Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަބިރުވެރިލޯބި

02:30 ސަތާރަވަނަ ބައި

Ushaali Level 810 Stories100 Comments100 Stories500 Comments
August 31, 2017 9 Mins Read
19 Comments

 

ރަޔާހީންގެ ހިތަށް ބީހާލްގެ ނަން އައިސް ވަނީ ހަމަ ކުއްލިއަކަށެވެ. އޭނާ ބީހާލަށް ގޮވާލަން އަނގަ ހަރަކާތްކޮށްލި ވަގުތު މާކިލް ހުށިޔާރު ކަމާއެކު ރަޔާހީންގެ އަނގައަށް ފޮތިތަކެއްކޮށްޕާ އެއްޗަކުން ބަނދެލިއެވެ. ރަޔާހީން ދުވަހަކު ވެސް މިހާ ބިރުގަތް ވަގުތެއް ނާދެއެވެ. އޭނާ ދެލޯ ބޮޑުކޮށް މާކިލް އަށް ބަލާލީ ކިޔަން ލައްކަ އެއްޗެއްހި ހިތަށް އަރުވައިގެންނެވެ. ނަމަވެސް އޭނާގެ އަނގައިން އެންމެ ބަހެއް ވެސް ނުކިޔުނެވެ. ރޮވިފައިވާ ދެލޮލުން މާކިލް އަށް ބަލަން ހުރެވުނީ އާދޭސްކުރާ ހާލުގައެވެ.

ތެޅި ތެޅި އޮތް ރަޔާހީންގެ ގައި މައްޗަށް މާކިލް ޖެހިގަތީ ވަގު ބުޅަލެއް ރޯމަސްގަނޑަކަށް ޖެހިގަންނަހާ ދަހިވެތި ކަމާއެކުގައެވެ. މާކިލް ހިފަހައްޓާފައި އޮތް ރަޔާހީންގެ ދެއަތް މިނިވަންވީ ވަގުތު ރަޔާހީން މަސައްކަތްކުރީ އަނގަމަތީގައި އަޅާފައިވާ ފޮތިގަނޑު ނައްޓާލުމަށެވެ.  ނަމަވެސް އޭގެ ކުރިން މާކިލް އޭނާ ދެއަތުގައި ހިފަހައްޓާލި ގޮތުން ރަޔާހީންގެ ހަށިގަނޑުގައި އަޅަންފެށި ވޭނަށް ކެތްނުވުމުން ދެލޮލުން ކަރުނަ އަންނަން ފެށިއެވެ. ރޮމުން ދިޔަ އިރު އެވަގުތު އޭނާގެ ހިތަށް ވަމުން ދިޔަ ގޮތާއި އޭނާގެ ހިތަށް އަރާ ފައިބަމުން ދިޔަ އެއްޗެހި ދެވަނަ މީހަކަށް ދުލުން ކިޔައިދީގެން އިޙުޞާސް ނުކުރެވޭނެކަން ކަށަވަރެވެ. އޭނާގެ ދުލުން ބީހާލް އަށް ގޮވާލެވުނުނަމަ މިވަގުތު އޭނާ ސަލާމަތްކުރަން ބީހާލް އައީހެވެ. ނަމަވެސް މިހާރު ބީހާލް ކޮބާ ހެއްޔެވެ؟ ބީހާލް އަކީ އޭނާގެ ހިތަށް އަރާ އެއްޗެހި އޭނާގެ ދުލުން ބުނުމަކާއި ނުލާ ދެނެގަންނަ މަޙްލޫޤެކެވެ. ވީއިރު މިހާލުގައި އޭނާ ވާކަން ބީހާލް އަށް ނޭނގި އޮވެދާނެ ހެއްޔެވެ؟ އޭނާ މިފަދަ ހާލަތެއްގައި ޖަނަވާރެއްގެ އަތްދަށު ވެގެން ނިމިދާން ބީހާލް ވެސް ދޫކޮށްލީ ހެއްޔެވެ؟

ރަޔާހީން ގައިމަތީގައި އޮތް މާކިލް ރަޔާހީންގެ މޫނުގައި ބޮސްދިނީ އެކަމަށް އޭނާ ކެތްމަދުވެފައިވާ ފަދައިންނެވެ. ރަޔާހީން ދެލޮލުން ފައިބާ ކަރުނަތައް މާކިލް އަށް ނުފެންނަ ފަދައެވެ. އެއީ އޭނާގެ ބައްޕަގެ އަނބިމީހާއޭ އެންމެ ފަހަރަކު ވެސް މާކިލްގެ ހިތަކަށް ނާރައެވެ. މިވަގުތު އޭނާ ހުއްޓުވޭނޭ ފަދަ އެއްވެސް ބާރެއް ވާކަމަކަށް އޭނާގެ ސިކުނޑިއެއް ޤަބޫލެއް ނުކުރެއެވެ. ދީވާނާއަކު ފަދައިން އޭނާގެ ކަރުހިއްކުން ފިލުވަން މަސައްކަތްކުރަމުން އެދަނީ އޭނާގެ ހަށިގަނޑު ދަށުގައި ރޮމުން އާދޭސްކުރަމުން ދިޔަ ނިކަމެތި އަންހެންކުއްޖާ އަށް އެއްވެސް ރަޙްމެތްނެތިއެވެ.

“މީ އަހަރެން ހާދަ ދުވަހަކު ކުރި އިންތިޒާރެކޭ. ދެރައީ މިގޮަތަށް މިކަން ކުރަން ޖެހުމުން. އަޅެ ކީއްތަވާނީ ލޯބިކޮށް މަށަށް ވެސް ކޮށްދިނިއްޔާ. ކާކަށް ކޯއްޗެއް އެނގޭނީ….” ރަޔާހީން ލައިގެން އޮތް ހުދުކުލައިގެ އަތްދިގު ޓީޝާޓްގައި ހިފާ ދަމަން ފެށީ އެޓީޝާޓް ހަށިގަނޑުން ވަކިކޮށްލުމަށްޓަކައެވެ. އެކަމަކު އެކަންތައް މާކިލް އަށް ވީ ކުރަން އުދަގު ކަމަކަށެވެ. އެހެންކަމުން އެ ދޫކޮށްލާފައި އޭނާ ދެން އުޅުނީ ރަޔާހީން ތިރިން ލައިގެން ހުރި ދިގު ހަރުވާޅު އިރާލުމަށެވެ.

ރޮއިރޮއި އޮތް ރަޔާހީން ސިހުނީ ކުއްލިއަކަށް އޭނާގެ ދެއަތަށް ލުއި ކަމެއް އިޙުޞާސް ކުރެވުމުންނެވެ. މާކިލް އަށް އޭނާ އަތުން ދޫކޮށްލެވުނު ކަމެއް ވެސް ނޭނގި އޭނާގެ މަސައްކަތައިގެން އުޅުނެވެ. ރަޔާހީނަށް އޭނާގެ ބޯކޮޅުގައި ރުޅި އައިސް ރަތްވެފައި ހުރި ބީހާލް ފެނި ރަޔާހީންގެ ރުއިން އިތުރުވިއެވެ. ރަޔާހީން ބީހާލް އަށް ބަލަމުން ދިޔައީ ޝަކުވާގެ ނަޒަރަކުންނެވެ. މިހުރިހާ އިރު ބީހާލް ހުރީ ކޮންތާކުތޯ އަހާލާ ކަހަލައެވެ.

ރަޔާހީން އޮތް ހާލު ފެނުމުން ބީހާލް ދެރަވިއެވެ. ވަގުތުން ރަޔާހީން އެކަމުން ސަލާމަތްކޮށްދޭން ބޭނުންވިއެވެ. ޓީޝާޓް މަތިން ރަޔާހީންގެ ބަނޑުގައި ބޮސްދެމުންދިޔަ މާކިލް އަށް ބަލާލީރު އެދެލޯ އަނގުރުކޮޅެއް ފަދައިން އަނދަމުން  ދިޔައެވެ. ދެދަތްފިލާ ޖައްސާ ބާރުކޮށްލި ގޮތުން ކަތުރު ކަށިގަނޑު ވެސް ހެލިލިއެވެ.

“ހީން މަޑުން އޮވޭ. އެންމެ ހިތްދަތިވާ ވަގުތު އޭނާ އަށް ކުޅިދައްކާލާނަން” ހަށަން ބަނދެލައިގެން ރަޔާހީން ބޯކޮޅުގައި ބީހާލް ހުރީ މާކިލްގެ ހަރަކާތްތަކަށް ބަލާށެވެ. އޭރުވެސް ރަޔާހީން މަސައްކަތްކުރަމުން ދިޔައީ މާކިލް ދުރަށް ކޮށްޕާލެވޭތޯއެވެ. ނަމަވެސް ކައިރީގައި ބީހާލް ހުރިކަން އެނގުނު ހިސާބުން އޭނާގެ މަސައްކަތަށް ލަސްކަމެއް އައެވެ.  ބީހާލްގެ އެ ޖުމްލަ އިން ރަޔާހީނަށް އުއްމީދެއް ލިބި ތުންފަތަށް ފަނޑު ހިނިތުންވުމެއް ވެރިވިއެވެ. ނަމަވެސް އޭނާ އަށް ލަދުވެތި ކަމެއް އިހުސާސް ކުރެވެން ފެށީ ރަޔާހީން އޮތް ހާލު ބީހާލް އަށް ފެނުމުންނެވެ. ބީހާލް އެކަމަށް އެއްޗެއް ނުބުނާތީ ރަޔާހީނަށް ވެސް އެއްޗެއް ބުނާކަށް ނުކެރުނެވެ. މާކިލް ރަޔާހީނަށް ބަލާލީ ރަޔާހީން އެއްވެސް ގަދައެއް ނަހަދާތީއެވެ. އޭނާ އަށް ފެނުނީ ރަޔާހީން ހިނތުންވެގެން މާކިލް އަށް ބަލަން އޮތްތަނެވެ.

“ކިހިނެއްވީ ޤަބޫލެއް ނުކުރެވޭ ދޯ….. ދެލޯ ފޮހެލަމުން ރަޔާހީން އޭނާގެ އަޑަށް ހަމަޖެހުން ގެނައެވެ.

“އަސްލުވެސްތަ؟… އޯ ގޯޑް…. ހަމަ އަސްލުތަ…. އެނގޭ އޭރުވެސް ހީން މޮޔަވާވަރު ވާނެކަން އަހަރެންގެ ބީހުންތައް އިޙުޞާސް ކުރެވިފަ” ރަޔާހީން ތެދުވެ ހެޑް ބޯޑުގައި ލެގިލިއެވެ. އަދި ލައިގެން ހުރި ޓީޝާޓް އަތުން ތިރިއަށް ދަމާލުމަށްފަހު މާކިލް އަށް ބަލާލީ ހީލަމުންނެވެ. އަތް ދިއްކޮށްލަމަށްފަހު މާކިލް އަށް ދަޢުވަތެއް ދިނެވެ.

“އަހަރެން ވަރަށް ބޭނުން ހީންގެ ހަށިގަނޑު ބަލާލަން. އަޅެ ޕްލީޒް އަހަރެން ކުރިމަތީގައި ތި ބާލަބަލަ. އަހަރެންނަށް ދެން ކެތެއް ނުވާނެ. ހުސްއެކަނި ބައްޕައަށް ލިބޭކަށް އަހަރެން ބޭނުމެއް ނޫން” ރަޔާހީންގެ މޫނުގައި ފިރުމާލަމުން މާކިލް ބުނެލިއެވެ. ބީހާލް ކުރިިމަތީގައި އެފަދަ ގޮތަކަށް ޑްރާމާ ކުޅެން ޖެހުމުން ރަޔާހީން އިނީ ލަދުން ބީހާލް އަށް ބަލާލަން ނުކެރިފައެވެ. ނަމަވެސް މިރޭ މާކިލް ހަމައަކަށް އަޅުވަން އޭނާ ބޭނުމެވެ. އެހެންކަމުން އޭނާގެ ހިތުގައި ހިފާފައިވާ ބިރުވެރިކަން އެއްފަރާތްކޮށް ބީހާލްގެ އިރުޝާދުގެ ދަށުން ކަންތައްތައް ކުރިއެވެ.

“އަޅެ ލައިޓް ނިއްވާލަބަލަ. ދިއްލާއިރު މާކް އަށް ފެންނާނެ. އަހަރެން ގަޔަކު އަންނައުނެއް ނުހުންނާނެ. މިހާރު މާކް ކުރިމަތީގައި ބާލަން އަހަރެން ވަރަށް ލަދުގަނޭ. އަޅެ ޕްލީޒް” މާކިލް ގެ މޫނުގައި ފިރުމާލަމުން ރަޔާހީން ބުނެލިއެވެ. އެވަގުތު ރަޔާހީން ބީހާލް އަށް ބަލާލިއިރު ބީހާލް އިނީ ވަރުގެ ކޮޅަށް ހިނިއައްސައެވެ. މާކިލް އަށް ނޭނގޭނެހެން ރަޔާހީން ބީހާލް އަށް ލޯއަޅާލިއެވެ.

ރަޔާހީން ބުނިގޮތަށް މާކިލް ލައިޓްތައް ނިއްވާލީ ވެސް ރަޔާހީންގެ މޫނުގައި އަތް ހިންގާލަމުންނެވެ. އެކަމުން ވެސް ރަޔާހީނަށް އެތައް އުނދަގުލެއް ލިބިގެން ދިޔައެވެ. ނަމަވެސް އޭނާ ކެތްކުރީ މާކިލް ގެ ފަރާތުން މިރޭ އެއްކޮށް އޭނާ މިންޖުވާނެތީއެވެ. އެ ޔަޤީންކަން ބީހާލް މިރޭ އޭނާ އަށް ދީފިއެވެ. އެކުޑަ ވަގުތުކޮޅުގައި ރަޔާހީނަށް މީހަކު އޭނާ އުފުލާލިހެން ހީވިއެވެ. އިރުކޮޅަކުން އޭނާ ހުރީ އޭނާގެ އަމިއްލަ ކޮޓަރީގައެވެ. އޭނާ އަށް ބިރުން އެނދުގައި އިށީނދެވުނީ މާކިލްގެ ކޮޓަރީގައި މިރޭ ހިނގާނެ ކަންތައްތައް ހިތަށް ގެންނަން ވެސް ނޭނގުމުންނެވެ. ނަމަވެސް އޭނާ ހެއްދެވި ފަރާތަށް ޙަމްދުކޮށް ޝުކުރުގެ ސަޖިދައެއް ޖެހީ މިރޭ އެއަނިޔާވެރިކަމުން އޭނާ ސަލާމަތްވުމުންނެވެ. އެތްއަތުން އަނެއް އަތުގައި ފިރުމާލެވުނީ މާކިލް ހިފާފައި ހުރި ތަނުގައި އަދިވެސް ރިހުމެއް ހުރީމައެވެ.

 

“އަޅެ ދެން ލައިޓްތައް ޖައްސަންތަ” ކެތްމަދުވެފައި އިން މާކިލް އަހާލިއެވެ.

“ހޫމް… އޯކޭ…” ރަޔާހީންގެ ލަދުވެތި އަޑު މާކިލް ގެ ކަންފަތުގައި ޖެހުމާއެކު އަވަސް އަވަހަށް މާކިލް ލައިޓްތައް ޖެއްސިއެވެ. އެވަގުތު މާކިލް އަށް ފެނުނީ އެނދުގައި އޮތް ރަޔާހީނެވެ. ދެފައިގެ ކަކުލާއި ހަމައިން ކުއިލްޓް އަޅާލައިގެން އޮތް އިރު މޫނު އޮތީ ކުޝަން އަކުން ނިވާ ކޮށްގެންނެވެ. ރަޔާހީންގެ ލައިގެން ހުރި އަންނައުނުތައް އެނދު ކައިރީގައި ތިރީ ހުރިތަން ފެނުމުން މާކިލް ތުންފަތަށް ވެރިވީ ލާނެއް ހިނިތުންވުމެކެވެ. ހާދަ ލަދުގަންނަ އަންހެންކުއްޖެކޭ މާކިލްގެ ހިތަށް އެރިއެވެ.

 

“ދެން ތި މޫނު ވެސް ނުދައްކާނީތަ” ރަޔާހީންގެ މޫނުމަތީގައި އަޅާފައި އޮތް ކުޝަން އާއި ކައިރިވެލަމުން ސިއްރުން މާކިލް ބުނެލިއެވެ.

“ނުކެރޭނެ. އަހަރެންގެ މޫނު ފެނުނީމަ ފަހަރެއްގައި މާކް ބިރުގަނެދާނެ. ފަހަރެއްގައި މާކް ހީނުކުރާ ސިފައެއްގައި މާކް އަށް އަހަރެންގެ މޫނު ފެނިދާނެ. މިހާރު އަހަރެންގެ ހަށިގަނޑު މިވަނީ މާކް އަށް ހިބައިން ދެވިފައި. ބޭނުންކަމެއް ކުރަންވީ. އަހަރެން މިގޮތުގައި ބާއްވާ ޕްލީޒް ބޭބީ” ރަޔާހީންގެ އަޑުގައި އެކުލެވިގެންވީ މަސްތީ ކަމުން މާކިލް ހުރިހާ އެއްޗެއް މަތިން ހަނދާން ނެތިގެން ދިޔައެވެ. ހީލަމުން ކުއިލްޓް މަތިން އަތް ހިންގާލީ ލޯތްބަށްޓަކައި ކެތްމަދުވެފައިވާ މޮޔައަކު ފަދައިންނެވެ. އޭރު ކުޝަންގައި ހިފާލައިގެން އޮތް ރަޔާހީންގެ އަތުގެ އިނގިލިތަކުގެ ނިޔަފަތިތައް ދިގުވަމުންދާ ކަމެއް މާކިލް އަކަށް ނޭނގޭއެވެ.

 

ކޮޓަރީގައި ދެފަރާތަށް ހިނގަމުން ދިޔަ ރަޔާހީން ގަޑިއަށް ބަލާލިއެވެ. މެންދަމުން އަލިވެ ތިނެއް ޖަހަނީއެވެ. ބީހާލްގެ އެއްވެސް ޚަބަރެއް ނުވާތީ ރަޔާހީން ހުރީ ކަންބޮޑުވެފައެވެ. ބީހާލް އަނެއްކާ މާކިލް އަށް ކީތްކުރީ ހެއްޔެވެ؟ މަރާލީ ހެއްޔެވެ؟ އޭނާ އަނެއްކާ ހާސްވެފައި ހުރެ އެކޮޓަރިން ނިކުމެވެން ހުންނަ ބެލްކަންޏަށް ނިކުމެލީ ތާޒާ ވައިކޮޅެއްގެ އަރާމު ލިބިގަތުމަށެވެ. އެވަގުތު އޭނާ އަށް މަރުހަބާ ކިއީ އުޑުމެދުގައިވާ ފުރިހަމަ ހަނދެވެ. އެހަނދު ފެނުމާއެކު އޭނާ އިޚްތިޔަރަކާއި ނުލާ ވިކްޔަން މަތިން ހަނދާންވާން ފެށިއެވެ. ވިކްޔަން އާއި އެކު ހޭދަކުރެވިފައިވާ ހިތްގައިމު ރޭތަކެވެ. ކައިވެނިން ބޭރުގައި ރަޔާހީންގެ އެންމެ އަގު ބޮޑު ހަދިޔާ ވިކްޔަން އަށް ހަދިޔާ ކުރި ރެއެވެ. ދެމީހުން އެހަނދު ހެކިކޮށް ވީ ވަޢުދުތަކާއި އަހުދު ތަކެވެ.

ކުއްލިއަކަށް ރަޔާހީނަށް ފެނުނީ ތިރީގައި ހަށަން ބަނދެލައިގެން ހަމަ އެހަނދަށް ބަލަހައްޓައިގެން ހުރި ވިކްޔަން އެވެ. ވިކްޔަން ހުރީ ވެސް މީގެ ކުޑަ އިރުކޮޅެއް ފަދައިން ބަދިގެން އިން ފެނުނު  އިރު ލައިގެން ހުރި އެއްޗިއްސާ އެއްކޮށެވެ. އެހަނދުގެ އަލީގައި ވެސް ވިކްޔަންގެ މޫނުމަތީގައި ނިދީގެ ކަންފުޅެއްވެސް  ނެތްކަން ރަޔާހީނަށް ފާހަގަވިއެވެ. ރަޔާހީން ހުރި ހިސާބާއި ވިކްޔަން ހުރި ހިސާބާއި އެހާ ދުރު ނޫން އިރު ވެސް ރަޔާހީން ވިކްޔަން ފާހަގަކުރިއެވެ. އޭނާ ދެލޯ އަނދިރިވެފައި ހުއްޓަސް ވިކްޔަންގެ ހަށިގަނޑުން ދުވާ ލުއިލުއި މީރުވަހުން ވެސް އޭނާ ވިކްޔަން ވަކި ކުރާނެއެވެ.

ވިކްޔަން އެނބުރު ވަގުތު މަތީގައި އޭނާ އަށް ބަލަހައްޓައިގެން ހުރި ރަޔާހީން ފެނި ހުއްޓުން އެރިއެވެ. އަބަދުވެސް ފިލަން ބޭނުންވާ މީހާއަށް ފެންނަނީ ކީއްވެ ހެއްޔޭ އޭނާގެ ހިތަށް އެރިއެވެ. އެވަގުތު ރަޔާހީނަށް ފެނުނީ ވިކްޔަންގެ ކަންފަތުގައި ޖަހާލެވިފައިވިި ފޯނެވެ. ކުއްލިއަކަށް ވިކްޔަންގެ މޫނުމައްޗަށް ހިނިތުންވުމެއް ވެރިވިއެވެ. އަދި ރަޔާހީން ފެންނަ ކަމަށް ނަހަދާ އޭނާ ކުރިއަށް ހިނގައިގަތެވެ.

“ޔެސް ބޭބީ… މިރޭ މިހާވަރަށް ޓޯކް ކުރެވުނީމަ ވެސް ހިތެއް ނުފުރޭތަ…. މަދަމާ މީޓް ވާނަން އެނގޭ… އަންނައްޗެ ގެއަށް ހެނދުނު…. އޯކޭ ބޭބީ ގުޑްނައިޓް……..ހެހެހެ… ތި ލޯބިލޯބި ތުންފަތަށް… ހެހެހެ.. ޔާ… ލަވްޔޫ މޯރ….” މެންދަމުގެ ހަމަހިމޭންވަގުތުގައި ޖެހެމުން ދިޔަ މަޑުމަޑު ވައިރޯޅި ވިކްޔަންގެ އެބަސްތައް ކިތަންމެހާ ވެސް ރީއްޗަށް ރަޔާހީންގެ ކަންފަތާއި ހަމައަށް ގެންގޮސްދިނެވެ. އޭނާގެ ހިތުގައި ރިއްސައިގަތީ ދުވަހަކު ވެސް ނުރިއްސާލާ ވަރަށެވެ. އެހެންވީމާ މިރޭ އެދެމީހުން ދޭތެރޭގައި މައްސަލައެއް ޖެހުނީތާއެވެ. ވިކްޔަން އެހާ ދެރަވެފައި ހުރީ އެހެންވެތާއެވެ. މިހާރު ވާހަކަދައްކައިގެން ދެމީހުން ސުލްހަ ވީއެވެ. ވިކްޔަން ނިހާ ދެކެ ކިހާ ލޯބިވޭ ހެއްޔެވެ؟ ނިހާ ކިހާ ނަސީބު ރަނގަޅު ހެއްޔެވެ؟ އެކަހަލަ ނަސީބެއް އެނާ އަށް ވެސް ލިބުނެވެ. ނަމަވެސް މަޖްބޫރަކުން އޭނާ އެނަސީބަށް ފުރަގަސްދިނީއެވެ.

“ހީން” ފަހަތުން އިވުނު ބީހާލްގެ އަޑުން ރަޔާހީން ސިހިގެން ދިޔައެވެ.

“ކޮބާ މާކް؟… ކިހިނެއްހެދީ އޭނަ އަށް” އެންމެ ފުރަތަމަ ވެސް ރަޔާހީން އޮޅުންފިލުވަން ބޭނުންވީ ބީހާލް މާކިލް އަށް ހެދި ގޮތެކެވެ.

“ހެހެހެ… އޭނަ ދެން ހީން އަށް އުނދަގުލެއް ނުކުރާނެ. އަހަރެން ހެދި ގޮތެއް ނޭހުން އެންމެ ރަނގަޅުވާނީ. އަހަރެން ކިޔައިދީފިއްޔާ ހީން ލަދު ގަންނާނީ… އެހެންވީމަ އަޅާނުލާ… ދެން ދޭ އަވަހަށް ނިދަން” ބީހާލް ހީލަމުން ބުނެލިއެވެ.

“އަލްހަމްދުލިއްލާހި….. މަރައެއް ނުލަން ދޯ” މޭގައި އަތް އަޅާ އުޑަށް ބަލާލަމުން ރަޔާހީން ބުންޏެވެ.

“ހެހެހެ… ތިއެއް ވެސް މާދަމާ އެނގޭނެ… ދަނީ ދެން…..” ބީހާލް ހަމަޖެހިފައި ކުއްލިއަކަށް ގެއްލުނެވެ. އެވަގުތުކޮޅު ރަޔާހީން ބިރުގަތެވެ. ބީހާލް އަކީ ޖިންނި އެއް ކަން އެނގޭ އިރު ވެސް އޭނާގެ ކުއްލިއަކަށް ފާޅުވުމާއި ކުއްލިއަކަށް ގެއްލުމުން ރަޔާހީން ސިހި ބިރުގަންނަ ގޮތް ވެއެވެ.

 

ރޭގައި ލަހުން ނިދުމުގެ ސަބަބުން ރަޔާހީނަށް ހޭލެވުނީ އެހެން ދުވަސްދުވަހަށް ވުރެ ލަހުންނެވެ. ފާޚާނާ އަށް ވަދެ ހޫނު ފެނުން ފެންވަރާލުމަށްފަހު ތައްޔާރުވެލީ އަވަހަށް ތިރިއަށް ފޭބުމަށެވެ. އިރުފާން ވެސް ކޮޓަރީގައި ނެތުމުން އޭނާ ކަމެއްގައި ބޭރަށް ދިޔައީ ކަމުގައި ނިންމައިގެން ރަޔާހީން ރީތިވާން ހުރި އިރު ވެސް އިރުފާނާއި މެދު ހިތުގައި ވީ ޝަކުވާއެވެ. އޭނާ އަށް ނުގޮވާ ދިޔައީތީއެވެ.

ކޮޓަރިން ނިކުމެގެން ރަޔާހީން ބަދިގެއަށް ގޮސް ވަންއިރު އެތެރޭގައި ތިބީ އޯލާ އާއި ރާނޯ އެކަންޏެވެ. ރަޔާހީން ދެފަރާތަށް ބަލާލިއރު އިތުރު އެއްވެސް މީހަކު ފެންނާކަށް ނެތެވެ.

“މޯރނިންގް ހީން ކޮއްކޮ” ރާނޯ ރަޔާހީނަށް ހީލަމުން ބުނެލިއެވެ. ބަދަލުގައި ރަޔާހީން ވެސް ހީލަމުން ރާނޯ ގެ ކޮނޑުގައި ފިރުމާލިއެވެ.

“އެންމެން ސައިބުއީތަ” ރަޔާހީން އަހާލިއެވެ.

“އާނ… އިރުފާންބެ ބުނީ ހީން ކޮއްކޮ އަށް ހޭލެވެން ދެން ބާއްވާށޭ.. ކޯއްޗެއް ތައްޔާރުކޮށްދޭންވީ” ރާނޯ އަހާލިއެވެ. އޭރު ވެސް އޯލާ ޒިންކު ކައިރީގައި ތަށި ދޮންނަން ހުއްޓެވެ.

“އޯކޭ… ރާނޯ ހުރޭ… އަހަރެން އަމިއްލަ އަށް ހަދާލަފާނަން” ރަޔާހީން ހީލަމުން އަމިއްލަ އަށް ހޮޓް މައިލޯއެއް ތައްޔާރުކޮށްލައިގެން އައިސް މޭޒު ކައިރީގައި އިށީނެވެ. ރާނޯ ފިޔާ ކޮށަން ކައިރީގައި އިންއިރު އިރުކޮޅަކުން ރަޔާހީނަށް ހިނިތުންވުމެއް ދެއެވެ.

“މަންމަމެން ގޭގައި އެބަ އުޅޭތަ؟” އެއްވެސް މީހެއްގެ ހިލަމެއް ނުވާތީ ރަޔާހީން އަހާލިއެވެ.

“ނޭނގޭތަ؟ މާކްބޭބީ ވަރަށް ބަލި. ހުން އަންނަނީ ވަރަށް ގަދައަށް. ދެން ހޮޑުލަނީ. އެންމެން ދަނީ މާކްބޭބީ ރޫމަށް” ޒިންކު ކައިރީގައި ތަށި ދޮންނަން ހުރި އޯލާ ޖަވާބުދިނެވެ. ރަޔާހީން ކައިރިއަށް އައީ ނުލަފާ ހިންޏެކެވެ. މާކިލް ހުން އައުމުގެ ފަހަތުގައި ވީ ބީހާލް ކަން އޭނާ އަށް ޔަޤީން ކުރެވުނެވެ. ޔަޤީނެވެ. މާކިލް ހުން އެ އައީ ބީހާލް ބިރުދެއްކުމުންނެވެ. މިހާރު ހުންނާނީ ވަރަށް ރީއްޗަށް ކަރުހިއްކުން ފިލާފައެވެ.

ރަޔާހީން ސައިބޮއެގެން އަވަސްވެލީ އެކޮޓަރިއަށް ވަދެލުމަށެވެ. އޭރު ހާސްވެފައި ހުރި ފީރޯޒާ ތައްޓަކަށް ފެން އަޅައިގެން ހުދު ފޮތިކޮޅު ހިފައިގެން އެކޮޓަރިން ނިކުންނަނީއެވެ. ހާސްވެފައި ހުރި ވަރުން ކައިރިން ލާފައި ރަޔާހީން ދިޔައިރު ވެސް ފީރޯޒާ އަށް ނޭނގުނެވެ.

“ނާންނާތި… މިހާރު ނިކުމޭ… ބައްޕާ އޭނަ ނެރޭ މިތަނުން. ވިކީ!!!.. ބުނޭ އޭނަ ކައިރީ ނިކުންނާށޭ… ބައްޕާ އެއީ ހަންޑިއެއް. ކާފާ އެއީ ހަންޑިއެއް” ދޮރުން ވަން ރަޔާހީން ފެނުމާއެކު އެނދުގައި އޮތް މާކިލް ހީވީ ބިރެއް ފެނިގެން ތެޅިގަތް ހެންނެވެ. ރަޔާހީން ލަދުވެސް ގަތެވެ. ހުރިހާ މީހުންގެ ހާޒިރުގައި މާކިލް އޭނާ އަށް ހަންޑިއެކޭ ބުނުމުންނެވެ. ހިނިވެސް އައެވެ. މާކިލް އަށް ވެފައި އޮތް ވަރު ފެނިފައެވެ.

“ދަރިފުޅާ… ހަމަޖެހިބަލަ. ދައްކާ ބައްޕަ އަތަށް މޮޑެލަދޭނަން” އިރުފާން ލޯތްބާއެކު މާކިލް ގެ ބޯ މޮޑެދެން ފެށިއެވެ. އޭރު ފީރޯޒާ އައިސް މާކިލް ގެ ނިތްކުރިމަތީގައި ތެތް ފޮތިކޮޅު އަޅާލަނީއެވެ.

“ދޮންބޭ… މަށަށް ފެންނަނީ މާކް ހޮސްޕިޓަލަށް ގެންދަން. މީ ޑެންގޫ ވެސް އުޅޭ ދުވަސްކޮޅެއް” މާކިލް ގެ ބޯކޮޅުގައި އިން ވިކްޔަން އޭނާގެ ޚިޔާލު ފާޅުކުރިއެވެ.

“ދެންމެއެއްނު ޑރ.އުބެއިދު ބަލާފަ އެދުރުވީ… ޓެސްޓްތައް ހަދަން ސާމްޕަލް ވެސް ނަގައިގެން އެދުރުވީ. މާދަމާ އަށް މިހުންގަނޑު ވިހެލާނެހެން ހީވަނީ” ފީރޯޒާ މާކިލްގެ މެރިފައިވާ ދެލޮލަށް ބަލަން އިނދެ ބުނެލިއެވެ. ޑރ. އުބެއިދު އަކީ އެއާއިލާގެ ފެމެލީ ޑޮކްޓަރެވެ.

“ނޫން… މާދަމާ އަކަށް ހުމެއް ވިހެއެއް ނުލާނެ. ތީ އާދައިގެ ހުމެއް  ނޫން. ބައެއް ފަހަރު ބާރުގަދަ ސިންގާއެއް ވެސް އާދައިގެ ކުޑަކުޑަ މީދަލަކާއި ހަނގުރާމަ ކުރިޔަސް ސިންގާ ބަލިވާ ފަހަރު އާދޭ…. އޭނަ އަށް ވެސް އެހެންވެފަ އެއޮތީ…..” ރަޔާހީން އެހެން ބުނި އަޑަށް ލޯމަރައިގެން އޮތް މާކިލް ކުއްލިއަކަށް ދެލޯ ހުޅުވާލިއެވެ.

“ބައްޕާ!!! އޭނަ ނެރޭ… ބުނީމެއްނު އޭނަ އަކީ ޖިންނިއެކޭ…. އެއީ ޖިންނިއެއް. ރޭގައި އޭނާ ޖިންނިއެއްހެން ހުއްޓާ މަށަށް ފެނުނު. ބައްޕަމެން މިހާރު ވެސް ބުނެބަލަ އޭނަ ކައިރީގައި ޝަހާދަތް ކިޔާށޭ” މާކިލް ރަޔާހީނަށް އިނގިލި ދިއްކުރަމުން ވާހަކަދައްކަމުން ދިޔައެވެ.

“މާކް!!!… ކީކޭ ތިކިޔަނީ… އަހަރެން ބުނި ބަހުގެ މާނަ މުޅިން ނުބައިކޮށް ތިނެގީ. އަހަރެން އެހެން ބުނީ މާކް އަކީ އަބަދުވެސް ބައްޔަށް ވުރެ ގަދަވެގެން އުޅޭ ކުއްޖެއްކަން މަށަށް ބުނެދިނީ އިރޭ. މިއަދު ބަލި މާގަދަވީ….. އެހެންވާނީ ވެސް ރޭގައި ފާޑެއްގެ އަންހެންކުއްޖެއް ވައްދައިގެން އެހާ ލަސްވަންދެން ނޭނގެ ކުރި ކަމެއް ވެސް” ރަޔާހީން ފުރުޞަތުގެ ބޭނުންހިފާލިއެވެ. ހުރިހާ މީހުން މާކިލް އަށް ބަލާލީ ސިހިފައެވެ. ނަމަވެސް އޭނާ އޮތް ޙާލަތުން އެއްވެސް މީހަކު އިތުރު އެއްޗެއް ނުބުނެއެވެ. ރަޔާހީން ވާހަކަދައްކަމުންދާ ކޮންމެ ވަގުތެއްގައި ވިކްޔަން އިންނަނީ އިސްޖަހާލއިގެންނެވެ. ހީވަނީ ނޭނގުމުގެ ތެރެން ވެސް ރަޔާހީނަށް ބަލާލެވިދާނެ ކަމަށް އިސް އުފުލާ ނުލަން ހުވާ ކޮށްގެން އިންހެންނެވެ. އެންމެފަހުން ހުރިހާ މީހުން އެކޮޓަރިން ނިކުތީ މާކިލްގެ ހުންގަނޑު މައިތިރިވެ އޭނާ އަށް ނިދުމުންނެވެ.

ރަޔާހީނާއި ބީހާލްގެ އެހީއާއެކު ރަމްލާ މާލެ އައިސް ރަޔާހީން ވަކިން ކުށްޔަށް ހިފާފައި ހުރި ކޮޓަރިއެއްގައި ހުރީ ބޭހަކަށް ޑޮކްޓަރަށް ދައްކަން އައިހެވެ. ހޮސްޕިޓަލަށް ނޫން ގޮތަކަށް ރަމްލާ ގެއިން ބޭރަށް ނުދިޔުމަށް ރަޔާހީން ވަނީ ނަޞޭޙަތްތެރިވެފައެވެ. ރަމްލާގެ ސަލާމަތަށެވެ. ތުން ބައްދާފައި ވިޔަސް ކިރިޔާ ފުރުޞަތެއް ލިބުމާއެކު ބުޅާ ގޯނިން ބޭރުވާނެކަން ކަށަވަރެވެ. އެގޮތުން ރަމްލާގެ ދުޝްމިނުން ވެސް ހަމަ އެފަދައެވެ.

ރޭގަނޑު ނުވައެއް ޖެހުމާއި ދާދި ގާތްވެފައި ވަނިކޮށް ރަޔާހީން މާލޭގެ މަގެއްގެ އެއްފަރާތުން ހިނގާފައި އެދަނީ ރަމްލާ އާއި ބައްދަލުކުރުމަށް އެގެއަށް ދިޔުމަށެވެ. ވަކި ހިސާބަކަށް ގޮސް އަނދިރި ގޯޅިއެއްގެ ކަންމަތިން ރަޔާހީން ފަހަތުގައި މީހަކު ހުރި ކަމުގެ ހިލަމެއް ވުމުން ފަހަތް ބަލާލީ ބިރުން ހުރެއެވެ. މާލޭގެ މަގުމައްޗަކީ އެއް އިރެއްގައި ވެސް މީހުން ހުސްވާ މަގަކަށް ނުވާިއރު މިރޭ މި ގޯޅީގައި އެއްވެސް މީހަކު ނޫޅެނީހެއްޔެވެ؟ މަގުމަތީގެ ލައިޓްތައް ނުޖައްސާ މިހުރީ ކީއްވެ ހެއްޔެވެ؟ ފަހަތުގައި މީހަކު ފެންނަން ނެތުމުން މޭގައި އަތް އަޅާލައިގެން ހުރެ ރަޔާހީން ކުރިއަށް ފިޔަވަޅު އަޅަމުން ދިޔައެވެ.

ކުއްލިއަކަށް ރަޔާހީން ސިހުނީ އޭނާ އާއި ދާދި ގާތުން އެއްވަރަކަށް އައި ކަޅު ބުޅާ ފެނުމުންނެވެ. އެންމެ ކުޑައިރުން ވެސް ބުޅަލަކީ ރަޔާހީން އެންމެ ބިރު ގަންނަ އެއްޗަށް ވާއިރު މިވަގުތު މަޑުން ހުންނާނީ ކިހިނެއް ހެއްޔެވެ؟ އަޑުގަދަކޮށްލެވުނީ ގަސްދަކު ނޫނެވެ. އެވަގުތު ފިހާރައަކުން ނިކުތް ގްރޫޕެއް ވެސް ރަޔާހީނަށް ބަލަމުން ދިޔައެވެ. ރަޔާހީން ހީކުރީ އޭނާ އަޑުގަދަކޮށްލުމުން ބުޅާ އެތަނުން ދާނެ ކަމަށެވެ. ނަމަވެސް އެބުޅަލަށް އަޑު ވެސް ނީވޭ ކަހަލައެވެ. އޭތި ހައްތަހާ ޖެހުނީ ރަޔާހީނާއި ކައިރިއަށެވެ. ލައިގެން ހުރި ދިގު ހެދުމުގެ ފަސްބައި ކުޑަކޮށް ހިއްލާލަމުން ރަޔާހިން ދުއްވައިގަތީ ބުޅާ ދެކެ ބިރުންނެވެ. އޭރު މަގުމަތީގައި މަދުން ނަމަވެސް ތިބި މީހުންގެ ނަޒަރު ސީދާ ވެފައި ހުރީ ރަޔާހީނަށެވެ. ވާނީ ވެސް އެހެންނޫން ހެއްޔެވެ؟ އެމީހުންނަށް ފެންނަނީ ރަޔާހީން ދުވާ މަންޒަރެވެ. ފަހަތުން ދުވަމުން އަންނަ ބުޅަލެއް އެމީހުންނަކަށް ނުފެނޭއެވެ.

ދުވަހަކު ވެސް އެހާ ބާރަށް ރަޔާހީނަށް ދުވެވުނު ކަމެއް ނޭނގޭއެވެ. އެންމެފަހަށް އޭނާ ނޭވާ ހަމައަކަށް އެޅުމަށްޓަކައި އެންމެ ކައިރީގައި ހުރި ފިހާރައަށް ވަނެވެ. ފޮތި ވިއްކާ އެފިހާރަ ތެރޭގައި ދެ ޖިންސުގެ ޒުވާނުން ހަރަކާތްތެރިވަމުން ދިޔައެވެ. އެންމެ ފޮތި ބޯ ދިމާލުގައި މަޑުކޮށްލުމަށްފަހު ރަޔާހީން އޭނާގެ އަތްދަބަސް ތެރޭގައި އޮތް ފޯނު ނަގާ ރަމްލާ އަށް ގުޅަން ނިންމިއެވެ. އެބުޅާ މަގުމަތީގައި އޮތްހާ ހިނދެއްގައި އޭނާ އަށް ބޭރަށް ދެން އެންމެ ފިޔަވަޅެއް ވެސް އަޅާކަށް ނުކެރޭނެއެވެ.

އޭނާ އެއްވެސް ކަމެއް ނުކޮށް ހުންނަން ފެށުމުން މީހުން ބަލާހެން ހީވާތީ އޭނާ ފޮތިތަކުގައި އަތް ހާކަން ފެށިއެވެ. އަދި އަތުގައި އޮތް ފޯނަށް ވެސް އިރުކޮޅަކާއި ބަލާލަނީ ރަމްލާ ފޯނު ނަގާތޯއެވެ.

“ހަލޯ. ރަމްލާއްތާ…. މިރޭ ރެސްޓްކޮށްލާ އެނގޭ… މާދަމާ ދުވާލު ވަގުތެއްގައި ދާނަން ތިގެއަށް. ރަނގަޅަށް ކައިގެން އޮންނައްޗެ” ރަމްލާ ފޯނު ނެގުމާއެކު ރަޔާހީން އަވަސް އަވަހަށް ބުންޏެވެ.

އިރުގަނޑެއް ފަހުން އޭނާ ދޮރު ކައިރިއަށް އައިސް ބޭރު ބަލާލި އިރު ވެސް އެބުޅާ ގޯޅި ކަންމަތީގައި އެސޮރުގެ ބޮޑާކަމުގައި ބަނޑު ޖަހާލައިގެން އޮތް ތަން ރަޔާހީނަށް ފެނުނެވެ. ބުޅާ ކައިރިން މީހުން ހިނގާތަން ވެސް ރަޔާހީނަށް ފެނެއެވެ. އެމީހުން ބުޅާ ދެކެ ބިރު ނުގަންނަނީ ހެއްޔެވެ؟ ނޫނީ ބުޅާ ނުފެންނަނީ ހެއްޔެވެ؟ ވެދާނެއެވެ. ރަޔާހީން މާބޮޑަށް ބުޅާ ދެކެ ބިރުން އުޅޭތީ އެހެން ހީވަނީއެވެ.

“އެކްސްކިއުޒްމީ…” ފަހަތުން މީހަކު ވާހަކަދެއްކި އަޑަށް ރަޔާހީން އެމީހާ އަށް ބަލާލުމަށްފަހު އެއްފަރާތަކަށް ޖެހިލިއެވެ. އެމީހާ ރަޔާހީން ކައިރިން އަޅާފައި ގޮސް ފިހާރައިގެ ބަންދު ބޯޑު އަޅުވާލިއެވެ. ފިހާރަ ބަންދު ކުރާ ވަގުތު ޖެހިއްޖެކަން އެނގުމާއެކު ރަޔާހީން ކަންބޮޑުވިއެވެ. އެހެން ނަމަވެސް އޭނާ ނުކުންނަން ޖެހޭނެއެވެ. ބިރުން ހުރެ ވެސް އޭނާ ފިހާރައިން ނިކުމެ ބުޅާ އޮތް ދިމާލަށް ބަލާލިއެވެ. އޭތިއޮތް ދިމާލަށް ނުގޮސް މިފަހަރު ރަޔާހީން ކަނާތްފަރާތަށް އޮތް ގޯޅިއަށް ނިކުތީ ބުޅަލުގެ އުުނަދގުލުން ސަލާމަތްވެގެން އަވަހަށް ޓެކްސީ އެއް ހޯދުމަށެވެ. ގޯޅީގެ ވަކި ހިސާބަކަށް ގޮސް ޓެކްސީ އަކަށް އަތް ނަގައިގެން ހުއްޓާ ލައިގެން ހުރި ކަޅު ކުލައިގެ މެކްސީީ މަތިން އެއްޗެއް ހޭކޭހެން ހީވެ ތިރިއަށް ބަލާލީ ކޮންމެހެން އެތާ އެއްޗެއް އޮތް ކަމަކަށް ނޫނެވެ. ނަމަވެސް އެހާ ކައިރީގައި އެބުޅާ އޮތް ތަން ފެނި ރަޔާހީންގެ މޭގަނޑު އަނގައިން ނުނިކުތީ ހަމަ ކިރިޔާއެވެ. ސިއްސައިގެން ގޮސް އޭނާ އަށް މަގަށް ނުކުމެވުނު އިރު ވެސް ނޭނގެއެވެ. މުޅި ހަށިގަނޑުން ވަނީ ހީބިހި ނަގައިގަނެފައެވެ.

ކުއްލިއަކަށް ރަޔާހީންގެ ގައިގަ ޖެހޭ ނުޖެހޭ ހިސާބުގައި ބާރު ސްޕީޑުގައި ދުއްވާފައި އައި ސައިކަލް މަޑުކޮށްލިއެވެ. އޭނާ ވެއްޓެން ދިޔަ ވަގުތު ސައިކަލުގައި އިން ޒުވާނާ ރަޔާހީންގެ އެއް އަތުގައި ހިފާ ވެއްޓުނަ ނުދީ ހިފެހެއްޓިއެވެ. ސައިކަލުގެ ލައިޓް ރަޔާހީންގެ މޫނަށް އަމާޒުވެފައި ހުރުމުން ކާކު ކަމެއް ނޭނގުނަސް އެބީހުން ރަޔާހީނަށް އެއީ ކާކު ކަން އަންގައިދިނެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Ushaali

Level 810 Stories100 Comments100 Stories500 Comments

Writing stories is more than my passion. it’s a journey that fills my heart with joy and purpose. Every story I create carries a piece of my imagination, emotions, and dreams. My greatest hobby is reading, exploring new ideas, and transforming simple thoughts into unforgettable stories that inspire, entertain, and touch the hearts of readers. My happiness comes from knowing that someone, somewhere, smiles, laughs, cries, or finds hope through the words I write. There is no greater reward than seeing my stories become a meaningful part of someone’s life. Success, to me, is not measured by numbers or popularity alone. My true success is the love, support, and trust of my readers. Every person who reads my stories becomes a part of my journey, and I am deeply grateful for each one of you. Your encouragement gives me the strength to keep writing and to become a better storyteller every day. I always look forward to learning, improving, and creating stories that leave a lasting impression. I believe that growth never ends, and every new story is another step toward becoming the writer I aspire to be. One thing that makes my journey unique is that I value honest criticism more than praise. While kind words motivate me, constructive negative feedback helps me recognize my weaknesses, improve my skills, and grow faster in my writing career. Every thoughtful suggestion is an opportunity to become a stronger and better author. To all my readers, thank you for believing in my stories and walking this journey with me. You are not just my audience—you are an important part of my success. I hope my stories continue to inspire, entertain, and remain in your hearts for years to come.

Other Articles

Previous

ހިތުގެ މިލްކުވެރިޔާ (ތޭވިސްވަނަ ބައި)

Next

ތިޔަ ދިން އުފާ 7

Next
September 1, 2017

ތިޔަ ދިން އުފާ 7

Previews
August 30, 2017

ހިތުގެ މިލްކުވެރިޔާ (ތޭވިސްވަނަ ބައި)

19 Comments!

  1. Manna says:
    August 31, 2017 at 4:49 pm

    Vrh salhi. Waiting for the next part

  2. Ushaali says:
    August 31, 2017 at 4:52 pm

    assalam alaikum and alhamdhulillah….
    barakaaitheri khajju dhuvahuge heyo edhumaai dharuma ah huriha kudhinnah ves edhen. huriha kudhinnah ves varah varah ufaaveri eid akah edhen…. mikahala eid eh dhn hayaathuga nudhakkava ves faane.dhiriulhumaky madhu vaguthu kolheh. ehenvyma mi eid ge beynun heyogothuga loabivaa faraaithakaai aailaa ya ekeega hifuma naseyhai therivan. 🙂 🙂 🙂

    mi baives huriha kudhinnah kamudhaane kamah heekuran. dhn in bai ves varah avahah genesdheveytho ushaali masakkai kuraanan 🙂 🙂
    mi furusathuga esfiya site ga vahaka liyaa huriha liyuntherinnashai , kiyuntherinnashaai adhi site gaa heevaagi kamaaeku masakkai kuraa faraaithakah eid ge heyo edhumaai thahniya ariskuran 🙂 🙂 🙂

  3. ??? says:
    August 31, 2017 at 5:22 pm

    Yey mee first dhw vvvvv reeti ❤❤and haaju duvahuge thahuniyaa usaali ah ariskuran

    1. ??? says:
      August 31, 2017 at 5:37 pm

      Eid Mubarak for all readers ❤️ ❤️

    2. Ushaali says:
      August 31, 2017 at 8:23 pm

      thnaks dear 🙂

  4. myra says:
    August 31, 2017 at 5:29 pm

    Me ah tha first,???????

  5. Coco says:
    August 31, 2017 at 5:52 pm

    Eid mubarak ushaali n all readers n how many episodes more

    1. Ushaali says:
      August 31, 2017 at 8:26 pm

      thanks Coco and eid mubarak 🙂

  6. Juvey says:
    August 31, 2017 at 5:56 pm

    Eid mubarak ushaa ali and mi site ge liyun therin aadhi kiyun therinah vx ..story is grt ..????

    1. Ushaali says:
      August 31, 2017 at 8:27 pm

      thankyou juvey 🙂

  7. Sweetie says:
    August 31, 2017 at 6:41 pm

    Mivaahaka feshenee 8 bana baintha?
    Noonee ehen baithah hodhaanee kihineh?

    1. Ushaali says:
      August 31, 2017 at 8:28 pm

      nooney sweetie… vahaka innaany 1 in fashaafa. biruveri bayah gossa check kollaba 🙂

  8. sifa says:
    August 31, 2017 at 8:56 pm

    Mi vaahaka up kuranee kon dhuvas thakehga tha?

    1. Ushaali says:
      August 31, 2017 at 9:06 pm

      ni vahaka up kuran vaki miveni dhuvahekey buneveykah nei. ekamu vaguthu libey minvarakun hama dhuvaalaku parteh genesdheveytho mi balany. bodu kameh dhimaa nuvanya vahaka up nukoh 3 dhuvahah vure gina nukuraanan. insha allah… 🙂

  9. mal-mal says:
    August 31, 2017 at 9:50 pm

    MashaAllah, mi part ves varah reethi. mi faharu ves Vikyan tha Heen salaamaiy kohdhiny e???
    avahah next part up kohdhehchhey!!

  10. click a shot ? says:
    August 31, 2017 at 10:45 pm

    Eid mubarik.. Varah reethi mi part ves.. I think it’s vikyan

  11. khajja says:
    September 1, 2017 at 1:27 am

    Wow masha allah stry v v v rythi?? whn nxt prt avaskollachchey plx gud nyt ly eid mubaarak to all readers n special 4 ushaali ?????❤❤??????

  12. nux says:
    September 1, 2017 at 8:37 am

    v reethi mipartvess well done dr ??????next part avass kohla dhehchay eid mubaarak hurihaa kudhinnan ???????????????????

  13. Fathun says:
    September 1, 2017 at 9:50 pm

    When is the next part can’t wait ?very nice story ??

Comments are closed.

Next Episode02:30 އަށާރަވަނަ ބައި←


All Right Reserved!