Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ވިންދު ލޯބިން ޖެހި ހިތެއްގައި (4)

Liaa Level 810 Stories500 Comments100 Comments100 Stories1K Comments100 Login
August 30, 2017 7 Mins Read
22 Comments

“ބައްޕަ ހަނދާންނެތީއޭ މި ވާހަކަ ބުނަން.. ބައްޕަ ދަރިފުޅު ސްކޫލުން ކަނޑާލައިފިން.. އެހެންވީމަ މާދަމާ ސްކޫލަށް ދާކަށް ނުޖެހޭނެ..” އޭނާ މަޑުމައިތިރި ކަމާއެކު އެހެން ބުނެލިއެވެ. އަދި ކޮޓަރިން ނިކުމެގެން ދިޔައެވެ. އޭރު ޔުމްނާ އެދިމާއަށް ބަލަހައްޓައިގެން އޮތީ ޝަކުވާގެ ނަޒަރަކުންނެވެ. ރާމިޒު އޭނާއަށް މި ހުރިހާ އަނިޔާއެއް ދީފައި އެވަރުން ނުފުދިގެން އޭނާ ކިޔެވުމުންވެސް މަހުރޫމުކޮށްލީ ހެއްޔެވެ؟ އޭނާ ކިޔަވާހިތްވާވަރު ރާމިޒަށް ނޭނގެނީ ހެއްޔެވެ؟ ޔުމްނާ ރަޖާގަނޑު އޭނާގެ ހަށިގަނޑުގައި އޮޅާލައިގެން ހުރެ އެނދާދިމާލުން ފާރުގައި ލެނގެލިއެވެ. އެވަގުތު އޭނާއަށް ގިސްލެވެން ފެށީ އިޚްތިޔާރުން ބޭރުގައެވެ. މިއީ އޭލެވެލްގެ ފަހު އަހަރަށް ވީހިނދު އެހާ ދުވަސްކޮޅަކު ރާމިޒަށް ހަމަ މަޑުކޮށް ނުލެވުނީހެއްޔެވެ؟ މުޅި ކޮޓަރި ތެރޭގައި ޔުމްނާގެ ރުއިމުގެ އަޑު ހިފާލިއިރު އަޑުއަހާ މީހެއްގެ ހިތަށްވެސް އަސަރުކުރުވާނެކަން ޔަޤީނެވެ.

އަނެއްދުވަހު ހެނދުނު ޔުމްނާ ތެދުވެގެން ކޮޓަރިން ބޭރަށް ނިކުތްއިރު އެ މޫނުމަތީގައި އާދަޔާޚިލާފު މާޔޫސްކަމެއްވިއެވެ. އާބިދާގެ ހާލު ބަލާލުމަށްޓަކާ އޭނާ ދިއައީ އާބިދާ އޮތް ކޮޓަރިއަށެވެ. އޭރުވެސް އާބިދާ އެނދުގައި އޮތުމާއެކު އަދިވެސް މަންމަގެ ހާލު ރަނގަޅު ނޫންކަން އޭނާއަށް އެނގުނެވެ. މަޑު ހިނގުމެއްގައި އޭނާ ގޮސް އާބިދާގެ މަގަތުގައި އިށީނެވެ.

“މަންމާ..” ޔުމްނާ އާބިދާއަށް ގޮވާލަމުން އާބިދާގެ ނިތްމަތީގައި އޭނާގެ އަތް ބާއްވާލިއެވެ. އެއާއެކު ހޫނުކަމުން އޭނާއަށް އަތް ދަމައިގަނެވުނެވެ. ހުމާ ފިހިފިހި އޮތް އާބިދާ ބަލި ގޮތަކަށް ދެލޯ ހުޅުވާލިއެވެ.

“މަންމާ.. ހުން އައިސްފައެއްނު ތި އޮތީ.. ހާދަ ހުން ގަދައޭ.. އެބަ އަންނަން އިނގޭ…” ޔުމްނާ އަވަސް ފިޔަވަޅުތަކެއްގައި ކޮޓަރިން ނިކުމެގެން ދިޔައެވެ. އެނބުރި އައިއިރު އޭނާގެ އަތުގައި ފެން އަޅާފައިވާ ތައްޓެއް އޮތެވެ. ފޮތިކޮޅެއް ތެންމާލުމަށްފަހު އޭނާ އާބިދާގެ ގައިގައި ފެން ހާކައިދޭން ފެށިއެވެ. އެވަގުތު އާބިދާ އޭނާގެ އަތުގައި ހިފަހައްޓާލިއެވެ.

“ދަރިފުޅާ… މަންމައަށް މާފުކުރޭ.. ދަރިފުޅަށް ކުރިމަތިވާން ތި އުޅޭ މުސީބާތުން މަންމައަކަށް ދަރިފުޅު ސަލާމަތެއް ނުކޮށްދެވުނު..” އާބިދާ ތުރުތުރުލާ އަޑަކުން ބުނެލިއިރު ރަތްވެފައިވާ އެ ދެލޮލުން ހޯސް ލާފައި ކަރުނަ ފައިބަމުން ދިޔައެވެ. އޭނާ އެކިޔާ އެއްޗެއް ދޭހަ ނުވެގެން އުޅޭފަދަ ގޮތަކަށް ޔުމްނާ އޭނާގެ މޫނަށް ބަލަމުން ދިޔައެވެ.

“މަންމާ.. ކީކޭތަ ތި ކިޔަނީ؟ މަންމަ އިހަށް ވާހަކަ ނުދައްކާ އޮވެބަލަ..” ޔުމްނާ ލޯތްބާއެކު އާބިދާ ގާތު ބުނެލިއެވެ. ނަމަވެސް އާބިދާއަށް ޔުމްނާ ފެނިފައި ހަމަ ރޮވެނީއެވެ. ރާމިޒު މީހަކާ ގުޅައިގެން ރޭގައި ދެއްކި ވާހަކަތައް އަދިވެސް އެކަންފަތުގައި ގުގުމަމުން ދާ ކަހަލައެވެ.

އާބިދާއަށް ނިދެންދެން އޭނާގެ ބޮލުގައި ފިރުމާލަ ފިރުމާލަ ޔުމްނާ އިނެވެ. އެހެން އިންނަތާ އިރުކޮޅެއް ވީތަނާ ގޭތެރޭގައި ރާމިޒު ކޮންމެވެސް މީހަކާ ވާހަކަދައްކާ އަޑު އިވެން ފެށިއެވެ. ޔުމްނާ މަޑުމަޑުން ގޮސް އެކޮޓަރީގެ ދޮރު ހުޅުވައި ގޭތެރެއަށް ނަޒަރު ހިންގާލިއެވެ. އޭރު ގޭތެރޭގައި ހުރި ގޮނޑިއެއްގައި އިން މެދު އުމުރުގެ މީހަކު އޭނާގެ ލޮލުގައި އަޅައިގަތެވެ. އެމީހާގެ ބޮލާއި ތުނބުޅީގައި ކޮންމެވެސް ވަރަކަށް ނުރައިގެ އަސަރު ހުރިއިރު އޭނާ ލައިގެން ހުރި ކޯޓުފަޓުލޫނުގެ ސަބަބުން އެއީ ވަރަށް އިސް މަޤާމެއް ފުރަމުންދާ މީހެއްހެން ހީވެއެވެ. ރާމިޒު ހިނިތުންވެ ހުރެ އެމީހާއާ ވާހަކަދައްކަމުން ދިޔައިރު އޭނާއަށް ދުނިޔޭގެ ހުރިހާ އުފަލެއް ލިބިފައިވާ ކަހަލައެވެ.

“ދަރިފުޅާ ޔުމްނާ!” ރާމިޒު އޭނާއަށް ގޮވާލި ވަގުތު ޔުމްނާ ސިހުނެވެ. ލައްބަ އޭ ކިޔައި އޭނާ ގޮސް ރާމިޒާ ދާދި ގާތުގައި ހުއްޓުނެވެ.

“މިއީ ފަރީދު.. ބައްޕަގެ ވަރަށް ގާތް މީހެއް.. ދަރިފުޅު ދޭބަލަ ޖޫސްތައްޓެއް ގިރައިގެން ގެނެސްދޭން..” ރާމިޒު އެހެން ބުނުމާއެކު ޔުމްނާ ކިޔަމަންތެރިކަމާއެކު ބޯ ޖަހާލިއެވެ. އަދި އަވަސް ހިނގުމެއްގައި ގޮސް ބަދިގެ ތެރެއަށް ވަނެވެ.

ޖޫސްތައްޓަކާއި ފެންތައްޓެއް ތަބަކަކަށް ލައިގެން ޔުމްނާއައެވެ. އަދި ފަރީދުގެ ކުރިމަތީގައިވާ ކުޑަ މޭޒުގައި ތަބަށް ބެހެއްޓިއެވެ. އޭރު ފަރީދުގެ ނަޒަރު ހުރީ ސީދާ ޔުމްނާގެ މޫނަށް ހުއްޓިފައެވެ. އޭނާގެ ބެލުންތަކުން ޔުމްނާއަށް އުނދަގޫވާންފެށުމުން އޭނާ އަވަސް އަވަހަށް ގޮސް ކޮޓަރިއަށްވަނެވެ. ޔުމްނާ ދިޔަ ދިމާއަށް ބަލަހައްޓައިގެން އިނދެ ފަރީދު ޖޫސްފޮދެއް ބޮއެލިއެވެ. ޔުމްނާއަކީ ރީތި ކުއްޖެކޭ ރާމިޒު ބުނި ނަމަވެސް އެކުއްޖާ މިހާ ފުރިހަމަ ވެދާނެއެކޭ އެހިތަކަށް ނާރައެވެ. ހުދު ދޮންކަމެއް ލިބިފައިވާ އެ ކުއްޖާގެ ފަން ދިގު އިސްތަށިގަނޑު ފެނިފައި ކޮންމެ ފިރިހެނަކުވެސް އެކުއްޖާއަށް ފިދާވާނެކަން ޔަޤީނެވެ.

“ކޮބާ ކަމުދޭތަ؟” ރާމިޒު އެހެން އަހާލުމުން ފަރީދު ހީލިއެވެ.

“މާ ބޮޑަށްވެސް ކަމުގޮސްފި.. ކުރިން ދޭންބުނި ވަރަށްވުރެ ދެގުނަ އަހަރެން ރާމިޒަށް ދޭނަން އެހެންވީމަ…” ފަރީދު ބުނެލިއެވެ. އޭނާ ހުރީ ވަރަށްވެސް ހިތްހަމަ ޖެހިފައެވެ. ފަރީދުގެ ވާހަކަ އަޑު އަހަންހުރި ރާމިޒު ހިނިތުންވެލީ އޭނާގެ ހުރިހާ ދަތެއް ފެންނަވަރަށެވެ.

ޔުމްނާ ކޮޓަރިއަށްވަދެ ދެކޮޅުދެކޮޅަށް ހިނގަން ފެށިއެވެ. ފަރީދު އޭނާއާ ދިމާއަށް ބަލަމުން ދިޔަގޮތުން އެ ހިތުގައި ޝައްކުތަކެއް އުފެދިއްޖެއެވެ. ރޭގައި ރާމިޒު ދެއްކި ވާހަކަތައް އޭނާގެ ހަނދާނަށް އައެވެ. އަނެއްކާ ރާމިޒު އެއުޅެނީ އޭނާ އެ ފަރީދުއަށް ވިއްކާލަން ހެއްޔެވެ؟ މިކަހަލަ ޚިޔާލުތަކެއްގައި އޭނާ ހުއްޓާ ރާމިޒު އައިސް ކޮޓަރި ދޮރު ހުޅުވާލިއެވެ. އެމޫނުމަތީގައިވާ ހިނިތުންވުމުންވެސް ކޮންމެވެސް ކަމެއް ގޯސްވާން އުޅޭކަމުގެ އިހުސާސް ޔުމްނާއަށް ކުރެވެމުން ދިޔައެވެ. ރާމިޒު އެތެރެއަށް ވަތް އިރު އޭނާގެ އަތުގައި އެތެރެ ނޭނގޭ ކޮތަޅެއް އޮތެވެ. ޔުމްނާ އަތަށް އެ ކޮތަޅު ލައިދެމުން އޭނާ ވާހަކަދެއްކިއެވެ.

“ދަރިފުޅާ ފެންވަރައި ރީތިވެގެން މި ހެދުންލާ އިނގޭ..” ރާމިޒު ލޯތްބާއެކު ބުނެލިއެވެ. އޭރުވެސް ޔުމްނާ އޭނާއަށް ބަލަން ހުރީ ސުވާލުގެ ނަޒަރަކުންނެވެ.

“ދަރިފުޅާ.. ދަރިފުޅުގެ ކައިވެނި ކުރެވެނީއޭ މިޔަދު..” ރާމިޒު އެހެން ބުނެލުމާއެކު ޔުމްނާއަށް މުޅި ދުނިޔެ އެނބުރިގަތް ކަހަލަ އިހުސާސެއް ކުރެވިގެންދިޔައެވެ. ޤަބޫލުކުރަން ދަތިވެފައި އޭނާ ރާމިޒާ ދިމާ ބަލަހައްޓައިގެން ހުއްޓެވެ.

“ކި.. ކީކޭ؟” ބޭއިޚްތިޔާރުގައި އޭނާއަށް އަހާލެވުނެވެ. ހިފަހައްޓައިގެން ހުރި ކޮތަޅަށް އޭނާ ބާރުކޮށްލިއެވެ.

“އަވަސްކޮށްލައްޗޭ.. ތީގައި އޮންނާނެ ތި ހެދުމާ ގުޅޭ ފަށަކާ ތަނޑުބައެއްވެސް.. ފަރީދު އެ ހުރީ ދަރިފުޅާ އިންނަން ހަމަ ތައްޔާރަށް..” ރާމިޒު ބުނެލިއެވެ. ޔުމްނާ ހިންދިރުވާލަމުން ދެފަރާތަށް ބޯ ހޫރާލިއެވެ. ކަރުނަތައް އެތެރެއަށް ހިންދަން މަސައްކަތްކުރި ނަމަވެސް އެކަންވީ ބޭކާރެވެ.

“ނޫން.. އަހަރެން ނީންނާނަން އޭނައަކާ!” ޔުމްނާ ކުއްލިއަކަށް ބުނެލިއެވެ. އެވަގުތު ރާމިޒު އޭނާއާ ދިމާއަށް ފުންމައިގެން އައެވެ. އޭނާގެ ކޮލުގައި އެއްއަތުން ރާމިޒު ހިފަހައްޓާލި ގޮތުން ތަދުވި ނަމަވެސް އެއަށްވުރެ ބޮޑަށް އޭނާގެ ހިތަށް ތަދުވަމުން ދިޔައެވެ.

“ކަލޭ ޖެހޭނީ އޭނާއާ އިންނަން..! ބުނަން ރަނގަޅު ވާހަކައެއް؟ ކަލޭ އޭނައާ އިނީމަ އަހަންނަށް ބައިވަރު ފައިސާ ލިބޭނެ..! ކަލޭގެ މަންމަ މިދުނިޔޭގައި ބަހައްޓަން ބޭނުމިއްޔާ އަވަހަށް ތައްޔާރުވޭ!” ދަތްކުނޑި ވިކައިގެން ހުރެ ރާމިޒު ބުނެލިއެވެ. ކުރިން އުޖާލާވެފައިވީ މޫނު މިހާރުވީ ރުޅިވެރިކަމުން ފުރިފައެވެ. ޔުމްނާގެ ގައިން ދޫކޮށްލުމަށްފަހު އޭނާ އެކޮޓަރިން ނިކުންނަން ހިނގައިގަތެވެ. އޭރު ރޮމުން ގިސްލަމުން ޔުމްނާ ތަރުފާލު މައްޗަށް ތިރިވަނީއެވެ.

“ބައި ގަޑިއިރު ތެރޭގައި ތައްޔާރުވެގެން ނިކުންނާތި!” ނިކުންނަމުން ރާމިޒު ބުނެލިއެވެ. ޔުމްނާ ރޮމުން އަނގަމަތީގައި އަތް އެޅިއެވެ. އޭނާއަށް މި ދިމާވަނީ ކޮންކަހަލަ ކަންތައްތަކަކާ ހެއްޔެވެ؟ އޭނާގެ އޮތީ ކޮން ކުށެއް ހެއްޔެވެ؟ އެވަގުތު އޭނާއަށް މެންދުރު ނަމާދުގެ ބަންގިއަށް ގޮވާއަޑު އިވިގެން ދިޔައެވެ. އަތުގައި އޮތް ކޮތަޅު އެނދުމަތީގައި ބެހެއްޓުމަށްފަހު އޭނާ ތަރުފާލުމަތީގައި މުސައްލަ ފަތުރާލިއެވެ. ވުޟޫކޮށްގެން އައިސް އޭނަ އެ މުޞައްލަ މަތީގައި ނަމާދުކުރުމަށްފަހު ދުޢާއަށް އަތް ނެގިއެވެ. ހުދު ދޮޅި އަޅައިގެން އިންއިރު އެ ދެލޮލުން ހުއްޓުމެއް ނެތި ކަރުނަ ފައިބަމުން ދިޔައެވެ.

“ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ.. މިއަޅާ މި މުސީބާތުން ސަލާމަތްކުރައްވައި ފާނދޭވެ!” ޔުމްނާ ރޮއިއޮއިފައި ދުޢާކުރިއެވެ. ނަމާދުކޮށް ނިންމުމަށްފަހު މުޞައްލަ އޮޅާލިއިރު އޭނާގެ ހިތަށް ކުޑަވަރެއްގެ ހަމަޖެހުމެއް ލިބިއްޖެއެވެ.

ފެންވަރައިގެން އައިސް ޔުމްނާ ރާމިޒު ދިން ކޮތަޅުގައި އޮތް ހެދުން ލައި ލޯގަނޑު ކުރިމަތީގައި ހުއްޓެލިއެވެ. އެއީ މަޑު ނޫކުލައިގެ ކަކުލާ ހަމައަށް އަރާ ހެދުމެކެވެ. އެ ހެދުމުގެ ދެއަރިމަތި ފަޅާފައިވީއިރު ގަދަ ނޫކުލައިގެ އެސްތަކަކުން ހެދުމުގެ މޭމަތި ފަރުމާކޮށްފައިވިއެވެ. ޔުމްނާ އޭނާގެ ދިގު އިސްތަށިގަނޑުގައި ފުނާއަޅައި އޮމާންކުރަން ފެށިތަނާހެން ރާމިޒު އެކޮޓަރީގެ ދޮރު ހުޅުވާލިއެވެ.

“އަން.. މި ދަބަހަށް ބޭނުންވާ އެއްޗެހި އަޅާ.. ކައިވެނިކުރާ ގޮތަށް ފަރީދުއާއެކު ފުރަން ޖެހޭނެ..” ރާމިޒު އެހެން ބުނަމުން އަތުގައި އޮތް ދަބަހެއް ޔުމްނާއާ ދިމާއަށް އެއްލިއެވެ. ޔުމްނާ ހުށިޔާރުކަމާއެކު އެދަބަހުގައި ހިފިއެވެ. ރާމިޒު ދިއުމާއެކު އޭނާ ދަބަސް އެނދުމައްޗަށް ހޫރުވާލިއެވެ. ނުވެސް ދަންނަ މީހަކާ ކައިވެނިކޮށްގެން އޭނާ އެމީހާއާއެކު ދާނީ ކިހިނެއް ހެއްޔެވެ؟ އެއީ ކޮންކަހަލަ މީހެއްކަމެއްވެސް އެނގެނީކީ ނޫނެވެ. އޭނާ ލޯގަނޑުން އަމިއްލަ ސޫރައަށް ބަލާލިއެވެ. އެވަގުތު އޭނާގެ ހަނދާނަށް އައީ އަޝްފާނެވެ. އޭނާ މިގޮތަށް ދިއުމުން އަޝްފާން ކިހާ ދެރަވާނެ ހެއްޔެވެ؟

ޔުމްނާ އަލަމާރިތެރެއިން އެއްކަލަ ފޮތް ނަގައި އަވަސް އަވަހަށް އޭގައި އެއްޗެއް ލިޔެލިއެވެ. އެއަށްފަހު ބޭނުންވާ ބައެއް އެއްޗެއްސާއެކު އެ ފޮތް ރާމިޒު ގެނެސްދިން ދަބަހަށް ލިއެވެ. ލޯގަނޑު ކުރިމަތީގައި ހުއްޓި އޭނާ ފުންނޭވައެއް ބޭރުކޮށްލިއެވެ. އެ ހިތް އަވަސްވެފައިވާ ވަރުން އޭނާ ދެއަތް ދެއަތާ މޮޑެމުން ދިޔައެވެ. ރާމިޒު އޭނާއާ މެދު އެ ކަންތައް ކުރަނީ ސާހިބުމީހާ އަޅަކާމެދުވެސް ކަންތައް ނުކުރާނެހާ އިހާނެތިކޮށެވެ. އެކަމުގައި އޭނާއަށް ކުރެވޭނެ އެއްކަމެއްވެސް ނެތެވެ. އޭނާއަށް އޮތް ގޮތަކީ ފަރީދުއާ އިނދެގެން ފަރީދު އޭނާ ގެންދާ ތަނަކަށް ދިއުމެވެ. އަޝްފާންގެ ލޯބި އޭނާ ކިތަންމެ ބޭނުންވި ކަމުގައިވިޔަސް އޭނާއަށް އެ ލޯބި ލިބެން ނެތީއެވެ.

ޔުމްނާގެ ކޮޓަރި ދޮރު ހުޅުވުނު އަޑަށް ގޭތެރޭގައި އިން ފަރީދު އެދިމާއަށް ބަލާލީ ވަށްކަޅިންނެވެ. އެ ރީތި ބައްޓަމަށް ހިފާފައިވާ ނޫކުލައިގެ ހެދުމުގައި ޔުމްނާ ފެންނަލެއް ވަރަށްވެސް ފުރިހަމައެވެ. އެ ދިގު އިސްތަށިގަނޑަށް އެއްވެސް ކަމެއް ނުކޮށް ފަހަތަށް ދޫކޮށްލާފައި އޮތުމުން އެ އިސްތަށިގަނޑުގެ ބޯ ކަމާއި ދިގުކަން އިތުރަށް ހާމަވާން ހުއްޓެވެ. ފައިތިލައާ ހަމައަށް އަރަން އެ އިސްތަށިގަނޑު ބޭނުންވަނީ ކައިވަތެއްހާ ތަނެވެ. ދެއަތުން ދަބަހުގައި ހިފަހައްޓައިގެން ހުރެ ޔުމްނާ އިސްޖަހާލިއެވެ. ފަރީދު އެ ބަލާގޮތުން އެ ހިތުގައި ފަރީދުއާމެދު ނަފުރަތު އުފެދިއްޖެއެވެ.

** ** **

ކުލާސްރޫމުތެރޭގައި އިން އަޝްފާންގެ މޫނު ވަނީ މިލާފައެވެ. މުދައްރިސް ކިޔަވައިދެމުން ދިޔައީ ވަރަށް މުހިންމު ފިލާވަޅެއް ނަމަވެސް އޭނާއަށް އެކަމަށް ސަމާލުކަން ދެވޭގޮތެއް ނުވިއެވެ. ޔުމްނާ މިޔަދު އަންނާނަމޭ ބުނެފައި ކުލާހަށް ނައީ ކީއްވެބާއޭ އެހިތަށް އަރަމުން ދިޔައެވެ.

“އޭ.. އެއްކަލަ ޔުމްނާ ސްކޫލުން ކެނޑިއްޖެއްނު؟” ކުލާހުން ނިކުންނަން ދިޔަ ވަގުތު ކުރިމަތީގައި ހުރި އަންހެންކުއްޖަކު ބުނާއަޑު އިވުމުން އަޝްފާންގެ ސަމާލުކަން އެ ދިމާއަށް ހުއްޓުނެވެ. ރަނގަޅަށް ކަންފަތް ދީގެން އެކުދިން ދައްކާ ވާހަކަ އަޑުއަހަން އޭނާ ހުރިއިރު އެއީ ތެދެއްކަން ޤަބޫލުނުކުރެވޭފަދަ ގޮތަކަށް އޭނާ ދެއަތަށް ބޯ ހޫރުވަމުން ދިޔައެވެ.

“އަހަރެން އަޑުއެހިން ސްކޫލުން ކަނޑާލީ އޭނާގެ ބައްޕަ ބޭނުންވެގެންނޭ.. ދެން ނޭނގެ މާ ރަނގަޅަކަށް.. ސްކޫލު ސްޓާފަކަށް އުޅޭ ދައްތައެއް އަހަރެން ގާތު ބުނީ…” އެތަނުން ކުއްޖަކު އެހެން ބުނުމުން އަޝްފާން ބާރުބާރަށް ސްކޫލު ގޭޓާ ދިމާއަށް ހިނގައިގަތެވެ. އޭނާ ބޭނުންވީ ޔުމްނާގެ ގެއަށް ގޮސް ވީގޮތެއް އޮޅުން ފިލުވާށެވެ. މީހަކު ދައްކާހާ ވާހަކައެއް ޤަބޫލުކުރާކަށް އޭނާ ބޭނުމެއް ނުވިއެވެ.

އަޝްފާން ހުރި ފިޔަވަޅުމަތީގައި ހުއްޓުނީ ސްކޫލު އެތެރެއިން ގޭޓުކައިރީގައި ކުދިންތައް ބޮނޑިވެގަނެގެން ހުރުމުންނެވެ. ފަހަތުގައި ތިބި ބައެއް ކުދިން ކޮރު ޖަހާފައި މަގުމައްޗާ ދިމާއަށް ބަލަމުން ދިޔައެވެ. އަޝްފާން ވެސް ކުދިންތައް ފޭކުރަމުން ގޮސް މަގުމައްޗަށް ނިކުމެ ބަލާލިއިރު ފެނުނު މަންޒަރެއްގެ ސަބަބުން އޭނާއަށް ދެލޯ ހަނިކޮށްލެވުނެވެ. ވެގެން އުޅެނީ ކީއްކަން ނޭނގުނު ނަމަވެސް ފެންނަން ހުރި މަންޒަރުގެ ސަބަބުން އެ ހިތުގައި އެތައް ސުވާލެއް އުފެދިއްޖެއެވެ.

އެމަގުން ހިނގާފައި ދިޔަ ޔުމްނާގެ އެއްފަރާތުގައި ފަރީދު ހުރިއިރު އޭނާގެ އަނެއް ފަރާތުގައި ހުރީ ރާމިޒެވެ. ތިން މީހުން ހިނގާފައި ދިޔައިރު ކުދިންތައް ތަފާތު ވާހަކަ ދައްކަމުން ދިޔައެވެ.

“އެއީ ފަރީދެއްނު؟ ވަރަށް މުއްސަނދި މީހެއްނު އެއީ… އެ ޔުމްނާ އެ މުއްސަނދިކަމުގެ ދަހިވެތިކަމުގަ އޭނައާ އިނީއޭ ކިޔާ އަޑު އަހަރެން އެހިން…” އެތަނުން ކުއްޖަކު އެހެން ބުނެލި އަޑަށް އަޝްފާންގެ ހިތުގެ ހިނގުންވެސް ކުޑަ ހިނދުކޮޅަކަށް މަޑުޖެހުނު ކަހަލައެވެ. ޔުމްނާ އެފަދައިން ކަންތައް ކޮށްފާނެ ހެއްޔެވެ؟ ޔުމްނާމެން އެހެން ގޯޅިއަކުން އަޅާލައިގެން ދަންދެން އޭނާ އެދިމާ ބަލަހައްޓައިގެން ހުއްޓެވެ.

“ކޮބާ އަހަރެން ބުނީމެއްނު އޭނަ ފަހަތުން އުޅޭނެ ކަމެއް ނެތޭ…” ޝަނާ އަޝްފާންގެ ކޮނޑުގައި ހިފާލަމުން ބުނެލިއެވެ. އޭރު ގިނަކުދިން ސްކޫލުން ނިކުމެގެން ހިނގައްޖެއެވެ.

“ޔުމްނާގެ ވާތް ފަރާތުގަ ހުއްޓެއްނު ދޯ މީހަކު؟ އެއީ ޔުމްނާގެ ފިރިމީހާ.. އަހަރެން އޮޅުން ފިލުވައިފިން މިހާރު.. ރަށުގައި އެންމެ ގަދައަށް ދެކެވެމުން އެދަނީ އެވާހަކަ..” އަޝްފާން އެއްޗެކޭ ނުބުނެ ހުންނަން ފެށުމުން ޝަނާ އަނެއްކާވެސް ބުނެލިއެވެ. އޭރު އެ މޫނުމަތީގައި ވަނީ ކާމިޔާބުގެ ހިނިތުންވުމެކެވެ. ދެން ޔުމްނާއަކަށް އޭނާއާ އަޝްފާންގެ ދެމެދަކަށް ނުވަދެވޭނެއެވެ.

“އަދި ބޮޑު މުސްކުޅިއެކޭ ދޯ އެއީ… ކީއްކުރާނީ؟ ލާރީގެ ދަހިވެތިކަމުގަ މީހުން ކަންތައްކުރާ ގޮތް އެއީ.. އެ ފަރީދުގެ ދެ ރިސޯޓުވެސް ހުރެއޯ.. ދެން އޭނަ ކިހާ މުއްސަނދިވާނެތަ؟” ޝަނާ ދައްކަމުން ދިޔަ ވާހަކަތަކަށް ސަމާލުކަން ދިނުމަށްވުރެ ބޮޑަށް އަޝްފާންގެ ހިތަށް ވަނީ އަސަރުކޮށްފައެވެ. ޝަނާގެ އަތް ފޮޅުވާލުމަށްފަހު އޭނާ ދުވެފައި ގޮސް ޔުމްނާމެން އެޅި ގޯޅިން އެޅިއެވެ. މަންޒަރު ބަލަން ހުރި ޝަނާ ދަތްކުނޑި ވިކާލިއެވެ. ޔުމްނާ މީހަކާ އިނީމަވެސް އަޝްފާން އަދިވެސް ޔުމްނާގެ ފަހަތުން ދުވަނީ ހެއްޔެވެ؟

އަޝްފާން ގޮސް ހުއްޓެލީ ބަނދަރު މަގުގައި ހުރި ފިހާރައެއް ކައިރީގައެވެ. އޭރު ޔުމްނާއާއި ފަރީދުގެ އިތުރުން ރާމިޒު ބަނދަރު ކައިރީގައި މަޑުކޮށްލައިގެން ހުރިތަން އޭނާއަށް ފެނުނެވެ. އޭނާ ގާތު ބުނެވެސް ނުލާ ޔުމްނާ މިރަށުން ފުރަނީ ހެއްޔެވެ؟ އެތަށް ޝަކުވާއެއް އެ ހިތުގައި އުފެދިފައިވިއެވެ.

މަޑުމަޑު ވައިރޯޅިތައް އައިސް ޔުމްނާގެ ދިގު އިސްތަށިގަނޑަށް ގޯނާ ކުރަމުން ދިޔައެވެ. މޫނުމައްޗަށް ވެއްޓުނު އިސްތަށިކޮޅު ކަންފަތްދޮށަށް ލައްވާލަމުން އެނބުރެލި ވަގުތު އޭނާގެ ލޮލުގައި އަޅައިގަތީ ތަންކޮޅެއް ދުރުގައި ހުރި ފިހާރަ ކައިރީގައި ހުރި އަޝްފާނެވެ. އަޝްފާން ފެނުމާއެކު އޭނާގެ ހަރަކާތްތައް ގަނޑުވިއެވެ. ސްކޫލު ޔުނީފޯމުގައި ދެޖީބަށް އަތްޖަހާލައިގެން އަޝްފާން ހުރިއިރު އެ މޫނުމަތިން ފާޅުވަމުން ދިޔަ މާޔޫސްކަން ޔުމްނާއަށް ރަނގަޅަށްވެސް ނަގައިގަނެވުނެވެ. އޭނާ ފަރީދު އާއި ރާމިޒު ކޮބައިތޯ ކަޅިއެއް އެއްލިއެވެ. އޭނާ އާ ދާދި ގާތުގައި ހުރި ޖޯއްޔެއްގައި ފަރީދު އިނެވެ. ތަންކޮޅެއް ދުރުގައި ހުރި ރާމިޒު ކޮންމެވެސް މީހަކާ ވާހަކައެއް ދައްކަމުން ދިޔައެވެ. ޔުމްނާ ފަރީދު ގާތަށް ޖެހިލައި ވާހަކަ ދައްކަން ފެށިއެވެ.

“މީ.. އަޅުގަނޑު އަންނާނަން އިނގޭ އެހެރަ ފިހާރައަށް ވަދެލާފަ.” ޔުމްނާ މަޑުމައިތިރިކަމާއެކު އެހެން ބުނެލުމުން ފަރީދު އޭނާގެ ޖީބުން ނެގީ ވޮލެޓެކެވެ. ވޮލެޓު ހުޅުވާލުމަށްފަހު އެއިން ފަސްސަތޭކެ ރުފިޔާގެ ނޫޓެއް ނަގައި ޔުމްނާ އަތަށް ދިއްކޮށްލިއެވެ.

“ބޭނުންވާ އެއްޗެހި ގަނެލާ އިނގޭ..” ފަރީދު ހިތްހެޔޮ ގޮތަކަށް ބުނެލިއެވެ. އެ ރުފިޔާގައި ހިފަން ކިތަންމެ ބޭނުންނުވިޔަސް ޔުމްނާ އޭގައި ހިފީ އަވަސްކުރުމުގެ ގޮތުންނެވެ. ދިގު ފިޔަވަޅުތަކެއްގައި އޭނާ ގޮސް ފިހާރައަށް ވަނެވެ. ފަހަތުން އަޝްފާންވެސް ވަނީ އެ ހިތުގައިވާ ސުވާލުތަކުގެ ޖަވާބު ހޯދުމުގެ ބޭނުމުގައެވެ.

“ޔުމް. ކީއްވެ؟” ފިހާރައިގެ އެންމެ އެތެރެއަށް ދެވުމާއެކު އަޝްފާން ކޮށްލީ ފުރަތަމަވެސް އެހިތުގައި އުފެދުނު ސުވާލެވެ. ޔުމްނާ ސީދާ އަޝްފާންގެ ދެލޮލަށް ބަލާލިއެވެ. އެ ދެލޮލުން އޭނާއަށް ފެނުނީ ވޭނާއި ރިހުމެވެ. ޔުމްނާގެ ދެލޯ ފެންކަޅިވެގެން ދިޔައީ އެއްވެސް އިޚްތިޔާރެއް ނެތިއެވެ.

“އައިމް ސޯ ސޮރީ އަޝްފާން.. އަހަންނަށް މަޖުބޫރުވީ..” ކުރެހިފައިވާ އަޑަކުން އެހެން ބުނުމަށްފަހު ޔުމްނާ އޭނާގެ ދަބަސް ހާވާލައި، ކުޑަ ފޮތެއް ނެގިއެވެ. ހިތްހަލާކުވެފައިވާ ހާލު އޭނާ އެ ފޮތް އަޝްފާންގެ އަތަށް ލައިދިނެވެ. އެއަށްފަހު އަޝްފާންއަށް ފުރަގަސްދީ ދާންފެށިއެވެ. ނަމަވެސް އޭނާއަށް ދެވުނީ ތަންކޮޅަކަށެވެ. އަޝްފާން އޭނާގެ އަތުގައި ބާރަކަށް ހިފެހެއްޓިއެވެ.

“ޕްލީސް އަޝްފާން. އަހަރެން ދާންވެއްޖޭ..” ޔުމްނާ ގަދަކަމުން ކަހަލަ ގޮތަކަށް އަޝްފާންގެ އަތް ފޮޅުވާލަމުން ދުއްވައިގަތެވެ. އެވަގުތު ވިހުރިގެން ދިޔަ އޭނާގެ އިސްތަށިގަނޑުން ބައެއް އަޝްފާންގެ މޫނުމަތީގައި ބީހިލިއެވެ. އޭރު އަޝްފާންގެ ދެލޮލުން ރޮނގަކަށް ކަރުނަ ފައިބައިފައި ހުއްޓެވެ. އެއްއަތުގައި ޔުމްނާ އޭނާއާ ހަވާލުކުރި ފޮތް އޮތެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Liaa

Level 810 Stories500 Comments100 Comments100 Stories1K Comments100 Login

(I am a girl who loves writing dhivehi stories ??) (My stories:) (ASARU : a love story.) (NUHAGGU LOABI + E LOABI ASLU HAGGEY : Story about a bangladhesh person who falls in love with a maldivian girl.) (ANDHIRIFARAAI : story about a girl who is a secret agent.) (SAFARU: a jinni+human romance.) (vindhu lobin jehi hithehgaa : A sad love story) Short story: ALVADHAAU Short story: SORRY Short story: MasveriGirl U can contact me at [email protected] FB page : https://www.facebook.com/storiesbyliaaa/

Other Articles

Previous

އައިކާ (11)

Next

ގޮއްޔެ(ބާބު2) ހަތްވަނަ ބައި

Next
August 30, 2017

ގޮއްޔެ(ބާބު2) ހަތްވަނަ ބައި

Previews
August 29, 2017

އައިކާ (11)

22 Comments!

  1. ????? says:
    August 30, 2017 at 12:58 pm

    Wowww…. this is awesome liaa….??? hope that nest part avahah kiyaalan libeyne kamah…

    1. ????? says:
      August 30, 2017 at 1:16 pm

      Yey… mifaharu liaa ge story in first dhw mi libuny????

    2. Liaa says:
      August 30, 2017 at 1:54 pm

      Thank u dear 🙂 haha.. Liaa ah vure ves kurin comment kollaafa mi othy! <3

  2. Liaa says:
    August 30, 2017 at 1:00 pm

    Salaam hurihaa kudhin!
    Mi part ves kamudhaane kamah ummeedhu kuran 🙂
    Loves <3

  3. Ram says:
    August 30, 2017 at 1:02 pm

    Alheyyy… yum ah kihineh thi hedhy ?.. dhn ashfaan eyna salaamaiy kureyy.. v salhi vaahaka dhaa goiy.. waitings dhn bayakah ?

  4. Maii says:
    August 30, 2017 at 1:10 pm

    Alhe haadha kurey.. V kiyaa hithun indhaa e nimuny… Next part kn irakun up kohdheyny.??

  5. click a shot ? says:
    August 30, 2017 at 1:36 pm

    Ashfaan e dairy kiyaafa anaane kaneyge yum balaa.. Fareedhu gandakahves yum noon meeheh nufenunytha.. Eyna aa mach vanee muskulhiakaa.. Hehe.. Btw mi part ves varah salhi ☺?

    1. click a shot ? says:
      August 30, 2017 at 7:43 pm

      I mean fareedhu aa ey mach vany muskulhieh..

  6. Aish says:
    August 30, 2017 at 1:57 pm

    Ran ves nukiyaa kaaveni kureythr

    1. ? says:
      August 30, 2017 at 3:28 pm

      Grade 8 9 10 nukiyavan tha??
      Haassa kon Islam?

  7. azeen says:
    August 30, 2017 at 2:06 pm

    WOW V REEETHI

  8. Mai says:
    August 30, 2017 at 2:10 pm

    Vrh reethi

  9. khajja says:
    August 30, 2017 at 3:29 pm

    Ohh wow??? msha allah v rythi v furihama ?? alhey yum n shifaan thidhurukuru v tha???? shifaan haadhahaa dheravaaneyey?? adhi eves bodu muskulhi akaaviyyaa yum thi dhevy dhw?? ashfaan thi dairy kiyaafa yum salaamaiy kuran masakkaiy kobbala plx stry dhaa goi v hiygaimu whn nxt prt avahah up kolladhybala plx ??????❤❤❤?????????????

  10. someone says:
    August 30, 2017 at 6:12 pm

    story varah reethi..thankolheh dhigukoh next part genes dhyfanantha? plx plx

  11. Nix says:
    August 30, 2017 at 7:23 pm

    Ey hama marry kureetha yumna e .. ekam 1 dhuvahun kihineh merry kurani ran kiyan vx jeheyne dhw..form vx laan jeheyne dhw.. madhuvegen 7 days naga dhw form laafa ..

  12. Meesh says:
    August 30, 2017 at 7:42 pm

    Pls yum ashfaan ah libey iru vaajin eh gothah bahattai dhey thi.. Pls dont break poor asfaan’s heart.. ??

  13. mal-mal says:
    August 30, 2017 at 7:58 pm

    MashaAllah, varah reethi mi part ves. ?????
    when is the next update??

  14. Izu says:
    August 30, 2017 at 8:58 pm

    Yumna aky meehaka marry kurumuge kurin ves virgin eh noon. Btw story is beautifil and interesting. Lots of love ❤❤

  15. Muns says:
    August 30, 2017 at 9:36 pm

    Reethi varah 🙂 <3

  16. Aish says:
    August 30, 2017 at 11:53 pm

    Or god vergineh gothah kihinehthr behehteyny eynage bafaa eynayaa behey vihyaa

  17. Anabelle says:
    August 31, 2017 at 3:07 am

    Wow very nice??
    When is the next part coming?

  18. Adha? says:
    August 31, 2017 at 11:31 am

    Varah reethi mi part ves ❤❤❤❤

Comments are closed.

Next Episodeވިންދު ލޯބިން ޖެހި ހިތެއްގައި (5)←


All Right Reserved!