އަގެއްނެތްލޯބި 5 ވަނަ ބައި
“އަހަރެންނަށް މާފުކުރޭ!” މިހެންބުނެ ނިސާދުގެ ގައިގާ ހަނާ ބައްދާލިއެވެ. އެވަގުތު ނިސާދުގެ ދެއަތް ހަނާގެ ގައިގާ ވަށާލީ ދުވަހަކުވެސް ވަކިނުވާނަމޭ ބުނާފަދަ ގޮތަކަށެވެ. ހަނާ ނިސާދުގެ މޭގެތެރޭ ފޮރުވެން އުޅުންކަހަލައެވެ. ކުޑަކުއްޖެއް ފަދައިން ހަނާ ގިސްލަ ގިސްލާފަ ރޮމުންދިޔައެވެ. “އަހަރެން އަބަދުވެސް ހަނާއަށް މާފްކުރާނަން. އެހެންނޫނަސް ހަނާ މާފަށް އެދޭވަރުގެ ކަމެއް ނުވެއެއްނު. “ހަނާގެ ހިތްހަމަ ޖައްސާދިނުމުގެ ގޮތުން ނިސާދު ބުންޏެވެ. “ނޫން ނިސާދު… އަހަރެންނަށް ކުށެއް ކުރެވިއްޖެ. ވަރަށް ބޮޑު ކުށެއް ކުރެވިއްޖެ. ކަމުގެ ހަގީގަތް ނުބަލާ ރުޅިއާދެވުނީ. އަހަރެންނަސް މާފްކުރޭ” ހަނާގެ ރުއިމަކަށް ބަދަލެއް ނާދެއެވެ. ނިސާދު ހަނާ އޭނާގެ ގަޔާ ދުރުކޮށްލަމުން މާފްކޮށްފީމޭ ބުނެ، ރުއިން ހުއްޓާލުމަށް އެދުނެވެ. ނަމަވެސް ހަނާވަނީ އެއަށްވުރެއް ބޮޑަށް ދެރަވެފައެވެ. ހިތުގައި ޖެހިފައެވެ. ނިސާދު އެތައް ވާހަކައެއް ދެއްކިފަހުން ހަނާ ރުއިން ހުއްޓާލިއެވެ. އަދި ތުޑީގައި އިރުކޮޅަކު ތިބުމަށްފަހު އެނަލަ ހަނދުވަރުގައި އަތާއަތް ގުޅުވާ ވައުދު ތަކެއްވިއެވެ. އެފަދަ ގޯސް ހީކުރުން ތަކެއް ހީނުކުރުމަށް ހަނާ ހިތުގެ އަޑިން އަޒުމް ކަޑައެލިއެވެ. ނިސާދުއަށް ފުރިހަމަ އިތުބާރެއްކޮށް ދިރިއުޅުމެއް ފަށަން ފޮނި އުންމީދެއް ކުރިއެވެ.
ޒިޔާދު ކެޑިނޭޅި މަސައްކަތް ކުރަމުންދަނީ ރީސާގެ ލޯބި ލިބޭތޯއެވެ. އެލޯބި ހާސިލް ކުރާށެވެ. ޒިޔާދުއާ ރީސާ މަސައްކަތް ކުރަމުންދަނީ އެއްތަނެއްގައި ކަމުން ދުވާލަކު އެތަށްފަހަރަކު ޒިޔާދުއަށް ރީސާ ފެނެއެވެ. އޭނާގެ ކިބައިގައިވާ ޒުވާންކަމާ ފަރިކަން ފެނުމުން ޒިޔާދު ހުންނަނީ އާޝޯހް ވެފައެވެ. ޒިޔާދު ރީސާ އޭނާގެ ހައްގަކަށް ހެދުމަށް ކުރާ މަސައްކަތުގަ އެއްމެ ބޮޑަށް އެހީވަނީ ނިސާދުއެވެ. ޒިޔާދު ބުނެގެން ރީސާގެ ކައިރިއަށް ދަނީ ނިސާދުއެވެ. ޒިޔާދުގެ ހިތުގެ ހާލު ނިސާދު ވަރަށް ރަގަޅަށް ރީސާއަށް ކިޔާދެމުން ދިޔައެވެ. ނަމަވެސް އެދެވޭ ނަތީޖާއެއް ނުފެނެއެވެ. އެގޮތުން އެއްދުވަހަކު ޒިޔާދު ބުނެގެން ނިސާދު ރީސާގެ ރުހުން ލިބޭތޯ ދިޔައެވެ. “އަހަރެން ޒިޔާދު ދެކެ ލޯތްބެއް ނުވޭ. އެކަހަލަ ގޮތަކަށް ނުވެސް ވިސްނަން. އަހަރެންނަށް ކަމުދަނީ އެހެން މީހެއް. އެމީހާ ތިހުރީ އަހަރެންގެ ކުރިމަތީ” ރީސާ ޖެހިލުމެއްނެތި ބުނެލިއެވެ. “ކީކޭ… އަހަރެންނޭ…. ރީސާ މޮޔަވީތަ؟” ނިސާދުއަށް ލިބުނީ ހައިރާން ކަމެކެވެ. ބުނާނެ އެއްޗެއް ނޭގި ހުރެވުނެވެ. އެކަމަކު ވެސް ހިތްވަރު ކޮށްލާފަ އަނެއްކާވެސް ޒިޔާދުގެ ވާހަކަ ދައްކަން ނިސާދު ފެށިއެވެ. ނަމަވެސް ރީސާގެ ސައުގުވެރިކަމެއް ނެތެވެ. “އަހަރެން ބުނެފީމެއްނު އަހަރެން ބޭނުމީ ކަލޭއޭ. ކީއްވެގެންތަ އަޑުނީވޭ ކަމަށް ހަދާފަ އެހެން މީހެއްގެ ވާހަކަ ތި ދައްކަނީ…” މިހެންބުނެ ރީސާ ރުޅިއައިސްގެން ނިސާދުގެ ކުރިމަތިން ދިޔައެވެ.”އޯ ގޯޑް..” ހަދާނެ ގޮތެއްނެތިގެން ނިސާދުއަށް ބުނެވުނެވެ. މިހެން މިކަން ތަކުރާރު ވާތާ ދެތިންދުވަސް ވިއެވެ. ނިސާދު ޒިޔާދުގެ ވާހަކައެއް ބުނަންދާ ދުވަހަކީ ރީސާގެ ފަރާތުން ނިސާދުއަށް ރީސާ ލޯބިވަނީ ކާކު ދެކެކަން ތަކުރާރުކޮށް ބުނެލާ ދުވަހަކަށެވެ. ރީސާ އެހެންބުނެލާ ކޮންމެ ދުވަހަކު ނިސާދު އަންނަނީ ވަރަށް ދެރަވެގެންނެވެ. ސަބަބަކީ ރީސާ އެހެން ބުނާކަން ޒިޔާދުއަށް ނޭގޭތީއެވެ. ނިސާދު ނުވެސް ބުނެއެވެ. ބުނަންވެސް ނުކެރެނީއެވެ. ޒިޔާދު ދެރަވެދާނެ ތީއެވެ. އެކަމަކު ކޮންމެވެސް ދުވަހަކުން މިކަންފަޅާ އަރާނެ ކަން ނިސާދުއަށް އެގޭމެއެވެ. އެދުވަހަކުން ވެސް ވެދާނެ ގޮތާދޭތެރޭ ނިސާދު ދިޔައީ ފުންކޮށް ވިސްނަމުން ނެވެ.
ފަހުން ފަހަށް އައިސް ރީސާ ކައިރިއަށް ނިސާދު ގޮސްފައަންނަ ދުވަސް ދުވަހު ނިސާދުގެ މަޑުމައިތިރިކަން ޒިޔާދުއަށް ފާހަގަ ވާންފެށިއެވެ. ޒިޔާދު އެކަމާ ސުވާލުކުރިޔަސް ނިސާދު އެކަމާ އަޅައެއްނުލައެވެ. ޖަވާބެއްވެސް ނުދެއެވެ.
މިއަދުވެސް ނިސާދު އެދަނީ ރީސާ ކައިރިއަށެވެ. ނައުސާދު ބުނެގެން ރީސާގެ ރުހުން ހޯދާށެވެ. “ރީސާ ކީއްވެގެންތަ ޒިޔާއާ ރައްޓެހިނުވަން ތިއުޅެނީ. ޒިޔާ ކިހާ ލޯބިވޭ ރީސާދެކެ. އެކަމަކު ރީސާ…..” މިހާ ހިސާބަށް ނިސާދުއަށް ބުނެވުނުތަނާ ރީސާ ވާހަކަ ދައްކަންފެށިއެވެ. “ނިސާދު!! ތިވާހަކަ ހުއްޓާލާ!!! އަހަރެން ނޫޅެން ބޭކާރުވާހަކައެއް އަޑުއަހާކަށް. އެހެން ނޫނަސް ތި ޒިޔާދުގެ ވާހަކައެއް އަޑު އަހާކަށް ބޭނުމެއްނޫން.” ރުޅިވެރި ރާގަކަށް ރީސާ ބުންނެލިއެވެ. ނިސާދު އާ ރީސާ ވާހަކަ ދައްކަން ތިބީ ތުޑިއާ ދިމާލުގައެވެ. ނިސާދުގެ ފަރާތުން ފެންނަ ކަންތައްތައް ޒިޔާދުއަށް ފާހަވެގެން ނިސާދުގެ ފަހަތުން ޒިޔާދުވެސް ދިޔައެވެ. އެކަމެއް ނިސާދުއަކަށް ނޭގެއެވެ. ޒިޔާދު ގޮސް އެމީހުންނާ ވަރަށް ކައިރީ މަޑުކޮށްލި ވަގުތު ރީސާގެ އެވިހަ ބަސްތައް އަޑުއިވިގެން ދިޔައެވެ. ވަރަށް ސާފުކޮށެވެ. ޒިޔާދު އިސްޖަހާލިއެވެ. ދެން އިވިގެން ދިޔައީ ނިސާދުގެ އަޑެވެ. “ރީސާ ތިބުނަނީ މީ ބޭކާރު ވާހަކައެކޭތަ؟ ޒިޔާ ކޮންކަމެއް ކޮށްގެންތަ، ކޮންކުށެއް އޮވެގެންތަ އޭނަދެކެ ތިހާރުޅި ތިއަށްނަނީ. އޭނަގެ ކުށަކީ ރީސާދެކެ ލޯބިވެވުން ކަމަށް ވާނަމަ ރީސާއަށް ވެސް ތިވަނީ އެކުއް ކުރެވިފަ. ދެން އެހެން ވިއްޔާ ރީސާ ބުނެބަލަ ތިބުނާ ބޭކާރު ނޫން ވަހަކައެއް.” ނިސާދު ހިތްހަމަ ނުޖެހިގެން ހުރެ ވާހަކަ ދެއްކިއެވެ. ޒިޔާދު އެވާހަކަތައް އަޑުއަހަން ހުރިއިރު ޒިޔާދުގެ ދެލޯވަނީ ފެންކަޅިވެފައެވެ. ލޯބީގަ އެހާ ބަދުނަސީބު ވެދާނެއެކޭ ކުރިން ޒިޔާދުގެ ހިތަކަށް ނާރައެވެ. ނަމަވެސް މިއަދު ބަދުނަސީބުގެ އިހުސާސް ޒިޔާދުއަށް ކުރެވެން ފެށުނެވެ. އަމިއްލަ ނަފުސާމެދު ވިސްނާވެސް ލެވުނެވެ. ހައިސިއްޔަތު އޮޅިގެން ރީސާ ފަދަ ނަސަބާ ހަސަބުން އެހާކުރި އަރާހުރި ކުއްޖެއްގެ ގާތުގައި ލޯތްބަށް އެދި ސަލާން ޖެހުނިތީ އަމިއްލަ ނަފްސުދެކެ ރުޅި އާދެވުނެވެ. ރީސާގެ އެވިހަ ބަސްތައް އަޑުއިވި ހިތްދަތި ވީވަރުން ޒިޔާދުއަށް ކައިރީ ހުރި ރުކުގައި ގޮއްމުއްކަވާފަ އަތުން ދެތިން ފަހަރު ޖެހިއެވެ. “ޒިޔާ ލޯބިވާ ވަރަކަށް އެހެން މީހަކަށް ރީސާދެކެ ލޯތްބެއް ނުވެވޭނެ. އޭނަ ރީސާދެކެ ވަނީ ތިހީކުރާހާ ދަށުދަރަޖައިގެ ލޯތްބެއް ނޫން. ޒިޔާ ރީސާއަށް ވުރެން ފަގީރުކޮށް ދިރިއުޅުނަސް އޭނަގެ ހިތުގަވެސް ލޯތްބެއްވޭ. ތިހިތުގަ ޖަޒުބާތުތައް ހިނގާ ގޮތައް ޒިޔާގެ ހިތުގައިވެސް ޖަޒުބާތުތައް ހިނގާ. ވީއިރު ޒިޔާ އެވާ ތެދުވެރި، ސާފު، ތޯހިރު ލޯބި ބޭކާރު އެއްޗަކަށް ވާންވީ ސަބަބެއް އަހަރެންނަކަށް ނޭންގުނު ” ނިސާދު ރީސާއަށް ވިސްނޭތޯ ވާހަކަ ދައްކަމުން ދިޔައެވެ. ނަމަވެސް ރީސާގެ ހިޔާލާ ފިކުރު އެއްވެސް ގޮތަކަށް ޒިޔާދާ ދިމާލަށް ނޭބުރުނެވެ. “ރީސާގެ ވާހަކަތަކުން އެގިއްޖެ ޒިޔާދެކެ ލޯބިނުވާކަން.” “އާނ… އަހަރެން ޒިޔާދު ދެކެ ލޯތްބެއް ނުވޭ. އަހަރެން ލޯބިވަނީވެސް އަދި ބޭނުން ވަނީވެސް ނިސާދު… ޒިޔާދުއާ އެކަހަލަ ނަޒަރަކުން ނުވެސް ދެކެން” ރީސާ އޭނާގެ ނިއްމުން ހާމަކުރިއެވެ. ދެމީހުންގެ ވާހަކަތައް އަޑުއަހަން ހުރި ޒިޔާދުއަށް ރީސާގެ އެ ޖުމްލައިން ހީވީ ހަތަރު ފަރާތުންއައިސް އޭނާ ފިއްތާލިހެންނެވެ. ބޭރުކޮށްނުލާ ހިފެހެއްޓި ކަރުނަތައް ޒިޔާގެ އިހުތިޔާރަކާނުލާ ފައިބައިގަތެވެ. “ރީސާ.. އަހަރެން ނަކީ ހުސްކޮށް ހުރި މީހެއްނޫން. އަހަރެން ވަރަށް ލޯބިވާކުއްޖަކު ހުރޭ. އަދި އޭނަޔާ ގުޅިގެން އަހަރެން މިއުޅެނީ. އެހެން ނޫނަސް ޒިޔާ ލޯބިވާ މީހަކާދިމާއަށް ލޯބީގެ ނަޒަރުން ބަލަންވެސް އަހަރެން ލަދުގަނޭ. އެހެންވީމާ ރީސާގެ ތިހިޔާލު ބަދަލު ކޮށްލާ.” ނިސާދުގެ ރުޅިމަޑުކޮށް ރީތިކޮށް ވާހަކަ ދެއްކިއެވެ. “އަހަރެންނަކަށް ނޭގެ ރީސާގެ ތިނިއްމުމުގެ ވާހަކަ ޒިޔާ ގާތު ބުނާނެ ގޮތެއްވެސް. ރީސާ އޭނަ ދެކެ ލޯބި ނުވެއޭ ބުނެފިޔާ އޭނަ ދެރަވާނެ ވަރު އަހަރެންނަށް އިހުސާސް ކުރެވޭ. އެހެންވީމާ އަހަރެންނަށް ފެންނަނީ އަދިވެސް ރީސާ ޒިޔާގެ މި ހުށައެޅުމާ މެދުވިސްނާލަން. “ނިސާދު މަސައްކަތް ކުރަމުން ދިޔައީ ރީސާއަށް ވިސްނަދެވޭތޯއެވެ. “އަހަރެންގެ މިހިޔާލެއް ބަދަލެއްނުވާނެ. ބުނޭ އަހަރެން ބުންޏޭ ޒިޔާދު ދެކެ އަހަރެން ކުޑަކޮށްވެސް ލޯތްބެއް ނުވެއޭ. އަހަރެން ލޯބިވަނީ ނިސާދު ދެކެއޭ. އޭނަ ދެރަވިޔަސް ނުވިޔަސް މިހެންބުނޭ” ރީސާ މިހެންބުނެފަ ގެއަށް ދިޔުމަށް ހިގައިގަތެވެ.
ރީސާގެ ވާހަކަ އަޑުއަހަން ހުރެފަ ޒިޔާދު ވެސް އެއްވެސް މީހަކަށް ނޭންގޭ ގޮތަށް ގެއަށް ދިޔުމަށް ހިގައިގައި ގަތެވެ. ރީސާ ދިޔުމުން ނިސާދު ފުންނޭވާއެއްލިއެވެ. ނިސާދު ހިގައިގަތީ ޒިޔާދު މެންގެ ގެއާ ދިމާލަށެވެ. ދޮގެއް ހަދާފަ ނަމަވެސް އެއްޗެއް ބުނެވޭތޯއެވެ.
ނިސާދު ދިޔައިރު ޒިޔާދުއޮތީ އެނދުގައި އޮށޯވެލައިގެންނެވެ. ހިމޭންވެފައެވެ. ހީވަނީ މަރުވެފަވާ މައްޔިތެއް ހެންނެވެ. ދިރުމެއް ނުވާކަހަލައެވެ. ނިސާދުގޮސް ޒިޔާދުގެ މަގަތުގައި އިށިދެލިއެވެ. އަދި ވަރަށް ފަރުވާތެރި ކަމާއެކު ޒިޔާދުއަށް ބަލާލިއެވެ. މޫނަމަތިން އިންތިހާއަށް ކަންބޮޑުވުމާ ހާސްކަން ހާމަވަމުން ދިޔައެވެ. އޭނާގެ ސަކަ މިޒާޖު ވަނީ ހިދުކޮޅަކަށް ނަމަވެސް ކެޑިގެން ގޮސްފައެވެ. ދެލޮލުން ހެކިދެނީ ކޮންމެވެސް ކަމެއްވެއްޖެ ކަމެވެ. ޒިޔާދުއަށް ވެރިވެފައިވާ ހަމަހިމޭންކަށް އެކަމަށް ހެކިދެއެވެ. “ޒިޔާ…. ކިހިނެއްވީތަ؟ ހާދަ ފާޑަކަށް ތިއޮތީ…” ނިސާދުއަށް އަހާލެވުނެވެ. “އަހަރެންނަކަށް ކަމެއްނުވޭ” އޮތް ގޮތަށް އޮވެ ޒިޔާދު ބުނެލިއެވެ. “ނުވާނެ އެހެނެއް. ކޮންމެވެސް ކަމެއްވެއްޖެ. ނުބުނަން ދޯ ތިއުޅެނީ” ސަމާސާ ގޮތަކަށް ނިސާދު ބުންޏެވެ. އިރުކޮޅަކު އޮށޯވެ އޮތުމަށްފަހު ޒިޔާދު ތެދުވެ އިށީނެވެ. އަދި ވަރަށް ހަމަޖެހޭގޮތް ދައްކާލަމުން ރީސާ ބުނީ ކީކޭތޯ ސުވާލުކޮށްލިއެވެ. ނިސާދު އިސްދަށަށް ޖަހާލިއެވެ. “އަނެއްކާ ރީސާ ބުނިގޮތަށް ބުނަންވީތަ؟ އޭރުން ޒިޔާ ވަރަށް ދެރަވާނެ. ނޭންގެ ދެރަވެގެން ކަންތައް ކުރާނެ ގޮތެއްވެސް….” ނިސާދު ހިތާހިތުން ކިޔާލިއެވެ. ނިސާދު ނުބުނި ނަމަވެސް ޒިޔާދުއަށް އޮތީ ކަމުގެ ހަގީގަތް ސާފްކޮށް އެނގިފައެވެ. އަމިއްލަ ދެކަންފަތުން ދެއްކި ވާހަކަތައް އަޑުއިވި، ލޮލުން މަންޒަރު ފެނިފައެވެ. ” ކޮށް ހިޔާލެއް” ޒިޔާދު ސުވާލު ކޮށްލިއެވެ. “އާނ…ކީކޭ” ނިސާދު އަހާލިއެވެ. “ކޮންހިޔާލެއްގަހޭ” ޒިޔާދު ސުވާލު ތަކުރާރު ކޮށްލިއެވެ. “ހިޔާލެއްގައެއް ނޫން.” ނިސާދު ބުނެލިއެވެ. “ހޫމް…ތިއެއްނޫނޭ.. ދެންމެ ކީކޭތަ ބުނީ” ނިސާދު އަހާލިއެވެ. “އަހަރެން ބުނީ ރީސާ ކީކޭހޭ ބުނީ” ޒިޔާދު ގަދަކަމުން ހީލަމުން ބުނެލިއެވެ. “ރީސާދޯ. ރީސާބުނީ…..”ނިސާދުއަށް ބުނެވުނީ މިވަރަށެވެ. އާގަންނަން ފެށިއެވެ. “ރީސާ ބުނީ އަހަރެންދެކެ ލޯތްބެއް ނުވެއޭދޯ” ޒިޔާދު އެނދުން ތެދުވަމުން ބުނެލިއެވެ. ޒިޔާދުގެ މި ޖުމްލައިން ނިސާދި ދިޔައީ ސިހިގެންނެވެ. ސީދާ ރީސާ ބުނި އެއްޗެއް ޒިޔާދު ބުނީމައެވެ. “ރީސާ ލޯބިވަނީވެސް، ބޭނުންވަނީވެސް އަހަރެންނެއް ނޫން.” ނިސާދު ބުނާނެ އެއްޗެއް ނޭގި ޒިޔާދުގެ ވާހަކަ އަޑު އަހަން އިސްޖަހާލައިގެން އިނެވެ. “ރީސާ ލޯބިވަނީ ނިސާދު ދެކެ. އޭނާ ބޭނުންވަނީވެސް ނިސާދު.” ޒިޔާދުގެ ލޮލުން ކަރުނަތައް އޮހިގަތެވެ. އެއްވެސް ހިފެއްޓުމެއްނެތެވެ. “ކޮންމެ ދުވަހަކު ރީސާބުނޭ ރީސާ ލޯބިވަނީ ނިސާދު ދެކެއޭ. އަހަރެންދެކެ ލޯތްބެއް ނުވެއޭ. އެކަހަލަ ނަޒަރަކުން ނުދެކެމޭ. ހުރިހާކަމެއް ނިސާދުއަށް އެގިހުރެ އަހަރެންނަށް އޮޅުވާލީ” ޒިޔާދުގެ އަޑު ބެދޭގޮތްވިއެވެ. ނިސާދު ހަދާނެ ގޮތް ހުސްވިކަހަލައެވެ. މިހާ ގަނޑުވިއެވެ. “ޒިޔާ ގާތުގަ ތިވާހަކަތައް ތިހާ ސާފުކޮށް ދެއްކީ ކާކުތަ؟” ވަރަށް މަސައްކަތުން ނިސާދު ވާހަކަ ދައްކަންފެށިއެވެ. “މީހަކު ނުދައްކާ. އަހަރެން އަޑު އެހީ.” ލޯފުހެލަމުން ޒިޔާދު ބުންޏެވެ. “އަހަރެންނަށް އެންމެ ފުރަތަމަ ދުވަހުވެސް އެވާހަކަ އެގޮތަށް ބުނަން ނުކެރުނީ ޒިޔާ ދެރަ ވެދާނެތީ. ޒިޔާއަށް ވާނީ ކިހިނެއްކަން ނޭގޭތީ. އެކަމަކު މިއަދު ޒިޔާވީ ދެރަ މާބޮޑު. މިހާރު ހިތަށް އަރާ އެދުވަހުވެސް ބުނެވުނު ނަމައޭ…. އެކަމަކު ނަމަ އަކުން ވާނެ ކަމެއްނެއް. ކުރާނެ ކަމެއް ވެސް ނެތް. ވީ ކަމެއް ނުވާކަމަކަށް ނުވާނެ. ޒިޔާ އަހަރެންނަށް މާފްކުރޭ!!!” ނިސާދުއަށް ކުރެވުނު ކުށަށް އިއުތިރާފްވާ ހާލް ޒިޔާދުގެ ކިބައިން މާފަށް އެދުނެވެ. “އަހަރެން އަބަދުވެސް ނިސާދުއަށް މާފުކުރާނަން. ތީ އަހަރެންގެ އެއްމެ ގާތް ރަހުމަތްތެރިޔާ. އަހަރެންގެ އެއްބަޑު އެއްބަފާ ބޭބެ އެއް ކޮއްކޮ އެއް ނެތްއިރު އަހަރެން ދެކެނީ ތީ އަހަރެންގެ ބޭބެ އެއްގެ ގޮތުގާ” ހިނިތުން ވެވޭތޯ މަސައްކަތް ކުރަމުން ޒިޔާދު ބުނެލިއެވެ. ނިސާދުގެ ލޯވެސް ވަނީ ފެނަކަޅިވެފައެވެ. ޒިޔާދު އޭނާޔާދޭތެރޭ ދެކޭގޮތް އެގުމުން އެއަށްވުރެ އުފާވެސް ވިއެވެ. “މާތްﷲގެ އިރާދުކުރެއްވިޔާ ޒިޔާއަށް ޒިޔާދެކެ ލޯބިވާ ކުއްޖަކު ލިބޭނެ. އަހަރެން ދުޢާ ކުރަން” ނިސާދު ބުންޏެވެ.
ރީސާގެ ނުރުހުން ބަސް ލިބުންފަހުން ޒިޔާދު ހުންނަނީ ނެގިމަޑު ވެފައެވެ. ސަކަރާތް ޖަހާލާތައް ވެސް ފެންނަނީ ހާލަކުންފަހަރަކު އެވެ. މީހުންނާ ވާހަކަ ވެސް ދައްކަނީ ވަރަށް މަދުންނެވެ. ގިނަ ވަގުތު އެކަނި ހުރުން އާދައަކަށް ވިއެވެ. އޮފީހަށް ދިޔަސް ޒިޔާދުގެ އަމަލުތައް ހުންނަނީ މިހެންނެވެ. އޮފީހުން ރީސާ ފެންނުނަސް އެދުވަހު ނިސާދުއާ ދެއްކި ވާހަކަތައް ހަނދާނަށް އާދެއެވެ. އޮފީސް ތެރޭގަ އުޅޭއިރު ރީސާއާ ދިމާލަށް ބަލާނުލާ ވޭތޯ ޒިޔާދު ބަލައެވެ. ރީސާވެސް ހަމަ މިގޮތެވެ. ނަމަވެސް ޒިޔާދު ރީސާދެކެ ވާ ލޯތްބެއްގެ ބޮޑުކަމުން ނުބެލި ނުހުރެވެއެވެ. ރީސާ ނުރުހުން ވުމުން ދެން ރިސާގެ ލޯބި ބޭނުން ނެއްކަމަށް ނިއްމިއެވެ. ގަދަކަމުން ލޯބި ހާސިލް ނުކުރެވޭކަން ޒިޔާދަށް ވިސްނުމުންނެވެ.
އެއްމަސްފަހެވެ. ރީސާގެ ސަބަބުން ޒިޔާދުއަށް ލިބުނު މާޔޫސްކަމާ، ފުހިކަން މަޑުމަޑުން ކެޑެމުން ދިޔައެވެ. ކޮންމެވެސް ވަރަކަށް މީހުންނާ ވާހަކަ ދައްކާވެސް ހަދައެވެ. އޭނާ އެކަނިވިޔަނުދީ ވޭތޯ ނިސާދު މަސައްކަތް ކުރަމުން ދިޔައެވެ. ޒިޔާދު ކުއްޖަކާ ރައްޓެހި ވުމުގެ ހިޔާލު މިހާރަކު ނުގެންގުޅެއެވެ. ހަޔާތުގާ ލޯބީގެ ގޮތުން ދިމާވި އެއްމެ ކަމެއްގެ ސަބަބުން ޒިޔާދު އަންހެން ކުދިންދެކެ ފޫހިވީއެވެ. ދެވަނަ ކުއްޖަކާ ދިމާލަށް އެބުރެން ބޭނުންނުވީ ރީސާގެ ފަރާތުން ކަންތައްވީ ގޮތައް ކަންތައް ވެދާނެކަމުގެ ބިރަށެވެ. ޒިޔާދުގެ ކަމަކީ މަޖާކުރުމެވެ. ރީސާގެ ހަނދާންތަކާ ދުރަށް ދިޔުމަށް ޒިޔާދު ނިންމި ނަމަވެސް އެލޯބި އަދިވެސް ޒިޔާދުގެ ހިތުގައި ވަނީ ކަޑާ ބިންވަޅު ނެގިފައެވެ.
ރީސާ ރެއެއް ދުވާލެއް ނުބަލާ މަސައްކަތް ކުރަމުން ދިޔައީ ނިސާދުގެ ލޯބި ހޯދުމުގައެވެ. ކޮންމެވެސް ގޮތަކުން ނިސާދުގެ ނަންބަރު ރީސާ ހޯދައިގެން ނިސާދުއަށް ގުޅަންވެސް ފެށިއެވެ. ނިސާދު ފޯން ނުނެގުމުން މެސެޖް ވެސް ކުރަން ފެށިއެވެ. ނިސާދުއަށް އެކަން ބޮލުގެ ރިހުމަކަށް ވިއެވެ. މިހުރިހާ ކަމެއް ހަނާއަށް ވެސް އެގޭމެއެވެ. ރީސާގެ މެސެޖް ތަކަށާ، ފޯން ކޯލް ތަކަށް ނިސާދު ޖަވާބު ނުދިނުމުން ރީސާ ރުޅިގަދަވެގެން ކަންތައް ކުރެވޭ ނުކުރެވޭ ގޮތްވެސް ނޭންގެއެވެ. މިހެން މަސައްކަތް ކޮށްކޮށް ހުއްޓާއިވުނު އަޑަކީ ރީސާއަށް އަޑުއަހަން ފަސޭހަ އަޑަކަށް ނުވިއެވެ. ހިތުގެ ހިމަ ނާރުތަކުގާ ހިގަމުން ދިޔަ ލޭގެ ޕުރެޝަރު ބާރުވެގެން ދާފަދަ އަޑެކެވެ. ރީސާއަށް އެއަޑުވީ ހޮނުގުގުރީގެ އަޑުފަދަ އަޑަކަށެވެ. ނިސާދު ހަނާއާ ކައިވެނި ކުރަން އުޅޭ ވާހަކަ ދެކެވިގެން ދިޔައަޑެވެ. ނިސާދު ބޭނުންވަނީ ވީހާވެސް އަވަހަކަށް ހަނާ އޭނާގެ އަތްބަކަށް ހަދައިގެން އޭނާގެ ގެއަށް ގެންދާށެވެ. ރީސާއަށް މިކަންތައްވީ ބޮޑުވޭނަކަށެވެ. ނިސާދު ހަނާއާ ކައިވެނި ކުރަން އުޅޭކަން އެގުމުން ރީސާ ހީވަނީ މޮޔައެއް ހެންނެވެ. ދެދުވަހުން އެއްދުވަހު ހޮސްޕިޓަލްގަ އެނދުމަތި ވެސް ކުރެއެވެ.
“ހަނާ ރަންކިޔާނީ ކިހާވަރަކަށްތަ؟” ނިސާދު އަހާލިއެވެ. “އަހަރެން ރަންކިޔަންވީ ކިހާވަރަކަށްތަ؟” ހަނާވެސް ކުރީ ސުވާލެކެވެ. “ހަނާއަށް އެގޭނީ ކިޔާނެ ވަރެއް. ރަން ކިޔުމަށްފަހު އަހަރެން ޖެހޭނީ ރަންކީވަރެއްދޭން” ނިސާދު ބުނެލިއެވެ. “އަހަރެން ރުފިޔާއިން ކިޔައިފިނަމަ އެވަރެއް ނިސާދަށް ދެވޭނެތަ؟” ހަނާ އަހާލިއެވެ. “ޔަގީނެއްނު. އަހަރެންގެ އަމިއްލަ މަސައްކަތުން ލާރި އެއްކުރިން. އެހެންވީމާ ކީއްވެ ހަނާ ކިޔާ ރަނުގެ ލާރި ނުދެވެންވީ. ދެވޭނެ… ދޭނަން.. ރަނުގެ ލާރި އެކަންޏެއް ނޫންދޭނީ. ލޯބިވެސް ދޭނަން” މިހެން ބުނެ ނިސާދު ހިނގަނޑެއް ޖަހާލިއެވެ. “ނިސާދު ބަލާބަލަ އެހެރަ ހަދަށް. އެހަނދު ކައިރީ އެންމެ ވިލާކޮޅެއް ވެސްނެތް. ކިހާ މިނިވަންކަމާއެކު އޭގެ ވާޖިބު އަދާއެކުރަނީ” ތުޑީގެ މަޑުވެލިގަނޑު މަތީ އިށީދެލައިގެން، ނިސާދުގެ ގައިގާ ލެގިލައިގެން އިން ހަނާ ހަނދަށް އިސާރާތްކޮށް ބުންޏެވެ. “އެހަނދު އެކަންޏެއް ނޫނެއްނު. އަހަރެމެންވެސް ކިހާ މިނިވަންކަމާއެކު މިއުޅެނީ. މިނަލަ ހަނދުވަރުދޭ ރޭގަވެސް އަހަރެމެން ދެމީހުން ފިޔަވާ އެއްވެސް މީހަކު މި ތުޑިއަކު ނެތެއްނު. އެހެންވީމާ އަހަރެމެންވެސް ކިހާމިނިވަން” ހަނާ ވަށައިގެން ބަލާލިއެވެ. ބަލާލި ކޮންމެ ދިމާއަކުން ފެންނަމުން ދަނީ ހަމަހިމޭން ކަމެވެ. ގޮޑުދޮށަށް ބީސާލާ ކުދިކުދި ރާޅުތަކުގެ އަޑާ، ފަނިފަކްސާގެ އަޑު ފިޔަވާ އެހެން އަޑެއްނީވެއެވެ. ތުޑީގަ ވަރަށް ގިނައިރު ވާހަކަ ދައްކަންތިބެފަ ދެމީހުން ގެއަށް ދިޔުމަށް ހިނގައިގަތެވެ.
އޭގެ ދެދުވަސް ފަހެވެ. ފަސްހާސް ރުފިޔާއަށް ހަނާ ނިސާދު އާ ކައިވެނި ކުރުމަށް ރަންކިޔެވެ. ހަތްދުވަސް ހަމަކޮށް ކައިވެނި ކޮށްދިނުމުގެ ވަގުތު އައިސް ކުޑަތަންވަނީއެވެ. ހަނާ ވެސް ނިސާދުވެސް އުފަލުން ވަރެއްނެތެވެ. ކައިވެނީގެ ކަންތައް ކުރުމަށް ދެފަރާތުގެ އާއިލާގެ މީހުންނާ، ބައެއް ރައްޓެހިން އައިސް އުޅުނެވެ. އެއްބަޔަކު އުފާކުރާއިރު އަނެއްބަޔަކު ހިތާމަކޮށް ކަރުނަ އަޅަނީއެވެ.
“ފުވައްމުލަކު އިރުދޭމާގޭ މުހައްމަދު ނިސާދު އާ، ފުވައްމުލަކު ޗަބޭލީމާގޭ އައިޝަތު ހަނާ ފަސްހާސް ރުފިޔާގެ ރަނަށް ކައިވެނި ކޮށްދީފީމެވެ.” “އަނބި ގަބޫލް ކޮށްފިން” ގާޒީ ދައްކަންވީ ވާހަކައެއް ދައްކާ ނިމުނުއިރަށް އަނބި ގަބޫލު ކުރިކަން ދެފަރާތުގެ އާއިލާ މީހުންނާ، ހެކިވެރިންގެ ކުރިމަތީގައި ނިސާދު ބުންޏެވެ. މި މަންޒަރު ޒިޔާދު ދިޔައީ އެގޭގެ ފުރަތަމަ ފަންގިފިލާއަށް އަރަންހުރި ސިޑިމަތީ ހުރެގެން ކެމެރާއަކުން ވީޑިއޯ ކުރަމުންނެވެ. ދެމީހުންގެ ވެސް އަލަތު ކައިވެނި ކުރެވުމުން ތިބީ ވަރަށް އުފަލުންނެވެ.
ހައްޖަޔާ ނަދީމާ އަދި އަހަރެންގެ ވާހަކަ ކިޔާ އެންމެހާ ކިޔުންތެރިން ވާހަކަޔަށް ތިކުރާ އިންތިޒާރަށް ނިހާޔަތަށް ޝުކުރު ދަންނަވަން…
7 Comments!
Comments are closed.
Dhee meege dhen ohbai annaany kn iraku tha ??
varah avahah next part up kuraanan
Ohh wow masha allah stry v
V v v superb ehaaves rythi ehaa loabi mi stry?? n wc dear barakaaiytheri hajjudhuvahuge heyodharuma aai savaab allah alhamennah minvaru kohdhevvaashi aameen. Ziyaadh alhaa nulaa huttaa reeshaa ziyaadhu kairi ah goss gulhen beynunvaahaka bune ziyaadh aa gulhebala dhen ? hanaaves nisaadhu dheke loabivaa iru haadha agubodukonney dhw rankiee e ??? esoru huskollantha ehaavarah rankiee???? whn nxt prt v wait ingey avahah up kolla dhechchey gud nyt ly????❤❤??
hamaekanibunelan beynun vany vaahakaige kuri ah huri bathakah inthizaaru kohlaashey… eyrun ves vaagotheh egidhaaney…. yageenun ves lolun karuna nuhili nudhaane khajja…. kuda rumaakolheh hifaigen kuri ah huri baithah kiyan ready vaathi khajja… 🙂
Oh! when next part? So heart touching!!
Nadheema ge thi inthizaaru thakuge nimun iraadhu kureh viyaa maadhan annaane…
Mivaahaka mihisaabah aharen keen araamagu site in. January mahun feshigen mihisaabah huttifa. Suvaalakee mihisaabuga anekkaa stuck vaane baaey.