Skip to content
އެސްފިޔަ

ޔާރު މިވަނީ ލޯތްބޭ ޙަޤީގީ (އެކާވީސްވަނަ ބައި)

ހަތަރު ކުދިން އިންތިޒާރު ކުރަމުން ދިޔައީ ޔަލްވީގެ ޚަބަރެއް ވާނެ އިރަކަށެވެ. އެކުދިން އެހެން ތިއްބާ މެންދުރު ނަމާދު ކޮށްލައިގެން ނުކުތް ހަލީމާވެސް އައިސް އެކުދިންގެ ގާތުގައި އިށީނެވެ. ހަލީމާ އައިތާ މާގިނައިރެއް ނުވަނީސް ގޭތެރެއިން ނުކުތް ސުލައިމާނުބޭ އާއި ރުޤްޔާ ކިޔަވާ މީހާ ފެނުމުން މިޝަލްމެނަށް ކޮޅަށް ތެދުވެވެނެވެ. އެމީހުންގެ ފަހަތުން ފަހުމީވެސް ނުކުމެގެން އައިސް އެންމެން މަޑުކޮށްލީ މިޝަލްމެންގެ ގާތުގައެވެ.

_______________________________________-

 

“އަހަރެން ތިން ދުވަސް ވަންދެން ކިޔަވަން އަންނާނަން….. ވަރަށް ގިނަ ކުދިން އެބަހުރި ކިޔަވައިގެން ރަނގަޅުވެފައި…. އުއްމީދުކުރަނީ ޔަލްވީވެސް ރަނގަޅުވާނެކަމަށް… ކޮންމެ ގޮތެއްވިޔަސް އަހަރެމެންނަށް ކުރެވޭނީ މަސައްކަތް…. ޝިފާ ދެއްވާނީ ހުރިހާ ކަމަކަށްވެސް ކުޅަދުންވަންތަ މާތްﷲ” ރުޤްޔާ ކިޔަވަން އައި މީހާ ވާހަކަދައްކަމުން ދިޔައިރު ވަކިވަކިން އެންމެނަށްވެސް ބަލާލިއެވެ.

“އަދި މިފަދަ ކަންތަކުން ސަލާމަތްވުމަށްޓަކައި ވަރަށް ވިސްނަން ޖެހޭނެ…. އިރުއޮއްސޭ ގަޑީގައާއި ދެނަމާދު ދޭތެރޭ ގެއިން ބޭރަށް ނުކުމެގެން ނުވާނެ….. ފަރުޟު ނަމާދުތަކަށް ފަރުވާތެރިވެ ބަރާބަރަށް ޤުރުއާން ކިޔަވާ ވީވަރަކުން ސުންނަތް ނަމާދުތައްވެސް ކުރުން ވަރަށް މުހިއްމު….. އަދި ބޭރު ތެރެއަށް ނުކުމެ އުޅޭއިރުއާއި ގޭތެރޭ އުޅޭއިރުވެސް ހަށިރައްކަލަށް ކިޔަންޖެހޭ ދުޢާތައް ކިޔަން ސަމާލުކަން ދޭންވާނެ….. މާތްﷲ އިރާދަ ކުރެއްވިއްޔާ ޔަލްވީ މި އަނދަވަޅުން ސަލާމަތްވާނެ…..” ސަމާލުކަން ދޭންވީ ކަންތައް ކިޔައިދެއްވުމަށްފަހު ހަށި ރައްކަލަށްޓަކައި ކިޔުން ރަނގަޅު ދުޢާތަކެއް ލިޔެފައިވާ ގަނޑެއް އެމީހާ ފަހުމީގެ އަތަށް ދިއްކޮށްލިއެވެ. އަދި އެތާގައި ތިބި ޝިއުރީމެނަށް ބަލާލަމުން އެއިން ކޮންމެ ކުއްޖަކަށްވެސް ގަނޑެއް ދިއްކޮށްލަމުން އެކުދިންވެސް އެފަދަ ކަންތަކަށް ރައްކާތެރިވުމަށް ނަސޭޙަތްތެރިވިއެވެ.

*********************

 

ތިންމަސް ދުވަސް ފާއިތުވެގެން ދިޔައިރު ޔަލްވީއަށް ކުރިން ވީކަހަލަ އެއްވެސް ކަމެއް ކުރިމަތިނުވުމުން އެމީހުން ވިސްނީ ޔަލްވީ ރަނގަޅުވީ ކަމުގައެވެ. އަދި އެކަމާ ހުރިހާ ކުދިންވެސް މާތްﷲ އަށް ޙަމްދުކުރިއެވެ.

މޮކް އިމްތިޙާން ނިންމާލުމަށްފަހު އިމްތިހާން ހޯލުން ނުކުމެގެން އައި ޝިއުރީމެންގެ މޫނުމަތީގައިވަނީ ހިތްހަމަޖެހުމުގެ ކުލަވަރުތަކެވެ. ކިޔެވުންވެސް ދެން ގާތްގަނޑަކަށް ނިމުމުން އެކަމާ އުފާ ފާޅުކުރަމުން ދިޔަ ކުދިންގެ ލިސްޓުގައި އެކުދިންވެސް ވިއެވެ. ފާއިތުވެދިޔަ ތިން މަސް ދުވަސް އެކުދިން ހިތްވަރާއިއެކު މަސައްކަތް ކުރީ އިމްތާހާނުން ރަނގަޅު ނަތީޖާއެއް ހޯދުމަށްޓަކައެވެ. މިއަދު އެކުދިންގެ މޫނުމަތި އެހާ އުޖާލާކޮށް ފެންނަމުންދާ އެއް ސަބަބަކީވެސް އެއީއެވެ. އިމްތިހާންތައް ހެދުނުގޮތާއިމެދު ހިތްހަމަ ޖެހިފައިވާކަން އެއިން ކޮންމެ ކުއްޖެއްގެ މޫނުމަތިން ފާޅުވަމުން ދެއެވެ. ފުރިހަމަ ހިތްހަމަޖެހުން އަދި ލިބޭނީ ނަތީޖާ ލިބުމުންނެވެ. ނަތީޖާ ލިބޭނީ ކުރިއަށް އޮތް ބޮޑުޢީދު ބަންދަށްފަހުގައެވެ. އެހާ ދިގު އިންތިޒާރެއް ކުރަންޖެހުމުން މާޔޫސްވި ކަމުގައިވިޔަސް ޢީދު އަންނާތީ އެކަމާ އުފާވެފައި ތިބެ ހަތަރު ކުދިން މިސްރާބު ޖަހާފައިވަނީ ގެއާއި ދިމާއަށެވެ.

“ޔޭ……” ކުއްލިއަކަށް ކަމެއް ހަނދާންވުމުން އަޔާނީ އެހުރިގޮތަށްހުރެ ބާރަށް ހަޅޭލަވައިގަތެވެ. ގާތުގައި ތިބި ތިން ކުދިން ސިހިފައި ކިހިނެއްވީހޭ އަހާލިއިރު މިޝްޔާ މަޑުމަޑުން އަޔާނީގެ ގައިގައި ޖަހާވެސްލިއެވެ.

“އަޅޭ އަފޫ އެބައާދޭ…..” މިޝްޔާ ޖަހާލި ތަނުގައި ފިރުމާލަމުން ފުޅާ ހިނިތުންވުމަކާއެކު އަޔާނީ ބުނެލިއެވެ.

“އަސްލުވެސްތަ….؟؟؟؟ ކޮންއިރަކުން އަންނަނީ…..؟؟؟؟؟” ތިންކުދިންނަށް މިހެން އަހާލެވުނީ އެއްފަހަރާއެވެ. އެގޮތަށް ކަންތައްވުމުން މަޖާވީވަރުން ހަތަރުކުދިން އެއްފަހަރާ ހޭންފެށިއެވެ.

“ހަހަހާ….. މާކުރިން ޕްރެކްޓިސް ކޮށްގެންދޯ ތިތިބީ…..” އަޔާނީ މަޖާވެލާފައި ބުނެލިއެވެ.

“ނޫނޭ… އެއަށް ކިޔަނީ އިއްތިފާގު…. ދޯ މިޝް…..” ޔަލްވީ މިޝްޔާއަށް ދޯއަޅާލަމުން މިހެން ބުނުމުން ޝިއުރީ އަނެއްކާވެސް އަފްލާކް އަންނަނީ ކޮންއިރަކުހޭ އަހާލިއެވެ.

“ވަޅުޢީދު ދުވަހު…..” އަޔާނީ މިހެން ބުނެލިއިރު އޭނާގެ ތުންފަތުން ހިނިތުންވުން ފިލައިގެން ނުދެއެވެ. ވާނީވެސް އެހެންތާއެވެ. ދުވަސްތަކަކަށްފަހު އަފްލާކްއާއި ދިމާވާތީ އޭނާއަށް ލިބިފައިވާ އުފާ ބަޔާންކޮށްދޭންވެސް ދައްޗެވެ. އޭނާއަށް އެޚަބަރު ލިބުނީއްސުރެ އެދުވަހަށް އިންތިޒާރު ކުރެވެން ފަށައިފިއެވެ.

***********************

 

ދުވަހަކީ އުފާވެރި އަޟްހާ ޢީދު ދުވަހެވެ. މެންދުރަށް ކެއްކުމަށްޓަކައި ބަދިގެ ތެރޭގައި ޙަރަކާތްތެރިވަމުންދިޔަ ޝިއުރީގެ ކޮންމެ ޙަރަކާތެއްވެސް އެހާމެ އަވަހެވެ. އެވަގުތު ޝައިމަން އާއިއެކު އެތެރެއަށް ވަދެގެން އައި ނަހީކް ފެނުމުން ޝިއުރީއަށް ބަލާލެވުނެވެ. އޭރު ނަހީކްވެސް ހުރީ ޝިއުރީއަށް ބަލަހައްޓައިގެންކަމުން ދެމީހުންގެ ހަތަރު ކަޅި ބައްދަލްވިހިނދު ހިނިތުންވުމެއް ބަދަލުކުރެވުނެވެ.

“ހާދަ ވަސްގަނޑު ރަނގަޅޭ….. ކޯއްޗެއްތަ ތި ކައްކާލަނީ…..” އުންދުން މަތީ އުދާފައި ހުރި ތެއްޔަށް ބަލާލަމުން ނަހީކް އަހާލިއެވެ. ޝައިމަން ފެންފުޅި ދިއްކޮށްލުމުން އެ ހިފައިގެން ޝައިމަނާއިއެކު ނަހީކްވެސް ނުކުތީ ބޭރަށެވެ. ޝިއުރީ އެނބުރިލީ ޖަވާބު ދިނުމަށްޓަކައެވެ. ނަމަވެސް ފަހަތުން ދެމީހުންކުރެ އެކަކުވެސް ފެންނާން ނެތުމުން ޝިއުރީ ދެރަވިއެވެ. އެފަދަ ދުވަހެއްގައި އުމުރުގެ އެހެން ކުދިންނާ ޚިލާފަށް އޭނާ އެކަނި މާ އެކަނި ކައްކަން ބަދިގެ ތެރޭ އުޅޭއިރު ކުޑަވަގުތުކޮޅަކަށް ނަމަވެސް ނަހީކް މަޑުކޮށްލިނަމަ އޭނާ ކިހާ ހިތްހަމަޖެހޭނެ ހެއްޔެވެ.؟ އެންމެ ކުޑަމިނުން ދުވަހުގެ މިހާތަނަށް އައިއިރު އޭނާހުރީ ކައިގެންތޯ އަހާލުންވެސް ނަހީކަށް މުހިއްމު ކަމަކަށް ނުވިއެވެ. އޭނާއަށް އެކުވެރިންނާއިއެކީ ކުޅިވަރުތައް ކުޅެ މަޖާކުރެވެނިކޮށް އެ ނިމުނީއެވެ. ދެލޯ ފެންކަޅިވި ހިނދު ކަރުނައިގެ ސިފައިގައި ބޭރުވެދާނެތީ ޝިއުރީ އަވަސް އަވަހަށް ދެލޯ ފުހެލުމަށްފަހު ކެއްކުމައިގެން ކުރިޔަށް ދިޔައެވެ.
ކައްކާ ނިމުމުން މޭޒުމައްޗަށް ކާންހެދުމަށްފަހު ބަތްތައްޓެއް މޮޑެގެން އޭނާދިޔައީ ސަޖާޔާގެ ކޮޓަރިއަށެވެ. ސަޖާޔާ މިއަދު ބޮލުގައި ރިއްސާތީ ތެދުވެ ނޫޅެއެވެ. އެހެންކަމުން އޭނާ ދިޔައީ މަންމައަށް ކާއެއްޗެހި ހިފައިގެންނެވެ. ކޮޓަރިއަށް ވަދެ ޝިއުރީ އޭނާގެ މަންމަ އޮތް އެނދުގެ މަގަތުގައި އިށީންނަމުން ކައިރީގައި ހުރި ކުޑަ މޭޒުމަތީގައި ގެނައި ތަބައް ބެހެއްޓިއެވެ. އަދި އޯގާތެރިކަމާއިއެކު ފުރަގަހަށް އެނބުރިގެން އޮތް ސަޖާޔާގެ ގައިގައި އަތް ޖައްސާލަމުން ގޮވާލިއެވެ.

ދެލޯ މަރާލައިގެން އޮތް ސަޖާޔާ އެ އޮތްގޮތަށް އޮވެ ޝިއުރީގެ އަތް ފޮޅާޅިއެވެ. ސަޖާޔާ އެ ހާލުގައި އޮވެފައިވެސް އެ ގޮތަށް ކަންތައް ކުރުމުން ޝިއުރީގެ ހިތުގައި ޖެހުނެވެ. ނަމަވެސް އިޙްސާސްތަކުގެ މައްޗަށް ބާރު ފޯރުވަމުން އަނެއްކާވެސް މަންމައަށް ގޮވާލަމުން ކާން ތެދުވާށޭ ބުނެލިއެވެ. ނަމަވެސް އޭނާ މިފަހަރު ސަޖާޔާގެ ގައިގައި އަތެއް ނުލައެވެ. އިރުކޮޅަކު އެހެން އޮތުމަށްފަހު ސަޖާޔާ ކާންތެދުވުމުން ޝިއުރީ ބަތްތަށި އޭނާއަށް ދިއްކޮށްލިއެވެ. ޝިއުރީއަށް ބަލާލުމެއްނެތި ސަޖާޔާ ކާންފެށިއެވެ. ޝިއުރީ، ތަބަކުގައި ހުރި ފަނިތަށިނަގާ ސަޖާޔާއަށް ލަވަން އުޅުނެވެ. ނަމަވެސް އަބަދުވެސް ޝިއުރީދެކެ ރުޅިއަންނަ ސަޖާޔާ، ޝިއުރީގެ އަތުން ފަނިތަށި އަތުލުމަށްފަހު އޭގެއިން ކޯވަރެއް ބޯލިއެވެ. އެންމެ ފަހަރަކުވެސް އޭނާ ޝިއުރީގެ މޫނަށް ބަލާ ނުލިތާނގައި، އޭނާ އިނީވެސް މޫނު ހަދާލައިގެންނެވެ. މިފަހަރު ހިތުގައި ޖެހުނުވަރުން ޝިއުރީގެ ދެލޯ ފެންކަޅިވިއެވެ. އޭނާއަށް އިސްޖަހާލެވުނީ ކަރުނަތިއްކެއް ނީރާލުމުންނެވެ. ދެވަނަ ސިކުންތުގައި ތުންފަތުގައި ދަތްއަޅާލަމުން ދެންހުރިކަރުނަތައް ހިފެހެއްޓޭތޯ މަސައްކަތްކުރިއެވެ.

“ދަރިފުޅާ އެކުވެރި ކުދިންކޮޅު އެބަހުރި ހޯދަން އައިސް…..” ކޮޓަރި ތެރޭގައި ހިނގާދިޔަ މަންޒަރު ބަލަން ހުރި ހާރޫނު ޝިއުރީއަށް ގޮވާލަމުން މިޝްޔާމެން އައިސް ހުރިކަން އަންގާލިއެވެ. ޝިއުރީ، ހާރޫނަށް ހިނިތުންވެލަމުން ނުކުންނަން ހިނގައިގަތްނަމަވެސް ޝިއުރީގެ ރަތްވެފައިވާ ދެލޮލުގައިވާ ކަރުނަތައް ހާރޫނަށް ސިއްރެއް ނުވިއެވެ.

“ދަރިފުޅާ ކޮބާ ދޮންތަ…..” ކޮޓަރިން ނުކުންނަށް ފައި ހިއްލާލި ޝިއުރީއަށް ހުއްޓެވުނީ ކޮޓަރި ދޮރުކައިރީގައި މަޑުކޮށްލައިގެން ހުރި ހާރޫނު މިހެން އަހާލުމުންނެވެ.

“ހެނދުނު އެކުވެރި ކުދިންތަކަކާއެކު ދިޔަގޮތަށް އަދި ނާދެ ގެއަކަށް……” އެހުރިގޮތަށް ފުރަގަސްދީގެންހުރެ މިހެން ބުނެފައި ޝިއުރީ ހިނގައިގަތެވެ. ޝިއުރީ ދިޔަތަން ބަލަން ހުރެފައި އައިސް ހާރޫނު އިށީނީ ސަޖާޔާގެ ގާތުގައެވެ.

“އަހަރެން ހަމަ އަޖާއިބުވެ އަންތަރީސްވެއްޖެ…… ތީ އަޅެ ފަހެ އިންސާނެއްތަ…..؟؟؟ ނޫނީ ހިތުގެ ބަދަލުގައި ކަލޭގެ އޮންނަނީ ހިލަގަނޑެއްތަ…..؟؟؟؟” ސަޖާޔާއަށް ބަލާލަމުން ނުރުހުންވެފައި އިނދެ ހާރޫނު ބުނެލިއެވެ. އަނގަޔަށް ބަތްސުވާލަމުން މިހާރު ކިހިނެއްވީހޭ ސަޖާޔާ އަހާލިއެވެ.

“ވީ ކީއްކަމެއް ކަލެއަކަށް ނޭނގޭތަ…..؟؟؟ ކަލޭ ބަލި އެނދުގައި އޮތީމަ ކައްކައިގެން ބަތްތަށި މޮޑެގެން ގެނެސްދީ އެވަރުން ނުވެގެން ކަލެއަށް ފަނިފޮދު ލަވަން އުޅުނީމަވެސް ކަލެއަށް އެކުއްޖާ ފަކީރާމެދު ކަންތައް ކުރަން އެނގުނު ގޮތަކީ ތިއީތަ….. އަހަރެން ހަމަ ހައިރާންވެއްޖެ…..” ހާރޫނު ދެއްކި ވާހަކައިން ކޮޓަރީގައި ހިނގައިދިޔަ ކަންތައް ހާރޫނަށް ފެނުނުކަން ސަޖާޔާއަށް އެނގުނެވެ. ނަމަވެސް އޭނާ އެކަމަކަށް މާބޮޑު ފަރުވާލެއް ނުބަހައްޓައި ކެއުމައިގެން ކުރިޔަށް ދިޔައެވެ.

“ބަލަ އެވެސް ކަލޭ ބަނޑުއަޅާ ވިހޭ ދަރިއެކޭ…. ތިހާ ހިތް ހަރުވާކަށް ނުވާނެ…. އެފަކީރު ކިހާ ދެރަވާނެ……” ނުރުހުންވެފައި އިން ނަމަވެސް ޝިއުރީ ދެރަވާނެވަރު ހިތަށް އެރުމުން ހާރޫނަށް މިހެން ބުނެވުނީ މަޑުމައިތިރިކަމާއި އެކީގައެވެ.

“ވަރަށް ރީތި…. އޭނަ ދެރަވެދާނެތީ އެކަމާ ކަލެއަށް ވިސްނިއްޖެ…. އަހަރެން ދެކުދިންނަށްވުރެ ގިނައިން ކުދިން ބޭނުމެއް ނޫނޭ ބުނީމަވެސް ކަލޭ އަހަންނަށް ގަސްތުގައި ދިނީ ލަނޑު…… ކަލޭ އަހަންނާ ދޭތެރޭ ކަންތައް ކުރި ގޮތުން އަހަރެން ދެރައެއް ނުވާނެތަ….؟؟؟” ސަޖާޔާގެ ވާހަކަ ހުރި ގޮތުން އާދަނަށް “ޕިސް ޕިސް” ތަޅާލަމުން ދެފަރާތަށް ބޯހޫރާލެވުނެވެ.

“އަހަންނަކަށް ނޭނގެ ދެން ސަޖާޔާއަށް ވިސްނައިދޭނެ ގޮތެއް…. ކޮންމެއަކަސް ވީ ކަމެއް ނުވާ ކަމަކަށް ނުވާނެ….. ލިބުން ދަރިއެއް ނުލިބޭ ދަރިއަކަށް ނުހެދޭނެ…. އެއީ އަހަރެން ގަސްތުގައި ދިން ލަނޑެއް ނޫނޭ ކިހާވަރަކަށް ބުނެވިއްޖެ…. ދަރިންނަކީ މާތްﷲ އަހަރެމެންގެ އަތްމައްޗަށް ދޫކޮށްފައިވާ އަމާނާތެއް….. އެއްވެސް މީހަކަށް ނުބެލޭނެ ދަރިއެއް އެ އިލާހު އެއްވެސް އަޅަކަށް ނުދެއްވާނެ….. ނިޢުމަތް ދެއްވާނީ އެއްކައުވަންތަ މާތްﷲ….. އަހަރެމެން ޖެހޭނީ ނިޢުމަތަށް ޝުކުރުވެރިވަން… ސަޖާޔާ އެމަންޖެދެކެ ކިތަންމެ ރުޅިއަޔަސް މިގޭ އެހެން ކުދިންނަށްވުރެ އެމަންޖެ ހުރިހާ ގޮތަކުންވެސް ހާސްބައި ރަނގަޅު…. އެފަދަ ރަނގަޅު ދަރިއަކު ދެއްވިކަމަށްޓަކައި މާތްﷲގެ ޙަޟްރަތަށް ޝުކުރުވެރިވާންޖެހޭނެ…. އެކަމަކު ސަޖާޔާ ބޭނުމެއް ނުވޭ ރުހުމުގައި އެމަންޖެއާއި ދިމާއަށް ބަލާލަންވެސް….. ކޮންމެ ގޮތަކުން ބެލިޔަސް މިކަމުގައި އެމަންޖެގެ އޮތީ ކޮންކުށެއް….. މައުސޫމް ކުއްޖަކަށް ތިހާބޮޑު އަނިޔާއެއް ނުދީ….. ޖިސްމާނީގޮތުން ސަޖާޔާ އެކުއްޖާއަށް އަނިޔާއެއް ނުދިންކަމުގައިވިޔަސް ނަފްސާނީގޮތުން ތިދެވެނީ އަނިޔާއެއް….. މާތްﷲ ގެ ކޯފާއަށް ބިރުވެތިވޭ…. އެކަލާނގެ އަމާނާތައް ޚިޔާނާތްތެރިނުވޭ….ސަޖާޔާ އަހަރެން މިކިޔާ އެއްޗެއް ވިސްނޭތަ…..؟؟؟؟” ހާރޫނު އެހުރިހާ ވާހަކައެއް ދެއްކިއިރުވެސް ސަޖާޔާ އިނީ ކާލަކާލައެވެ. އޭނާއަށް އެވާހަކަތަކުން މާބޮޑު އަސަރެއް ކުރިހެންނެއް ހިޔެއް ނުވެއެވެ. ސަޖާޔާގެ ފުށުން މާބޮޑު އަޅާލުމެއް ނުފެނުމުން ހާރޫނު ގާތަށް އިންތިހާއަށް ރުޅިއައެވެ. އެހެނަސް އެރުޅިއަށްވުރެ ބޮޑަށް އޭނާވީ ދެރައެވެ. ޝިއުރީގެ ހިތަށް ކުރާނެ އަސަރު ހިތަށް އަރުވާލުމުންވެސް ހާރޫނުގެ ގައިން ހީބިހި ނަގައިގެން ދިޔަހިނދު ދެލޯ ފެންކަޅިވިއެވެ.

“އަހަރެން އޭނަދެކެ ކިތަންމެ ރުޅިއަޔަސް ހެވެއްނު… އެހުރީ ބަލާ ބޮޑުކޮށްފަ…. އުމުރުން އަށާރަ އަހަރުވީއިރު އެހެންކުދިންނަށް ކިޔަވައިދިންހެން ކިޔަވައިދީ، ކާންދީ، ބޯންދީ އަންނައުނުދީފައި ހުންނާނީ…..” ޝިއުރީ ގެނެސްދީފައި އޮތް ބޭސްގުޅާއާއިއެކު ފެންތަށި އެކީ ހުސްކޮށްލަމުން ސަޖާޔާ ބުނެލިއެވެ. މިފަހަރުވެސް ޕިސްތަޅާލަމުން ހާރޫނަށް ބޯހޫރާލެވުނީ ސަޖާޔާގެ ވިސްނުން ހުރިގޮތުންނެވެ.

“ބަލަ ކާންދީ ބޯން ދީ އަންނައުނު ދީ ކިޔަވައިދިނީމަ ދެން އެ ނިމުނީތަ…..؟؟؟؟ އެކުއްޖާއަށް ދޭންވާ ލޯތްބާ އަޅާލުމޯ…..؟؟؟؟” މިފަހަރު ހާރޫނަށް ވާހަކަ ދެއްކުނީ ރުޅިއައިސްގެންނެވެ.

“ތީ އަހަރެން ވިސްނަންޖެހޭ ކަމެއް ނޫން…. ޟަރޫރީ ބޭނުންތައް ފުއްދައިދިނީމަ އަހަރެންގެ ޒިންމާ އެނިމުނީ…. އެކުއްޖާގަނޑު މިދުނިޔެއަށް ނޭވާލީއްސުރެ ހާރޫނު ތިހުންނަނީ އެކުއްޖާގެ ޙައްޤުތައް ހޯދައިދޭން ވަކި ހިއްޕާލާފަ…. ހާރޫނަށް މިހާރު އަބަދު އަހަންނާ ޒުވާބުކުރުން ނޫން އެހެން ކަމެއްވޭތަ…. ކިހާ ލޯބިން އުޅުން ދެމީހުންތަ އަހަރެމެން މިއީ…. އެކަމަކު އެ ސުންޕާ ކުއްޖާގަނޑު މިދުނިޔެއަށް އުފަންވުމުން އަހަރެމެން ދޭތެރޭ މައްސަލަތައްވެސް ޖެހެން ފެށީ……” ސަޖާޔާގެ ޖުމްލަތައް ހާރޫނަށް އަޑު އިވުނީ ހޮނުގުގުރިއެއްގެ އަޑުހެންނެވެ. ރުޅިއައިވަރުން މީހާ ތުރުތުރުލައިގަތީ އެހެނަކުން ނޫނެވެ.

“ސަޖާޔާ….. ދެވަނަ ފަހަރަށް ތިކަހަލަ ބަހައް ބުނަން އަނގަހުޅުވާލިޔަސް މި އަނގަ ސަލާމަތަކުން ނުބަހައްޓާނަން…..” ފުއްމައިގެންފައި ސަޖާޔާގެ ދެކޮލުގައި ބާރަށް ހިފަހައްޓާލަމުން އިނގިލިތަކަށް ބާރުކޮށްލައިގެން ހުރެ ހާރޫނު ބުނެލިއެވެ. ތަދުވީވަރުން ސަޖާޔާއިނީ އަނގައިވެސް ނުބުނެވިފައެވެ.

“ބައްޕާ……” ހާރޫނުގެ އިތުރުން ސަޖާޔާއަށްވެސް ކޮޓަރީގެ ދޮރާދިމާއަށް ބަލާލެވުނީ ޝިއުރީގެ އަޑަށެވެ. އެދެމެދުގައި ދެކެވުނު ހުރިހާ ވާހަކައެއް ޝިއުރީއަށް އަޑު އިވުނުކަން ދެމީހުނަށްވެސް ޔަޤީންވީ ރަތްވެ ދުޅަވެފައިވާ ދެލޮލުން ހުއްޓުމެއްނެތި އަންނަމުން ދިޔަ ކަރުނަތަކުންނެވެ. ސަޖާޔާގެ ކޮޓަރީގައި ފޯން ބޭއްވިފައި ދިޔުމުން އޭނާ ފޯނު ބަލައި އައީ ފަހަރެއްގައިވެސް އެފަދަ ވާހަކައެއް އަޑު އިވިދާނެކަމަކަށް ނޫނެވެ. ނަމަވެސް ހަނދާންވާން ފެށީއްސުރެ މިއަދާ ޖެހެންދެން އެ ހިތުގައި އުފެދިފައިވާ ސުވާލުތަކަށް ޖަވާބުލިބިގެން ދިޔައިރު، އެ ހިތަށްވަނީ ފުން އަސަރުތަކެއްކޮށްފައެވެ. ސަޖާޔާ އޭނަދެކެ ރުޅިއަންނަކަން އެނގުނު ނަމަވެސް އެހާވަރަށް ނަފްރަތު ކުރާކަމެއް މީގެ ކުރިން އެނގިފައެއް ނެތެވެ. އަދި އެވެސް އެކަމުގައި އޭނާގެ އެއްވެސް ކުށެއް ނެތް ތާކުން ތާކު ނުޖެހޭ ކަމަކާއެވެ. އޭނާގެ ސަބަބަން މަންމައާއި ބައްޕަ ޒުވާބުކޮށް އަރާރުންވާތަން ފެނުމުން ހިތުގައި ޖެހުނެވެ. މަޑުމަޑުން ގިސްލެވެން ފެށުނީވެސް އެހެންވެއެވެ. އުމުރުން އަށާރަ އަހަރުވީއިރު ދުވަހަކުވެސް ބައްޕަ މަންމައަށް އަނިޔާކުރާ ތަން ދެކިފައިނުވާއިރު މިއަދު އޭނާގެ ސަބަބުން ބައްޕަ އަތް އިސްކުރީތީ އެކަމާ ދެރަވީވަރުން އޭނާ އަމިއްލަ ނަފްސު ކުށްވެރިކުރެވުނެވެ.

“ބައްޕާ… އަހަންނާ ހެދި ބައްޕައާއި މަންމަ ޒުވާބުކުރާތަން ދެކޭކަށް އަހަންނަކަށް ކުޅަދާނައެއް ނުވާނެ….. ހެޔޮނުވާނެ ހުއްޓާލާ….. އަހަރެން ދުވަހަކުވެސް މަންމައަށާއި ބައްޕައަކަށް ހިތްބަރެއް ނުކުރާނަން…. އަހަރެންގެ ސަބަބުން ބައްޕައާއި މަންމަ ޒުވާބު ނުކުރޭ….” އަސަރާއިއެކު މިހެން ބުނެފައި މޭޒުމަތީގައި އޮތް ފޯނު ހިފައިގެން ރޮމުން ރޮމުން ޝިއުރީ ނުކުތީ ބޭރަށެވެ.

“ކޮބާ…. ފެނޭތަ…. ވިސްނޭތަ…. އެއީ ދަރިންނަކީ….. ކޮންމެ ގޮތަކަށް ކަލޭ ކަންތައް ކުރިޔަސް އެކުއްޖާ އެދިޔައީ ކަލެއަށް ހިތްބަރު ނޫންކަމަށް ބުނެފައި…. އެކުއްޖާގެ މޫނުމަތިން މަންމަގެ ލޯތްބަށް ފެންބޮވައިގެންފައިވާ މިންވަރު ކަލެއަކަށް ނުފެނޭތަ…..” މިހެން ބުނެފައި އިތުރަށް އެތާ މަޑުނުކޮށް ހާރޫނުވަނީ ފާޚާނާއަށެވެ.

“އަދި މާ މާތް މީހަކަށްވެގެން ހިތްބަރެއް ނުކުރަމޭ އެބަ ކިޔައެއްނު…. އަދި މި ހާރޫނުގަނޑުވެސް އެކުއްޖާވަރެއް ނެތިގެން އެބައުޅެއެއްނު…. ހުއް…. ވަރަށް ފޫހިވޭ….” ތުން އަނބުރާލަމުން މިހެން ބުނެފައި ސަޖާޔާ އެނދުގައި އޮށޯތެވެ.
އިސްޖަހާލައިގެން ހުރެ ކޮޓަރިން ނުކުތް ޝިއުރީއަށް ގިސްލެވެމުންދިޔައީ ހިތަށް އަސަރުކޮށްފައިވާ ވަރުންނެވެ. ދެލޮލުގައި ހުރި ކަރުނަތައް ފޮހެމުން ދިޔަކަމުގައިވިޔަސް އެކަމަށް ހުއްޓުމެއް ނާދެއެވެ. އޭނާގެ ފިޔަވަޅުތަކަށް ހުއްޓުންއެރީ ގޮސް މީހެއްގެ ގައިގައި ލައިގަތުމުންނެވެ. އިސްއުފުލާ ބަލާލިއިރު ކުރިމަތީގައި ހުރީ މިޝްޔާއެވެ. އޭނާގެ ދެފަރާތުގައި ޔަލްވީއާއި އަޔާނީވެސް ތިއްބެވެ. އެމީހުންގެ މޫނުގެ ކުލަވަރުތަކުން އެމީހުންނަށްވެސް ސަޖާޔާމެންގެ ޒުވާބުގެ އަޑު އިވުނުކަން ދޭހަކޮށްދެއެވެ. އެހެންކަމުން ޝިއުރީ ކަރުނަތައް ސިއްރުކުރާކަށް މަސައްކަތެއް ނުކުރެއެވެ. މިޝްޔާގެ ގައިގައި ބައްދާލަމުން އޭނާއަށް ބޮޑަށް ރޮއިގަނެވުނެވެ. ފެންކަޅިވެފައި ތިބި މިޝްޔާމެން ޝިއުރީ ގޮވައިގެން ދިޔައީ އޭނާގެ ކޮޓަރިއަށެވެ. ޝިއުރީ ލަސްވެގެން ކޮބައިތޯ ބަލައިލަން އެމީހުން އެތެރެއަށް ވަނީ އާއިލީ ހަމަނުޖެހުންގަނޑެއް އަޑު އިވިދާނެކަމަކަށް ނޫނެވެ. ނަމަވެސް މިއަދު އިވިގެން ދިޔަ އަޑުތަކުން ޝިއުރީއަށް ކުރާނެ އަސަރު އެމީހުނަށް އަންދާޒާ ކޮށްލުމަށްވެސް ދަތިވިއެވެ.

 

އެކުވެރިންގެ ގާތްކަމާއި އޯގާތެރިކަމުން ޝިއުރީ ހަމައަކަށް އެޅި ރުއިންވެސް ހުއްޓުމަކަށް އައެވެ. މި ހުރިހާކަމެއްވުމަށްފަހު، ބޭރަށް ދާން ބޭނުން ނުވެފައި އިންނަމަވެސް ޝިއުރީ ތައްޔާރުވެލަން ދިޔައީ އެކުވެރިންގެ އެދުމުގައި ކޮޅުފައިން ޖަހަން ބޭނުން ނުވާތީއެވެ. އެހެން ނޫނަސް ބޭރަށް ނުކުމެލުމުން އެހިތަށް ހަމަޖެހުމެއް ލިބިދާނެކަމުގެ އުއްމީދުގައިވެސް މެއެވެ.

***********************

 

ރޭގަނޑުގެ ހިތްގައިމު ވަގުތެވެ. ރަށުތެރެ ހަލަބޮލިވެފައިވަނީ ޢީދުގެ ކުޅިވަރުތަކާއިގެންނެވެ. ރަށުގެ ބަނދަރު ސަރަޙައްދުގައި އަޅާފައިވާ ބޮޑު ސްޓޭޖްވަނީ އެކިކުލައިގެ ނިވިދިއްލޭ ބޮކިތަކުން ދިއްލާ އަޅާފައެވެ. ސްޓޭޖްގެ ކުރިމަތީގައިވާ ހުސްބިން އަނދިރިކޮށް އޮތް ނަމަވެސް އެތަން ފުރާލެވިފައިވަނީ ޢީދު ޝޯ ބަލާލަން އައިސް ތިބި މީހުންނާއިގެންނެވެ. މުޅި އެހިސާބުގަނޑު ގުގުމާލާފައިވަނީ ސްޓޭޖްމަތީގައި ބެރުޖަހާ ލަވަކިޔަމުންދިޔަ ނަހީކްމެން ގްރޫޕާ އެއްވަރަށް ލަވަކިޔާ އަތްޖަހަމުންދިޔަ މީހުންގެ އަޑުންނެވެ. ތަންކޮޅެއް ދުރުގައި މަޑުކޮށްލައިގެން މިޝްޔާމެން ތިބިއިރު އެމީހުންގެ ގާތުގައި މިޝަލާއި ޝައުންވެސް ތިއްބެވެ. ސްޓޭޖްމަތީގައި ނަހީކް، އިތުރު ތިން މީހަކާއެކު ބެރުޖަހަން ހުރިއިރު ޝައިމަން ހުރީ ނަގާކިޔާ މީހަކަށެވެ. އިޔާޒް ހުރީ ނަށާށެވެ. އެހެން ތިބެފައި އެންމެން އެއްފަހަރާ ހިނިގަނޑު ޖަހާލެވެނީ ދޭތެރެއަކުން ނަށަން ހުރެފައި އިޔާޒް ޖައްސާ ވައްތަރުންނެވެ.

ވަޅުޢީދު ދުވަހު އަންނަން ބުނި އަފްލާކް އައީ ޢީދުގެ ފުރަތަމަދުވަހުއެވެ. ޝޯގެ ވަގުތުގައި މީހުންގެ ސަމާލުކަން އެކަމަށް ގެއްލިފައިވުމުން ވަގުތުގެ ފައިދާ ނެގީ އަޔާނީއާއި އަފްލާކެވެ. އެދެމީހުން ތިބީ ޝޯ ކުޅޭތަނާ މާ ދުރުނޫން ހިސާބެއްގައި ހުރި ތިރި ފާރުބުރިއެއްގެ މަތީގައެވެ. ދުވަސްތަކަކަށްފަހު ދިމާވުމުން ދެމީހުން ބޭނުންވީ ޝޯ ބެލުމުގެ ބަދަލުގައި އެކަކު އަނެކަކާއިއެކު ވަގުތު ހޭދަކޮށްލާ ވާހަކަދައްކާލާށެވެ. ލޯބިވާވަރު ހާމަކޮށްދީ އިންތިޒާރުގެ ރާސްތާ ކަޑައްތުކުރިގޮތް ކިޔައިދޭށެވެ.

ނަހީކްމެންގެ ފޯރިގަދަ ބޮޑުބެރު ލަވައަށްފަހު، ދެން ސްޓޭޖަށް އެރީ ރާއްޖޭގެ މަޝްހޫރު ލަވަކިޔުންތެރިން ކަމުގައިވާ މީރާއާއި ޔާމީނެވެ. އެމީހުން ސްޓޭޖަށް އެރުމުން ބަލަން ތިބި މީހުންގެ އަޑުފަށްގަނޑު އިހުނަށްވެސްވުރެވެސް ގަދަވިއެވެ. ދެން އިވެންފެށީ ރާއްޖޭގެ ގިނަބައެއްގެ ހިތްތަކުން ޖާގަ ހޯދާފައިވާ ހިތްގައިމު ރީތި ރާގެކެވެ. އެއާއިއެކު ޝޯބަލަން ތިބި މީހުންގެ އަޑުފަށްގަނޑު މަޑުވެ މިއުޒިކާއި އެއްވަރަށް އަތްޖަހަމުންދިޔައެވެ.

 

(އަމާޒަކީ މިހާރު ތިޔަ ލޯތްބޭ…. ހިތް އަދު ދިނީމެ ލޯބި ދެން ލިބޭތޯ
މަލާއޭ… މަލާއޭ…. މަލާއޭ ކުރޭ ފުން އަސަރު އިނގޭތޯ
ޔާރު މިވަނީ ލޯތްބޭ ޙަޤީގީ…. ޔާރު މިވަނީ ލޯތްބޭ ޙަޤީގީ
ޔާރު މިވަނީ ލޯތްބޭ ޙަޤީގީ…. ޔާރު މިވަނީ ލޯތްބޭ ޙަޤީގީ)

ޔާމީންގެ ހިތްގައިމު ރީތި އަޑުން އެތައްބައެއް ހިތްތަކާ ކުޅެލިއެވެ.

 

(އަމާޒަކީ މިހާރު ތިޔަ ލޯތްބޭ…. ހިތް އަދު ދިނީމެ ލޯބި ދެން ލިބޭތޯ
ޔާރާއޭ… ޔާރާއޭ…. ޔާރާއޭ ކުރޭ ފުން އަސަރު އިނގޭތޯ
ޔާރު މިވަނީ ލޯތްބޭ ޙަޤީގީ…. ޔާރު މިވަނީ ލޯތްބޭ ޙަޤީގީ
ޔާރު މިވަނީ ލޯތްބޭ ޙަޤީގީ…. ޔާރު މިވަނީ ލޯތްބޭ ޙަޤީގީ)

މީރާގެ ރިތި އަޑުން ކިޔަމުން ދިޔަ އެ ކަޑިތަކަކީ ޝިއުރީގެ ދިރިއުޅުމާއި ގުޅި ލާމެހިފައިވާ ކަޑިތަކެކެވެ. އޭނާގެ ނަޒަރު ޝައިމަންމެންގެ ގާތުގައި ހުރި ނަހީކަށް ސީދާވެފައިވާއިރު، އިވެމުން އެދާ ލަފްޒުތަކަކީ އޭނާގެ ހިތުގައި ނަހީކަށްޓަކައި އުފެދިފައިވާ ޝަކުވާއެވެ. ހަމައެހެންމެ ނަހީކަށްޓަކައި އެހިތުގައި އުފެދިފައިވާ ޙަޤީގީ ލޯތްބެވެ.

 

(ހަނދަށްވުރެ ނަޔާ ތާޒާ މޫނޭ ތީ….
ޒުވާން މި ހިތުގައި ވާ ވިންދޭ ތީ….)

އިވެމުންދާ ހިތްގައިމު ލަވައިގެ ޢިބާރާތްތަކަށް ސަމާލުވެލައިގެން ހުރި މިޝަލަށް ޝިއުރީއާއި ދިމާއަށް ބަލާލެވުނީ ޔާމީންގެ ފިރިހެންވަންތަ ރީތިއަޑުން މިކަޑި ކިޔާލުމުންނެވެ. އޭނާގެ ހިތުގައި ވިންދު ޖަހަމުން އެދަނީ ޝިއުރީއަށްޓަކައެވެ. ޝިއުރީދެކެ އޭނާވެސް ވަނީ ޙަޤީގީ ލޯތްބެވެ. ޝިއުރީދެކެ އޭނާ ލޯބިވާވަރު، ޝިއުރީއަށް ހާމަކޮށްދޭން މީގެ ކުރިން ދުވަހަކުވެސް ބޭނުން ނުވާ މިންވަރަށް މިވަގުތު އޭނާގެ ހިތް ބޭނުންވިއެވެ. އެހެނަސް އެފަދަ ފިޔަވަޅެއް އަޅަން އޭނާ ފަސްޖެހުނެވެ.

 

(ހަނދަށްވުރެ ނަޔާ ތާޒާ މޫނޭ ތީ….
ޒުވާން މި ހިތުގައިވާ ވިންދޭ ތީ…..
ފުރާނަ މިއެދޭ އަޅުގެ ދިރުމޭ ތީ….)

މީރާގެ އަޑުން މި ކަޑި ކިޔާލުމުން ޔަލްވީއަށްވެސް ވީ މިޝަލަށް ވީކަހަލަ ގޮތެކެވެ. ޝައުންގެ ރީތި މޫނަށް ބަލަން ހުރެވުނީ އޭނާގެ ހިތުގައި ޝައުނަށްޓަކައި ވިންދު ޖަހަމުންދާކަން އަންގަން ބޭނުންވެފައެވެ. އެހެނަސް އެލޯތްބަކީ އޭނާއަށް ލިބުން ނެތް ލޯތްބެއްކަމަށް މިއަދާ ޖެހެންދެންވެސް އޭނާ އެދަނީ އޭނާގެ ހިތަށް ވިސްނައިދެމުންނެވެ. ނަމަވެސް އޭނާގެ ބަސްނާހަ ހިތް އެކަން ޤަބޫލުކުރާކަށް ބޭނުމެއް ނުވެއެވެ. އެ ހިތް އިންތިޒާރު ކުރަމުން އެދަނީ ޝައުންގެ މިލްކަކަށް އެ ހިތް ވާނެ ދުވަހަކަށެވެ.

 

(ކަލާޔަށް….. ކަލާޔަށް…. ކަލާޔަށް އިޙްސާސްވެސް ނުވޭތޯ…..
ޔާރު މިވަނީ ލޯތްބޭ ޙަޤީގީ….. ޔާރު މިވަނީ ލޯތްބޭ ޙަޤީގީ…..
ޔާރު މިވަނީ ލޯތްބޭ ޙަޤީގީ….. ޔާރު މިވަނީ ލޯތްބޭ ޙަޤީގީ…..)

އިވެމުންދިޔަ ކަޑިއާއިއެކު ޝައުނަށް ޔަލްވީއާއި ދިމާއަށް ބަލާލެވުނީ ޔާމީންގެ އަޑުން އިވެމުން އެދާ ލަފްޒުތަކަކީ، އޭނާގެ ހިތުގެ ގޮވުންކަމަށް، އެ ހިތުން ސިގްނަލް ދޭންފެށުމުންނެވެ. އޭރު ޔަލްވީވެސް ހުރީ އޭނާއަށް ބަލަހައްޓައިގެންކަމުން އޭނާއަށް ޔަލްވީގެ ދެލޮލަށް ބަލާލެވުނީ ޔާމީންގެ އަޑުން ކިޔަމުން އެދާ ލަފްޒުތަކުން ދެމުންދާ މެސެޖުތައް ޔަލްވީއާއި ހަމައަށް ފޯރުކޮށްދެވޭނެ ނަމައޭ ހިތަށް އެރުމުންނެވެ. އެވަގުތު ޔަލްވީ ފެނުމުން އޭނާގެ ހިތަށް ބުނެދޭން ނޭނގޭ ގޮތްތަކެއްވިއެވެ. ޝައުނަށް ޙަޤީގީ ލޯބި ވެވުނީ ޔަލްވީދެކެކަން އޭނާއަށް މިރޭ ހަމަ ރަނގަޅަށްވެސް ޔަޤީންވެއްޖެއެވެ. ސަބަބެއް ނެތިއެއް ނޫނެވެ. ޔަލްވީއަށް ބަލާލުމުން އެ ހިތަށް އެ ވީ ގޮތްތަކަކީ ހަމަ ޔަޤީނުންވެސް މީގެ ކުރިން އެހެން ކުއްޖަކަށް ބަލާލައިގެން ވީ ގޮތެއް ނޫނެވެ. އެންމެ ކުޑަމިނުން އޭނާގެ ލޯބިވެރިޔާ އީޝާއަށް ބަލައިލައިގެންވެސް އޭނާއަށް އެކަހަލަ ގޮތެއް ވެފައެއް ނެތެވެ. އެހެންވީއިރު އޭނާއަށް ޙަޤީގީ ލޯބި މިވެވުނީ އީޝާދެކެއެއް ނޫންތާ އޭ އޭނާގެ ހިތަށް އެރިއެވެ. ޔަލްވީދެކެ އެހިތުގައިވާ ޙަޤީގީ ލޯބި ފަހުމްވުމުން ޝައުނަށް ހިތާއި ދިމާއިން މޭގައި ފިރުމާލެވުނެވެ.

 

(ކަލާގެ ލޯތްބޭ ލޭގައި ހިނގަނީ ސާފް
ހިތަށް މިވާގޮތް އަސްލު ނޭނގޭ ޔާރް)

ޔާމީންގެ އަޑު ދަށުން މިކަޑި ކިޔާލަމުން އަފްލާކް އަޔާނީގެ އަތުގައި ހިފާލީ އެކަޑީގެ ޒަރީއާއިން އަޔާނީގެ ހިތަށް މެސެޖު ފޮނުވާލަމުންނެވެ.

 

(ކަލާގެ ލޯތްބޭ ލޭގައި ހިނގަނީ ސާފް…..
ހިތަށް މިވާގޮތް އަސްލު ނޭނގޭ ޔާރް…..)

އަފްލާކް ލަވައިގެ ތަންކޮޅެއް ކިޔާލުމުން އަޔާނީވެސް މީރާގެ އަޑުދަށުން ހަމަ އެކަޑި ކިޔާލިއެވެ. އެނާގެ ލޭގައި ހިނގަމުންދާ ސާފް ލޯތްބަކީ ޙަޤީގީ ލޯބިކަން ހާމަކޮށްދިނުމަށްޓަކައި އަފްލާކަށް ބަލަހައްޓައިގެން އިނދެ ދެލޯމަރާލަމުން ބޯޖަހާލިއެވެ.

 

(ތިބާ ފެނޭތޯ ކުރެވޭ އިންތިޒާރް…..)

މީރާގެ އަޑުން އިވިގެން ދިޔަ ލަފްޒުތަކުން މިޝްޔާ، ޒިކާން މަތިން ހަނދާންވިއެވެ. އެވަގުތު ހިތަށް އައި ޚިޔާލަކުން ތުންފަތަށް ރީތި ހިނިތުންވުމެއް ވެރިވިއެވެ. އިވިގެން ދިޔަ ކަޑި ހަލުވިކަމާއިއެކު ފޯނުގައި ލިޔެލުމަށްފަހު ވައިބަރގެ ޒަރީއާއިން ޒިކާނަށް ފޮނުވާލިއެވެ.

ފޯން ވައިބްރޭޓްވުމުން މިޝްޔާ ބަލާލިއެވެ. އޭނާ ލިޔެފައި ފޮނުވި ކަޑިއާއި ޖެހިގެން އިން ކަޑި ލިޔެލުމަށްފަހު ޒިކާން ވައިބަރ އިން ފޮނުވާފައި އޮތެވެ.

(ކިޔާދޭނަން…. ކިޔާދޭނަން….
ކިޔާދޭނަން އިޝްޤީ ލައްޒަތެއް ލިބޭތޯ…..
ޔާރު މިވަނީ ލޯތްބޭ ޙަޤީގީ…. ޔާރު މިވަނީ ލޯތްބޭ ޙަޤީގީ….
ޔާރު މިވަނީ ލޯތްބޭ ޙަޤީގީ…. ޔާރު މިވަނީ ލޯތްބޭ ޙަޤީގީ….)

އެ ކަޑި ކިޔާލުމާއިއެކު މިޝްޔާގެ ތުންފަތަށް ރަކި ހިނިތުންވުމެއް ވެރިވީ އެ ކަޑީގައިވާ ޢިބާރާތްތަކުންނެވެ.

 

(އަމާޒަކީ މިހާރު ތިޔަ ލޯތްބޭ…. ހިތްއަދު ދިނޭމެ ލޯބި ދެން ލިބޭތޯ
މަލާއޭ…. ޔާރާއޭ…. މަލާއޭ…. ޔާރާއޭ….. މަލާއޭ/ޔާރާއޭ ކުރޭ ފުން އަސަރު އެނގޭތޯ

މީރާއާއި ޔާމީން ދެންއިން ކަޑި ނުކިޔާ ލަވައަޑުއަހަން ތިބި މީހުންނަށް މައިކް ދިއްކޮށްލުމުން އެތަނަށް އެއްވެ ތިބި އެންމެން އެއްއަޑުން އެބައި ފުރިހަމަ ކުރިއެވެ.

 

ޔާރް މިވަނީ ލޯތްބޭ ޙަޤީގީ….. ޔާރް މިވަނީ ލޯތްބޭ ޙަޤީގީ
ޔާރް މިވަނީ ލޯތްބޭ ޙަޤީގީ….. ޔާރް މިވަނީ ލޯތްބޭ ޙަޤީގީ)

ލަވައަޑުއަހަން ތިބި މީހުންނާ އެއްބައިވެގެން މީރާއާއި ޔާމީންވެސް އެންމެ ފަހު ކަޑި ކިޔާލިއެވެ. ލަވަ ނިމުމުން އެއްވެ ތިބި މީހުންގެ ތަރުހީބުގެ އަޑުން މުޅި ފަޒާ ގުގުމާލިއެވެ.

 

“އަޔާނީ……” ތަރުހީބުގެ އަޑު ކެނޑުމާއިއެކު އަޔާނީގެ ކަންފަތުގައި ޖެހުނީ އަމްހާގެ އަޑެވެ. ސިހިފައި ފަހަތް ބަލާލެވުންއިރު އަމްހާ އައިސް އެމީހުންނާ އަރާ ހަމަވަނީއެވެ. އަމްހާ ފެނުމުން އަޔާނީގެ އިތުރުން އަފްލާކަށްވެސް އިންތަނުން ތެދުވެވުނެވެ. ދެބުމަ ގޮށްޖަހާލައިގެން ރުޅިއައިސްފައިހުރި އަމްހާ ފެނުމުން ދެކުދިންގެ ހިތަށް ސިހުން ގެނުވިއެވެ. ދެކުދިން އެކަކު އަނެކަކަށް ނަޒަރު ބަދަލުކޮށްލީ ދެން ވާނެ ގޮތް ހިތަށްވެސް ގެންނަން ނޭނގުމުންނެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (48)

  1. Song joong ki... KOREAN

    Yeyyy me first. Eeem kehte ehbaeh dhefaharu up vefa eynee

    1. Song joong ki... KOREAN
      Song joong ki... KOREAN

      *keehve

    2. Eemyaa
      Song joong ki... KOREAN

      Yes u first song ☺
      A e eem avas aruvaalaafa ulhunyma sorry.

  2. Eemyaa

    Assalaam Alaikum
    EID MUBARAK to all readers ??
    Heekuran mi part ves kiyuntherinnah kamudhaane kamah ☺☺
    Rangalhah kiyaaves nulaa up kohlee mi
    Mistakes huredhaane faahhaga kohla dhehche ?
    Tgc all
    Ly ???

  3. Song joong ki... KOREAN

    Mock exam ey bunyma havan hama mihaaru ulheveygoih. Busy kamun gos boa halaaku. Hehehe. V vvv salhi mi part vx. Lava kee thankolhun vaki vaki kudhinnah ushaaraaiyy khfa hurigoih baraabaru. 🙂 alhey next part avas plxx. V kiyaa hiyy veyy. Best of luck n waitings. Ly 🙂 🙂 🙂 🙂

    1. Eemyaa
      Song joong ki... KOREAN

      Hehe ?
      Thanks Song ☺ ly too ???

  4. Juvey

    Eid mubarak eem ..v nice story. .????????

    1. Eemyaa
      Juvey

      Thanks Juvey ☺☺☺

  5. aalaa

    Miadhu vaahaka up vehjjetho belun adhadhehvx neyge seriouskoh.. Hama inthixaaru ga indhaa up v … Mi part vx vrh rythi. … Alhey Dhn ayaany mrnnah vaany kihinehbaa…???? Eem save them plx ..hrhehe….
    Waiting for next part..sundayga dhw…. Ily eeemmmm…. N thanks mihaa rythi vaahaka eh genes dheythyy…bye gud nyt.. Tc.. N eid Mubarak eem n readers ….

    1. Eemyaa
      aalaa

      Thanks aalaa ☺☺☺
      Ly too dear ???
      Wc n v happy vejje mivaahaka aalaa ah ehaa reethi v thy ??

  6. Navya

    Eid mubarak eeemmm? mi part ves v reethi. .

    1. Eemyaa
      Navya

      Thanks Navya ☺☺☺

  7. Zish

    eem…valhu eid aky kondhuvaheh tha???..ayaanyyy..mamma thidhany iloshifathi hifaigen..rakkaaveyyyy….
    hahhahahhahaha….story vvv reethi…comment nukurevunas konme dhuvahakau kiyan…hehheh

    1. aalaa
      Zish

      Eid 2 vana dhuvas..

    2. Eemyaa
      Zish

      Valhu eid aky eid ge 2 vana dhuvas ?
      Hehe ?
      Thanks a lot Zish ???

  8. Coco

    Hello eem eid mubarak n story is awsome0

    1. Eemyaa
      Coco

      Hello Coco ?
      Thanks dear ???

  9. ???

    Eid Mubarak eemyaa ☺☺vvv rythi mibaii vess ekamu thannkolheh kuriii mibaii???

    1. Eemyaa
      ???

      Thanks dear ☺☺?

  10. Kitty

    Mira n yaameen ge cover song eh indheytha that song ah if so where can I find that song if anyone knows plx reply

    1. Eemyaa
      Kitty

      Yes indhey

  11. click a shot ?

    Varah salhi mi part and lava ves…mi faharu yaany busted vy kaneyge…thank god yaal salaamai vehje..shiury ge bai kiyaafa rovunu..sajaya ah visneynenama..avahah naheek aa shiury break up kohlaba..eyrah mishal ah shiury ah propose kureveynenun..anyways are you enjoying eid eem..ly

    1. Eemyaa
      click a shot ?

      Thanks click ☺☺☺
      Hehehe ?
      Asluves sajaya ah visneyne nama dw ?
      Hehe ?
      Yes eem eid ga v maja kohlan eba ehnve comment thakah reply ves koh nulevigen mi ulheny hihi ?
      Ly toi dear ???

  12. imagination

    OH MY GODDD… HAAADHA REEEHCHEY.. V EXCITING.. OH GODD.. HAMA BEST!!!!!!
    ❤️❤️❤️❤️?

    1. Eemyaa
      imagination

      Thanks imagination ☺☺☺
      Aww v happy vehjje vaahaka ehaa kamudhiya ee thee ???

  13. Xidhan

    Eid mubarak eem… mi part vess varah salhi… bust vee dhw ayaanyy… hehe dhen vaane gothakah inthizaaru kohlan ??

    1. Eemyaa
      Xidhan

      Thanks Xidhan ☺☺☺
      Hehe ?
      Keep waiting ???

  14. khajja

    Ohhh wow?? masha allah v rythi v furihama ?? mifaharu amhaa ethanuga drama eh nukulhuniyyaa vedhaane ??? ayaany ladhugannan jeheyvaru kamennuhingachchey?? whn nxt prt avas kolladhybala n eid mubaarak ly????❤❤?????

    1. Eemyaa
      khajja

      Thanks khajja ☺☺☺
      lets see dw ?
      Ly too dear ????

  15. boabi

    i really like the story. this is my first time commenting on this story i guess v.v , hope i’ll get to read the next part soon. yeah! just wanted to say this, your stories are awsome ^.^

    1. Eemyaa
      boabi

      Thanks boabi ☺☺☺
      V happy vejje comment kohleema ?
      Hehe thanks a lot ???

  16. Aif

    Lava nimmaalamun alhaaly bodu bomeh??????

    1. Eemyaa
      Aif

      Oh yeah dw hehe ?

  17. Cher

    varah salhi..thankolheh kuruhn hiivanii..but hama nala mi part vx..whn nxt part up vanii

    1. Eemyaa
      Cher

      Thanks Cher ☺☺??

  18. Solo

    Mi story ga mi in lava ya kiyany kon nameh n story v salhi

    1. Cher
      Solo

      mi story ah e kiyanii e lavige nan

    2. Eemyaa
      Solo

      Yaar mi vany loibey hageegee ☺☺
      Cher ???

  19. aish

    Mi baa v nala. Coment nukuriyas gavaadhun stry kiyan. Mi part ga in lava v reethi. Ane part ah inthixaaruga hurin

    1. Eemyaa
      aish

      Thanks aish ☺☺
      Next part maadhan genesdheynan In Sha Allah

  20. Xna

    Alheyyy haadha ranglhu ekuverin kolhekey??. V rythi vaahaka..

    1. Eemyaa
      Xna

      Dhw ? namoonaa kudhinkolheh hama ???
      Thanks Xna ???

  21. star

    Kobaatha aneh baa

    1. Eemyaa
      star

      Maadhan genesdheynan In Sha Allah ☺

  22. ???

    Eemya dhooniii kobaiiitha vaahaka ge aabaii?

    1. Eemyaa
      ???

      Dear next part maadhan genesdheynan In Sha Allah ☺☺☺

    2. Eemyaa
      ???

      Sorry readers ?
      Eid v ma next part genesdhinun las v
      Eem ah hama time nuvy
      Bt maadhan e part genesdheynan In Sha Allah ??
      Good nyt tgc ???

  23. i love kpop

    eem cant wait..avahah up kollaba

Comments are closed.