ކައިވެނިކޮށް ނިމުނު ވަގުތު ހީވީ އެތަނަށް ކަރުދާހުގެ ތޫފާނެއް އައިހެންނެވެ. ކަރުދާސްތައް ފައިބައިގަތް ވަގުތު އެތަނުގައިވާ އެއްމެންނަށް މައްޗަށް ބަލާލެވުނެވެ. ކުދިކުދިކޮށްފަހުރި ކަރުދާސް ކޮޅުތައް މުޅިގޭތެރޭ އެކީއެކަށް އޮތެވެ. ޒިޔާދުއާ ނިސާދުގެ ބައެއް ރައްޓެހިން މަތީގައި ތިއްބެވެ. ނިސާދު ހީލުމުން ޒިޔާދު އަވަސް ފިޔަވަޅުތަކެއް އަޅަމުން ސިޑިން ފައިބައިގެން އައިސް ނިސާދުގެ ގައިގާ ބައްދާލިއެވެ. އުފަލުންނެވެ. “ޒިޔާ މީ ކޮންކަމެއްތަ؟ހާދަ ކަރުދާހެއް..” ވަށައިގެން ބަލާލަމުން ނިސާދު ސުވާލުކޮށްލިއެވެ. “މީ އަހަރެންގެ ކަމެއް. މިކަރުދާސް އަޅަށް މިގޮތަށް ރޭވީވެސް […]
“ސާބަސް މަހީކުރީ އަދި އެސޮރާ ހިތާވީކަމަށް” އަލްޔާގެ ކޮޑުގައި ޖަހައިލަމުން ޝަރާ ބުނެލިއެވެ. ޝަރާ އުންމީދު ކުރި ކަހަލަ ވާހަކައެއް ނޫން ކަން އެނގުމުން ޝަރާ ހުރީ ފޫހި ވެފައެވެ. “ޝަރާ، އަލް މިއުޅެނީ މާލެ ދާންވެގެން!” އަލްޔާ މޫދުބަލަން ހުރެ ބުނެލިއެވެ. “ކީކޭ؟! ނުވާނެ އެހެންޏެއް އަލްޔާ ކިހިނެއް މާލެ ދާނީ؟!” ޝަރާއަށް ގަބޫލު ނުކުރެވިގެން ހައިރާން ވެފަ އަހައިލިއެވެ. “ނުނެކޭ ހަމަ އަސްލު ވެސް މިއުޅެނީ ދާންވެގެން، މާދަން ހެނދުނު ފުރަން” އަލްޔާ ދޮންވެލި […]
ހަތަރު ކުދިން އިންތިޒާރު ކުރަމުން ދިޔައީ ޔަލްވީގެ ޚަބަރެއް ވާނެ އިރަކަށެވެ. އެކުދިން އެހެން ތިއްބާ މެންދުރު ނަމާދު ކޮށްލައިގެން ނުކުތް ހަލީމާވެސް އައިސް އެކުދިންގެ ގާތުގައި އިށީނެވެ. ހަލީމާ އައިތާ މާގިނައިރެއް ނުވަނީސް ގޭތެރެއިން ނުކުތް ސުލައިމާނުބޭ އާއި ރުޤްޔާ ކިޔަވާ މީހާ ފެނުމުން މިޝަލްމެނަށް ކޮޅަށް ތެދުވެވެނެވެ. އެމީހުންގެ ފަހަތުން ފަހުމީވެސް ނުކުމެގެން އައިސް އެންމެން މަޑުކޮށްލީ މިޝަލްމެންގެ ގާތުގައެވެ. _______________________________________- “އަހަރެން ތިން ދުވަސް ވަންދެން ކިޔަވަން އަންނާނަން….. ވަރަށް ގިނަ […]
“ޕްލީސް އަޝްފާން. އަހަރެން ދާންވެއްޖޭ..” ޔުމްނާ ގަދަކަމުން ކަހަލަ ގޮތަކަށް އަޝްފާންގެ އަތް ފޮޅުވާލަމުން ދުއްވައިގަތެވެ. އެވަގުތު ވިހުރިގެން ދިޔަ އޭނާގެ އިސްތަށިގަނޑުން ބައެއް އަޝްފާންގެ މޫނުމަތީގައި ބީހިލިއެވެ. އޭރު އަޝްފާންގެ ދެލޮލުން ރޮނގަކަށް ކަރުނަ ފައިބައިފައި ހުއްޓެވެ. އެއްއަތުގައި ޔުމްނާ އޭނާއާ ހަވާލުކުރި ފޮތް އޮތެވެ. ފުރަން ތައްޔާރުވެފައި އޮތް ލޯންޗަށް އަރާފައިވެސް ޔުމްނާއަށް ބެލެމުން ދިޔައީ ބަނދަރު ކައިރީގައި ހުރި އަޝްފާނަށެވެ. އަޝްފާން ދެރަވެފައިވާތަން ފެނުމުން އެހިތަށް ތަދުވަމުން ދިޔަ ނަމަވެސް ކެތްކޮށްލައިގެން އިނީއެވެ. […]
އެރޭ އައިޒަން އަށް ނިދަންވެސް އުނދަގޫވިއެވެ. ދެލޯ މަރާލާއިރަށް ފެންނަނީ އެ ފަންމިންޏެއްހާ ރީތި އަންހެންކުއްޖާގެ ރީތި ދެލޯ ފެންކަޅިވެގެން ދިޔަ ގޮތެވެ. އެ ބޮޑުދެލޮލަށް ކަރުނަ ޖަމާވެގެން އައިގޮތެވެ. ގައިމުވެސް ސަބަބަކާއި ނުލާ އެހާ ކުޑަ ކަމަކަށް މީހަކު ދެރައެއްނުވާނެއެވެ. ނޫނީ ހަމަ އަންހެނުން އެހާ ކަންތަށް ދައްކަން ބޭނުންވަނީއެވެ. މައްސަލަގަނޑެއް ޖައްސަން ހަމަ ބޭނުންވަނީއެވެ. އަންހެނުންނަކީ އެކަހަލަ ބައެއްތާއެވެ. ކޮންމެއަކަށް މިފަހަރު މާފަށް އެދެން ޖެހިފައި މިއޮތީ އައިޒަންއަށެވެ. އެތަށް އިރަކު ނިދިން […]
ވަރަށް ބޯކޮށް ވާރޭ ވެހެމުންދިޔަ ރެޔެކެވެ. އަހަރެން ދިޔައީ ފްރެންޑެއް ބުނެގެން އޭނަ ބަލާ ޓަރމިނަލް އަށެވެ. ރާއި އަކީ އަހަރެންގެ އެންމެ ގާތް އެކުވެރިޔާއެވެ. ވެހޭހައި ވާރެއަކާ ދޭހައި އައްވަކަށް ރާއި ބުނެފިއްޔާ އަހަންނެއް ނުބަލަމެވެ. ރާއި ނަގައިގެން އަހަރެންގެ ސައިކަލުގައި ދެންދިޔައީ ކޮފީއެއް ބޯންށެވެ. އަތިރިމަތީގައި ހުރި ކޮފީ ޝޮޕަކައް އަރައި ބެލްކަނީއާ ޖެހިގެންހުރި މޭޒެއްގައި ޖައްސައިފީމެވެ. “ކޮބާ ބްރޯ؟ އިންޑިއާގެ ހުރުން ކިހިނެތް؟” އަހަރެން ރާއި އާއި ސުވާލު ކޮއްލީމެވެ. “ރަނގަޅު. ގޯހެއްނޫން. […]
ލާމިހްއައް ހީކުރެވުނީ ހުސެން ސަމާސާ ކުރަނީކަމަށެވެ. ހާސްކަމުގެ ތެރެއިން ހިނިގަނޑެއް ޖަހާލަމުން ހުސެންގެ މޫނަށް ބަލާލީ އެއީ ސަމާސާއެއްތޯ ޔަގީން ކުރުމުގެ ގޮތުންނެވެ. ނަމަވެސް ހުސެންގެ މޫނުމަތިން ފެނުނީ ހަމަ ކުރިންވެސް ފެނުނު ސީރިއަސް ކަމެވެ. ލާމިހްގެ އަނގައިން ވޭނީ އާހެއްގެ އަޑު އިވިގެންދިޔައެވެ. ބުނާނެ އެއްޗެއް ނޭނގިފައި އިނދެވުނީ ހިތަށް ކުރި އަސަރެއްގެ ބޮޑުކަމުންނެވެ. “ބަޓް ޝީ ލުކްސް ސޯ ޔަންގް” ލާމިހް އަށް އަދިވެސް ގަބޫލްނުކުރެވެނީއެވެ. މީހެއް ހުންނަ ގޮތަކުން ނުވަތަ މީހެއްގެ ސިފައަކުން […]
ރަޔާހީންގެ ހިތަށް ބީހާލްގެ ނަން އައިސް ވަނީ ހަމަ ކުއްލިއަކަށެވެ. އޭނާ ބީހާލަށް ގޮވާލަން އަނގަ ހަރަކާތްކޮށްލި ވަގުތު މާކިލް ހުށިޔާރު ކަމާއެކު ރަޔާހީންގެ އަނގައަށް ފޮތިތަކެއްކޮށްޕާ އެއްޗަކުން ބަނދެލިއެވެ. ރަޔާހީން ދުވަހަކު ވެސް މިހާ ބިރުގަތް ވަގުތެއް ނާދެއެވެ. އޭނާ ދެލޯ ބޮޑުކޮށް މާކިލް އަށް ބަލާލީ ކިޔަން ލައްކަ އެއްޗެއްހި ހިތަށް އަރުވައިގެންނެވެ. ނަމަވެސް އޭނާގެ އަނގައިން އެންމެ ބަހެއް ވެސް ނުކިޔުނެވެ. ރޮވިފައިވާ ދެލޮލުން މާކިލް އަށް ބަލަން ހުރެވުނީ އާދޭސްކުރާ […]
” ދޮންބެ ތިދައްކާ ވާހަކައެއް އަހަންނަށް އެއްގޮތަކަށްވެސް ނުވިސްނޭ.. ތިބުނާ ފަދަ ގުޅުމެއް އަހަރުން ދެމީހުންގެ ދެމެދު ނޯންނާނެ” އަމިއްލަ ކުށެއް ނެތް ކަން ސާބިތުކުރަން މަސައްކަތް ކުރަމުން އާރާވް ބުންޏެވެ. ” އާރާވް ޕްލީޒް.. އަހަރެން މިދެލޮލުންނޭ ދުށީ އަހަރެން ކައިވެނި ކުރި ރޭ އާރާވް އަރުޝީ ކައިރީގައި ކުރި އާދޭސް.. ސޯ ޕްލީޒް… އާރާވް މިތަނުން ދޭ..” ޒިވާންގެ ޖުމްލައިން އާރާވްއަށް އިތުރަށް އެއްޗެއް ބުނާކަށް ނުކެރުނެވެ. އެރޭގެ އެމަންޒަރުން ޒިވާން މާނަ އެނެގީ […]