ޢެދެމޭ އުފާ….(4)
“ސާބަސް މަހީކުރީ އަދި އެސޮރާ ހިތާވީކަމަށް” އަލްޔާގެ ކޮޑުގައި ޖަހައިލަމުން ޝަރާ ބުނެލިއެވެ. ޝަރާ އުންމީދު ކުރި ކަހަލަ ވާހަކައެއް ނޫން ކަން އެނގުމުން ޝަރާ ހުރީ ފޫހި ވެފައެވެ. “ޝަރާ، އަލް މިއުޅެނީ މާލެ ދާންވެގެން!” އަލްޔާ މޫދުބަލަން ހުރެ ބުނެލިއެވެ. “ކީކޭ؟! ނުވާނެ އެހެންޏެއް އަލްޔާ ކިހިނެއް މާލެ ދާނީ؟!” ޝަރާއަށް ގަބޫލު ނުކުރެވިގެން ހައިރާން ވެފަ އަހައިލިއެވެ. “ނުނެކޭ ހަމަ އަސްލު ވެސް މިއުޅެނީ ދާންވެގެން، މާދަން ހެނދުނު ފުރަން” އަލްޔާ ދޮންވެލި މުށެއް ނަނގާ މޮޑެމުން ބުނެލިއެވެ. “ތިއީ އަސްލު ވާހަކައެއްތަ؟ ނޫނީ މަޖާ ކުރަނީތަ؟!” ޝަރާ ހައިރާން ވެގެން އަނެއްކާވެސް އަހައިލިއެވެ. އާއެކޭ ހަމަ އަސްލު މަޖަލެއް ނޫން، ނުގޮސް ކީއްތަ ދެން ކުރަނީ؟” އަލްޔާ ނާއުންމީދީ ގޮތަކަށް ބުނެލިއެވެ. “އަޅޭ އަލް އެތަނަށް ގޮސްފަ ކޮންތާކުތަ ހުންނާނީ؟!، ދަންނަ ބަޔަކުވެސް އުޅޭ ތަނެއް ނޫނެއްނޫން އެއަކީ؟” ޝަރާ އިނީ ވަރަށް ހިތްހަމަ ނުޖެހިފައެވެ. ހަގީގަތުގައި ޝަރާ ދެރަވީ އަލްޔާ ދާތީކީ ނޫނެވެ. އެތަނަށް ގޮސްގެން ދެރައެއް ލިބިދާނެތީއެވެ. “ޝަރާ އެހާ ހާސްނުވެބަލަ އިރާދަ ކުރެއްވިއްޔާ ހުރިހާ ކަމެއްވެސް ރަނގަޅު ވާނެ، އެއްވެސް އިންސާނަކައް ދެރަ ގޮތެއް މެދުވެރިއެއް ނުކުރައްވާނެ!” އަލްޔާ ދެރަވެފައި ހުރިއެއް ކަމަކު ޝަރާއަށް ވިސްނަދޭން ވެގެން ބުނެލިއެވެ. އަލްޔާ އެހެން ބުންޏެއް ކަމަކު އޭނާޔަށް ވެސް އެދާން އުޅޭ ތަނަކީ ކޮންކަލަ ތަނެއްކަމެއް އަދި ދިމާވާނީ ކޮންފަދަ މުސީބާތަކާއި ކަމެއް އަންދާޒާ ވެސް ކޮއްލަން ނޭނގެއެވެ. އެހެން ނަމަވެސް މައިންބަފައިންނަށްޓަކައި އޭނާ ގުރުބާން ވާންވެސް ހުރީ ތައްޔާރަށް ކަހަލައެވެ. “އަސްލު ވީގޮތަކީ މަންމަމެން ރައްޓެހި މާލޭ ބައެއް، މަންމަމެން ބުނީ މަންމަ މެންނަށް އެމީހުން ވަރަށް ރަނގަޅޯ އެމީހުން ވަރަށް އެހީވިޔޯ، އެމީހުންގެ އެހީތެރިކަން ނުލިބުނުނަމަ މަންމަމެން ޖެހޭނީ ސަލާން ޖަހަންށޯ، އަތުގައި ހުރި ހުރިހާ ފައިސާއެއް ހުސްވީއޯ، އަދި އިނގޭތަ މަންމަމެން އައީވެސް އެމީހުންގެ ލާންޗުގަ، މަންމަމެންނާއިއެކު އެމީހުންވެސް އައި މިކޮޅަށް، އުތުރު އަވަށު ގެސްޓު ހައުސްއެއްގަ އެމީހުން ތިބެ..” “ހޫމް ދެން، ދެން ކުރިއަށް އޮތްބައިކަން ނޭނގެ ރީތީ!” އަލްޔާ ވާހަކަ ދައްކާ ނުނިމެނީސް ޝަރާއަށް ނުހުރެވިގެން، ވާހަކައިގެ މެދު ކަޑަމުން ބުނެލިއެވެ. “ސާބަސް ޝަރާއަށް އަދި ކިޔާ ނުނިމެނީސް ތި މަތި މަރާލަނީ! ދެން އެމީހުން ދިޔަ އަހަރުން ގެއަށް ވެސް މިއަދު، މަންމަ ކެއްކީ އެމީހުންނަށް ވަރަށް އަނގަ ތަޅާ ހެދި” އަލްޔާ ނާގަބާޑީ އެއްހެން ވާހަކަ ކިޔައިދީ ނިމުނު އިރު ވެސް ޝަރާ ހުރީ ހޫމް ހޫމް ކިޔާލަ ކިޔާލައެވެ. ޝަރާ އަގައިން ނުބުނެ ހޫމް ކިޔަން އިނުމުން އަލްޔާ އަނެއްކާވެސް ވާހަކަ ދައްކަން ފެށިއެވެ. “ދެން އެމީހުން އަލް ކައިރީގައި ބުނީ މާލެ ހިނގާށޯ ކިޔަަވައިވެސް ދޭނަމޯ، ހީއެއް ނުވޭ އެއީ އެހާ ގޯސް ބައެއްހެނެއް، އަކަމަކު ވެސް ޝާއަށް އިނގޭތަ؟ އަލް ވަރަށް ހިތް ބިރުގަނޭ އެބަ!” އަލްޔާ ހުރިހާ ވާހަކައެއް ކީޔާދެމުން ގޮސް ބުނެލިއެވެ. “އަލްއަށް އިނގޭތަ؟ އަލްއަށް ވުރެ މާބޮޑަށް ޝާ އެބަ ބިރުގަނޭ، އިނގޭތަ؟ ޝާއެއް އިތުބާރެއް ނުކުރާނަން އަލްގެ މަންމަމެންނަކަށް، އަހަރެންގެ ހިތެއްނުބުނޭ ތިއީ ރަނގަޅަށް ދާ ކަމެއްހެނެއް! މަށަށް ހަމަ ޔަގީން ތިއީ ކޮންމެވެސް ނުބައެއް!” ޝަރާ ޔަގީނާ ކައިރިކޮށް އޭނަޔަށް ވިސްނޭގޮތް ބުނެލިއެވެ. “އެކަމަކު އަލްއަށް އިތުބާރު ކުރެވެންޏާ ހަމަ ދާންވީ، ޝާއެއް ނުބުނާނަން ދާށެކޭ” ޝަރާ ދެރަވެފައި ބުނެލިއެވެ. ހަގީގަތުގައިވެސް ޝަރާ ހުރީ ވަރަށް ދެރަވެފައެވެ. “އަދި ޝާއަށް އިނގޭތަ؟ މަންމަމެން މާލެ ގޮސްފަ އައިފަހުން ވަރަށް ރަނގަޅު ދަރިފުޅާއޭ ކިޔާފައި ގޮވަނީވެސް! ހަދިޔާވެސް ގެނާ! ބައެއްފަހަރު އަލްގެ ހިތަށް އަރާ އެމީހުން މޮޔަވީބާއޭ ނުވަތަ އެމީހުނަށް ހެޔޮވިސްނުން ދެއްވީބާއޭ!” އަލްޔާ ފެންކަޅި ވެފައި ބުނެލިއެވެ. ހަގީގަތުގައި ވެސް އަލްޔާ ހަމަ ފެންކަޅިވީއެވެ. “އަލް ހަނދާން އެބަހުރިތަ އެދެމީހުން ކުރެ އެކަކު ވެސްދުވަހަކު ވެސް އަލްއަށް ދަރިފުޅާއޭ ކިޔާ ގޮވި ހަނދާނެއް؟ މަ ހަނދާން ވަނީ ބަލާވެރިކަން ހިމާރު ކަލޭ ކަލޭ އޭ ކިޔާ ހަނދާން” އަލްޔާއަށް އެއްޗެއް ވިސްނައިދެވޭތޯ ޝަރާ ބުނެލިއެވެ. ޝަރާ އެއްގޮތަކަށްވެސް އެއީ އެމީހުން ހެޔޮ އެދިގެން ދައްކާ ވާހަކައެއް ކަމަކަށް ގަބޫލް ކުރާ ހިތެއް ނުވެއެވެ. ޝަރާ އެހެން ބުނުމުން ނޫނެ ކިޔާ އަލްޔާ ބޯޖަހައިލިއެވެ. “އެހެންވީމާ އަލް އަމިއްލަ ސިކުޑިން އެއްޗެއް ވިސްނޭތޯ ބަލާބަލަ، އަހަރެން ގަބޫލެއް ނުކުރާނަން ތިއީ ރޭވުމަކުން ހިނގާކަމެއް ނޫން ކަމަކަށް! ތިއީ ހަގީގަތަކަށް ވެއްޖެއްޔާ އެހެރަ ކަނޑުގައި ހުރި ލޮނު ވާރޭ ފެނަށް ވެސް ބަދަލް ވާނެ!” އެހާ ޔަގީން ކަމާއިއެކު ޝަރާ ބުނެލިއެވެ. “ފަހަރެއްގައި އަހަރެން މިހެން ބުނުމުން އަލް ހިތް ހަމަ ވެސް ނުޖެހިދާނެ، ހިތުގައި ވެސް ޖެހިދާނެ، އެކަމަކު ވެސް ޝަރާއަށް ފެންނަ އެއްޗެއް ޝަރާ ބުނާނަން، ޝަރާއަށް ހީވަނީ އެމީހުން އެއުޅެނީ ކޮންމެވެސް ރޭވުން ގަނޑެއް ރައިވައިގެން ހެން މަގޭ ހިތެއް ނުބުނޭ އެމީހުން އަލްއަށް ހެެވެއް އެދިގެން އެއްވެސް ކަމެއް ކުރާނެހެނެއް، ދެން އަނެއްކޮޅުން އައިސް މާލޭ މީހުންކީ ވެސް ނުލާހިކު މަކަރުވެރި ބައެއް އެމީހުން ބަލާނީ ރާއްޖެތެރެއިން ނިކަމެތިން ގެންގޮސް އެމީހުންގެ ކަންތައްތައް ފުއްދޭތޯ!” އަލްޔާ އެއްވެސް އެއްޗެއް ނުބުނެ ހުރުމުން ޝަރާ އަނެއްކާވެސް ވިސްނައި ދެވޭތޯ ބުނެލިއެވެ. ހަގީގަތުގައި އަލްޔާއަށް ނުވިސްނެނީކީ ނޫނެވެ. އޭނައަށް ވެސް އެވަރު ވިސްނެއެވެ. އެކަމަކު މަންމަ މެންނަށްޓަކާ އޭނާ ކޮންމެފަދަ ކަމެއް ވެސް ކޮއްފާނެތީ މާލެ ދާން އެއްބަސް ވީއެވެ. ނުގޮއްސި ނަމަވެސް ކުރާނެ ވަރު އޭނާޔަށް އިނގޭ ވިއްޔާއެވެ. އިތުރު ގޮތެއްވެސް ނޯންނާނެތާއެވެ.
” ޝާ ތިކިޔާ ހުރިހާއެއްޗެއްވެސް އަލް ގަބޫލް ކުރަން ވިސްނެންވެސް ވިސްނޭ، އެކަމަކު ނުގޮސްވެސް ވަކި ކިހިނެއްތަ ހަދަނީ؟، ނުގޮއްސިއްޔާވެސް މަރާނެކަން ޝާއަށް އިނގޭންނޫން ވާނެ ހުރިހާ އެއްޗެއްވެސް، އަލް ވެސް ދާހިތަކުން ނޫނޭ ދާން އެއްބަސް ވީކީ އިތުރު ގޮތެއް ނެތުމުން އަލްޔާ ރޮމުން ބުނެލިއެވެ. “ދެން ތިކަމުގަ ޝާ ބުނާނެ އެއްޗެއް ނެތް، ޝާ ވަރަށް ދެރަ ވެއްޖެ އަލް ތިވަރުގެ ނިންމުމެއް ނިންމީތީ! އަމުދުން އެ ދެމީހުންގެ ބަހަަށް ހެއްލިގެން، ދެން ކޮންމެ ގޮތެއް ވިޔަސް ތިއޮތީ ތިކަމަށް އެއްބަސް ވެވިފަ އަލް ދޭ މާލެ ޝާ ބުނާނެ އިތުރު އެއްޗެއް ނެތް ބުނެވޭނެ އެއްޗެއް ވެސް ނެތް ކުރެވޭނެ ކަމެއް ވެސް ނެތް!” ޝަރާ ރޮމުން ބުނެލިއެވެ. ހަގީގަތުގައި ވެސް ޝަރާ ހުރީ ވަރަށް ދެރަވެފައަވެ. އަލްޔާގެ މަންމަމެންގެ ގޮތް އެންމެ ރަނގަޅަށް އިނގޭނެ އެކަކީ ޝަރާ ވިއްޔާއެވެ. އެހެންވީމަ ދެރަވާނެތާއެވެ. އޭރު އަލްޔާ ވެސް ރޮވުނީއެވެ. “އަލް މާލެ ގޮސްފަ ގުޅާތި، ހެޔޮ މީހެއްގެ ފޯނުން ވިޔަސް، ދެން ވީހާ އަވަހަކަށް ފޯނެއް ލިބޭތޯ ބަލާތި” ޝަރާގެ އަތް ދަބަހުން ގަލަމަކާ ކަރުދާސް ކޮޅެއް ނަގައި އޭނަގެ ނަންބަރު ނޯޓް ކޮއްފައި ދިތްކޮއްލަމުން ބެލިއެވެ. އޭރު ވެސް ޝަރާގެ ލޮލުން ކަރުނަ ފައިބަމުން ދިޔައެވެ. “ޝަރާ ކަރަމް ކައިރީގައި ބުނާތި އަލް ފުރައިފިއޭ، ދެން ބޯކޮށް ސަލާމް ވެސް ބުނާތި އަދި ބުނާތި އިތުރަށް އިންތިޒާރު ނުކުރާށޭވެސް، ރަނގަޅު ކުއްޖެއް ހޯދައިގެން ރަނގަޅު ދިރިއުޅުމެއް ފަށާށޭ، ބޭކާރު އިންތިޒާރެއް ކޮއްގެން ވާނޭ ކަމެއް ނޯންނާނެޔޭ! ކަރަމް ކިތަންމެ އިންތިޒާރެއް ކުރިޔަސް އަލް އެއް އޭނަގެ ހަޔާތަކަށް ނާންނާނޭ!” އަލްޔާ އަތުން ކަރުނަ ފޮހެމުން ބުނެލިއެވެ. “އަހަރެން ބުނާނެ އެއްޗެއް ނެތް އިރާދަ ކުރެއްވިއްޔާ ތިވާހަކަ ރައްދު ކޮއްދޭނަން، އަލް ދެން ހިތްހެޔޮ ކުރާތި، މާދަން ހެދުނު ޝާ ބަލާނަން ފުރާ ތަނަށް ދެވޭތޯ!” ޝަރާ އެހެން ބުނުމުން އަލްޔާ ދިޔައާ ފަޅައިގެންނެވެ. އެގޮތައް އެތައް އިރަކު ރޮއެ ރޮއެ ތިބެފަ ދެ ކުދިން ތެދުވެގެން ހިނގައްޖެއެވެ.
ޝަރާޔާ އެއްކޮށް އަތިރިމަތީ ހުރެފަ އަލްޔާ އަވަހަށް އައީ ހައެއްގެ ކުރިން ގެއަށް އާދެވޭތޯ އެވެ. އޭނާގެ ހިނގުންވެސް މިއަދު އެހެން ދުވަހަށް ވުރެ ހަލުވި ހެން ހީވެއެވެ. އަލްޔާ ބާރު ބާރަށް ހިނގައިފައި އައިސް ގެޔަށް ވަން އިރު ބަދޫރާޔާ ވާފިރު ތިބީ އޮލަ ވާހަކައެއްގައެވެ. “އެކަމަކު ގެ އެއްކޮށް ތަޅައިލައިގެން ކޮންތާކު ތިބޭނީ؟” ވާފިރު އަހައިފިއެވެ. އެއަޑަށް އަލްޔާ ހަމަޖެހިލާ ކަންފަތް ތޫނު ކޮއްލައިގެން އެއަޑު އެހުމަށް ޓަކާ ހަމަ ޖެހިލިއެވެ. އަލްޔާ ހުރިތަނުން ބަދޫރާމެންނަކަށް އަލްޔާ ނުފެންނާނެއެވެ. “މަންމަ މެންގެއަށް ބަަލުވާނީ އޭރުން ރަނގަޅު ވާނެއެއްނޫން؟” ބަދޫރާ ޖޯލީގައި ހަމަ ޖެހެމުން ބުނެލިއެވެ. “ތިއީ ރަނގަޅު ގޮތެއް އެކެމަކު ގެއަށް ބަދަލް ވާނީ ގެ އެއްކޮށް ނިމުނީމަ އިނގޭ” ވާފިރު ވެސް އުފާވެފައި ބުނެލިއެވެ. އެދެމަފިރިން ތިބީ ވަރަށް ހިތްހަމަޖެހިލައިގެންނެވެ. އަލްޔާ އެތާ ހުރެ އެހުރިހާ ވާހަކައެއް އަޑުއަހައި އިރު ވެސް ނޭނގުނު ވިއްޔާއެވެ. އެވަގުތު ވާފިރަށް އަލްޔާ އެތާ ހުއްޓާ ފެނުމުން ބަދޫރާގެ ގައިގައި ކޮއްޓާލަމުން ދައްކާލިއެވެ. ވާފިރު އަލްޔާ ހުރިކަން އެނގުމުން ބަދޫރާ އެބުރިފަ އަލްޔާއާ ވާހަކަ ދައްކަން ފެށިއެވެ. “އަހަ ދަރިފުޅު ގެއަށް އައީދޯ! ހާދަ ބަސް އަހައި ކުއްޖެކޭދޯ އާދޭ އަވަހަށް އިށީންނަން” ބަދޫރާ ޖޯލިއެއް ދައްކަމުން މައުލޫ އޮޅުވަމުން ބުނެލިއެވެ. “ލައްބަ މަންމާ އަޅުގަ ޑު މިއައީ ޝަރާއާ ދިމާ ކޮއްފަ، އަހަރެން މާލެ ދާތީ އޭނަވެސް ހުރީ ވަރަށް އުފާވެފައި!” އަލްޔާ ގަސްތުގައި ދޮގެއް ހަދައިލިއެވެ. ހަގީގަތުގައި ބަދޫރާމެން އެދެއްކި ވާހަކަޔަކުން އަލްޔާ ހުރީ ވާނުވާ ނޭނގިފައަވެ. އޭނާގެ މުޅި ބޮލު ތެރޭ އެބުރެން ފެށީ އެވާހަކައެވެ. އެމީހުން ގެ ހަދަން ލާރީ ހޯދީ ކިހިނެއްބާ؟ އަލްޔާ ހިތަށް އަރަމުން ދިޔައެވެ. “ދަރިފުޅު ކޮންހިޔާލެއްގައި؟ ފުރަން ޖެހޭތީ ދެރަވެފަދޯ؟ ދަރިފުޅާ މިހާރު ދެރަވިޔަސް އެކޮޅަށް ދިޔާމަ ހުރިހާކަމެއްވެސް ރަނގަޅު ވާނެ، މިހާރު ފޮށި ބަންދު ކޮއްފިންތަ؟” އަލްޔާގެ ބުރަކަށީގައި ފިރުމާލަމުން ބަދޫރާ ބުނެލިއަވެ. “އަދި ނާޅަން މިރޭވެސް އެޅިދާނެއެއްނޫން!” ޖަބުރޯލްގަހައި ދިމާލަށް ބަލަމުން އަލްޔާ ބުނެލިއެވެ. އަލްޔާ އެހެން ހުރިއިރު ނެެނގޭ ބިރުވެރިކަމެއް އޭނާގެ ހިތުގައި ނަށަމުން ދިޔައެވެ. އެހެންނަމަވެސް އިތުރު ގޮތެއް ނެތުމުން ކެއްކޮއްލައިގެން ހުރީއެވެ. ހަގީގަތުގައި ޝަރާ ދެއްކި ވާހަކަޔާ ބަދޫރާމެން އެ ދެއްކި ވާހަކަޔާ ދޭތެރޭ އަލްޔާ އޮތީ ވިސްނާށެވެ. ދެން ވާނެ ގޮތެއް ނޭނގޭތީ ހިތް ވެސް ހީވަނީ ނިކުމެ ދާނެހެންނެވެ. އަލްޔާ އެހެން ހުއްޓާ ބަދޫރާމެން އެތަނުން ދިޔަ ކަމެއް ވެސް އޭނަޔަކަށް ނޭނގެއެވެ.
އަނެއް ދުވަހު ހެދުނު ދިހައެއް ޖެހުމުން ވާފިރު އަލްޔާގެ އަތުގައި ހިފައިގެން އަނެއް އަތުން އޭނަގެ ފޮށި ހިފައިގެން އަތިރިމައްޗަށް ދިޔައެވެ. އޭރު އަފީފާ ގެ ދެމަފިރިން އެމީހުންގެ އިންތިޒާރުގައި ޖެޓީ މަތީގައި ތިއްބެވެ. ވާފިރު އެހިސާބައް ފޯރުމުން ސައުދުމެންނާ ސަލާން ކައްފައި ކުޑަކޮށް ވާހަކަ ދައްކާލައިފަ ލާންޗަށް އަރައިފިއެވެ. އަލްޔާ ހުރީ ފެންކަޅިވެފަ ރަށާ ދިމާލަށް ބަލަހައްޓައިގެންނެވެ. އެންމެ ފަހު ފަހަރަށް ނިޔަނެތި ގޮތަކަށް ބަަލަމުން ދިޔައެވެ.
އަލްޔާމެން ފުރި ލާންޗުއަށ މެންދުރު ދޭއްޖެހި އިރު މާލެއަށް ދެވުނެވެ. ޖެޓީއާ ކައިރި ކުރުމުން އަލްޔާ ހުރީ އެސްފިޔަ ވެސް ޖަހައިނުލާ އެހަލަބޮލި މާލެއާ ދިމާލަށް ކަޅި ހުއްޓިފައެވެ. އޭނާގެ ހިތަށް އަރަމުން ދިޔައީ މާލޭގެ ހަލަބޮލިކަމާއި މީހުން ގިނަކަމެވެ. އަދި ދުއްވާ އެއްޗެހި ވެސް އެހާގިނައެވެ. “އަލްޔާ އަވަހަށް ފައިބާ މިތިބީ މާލޭގައޭ!” އަލްޔާ ތަންތަން ބަލަން ހުއްޓާ އަފީފާ ބުނެލިއެވެ. އަފީފާ އެހެން ބުނުމުން އަލްޔާ ނުފަރިތަ ގޮތަކަށް މަޑު މަޑުން ލާންޗުން ފޭބިއެވެ. އޭރު ކަޅު ކުލައިގެ ޕްރައިވެޓް ކާރެއް އައިސް އެމީހުން ތިބި ދިމާލަށް މަޑު ކުރުމުން އަފީފާމެން އެ ކާރަށް އަރައިފިއެވެ. އަލްޔާވެސް އެމީހުން އެރުމުން ފަހަތުން އަރާ އިށީނދެއްޖެއެވެ. އަލްޔާއެކި ތަންތަން ބަލަމުން އެކި ވިސްނުމުގައިި ހުއްޓާ އޭނާ ސިއްސައިގެން ދިޔައީ ޓަސްލައިފައި ކާރު މަޑު ވުމުންނެވެ. އަލްޔާ ރަނގަޅަށް ބަލާލިއިރު ހަވޭލީއެއް ކަހަލަ ރީތި ގެއެއްގެ ދޮރާށިން ކާރު ވަންނަނީއެވެ. އަލްޔާ ހުރީ ހައިރާން ވެފައެވެ. ވާނީ އެހެންތާއެވެ. މިކަހަލަ ރީތި ގެއެއް އޭނަގެ ރަށުން ވެސް ނުދެކޭ ވިއްޔާއެވެ. އެގޭ ދޮރު މަތީ ކާރު މަޑުކުރުމުން އަފީފާމެން ކާރުން ފޭބިއެވެ. އަލްޔާވެސް އެމީހުންގެ ފަހަތުން ފައިބައިގެން ގޮސް އެގޭ އެތެރެއަށް ވަނެވެ. ގޭތެރެއަށް ވަނުމުން އެގޭގެ ތަނަވަސް ކަން ރީއްޗަށް ވެސް ދޭހަވެއެވެ. އަލްޔާ ހުރިތާ ޖެހިބުދެއްހެން ހުރުމުން އަފީފާ ވާހަކަ ދައްކަން ފެށިއެވެ. “މިއީ އަލްޔާގެވެސް ގެ އަލްޔާއަށް ބަންދު ކަމެއް ނޯންނާނެ މިގެއަކު! ޖަޔާ ދޭބަލަ އަލްޔާގެ ކޮޓަރި ދައްކަން” އަފީފާ އެހަން ބުނުމުން އެގޭ ގެންގުޅޭ އިންޑިއާ މީހަ ދިޔައީ އަލްޔާއަށް ހަމަ ޖެހިފަ ހުރި ކޮޓަރިދައްކާށެވެ. “ދޭ ފެންވަރައިގެން ކާން އަންނަން، ދައްތަ ވެސް މި އަންނަނީ ފެންވަރައިގެން” އަފީފާ އަލްޔާ ކޮޓަރިއަށް ވަނދެ ވަނދެ ހުއްޓާ ގޮވައިފަ އެހެން ބުނެފަ މައްޗައް އަރައިގެން ހިނގައްޖެއެވެ. އަފީފާ ދިއުމުން އަލްޔާ ކޮޓަރިއަށް ވަނދެ ދޮރު ލައްޕާލައިފަ ކޮޓަރި ތެރެއަށް ލޯ ހިންގާލިއެވެ. ތަނަވަސް ރީތި ކޮޓަރިއެކެވެ. ހެޔޮވަރު އެނދަކާ ބޮޑު އަލަމާރިއަކާ ޑްރެސިން ޓޭބަލެއް ހުއްޓެވެ. ފޮށި ހުޅުވައިފަ ހެދުމަކާ ތުވާލިއާ ސައިބޯނި ހިފައިގެން އަލްޔާ ވަނީ ފާހާނާއަށެވެ. އަތް މަތި އަވަސް ކޮއްލައިގެން އަލްޔާ ނިކުތީ ބޭރަށެވެ. އޭރު އަފީފާވެސް ފެންވަރައިގެން ނިކުމެ ހުރީ ބޮޑުކޮޓަރީގައެވެ.އަލްޔާ ނިކުތުމުން އަފީފާ ދިޔައީ އަލްޔާ ގޮވައިގެން ބަނދިގެއަށެވެ. އަފީފާޔާ އަލްޔާ އާ ދެމީހުން ކައި ނިންމާލައިގެން ދެމީހުން ދިޔައީ ދެމީހުންގެ ކޮޓަރިއަށެވެ. ކާން ތިބި އިރު ގޭތެރޭގެ ކަންތަކާ އާއިލާ ވާހަކަޔާ، ވަރަށް ވާހަކަ ކާން ތިބެފަ ދެކެވުނެވެ.
އަލްޔާ ރަށުން އައިތާ ދެމަސް ވީއިރު ވެސް އަދިވެސް އޭނާޔަކަށް ޓިއުށަނެއްވެސް ނުދެއެވެ. އެކަމަކު އެނަ ރަށުގައި ހުއްޓާ އަފީފާ ވެސް އޭނާގެ މަންމަމެންވެސް ކިހާ މޮޅު ވާހަކައެއް ދެއްކި ހެއްޔެވެ. އެކަމަކު އޭ ހައްތަހާވެސް ދެއްކި ހުވަފެން ކަން އަލްޔާއަށް މިހާރު ވިސްނިއްޖެއެވެ. އަލްޔާއަށް ކިޔެވުމުގެ ބަދަލުގައި ކުރަން ޖެހޭކަމަކީ އެގޭ ނޯކިރީއެއްގެ މަސައްކަތެވެ. އެގޭ ގެންގުޅޭ ޖަޔާއެކޭ އޭނާއެކޭ އެއްވެސް ތަފާތެއް ނެތެވެ. އެގޭ ކެއްކުމާ ގޭތެރެ ސާފުކުރުމާ އެއްޗެހި ދޮވެ އިސްތިރި ކުރުމަކީ ޖަޔާއެކޭ އެއްފަދައިން އަލްޔާވެސް ކުރންޖެހޭ ކަންތަތްތަކެވެ. ތަފާތަކީ ޖަޔާއަށް ލިބޭ ގޮތަށް މުސާރަ ނުލިބޭކަމެވެ. އެނޫން އެއްވެސް ކަމެއް ތަފާތެއް ނެތެވެ. އަލްޔާ ދެރަވެގެން އެތައް ދުވަހަކު އަފީފާ ކައިރީގައި ޓިއުޝަނުގެ ވާހަކަ ދައްކާ އިރަށް އަދި ޓީޗަރެއް ހަމަ ނުޖެހެޔޭ ކިޔާ ވާހަކަ އޮއްބާލައެވެ.
“ޖަޔާ! ޖަޔާ!” އަފީފާ ޖަޔާއަށް ގޮވަމުން ބަނދިގެއަށް ވަނެވެ. “ދައްތާ ޖަޔާ ދިޔައީ ބޭރަށް” އަލްޔާ ފިޔާ ކޮށަމުން ލޮލުން ފައިބަމުން ދިޔަ ކަރުނަ ފޮހެމުން ބުނެލިއެވެ. އަލްޔާ ފިޔާ ކޮށައިތީ ހުރީ ރަނގަޅަށް ވެސް ރޮވިފަކަހަލައެވެ. “ކާކު އޭނަ ބޭރަށް ދާން ހުއްދަދިނީ؟!” އަފީފާ ރުޅި އައިސް ބުނެލިއެވެ. “ނޭނގެ ދައްތާ؟ އަޅުގަނޑު ބަނދިގޭގައި ހުއްޓާ ބޭރަށް ގޮސްފަ އެބަ އަންނަމޭ ކިޔާފަ ދިޔައީ!” އަލްޔާ އަފީފާ ސުވާލު ކުރުމުން ޖަވާބު ދިނެވެ. “އެހެންތަ؟ ތިއީވެސް ދެން ކިހާ ބޮޑުވެއްޖެ ބަލާއެއްތަ؟! ކިތަންމެ ލަސްވެގެން އުޅޭ ގަޑިއެއްގަ ވެސް އެ މުސީބާތުވެސް ގެއަކު ނުހުންނާނެ، މިދެން ކިހާ ބޮޑު ކަމެއްތަ؟ ދެން ކަލޭ ކައިރީގައި ވެސް ކިތައް ދުވަހު ބުނެފިންތަ؟ ކަލޭ ރަށުން ގެނާ ކައްޕަޅި ހެދުންތަކާ އެއްޗެހި ނުލާށޭ، ތިއީ މީހުން ލައި އުޅޭ ކަހަލަ އެއްޗެހިތަ؟ ބަލަ ކަލޭ ތިކަހަލަ އެއްޗެހި ލީމަ އަހަރުންނޭ ލަދު ގަންނަން ޖެހެނީ!” އަފީފާ ރުޅި އައިސް ރަތްވެފަ އަލްޔާ އާ ދިމާލަށް ހަޅޭއްލައްވަމުން ދިޔައެވެ. ހަގީގަތުގައި ޖަޔާ ދެކެ އައި ރުޅިވެސް އެބޭލީ އަލްޔާއާ ދިމާލަށެވެ. “ދައްތާ އަޅުގަނޑު އަތުގައި ނެތް އެހެން ހެދުމެއް މުޅިން ވެސް ތިބީ ރަށުން ގެނާ އެއްޗެހި އެހަންވެ އެހެން އެއްޗެއް ނުލެވެނީ” އަލްޔާ ދެރަވެފައި އިސް ޖަހައިގެން ހުރެ ބުުނެލިއެވެ. “ތިއީދެން ކިހާ ބޮޑު މުސީބާތެއްތަ؟ އަޅެ ކަލޭ އެތެރެއިންނާ ބޭރުންނާ ލާ އެއްޗެހިވެސް މަތަ ހޯދަން ޖެހެނީ؟! މިހާރުވެސް ކަލޭގެ އަމާމެންނަށް ދެވުނު ވަރު މަދު ކުރެއްވީތަ؟” އަފީފާ ރުޅިއައިސް ކިޔޭނުކިޔޭ އެއްޗެއް ނޭނގޭ ހާލު އެއްޗެހި ގޮވަމުން ދިޔައެވެ. އަފީފާ އެބުނި އެއްޗަކުން އަލްޔާ ހުރީ އަގަ ހުޅުވުނު ގޮތަށް ލައްޕަން ވެސް ނޭނގިފައެވެ. ވާނީ އެހެންނޫން ހެއްޔެވެ. އޭނަގެ މަންމަމެނަނަށް ލާރިތަކެއް ދީގެން އުޅޭ ކަމެއް އޭނާޔަށް ނޭނގޭ ވިއްޔާއެވެ. “ހޫމް ދެން ކަލޭ ތިކުރާ ކަމެއް ކުރޭ ޖަޔާ އައިމަ ބުނާތި ހޯދިއޭ!” އެހެން ކިޔާފައި އަފީފާ ނިކުމެގެން ހިނގައްޖެއެވެ. އަފީފާއަށް ބުނެވުނު އެތި ހިތަށް އަރާ މޮޔަހީވީ ތޯއްޗެކެވެ. އަލްޔާ ހުރީ އަފީފާ އެބުނި އެއްޗަކުން ކުރަން ހުރި މަސައްކަތް ވެސް ހުއުޓުނަ އަރާފައެވެ. “ކީކޭބާ ދައްތަ އެބުނީ؟ އެ ކޮން ލާރިއެއްބާ؟ އަނެއްކާ މަންމަމެން ގެ ހަދާ ވާހަކަ ދެއްކީ އެލާރިންބާ؟” އަލްޔާ އެކި ގޮތްގޮތަށް އެކަމާ ބެހޭގޮތުން ވިސްނަމުން ދިޔައެވެ. އަލްޔާ އެތައް އިރަކު ވިސްނުމުން ވެސް އެބުނިއެއްޗެއް އެ ސިކުނޑިއަކަށް ނަގައިގަނެވޭ ގޮތެއް ނުވިއެވެ.
“މެޑަމް! މެޑަމް! އަހަރެން ހޯދަނީތަ؟ އަލްޔާ ބުނަނީ މެޑަމް އަހަރެން ހޯދަނީ” ޖަޔާ ބޭރުން އައުުމުން އަފީފާ އޭނާ ހޯދި ވާހަކަ އަލްޔާ ބުނުމުން އަފީފާގެ ކޮޓަރިއަށް ވަންނަމުން ޖަޔާ އަހައިލިއެވެ. “އާނ ކަލޭ ކައިރީގައި އަބަދުވެސް ބުނަންދޯ ބޭރަށް ދަންޏާ ބުނެފަ ދާށޭ! ކީއްވެ ކަލެއަށް އެހެން އެކަން ނުވަނީ؟” އަފީފާ ރުޅިއައިސް ބުނެލިއެވެ. އަދިވެސް އޭނާ ރުޅި މައިތިރި ނުވެއެވެ. ސޮރީ މެޑަމް އަހަރެން ދަރިފުޅު ގުޅަނީ ފޯނުގަ ލާރިނެތީ، އެެހެންވެ އަވަސް އަވަސް ރީލޯޑު ކުރަން ދަނީ!” ޖަޔާ ފަރިތަކަމާއިއެކު ބޭރު މީހުންގެ ދިވެހިބަހުން ބޭރަށް ދިޔަ ސަބަބު ބުނެލިއެވެ. އޭރު ޖަޔާ ހުރީ ނުބުނެ ދެވުނީތީ އެކަމާ ވަރަށް ދެރަވެފައެވެ. “ދެންވެސް ބުނެލާފަ ދާތި، ދެންދޭ އަދި އެއްވާހަކަ، މާދަން ވިނާން އެބަ އާދޭ އޭނަ އަންނަން ވާއިރަށް އޭނާގެ ކޮޓަރި ވަރަށް ރީއްޗަށް ސާފު ކުރާތި!” އަފީފާ އެހެން ބުނުމުން ލައްބަ މެޑަމް އޭ ކިޔާފައި ޖަޔާ ނިކުމެގެން ދިޔައީ ބަނދިގެއަށެވެ. “މެޑަމް ވަރަށް ރުޅިއައިސްސަ ދޯހުރީ؟” ޖަޔާ ބަނދިގެއަށް ވަނުމުން އަލްޔާ އަހައިލިއެވެ. “އާނ މެޑަމް ބަރާބަރު ރުޅި ހުންނަނީ، އެކަމަކު މެޑަމް އަނެއްފަހަރު ބަރާބަރު ރަނގަޅު ހުންނަނީ، އެކަމަކު ބޮސް އަބަދު ރަނގަޅު ހުންނަނީ، އެއްވެސް ޓައިމް ރުޅި ނުހުންނަނީ، ބޮސް ވަރަށް ރަނގަޅު ހުންނަނީ!” ޖަޔާ އަނގަ އިތި ކޮއްފަ ކިޔަމުން ދިޔައެވެ. ޖަޔާ ވާހަކަ ދައްކާތަން ފެނި އަލްޔާ ހުރީ ބަނޑަށް ހީހީ ހަލާކު ވާވަރު ވެފައެވެ. ދެންމެ އަފީފާ ކީއެއްޗެހިވެސް ހަނދާން ވެސް ނެތް ކަހަލައެވެ. ޖަޔާ ވާހަކަ ދައްކާ ކޮންމެ ފަހަރަކު އަލްޔާ ހުންނަނީ ބަނޑަށް ތަދުވެފައެވެ. “އަލްޔާ ކޮއްކޮ ބަރާބަރު ކައްކަނީ، މާދަން މެޑަމް ދަރިފުޅު އަންނަނީ، އަހަރެން އޭނަ ކޮޓަރި ސާފު ކުރަނީ، އަހަރެން ދެންމެ ދާ ގަޑީގަ މެޑަމް ބުނަނީ” ޖަޔާ އެހެން ކިޔާފައި ދިޔައީ ވިނާންގެ ކޮޓަރި ސާފު ކުރާށެވެ. އަލްޔާއަށް އެއްޗެއް ބުނަން ުފުރުސަތު ވެސް ނުދެއެވެ. ވިނާން އަކީ އަފީފާޔާ ސައުދުގެ ދޮށީ ދަރިއެވެ. އޭނާ ކިޔެވުމަށްޓަކައި އުޅެނީ އިނގިރޭސި ވިލާތުގައެވެ. އޭނާގެ ކިޔެވުން ނިމުމުން މާދަމާ އަކީ އޭނާ މާލެ އަންނަން ހަމަ ޖެހިފައި އޮތް ދުވަހެވެ. އަނެއް ދަރިފުޅު ވަޒުނާ އުޅެނީ އިންޑިއާގައި ނާރސިން ކޯސް ހަދާށެވެ. އިންޑިއާ އަކީ ވަޒުނާ އަމިއްލަޔަށް ބޭނުން ވެގެން ދިޔަ ތަނެކެވެ. އެއްގޮތަކަށްވެސް ސައުދުމެން ބޭނުން ވެގެން ފޮނުވި ތަނެއްނޫނެވެ.
….ނުނިމޭ….
13 Comments
Comments are closed.
Ummeedhu kuran mi part ves kamu dhaane kamah iyyege part up nukurevunee iyye hajju dhuvas veema MAA buxy vegen sorry ekamaa
Nice story.. Ekam mistake eh buneldheynan ( athuga thibi hedhun) mihenneh nukiyaaane ( athuga huri hedhun ) k ummedh kuran rangalhu kohlaane kamah.. N waiting for next part☺☺☺☺☺
Vr vr reethi mi vaahaka.
Thanks naayaa
Reethi
Thanks
Mee dhn koahcheh… abadhu ehvaahaka eh.. migothah vaa kithah vaahaka kiyaafin..? Mamma mn aniyaa kohfa male’ meehakaa vihkaalaafa.. egeyga masahkaiy kuran ulhey irah egey firihen dharifulhu dheke dhemyhunnah lwbivevi.. dhn emyhunge luv storyy.. abadhu ekehchehi thakeh.. thafaathu vaahaka eh liyan neygeny tha.. alhe readers bunebala mi dhogeh tha..
Adam ge story eh nukiyamen noon migothahvaaa
V foohi..
Foohi vannaa nukiyaa ithurah bunaane ehcheh nei
Dhoge mivaahaka vr salhi. Ehbaa kudhin kudhin ulheyne liyun therin foohikohlaa vaahakaa ge kuri maraalan.
Hehe thanks naayaa mirey up kuraanan
Masha allah v rythi when nxt prt avaskolladhybala plx v hyvey vinaan alyaa aa alhaigannaanehen gud nyt ly n eid mubaarak??❤??