އޮފީހުން ކުރަންޖެހޭ ހުރިހާ ކަމެއް ކޮށްލުމަށް ފަހު ނަސީރު އެތަނުން ނިކުތުމުގެ ކުރިން ކަތީބު ހަސަނުގެ ޚިޔާލެއްވެސް ބޭނުންވިއެވެ. ކަތީބުހަސަނަކީ ގާތް ރައްޓެއްސަކަށް ވެފައި މިއަދު ހެނދުނު ދެމީހުން ގެ ދެމެދު ލައްކަވާހަކަ ދެކެވިފައި ވުމާއެކު މިހާރު ދެމީހުން ގެ ދެމެދު އިހުނަށްވުރެ ގާތްކަމެއް ވަނީ އުފެދިފައި ވެއެވެ. “އަހަރެން ހިތައް އަރަނީ ސުލައިމާނު ގަބޫލުވާނެ ބާއޭ، އެއީދޯ ގޮއްޔެ ގެ ހުރިމީހަކީ …އޭނަ ބޭނުން ނޫންކަމެއް ގޮއްޔެ ނުކުރާނެ.” ކުޑަކޮށް ބޯކަހާލަމުން ނަސީރު ބުނެލިއެވެ. ” ދެން ގޮއްޔެވެސް އެއީ ކުޑަކުއްޖެއްނޫނެއްނުންތަ. މީހެއްގެ ރުހުމެއް މިހާރަކު ހޯދާކަށް ނުޖެހޭނެ އޭނައެއް. ދަރިންވެސް މަންމަ ބޭނުންގޮތެއް ނިންމުމުގެ އިހުތިޔާރު ދޭންވާނެ. ކިތައްމެ ބޮޑުވިޔަސް މަންމަގެ ދިރިއުޅުމަކާ ދަރިންނަކާ ނުބެހެވޭނެ. ” ހަސަން ކަތީބު ބުނުއްވީވެސް ދޮގުވާހަކައެއްނޫން ތާއެވެ. ނަސީރުވިސްނާލިއެެވެ. “އެހެންވިއްޔާ ދެން މިހެން ހަދާބަލަ، ޅިޔަނު އަންނާނެ އިރުކޮޅަކުން އާދަނު ގޮވައިގެން، އައީމަ މަ ފޮނުވަފާނަން އެމީހުން ސުލައިމާނުކައިރިއަށް، ދެން އެބުނާ އެއްޗަކުން އެމީހުނަށް ގޮއްޔެހޯދަން ދެވޭންނުން” އަނެއްކާވެސް ހަސަން ކަތީބުގެ މޮޅު ޚިޔާލު ތަކުގެ ތެރެއިން ޚިޔާލެއްދިނެވެ. އަދި އެކަމާވެސް ސުލައިމާނު އެއްބަސްވެ ބޯޖަހާލިއެވެ. “އެންމެ ރަގަޅު، އަޅެ ތިޔަހެންވޭތޯ ބަލާދީބަލަ. މައްސަލައަކީ މިރޭ ފުރާތީދޯ” ވަރަށް ކަރު އެލުވާލާފައި އެހެން ބުނުމުން ހަސަނުކަތީބު ގާތައްވެސް ހިނއައެވެ. “އާނނ އާނނ މިފަހަރުވެސް ގެއްލިދާނެދޯ، “ކުޑަކޮށް ދިމާކޮށްލުމަކާއެކު ހަސަން ކަތީބު އެހެން ބުނެލިއެވެ. އަދި ނަސީރުގެ މިލާފައިވާ މޫނު ފެނިގެން ހިތްވަރު ދޭ ރާގަކަށް ބުނެލިއެވެ. “އެހެންވިޔަކަ ނުދޭނަން މިފަހަރަކު، މިފަހަރު ނަސީރަށް ތިޔަކަންކޮށްދޭނަން މަ މިމޭޒުދޮށުގަ މިހެން އިނިއްޔާ ތިޔަކަން ވާނެ، ޔަގީންކުރޭ ނަސީރޫ، މަ ތިޔަކަން ކޮށްދޭނަން” ދެ އެކުވެރިންގެ ސައްލާ ނިންމާލާފައި ނަސީރު ހިގައި ގަތީ ގޭދޮށަށެވެ. ނަސީރު އެރަށުގައި ހުރީވިއްޔާ […]
ފަތިހުގެ ފިނިކަން އަދި ކެނޑިގެން ނުދެއެވެ. އިރުގެ އަލިކަމުން މުޅިއުދަރެސް އަލިވަމުން ދަނީއެވެ. ދޫނި ސޫފާސޫފިތައް ދިމަދިމާއަށް އުދުހި އުދުހިފައި އެސޮރުމެންގެ ކާނާހޯދުމުގައި އުޅެއެވެ. ގޮނޑުދޮށުގައި ދެތިން އަންހެނަކު ރޭކެއްކި ގަރުދިޔަ ލޯގަނޑުތައް ހިފައިގެން އައިސް އެ ލޯގަނޑުތައް ދޮންއުޅެއެވެ. މަސްލޯގަނޑުތަކުން އުކާލި ހާމަސްތައް ފެނިފައި ކާޅުތައް އަރައިގަތެވެ. އެކަތި އަނެކައްޗައް ވުރެ ގަދައެވެ. ފޯރީގައި ހިފަ ހިފައިވެސް ގަނެއެވެ. ކާޅުތަކަށް އެއީ މޮޅު ކޭމަކަށް ފުދެއެވެ. އެހެން ނަމަވެސް މަސްލޯގަނޑު ދޮޮންނަން އައިސް އުޅޭ އަންހެންވެރިންނަށް […]
ގޮއްޔެ (ބާބު 2) އެގާރަ ވަނަ ބައި ނަސީރުގެ ނަޒަރުހުއްޓިފައި ހުރީ ސަލްމާއަށް ކަންއެނގުމުން އެހެން ދިމާއަކަށް މޫނު އަނބުރާލިއެވެ. ނަސީރުގެ އެބެލުމުގައި އަދިވެސް ސަލްމާގެ ހިތް އަވަސް ކޮށްލާފަދަ ބާރެއްވެއެވެ. ހަށިގަނޑުގެ އެންމެ ހިމަނާރަށް ވެސް ގުޑުން އަރައިގެން އަންނަކަހަލައެވެ. ގައިން ހީބިހި ހިލިގެން ގޮސްފިއެވެ. އެހެން ނަމަވެސް ސަލްމާ އަކީ އަމިއްލަ އިހްސާސްތައް ފޮރުވަން މޮޅު އަންހެނެކެވެ. ތިމާގެ ހިތުގެ ހާލު މޫނުން ސާފުކޮށް ފެންނަން ހުއްޓަސްވެސް ސަލްމާއުޅުނީ ނަސީރަށް އޮޅުވާލެވޭތޯއެވެ. “ގޮއްޔެ އަދިވެސް ހާދަ ނަލައޭ” ސީދާ ސަލްމާގެ މޫނަށް ބަލަން އިނދެގެން ނަސީރު ތައުރީފު ކޮށްލިއެވެ. ސަލްމާ އަވަހަށް މައުޟޫއޮޅުވާލާނެ ގޮތެއް ވިސްނާލިއެވެ. ” ކޮބާ ނަސީރުގެ އަންހެނުން. ކީއްވެ މިރަށަށް ނުގެނައީ” ” ކާކުބުނީ އަހަރެން ގެ އަތްބެއް ހުންނަވާހަކަ” ނަސީރުގެ ޖަވާބުން ސަލްމާ ސިހިފައި ނަސީރަށްބަލާލިއެވެ. ނަސީރު މީހަކާ ނީދޭ ހެއްޔެވެ. ގައިމު ސުލައިމާނުބުނި ގޮތުން ވިއްޔާ ނަސީރު ރަށުމީހަކާ އިނެވެ. އަނެއްކާ ނަސީރުގެ އަންހެނުންވެސް މަރުވީ ހެއްޔެވެ. ވަރަށް ދެރައެވެ. ދެމީހުނަށް މިދިމާވީ އެއްގޮތެއްތާއެވެ. ސަލްމާ ވަރަށް ދެރަވިއެވެ. “އެހެންތަ، ހާދަދެރައޭ. ކޮންއިރަކު އަނަހެނުން ނިޔާވީ؟” ސަލްމާ މޮޅިގޮތަކަށް ނަސީރާއި އެސުވާލުކޮށްލީ އަމިއްލައަށްވެސް އެހިތާމަ ކުރަމުންދާ މީހަކަށްވީމައެވެ. ކުޑަކޮށް އިސްޖެހި ނަސީރުގެ ހާލަތައް ހަމްދަރުދީވިއެވެ. “ކާކު މިހާރު ތިހެން ބުނީ.. އަހަރެން މިބުނީ އަތްބެއްނުހުންނާނޭ. މަރުވި ވާހަކައެއްނޫނެއްނުން. ” ކުޑަކޮށް ހީލާފަ ނަސީރު އެހެން ބުނުމުން ސަލްމާގާތައްވެސް ހިނިއައެވެ. އެހެންވީރު ނަސީރު އެމީހާ ވަރިކުރީތާއެވެ. ނަސީރުގެ ދުލުން އެވާހަކަތައް ހޯދަން އެހާ ފަސޭހައެއްނުވާނެއޭ ސަލްމާ ހިތާހިތާ ކިޔާލިއެވެ. ” ކީއްވެތަ ގޮއްޔެ އެހެންމީހަކާ ނީދެތިހުންނަނީ؟ ” ނަސީރުވެސް ހިތުގައި އުފެދިފައި އޮތް ބޮޑު ސުވާލެއް ސަލްމާއާ ކޮށްލިއެވެ. ” އަހަރެން ދެން މިއުމުރަށް ދިޔައީމާ ކީއްކުރަން މީހަކާ އިންނަންވީ. ދަރިންއެތިބީ ބޮޑެތިވެ މީހުންނާ އިނދެ އެދަރިން ނަށް ދަރިން ލިބިފަ. ދެން އަހަރެން މަޑުމަޑުން ހުންނަންވީ ނުން، އެހެންނޫނަސް މިހާރު ދެން އަހަންނާ އިންނާށޭ ކިޔާފަ ކާކުތަ ދުވާނީ………………” “މަށާ އިންނަންވީނުން” ސަލްމާދުލުކުރީގަ އެއްބައި އޮއްވާ ނަސީރު ސަލްމާގެ ދެއަތުގައި ހިފާ ގަޔާ ކައިރިކޮށްލަމުން އެބުނެލި ޖުމްލައިން ސަލްމާމުޅި މީހާ ގަނޑުވެގެން ދިޔައެވެ. އެއިވުނީ ސަލްމާ އަށް ހީވި ގޮތެކެވެ. “ގޮއްޔޭ! އަހަރެން މީހަކާވެސް އިނދެއްޖައިން، އެކަމަކު އެމީހާޔާއެކީވެސް ނޫޅެވުނު، ރެއާދުވާލު ހަދާންވަނީ ގޮއްޔެމަތިން، ގޮއްޔެ ގެ ހަދާން ނުވާ ދުވަހެއް ނާދޭ….މިއޮއްވީހާ ދުވަހަކު އަހަރެން ގޮއްޔެ މަތިން ހަދާންވޭ، ނޭވާ ހުރިހާ ދުވަހަކު ހަދާން ހުންނާނެ. މިއޮއްހާދުވަހު ގޮއްޔެ ހުރީ ހުސްކޮށް ކަން އެނގޭ ނަމަ މިހެން ދުރުގަ ނުވެސް ހުންނާނަން. އަހަރެންމެންނަށް މިދަތުރު މިރަށުން މިބައްދަލުވެވުނީވެސް އަހަރުމެން ދެމީހުންނަށް މިފުރުސަތު ލިބުމަށް ކަން ޔަގީން. ކުރިން ބުނިހަދާން ވޭތަ އަހަރުމެންނަށް ތަގުދީރުގަ ބައްދަލުވާން ހުރިއްޔާ އަދިވެސް ބައްދަލުވާނެޔޭ… އަޅެ މިއޮތީ އެދުވަސް ދައްކަވާފަ. ނިކަން ވިސްނާލަބަލަ. މިއީކިހާބޮޑު އަޖައިބެއް، މިތިބީ ކިހާ ދުވަހަކަށް ފަހު އެއްތާކަށް އާދެވިފަ، އަހަންނަށް ހަމަ ޔަގީންވޭ ގޮއްޔެ ގެ ހިތުގައި އަދިވެސް އަހަންނަށް ޓަކައި ލޯބިވާކަން. އަޅެ ދޮގުނުލާ ތެދަށް ބުނެބަލަ…މީ ދޮގެއްތަ” ނަސީރު ސަލްމާގެ ދަތްދޮޅިދޮށުގައި އިގިލިޖައްސާލުމަށް ފަހު އުފުލާލިއެވެ. ނަސީރުގެ ލޮލުން ފާޅުވާންހުރި އަސަރު ތަކަކީ ސަލްމާއަށް ބަލަންވެސް ކެއްވާވަރުގެ އަސަރު ތަކެއްނޫނެވެ. އެލޮލުގައި އެވަނީ އާދޭހެވެ، ކެތް މަދުވެފައިވާ ހިތަކުން ކުރަމުން ދިޔަ ދިގު އިންތިޒާރުކޮޅުންލާފައިވާކަހަލައެވެ. “އަޅެދެން ކޮންމެވެސް އެއްޗެކޭ ބުނެބަލަ.” އަނެއްކާވެސް ނަސީރު އާދޭހާއެކު ގޮއްޔެގާތު ބުނެލިއެވެ. “އަހަރެންނަކަށް ނޭގެ ބުނާނެ އެއްވެސް އެއްޗެއް، ނަސީރަކަށް ނޭގޭނެ …” ސަލްމާގެ އަޑުގައި ތުރުތުރު ލުމެއް ހުއްޓެވެ. ” މިހާރު އަހަރެން ކިހިނެތް މީހަކާ އިންނާނީ..އުމުރުން ފަންސާސް އަހަރުވަނީ، މާމަ ކީ….” ސަލްމާގެ ވާހަކަ މެދުކަންޑާލުމަށްފަހު ނަސީރުފެށިއެވެ. “ދެންމެ އެއްނުން ބުނީ ތިމާމީހާއާ އިންނާނީ ކާކުހޭ، އަހަރެން މިހިރީ މާދަންވެސް ގޮއްޔެ އާއިންނަން ތައްޔާރަށް، ބުނޭ، މަށާ ގަބޫލުތަ، އަހަރެން ގޮއްޔެއަށް ނުކޮށްދޭނީ ކޮންކަމެއް، އަހަރެން ގޮއްޔެއަށް ޓަކައި ކޮންމެފަދަ ކަމެއްވެސް ކޮށްދޭން މިހިރީ ތައްޔާރަށް” ނަސީރުގެ އާދޭސްތަކުން ސަލްމާގެ ހިތް ހަލާކު ކޮށްލިކަހަލައެވެ.. ބަޑިފަޅައިގެން ގޮސްސިއެވެ. މިއޮއްހާ ދުވަހު ސަލްމާ ގެހިތުގައި ފޮރުވައިގެން އުޅުނު ލޯބި އައިސް އުނގުތެރެއަށް ލެވުނީމައިވެސް އެޔަށް ފުރަގަސްދޭންވީ ހެއްޔެވެ. އެ ލޮތްބަކަށް ޓަކައި މިއޮއްހާދުވަހު ހޭލާހުރެގެންނާ ހުވަފެނުންވެސް އެދެމުން އައި ލޯތްބަކީ މީއީނޫން ހެއްޔެވެ، ނޫނެކެވެ. ދުނިޔެއަށްވެސް ލަދުވެތިވާން ޖެހެއެވެ. މީހުން ބުނާނީ ކީކޭބާއެވެ. ދަރިން ލަދުންބޯދިއްކޮށްލަން ނުކެރޭނެއެވެ. ރީނާ އާއި ސަމާ އެތިބީ މިހާރުބޮޑެތިވެފައެވެ. އެކުދިންގެ އެކުވެރިންވެސް އެކުދިންނަށް މަލާމާތް ކުރާނެއެވެ. އެކުދިން ކިހާ ލަދެއްގަންނާނެހެއްޔެވެ. “މަގޭ ދަރިން ގަބޫލުވަނެ ކަމެއްނޭގެ” މަޑުމަޑުން އިނުމަށް ފަހު ސަލްމާބުނެލިއެވެ. […]
ނަސީރު އެހެން ބުނެފައި ނިކުމެގެން ދިޔައީއްސުރެ ސަލްމާގެ ހިތްހީވަނީ ނެގި ނެގިފައި ޖެހޭ ހެނެވެ. ހިތްއަވަސްވެ ފުންނޭވާ ތަކެއް ލެވެން ފެށިއެވެ. ހީވަނީ ނޭވާ ލާން ހަދާންނެތިފައި ހުރި މީހަކު ހަދާން ވުމުން ހަށިފުރާ ނޭވާލާފައި ބޭރަށް ދޫކޮށްލާ ހެނެވެ. އިރުކޮޅަކުން އަންނާނަމޭ އެބުނީ ކިހާ އިރެއްބާއެވެ. ގަޑިން އަށްގަޑި ބައިވީއެވެ. ސަލްމާގަޑިއަށް ނަޒަރެއްދީފައި ލޯގަޑުން އަމިއްލަ ސޫރަޔަށް ބަލާލިއެވެ. މިހެދުން ކަމަކު ނުދާނެއެެވެ. އަލުން އެހެދުން ބަދަލުކޮށްލީހިތްބުނީތީއެވެ. މަޑު ފިޔާތޮށިކުލައިގެ ދޮޕައްޓާ ދެކޮނޑަށް ވާގޮތަށް ވައްޓާލަމުން […]
“އަހަރެންގެފިރިމީހާ ، ފަހުދު ނިޔާވިތާ ސާދައަހަރުވީ…ފަހުދޭ ކިޔައިގެން ފާޑުފާޑުގެ ވާހަކަ ނުދައްކައްޗޭ؟!” ނުރުހުމާ އެކު ސަލްމާއެބުނެލި ޖުމްލައިން ނަސީރަށް ލިބުނީ ކުއްލި ހައިރާން ކަމެކެވެ. ސަލްމާ ފަސްއެނބުރި ބަލާވެސްނުލާ އެދިޔަގޮތަށް ގޮސް ގިފިލިން ނިކުތެވެ. ނަސީރު ހުރީ ހަމަ އެހުރި ފިޔަވަޅުމަތީއެވެ. “ގޮއްޔެ މިއޮއްހާދުވަހު އެހުރީ އެކަނި ހެއްޔެވެ. ފިރިމަރުވެފައި އިން އަންހެނެއް ހެއްޔެެ. އަޅެ މީހަކު ބުނާތީވެސް ނާހަމެވެ. ” އަމިއްލަ ނަފްސާމުހާތަބުކޮށް ނަސީރަށް ވާހަކަ ދެއްކެން ފެށުނެވެ. ގޮއްޔެ ގެ އެކަނިވެރިކަމާ އެއުމުރުގައި އަޅާލާނެ މީހަކު ނެތި ބައްޕައެއްގެ ރޯލުވެސް އަދާކުރަމުން އެއުޅުނީ ކިހިނެތް ކޮންފަދަ ނިކަމެތި ގޮތަކަށް ބާވަޔޭ ޚިޔާލުކޮށްލެވުނެވެ. ނަސީރު އެތައްފަހަރަކު މާލެގޮސްފައިވެސް ގޮއްޔެ ކޮބާތޯ ހިތައްއެރުން ފިޔަވައި ކުރެވުނު އެއްވެސް ކަމެއްނެތެވެ. އަޅެ އެއްފަހަރުވެސް އެއުޅޭ ގެޔެއް ހޯދާލައިގެން ހާލުބަލާލަން ދިޔަނަމަތާއެވެ. ނުކެރިފައި ހުރުމަށްް ހުރެ އެގޮތް ރަގަޅުވީސްނޫން ހެއްޔެވެ. އަމިއްލަ ނަފްސައް ލައުނަތްދެމުން އެތައްފަހަރަކު ކުއްވެރި ކުރަމުން ނަސީރު އެހުރި ތަނުން ނިކުމެގެން ހިގައި ގަތީ އެގޭމީހަކަށް ނުފެންނާނެ ހެން ވަލުފަރާތުން ނެވެ. ************ ޢީދުފޯރި ރަށުތެރޭގައި ގަދައަށް އޮތެވެ. ފެންކުޅިކުޅޭމީހުނާ އެމީހުންގެ ތެރޭގައި މޫދަށްލާ މީހުނާ ވަޅަށް ލާ މީހުންވެސް ތިއްބެވެ. ކޯޑިކެނޑި ފިރިހެންކުއްޖާއަށް ކޮށްލިވަރުފެނިގެން ސަމާއާއި ރީނާތިބީ ހީނހީ އަވަދިވެފައެވެ. އެކުދިން ދުވަހަކުވެސް ދުއްމަންޒަރެއްނޫނިއްޔާއެވެ. އެސޮރުގެންގޮސް ފެންވަރުވާ ފުއްޖަހާ ހެދުުމުގައި ރަނާމެންވެސް ބައިވެރި ވިއެވެ. ޒުވާންފުރައިގެ ދެ ފިރިހެން ކުއްޖަކު އައިސް ސަމާގަޔަށް ފެންއެއްޗެއް އޮއްސާލުމުން ކުރިންދުވަހު ރުޅިއާދެވުނަސް މިހާރު ސަމާވެސް އެކަމުގައި ބައިވެރިވަނީ ވަރަށް ފޯރީގައެވެ. ރަށަށް ޒިޔާރަތް ކުރާ މެހެމާނުންނަށް ޚާއްސަކަމެއް ރަށު ކުދިންބޮޑު އެންމެންވެސް ދެއެވެ. ރަނާއާއި ސަމާއަކީ މާލޭ ކުދިންނަށް ވެފައި އެކުދިން ބީރައްޓެހި ކޮށްނުލާ އެންމެން އެކުގައި ސަމާސާކޮށް ހަދާކަމީ އެކުދިންވެސް ޝުކުރުވެރި ކަމާއެކު ބަލައިގަންނަ ކަންކަމެވެ. ޢީދުގެ ދެވަނަ ދުވަހުގެ އިރު އޮއްސިގެން އައި ވަގުތެވެ. ނަސީރުބޭނުންވީ ކޮންމެ ގޮތެއް ހަދާފައި ނަމަވެސް ސުލައިމާނާ ބައްދަލުކުރާށެވެ. ސަލްމާއާއި ގުޅޭ ގޮތުން ބައެއްވާހަކަ އޮޅުން ފިލުވަން ބޭނުމެވެ. އެންމެ ފަސޭހައިން އެކަން ކުރެވޭނެ ގޮތަކީ މިސްކިތްދޮށުން ދިމާކުރުމެވެ. މީހުންގަނޑު ފައިބައިގެން ދިޔަގަޑީގައި ނަސީރުވެސް އަވަސްކޮށްލައިގެން ފައިވާންތަކާ ދިމާއަށް ދިޔައެވެ. “އައްސަލާމް އަލައިކުމް ” ފަހަތުން މީހަކު ސަލާންގޮވާލީމާ ނަސީރުބަލާލި އިރު ސުލައިމާނު ފެނުމުން އަވަހަށް ސަލާމް ބަލއިގަތެވެ. “ވައަލައިކުމް ސަލާމް. މާރަގަޅަކަށް ނުން މިދިމާވީ، މިރޭ ހިތުލައިގެން މިހުންނަނީ ސުލައިމާނާ ބައްދަލުކޮށްލަންދާން، ކޮބާ ކިހިނެތް ކިހިނެތްތަ؟” “އެހެންތަ، ވަރަށް ރަގަޅު އިރާދަކުރެއްވިއްޔާ. … ހިނގާ މިދިމާއަށް އަނގަތަޅާލަން” ސުލައިމާނު މިސްކިތާދިމާލުން އަތިރިފަރާތް ދައްކާލަމުން ކުރިއަށް ހިގައި ގަތެވެ. އެހެންޏާ ރަށުތެރޭގައި މިގަޑީގައި […]
ސަލްމާއޮތީ އެނދުކޮޅުގައި އެނދު ހުރަހަށް ވާގޮތަށެވެ. ބަލާބެލުމަށް ހީވަނީ ކޮޅަށް ހުއްޓާ އެދިމާއަށް ވެއްޓިފައިއޮތް ހެނެވެ. ފަރުޝާއާއި ފަރީޝާ ދުއްވައިގަތް ގޮތައް ގޮސް މަންމަގައިގައި އޮޅުލައިގަނެފައި ރޯންފެށިއެވެ. ރީނާއާއި ސަމާވެސް މާމާއޭ ގޮވާ ރޮމުން ދިޔައެވެ. ފާތުމަތު އައިސް ކަރުދޮށުގެ ނާރުގައި އަތްޖައްސާލުމާއެކު ސުލައިމާނަށްބަލާލިއެވެ. “ނިކަން އަވަހަށް ފެންތައްޓެއް ގެނެސްދީބަލަ” އެހެން ހަމަ ބުނުމާއެކު ސުލައިމާނު ދުއްވައިގަތީ ފެން ބަލައެވެ. ފެން ގެނެސް ސަލްމާގެ މޫނަށް ފެން ބުރުވަމުން ދައްތައަށް ގޮވަން ފެށިއެވެ. އިރުކޮޅަކުން ސަލްމާ ލޯހުޅުވާލައިފިއެވެ. “މަންމާ ، ކިހިނެތްވީ، ތާކަށް ތަދުވޭތަ އެބަ….” ފަރީޝާ ވަރަށް ހާސްވެފައި މަންމައާއި ސުވާލުކޮށްލިއެވެ. ސަލްމާ، މިހާރު ރަގަޅޭބުނެ ކުރުކޮށްލިއެވެ. އެހެންނަމަވެސް އެއިން އެއްވެސް ކުއްޖަކު މަންމަބުނިއެއްޗެއް ގަބޫލުކުރިހެން ހިޔެއް ނުވެއެވެ. ހުރިހާ އެންމެން ވެސް ނިންމީ ސަލްމާ މަރުކަޒަށް ގެންދާށެވެ. މަރުކަޒުގައި އެޑްމިޓްކޮށްފައި ތިންގަނޑިއިރެއްހާއިރު ބޭއްވުމަށް ފަހު ސަލްމާ ދޫކޮށްލީ އެރޭ އެގާރަވެސް ޖެހިފަހުން ނެވެ. އޭރު ސަލްމާވެސް މުޅިން ހަމައަކަށް އެޅިއްޖެއެވެ. ކުއްލިޔަކަށް ކަމަކާ މާބޮޑަށް ހާސްވެ ކަންބޮޑުވާކަހަލަ ކަމެއް ދިމާވީމާ ސަލްމާގެ ލޭގެ ޕްރެޝަރ މައްޗައްދިޔައީއެވެ. މަންމަ ހިތްހަމަ ޖައްސައި ދިނުމަށް ޑޮކްޓަރ އެދިލެއްވިއެވެ. **** ޢީދުދުވަހު އެކިގޭގޭން ކައިކައި ފަރީޝާމެންތިބީ ހިގައިނުގަނެވޭ ވަރުވެފައެވެ. އެއްގޭން ކައިނިމޭ އިރު އަނެއްގެޔަކުން މީހަކު ބަލާއައިސްފައި ހުރެއެވެ. ކޮންމެ ގެޔަކުވެސް ހަދާފައި ހުންނަނީ ކުކުޅެވެ. ކައިނިމިގެން ކާން ދެވައްތަރެއްގެ ބޮޑިބަތާއި ކަސްޓަޑެވެ. އެކަމަކުވެސް ދެގެޔެއްގެ ކެއުމެއްގައި އެއްރަހައެއް ނުލައެވެ. ތިންގެއިން ކާންވީ އިރު ސަމާއާއި ރަނާތިބީ ހިންދަމާ ނުލެވިފައެވެ. “މާމާ ދެން ނުދެވޭނެ އެއްވެސްތާކަށް، ދެން ހިނގާ ގެޔަށް ދަމާ” ސަމާ ، ސަލްމާގާތު އެދުނެެވެ. އޭރު ކަތީބުގޯތިން ސަލްމާމެންބަލާ އައިސް ހުރިމީހާ ފެންނަން ހުއްޓެވެ. ސަލްމާއެމީހާއަށް ބަލާލާފައި ހީލަމުން ބުންޏެވެ.’ “ކުދިވެރިން ބައިތިއްބާފަ އަހަރުމެންދަމާދޯ” ފަރީޝާއަށް ވެސް ދެން އިތުރަށް ނުކެވޭނެ ކަމަށް ބުނުމުން އެމީހުން ބަލާ އައިސް ހުރިމީހާ ވަރަށް އާދޭހާ އެކު ނުކެޔަސް ދެން ގޮސްލާފަ އަންނަން ހިގާށޭބުނެލިއެވެ. ދެން އެހެން ގޮތެއް ނެތިގެން އެންމެން އެމީހާއާއި އެކު ހިގައިގަތެވެ. ކަތީބުގެޔަކާ އެމީހުން ތިބި ގެޔާ މާދުރު ނޫން ކަމުން ހަމަ އިރުކޮޅެއްގެ ތެރޭގައި […]
ފަރުޝާ އާއި ފަރީޝާގެ ދެމަފިރިން އަަދިވެސް ދަތުރުން ބޮލަށް އަރާފައި ހުރި އެނބުރުން ނުފިލާތީ ކޮޓަރީގައި ޖައްސާލައިގެން ތިބީއެވެ. ރީނާއާއި ސަމާއަށް ލިބިފައި އޮތްމިނިވަންކަމެއްގެ ސަބަބުން ކޮޅުކޮޅު މައްޗަށް އުދުހެނީއެވެ. ދުއްވާއެއްޗެއްގެ ބިރެއް ނެތި މަގުގައި އުޅޭނެ ގޮތަަކަށް އުޅެން ލިބުނީމައި އެކުދިންނަށް އުފަލަކުން ގޮތެއް ނެތެވެ. ސުލައިމާނުގެ އެންމެ ހަނގު ދަރިފުޅު ނަހާ އާއި އެކު ރަށުގެ ފުއްޓަށްފަރާތައްވީ ގޮހެވެ. ސަލްމާއާއި ފާތުމަތާ ދެމީހުން ހަވީރު ފިނިޖެހިލީމައި ނިކުތީ އަތިރިއަށެވެ. ހަވީރުފިންޏަށް ކުޑަކުދިން ގޮަވައިގެން އަންހެން […]
ދެން އައި ޚިޔާލަކުން އަނެއްކާ އެނދުން ތެދުވެއްޖެއެވެ. އަލަމާރި ހުޅުާލާފައި ކުޑަކޮށްކޮރާލާފައި އަލަމާރި މަތީބައިން ބެޑްޝީޓުތަކެއް ބަހައްޓާފައި ހުރި ދިމާގައި އިރުގަނޑަކު އަތްކާތާ ކާއްތާފައި ނެގީ ތަޅުދަނޑިއެކެވެ. ދެން އަލަމާރި އެންމެ ތިރީބައިގައި ހުރި ވަތްގަނޑަށް އެތަޅުދަނޑި ޖަހާލުމާއެކު ފަސޭހައި ހުޅުވިގެން ދިޔައެވެ. ސަލްމާއަށްހީވީ ޓިޖޫރީއެއްގެ ދޮރުފަތް ހުޅުވާލެވުނު ހެނެވެ. ތުންފުގައި ދުވެލީ ނިކަން އުފާވެރި ހިނިތުންވުމެކެވެ. ދެލޮލުންވެސް އެކަން ދޭހަވާން ހުއްޓެވެ. ފުރަތަމަ އުޅުނީ އެދިމާލު ތަޅުންގަނޑުމަތީ އިށީންނާށެވެ. އެކަމަކު އަނެއްސިކުންތުގައި އަވަހަށް ގޮސް ކޮޓަރި […]
ސުލައިމާނު މިދެތިން ދުވަހަކު އުޅެނީ ނިކަން އަވަދި ނެތިއެވެ. އެގޭ ގޯތިތެރޭގައި ފުންޏަކަށް ޖަހާފައިވާހުރި ވެލިބަސްތާތަކެއް އެތަނުން ނަގާ އެތަން ހުސްކުރުމުގައެވެ. އެދިމާލުގައި ޖޯލިފައްޗެއް ބަހައްޓާލާ އެތަން ތަންކޮޅެއް ހިތްފަސޭހަ ކޮށްލާން ވިސްނަނީ އެވެ. ފާތުމަތުވެސް އިހަށްދުވަހު އޮތީ އެވާހަކަ ދައްކާފައެވެ. މާލޭކުދިންނަށް ކަމުދާނެހެން ގޭތެރެ ތަރުތީބުކުރަން ބޭނުންވަނީއެވެ. އެކުދިންނަށް ރަށުގެ މާހައުލަކީ ހިތްފަސޭހަތަނަކަށް ހަދައިދޭން ފާތުމަތު ބޭނުންވެއެވެ. އެކުދިން އެރަށަށް އެއަންނަނީ އަލަށެވެ.ރަގަޅު މަރުޚަބާއެއް ކިޔާންވާނެތާއެވެ. އެގޭތެރެއަށް ބަލާލިނަމަވެސް ސުލައިމާނުގެ ހުރި ރޭނުމުގެ ކުޅަދާނަކަން ފެނިގެން ދާނެއެވެ. އެހެރަ ރާނާހިޔާކޮށްފަ ހުރިބޮޑުގެވެސް ހެއްކަކަށް ފުދޭނެއެވެ. ބޮޑުސިންގާ ހަތަރު ކޮޓަރިއާއެކު ހަތަރު ފާހަނާ އެންމެ ޒަމާނީ ގޮތަށް ހަދާލާފައި ހުރެއެވެ. ވަކިން ހަދާފައި ހުރި ބޮޑުބަދިގެޔާއެކު ފެންޑާފެންނައިރު ހީވަނީ އެއީ ޝާހީބަޔަކު އުޅެން ހަދާފައި ހުރި އިމާރާތެއް ހެނެވެ. ބަދިގޭގެ ތާހިރުކަމާ ތަރުތީބުކަމަށް ތައުރީފުކުރުން އޮތީ ސުލޭމާނުގެ އަނބި ފާތުމަތަށެވެ. އެއްވެސް އެއްޗެއް އެ އޮންނަންވީ ގޮތް ނޫން އެހެންތާކު އޮއްވައެއް ނުފެންނާނެއެވެ. ކައްކާފަޔާއެކު ތަންސާފުކޮށް ނިންމާލާނެއެވެ. މިހާރު ދެމަފިރިންވެސް އުމުރުން ދުވަސްވެ ދަރިން ބޮޑެތިވީމަ އެގޭގައި އެކަނި އުޅެން ޖެހުނަސް އިހު އެގެއަކީ ނިކަން ބައިބޯ ގެޔެކެވެ. އެކުދިންގެ އެކުވެރިންވެސް ގިނައިން އައިސް ކައިބޮއެ ހަދާ ޖަގަހައަކަށް އެގެ ވާނެއެވެ. ފާތުމަތަކީ ނިކަން މީހުނާ ގުޅޭމީހެކެވެ. ސުލައިމާނަކީ ވެސް ހަމަ އެކަހަލަ ސަކަމީހެކެވެ. ފާތުމަތާއި ސުލޭމާނުގެ އުޅުން އަދިވެސް ހުންނަނީ އަލަތު ދެމަފިރިންހާ ޒުވާން ކޮށެވެ. އެކުގައި ހިގަންދާއިރު ދެމަފިރިން އަތުގައި ހިފާލައިގެން ދާ މަންޒަރު ބަލަން ހުރިމީހަކުވެސް ހިތާހިތުން ތައުރީފުކުރާނެއެވެ. ލޮތްބަކީ ޒުވާންކަން ދަމަހައްޓައިދޭ އެއްޗެއް ކަމަށް ހެކިވާނެއެވެ. އެދެމެދުގައި އޮތް ލޮތްބާ ކުލުނު އެއީ އެމީހުންގެ ދަރިންނަށްވެސް ނަމޫނާއެކެވެ. އަދި ކީއްތޯއެވެ. މުޅިރަށަށް ވެސް އެއީ ނަމޫނާއެކެވެ. އެކަކު އަނެކަކަށް ކާންލަވާލަދީ ހަދާނެއެވެ. ބޮލުގެ އިސްތަށިގަނޑުގައި ފުނާއަޅައިދީ ގަތައިދޭނެއެވެ. ފާތުމަތު ގޭދޮށް ކަހާއިރު ކުނިތައް އެއްކުރީމައި ގޮސް އެނަގާ ގޯންޏަށް އަޅާދޭނީ ވެސް ސުލައިމާނެވެ. އެއްޗެހި ދޮންނަ ވަރަކަށް ހިއްކަން އަޅައިދޭނީ ސުލައިމާނެވެ. ދަރުން ކައްކާ ދުވަހަކު ވިއްޔާ ސުލައިމާނު ބަދިގެ ފަރަތުން އެއްކައިރިއަށްވެސް ޖެހިނުލާނެއެވެ. އެއީ ކީއްވެގެން ކަމަށް ތޯއެވެ. އޮޅުމެއްގައިވެސް ފާތުމަތުގަޔަށް އަލިފާން ކަންޏެއްވެސް ޖެހިދާނެ ކަމަށެވެ. ދެމަފިރިން އެކަކު އަނެކަކު ދެކެލޯބިވަނީ ދުނިޔެ އާއި އާޙިރަތައް ޓަކައެވެ. ސާފުތާހިރު ލޮތްބެވެ. ﷲއަށްޓަކައި ވާ ލޮތްބެވެ. ލޯބިވާންވީ މިހެންނުންތޯއެވެ. އެެހެން ނަަމަވެސް މީހުންގެ ދުލެއް ނުހިފެހެއްޓޭނެތާއެވެ. އަނބިދަށުވުން ކަމުގައި ދެކޭމީހުން ވެސް މަދެއްނޫނެވެ. މީހުން ބުނެފާނެ އެއްޗަކަށް ނުބަލާ އެކަކު އަނެކަކު އުފާކޮށްދެވުނީމާ ނިމުނީނޫންތޯއެވެ. ސުަލައިމާނު ވެލިބަސްތާތައް ނަގާ ތަންސާފުކޮށް ނިންމާލާއިރަށް ފާތުމަތު އައިސް ލުބޯހުތު ފަނިތައްޓެއް ސުލައިމާނުގެ އަތަށް ދިއްކޮށްލަމުން ބުނެލިއެވެ. “ހިނަގާބަލަ މިދިމާލުގަ ޖާފާނު ރުއްކޮޅެއް އިންދާލަން….މިއޮއްބޮޑު ހިސާބުގަނޑު މިއޮތީ ނުލާހިކު ފަޅުކޮށްވިއްޔާ. ދެން މި ފޫޓު ތެރެއަށް އަކިރިލާ ނިކަން ރީތިކޮށްލަބަލަ” ސުލައިމާނު ނިކަން ލޯބިން ފާތުމަތާއި ދިމާލަށް ބަލާލާފައި ސަމާސާކޮށްލަމުން ބުނެލިއެވެ. “އައްދެ، ފާތުމަތު އުޅޭގޮތުން ހީވަނީ އަލަތު ކައިވެންޏެއް ކުރަން އުޅޭހެން” މިހެން ހަމަ ބުނެލުމާއެކު ފާތުމަތު ދެފަރާތަށް ތުންއަނބުރާލާފައި ބުނެލިއެވެ. “މަގޯތި ސުލައިމާނަށް އެހެންހީވަންޏާ ދެން ކުރާނެ ކަމެއްނެތް. ދެނެއް އެދުވަހެއް އަނބުރައެއް ނުގެނެވޭނެދޯ” ސަމާސާކުރަން ދަންނަނީ ސުލައިމާނުއެކަންޏެއްނޫނޭބުނެލި ކަހަލައެވެ. “ނާހަމަ ތެދެއް……ދެން އެދުވަހެއް ނާންނާނެތަ؟ ” ހިނިގަނޑަކާއެކު ސުލައިމާނު ރައްދެއް ދިނެވެ. “އާނ… ގައިމެއްނުން. މިހާރު މަމެން މިތިބީ މުސްކުޅިވެފަ ވިއްޔާ، އެހެނެއްނޫން ، ސުލައިމާނު ޅަކޮޔައެއް ހޯދައި ފިއްޔާ އެދުވަސް އަލުން އަތުވެދާނެ” އެބުނި އެއްޗަކުން ހަމަ ވަގުތުން ސުލައިމާނުގެ މަޖާގޮތްގަނޑު ކެނޑި މޫނުމަތި މިލާލިއެވެ. ފާތުމަތުގެ އެކަހަލަ ސަމާސާއިން ސުލައިމާނު ނިކަން ހިތުގައި ޖެހެއެވެ. އެއީކީ ސުލޭމާނު ކުރަން ބޭނުން ކަމެއްނޫންވިއްޔާއެެވެ. ކުރާނެ ނަމަ އަތަކަށް ފަޔަކަށް އަންހެނުންވީހެވެ. އަންހެނުން ހުސްވިތާކޮޅުމައްޗެއްނޫނިއްޔާއެވެ. ނިކަން ކަރުއެލުވާލެވިފައި ހުރެ ސުލައިމާނު ބިންގަނޑަށް ފައިވާނު ގެ ކޮޅު ވައްދަމުން ބަލާވެސް ނުލާހުރެ ބުނެލިއެވެ. “ފާތުމަތު ގެނައީކީ އެހިތްދަތި މަންޒަރު ދައްކާކަށް ނޫން. ފާތުމަތު އަހަރެން ގެނެސްފައި ތިޔަހުރީ އަހަރެން ގެ ފަރާތުން އުފަލާ ހިތްހަމަ ޖެހުން ދޭން، އުމުރު ދުވަހަށް، އެގޮތް ކަމު ނުދަންޏާ މިހާރުވެސް ބުނޭ. ހަމަ ބޭނުން ގޮތެއް ހަދާ ދޭނަން” ދެމަފިރިން ގެ ސަމާސާ ވިހަވެއްޖެއެވެ. އެކަމާ ފާތުމަތު ނިކަން ދެރަވެ ލަދުވެސް ގަތެވެ. ތިމާގެ ލޯބިވާ ފިރިމީހާ އަށް މިފަދަ ބަސްތައް ބުނުމަކީ ބޭއަދަބީ ކަމެކެވެ. އެސްފީނާއަކީވެސް އޮންނަ އެއްޗެކެވެ. އަނެއްކާ ފާތުމަތު މިހެން ކިޔަމުންގޮސް އިސްތިރިވަރިތޮޅިވެސް ވެދާނެ ތޯއްޗެކެވެ. ބުނަންވާނެ އެއްޗެއްސާ ބުނެގެން ނުވާނެ އެއްޗެހިވެސް ހުންނާނެއެވެ. “ސުލައިމާނު، އެކުން އެއްޗެކޭ ހީނުކުރޭ. މަށަށް އެނގޭ ތިޔަވަރުގެ ލޯބިވާ ފިރިއަކު ދެން ނުލިބޭނެކަން، މުސްކުޅިވެ ބަލިއެނދަށްދާން ބޭނުންވަނީ ތިއަތުގެ ހިމާޔަތުގަ އޮވެ. އަހަރެން ބޭނުމެއްނޫން ކޫސަނިކަންކަމާ ހިތުގަ ކިލަނބު އުފެދޭކަށް، ދެން އެކަންތައް ހަނދާނުން ފޮހެލާ، ސަމާސާ ވިހަވީ މަގޭ ސަބަބުން” ފާތުމަތު ހަގީގަތުގައިވެސް ނިކަން ހިތުގައި ޖެހުނެވެ. އެމޫނުމަތި ހިތާމައިގެ އަސަރު ފެނަންހުއްޓެވެ. ދާދި ދެންމެ އަކު ސުލައިމާނު ވައުދުވީ ފާތުމަތަށް އުފަލާ ހިތްހަމަ ޖެހުން ދޭނެ ކަމަށެވެ. “މިފަރާތް ބަލާބަލާށޭ، ތިހިރީ ރުޅިން ކަމަށްހޭ […]