Skip to content
އެސްފިޔަ

ލޯބިވާ..

ދުލުން ކިޔާލެވޭ ބަސްތަކަކުން ލޯބި ހާމަ ކޮށްލެވިދާނެބާވައެވެ. އިއްތިފާގަކުން ލޯބި ނުވާނެކަން އަހަންނަށް އެގެއެވެ. އަހަންނަށް މިކަމުގައި ނޭގެ އެއްވެސްކަމެއް ނުވާނެއެވެ. މާބޮޑަށް ކަންކަން އެގިގެން އުޅޭ މީހުންގެ ޙައްގުގައިވެސްމެއެވެ. އަހަރެންގެ ދެ ފަރާތުގައި ވަނީ ގޮތް ދޫނުކުރާ ގޮތެއް ފޮތެއް ނެތް އަންހެންބައެކެވެ. ދޮގާ މަކަރުން ފުރިގެންވާ މި ކުޅިވަރުން ނުކުންނަން މަސައްކަތްކޮށް ކޮށް އަހަރެން ވަރުބަލިވެއްޖެއެވެ. އެކަމަކު ދޮގުވެރި އުއްބައްތި އަނދާ ހުލިވަނީއެވެ. އަދި ވާހަކަ އަނބުރާ އޭގެ ފެށުމަށް އައީއެވެ. އޭގައިވާ ރާގުތަކަކީ ކޮބާ ހެއްޔެވެ. މި ލޯބި، ތެދުވެރިބާވައެވެ. އެހާ ދުރަށްގޮސް މަގު ގެއްލިފަވެސް އަނބުރާ އައިސް އަހަރެން ހޯދީއެވެ. މިއީ އަހަރެންގެ ، އަހަރެންގެ އަމިއްލަ ދިރިއުޅުމެއް ނޫންބާވައެވެ. މި ނަސީބަކީ ހަމަ ހަޤީޤަތުގަވެސް އަހަރެންގެ ނަސީބު ބާވައެވެ. އެހާ ދުރަށް ގޮސްފަވެސް އަނބުރާ އަހަރެންހޯދީ، އަހަރެން ފެނުނީވެސް ހަމަ ނަސީބު ބާވައެވެ. އެއީ ލޯބި ނަމަވެސް އެލޯބި އަހަންނަށް ކިޔާލާ ބަސްތަކަކުން ދޭހައެއްނުވެއެވެ، ލޯބި ދުލަކުން ދޭހައެއް ނުވާނެއެވެ.

ދުވަހަކީ މޫސުންރީތި ނަލަ ދުވަހެކެވެ. މީސްތަކުން އެމީހުންގެ ދުވަހުގެ މަސައްކަތްތަކާއިގެން އުޅުނީ ވަރަށްވެސް ބުރަކޮންނެވެ. ކާރޫބާރޫ ބޮޑު ބޮސްފޮރަސް ބްރިޖްމަތިން ހުސްރަސްކޮށް އަންނަމުންދާ ހެލިކޮޕްޓަރ އިން ބޭފުޅެއްގެ އިންތިޒާރުގައި މާސިޑީސް ބެންޒް ކާރެއްގައި ސާއިދު އައިސް އިނީ ވަރަށްވެސް ތައްޔާރުވެގެންވެ. ވަނީވެސް އެހެންނެވެ. ވަރަށް ފުރިހަމަ އަށް ކާރުވެސް އެހާމެ ފުރިހަމަޔަށް ރީތިކޮށްގެން އައިސް އެއިނީ އޭނަ މަސައްކަތްކުރާ ކުންފުނީގެ ވެރިޔާގެ ދަރިފުޅު ބަލައެވެ. ކާރު އެތެރޭގައި އިނދެފަ އިރުއިރުކޮޅާ ބިއްލޫރި ތިރިކޮށް ކާރު ބޭރުގައި އިނގިލިޖައްސާ ހިރަފުސް ހުރިތޯ ބަލާލައެވެ. އަދި ގަޑިވެސް ބަލާލައެވެ. މިހެން އިންދާ ހެލިކޮޕްޓަރ ޖައްސަން ކައިރިކުރާތަން ފެނުމުން ސާއިދު އަވަހަށް ބޭރަށް ނުކުތެވެ. ހެލިކޮޕްޓަރ ޖެއްސުމާއި އެކުހެން ދޮރުހުޅުވާލާފައި ފުރަތަމަވެސް ނުކުތީ ސާއިދު ބޮސްގެ ދަރިފުޅު ކައިލްއެވެ. ކައިލް ސާއިދު ފެނުމާއި އެކު ހީލާ ބޯޖަހާލިއެވެ. އަދި ސަލާމްކޮސް ސާއިދު ކާރުގެ ދޮރުޅުހުވުމުން ކާރަށް އަރާ އަވަހަށް ދާންހިނގާށޭ ބުނެލިއެވެ.

“އޮފީހަށްތޯ ..ނޫންނަމަ ގެއަށްތޯ” ސާއިދު ޔަޤީން ކޮށްލުމަށް އަހާލިއެވެ. ” ނޫން ގެއަށް ދާން ހިނގާ.. ހެނދުނުގެ ނާސްތާ ގޭގައި ކުރަން ބޭނުންވަނީ” ކައިލް މިހެން ބުނުމުން ސާއިދު ކާރު ދުއްވާލިއެވެ.

ގޭގައި ކައްކަމުންދިޔަ މީރު ކާއެއްޗެހީގެ ވަހަށް މާޔާ ދިޔައީ ނިދީގައިހެން އޭނަ ކުރިމަތީ އަނެއް އެނދުގައި އޮތް ނިޝާ އާއި ވާހަކަދައްކަމުންނެވެ. ” އަހަންނަށް ހުވަފެނުގައި ހާދަ މީރު ކާއެއްޗެހީގެ ވަސް ދުވާހެން ހީވިއެވެ” މާޔާ ކަންނެތްވެފައި ވާހަކަ ދައްކަމުން ދިޔަ ނަމަވެސް ނިޝާ އޮތީ ހޭލައެވެ. ” މާޔާ އަށް ހުވަފެނެއްގައެއް ނޫން.. މަށަށްވެސް އެބަ ދުވާ.. ދެން ތެދުވެ ކާންވީނު” ނިޝާ މިހެން ބުނުމާއި އެކު އެނދުން ފައިބަން އެނބުރުނުގޮތުން މާޔާ ވެއްޓުނީ އެނދުކައިރީ ކާޕެޓް މައްޗަށެވެ.

“ތެދުވާން އުޅޭ .. ކަންނެތް ކުދިންތަކެއް ހުވާ މީ، ކޮން އިރަކުންތަ މާޔާ މަންމަ އަންނަނީ” ހަރުކަށިކަމާއި އެކު ވާހަކަ ދައްކަމުންދިޔައީ  ނިޝާގެ މަންމަ އެވެ. މާޔާ އަކީ ނިޝާމެން ގެޔަށް ކިޔަވަން އައިސް ހުރި ކުއްޖެކެވެ. މާޔާގެ ދަބަހާ ފޮށި ނަގާ ނިޝާގެ މަންމަ ރަފިއްޔާ ދިޔައީ ޕެކް ކުރަމުންނެވެ. “ކީއްވެތަ މަގޭ ހެދުންތަކާއި އެއްޗިހި ފޮއްޓަށް ތި އަޅަނީ” މާޔާ ތެދުވެގެން އައިސް ސުވާލުކުރަން ފެށިއެވެ. ” މާޔާ ބައްޕަ އެންގި ގޮތް މިއީ.. މަޔާ އަށްވެސް އެގޭނެ މާޔާ ބައްޕަ އެގޮތަކަށް ނިންމުމަށްފަހު އެއަށްޖެހޭނީ ޢަމަލްކުރުމަށް، މާޔާ ބައްޕަ ބުނީ މާޔާގެ ކިޔެވުން ނިމުނީއޭ، އަދި މާޔާއަކަށް އަމިއްލައަކަށް ވަޒީފާ އެއް ނުހޯދޭނޭ ވީމާ މާޔާ އަނބުރާ ގެޔަށް ފޮނުވާށޭ”

ނިޝާގެ މަންމަގެ ވާހަކަތައް އަޑުއިވިފަ މާޔާ ހުރީ ހުއްޓުން އަރާފައެވެ. ދާން ބޭނުން ނުވެފައެވެ. ” ހަމަ ހުވާ މިއީ މާޔާ ބައްޕަ ބުނި ވާހަކަ، އަހަރެން އަމިއްލައަށް ދައްކާ ވާހަކަތަކެއް ނޫން”

” ތިއީ ހަމަ ބައްޕަ ބުނި ވާހަކަތަކެއްތަ، އެކަމަކު އަހަރެންވެސް ބައްޕަ އާއި ވާހަކަ ދެއްކިން، ބައްޕަ ނުބުނޭ ތިކަހަލަ އެއްވެސް ވާހަކައެއް” މާޔާ އަކަށް ނުހުރެވިގެން ވާހަކަ ދައްކަން ފެށިއެވެ.

“އާނ ދަރިފުޅާ، އޭނަ މާޔާކައިރީގައި އެއްވެސް އެއްޗެއް ނުބުނާނެ. މަގޭ ދިރިއުޅުންވެސް ހަލާކުކޮށްފަ އެހުރީ” ރަފިއްޔާ ރުޅިވެރި ރާއްގެއްގައި ބުޏެލިއެވެ.

” ބައި ބައެ މާޔާ” ދެމީހުންގެ ޒުވާބު އަޑު ނާހަންވެގެން ނިޝާ ބޯމަތީގައި ބެޑްޝީޓް އަޅައިގެން އޮންނަމުން ބުނެލިއެވެ.

ދަތުރުގެ ދިގުކަން އިޙްސާސްވަމުން ދިޔަ ކައިލް އިނީ ކާރުތެރޭގައި ފޫހިވެފައެވެ. އައިޕެޑް ނަގައިގެން ތިން ހަތަރު ވީޑިއޯ ލަވަ ޕްލޭކޮށްފެސް ގަޔާ ނުވެގެން ހުއްޓާލީއެވެ. ކައިލްއަށް ސިހުމެއް ލިބުނީ ގަދަ އަޑަކާއި ލަންބާގިނީ އެއްގައި ކައިލްގެ ކާރާއި ކައިރިކުރި އޭނަގެ އެއްބަފާ ކޮއްކޮ ހުޝާމް ފެނުމުންނެވެ. ހުޝާމް އަކީ ކައިލް ހެން މަޑުމައިތިރި މިޒާޖެއްގެ މީހެއްނޫނެވެ. ކައިލްއަކީ ވަރަށް ހަލަބޮލި މިޒާޖެއްގެ މީހެކެވެ. އަދި ޖެއްސުންކޮށް ފުރައްސާރަކުރުމަކީ ހުޝާމް ވަރަށް ގަޔާވާކަމަކަށް އޮންނަނީވެފައެވެ. މިފަހަރުވެސް ވީ އެހެންނެވެ. ކައިލް ދިޔަ ކާރަށް ވުރެ ބާރަށް ދުއްވާ ހިތްވީއެވެ. ނަމަވެސް ސާޢިދުއަށް އެކަން ފާހަގަކުރެވި ސްޕީޑް ބާރުކޮށް ހުޝާމްއަކަށް ކުރިއަށް އެރުމަށް ފުރުސަތެއް ނުދިނެވެ. މިގޮތަށް ގޮސް ކައިލްމެން ގޭގެ ދޮރާއި ހަމަޔަށް ދެކާރަށްވެސް ދެވުނީ އެއްފަހަރާއެވެ. އެކަމަކު ސާއިދު ގޭޓަށް ކުރިން ދިމާކުރިއެވެ. އަދި ބިއްލޫރި ތިރިކޮށް ހުޝާމުއާއި ދިމާލަށް ނިތްކުރި އަރުވާލިއެވެ. އެހެންނަމަވެސް ކައިލް ސާއިދު އަށް ކާރު ފަހަތައްޖައްސާ ހުޝާމު ކުރިން ވަނުމަށް ފުރުސަތު ދިނުމަށް އެންގުމުން ސާއިދު ކާރު ފަހަތައް ޖައްސާ އެފުރުސަތު ދިނެވެ.

“ހުޝާމް ވަރަށް ބޮޑުވެއްޖެދޯ މިހާރު، އަހަންނަށްވެސް ޖެއްސުން ކުރަން ފެށީތަ ” މަޖާ ރާގަކަށް ކާރުން ފައިބައިގެން އަންނަމުން ކައިލް ހުޝާމާއި ދިމާލަށް ބުނެލިއެވެ. ” އެއްމެ ބޭބެއަކުން މުޅި ގެ އެބަ ހިންގާލެވޭ..  އަދި އަހަރެންގެ މިހުރީ އަހަރެންގެ ހާލާތާއި މެދު ރުހިގެން.. ވެލްކަމް ބްރޯ” ހުޝާމް ކައިލްއާއި ބާއްދާލަމުން ބުނެލިއެވެ.

“އެކަމަކު ރަގަޅަށް ޢަމަލްކުރީ އަހަރުމެން އިނގޭ..  ހުޝާމް” ސާއިދުވެސް އެމަޖަލުގައި ބައިވެރިވެލިއެވެ.

“ހުޝާމް، މިއަދު ހުމްމް… އިންނާނެ އަހަރުމެންގެ މީޓިންގ އެއް، ހުޝާމް ވާނެ އަންނަން، އިޓްސް އެބައުޓް ޔުއަރ ރިކުއެސްޓް” ކައިލް ގަޑި ބަލާލަމުން ބުނެލިއެވެ.

” އޯކޭ.. އޭރަށްވާއިރަށް ބޭބެ ދޭ މާމަގެ ސުވާލުތަކަށް ޖަވާބުދޭން.. އަހަންނަށް ހީވަނީ ސުވާލުތަކަށް ޖަވާބު ދެމުންގޮސް ބޭބެ ވަރުބަލި ވާ އިރުވެސް މާމަގެ ސުވާލުތައް ހުސް ނުވާނެހެން” ބަގީޗާތެރޭގައި ގަސްތަކަށް ފެން ދޭން ހުރި ކައިލްގެ މާމަ ދައްކަމުން ހުޝާމް ބުނެލިއެވެ.

” އާނދޯ އެކަމަކު އަވަސްކުރާތި.. މީޓިންގ އަށް ޓައިމަށް ދާންވާނެ” ހުޝާމް ސިޑިން އަރަން ފެށުމުން ކައިލް ބުނެލިއެވެ.

(ނުނިމޭ)

Comments (16)

  1. fathun

    oh wow.. kihiheh baa mivanee.. next part in adhi story feshigen dhaane hen heevanee

  2. Manna

    Vrh salhi

  3. sodhu

    excellent.. salhi story akah vaane.. interesting

  4. Nuz

    A copied version ey jahaafa ineema. Mee English noonee Dhivehi Story eh ge copy eh tha?

  5. Saee

    Copied story eh.. miii thurky drama eh.. ‘Ask laftan anlamaz’ kiyaa…??

  6. You

    Mi copy ya

  7. dhifna

    mi copy eh.. namaves mi akun ahannah ehves mahsala eh nufenunu.. mi ee drama ehge copy eh. adhi liyun theriya ebain copied ey jahaafaves.. meehaku liyefa in vaahaka eh ein gothah copy past kurumakee mahsala eh namaves filmeh balaigen vaahaka eh liyun thafaathu.

  8. dhifna

    e noonas mi is ee mubaaraathakah husha halhaa vaahaka thakehtha maa gavaaid vegen..

  9. Shifu

    Mii copyed vaahaka eh.. mii ask laftan anlamaz kiyaa thurky drama eh

  10. Innnku

    Hayat n murat ge copy eh..
    Go go..
    Best of luck..

  11. Shemy

    Mi ee Ask laftan anlamaz..

  12. Pinktish cutie?

    Heheh hayat and Murat ge story….. Its great idea to re write this lovely story in dhivehi…… Best of luck shaam???

  13. Ask lagta ankamaz

    Hayat and murat ulhey series gothah midhany. V salhi vaane. Keep going. Its Interesting. Wow. Waiting

    1. ***Ask lafta anlamaz
      Ask lagta ankamaz

      “

  14. aish

    Very nice

  15. shelly

    hayat ge mom eyy eii and that is hayat ge aunt ge house asli and ipek was her roommate

Comments are closed.