެއާއިލާގެ ދަރިފަސްކޮޅު ދެމިގެން ދިއުމުގައި ޖައިޝްއަކީ މުހިންމު މީހަކަށްވާތީ، އެކަން އޭނާ މަނާ ކުރާނީވެސް ވަކި ކޮން ދުލަކުން ހެއްޔެވެ؟ އެހާ އަމިއްލަ އެދުން ކުރިއަށް ނެރޭކަށް އޭނާ އަކަށް ނުކެރޭނެއެވެ. ” މަށަށް މައްސަލައެއްނެތް… އެކަމަކު… ޖައިޝް…… އަހަރެން ދޫކޮށް ނުލާތި…..!” އަމިއްލަ ލޯބިވާ ފިރިމީހާ އެހެން އަންހެނަކާ ހިއްސާކުރަންޖެހުމަކީ ކިހާ ބޮޑު ވޭނެއްކަން އެނގޭނީ އެފަދަ ކަމެއް ދި،މާވުމުންނެވެ. އަނުމްއާ ކައިވެނި ކުރުމަކީ ޖައިޝްވެސް އެދޭގޮތެއް ނޫނެވެ. އިނާޒާގެ އާދޭހާ ހެދި ޖައިޝް މަޖުބޫރުވެފައި ހުންނަ މިންވަރު ބަލްޚާއަށްވެސް އެނގެއެވެ. އަނެއްކޮޅުން ޖައިޝް ބައްޕަ އަކަށް ވާން ބޭނުންވާ މިންވަރުވެސް ބަލްޚާއަށް ވަނީ ވަޒަންކުރެވިފައެވެ. އެފަދަ […]