ހަޔާތުން އެތަކެއްދުވަހެއް ވޭތުވެގެން މިދިޔައީ އަހަންނަށް، އަބަދުވެސް އިންތިޒާރީއެއްގައެވެ. އަހަރެން ބޭނުންވާ ލޯބިި ލިބޭނެ ދުވަހަކަށެވެ. ކުލުނާއި އަޅާލުން ލިބޭނެ ދުވަހަކަށެވެ. ދުނިޔެއަށް ލޯހުޅުވުނު އިރު އަހަރެންވަނީ އެހެންމީހެއްގެ މުށުތެރޭގައި ތާށިވެފައެވެ. އެހީތެރިކަމެއް، ދުލުން ބުނެލާ ބަހެއް އަޑުއިވޭ ބީރުކަންފަތްތަކެއް ދެމުންދިޔަ މާޙައުލެއްގެ ތެރޭގައި އަހަރެންގެ ހަޔާތް ބަރުބާދުވާން ދޫކޮށްލާފައިވާކަހަލައެވެ. އެއީ މީގެ ނުވަވަރަކަށް އަހަރުކުރިއެވެ. އަހަރެން ރަށުން މާލެއަށް އައީ ސްކޫލްކިޔެވުން ނިންމާ ކޯހަކަށް ތައްޔާރުވެގެންނެވެ. ތިމާގެ މީހެއްކައިރީގައި ހުރުމަށް މާލެ ބަދަލްވީއިރުވެސް އަހަރެންގެ އަމިއްލަ ޢާއިލާއިން ވަނީ އަހަރެން އެހެންމީހަކަށް ވެދުމަށް އަރުވާފައެވެ. އެއީ އަހަރެންގެ ޢާއިލާއާއި ތިމާގެ މީހެއް ކަމަށްވާ ޝަރީފްއެވެ. އޭރު އަހަރެންގެ އުމުރުން 17 އަހަރެވެ. ޝަރީފަށްވެސް އަހަންނަށްވެސް މަޢުލޫމާތު ދީފައިވަނީ އަހަރެން މިއީ އޭނަގެ މިލްކެއްކަމަށެވެ. ނަމަވެސް އަހަރެން އޭރުވެސް އަހަރެން މިގުޅުމާއި ދެކޮޅެވެ. އެއީ އަހަންނަށްވުރެ 15 އަހަރު ދޮށީ މީހެކެވެ. ޝަރީފަކީ އަހަރެންގެ ޢާއިލާއާއި ކިތަންގެ ގާތް އަދި ފައިސާވެރިއެއް ނަމަވެސް އަހަރެން އޭނައެއް ބޭނުމެއް ނޫނެވެ. އޭރު އަހަންނަކީވެސް ފުރާވަރަށް އަރަމުންދާ އެހެން އަންހެންކުދިންނެކޭ އެއްގޮތަށް އަހަރެން ގަޔާވާ އެހެން ބައިވެރިއަކަށް އިންތިޒާރުކުރަމުން ދިޔަ މީހެކެވެ. އަހަރެންވެސް ބޭނުންވާނީ އަހަރެންގެ ޒުވާން ވިންދުތައް ހޭލައްވާލާނޭ ހިތްއެދޭ ޒުވާނެއް ނޫންހެއްޔެވެ. ނަމަވެސް އަންހެނަކަށް ވެފައި އެހާ ޅައުމުރެއްގައި ޢާއިލާއިން އެފަދަ ބޮޑުނިންމުމެއް ނިންމި ނަމަވެސް، އަހަންނަށް މަޖުބޫރުވެފައިވަނީ ޢާއިލާގެ ނިންމުމަށް ބޯލަބައިގެން ކުރިއަށް ދިއުމަށެވެ. މާލެ ބަދަލްވުމާއި އެކުހެން ޝަރީފް ދިޔައީ އަހަންނާ ބައްދަލުކުރަމުންނެވެ. އަހަރެން ދިރިއުޅޭ ގެއަށްވެސް އައިސް އަދި މަގުމަތިންނާއި އެކު އަހަންނާއި ބައްދަލުކޮށް ގުޅުން ބަދަހިކުރުމަށް މަސައްކަތްކުރަމުންދިޔައެވެ. ނަމަވެސް އަހަރެންނަށް ޝަރީފްަ އެދުވަސްކޮޅު ކިތަންމެ ރަގަޅުހެން ހީވި ނަމަވެސް އަހަރެން އޭނަގެ އެއްވެސް އިޝާރާތަކަށް މަރުޙަބާ ކިޔުމުގެ އެއްވެސް ވިސްނުމެއް ނުގެންގުޅެމެވެ. އަހަރެން ދިރިއުޅުނު ގޭގެ މީހުންވެސް އެކަމާއި ދެކޮޅެވެ. އަހަރެންގެ ޢާއިލާއިން ލިބިފައިވާ ބޮޑު އިތުބާރާއި އެކު އޭނަވެސް ހުންނަނީ އަހަރެންގެ މައްޗަށް ވަރަށްވެސް އަތްގަދަކޮށްފައެވެ. އެއްދުވަހެއްގައި އަހަރެން ރައްޓެއްސަކާއި އެކު ކާރެއްގައި ކްލާސްއަށް ދާންވެގެން ދިޔަކަން އެގުމުންވެސް، އަހަރެން އުޅެނީ އެކާރު ދުއްވި ކުއްޖާއާއި ހިތާވެގެންނޭ ކިޔާ އަހަރެންގެ މޫނު މަތީގައި ޖަހާފައިވެއެވެ. މިއީ އަދި އަހަންނާއި ނުއިންނަނީސް އޭނަގެ އަނިޔާވެރިކަން ހުރި ހިސާބެވެ. އަހަރެން މިވާހަކަ އަހަރެންގެ މަންމަމެން ކައިރީ ބުނުމުން އެމީހުން ނިންމީ އެއީ އަހަރެން ގޯސްމަގަކުން ގޮސްދާނެތީ އޭނެ އެޅި ހަރުދަނާ ފިޔަވަޅަކަށެވެ. ފަހަރެއްގައިވެސް އެފަދަ މީހެއްގެ އަތްމައްޗަށް ދޫކޮށްލުމުން އަހަންނަށް ލިބިދާނެ ނިކަމެތި ކަމަކާއި އަންނާނެ އުނިކަމަކަށް ވިސްނާފައެއް ނުވެއެވެ. ޝަރީފްއާއި އޮންނަ ގުޅުން ކުޑަކޮށް، ހުސްވަގުތުތައް މަދުކުރުމަށް އަހަރެން ޕާރޓްޓައިމްކޮށް ވަޒީފާއަކަށް ދިއުމަށް ނިންމާ ދާންފެށީމެވެ. އަދި މިގޮތަށް އުޅުމުގެ ތެރޭގައި އަހަންނަށް އަހަރެން ގަޔާވާކަހަލަ ކުއްޖަކާއި ދިމާވިއެވެ. އެއީ މަފާޒެވެ. މަފާޒު އަހަންނަށް އޭރު ކިތަންމެ ހާވެސް ރަގަޅެވެ. އެހެންނަމަވެސް އަހަރެން ޝަރީފްގެ ވާހަކަތަކާއި ކަންކަން މަފާޒަކަށް ކިޔައެއް ނުދެމެވެ. ޝަރީފް އެއީ އަހަރެންގެ ހަޔާތުގެ ބައެއްކަމަށް އަހަރެން އޭރު ޤަބޫލްކުރަން ބޭނުންނުވާތީއެވެ. މަފާޒާއި އެކު އަހަރެންގެ އުނިވެފައިވާ ލޯތްބާއި އިޙްސާސްތަށް ކިތަންމެ އުދަގުލުން ނަމަވެސް ލިބެމުންދިޔަކަން އަހަރެންނަށް އިޙްސާސް ވަމުންދިޔަައެވެ. ނަމަވެސް އަހަންނާއި މަފާޒާ ދެމީހުން ބިނާކުރަމުންދިޔަ ލޯބީގެ ގަނޑުވަރުގެ އިންފާރުތަކާއި ހިސާބުން އެކަން ފަޅާއެރިއެވެ. އަހަރެން ވަޒީފާއަށް ގެނެސް ގެންދިއުމަށް މަފާޒު އަންނަމުން ދިޔަކަން ޝަރީފަށް ފެނި އެކަން އަހަރެންގެ އާއިލާއަށް ރިޕޯޓްކުރިއެވެ. ވަގުތުން އަހަރެންގެ ބައްޕައާއި ދޮންބެ މާލެއަށް އައީ ޖަހާލި ވިދުވަރެއް ފަދައިންނެވެ، ޝަރީފުގެ ހިޔާލާއި އެއްގޮތަށް އޭނަގެ ޙަރަދުގައި އަހަރެން އުޅުނު ގެއިން ނެރެގެން ގެސްޓްހައުސްއަކަށް ބަދަލްކުރިއެވެ. އަހަންނަށް އެއްވެސް ތަނަކަށް ދިއުމަށް ހުރަސް އަޅާ އަހަރެންގެ ވަޒީފާއާއި ކޯސް ހުއްޓުވާލިއެވެ. އަދި ހަމަ އެގޮތަށް މާގިނަ ދުވަހެއްނުވެ އަހަންނާއި ޝަރީފް އާއި ދެމީހުންގެ ކައިވެނި ކުރުވިއެވެ. އަހަރެންގެ ޒަވާޖީ ޙަޔާތް ފެށިގެންދިޔައީ އަހަރެން އެކަމަށް އެވެސް ތައްޔާރީއެއް ނުވެ، އަދި އެކަމާއި ދެކޮޅުން ހަދަމުން ދަނިކޮށެވެ. އެކަމަކު އެވަގުތު އަހަރެންނަށް ފިލައިގެން ދެވެންވެސް ނެތެވެ. އަހަންނަކީ އޭރު އަދި މައިންބަފައިންގެ ބަނޑުދަށުން ނުނުކުމިހުރި ކުއްޖެކެވެ. މައިންބަފައިން އަހަރެން ނެރެ އެދޫކޮށްލީ އަހަރެންގެ އުފާތަކަށް، އިޙްސާސަކަށް އެއްވެސް ބެލުމެއްވެސް ނެތިތާއެވެ. އެހާދުވަހު އެހާލޯބިން ބަލާ ބޮޑުކުރުމަށްފަހު ދެން އެފަދަގޮތަކަށް ޢަމަލްކުރުން އެއީ އަހަންނަށް ޤަބޫލްވެސްކުރަންދަތިކަމެކެވެ. ނަމަވެސް އެމީހުންގެ ޚިދުމަތަށާއި، ނިންމުމަށް އަހަރެން އިޙްތިރާމްކުރަމުން މުޅި ހަޔާތް ބަރުބާދުވިޔަސް ހެޔޮކަމަށް ހިތާ އެއްވެސް އަލިކަމެއް ނެތް އަނދިރިގަނޑަކަށް ފުންމާލީ އޭގެ ފުންމިންވެސް ނޭގޭ ހާލުއެވެ.. ޝަރީފް އަހަންނާއި ކައިވެނިކޮށްގެން އުޅުނީ އަހަރެން ކޮއްޓަކަށްލައިގެންނެވެ. ބައެއްފަހަރު ވަރަށް ރަގަޅުހެން ހީވި ނަމަވެސް އޭނަގެ އަނިޔާވެރިކަން ދުވަހުން ދުވަހަކަށް ދިޔައީ އިތުރުވަމުންނެވެ. ރުޅިވެރި “މޫޑެއް” ގައި މެނުވީ އޭނަ އަކަށް އަކަށް އަހަންނާއި ކުރިމައްޗެއްނުލެވެއެވެ. ފަހަރެއްގައި އަހަރެން މަފާޒާއި ގުޅުމުން އޭނަ އަށް އަހަރެން އޭނަ ބޭނުންނުވާނެކަން އެގުމުން އެގޮތަށް ކަންތައް ކުރާ ކަމަށްވެސް ވެދާނެއެވެ. ލޯތްބާ އަލާލުމާއި، އެހީތެރިކަމާއި، މަދަދުން މަޙްރޫމްވެ މުޅި ދުނިޔެއިން އަހަރެން އިނީ ބާކީވެފައެވެ. އަހަރެންގެ ވަށައިގެން އަހަންނަށް ފެންނަމުންދިޔައީ ނާއުއްމީދާއި ބަރުބާދީއެވެ. އަހަރެންގެ ބަރުބާދީއަށް އަހަރެންގެ ޢާއިލާ އުފާކުރަންޖެހޭ އެއްވެސް ސަބަބެއް އަހަންނަކަށް ނުވިސްނެއެވެ. ގޭގައި ހުރެގެން “ގެވެށި އަނިޔާ” ލިބެމުން ދިޔަ އިރު އަހަންނަށް ފަރުވާއެއް ދޭނޭ އެއްވެސް އަތެއް އަހަންނަށް މިދުނިޔެއިން ނުވިކަހަލައެވެ. އެހެންނަމަވެސް ކެތްތެރިކަމާއި އެކު އަހަރެން މަޑުކުރީ މިނޫން ދުވަހެއް މިންވަރުކުރައްވަނެކަމަށް ހިތުތެރޭގައި އުފެދެމުންދިޔަ އިޙްސާސްތަކާއި އެކުއެވެ. އެއްވެސް ހަމަޖެހުމެއް ޝަރީފްއާއި އެކު އަހަންނަކަށް ނުހޯދުނެވެ. ކޮންމެ ކަމެއްގައިވެސް ދިމާވީ މައްސަލައެވެ. 9 އަހަރަށްވުރެ ގިނަ ދުވަހު އަހަރެން މިގޮތަށް މި ހޭދަކުރީ ވަރަށްވެސް ކެތްތެރިކަމާއި އެކުއެވެ. އަހަރެންގެ ދެ ދަރިން ތިބި އިރު އެމީހުންނަށްވެސް އަޅާލުމާއި ލޯތްބެއް ޝަރީފްގެ ފަރާތުން ނުފެނެއެވެ. ޝަރީފްގެ އާއިލާގެ އެހީތެރިކަން އަހަންނަށް ލިބުނު ނަމަވެސް ޝަރީފްގެ ހަރުކަށިކަން އެގޮތުގައި ދެމިއޮތެވެ. އަހަރެންގެ ބަސް އަހަރެންގެ ބަސް ޤަބޫލްނުކުރި ނަމަވެސް އަހަރެން ދިރިއުޅޭ ގޭގެ މީހުންގެ ފަރާތުން ލިބުނު މަޢުލޫމާތުން އެކަން އަހަރެންގެ މައިންބަފައިން ބެލިއެވެ. އަދި އެކަން ކަށަވަރު ވުމުން އަހަރެންގެ މަންމަމެން އަހަރެންކައިރީ އެދުނީ ޝަރީފްއާއި ގުޅުން ކަނޑާލުމަށެވެ. ނަމަވެސް އޭރު ވަރަށް ގިނަ ވަގުތުތަކެއް ވަނީ ފާއިތުވެގެން ގޮސްފައެވެ. އިއާދަ ނުކުރެވޭނެ އެތަކެއް ގެއްލުމެއް ވަނީ އަހަރެންގެ ދިރިއުޅުމަށް އައިސްފައެވެ. މައިންބަފައިންގެ އެހީތެރިކަމާއި އެކު މިއަދު އަހަރެން މިހިރީ އަހަރެންގެ ދަރިންނަށް ހެޔޮގޮތް ހޯދައިދީ އަހަންނަށް ލިބޭ އަނިޔާތަކާއި ދެކޮޅަށް ނުކުމެއެވެ. ހަމަގައިމުވެސް އަހަރެންގެ ދަރިންނަށް އަހަންނަށް ލިބުނު ހިތްދަތިކަން އެގޮތުގައި ލިބުނަކަ ނުދޭނަމެވެ. އަހަރެންގެ ހަޔާތުގެ އަނދިރިފަރާތް އެއްފަރާތްކުރުމަށްފަހު ކުރިއަށްދާނޭ މަގެއްއަހަރެން މިދަނީ ކޮށަމުންނެވެ. އެތައްފަހަރަކު ކޯޓަށް ގޮސްފީމެވެ. ޙައްލުކޮށްގެން ކުރިއަށް ދިއުމަށް ކޯޓުން ކިތަންމެ ފަހަރަކު ލަފާދިންނަމަވެސް، ޙައްލުނުވެއެވެ. އަދި މިގޮތަށް އަހަންނަކަށް ކުރިއަކަށް ނުވެސް ދެވޭނެއެވެ. އަނެއްކާވެސް އަހަރެންވާނީ ކޯޓުގެ ދޮރުގައި މިކަމުގެ ނިމުމަކަށް އެދި ޓަކިޖަހާފައެވެ. މިއީ އަހަރެންގެ ހަޔާތްެވެ. އަހަރެން މި ހަޔާތްކުރިއަށްގެންދަން ބޭނުންވަނީ އަހަރެންގެވެސް ޙިއްސާ އޮވެގެން، އަހަރެންގެވެސް އިޙްތިޔާރުތަކާއިއެކުއެވެ. އަހަންނަށް މިއަށްވުރެ އުފާވެރި ހަމަޖެހޭ ދިރިއުޅުމެއް ހޯދުމުގެ ޙައްޤު ލިބިގެން ނުވޭހެއްޔެވެ. (ނިމުނީ)
ދުލުން ކިޔާލެވޭ ބަސްތަކަކުން ލޯބި ހާމަ ކޮށްލެވިދާނެބާވައެވެ. އިއްތިފާގަކުން ލޯބި ނުވާނެކަން އަހަންނަށް އެގެއެވެ. އަހަންނަށް މިކަމުގައި ނޭގެ އެއްވެސްކަމެއް ނުވާނެއެވެ. މާބޮޑަށް ކަންކަން އެގިގެން އުޅޭ މީހުންގެ ޙައްގުގައިވެސްމެއެވެ. އަހަރެންގެ ދެ ފަރާތުގައި ވަނީ ގޮތް ދޫނުކުރާ ގޮތެއް ފޮތެއް ނެތް އަންހެންބައެކެވެ. ދޮގާ މަކަރުން ފުރިގެންވާ މި ކުޅިވަރުން ނުކުންނަން މަސައްކަތްކޮށް ކޮށް އަހަރެން ވަރުބަލިވެއްޖެއެވެ. އެކަމަކު ދޮގުވެރި އުއްބައްތި އަނދާ ހުލިވަނީއެވެ. އަދި ވާހަކަ އަނބުރާ އޭގެ ފެށުމަށް އައީއެވެ. އޭގައިވާ ރާގުތަކަކީ ކޮބާ ހެއްޔެވެ. މި ލޯބި، ތެދުވެރިބާވައެވެ. އެހާ ދުރަށްގޮސް މަގު ގެއްލިފަވެސް އަނބުރާ އައިސް އަހަރެން ހޯދީއެވެ. މިއީ އަހަރެންގެ ، އަހަރެންގެ އަމިއްލަ ދިރިއުޅުމެއް ނޫންބާވައެވެ. މި ނަސީބަކީ ހަމަ ހަޤީޤަތުގަވެސް އަހަރެންގެ ނަސީބު ބާވައެވެ. އެހާ ދުރަށް ގޮސްފަވެސް އަނބުރާ އަހަރެންހޯދީ، އަހަރެން ފެނުނީވެސް ހަމަ ނަސީބު ބާވައެވެ. އެއީ ލޯބި ނަމަވެސް އެލޯބި އަހަންނަށް ކިޔާލާ ބަސްތަކަކުން ދޭހައެއްނުވެއެވެ، ލޯބި ދުލަކުން ދޭހައެއް ނުވާނެއެވެ. ދުވަހަކީ މޫސުންރީތި ނަލަ ދުވަހެކެވެ. މީސްތަކުން އެމީހުންގެ ދުވަހުގެ މަސައްކަތްތަކާއިގެން އުޅުނީ ވަރަށްވެސް ބުރަކޮންނެވެ. ކާރޫބާރޫ ބޮޑު ބޮސްފޮރަސް ބްރިޖްމަތިން ހުސްރަސްކޮށް އަންނަމުންދާ ހެލިކޮޕްޓަރ އިން ބޭފުޅެއްގެ އިންތިޒާރުގައި މާސިޑީސް ބެންޒް ކާރެއްގައި ސާއިދު އައިސް އިނީ ވަރަށްވެސް ތައްޔާރުވެގެންވެ. ވަނީވެސް އެހެންނެވެ. ވަރަށް ފުރިހަމަ އަށް ކާރުވެސް އެހާމެ ފުރިހަމަޔަށް ރީތިކޮށްގެން އައިސް އެއިނީ އޭނަ މަސައްކަތްކުރާ ކުންފުނީގެ ވެރިޔާގެ ދަރިފުޅު ބަލައެވެ. ކާރު އެތެރޭގައި އިނދެފަ އިރުއިރުކޮޅާ ބިއްލޫރި ތިރިކޮށް ކާރު ބޭރުގައި އިނގިލިޖައްސާ ހިރަފުސް ހުރިތޯ ބަލާލައެވެ. އަދި ގަޑިވެސް ބަލާލައެވެ. މިހެން އިންދާ ހެލިކޮޕްޓަރ ޖައްސަން ކައިރިކުރާތަން ފެނުމުން ސާއިދު އަވަހަށް ބޭރަށް ނުކުތެވެ. ހެލިކޮޕްޓަރ ޖެއްސުމާއި އެކުހެން ދޮރުހުޅުވާލާފައި ފުރަތަމަވެސް ނުކުތީ ސާއިދު ބޮސްގެ ދަރިފުޅު ކައިލްއެވެ. ކައިލް ސާއިދު ފެނުމާއި އެކު ހީލާ ބޯޖަހާލިއެވެ. އަދި ސަލާމްކޮސް ސާއިދު ކާރުގެ ދޮރުޅުހުވުމުން ކާރަށް އަރާ އަވަހަށް ދާންހިނގާށޭ ބުނެލިއެވެ. “އޮފީހަށްތޯ ..ނޫންނަމަ ގެއަށްތޯ” ސާއިދު ޔަޤީން ކޮށްލުމަށް އަހާލިއެވެ. ” ނޫން ގެއަށް ދާން ހިނގާ.. ހެނދުނުގެ ނާސްތާ ގޭގައި ކުރަން ބޭނުންވަނީ” ކައިލް މިހެން ބުނުމުން ސާއިދު ކާރު ދުއްވާލިއެވެ. ގޭގައި ކައްކަމުންދިޔަ މީރު ކާއެއްޗެހީގެ ވަހަށް މާޔާ ދިޔައީ ނިދީގައިހެން އޭނަ ކުރިމަތީ އަނެއް އެނދުގައި އޮތް ނިޝާ އާއި ވާހަކަދައްކަމުންނެވެ. ” އަހަންނަށް ހުވަފެނުގައި ހާދަ މީރު ކާއެއްޗެހީގެ ވަސް ދުވާހެން ހީވިއެވެ” މާޔާ ކަންނެތްވެފައި ވާހަކަ ދައްކަމުން ދިޔަ ނަމަވެސް ނިޝާ އޮތީ ހޭލައެވެ. ” މާޔާ އަށް ހުވަފެނެއްގައެއް ނޫން.. މަށަށްވެސް އެބަ ދުވާ.. ދެން ތެދުވެ ކާންވީނު” ނިޝާ މިހެން ބުނުމާއި އެކު އެނދުން ފައިބަން އެނބުރުނުގޮތުން މާޔާ ވެއްޓުނީ އެނދުކައިރީ ކާޕެޓް މައްޗަށެވެ. “ތެދުވާން އުޅޭ .. ކަންނެތް ކުދިންތަކެއް ހުވާ މީ، ކޮން އިރަކުންތަ މާޔާ މަންމަ އަންނަނީ” ހަރުކަށިކަމާއި އެކު ވާހަކަ ދައްކަމުންދިޔައީ ނިޝާގެ މަންމަ އެވެ. މާޔާ އަކީ ނިޝާމެން ގެޔަށް ކިޔަވަން އައިސް ހުރި ކުއްޖެކެވެ. މާޔާގެ ދަބަހާ ފޮށި ނަގާ ނިޝާގެ މަންމަ ރަފިއްޔާ ދިޔައީ ޕެކް ކުރަމުންނެވެ. “ކީއްވެތަ މަގޭ ހެދުންތަކާއި އެއްޗިހި ފޮއްޓަށް ތި އަޅަނީ” މާޔާ ތެދުވެގެން އައިސް ސުވާލުކުރަން ފެށިއެވެ. ” މާޔާ ބައްޕަ އެންގި ގޮތް މިއީ.. މަޔާ އަށްވެސް އެގޭނެ މާޔާ ބައްޕަ އެގޮތަކަށް ނިންމުމަށްފަހު އެއަށްޖެހޭނީ ޢަމަލްކުރުމަށް، މާޔާ ބައްޕަ ބުނީ މާޔާގެ ކިޔެވުން ނިމުނީއޭ، އަދި މާޔާއަކަށް އަމިއްލައަކަށް ވަޒީފާ އެއް ނުހޯދޭނޭ ވީމާ މާޔާ އަނބުރާ ގެޔަށް ފޮނުވާށޭ” ނިޝާގެ މަންމަގެ ވާހަކަތައް އަޑުއިވިފަ މާޔާ ހުރީ ހުއްޓުން އަރާފައެވެ. ދާން ބޭނުން ނުވެފައެވެ. ” ހަމަ ހުވާ މިއީ މާޔާ ބައްޕަ ބުނި ވާހަކަ، އަހަރެން އަމިއްލައަށް ދައްކާ ވާހަކަތަކެއް ނޫން” ” ތިއީ ހަމަ ބައްޕަ ބުނި ވާހަކަތަކެއްތަ، އެކަމަކު އަހަރެންވެސް ބައްޕަ އާއި ވާހަކަ ދެއްކިން، ބައްޕަ ނުބުނޭ ތިކަހަލަ އެއްވެސް ވާހަކައެއް” މާޔާ އަކަށް ނުހުރެވިގެން ވާހަކަ ދައްކަން ފެށިއެވެ. “އާނ ދަރިފުޅާ، އޭނަ މާޔާކައިރީގައި އެއްވެސް އެއްޗެއް ނުބުނާނެ. މަގޭ ދިރިއުޅުންވެސް ހަލާކުކޮށްފަ އެހުރީ” ރަފިއްޔާ ރުޅިވެރި ރާއްގެއްގައި ބުޏެލިއެވެ. ” ބައި ބައެ މާޔާ” ދެމީހުންގެ ޒުވާބު އަޑު ނާހަންވެގެން ނިޝާ ބޯމަތީގައި ބެޑްޝީޓް އަޅައިގެން އޮންނަމުން ބުނެލިއެވެ. ދަތުރުގެ ދިގުކަން އިޙްސާސްވަމުން ދިޔަ ކައިލް އިނީ ކާރުތެރޭގައި ފޫހިވެފައެވެ. އައިޕެޑް ނަގައިގެން ތިން ހަތަރު ވީޑިއޯ ލަވަ ޕްލޭކޮށްފެސް ގަޔާ ނުވެގެން ހުއްޓާލީއެވެ. ކައިލްއަށް ސިހުމެއް ލިބުނީ ގަދަ އަޑަކާއި ލަންބާގިނީ އެއްގައި ކައިލްގެ ކާރާއި ކައިރިކުރި އޭނަގެ އެއްބަފާ ކޮއްކޮ ހުޝާމް ފެނުމުންނެވެ. ހުޝާމް އަކީ ކައިލް ހެން މަޑުމައިތިރި މިޒާޖެއްގެ މީހެއްނޫނެވެ. ކައިލްއަކީ ވަރަށް ހަލަބޮލި މިޒާޖެއްގެ މީހެކެވެ. އަދި ޖެއްސުންކޮށް ފުރައްސާރަކުރުމަކީ ހުޝާމް ވަރަށް ގަޔާވާކަމަކަށް އޮންނަނީވެފައެވެ. މިފަހަރުވެސް ވީ އެހެންނެވެ. ކައިލް ދިޔަ ކާރަށް ވުރެ ބާރަށް ދުއްވާ ހިތްވީއެވެ. ނަމަވެސް ސާޢިދުއަށް އެކަން ފާހަގަކުރެވި ސްޕީޑް ބާރުކޮށް ހުޝާމްއަކަށް ކުރިއަށް އެރުމަށް ފުރުސަތެއް ނުދިނެވެ. މިގޮތަށް ގޮސް ކައިލްމެން ގޭގެ ދޮރާއި ހަމަޔަށް ދެކާރަށްވެސް ދެވުނީ އެއްފަހަރާއެވެ. އެކަމަކު ސާއިދު ގޭޓަށް ކުރިން ދިމާކުރިއެވެ. އަދި ބިއްލޫރި ތިރިކޮށް ހުޝާމުއާއި ދިމާލަށް ނިތްކުރި އަރުވާލިއެވެ. އެހެންނަމަވެސް ކައިލް ސާއިދު އަށް ކާރު ފަހަތައްޖައްސާ ހުޝާމު ކުރިން ވަނުމަށް ފުރުސަތު ދިނުމަށް އެންގުމުން ސާއިދު ކާރު ފަހަތައް ޖައްސާ އެފުރުސަތު ދިނެވެ. “ހުޝާމް ވަރަށް ބޮޑުވެއްޖެދޯ މިހާރު، އަހަންނަށްވެސް ޖެއްސުން ކުރަން ފެށީތަ ” މަޖާ ރާގަކަށް ކާރުން ފައިބައިގެން އަންނަމުން ކައިލް ހުޝާމާއި ދިމާލަށް ބުނެލިއެވެ. ” އެއްމެ ބޭބެއަކުން މުޅި ގެ އެބަ ހިންގާލެވޭ.. އަދި އަހަރެންގެ މިހުރީ އަހަރެންގެ ހާލާތާއި މެދު ރުހިގެން.. ވެލްކަމް ބްރޯ” ހުޝާމް ކައިލްއާއި ބާއްދާލަމުން ބުނެލިއެވެ. “އެކަމަކު ރަގަޅަށް ޢަމަލްކުރީ އަހަރުމެން އިނގޭ.. ހުޝާމް” ސާއިދުވެސް އެމަޖަލުގައި ބައިވެރިވެލިއެވެ. “ހުޝާމް، މިއަދު ހުމްމް… އިންނާނެ އަހަރުމެންގެ މީޓިންގ އެއް، ހުޝާމް ވާނެ އަންނަން، އިޓްސް އެބައުޓް ޔުއަރ ރިކުއެސްޓް” ކައިލް ގަޑި ބަލާލަމުން ބުނެލިއެވެ. ” އޯކޭ.. އޭރަށްވާއިރަށް ބޭބެ ދޭ މާމަގެ ސުވާލުތަކަށް ޖަވާބުދޭން.. އަހަންނަށް ހީވަނީ ސުވާލުތަކަށް ޖަވާބު ދެމުންގޮސް ބޭބެ ވަރުބަލި ވާ އިރުވެސް މާމަގެ ސުވާލުތައް ހުސް ނުވާނެހެން” ބަގީޗާތެރޭގައި ގަސްތަކަށް ފެން ދޭން ހުރި ކައިލްގެ މާމަ ދައްކަމުން ހުޝާމް ބުނެލިއެވެ. ” އާނދޯ އެކަމަކު އަވަސްކުރާތި.. މީޓިންގ އަށް ޓައިމަށް ދާންވާނެ” ހުޝާމް ސިޑިން އަރަން ފެށުމުން ކައިލް ބުނެލިއެވެ. (ނުނިމޭ)
ކުއްލިއަކަށް އަހަރެން ސިއްސައިގެން އައީ އަހަރެންގެ ފަހަތުން ކޮނޑުކައިރިން ކުރިމައްޗައް އައި އަތެއް ފެނުނުމުންނެވެ. އެކަމަކު އަހަރެންގެ ހާސްކަމާއި ބިރުވެރިކަން ކެނޑުނީ އެއަތުގައިވާ އަގޮނޓިފެނިފައެވެ. ހަނދުން ދެމުންދިޔަ މިލަ ހަނދުވަރާއި އެކު އެ އަނގޮޓީގައިވާ ޖަވާހިރުން ވިދުންވާކަހަލައެވެ. “ވިލް ޔޫ ބީ މައިން” އަހަރެންގެ ކަނާތު ކަންފަތަށް ހޫނު އިޙްސާސްތަކަކާއި އެކު މަޑު މަޑުން ކަންފަތްކައިރީގައި ބުނެލި އަޑު އިވުނެވެ. އަހަރެންހުރީ ވަރަށް އުފާވެފައެވެ. އަހަރެން ބުނާނެ އެއްވެސް އެއްޗެއް ދުލަކަށް ނައެވެ. އަނެއްފަރާތަށް އެނބުރުނުގޮތައް އަހަންނަށް […]
އަހަންނަށް އަދި ތީނަ އެގުނަސް ނަމެއްވެސް ނޭގޭ.. މަންމަމެން ކައިރީ ކީކޭ ބުނާނީ.. ކިހިނެތް ދިމާވި ރައްޓެއްސެކޭ” އަހަރެން އޭނަގެ މަޢުލޫމާތު ހޯދަން ބޭނުންވިއެވެ. ” މަށަށް ކިޔަނީ ޒުލްފާ.. ދެން މަ އަނެއްބައި ތިގެއަށް ދާވަގުތު ހަމަޖައްސާލާނަން ޝައްފަ ހުންނާނި މަބުނާ އެއްޗިއްސަށް އާއެކޭ ބުނަން.. އޯކޭ” އޭނަ ފޯނު ބާއްވަމުން ހިނިގަނޑެއް ޖަހާލިއެވެ. ތެދެކެވެ. ރަގަޅަށްވެސް އޭނަ ވަނީ އަހަރެންގެ ރައްޓެއްސަކަށް ވެފައެވެ. *********** ދުވަހަކީ އާޔާޒް، ޝައްފަ އަށް ލޯބި ހުށަހެޅުމަށް ހުރައަށް […]
” ނޭގޭ އަނެއްޔާ އަޔާޒްތަ ތީތަ މި ހޯދާ މީހަކީ.. ” ރޮށި ފިހަން ހުރެފަ ޝާނާ އަޔާޒް އާއި ދިމާލަށް ހިގައިގަތެވެ. ” ނޭނގޭ .. މަޑުކުރޭ މަ ޒުލްއަށް ގުޅާފަ އެބަ ބަލަން ތިކަންތައް.. މަށަކަށް ނުވާނެނު ދެން.. އާނދެން އެ ދޯނީގައި ތިބި ބައިވަރު ބިޓުން ، މަށަށް ވަރަށް ސަޅި ބިޓެއް އިނޭ އިނގޭ.. އޭނަ އިނީ އޭނަގެ މަންމަގެ ގައިގައި ބައްދާލައިގެން.. މަގޭގައިގަ ބައްދާނެ ނަމަދޯ” އަޔާޒް ގޮޑިން ތެދުވެގެން […]
“ދެން އެކަމަކު މިއޮއް ދިމާވި ކަމެއްދޯ.. ކީކޭ މަބުނަންވީ.. ލޯންޗްގެ ކޮންތާކުން ކިހިނެތް ދިމާވީ” އޭނާގެ ފަޜާތުން އަހަންނަށް އެހީތެރިކަން ލިބެން ފެށިއެވެ. “ބުނޭ ދޯނި ތެރޭގައި އަންހެން ކުއްޖަކު އިންދާ ދޯނިން ފައިބަން އަންނާށޭ ބުނެ އަތް ދިގުކުރި ކުއްޖާއޭ.. އަދި ލޯންޗް ތެރެއިން އެ އަންހެންކުއްޖާ ފަހަތްބަލާލި އިރު ހަތަރު ކަޅިވެސް ހަމަވިއޭ” ބުނަންވީ އިބާރާތްތަށް އަހަރެން އޭނަ ބޮލަށް އަމުނާލެވޭތޯ މަސައްކަތްފެށީމެވެ. ” ހީ…ހީ ހަލާކުވެދާނެ.. އާނ އެބަ ބަލަން އެކަމަކު މަގުޅަންދެން […]
ގޮތެއްހުހެއް ނުވާނެ އެވެ. ލޯބި ޙާސިލްކުރުން ފަހަށް ބާއްވާށެވެ. މިވަގުތު ބޭނުންވަނީ އޭނަގެ މައުލޫމާތު ހޯދުމެވެ. ވަރަށް ވިސްނި ފަހުން ޖައްސާނެ ސްޓަންޓެއް ހިތައް އެރިއެވެ. ކޮންމެވެސް ގޮތަކުން ޕޮލިސް ސްޓޭޝަނަށް ދާންވީއެވެ. ކުށެއް ކޮށްގެންވިޔަސް ވަރިހަމަތާއެވެ. ބައެއް ފަހަރު ޤުރުބާންވުންވުންވެސް އޮންނާނެއެވެ. ރޭގަނޑުގެ އަށެއް ޖަހާލާކަށް ހާއިރު ދައްތަގެ ދޮށީފިރިހެން ދަރި ޢާއިދު ބޮލަށް ސަވާރުވެގެން ސައިކަލް ބުރެއް ޖަހާލަން ނުކުތީމެވެ. މީހުން މަދު ހިސާބަކަށް ގޮސް އަހަރެން ސައިކަލް ދުއްވަން ދަސްކޮށްދޭން އެދުނީމެވެ. ވަރަށް […]
“ޝައްފަ.. ކިހިނެއްވެފާ އިނީ” ، ސިއްސައިގެންގޮސް އަހަންނަށް ބެލުނީ ފާތުން އަހަންނަށް ގޮވާލި އަޑަށެވެ. ފާތުން އަކީ އަހަރެންގެ އެއްމެ ގާތް އެކުވެރިޔާއެވެ. ސްކޫލްދައުރުން ފެށިގެން އެކުގައި އުޅެމުން އަންނަ ދެގޮތެއް ނުވާ މިތުރެކެވެ. ހިތުގެ އުދާސްތައް އެމީހަކާއި އެންމެ ކައިރިން ހިއްސާކުރާ މީހާއެވެ. ނަމަވެސް މިއަދު އޭނަ ގޮވާލި އިރު އަހަރެން ގެއްލިފައި އިނީ އޭނައާއި ޙިއްސާނުކުރާ ހިޔާލެއްގައެވެ. އެއީ އަހަރެންގެ ހިތުގެ އެންމެ އެތެރޭގައި ތަޅުލާފައިވާ ކޮޓަރިއެއްގެ ތެރޭގައިވާ ފުން ހިޔާލެކެވެ. އިރުއޮއްސިގެންގޮސް ބަނަކަން […]
ޒައިކް އަހަރެންގެ ކޮނޑުގައި ހިފާ އަހަރެން ނެގިއެވެ. އަހަރެންގެ ލޮލުން އޮހޮރެމުންދިޔަ ކަރުނަތައް ފޮހެލުމަށް ފަހު އަހަންނާ މުޙާތަބްކޮށް ވާހަކަދައްކަން ފެށިއެވެ. “ލައިލާ، އަހަރެން ލައިލާ ދެކެ ލޯބިވޭ، އަހަރެން ލައިލާދެކެ ލޯބިވޭ، އޭރުވެސް މިހާރުވެސް އަބަދުވެސް ވާނަން، އެހެންވެ އަހަރެން މިގޮތަށް ނިންމީވެސް، އަހަންނަކީ ކުޑަދުވަސްކޮޅެއްގެ މެޙްމާނެއް، ލައިލާގެ ކުރިމަތީގައި މުޅި ޙަޔާތް އުފާވެރި ކަމުގައިހޭދަކޮށްލުމަށް ހުޅުވިފައިވާ ފުރުސަތު އެބައޮތް، މި އުއްމީދު ކަނޑާލާފައިވާ މީހާ އާއި އެކު އުއްމީދު ކެނޑިފައިވާ ލޯތްބެއް ނޫން ލައިލާއަށް […]