Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ޔާރު މިވަނީ ލޯތްބޭ ޙަޤީގީ (ވިހިވަނަ ބައި)

Eemyaa Level 910 Stories100 Comments100 Login500 Comments100 Stories500 Login
August 30, 2017 7 Mins Read
54 Comments

“އުނހު ނުދާނަން…. އަހަންނަށް އެނގޭ އަހަރެންގެ ގާތުގައި ދާށޭ ބުންޏަސް އަސްލު މިވަގުތު ޝިއު ބޭނުންވާނީ އަހަރެން މިތާ މަޑުކުރަންކަން….. އަދި ޝިއު އެހެން ތިބުނީ ރުޅިއައިސްގެން ނޫންކަންވެސް އަހަންނަށް އެނގޭ…… މާ ބޮޑަށް ދެރަވެފައި އިނީމަ އެ ހުރިހާ އާހެއް ބޭރުކޮށްލުމަށްޓަކައި ޝިއުއަށް ރުޅި އިޚްތިޔާރު ކުރެވުނީކަންވެސް ވަރަށް ރަނގަޅަށް އެނގޭ…….” ޝިއުރީގެ ގާތުގައި އިށީންނަމުން މިޝަލް ބުނެލިއެވެ. ޝިއުރީ ފެނުމުން އޭނާގެ ހިތަށް ކުރި އަސަރުތައް ހިތުގައި ފޮރުވާލީއެވެ. އޭރު އޭނާގެ ދެލޯ ސީދާވެފައިވަނީ ޝިއުރީއަށެވެ.
_________________________

މިޝަލްގެ ޖަވާބުން ޝިއުރީއަށް މިޝަލާއި ދިމާއަށް ބަލާލެވުމުން ދެމީހުންގެ ހަތަރުކަޅި ބައްދަލްވެގެން ދިޔައެވެ. އެއާއިއެކު އަނެއްކާވެސް ޝިއުރީއަށް ރޮވެން ފެށުނެވެ. ނަމަވެސް މިފަހަރު އޭނާ ކަރުނަތައް ހިފަހައްޓާކަށް މަސައްކަތެއް ނުކުރެއެވެ. މިޝަލްވެސް ޝިއުރީ ހުއްޓުވާކަށް ނޫޅެއެވެ. ރޯލުމުން ޝިއުރީގެ ހިތަށް ކުޑަނަމަވެސް ހަމަޖެހުމެއް ލިބޭނެކަން އޭނާއަށް ވިސްނޭތީއެވެ. ހިތް ފުރޭވަރަށް ރޯލުމަށްފަހު ޝިއުރީ ވާހަކަ ދެއްކޭތޯ މަސައްކަތްކުރިއެވެ.

“ކީއްވެތަ އަހަރެން ބޭނުންވާގޮތް ނުބުންޏަސް މިޝަލްއަށް ވިސްނޭހެން އެހެން މީހުންނަށް ނުވިސްނެނީ….. އަދި އެވެސް އަހަރެންގެ އެންމެ ގާތް މީހުންނަށް……” ކަރުނުން ފުރިފައިވާ ދެލޮލުން މިޝަލަށް ބަލަހައްޓައިގެން އިނދެ ޝިއުރީ އަހާލިއެވެ. އެ ސުވާލުގެ ޖަވާބު ދިނުމުގެ ބަދަލުގައި މިޝަލް ޝިއުރީއަށް ބަލަހައްޓައިގެން އިނީއެވެ. އޭނާއަށް އެ ސުވާލުގެ ޖަވާބު ދޭކަށް ނޭނގެއެވެ. އެނގޭހާވެސް އެއްޗަކީ މިވަގުތު ޝިއުރީއަށް މީހެއްގެ އެހީތެރިކަން ބޭނުންވެފައިވާ މިންވަރެވެ. އަދި އޭނާ މިހުރީ އެފަދަ ކޮންމެ ވަގުތެއްގައިވެސް ޝިއުރީއަށް އެހީވެދޭން ތައްޔާރަށް ކަމެވެ.

“މިޝަލް……” މިޝަލް އަނގައިން ނުބުނެ އޭނާގެ މޫނަށް ބަލަން އިނުމުން ޝިއުރީއަށް ގޮވާލެވުނެވެ. އެ އަޑުގައި އަދިވެސް ވޭނީ އަސަރު އެކުލެވިފައިވެއެވެ. މިޝަލަށް ހޭވެރިކަންވީ ޝިއުރީ ގޮވާލުމުންނެވެ. ތުނިކޮށް ފަޅާފައިވާ ތުނބުޅީގައި އަތް ހިންގާލަމުން މިޝަލް ދުރު ބަލާލިއެވެ.

“ކީއްވެ ތިރޮނީ……؟؟؟؟؟” އެ އިންގޮތަށް އިނދެ މިޝަލް އަހާލިއެވެ. ޝިއުރީ، އޭނާގެ ދެލޮލުން އައިސްފައިވާ ކަރުނަތައް އަތުގެ ނުފުށުން ފުހެލަމުން ދުރު ބަލާލިއެވެ.

“މިއަދުވެސް މަންމަ ރުޅިއައިސްގެން އެއްޗެހިކީ…. އުފަން ދަރިއަކާ ދިމާއަށް ކިޔަން ނުވާވަރުގެ އެއްޗެހިވެސް….. އަހަންނަކަށް ނޭނގެ އަހަރެންގެ މަންމަ އަހަރެން ދެކެ އެހާ ރުޅިއަންނަނީ ކީއްވެގެން ކަމެއް… ހިތުން ރުހުމުން ވާހަކަ ދައްކާލަނީ މަދު ފަހަރަކު….. އަހަރެން ހަނދާންވާން ފެށީއްސުރެ މަންމަ އަހަރެންދެކެ ރުޅިއާދޭ….. ސަބަބެއް އަހަންނަކަށް ނޭނގޭ….. މަންމަ އެގޮތަށް ކަންތައް ކުރާތީ އަހަރެން ވަރަށް ދެރަވޭ….. ދޮންތައާއި، ދޮންބެއާއި ވާހަކަ ދައްކާނީ ވަރަށް ލޯބިން……. އަހަންނަށް ބައެއްފަހަރު ހީވެ އަހަރެން މީ މަންމަގެ ދަރިއެއް ނޫނޭވެސް….. އެކަމަކު އުފަންދުވަހުގެ ސެޓްފިކެޓުންވެސް އެއީ އަހަރެންގެ މަންމަކަން އެނގޭ…..” މިހިސާބަށް ވާހަކަ ކިޔާދެވުމުން ޝިއުރީއަށް އަނެއްކާވެސް ގިސްލާ ރޮވެން ފެށުނެވެ. ވާހަކަ ދައްކަން އުނދަގޫ ވުމުން އޭނާގެ ވާހަކަ މަޑު ޖައްސާލިއެވެ. އިސްޖަހާލައިގެން އިނދެ ރޮމުން ދިޔަ ޝިއުރީއަށް ބަލާލި މިޝަލްގެ ލޮލުންވެސް ކަރުނަ ތިއްކެއް ވެއްޓުނެވެ. ނަމަވެސް ހިތާމައިން ފޯވެފައިވާ ޝިއުރީއަށް މިކަމެއް ނޭނގެއެވެ. މިޝަލް ނުގޮތަކަށް ދެލޯ ފުހެލުމަށްފަހު ބެންޗުގައި އަތް ވިއްދާލައިގެން އިން ޝިއުރީގެ އަތްމަތީ އަތް ބާއްވާލިއެވެ. ޝިއުރީ މިޝަލަށް ބަލާލުމުން މިޝަލް ދެފަރާތަށް ބޯ ހޫރާލަމުން ނުރޯށޭ ބުނެލިއެވެ. އަދި ޝިއުރީގެ މަޑުމަޑު އަތްތިލަ އޭނާގެ ދެއަތްތެރެއަށްލާ ބާރަށް ފިއްތާލިއެވެ. މިޝަލްގެ މި އަމަލުން މީހެއްގެ އޯގާތެރިކަމަށް ފެން ބޮވައިގެންފައިވާ ޝިއުރީގެ ހިތާމަތަކަށް ކުޑަނަމަވެސް ލުޔެއް ލިބި އިތުރު ހިތްވަރެއް ލިބުނުހެން ހީވިއެވެ. އެހެންކަމުން ލޮލުން އައިސްފައިވާ ކަރުނަތައް ފުހެލަމުން ޝިއުރީ އަނެއްކާވެސް ވާހަކައާއިގެން ކުރިޔަށް ދިޔައެވެ.

“މިޝަލްއަށް އިނގޭތަ….؟؟؟ އަހަރެން ހަނދާންވާން ފެށީއްސުރެ އެންމެ ރެއެއްވެސް ނުދާނެ ނިދަން އޮވެ އަހަރެންގެ ހާލާއިމެދު ކަރުނައަޅާ ނުރޯ ރެއެއް…. މަންމަ އަހަންނާ ދޭތެރޭ ކަންތައް ކުރަމުން އެދާގޮތް ބަދަލުވުމަށް އެދި މާތްﷲ ގެ ޙަޟްރަތަށް ކެތްތެރިކަމާއިއެކު ދުޢާވެސްކުރަން……” މިހެން ބުނެވުނުއިރު ޝިއުރީގެ އަޑު ބެދި އަނެއްކާވެސް ރޮވެން ފެށުނެވެ. ނަމަވެސް އޭނާ ހިތްވަރުކޮށްފައި ވާހަކަދެއްކޭތޯ ބެލިއެވެ. މިޝަލްއަށް އޭނާގެ ސިއްރު ވާހަކަތައް ޚިއްސާ ކުރަން ފަސޭހައީ ކީއްވެކަން ނޭނގުނުނަމަވެސް، އެކަމުން އޭނާއަށް ހިތްހަމަ ޖެހުން ލިބޭތީ، ޝިއުރީ ބޭނުންވީ، މިއަދާ ޖެހެންދެން ހިތުގައި ބަންދުކޮށްގެން ގެންގުޅުނު އުދާސްތައް ބޭރުކޮށް ހިތަށް ހަމަޖެހުން ހޯދައިދޭށެވެ. ކޮޅަށް ތެދުވުމަށްފަހު ދެފިޔަވަޅު ކުރިޔަށް ޖެހިލަމުން މިޝަލަށް ފުރަގަސްދީގެން މަޑުކޮށްލުމަށްފަހު، އަނެއްކާވެސް ވާހަކަ ދައްކަން ފެށީ އެހެންވެއެވެ.

“އަހަރެން ހިތަށް އަރާ އަހަރެންގެ ކުށަކީ ކޮބައިބާވައޭ…..؟؟؟ ގައިމުވެސް އަހަންނަށް ނޭނގިނަމަވެސް ކޮންމެވެސް ކަމެއް ގޯސްކޮށް ކުރެވިފައި އޮތީމަ މަންމަ އަހަރެންދެކެ އެހާ ރުޅިއަންނާނީ….. އަހަރެންގެ އަމިއްލަ ނަފްސު ކުށްވެރިކޮށް އެކަމާ އަހަރެން ހިތާމަކުރާވަރު މާތްﷲ ދެނެވޮޑިގަންނަވާނެ….. ބައެއްފަހަރު އަހަންނަށް އަމިއްލަ ނަފްސުދެކެ ރުޅިވެސް އާދެވޭ….. އަމިއްލައަށް މަރުވުން އެއީ ފާފައަކަށް ނުވާނަމަ އަހަރެން މިހާރު އެކަންވެސް ކުރީސް…….” އެ ހުރިގޮތަށް ހުރެ ޝިއުރީ ބުނެލިއެވެ.

“ޝިއުރީ…….” ފަސްދީގެން ހުރި ޝިއުރީގެ އަތުގައި ހިފައި މަގަތަށް އަނބުރާލަމުން މިޝަލަށް އަތްމަޅާލެވުނީ ޝިއުރީގެ މޫނުގައި ޖެހުމަށެވެ. ނަމަވެސް، އެއީ ހަމަ ހޭގައި ހުރެގެން އޭނާއަށް ކުރެވޭނެ ކަމެއް ނޫނެވެ. މިޝަލްގެ ކުއްލި ހަރަކާތުން ދެލޯ ބޮޑުކޮށްލައިގެން މިޝަލަށް ބަލަން ހުރި ޝިއުރީގެ ދެލޮލުން ރާސްލާފައި ކަރުނަތައް ފައިބައިގަތީ އޭނާއަށް ބުނެވުނު އެއްޗަކާއިމެދު އަމިއްލައަށް ވިސްނާލެވުމުންނެވެ. މިޝަލަށް ކެތްވީ އެހިސާބަށެވެ. ޝިއުރީގެ ހިތަށް ކޮށްފައިވާ އަސަރު އޭނާއަށް އަންދާޒާ ކޮށްލުމަށްވެސް ދަތިވިއެވެ. ކުއްލިއަކަށް ގެނައި ހަރަކާތަކާއިއެކު ޝިއުރީ ގެނެސް އޭނާގެ މެޔާލާ ބޮނޑިކޮށްލެވުނު ގޮތްވެސް ނޭނގެއެވެ. ދެލޯ މަރާލަމުން އިތުރަށް ދެއަތަށް ބާރުކޮށްލެވުނެވެ. ޝިއުރީއަށް ހަމައަށް ނޭވާލެވޭނެ ކަމާއިމެދުވެސް ޝައްކެވެ. އޭނާއަށް އެހާވެސް ބޮޑަށް ޝިއުރީ މެޔާލާ ބޮނޑިކޮށްލެވުނެވެ.

“ދެން ދުވަހަކުވެސް ތިހެން ނުބުނާތީ…… ދުވަހަކުވެސް ނުބުނާތި…..” އެހުރިގޮތަށް ހުރެ އެއްއަތުން ޝިއުރީގެ ބޮލުގައި ފިރުމަމުން މިހެން ބުނެލިއިރު، އޭނާގެ ދެލޮލުންވެސް ކަރުނަތައް އޮހިގެންފިއެވެ. ނަމަވެސް ދެވަން ސިކުންތުގައި ބޮޑުވާ އިނގިލީގެ ކުރިން ކަރުނަ ތިކިތައް ފުހެލިއެވެ. އޯގާތެރި އަތެއްގެ ޙިމާޔަތާއި ފިރުމުންތަކަށް ފެންބޮވައިގެންފައިވާ ޝިއުރީއަށް ދެލޯ މަރާލަމުން މިޝަލްގެ މޭގައި ބޯ އަޅާލައިގެން ހުރެވުނީ އެފަދަ އޯގާތެރިކަމަކަށް ބޭނުންވެފައިވާލެއް ބޮޑުކަމުންނެވެ. އިރުކޮޅަކު އެގޮތުގައި ތިބުމަށްފަހު މިޝަލް މަޑުމަޑުން ޝިއުރީ އޭނާއާއި ދުރުކޮށްލިއެވެ. އަދި އޭނާގެ ދެކޮނޑުގައި ހިފަހައްޓާލަމުން ޝިއުރީގެ ގަދަ އަޅިކުލައިގެ ދެލޮލަށް ބަލާލިއެވެ.

“ޝިއު ތީ ވަރަށް ކެތްތެރި ކުއްޖެއްނު ދޯ…. އެހެން މީހަކަށް ނޭނގުނަސް ހަމަ ގައިމުވެސް އަހަންނަށް އެކަން އެނގޭ… ޝިއުއަށް އެނގޭތަ.؟، އަހަރެމެންގެ ދިރިއުޅުން މީ އިމްތިހާނެއް…. ދިރިއުޅުމުގައި ދިމާވާ ކަންތައްތަކަކީވެސް އިމްތިހާނުގެ ބައެއް…. އެހެންވީމަ، އަހަރެމެން ޖެހޭނީ ކެތްތެރިކަމާއިއެކު، މި އިމްތިހާނުން ފާސްވޭތޯ ހިތްވަރާއިއެކު ގަދައަޅާ މަސައްކަތްކުރަން….. ދަތި އުނދަގޫކަމެއް ދިމާވާ ކޮންމެ ފަހަރަކު އަމިއްލައަށް މަރުވުން އެއީ އަދި ޙައްލެއް ނޫން…. އެހެންވީމަ، ދެން އެގޮތަށް ނުވިސްނައްޗޭ އެނގޭ…..” ޝިއުރީގެ ދެކޮނޑުގައި ހިފަހައްޓާލައިގެން ހުރެ އޯގާތެރިކަމާއިއެކު މިޝަލް ހުރިހާ ވާހަކައެއް ދެއްކުމުން ޝިއުރީ ބޯ ޖަހާލިއެވެ.

“މާތްﷲ އިރާދަކުރެއްވިއްޔާ ޝިއުއަށް ޝިއުގެ މަންމަގެ ލޯބި އަދި ލިބޭނެ….. އަދި ޝިއުގެ މަންމައަށް ތީ އެ މަންމަދެކެ ކިހާ ލޯބިވާ ދަރިއެއްކަންވެސް ވިސްނޭނެ…. ޝިއުއަށް ޝިއުގެ މަންމަގެ ލޯބި ލިބޭތޯ އަހަރެން މާތްﷲ ގެ ޙަޟްރަތަށް ދުޢާކޮށްދޭނަން…..” ޝިއުރީގެ ދެލޮލުން އައިސްފައިވާ ކަރުނަތައް ލޯތްބާއިއެކު ފުހެލައިދެމުން މިޝަލް ހިނިތުންވެލިއެވެ. ބަދަލުގައި ޝިއުރީވެސް ހިނިތުންވެލިއެވެ. ޝިއުރީގެ ހިތް ހަމަޖައްސައިދޭން މަސައްކަތް ކުރަމުން ދިޔަ މިޝަލް ހުރީ ކެތްކުރެވޭ އެންމެ މަތީ ދަރަޖައަށް ކެތްކޮށްލައިގެންނެވެ. އޭނާގެ ހިތުތެރޭގައިވެސް ވަނީ ބޮޑު ތޫފާނެއް އުފެދިފައެވެ.

ދުރުގައި މަޑުކޮށްލައިގެން ހުރި މިޝްޔާއަށް އެ ދެމީހުންގެ ދެމެދުގައި ދެކެވުނު ހުރިހާ ވާހަކައެއްވެސް ވަރަށް ރީއްޗަށް އަޑުއިވުނެވެ. ދެލޯ ބޮޑު ކޮށްލައިގެން ހުރެވުނީ އެދެމެދުގައި ދެންމެ ދެކެވުނު ވާހަކަތަކާއި ހިނގާދިޔަ ކަންތައްތައް ފެނި ޝޮކެއް ލިބިފައެވެ. ވާނީވެސް އެހެންތާއެވެ. ޝިއުރީގެ މަންމަ ޝިއުރީދެކެ ރުޅިއައިސްގެން އުޅޭ ވާހަކަ ބުނެލިޔަސް ދުވަހަކުވެސް އެއިން ވާހަކައެއްގެ ތަފްޞީލެއް އޭނާ ނުދޭނެއެވެ. އިތުރަށް އެ ވާހަކައެއް ނުވެސް ދައްކާނެއެވެ. އެހެނަސް، އެހާ ތަފްޞީލްކޮށް އޭނާގެ ހިތުގެ ޙާލު މިޝަލަށް ކިޔައިދިނުމުން މިޝްޔާއަށް އެކަމުން ހައިރާންކަން ލިބުނީއެވެ. އަދި އެއަށްވުރެވެސް ބޮޑަށް ހައިރާންވީ، ޝިއުރީ އަމިއްލައަށް މަރުވާ ވާހަކަ ދެއްކުމުން މިޝަލް ކަންތައް ކުރިގޮތުންނެވެ. ޝިއުރީ މެޔާލައި ބޮނޑިކޮށްލައިގެން ހުރިއިރު އެދެލޮލުން ފޭބި ކަރުނަތައް ޝިއުރީއަށް ނުފެނުނު ނަމަވެސް އޭނާއަކަށް އެ ކަރުނަތަކެއް ސިއްރެއް ނުވެއެވެ. އެންމެ ބޮޑަށް ހައިރާންވާން ޖެހުނު ސަބަބަކީ އެއީއެވެ. އެވަގުތު އޭނާގެ ހަނދާނަށް އައީ މީގެ ތިން ދުވަސްކުރިން ޔަލްވީއާއި މިޝަލް ދެއްކި ވާހަތަކެވެ. އެމީހުންނަށް ނޭނގި އޭނާ ވަނީ އެވާހަކަތައް ރެކޯޑްކޮށްފައެވެ. އަދި އެ ރެކޯޑިންގ އޭނާވަނީ އަޑުވެސް އަހާފައެވެ. ޔަލްވީއާއި މިޝަލާއި ދެމެދު ދެކެވިފައިވާ ވާހަކައިން މިޝަލް ވަރަށް ލޯބިވާ ކުއްޖަކު ހުންނަކަންވެސް އޭނާއަށް ވަނީ އެނގިފައެވެ. އެވާހަކަތަކާއި އޭނާގެ ކުރިމަތިން ދެންމެ ފެނިގެން ދިޔަ މަންޒަރުތަކުން މިޝަލްގެ ހިތުގައި ރައްކާކޮށް، ފޮރުވައިގެން އެއުޅޭ ކުއްޖަކީ ޝިއުރީ ކަމުގައި މިޝްޔާގެ ހިތް ބުނުމުން، އޭނާއަށް ހިތާއި ދިމާއިން މޭގައި އަތް އަޅާލެވުނެވެ. އެއީ ތެދަކަށް ވެއްޖެނަމަ ދެން ކަންތައް ވާނީ ކިހިނެއްބާއޭ އޭނާގެ ހިތަށް އެރިއެވެ. ޖަވާބު ނުލިބޭ ސުވާލުތަކަކުން އޭނާގެ ސިކުނޑި ހާސްކުރުވަމުން ދިޔައެވެ.

މިޝަލްގެ މިންނެތް މަސައްކަތުން ޝިއުރީ ހަމައަކަށް އެޅުނެވެ. އޭނާ ގެއަށް ދާން އެނބުރުމުން މިޝްޔާ އަވަސްއަވަހަށް ގޭތެރެއަށް ދެމިގަތީ އެދެމީހުންނަށް ފެނިދާނެތީއެވެ. އޭނާ އެތާހުރިކަން އެވަގުތު އެ ދެމީހުންނަށް އަންގާކަން މިޝްޔާ ބޭނުމެއް ނުވެއެވެ. ނަސީބަކުން އެމީހުނަށް ނުފެނި މިޝްޔާއަށް ފިލުނެވެ.
*******************

ޝިއުރީ ގެއަށް ދިއުމުން ބާރަށް ހިނގާލާފައި ގޮސް މިޝަލް ވަނީ އޭނާގެ ކޮޓަރިއަށެވެ. ބަންލާފައި ދޮރު ލެއްޕުމަށްފަހު، އަތް މުށްކަވާލަމުން ފާރުގައި ދެތިން ފަހަރު ޖަހާލެވުނެވެ. އެވަރުންވެސް ހިތްހަމަ ނުޖެހިގެން ރީތިވާ މޭޒުމަތީގައި ހުރި އެއްޗެހިތައް އަތުން ޖަހާ އުކާލިއެވެ. އެއަށްފަހު، އެނދުގެ މަގަތުގައި އިށީނދެ ބޮލުގެ އިސްތަށިގަނޑުގެ ތެރެއަށް ދެއަތް މަހާލިއެވެ. ޝިއުރީ ހިތުގައި ޖެހިފައިވާވަރު ފެނުމުން އޭނާގެ ހިތުގެ ހަމަޖެހުންވެސް ވަނީ ގެއްލިފައެވެ. އެވަގުތު ސިހިފައި ދޮރާއި ދިމާއަށް ބަލާލެވުނީ ދޮރު ހުޅުވާލާފައި މިޝްޔާ ވަނުމުންނެވެ. މިޝްޔާ ފެނުމުން މިޝަލް އަވަސްވެގަތީ ކޮޓަރިއަށް އުކާލާފައިހުރި ރީތިވާ ސާމާނުތައް ނެގުމަށެވެ. މިޝްޔާވެސް ލަސް ފިޔަވަޅުތަކެއް އަޅަމުން އައިސް ވެއްޓިފައި އޮތް ލޯޝަން ފުޅިނަގައި މޭޒުމަތީގައި ބެހެއްޓިއެވެ. އޭރު މިޝަލް ދެންހުރި އެއްޗެހި މޭޒުމަތީގައި ބަހައްޓަނީއެވެ.

“ކުރީ ދުވަހު ދޮންބެއާއި ޔާލްއާއި ދެމެދު ދެކެވުނު ވާހަކަ އަހަންނަށް އެނގޭ…… ދޮންބެ އެހެން ކުއްޖަކު ދެކެ ލޯބިވާކަންވެސް އަހަންނަށް އެނގޭ…..” ފަރުވާތެރިކަމާއިއެކު މިޝަލަށް ބަލަން ހުރެ މިޝްޔާ ވާހަކަ ދައްކަން ފެށިއެވެ. މޭޒުމަތީގައި ހުރިހާ އެއްޗެއް ބެހެއްޓުމަށްފަހު، މިޝަލް އެއްޗެއް ނުބުނެ ހިނގައިގަތީ މިޝްޔާ ދެއްކި ވާހަކަ އަޑު ނީވޭތީއެއް ނޫނެވެ.

“އެކުއްޖަކީ ޝިއުތަ……؟؟؟؟؟” މިޝްޔާގެ ދުލުން ބޭރުވި ޖުމްލައާއިއެކު މިޝަލްގެ ފައިގައި ކަސްތޮޅު ލެވުން ކަހަލައެވެ. ޙަރަކާތެއް ގެންނަން ނެނގިފައި ހުރި ފިޔަވަޅުމަތީ ހުއްޓުން އަރާފައި ހުރެވުނީއެވެ.

“އެއީ ޝިއުތަ……؟؟؟؟؟؟؟” ފިޔަވަޅުތަކަށް ބާރުލަމުން ހިނގާލާފައި އައި މިޝްޔާ މިޝަލްގެ ކުރިމަތީގައި މަޑުކޮށްލަމުން ސުވާލު ތަކުރާރުކޮށްލިއިރު، އޭނާގެ މޫނުމަތީގައިވާ ކުލަވަރުތައް ދެނެގަންނާކަށް މިޝަލަކަށް ނޭނގުނެވެ. މިޝަލްގެ މޫނުން ނަޒަރު ވަކިކޮށްނުލާ އޭނާ ހުރީ ޖަވާބެއް ބޭނުންވެފައެވެ. މިޝްޔާއަށް ބަލާލި މިޝަލްގެ ދެލޯ ފެންކަޅިވާންފެށިއެވެ. ވާހަކަ ދައްކަން އުނދަގޫވުމުން ތުނިކޮށް ފަޅާފައިވާ ތުނބުޅީގައި އަތްހިންގާލަމުން ދިމަދިމާއަށް ބަލަންފެށުނެވެ. ބަލަބަލާ ހުއްޓާ މިޝަލްގެ ދެލޯ ފުރިގެންގޮސް ކަރުނަތައް އޮހިގަތެވެ. ކަނޑާ ވައްޓާލި ރުކެއްހެން ދެކަކޫ މައްޗަށް ތިރިވިއިރު އޭނާއަށް ހަމަ ރަނގަޅަށްވެސް ރޮވިއްޖެއެވެ. ކެތްތެރިކަން ކޮޅުންލީއެވެ. އޭނާއަކީވެސް އިންސާނެއް ވިއްޔާއެވެ. ހިތުގައި އުފެދިފައިވާ ޖަޒުބާތުތައް ހިފަހައްޓާލެވޭނީވެސް ވަކިވަރަކަށެވެ.

މިޝަލްގެ ވޭނީ ރުއިމުގެ އަޑު ކަންފަތުގައި ޖެހުމުން މިޝްޔާގެ ގައިން ދިޔައީ ހީބިހި ނަގައިގެންނެވެ. އޭނާ ރޯތަން ފެނުމުން މިޝްޔާގެ ދެލޯވެސް ފެންކަޅިވިއެވެ. އޭނާ ހަނދާންވާން ފެށީއްސުރެ އަދި މި ނޫނީ މިޝަލް ރޮނިކޮށް ފެނިފައެއް ނުވެއެވެ. މިޝަލްގެ ރުއިމުގައި، ވޭނާއި ރިހުން އެކުލެވިފައިވެއެވެ. މިޝްޔާ މަޑުމަޑުން ތިރިވެ “ދޮންބޭ” އޭ ކިޔާ ގޮވާލަމުން އިސްޖަހާލައިގެން ރޯން އިން މިޝަލްގެ އަތްތިލަމަތީގައި އަތް ބާއްވާލިއެވެ. އެއާއިއެކު، ގެނައި ކުއްލި ޙަރަކާތަކާއިއެކު މިޝަލް މިޝްޔާގެ ގައިގައި ބައްދާލިއެވެ.

“މިޝް…. އެކުއްޖަކީ ޝިއު…. ދޮންބެ ލޯބިވަނީ ޝިއުދެކެ…. ވަރަށް ވަރަށް ބޮޑަށް ލޯބިވޭ….” އެއިންގޮތަށް އިނދެ މިޝަލް ބުނަމުން ދިޔައެވެ. މިޝަލްގެ ގައިގައި ހިފަހައްޓާލަމުން ދެލޯމަރާލި މިޝްޔާގެ އެސްފިޔަތައް ފޫދުއްވާލުމަށްފަހު ކަރުނަތައް ފައިބައިގަތީ މިޝަލްގެ ޙަރަކާތްތައް ހުރިގޮތުން ހިތްދަތިވީ ވަރުންނެވެ. އެގޮތުގައި އިރުކޮޅަކު އިނުމަށްފަހު މިޝަލް މިޝްޔާގެ ގައިން ދޫކޮށްލުމަށްފަހު ލޮލުން އައިސްފައިވާ ކަރުނަތައް ފުހެލިއެވެ. އަދި ކޮޅަށް ތެދުވެ އެނދުގެ ބޯލާކޮޅުގައި ހުރި ޓިޝޫ ފޮށިން ޓިޝޫއެއް ނަގާ ނޭފަތް ފޮޅާލަމުން އެނދުގެ މަގަތުގައި އިށީނެވެ. މިޝަލްގެ ޙަރަކާތްތަކަށް ބަލަން އިނދެފައި މިޝްޔާވެސް އައިސް މިޝަލްގެ ގާތުގައި އިށީނެވެ.

“ދޮންބެ ކީއްވެ ޝިއުދެކެ ލޯބިވާ ވާހަކަ އަހަރެންގާތު ނުބުނެ ސިއްރުކުރީ…..” މިޝަލް ހަމައަކަށް އެޅުމުން މިޝްޔާ ސުވާލުކޮށްލިއެވެ. މިޝަލް ފަޒާގެ ތެރެއަށް ފުންނޭވާއެއް ދޫކޮށްލަމުން ދެއަތް ޖޯޑު ކޮށްލުމަށްފަހު ދެއަތަށް ބަލަހައްޓައިގެން އިނދެ ވާހަކަ ދައްކަންފެށިއެވެ.

“ފުރާވަރަށް އެރީއްސުރެ ދޮންބެގެ ހިތުގައި ޝިއުއަށްޓަކައި ތަފާތު ގޮތަކަށް ވިންދު ޖަހާކަން ދޮންބެއަށް ފާހަގަކުރެވުނު…. އަދި އެހެން އެވަނީ ޝިއުދެކެ ލޯބިވެވުމުންކަންވެސް އެނގުނު…. އެކަމަކު ލޯބި ހުށަހެޅުން ފަސްކޮށްލީ އޭރު ޝިއުގެ އުމުރުން ޅަވެފައި އެފަދަ ކަމަކަށް ޝިއު އާވާނެކަން އެނގޭތީ، ޝިއު ބޮޑުވެލަންދެން….. އެކަމަކު ބަލަބަލާ ހުއްޓާ ތެޔޮނާށި ކާޅު ޖަހައިގަތީ….. އެވެސް އެންމެ ގާތްކޮށް އުޅޭ އެކުވެރިންގެ ތެރެއިން މީހަކު…… އޭގައި ނަހީކްގެ ކުށެއް ނެތް….. ނަހީކަށް އަދިވެސް އަހަރެން ޝިއުދެކެ ލޯބިވާކަމެއް ނޭނގޭނެ….. އެކަން އެނގޭ ހަމައެކަނި މީހަކީ ޒީކް….. ދެން މިޝް…..” މިޝަލްގެ ވާހަކައިން ހައިރާންވީ ވަރުން މިޝްޔާއަށް މިޝަލާއި ދިމާއަށް ބަލަހައްޓައިގެން އިނދެވުނީ އެ ހުރިހާ ކަމެއް ޒިކާނަށް އެނގޭއިރުވެސް އޭނާއަށް އެނގިފައި ނުވާތީއެވެ. މިޝަލް ނުބުނި ނަމަވެސް ޒިކާން އޭނާގެ ގާތުގައި ނުބުނެ ހުރުމުން ހިތްހަމަ ނުޖެހުނެވެ. މިޝްޔާގެ މޫނަށް އަރާ ފޭބި ކުލަވަރުތަކުން އޭނާގެ ހިތުތެރޭގައި ހިނގާ ކަންތައްތައް މިޝަލަށް ނަގައިގަނެވުނެވެ.

“ޒީކްއަކީ އިތުބާރުހިފޭ ރަނގަޅު އެކުވެރިއެއް… ދޮންބެ ޒީކް ލައްވާ ހުވާކުރުވިން އެއްވެސް މީހެއްގެ ގާތުގައި އެވާހަކަ ނުބުނުމަށް….. އެހެންވެ އޭނަ މިޝްގެ ގާތުގައިވެސް އެވާހަކަ ނުބުނީ……” މިޝަލް އޮޅުން ފިލުވައިދިނެވެ.

“އަހަރެން ވަރަށް ދެރަވެއްޖެ ދޮންބެއަށް ކަންތައްވީގޮތުން….. ދޮންބެ ދެރަވާނެވަރު އަހަންނަށް ވިސްނޭ…..” މިޝްޔާ ދެރަވެލާފައި މިޝަލްގެ ކޮނޑުގައި ބޯ އަޅާލަމުން ބުނެލިއެވެ.

“މިޝް…. ދޮންބެ މިހުރިހާ ދުވަހުވެސް ކެތްކުރީނު…. ދެންވެސް ކެތްކުރެވޭނެ….. ޝިއު މިއަދު ދެރަވެގެން ވަރަށް ރޮއުނު…. އޭނާގެ ކުރިމަތީ ނުރޮއެ ދޮންބެއަށް ހުރެވުނީ ހަމަ ކިރިޔާ…. ވަރަށް ކެތްކޮށްގެން…. އެހެންވެ ކޮޓަރިއަށް އައިއްސަ ދޮންބެއަށް އިޙްސާސްތައް ކޮންޓްރޯލް ކުރަން އުނދަގޫވީ…..” މިޝްޔާގެ ބޮލުގައި ފިރުމާލަމުން މިޝަލް ބުނެލިއެވެ.

“ދޮންބެ ނިންމައިގެން ހުރީ ޝިއު ކައިވެނި ކުރި ދުވަހަކުން ދޮންބެގެ ޙަޔާތަށް ކުއްޖަކު ގެނައުމަށް….. އެކަމަކު އެކުވެރިންގެ އެދުމާއިއެކު، ހުހަށް ނުހުންނަންވެގެން ޔާލްކަހަލަ ރަނގަޅު ކުއްޖަކު ފެނުނީމަ ގުޅެން ބޭނުންވީ….. ފަހަރެއްގައިވެސް ޔާލް ދެކެ ލޯބިވެގެންނެއް ނޫން……. ދޮންބެއަކަށް ހިއެއްނުވެ ޝިއު ނޫން އެހެން ކުއްޖަކުދެކެ ލޯބި ވެވޭނެހެންނެއް…..” މިޝަލް އިސްޖަހާލަމުން މިހެން ބުނެލިއިރު، އަނެއްކާވެސް އޭނާގެ އަޑު ތަފާތުވެގެން ދިޔަކަން މިޝްޔާއަށް ފާހަގަކުރެވުނެވެ.

“ދޮންބޭ ދެރަނުވޭ… މާތްﷲ އިރާދަކުރެއްވިއްޔާ ދޮންބެއަކަށް ދެރަގޮތެއް މެދުވެރިއެއް ނުކުރައްވާނެ….. އަހަރެން އަބަދުވެސް ދޮންބެއާއިއެކު ވާނަން…..” މިޝަލްގެ ޙާލަށް ޙަމްދަރުދީވާޙާލު މިޝްޔާ ބުނެލިއެވެ.

އެވަގުތު މިޝްޔާގެ ފޯނަށް މެސެޖެއް އައުމުން ކިޔާލިއެވެ. ފޫކޮޅުގައި ކަށްޓެއް ޖެހިހެން ތެދުވެވުނީ މެސެޖުގައިވާ ޢިބާރާތްކޮޅު ފެނުމުންނެވެ. މިޝްޔާ އެ މެސެޖު މިޝަލަށް ދައްކާލުމުން އޭނާއަށްވެސް ވީ ހަމަ އެހެންނެވެ.

“ހިނގާ އަވަހަށް ދަމާ….” މިޝަލް މިހެން ބުނެފައި ކޮޓަރިން ނުކުންނަން ހިނގައިގަތުމުން މިޝްޔާވެސް ހަލުވިކޮށް ހިނގާލާފައި އޭނާގެ ފަހަތުން ދިޔައެވެ.
********************

މިޝަލްމެން ސައިކަލްގައި ގޮސް މަޑުކޮށްލީ ޔަލްވީމެން ގޭ ކައިރިއަށެވެ. އެ ގެއަށް ވަންއިރު ޔަލްވީގެ ކޮޓަރި ކައިރީގައި މަޑުކޮށްލައިގެން އަޔާނީ ހުއްޓެވެ.

“ކިހިނެއްވީ ޔާލްއަށް…..” އަޔާނީގެ ގާތުގައި މަޑުކޮށްލަމުން މިޝްޔާ އަހާލިއެވެ. މިޝަލްވެސް ވީގޮތް އޮޅުންފިލުވަން ބޭނުންވެފައި ހުރިވަރުން އަޔާނީއަށް ބަލާލެވުނެވެ.

“ބޭރު ޖޯލީގައި އަހަރެމެން ތިބީ ވާހަކަ ދައްކަން….. އެހެން އިނދެފައި ކުރީ ދުވަހު ވީގޮތަށް ކުއްލިއަކަށް ޔާލްގެ އަނގައިން ފޮނު އަންނަންފެށީ……. ދެލޯވެސް މެރިފަ އޮތީ…. ހީވަނީ ހޭނެތިފައިހެން އޮތީ….” އަޔާނީ ވީގޮތް ކިޔައިދެމުން ދިޔައެވެ.

“ދެން ކިހިނެއް ހެދީ….. މިހާރު ކޮބާ އޭނާ….” ހިތް އަވަސްވެފައިހުރެ މިޝަލަށް އަހާލެވުނެވެ.

“ނަސީބު ރަނގަޅުކަމުން އެވަގުތުވީ ސުލައިމާނުބޭވެސް ރުޤްޔާ ކިޔަވާ މީހާ ގޮވައިގެން އައި ވަގުތަށް…. މިހާރު ރުޤްޔާއަށް ކިޔަވަމުން އެދަނީ އެތެރޭގައި….. ދައްތަ އާއި ކާފަވެސް ވެއްޖެ އެތެރޭގައި….” އަޔާނީ ބުނެދިނެވެ. އަދި ތިން މީހުން ވާހަކަ ދައްކަމުން މިސްރާބުޖެހީ ބޭރުގައި ހުރި ޖޯލިތަކާއި ދިމާއަށެވެ. އެވަގުތު ގެއަށް ވަދެގެން އައި ޝިއުރީ ފެނުމުން ތިންކުދިންގެ ހިނގުންވެސް މަޑުޖެހިލިއެވެ. ޝިއުރީ އައުމުން ހަތަރު ކުދިން އެއްކޮށް ހިނގާލާފައި ގޮސް ޖޯލިތަކުގައި އިށީނެވެ. ޔަލްވީއަށް ވީގޮތާއި ބެހޭގޮތުން ޝިއުރީ ސުވާލުކުރުމުން، އަޔާނީ ޔަލްވީއަށް ވީގޮތް ކިޔައިދޭންފެށިއެވެ. އަޔާނީގެ ވާހަކައަށް ސަމާލުވެލައިގެން އިން ޝިއުރީގެ މޫނަށް ބަލަހައްޓައިގެން މިޝަލަށް އިނދެވުނެވެ. މިޝްޔާއަށް މި މަންޒަރު ފެނުމުން އޭނާއަށް ވީ އެހެންކަހަލަ ގޮތެކެވެ. މިޝަލް ޝިއުރީއަށް ބަލާލާ ގޮތުންވެސް އޭނާ ޝިއުރީދެކެ ލޯބިވާވަރު ހާމަވެގެންދެއެވެ. ނަމަވެސް، މިވީހާ ދުވަހު އެކަހަލަ ކަމެއް ފާހަގަ ނުކުރެވުނީ ކީއްވެބާއޭ މިޝްޔާގެ ހިތަށް އެރިއެވެ.

ހަތަރު ކުދިން އިންތިޒާރު ކުރަމުން ދިޔައީ ޔަލްވީގެ ޚަބަރެއް ވާނެ އިރަކަށެވެ. އެކުދިން އެހެން ތިއްބާ މެންދުރު ނަމާދު ކޮށްލައިގެން ނުކުތް ހަލީމާވެސް އައިސް އެކުދިންގެ ގާތުގައި އިށީނެވެ. ހަލީމާ އައިތާ މާގިނައިރެއް ނުވަނީސް ގޭތެރެއިން ނުކުތް ސުލައިމާނުބޭ އާއި ރުޤްޔާ ކިޔަވާ މީހާ ފެނުމުން މިޝަލްމެންނަށް ކޮޅަށް ތެދުވެވެނެވެ. އެމީހުންގެ ފަހަތުން ފަހުމީވެސް ނުކުމެގެން އައިސް އެންމެން މަޑުކޮށްލީ މިޝަލްމެންގެ ގާތުގައެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Eemyaa

Level 910 Stories100 Comments100 Login500 Comments100 Stories500 Login

Other Articles

Previous

02:30 ސޯޅަވަނަ ބައި

Next

ޢެދެމޭ އުފާ….(3)

Next
August 30, 2017

ޢެދެމޭ އުފާ….(3)

Previews
August 30, 2017

02:30 ސޯޅަވަނަ ބައި

54 Comments!

  1. Aki says:
    August 30, 2017 at 7:50 pm

    mi vaahaka varah furihama.. konme dhuvahaku kiyan ekamu varah madhun comments mikurevenee

    1. Eemyaa says:
      August 30, 2017 at 11:14 pm

      Thanks Aki ☺☺☺

  2. Eemyaa says:
    August 30, 2017 at 7:51 pm

    Hei all ☺
    Heekuran mi part ves kamudhaane kamah ??
    Mi part ga thankolheh ginain kuh huredhaane faahaga kohlaidhechey ?
    Maai vegenvaa hajju dhuvahuge heyo dharuma aai savaabu thiya enmehaa kiyuntheriinah dhevvun edhi dhuaa kuramun vaki velan☺
    Baaja veri reakah edhen ????

    1. Dumb big liar says:
      August 30, 2017 at 9:13 pm

      Varah kiyaa hiyy vey mishal and shiury ge romace part. They are awsome together ❤

    2. Cher says:
      August 30, 2017 at 9:51 pm

      rovijje mishal ah v gothun.. kiyamun dhia iru hiivii hama story therey ulhevey hn..vrh salhi..love it n love yuhh fr writing such a great story..whn nxt prt up vrnii..cant wait..poor yaal haadha hamdhardhii eh veve ey ???????????????

    3. Eemyaa says:
      August 30, 2017 at 11:16 pm

      Hehe??? Thanks Dumb ☺☺☺

    4. Eemyaa says:
      August 30, 2017 at 11:19 pm

      Thanks Cher, for the lovely comnent ☺☺☺
      Next part Eid dhuvahun genesdheynan In Sha Allah ???

  3. Juvey says:
    August 30, 2017 at 7:54 pm

    Wow.. thanx eem doonee ..my favourite story mi re ??????

    1. Eemyaa says:
      August 30, 2017 at 11:20 pm

      Thanks Juvey ☺☺☺?

  4. Ruby❤ says:
    August 30, 2017 at 8:21 pm

    I love this story?…. Kiyaa hithun keh madhuvefa indha story up kohffa inthan fenunee… And yeah! Eem you are the best❤??
    Btw when is the next part?? I’m too curious to know what’s gonna happen ?

    1. Eemyaa says:
      August 30, 2017 at 11:23 pm

      Thanks Ruby ☺☺☺hehe ???
      Next part Eid dhuvahun genesdheynan In Sha Allah ?? as a spcl ep

  5. Ahoo says:
    August 30, 2017 at 9:00 pm

    Oooh v v reethi …

    1. Eemyaa says:
      August 30, 2017 at 11:24 pm

      Thanks Ahoo ☺☺☺

  6. ??? says:
    August 30, 2017 at 9:07 pm

    Vvvvvv furihama mishal ge hith nurohvaa avahah e 2kudhinn gulhuvaa☺☺??adhivess hama kiyaa hith vanii

    1. Eemyaa says:
      August 30, 2017 at 11:27 pm

      Thanks dear ☺☺☺
      Hehe asluves ey dw ?
      ???

  7. Ram says:
    August 30, 2017 at 9:25 pm

    Eeem… v kuruhen hyvanyy… dhen faharakun dhigukohlahcheyy.. storyy is amazing.. yaal ragalhu vaane dww mifaharu.. lets see dww.. hehe.. waitingss…

    1. Eemyaa says:
      August 30, 2017 at 11:30 pm

      Thanks Ram ☺☺☺
      Kurutha?? ?
      Scene thah dhiguvefa madhu v ma kanne ehn heevany ??
      Yeah lets see dw ???
      Keep waiting ???

  8. Yaal says:
    August 30, 2017 at 9:33 pm

    Yaal beynun vaahaka he liyan. Login kohfa dhen vaahaka liyefa fonuvaane gotheh neyge. And yaal athuga noway phone eh. Eem plx help me

    1. Eemyaa says:
      August 30, 2017 at 11:34 pm

      New post ah gossa story n title liyefa category choose koffa pic upload kohfa publish ah dhiya eema update vaane Yaal ☺☺
      Pc in ves vaane eem ves lap in kurin up kurany ☺☺

  9. click a shot ? says:
    August 30, 2017 at 10:00 pm

    alhey yaal avahah rangalhu vaane dhuvahaka inthizaaru kuran…mi part ga thi genesdhiny shiury aa mishal ge romance bai dhw…☺️varah kiyaahihvi..thankolhe kuru..dhigukohlachey next part..mi part ves varah salhi?

    1. Eemyaa says:
      August 30, 2017 at 11:37 pm

      A e romance eh nun dw ?
      Thanks click ☺☺
      Kuruhen heevany kanne bt try kuraanan next part dhigu kohleveytho ingey ??

    2. click a shot ? says:
      August 31, 2017 at 3:57 am

      I know it… hehe..even I also know that it’s not romance..

    3. Eemyaa says:
      August 31, 2017 at 5:57 am

      Hehe romance vaan ulheyhen heevany dw ??

    4. click a shot ? says:
      August 31, 2017 at 10:18 am

      Yeah..?

  10. Aegi gom ? says:
    August 30, 2017 at 10:05 pm

    Hama rangalhah ves rovijje..dhn mishal ehaa dheranukoh shiu dheynveenu..ehnoony efakyruge dhuvas hingaidhaane hithaama kohkoh..mi part varah varah reethi..eagerly waiting for the next part ❤️❤️❤️
    Eemyaa you are the best ?

    1. Eemyaa says:
      August 30, 2017 at 11:40 pm

      Hehe Aegi, mishal ah v sympathy vejje ey dw ?
      Thanks Aegi gom ☺☺
      ???❤

  11. aalaa says:
    August 30, 2017 at 10:53 pm

    Alhey eem.. Mi part vx haadha ryhchey…. Waiting for next part.. Hajju dhuvahuge heyo edhunthah eem ashaa mistry kiyaa kudhinnah ariskuran… K… Love u eem n story….☺☺☺☺

    1. Eemyaa says:
      August 30, 2017 at 11:41 pm

      Thanks aalaa ☺☺☺
      Ly too dear ???

  12. Jin says:
    August 30, 2017 at 11:19 pm

    Mishal haadha keytheri ey dhw.. Jin mee mishal nama shiuree kurimathy rovunis!! Mi part ves v salhi igey.??❤

    1. Eemyaa says:
      August 30, 2017 at 11:43 pm

      Asluvess mishal v keitheri ey dw ??
      Thanks Jin ☺☺???

  13. Nagma says:
    August 30, 2017 at 11:22 pm

    Mi vaahakaige dhn ohbai annaanee kn iraku ?? Thankolhe avaha update kurevvun edhen

    1. Eemyaa says:
      August 30, 2017 at 11:44 pm

      EID dhuvahun In Sha Allah ☺☺☺?

  14. Xidhan says:
    August 30, 2017 at 11:43 pm

    ?Dhuruga hunan dhathive
    Yaarage loaibah edheve
    Thiye loaibaki
    Mihithugaavaa vindhaki
    Namaves yaaraye bunedheyn dhathive?
    Mishal ❤ Shiury
    Mishal and shiury love story feshuni
    Mibaivex varah salhi
    Eem thi hama best ❤??

    1. Eemyaa says:
      August 31, 2017 at 5:58 am

      Nice lyrics ???
      Hehe thanks Xidhan ☺☺☺???

  15. Al says:
    August 31, 2017 at 12:06 am

    This part v wowsome.. No mistake… Just luv it..

    1. Eemyaa says:
      August 31, 2017 at 5:59 am

      Thanks Al ☺☺☺?

  16. khajja says:
    August 31, 2017 at 1:54 am

    Wow masha allah v v v furihama?? hajju dhuvahuge heyo dharuma aai savaab emmehaa muslim ummathah minvaru koh dhevvaashi aameen eam mishaal n shiu gulhuvachchey n shaun aai yaal ingey yaal ah jehigen ulhey musybaathun yaal ah avas shifaa eh dhevvaashi aamyn mi stry v v v habeys whn nxt prt avahah up kolladhybala plx gud nyt ly ????❤❤❤?????

    1. Eemyaa says:
      August 31, 2017 at 6:02 am

      Thanks khajja ☺☺☺
      Hehe lets see dw ??
      Next part tomorrow In Sha Allah ??? ly too ?

  17. Song Hye-Kyo..KOREAN says:
    August 31, 2017 at 5:40 am

    emy its rui not roun!!!
    love your storys
    ummmah❤

    1. Eemyaa says:
      August 31, 2017 at 6:03 am

      Oh yeah dw ☺
      Next time rangalhu kohlaanan ingey ?
      Thanks a lot dear ☺☺☺???

    2. Song joong ki... KOREAN says:
      August 31, 2017 at 11:09 am

      Hey. Song hye kyo shooting nimmaalaafa aee tha?? 🙂 🙂

  18. Song joong ki... KOREAN says:
    August 31, 2017 at 10:52 am

    Woww. Mi baivx vvv reethi.. Excellent. Kiriyaa nurovuny hama mishal aa shiu menge thankolhu ai hisaabun. Hehe. V kiyaa hithun indha e nimuny.. Avahah up khdhehchey. Eeeem. Eid Mubarak. I am still waiting for the surprise ingey. 🙂 🙂

    1. Eemyaa says:
      August 31, 2017 at 12:28 pm

      Thanks Song ☺☺☺
      Hehe keep waiting ?
      Eid mubarak to u n ur family ???

  19. Yaal says:
    August 31, 2017 at 11:56 am

    Eem alhugan’du Eem ge vahakai Ga beynun kohfa huri nameh beynun kohfiyya problem akah vedhaa ne tha? Yaal mi ulheny vahakai ga ulhey kudhin nah kiyaane nameh ney gigen. Eem alhe name kolheh bune dhy ba

    1. Eemyaa says:
      August 31, 2017 at 12:31 pm

      Problem akah nuvaane dw bt kiyuntherinnah olhidhaane ☺
      Yaal ol name books in eem ves name hoadhy eyga hunnaane v reethi names ??

  20. Ainth says:
    August 31, 2017 at 12:08 pm

    V v rythi. Mishal ah haadha dhera gothekey dhw edhimaa v.. Ekam mishal v hiyvaru gadha dhw.. V inthixaaru kurevey next episode ah

    1. Eemyaa says:
      August 31, 2017 at 12:32 pm

      Thanks Ainth ☺☺
      Keep waiting ???

  21. Adha? says:
    August 31, 2017 at 1:01 pm

    Alhe dhen mishal ah shiu libeyne gotheh hama nethytha.. rovejje mi part kiyaafa?.. mishal eh kamaku ves kehvaany vaki varakah dw.. loabivaa meehaku kurimathy indhe ehaa hithaamakoh roa iru kihineh nurove indheveynee..
    This was really a heart touching part…?
    Waitingss ❤❤❤❤

    1. Eemyaa says:
      August 31, 2017 at 9:41 pm

      Thanks Adha ☺☺☺
      Asluves loabi vaa meehaku kuri mathy indhe ronyaa a e v hiyy dhathi vaa kameh

  22. Yaal says:
    August 31, 2017 at 2:05 pm

    Thanks but new post akah nuva dhevunu. Then ehen irakun vahaka liyanee. Eem ge phone number dhevi dhaanetha? Ehves suvaaleh othihyya kohlan

    1. Eemyaa says:
      August 31, 2017 at 9:42 pm

      Public ga phn no nudheveynu dw Yaal

  23. Mai says:
    August 31, 2017 at 7:37 pm

    Salhi

    1. Eemyaa says:
      August 31, 2017 at 9:43 pm

      Thanks Mai ☺

  24. Song joong ki... KOREAN says:
    September 1, 2017 at 11:04 am

    Eid mubarak to all readers

Comments are closed.

Next Episodeޔާރު މިވަނީ ލޯތްބޭ ޙަޤީގީ (އެކާވީސްވަނަ ބައި)←


All Right Reserved!