Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ގޮއްޔެ(ބާބު2) ހަތްވަނަ ބައި

saana Level 110 Stories
August 30, 2017 4 Mins Read
11 Comments

ފަރުޝާ އާއި ފަރީޝާގެ ދެމަފިރިން އަަދިވެސް ދަތުރުން ބޮލަށް އަރާފައި ހުރި އެނބުރުން ނުފިލާތީ ކޮޓަރީގައި ޖައްސާލައިގެން ތިބީއެވެ. ރީނާއާއި ސަމާއަށް ލިބިފައި އޮތްމިނިވަންކަމެއްގެ ސަބަބުން ކޮޅުކޮޅު މައްޗަށް އުދުހެނީއެވެ. ދުއްވާއެއްޗެއްގެ ބިރެއް ނެތި މަގުގައި އުޅޭނެ ގޮތަަކަށް އުޅެން ލިބުނީމައި އެކުދިންނަށް އުފަލަކުން ގޮތެއް ނެތެވެ. ސުލައިމާނުގެ އެންމެ ހަނގު ދަރިފުޅު ނަހާ އާއި އެކު ރަށުގެ ފުއްޓަށްފަރާތައްވީ ގޮހެވެ. ސަލްމާއާއި ފާތުމަތާ ދެމީހުން ހަވީރު ފިނިޖެހިލީމައި ނިކުތީ އަތިރިއަށެވެ.

ހަވީރުފިންޏަށް ކުޑަކުދިން ގޮަވައިގެން އަންހެން ވެރިން ހޮޅިއަށްޓަށް ނިކުންނަމުން ދެއެވެ. އެހެން ދުވަސް ދުވަހާ ޚިލާފަށް މިއަދު އެދިމާގައި މީހުންގިނަ ކަން ފާތުމަތު ފާހަގަ ކުރިއެވެ. އެއީ އިރުކޮޅަކުން އެރަށަށް ބަނޑިޔާގުރޫޕު އަންނާތީ އެވެ. އެމީހުނަށް މަރުޚަބާކިޔަން ތައްޔާރުވަމުން ދަނީއެވެ. މައުފަތިތަކެއް ތަންކޮޅެއް ދުރުގައި ހުރި މޭޒެއްގައި ބަހައްޓަފައިހުރިތަން ފާތުމަތު ދައްކާލިއެެވެ.

“ނިކަން ފޯރި ނަގާނެ އެހެން އަންނަ ގުރޫޕްތަކުން. އެހެރަ މާފަތިތައްވެސް އަޅުވާނީ ފިރިހެންކުދިން ، އެ ބަނޑިޔާ ގުރޫޕުގަ އުޅޭނީ މުޅިންވެސް މީހުނާ ނީންނަ ޅަ ކުދިންވިއްޔާ، ދެން ކިހާ މަޖާވާނެ.”

ސަލްމާވެސް ފާތުމަތާ އެކު ހިނިގަނޑެއް ޖަހާލިއެވެ.

“އެހެނޭ ކިޔާފަ އަހަރުމެން މިހާރު ކީއްކުރާނީ، މުސްކުޅިވީމަ ބަލާލާނެ މީހަކުވެސް ނުވާނުން. ”

“ދެން ދައްތަ ތިޔަހެން ބުނަޏަސް ގަބޫލެއް ނުކުރެވޭނެ. ހަމަ ޅިޔަނު މަރުވި ފަހުން އެހެން މީހަކާ އިންނާން ނޫޅޭތީ މީހަކު ނުވަނީ. އަހަރެން މީ ދައްތަ ނަމަ މިހާރު މީހަކު އަތުއަޅުވާލާފަ ހުންނާނީ..”

ހިނިގަނޑަކާއެކު ފާތުމަތު ، ފަހަރިއާއި ދިމާކޮށްލިއެވެ. ދެމީހުން ވާހަކައިގަ ތިއްބާ މީހުންތައް ފާލަމާދިމާއަށް މިސްރާބުޖަހާތަން ފެނުނެވެ. އޭރު ނެރުން އެތެރެއަށް ދޯންޏެއްވަދެއެވެ. ފިރިހެން ކުދިންތައް ސަފަކަށް މައުފަތިތައް ހިފައިގެން ތިއްބެވެ. ފަހަރަކު އަންހެންކުއްޖު ކަރުގައި އެތަނުން ފަހަރަކު ފިރިހެން ކުއްޖަކު ގޮސް މާފަތި އަޅުވައިދެއެވެ.

“އިދުރުދައިތާ……..އިދުރުދައިތާ” އެދިމާލުން އައި އަންހެން ކުއްޖެއް ނިކަން އަވަސް އަރުވާލާފައި ފާތުމަތަށް ގޮވަމުން އައެވެ.

“ކިޔެއްތަވީ ކަނބުލޯ” ފާތުމަތުވެސް އިންތަކުން ތެދުވެ އެކަމަށް ސަމާލުވެލިއެވެ.

“އަޅެ ކެރޭނެތަ ދޯނިން ފައިބާ ފިރިހެންމީހާގެ ކަރުގަ މާފަތި އަޅުވަން؟” އެކުއްޖާ އެހެން ބުނީމައި ފާތުމަތުގާތަށް އައީ ނުލަފާ ހިންޏެކެވެ.

“ދެން ޅަކުދިންކުރާ ކަންތައް ތައް ދައިތަމެނަކަށް މިހާރަކު ނުވާންނުން. ކަނބުލޮ ކީއްވެތަ އެކަން ނުކުރީ” ހެވިފަ ހުރެގެން ފާތުމަތު އެހެން ބުނުމާއެކު އެކުއްޖާ ފަސްއެނބުރި ބަލާލާފަ އަނެއްކާވެސް ފާތުމަތު އަތަށް ދަމާލާފަ ބުންޏެވެ.

“އެއީ އިދުރު ދައުތަމެން އުމުރު މީހެކޭ، އެހެންވެޔޭ! ދެން އަޅެ އާދެެބަލަ އަވަހަށް ” ސަލްމާމިވާހަކަ އަހަން ހުރެފައި އެކުއްޖާައާއި ދިމާލަށް ބަލާލާފައި ބުނެލިއެވެ. “ނިކަން ތިމީހަކު މަށަށްދައްކަބަލަ، ހުރިވަރެއް ބަލާލަން” ގަދަބަހަކަށް ސަލްމާ އެހެންބުނުމުން ސިހުންލިބުނީ ފާތުމަތަށެވެ. ސަލްމާއަށް ކެރޭނެބާއެވެ.

“ހިނގާދާން” އެކުއްޖާ ސަލްމާ އަތުގައި ހިފައިގެން ނިކަން ބާރަށް މީހުންގަނޑުގެ ތެރޭން ގޮސް ފާލަން މަތީ ވަކި ހިސާބެއްގައި ބަހައްޓާފައި އަތަށް މައުފަތި ދިނެވެ. އަދި އެތަނުން ފިރިހެން ކުއްޖަކަށްގޮވާފައި އާނ ދެން އެމީހާ ބާލާށޭ ބުނެލިއެވެ. ސަލްމާ އަވަސް އަވަހަށް ކަރުގައި އޮތް ދޯޕައްޓާ ރީތިކޮށްލާފައި ފަހަތުންވެސް އެއްވަރުތޯ ބަލާލިއެވެ. ބޮލުގައި އަތުން ދެފަހަރަކު އޮމާންކޮށްލާހެން އަތްކާތާލާފައިފުރަގަހުން އިސްތަށިގަނޑުވެސް ރީތި ކޮށްލިއެވެ. ނަސީބެކޭ ރީތިވެލައިގެން ނިކުމެވުނުކަން އެވަގުތު ހިތައް އެރިއެވެ. ކުއްލިޔަކަށް މީހަކު ކުރިމަތީ ހުއްޓުމުން ވިސްނާލަން ސިކުންތު ކޮޅެއްވެސް ނުލާ އަވަސް އަވަހަށް އެމީހާ ބޮލުން މައްޗައް ދެއަތް ދަމާލާފައި ކަރަށް މައުފަތި ވައްޓާލިއެވެ. އެޔާއެކުއެކީހެން އެމީހަކާވެސް މޫނުސީދާކޮށްލެވުނެވެ.

“އާތްޔޔޔ……………….” ސަލްމާއަށް އެވީގޮތެއް ، އަޑުގެ ކޮޅަށް އެބުނެވުނު އެއްޗެއްވެސް ނޭނގުނެވެ. އޭރުއޮތީ އެމައުފަތި އެމީހެއްގެ ކަރުގައެވެ. އެމީހަކީ ދެވަނަ ދެމީހެއްނޫނެވެ. ނަސީރެވެ. ނަސީރަށް މާކަ ބޮޑު ބަދަލެއް އައިސްފައެއްނުވެއެވެ. ތަންކޮޅެއް ފަލަވެލާފައި ހަރުކުލަ ޖެހިފައި ހުރިކަމެވެ. ލޯކައިރިން ކުޑަކޮށް ރޫކޮޅެއް ޖެހިލާފައި ހުއްޓެވެ. ކަންހުޅިޔާ ދިމާގައި ހުދު އިސްތަށި ކޮންމެވެސް ވަރަކަށް ހުއްޓެވެ. ސަލްމާއަށް ހުރެވުނީ އަނގަމަތީގައި ދެއަތް އެޅިގޮތަށް ދެލޯބޮޑުކޮށްގެން ބަލަހައްޓައިގެނެވެ. ނަސީރުތޯއެވެ. އެފަކީރުވެސް ހުރީ ހަމަ އެފަދަ ހާލެއްގައެވެ. ކުރިމަތީގައި ހުރީ ގޮއްޔެ ކަން ގަބޫލެއްވެސް ނުކުރެވެއެވެ. އެއީ ހަމަ ގޮއްޔެބާއެވެ. ސަލްމާއަށް އެވީ ގޮތުން އެއީ ގޮއްޔެ ކަން ނަސީރަށް ޔަގީންވިއެވެ. ކުރިންވެސް ޔަގީންނުވަނީ އެއްނޫނެވެ. ލޮލަށް ޔަގީންނުވީއެވެ. އެސޫރަ ހިތުގައި އޮތީ އެހެން ގޮތަކަށް ކުރެހިފައެވެ. މީހާއަށް ބަދަލުއަޔަތީ ލޯ ގަބޫލު ނުކުރީއެވެ. ގޮއްޔެ އަށް ހާދަބޮޑެތި ބަދަލު ތަކެއް އައިސްފިއެވެ. އޭރުގެ އެހުރި ބަނިޔާދަން ކަން ނެތި ގޮސް ހަށިގަނޑު ފަލަވެ ކުރީގެ ގޮއްޔެމުޅިން ގެއްލިއްޖެއެވެ. އެކަމަކު އަދިވެސް އެލޮލުގައި އެހުރި ބާރަކުން ނަސީރުފަކީރުގެ ހިތް ފިއްސާލައިފިއެވެ. މެޔާދިމާލުން ކަނާތް އަޅާލެވުނީ ހިތުގައި އަޅަމުންދިޔަ ވޭނަށް ކެތްވެވޭތޯއެވެ. ވަގުތާ ހާލަތު ދެމީހުންގެ އިޝްގަށް ތަނެއްނުދިނެވެ. ލިބުނީ ހަމަ ބަސްބުނެލާހާ ހިނދުކޮޅެކެވެ. ގާތުގައި ތިބި ލާނެއް ދެތިންކުއްޖެއް އަތްތިލަ ބަނޑި ޖަހާލުމާއެކު ޕަކަޕަކަ އަޅާފައި ހޭންފެށި އަޑުވެސް އިވުނެވެ. ގަތް ލަދާ ވެފައި ހުރިގޮތް ހަނދާނަށް އައުމާއެކު ދެމީހުންވެސް ފަހަތައް ޖެހިލާ ހަމަ ޖެހިލަން މަސައްކަތް ކުރިއެވެ. އެވަގުތު ފާތުމަތުވެސް އެހިސަބަށް އަރާ ހަމަ ކޮށްފިއެވެ.

“ދައްތަ ގަދަ އިނގޭ. މަހީވެސް ނުކުރަން ތިކަން ކުރަން ކެރޭނެއެކޭއެއް. ”

ސަލްމާ އެއްވެސް އެއްޗެކޭ ނުބުނެ ހިގައިގަތީ ގެޔާދިމާއަށެވެ. ހިތް އޮތީ އެފުއްމިފުށަށް ޖެހިފައެވެ. ހިނގަމުން ދިޔައިރު އަރިއަޅާލަން އުޅޭހެންވެސް ހީވެއެވެ. ފަހަތުން ފާތުމަވެސް ކޮންމެވެސް އަނގައެއް ތަޅަމުން އާދެއެވެ. އެހެން ނަމަވެސް އެޔަށް ފަރުވާތެރި ވެވޭވަރަށް ވުރެ މިއިންސާނާގެ ނަފްސުވަނީ ގެއްލިގޮސްފައެވެ. ބައެއްފަހަރު ވަޔާ ކުރިއަށް ގެންދާހެންވެސް ހީވެއެވެ. މުޅި ހަށިގަނޑަށް ލުއިކަމެއް އިހްސާސްވެގެންދާކަހަލައެވެ. ގޯތި ތެރެއަށް ވަދެވުމާއި އެކު އަވަހަށް ސަލްމާއަށް ޚާއްސަކޮށްފައި ހުރި ކޮޓަރިއަށް ވަދެ ދޮރުލައްޕާ ތަޅުލިއެވެ. އެޔާއެކު އިންތަނަށް ތިރިވެވުނީ ދެން އިތުރަށް އެދެފައިގައި ކޮޅަށް ހުންނާނެ ވަރު ނެތުމުން ނެވެ. ލޮލުން ހޯސްލާފައި ކަރުނަތައް ފައިބައިގަތެވެ. އެތައް އިރަކު އެހެން ދޮރުބުޑުގައި އިށީދެގެން އިނދެ އިނދެފައި މަޑުމަޑުން ތެދުވެ އެދަށް އެރި އެވެ. އެނދުގެ ފައިލާކޮޅުގައި ހުރަހަށް އޮށޯވެލިއެވެ. ކަރުނައިގެ ތެރެއިން ސިފަވަމުންދަނީ ދެންމެ އެވީގޮތެވެ. ނަސީރުބަލަހައްޓައިގެން ހުރި މަންޒަރެވެ. ދެލޮލުގައިވި ސިހުމެވެ، އެޔާއެކު އެފެނުނު ހައިރާން ކަމެވެ. މީހުންތައް އަތްޖަހަން ފެށުމުން އެމޫނުމައްޗައްވެރެވެގެން ދިޔަ ކުލަވަރެވެ. މިކުރެވުނީ ކިހާވަރެއްގެ ކަމެއްބާއެވެ. ހަމަ ގައަމުވެސް ފަހުދު ދުނިޔޭގައި ހުރި ނަމަ ވަރަށް ރުޅިއައީ ހެވެ. މީހެއްގެ ފިރިއެއްގެ ކަރުގައި މައުފަތި އަޅުވާދީގެންނުވާނެއެވެ. އެކަމަކު އެޔަށްވުރެ ސަލްމާ ބިރުގަތީ ނަސީރު ފެނުމުން ނެވެ. އެވެސް ހަމަ ހީވެސް ނުކުރާ ކަހަލަ ގޮތަކަށެވެ. އެތައް އިރަކު އެހެން އޮތެވެ. އެކި އެކި ޚިޔާލުތަކުން ސިކުނޑިބަރުކުރަނީއެވެ. އެހެން ނަމަވެސް ވީއެއް ނުވީއެއްނޭގި ސަލްމާއަށް ނިދުނީއެވެ. ހަށިގަނޑަށް މާ ބުރަބޮޑުވީ ތޯއްޗެކެވެ. ނިދުމަކީ އެކަން ކަމަށް އޮތް ވަގުތީ ހައްލެކެވެ. އަމިއްލަ ބާރަކާ ނުލާވެސް ނިދިޖެހިލަނީ އެހެންވެއެވެ.

**********

މަޢުރިބްނަމާދު ކުރަން ވެގެން ރީނާ ވުޟޫކޮށްްގެން ނިކުމެ ސަމާގާތު މާމަކޮބައިތޯ އަހާލީ އެހެންޏާ މިގަޑީގައި މާމައާއެކު ތިންމައިން ނަމާދު ކޮށް ޤުރުޢާން ކިޔަވަން އިންނާތީއެވެ. ރަށަކަށް އަޔަސް އެކަންއޮންނަންވާނީ އެހެންނޫންހެއްޔެވެ. ސަމާމިއަންނަނީ އޭ ބުނެފައި މާމަ ކޮބާތޯ އެއްތަނެއްބަލާފައި އަނެއްތަނެއް ބަލަމުން ގޭތެރޭ ހިގަންފެށިއެވެ. އެއްފަހަރުވެސް މާމަ ކޮޓަރި ބަލާކަށް ހަނދާނެއް ނެތެވެ. ފާތުމަތު ވީކީއްތޯ އެހުމުން މާމަ ނުފެނިގެންނޭ ސަމާބުނެލިއެވެ. ފާތުމަވެސް ދައްތާ ދައްތާ ގޮވަމުން ސަމާއާއެކު ހިގައި ގަތެއެވެ. ފަރުޝާއާއި ފަރީޝާވެސް މަންމަހޯދަމުން މަގަށް ނިކުތީ އެކަކުވެސް މަންމަ ކޮޓަރިނުބަލައެވެ. ފާތުމަތުު ހީކުރީ ސަމާ އެކޮޓަރި ބެލި ކަމަށެވެ. ސަމާ މާމަ ހޯދަން ދިޔަ ފަހުން ޚަބަރެއް ނުވެގެން ރީނާ ނަމާދު ދޮޅިއާއިއެކު ކޮޓަރިން ނިކުމެ ބަލާލިއިރު އެކަކުވެސް ފެންނާކަށް ނެތީމަ ދެން ދިޔައީ މާމަ އުޅޭ ކޮޓަރިއަށެވެ. އެކޮޓަރި ތަޅުލާފައި ހުރުމުން މާމަ އެތެރޭގައި އުޅޭކަން އެނގުނެވެ. ދެން ދެތިން ފަހަރަކު މާމައަށް ގޮވާލިއެވެ. ޚަބަރެއް ނުވުމުން އެޔަށްވުރެ ބާރަށް ގޮވަމުން ދޮރުގައިވެސް ތަޅައިގަތެވެ. ރީނާ އެތައް އިރަކު ދޮރުގައި ތެޅުމަށްފަހު ދެން ދުއްވައިގަތީ މަންމަހޯދާށެވެ. ގޯތިދޮރާށިން ބޭރަށް ނިކުންނަން އުޅެނިކޮށް ބޭރުން އެންމެން އެއްފަހަރާ އައިސްވަތްތަންފެނުނެވެ. ރީނާގެ މޫނު މަތިން ބިރާއި ހާސްކަން ފެނުމުން އެންމެންވެސް ވީކީއްތޯ އެހީ އެކުއެކީގައެވެ.

“މާމަ ކޮޓަރި ތަޅުލާފަ ، މާމަ އެބައުޅޭ އެތާ ހަމަ ޔަގީން، އެކަމަކު ތަޅާ ތަޅާވެސް ދޮރު ނުހުޅުވި”

އެހެންބުނުމުން ދެންތިބިމީހުންނަށްވެސް ހަމަ ޖެހުމުގެ ނޭވާއެއް ލެވުނެވެ. މިއޮތްހުރިހާ އިރު ބޭރާއެކީ އެމީހުން އެބެލީ މަންމަވީތަނެއް ނޭނގިގެންނެވެ. ކުރިންވެސް އެކޮޓަރި ބެލުނު ނަމަތާއެެވެ.

“މަންމަ ނަމާދަށް ހުއްޓާގޮވިއެކޭ ކިޔާފަ ހުޅުވާނެތަ، ދެން އިހަށް ހުރެބަލަ މާމަ ނިކުންނަންދެން” ފަރުޝާ ރީނާއާދިމާއަށް ބުނެލިއެވެ. އެކަމަކުވެސް މީހަކުނަމާދުކޮށް ނިމޭހާ އިރު މިހާރު ވެއްޖެއެވެ. އެހެންނޫނަސް ރީނާއަށް ގަބޫލުކުރެވޭގޮތުގައި މާމަ ރީނާއާއި ސަމާނުލައި މިގަޑީގައި ނަމާދަކަށް ނާރަނެއެވެ. އެކަމަކުވެސް މަންމަގެ ބަސްގަބޫލުކޮށްލައިގެން މަޑުން ހުރީއެވެ. ބައިގަޑިއިރު ވީއިރުވެސް ސަލްމާގެ ޚަބަރެއް ނުވުމުން ފަރުޝާ ވެސް ފަރީޝާވެސް ކަންބޮޑުވާން ފަށައިފިއެވެ. އެވަގުތަކީ ސުލައިމާނުވެސް ބޭރުން އައިސް ވަތް ވަގުތެވެ. ވެގެންއުޅޭގޮތް ފާތުމަތު ކިޔައި ދިނުމުން މުންޑުފައްކޮށްލާ އުނަގނަޑަށް އައްސާލުމަށްފަހު ކޮޓަރިއަކަށް ވަދެފައި ނިކުތީ ތަޅުދަނޑި ފަތްޗެއް ހިފައިގެނެވެ. ތަޅަށް ތަޅުދަނޑި ޖަހާލާފައި ތަޅު ހުޅުވާޅިއެވެ. ކޮޓަރިތެރޭގައި އަލިކަމެއް ނެތެވެ. ބަލާކަށް ނުހުރެ ސުލައިމާނު ހޮޅިބުރި ދިއްލާލިއެވެ. ސަލްމާއޮތީ އެނދުކޮޅުގައި އެނދު ހުރަހަށް ވާގޮތަށެވެ. ބަލާބެލުމަށް ހީވަނީ ކޮޅަށް ހުއްޓާ އެދިމާއަށް ވެއްޓިފައިއޮތް ހެނެވެ. ފަރުޝާއާއި ފަރީޝާ ދުވައިގަތް ގޮތައް ގޮސް މަންމަގައިގައި އުޅުލައިގަނެފައި ރޯންފެށިއެވެ. ރީނާއާއި ސަމާވެސް މާމާއޭ ގޮވާ ރޮމުން ދިޔައެވެ. ފާތުމަތު އައިސް ކަރުދޮށުގެ ނާރުގައި އަތްޖައްސާލުމާއެކު ސުލައިމާނަށްބަލާލިއެވެ.
(ނުނިމޭ)

Share Article

Follow Me Written By

saana

Level 110 Stories

Other Articles

Previous

ވިންދު ލޯބިން ޖެހި ހިތެއްގައި (4)

Next

ލޯބިން އަންނާށޭ ކަލާ (ފަނަރަ ވަނަ ބައި)

Next
August 30, 2017

ލޯބިން އަންނާށޭ ކަލާ (ފަނަރަ ވަނަ ބައި)

Previews
August 30, 2017

ވިންދު ލޯބިން ޖެހި ހިތެއްގައި (4)

11 Comments!

  1. maroon says:
    August 30, 2017 at 2:53 pm

    Ohoaaa!! Kaahtey ❤
    Maafathi alhuvaidhineee .. hehehe ?????
    Maamalugai nala kula jassaifi. ? v loabi..
    Anekkaa goyye ah kihineibaa evy??? Shockeh libuny dhw ?

  2. TCgirl says:
    August 30, 2017 at 3:17 pm

    ?????????ittt!!!!
    BTW sulamaan ge hunnany enme kujjehtha??

  3. Nicky says:
    August 30, 2017 at 3:49 pm

    Stwry hama habeyss….???love thix stry….

  4. Song joong ki... KOREAN says:
    August 30, 2017 at 4:15 pm

    Oh. Goyye in a shock.. V vvv salhi mi part vx.. Waiting for the next part.. 🙂

  5. khajja says:
    August 30, 2017 at 4:39 pm

    Ohh wow masha allah v rythi stry ??? kaatteyge karuga maafathi alhuvaidhevunyma goyye ah kihineiybaa e v ???????? maamaluga kula jehunyma maamaluge huvandhuvas maagadha v baa???? ??stry v hot ekam goyye ah dheragothennuhadhaathi plx ????❤❤??????

  6. click a shot ? says:
    August 30, 2017 at 6:38 pm

    Oh my god..finally they met..dhemyhunves thiby shock eh ga…salhi ?goyye maafathi e elhuvy kaathey karuga?..mi haaru mi vaahaka kuriah dhaagoi maa bodaves furihama?..Hama superb mi part ves…??

    1. Adha? says:
      August 31, 2017 at 11:41 am

      Varah reethi mi part ves ❤❤❤❤

  7. Kuda Kamana says:
    September 1, 2017 at 12:34 pm

    Maaikalaako. Kaattey goyye ah kihineh e hedhy. Kaashitheluge vahun thoahche ehen evee…

  8. Mai says:
    September 2, 2017 at 11:46 am

    Wow.. goyyeh mirashah aee… vrh meet khla hihvey..aslu nama dhw… kaahtey ah vx meet khlaa hihvey…kaashi theyo vas balailan..lol.. ????stry vrh habeys…

  9. Song joong ki... KOREAN says:
    September 3, 2017 at 6:21 am

    Ohh. I’m also there. I would also likely to meet goyye. Hehe aslu nama ehnu dhw..

  10. Kuda Kamana says:
    September 5, 2017 at 6:49 am

    Eyyyy saana.. kobaatha next part.. mihaaru keh vaneekee nooney..

Comments are closed.


All Right Reserved!