Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަބިރުވެރިއެހެނިހެންލޯބި

ވައިވީމަ – (1) ދިމާވުން

A.S.Cain Level 110 Stories
September 1, 2017 2 Mins Read
15 Comments

ވަރަށް ބޯކޮށް ވާރޭ ވެހެމުންދިޔަ ރެޔެކެވެ. އަހަރެން ދިޔައީ ފްރެންޑެއް ބުނެގެން އޭނަ ބަލާ ޓަރމިނަލް އަށެވެ.
ރާއި އަކީ އަހަރެންގެ އެންމެ ގާތް އެކުވެރިޔާއެވެ. ވެހޭހައި ވާރެއަކާ ދޭހައި އައްވަކަށް ރާއި ބުނެފިއްޔާ އަހަންނެއް ނުބަލަމެވެ. ރާއި ނަގައިގެން އަހަރެންގެ ސައިކަލުގައި ދެންދިޔައީ ކޮފީއެއް ބޯންށެވެ. އަތިރިމަތީގައި ހުރި ކޮފީ ޝޮޕަކައް އަރައި ބެލްކަނީއާ ޖެހިގެންހުރި މޭޒެއްގައި ޖައްސައިފީމެވެ.
“ކޮބާ ބްރޯ؟ އިންޑިއާގެ ހުރުން ކިހިނެތް؟” އަހަރެން ރާއި އާއި ސުވާލު ކޮއްލީމެވެ.
“ރަނގަޅު. ގޯހެއްނޫން. ހަދަންދިޔަ ކޯސް ދެން މިއެއްކޮށް ނިންމާލީ.” ރާއި ޖަވާބު ދިނެވެ. ރާއި ހުރީ ވަރަށް ވައި ގޮތަކަށެވެ.
އެއްޗެކޭ ބުނުން ރަނގަޅުހެނެއް އަހަންނަށް ހީނުވާތީ ކޮފީ އައުމުން ކޮފީ ބޯން ގޮނޑިއަށް ވެއްޓިގަނެގެން އިނީއެވެ.
“ކިހިނެތްތަ ކަންތައްތައް؟” ރާއި ފޯނާ ކުޅެން އިނދެފައި އަހާލިއެވެ. “އަޑުއެހިން އަންހެނެއް ގެންގުޅޭވާހަކަ. ހަންނާނު ބުނީ ކުރިންދުވަހު، މެސެންޖަރއިން ދިމާވެގެން.”
“އަނ! ޔެއަރ! އެ ފްރެންޑެއް. އަހަރުން ގެއާ ޒާޔަރ ގެ ގެއާ އެހާ ދުރެއްނުވާނެ.” އަހަރެން ކިޔައިދިނީމެވެ. “އޭނައާ ފްރެންޑްވާން ވާނެ އިނގެ. އެއީ ވަރަށް ކޫލް މަންޖެއެއް.”
ރާއި އެއްބަސްބުމުގެ ނިޔަތުގައި ބޯޖަހާލިއެވެ. ދެން އެނބުރި ފޯނުގެތެރެއަށް ގެއްލި ހުސްވެއްޖެއެވެ.

***************

ހަފްތާއެއް ވެއްޖެ އެވެ. ރާއިއާ ދިމާކުރަންއުޅުމަކީ ކަނޑުހިއްކުން ކަހަލަ ކަމަކައް ވެއްޖެއެވެ. އެންމެފަހުން އޭނައަށް ގުޅާހިއްވެސް ކެނޑިއްޖެއެވެ.
ވަރަށް ސާފުވައި ޖެހޭ ދުވަހެކެވެ. އެހާމެ ވައިވެސް ދުވަހެކެވެ. އަހަރެން އިނީ ސައިކު މަތީގައި ސިގިރެޓެއް ބޯށެވެ. ކުއްލިއަކަށް ފަހަތުން މީހަކު ގައިގަހިފާ ބައްދާލިއެވެ. އަންހެނަކު ބައްދާގޮތަށެވެ. އަހަރެން އެ ހިމަ އަތުގައި ހިފާ އަހަރެންގެ ކުރިމައްޗައް އެމީހަކު އެރުވީމެވެ. އެއީ ކަހުލާ އެވެ. ކަހުލާ ހުންނަނީ ހިކިކޮށެވެ. އިސްތަށިގަނޑު އޮންނަނީ ދިގުކޮށް ފަހަތައް ވައްޓާލާފައެވެ. ކަހުލާ ލައިގެން ހުރީ ކަޅު ކުލައިގެ ދިގު ހެދުމެކެވެ. އަތުގަ އަޅާއެއްޗިސް ހުރީ ކަޅުކުލައިންނެވެ. ތުންފަތުގަ ހުރީ ކަޅުލިޕްސްޓިކް އެވެ. އެކަމަނާގެ މުޅި ހަޔާތް ކަޅުކޮއްލިފަދައެވެ.
“ކޮބަ ކޮންކަމެއް އޮތީ؟” ކަހުލާ ހިނިތުންވެލާފައި އަހާލިއެވެ.
“ކޮންކަމެއް ބޭނުންވަނީ؟” އަހަރެން ހުރީ ހެސްކިޔާފައި ވައިވެފައެވެ.
“ހިނގާބައި ތަނަކަށް ދާންމަށާއެކު.” ކަހުލާ އެދުނެވެ.
“ހަމަ ދާންވީ! އަރާ ފަހަތައް.” އަހަރެން ސައިކު ސްޓާޓް ކޮއްލައިފައި ކަހުލާ ގޮވައިން ދިޔާމެވެ.
ދުއްވަމުންގޮސް ބުރިޖު ހުރަސްކޮށް ދެވުނީ މާލެ ދޫކޮށްލާފައި ހުޅުމާލެއަށެވެ. އަދިވެސް ހުއްޓާކަށް ކަހުލާއެއް ނުބުނެއެވެ. އަތިރިމަތީގައި ހުރި ހަދާ އިމާރާތެއް ކުރިމަތީގައި ކަހުލާ އެދިގެން މަޑުކޮއްފީމެވެ. އޭރު ގަޑިން ރޭވެ 7:00 ޖަހައިފިއެވެ. ކަހުލާ ސައިކުން ފައިބައިފައި ފޯނުނަގައި ގުޅަންފެށިއެވެ.
“ކާކަށްތިގުޅަނީ؟” އަހަރެން އެހީމެވެ. ސައިކު ޕާކުކުރާ ހިޔާލެއް އަހަރެންގެ ނެތެވެ.
“އޭ! މިހިރީ އެތާނގަ މިހާރު. އާދޭ!” ކަހުލާ ވާހަކަ ނިންމާލަމުން ފޯނު ޖީބައްލައިފައި އަހަރެންގެ ކުރިމައްޗައް އެރިއެވެ. “ޒެޑް ތި ސައިކަލު ބަހައްޓާފަ އާދެބަލަ މަށާއެކީ.” ކަހުލާ ބޮޑާހާކާފާޑަށް އުޅެންފެށުމުން އަހަރެން ސައިކު ޕާކު ކޮށްފައި ކަހުލާ ފަހަތުން ހަދާ އިމާރާތާ ދިމާލައް ހިނގައިގަތީމެވެ.
ކަހުލާގެ ބޭނުމަކީ ކޮބައިކަމެއް އަހަންނަކަށް ނުވިސްނުނެވެ. ކަހުލާއަކީ އަހަރެންގެ މާމައަށް ދޮންމާމަކިޔާ ކުއްޖެކެވެ. އެކަމުވެސް އަހަންނަށް ދެކެވެނީ ކޮއްކޮއެއްގެ ގޮތަށެވެ. ސަބަބަކަށްވީ ވަރަށް ކުޑައިރު އަހަރުން ދެމީހުން މާމަ ކައިރީގައި އެކުގައި ދުވަސްތަކެއް އުޅެންޖެހުމުންނެވެ. އާއިލީ މައްސަލަތަކެއްގެ ތެރެއިން ދިމާވި ކަމެކެވެ. އެދުވަސްތަކުން ފެށިގެން ކަހުލާ އާއި އަހަރެންގެ ދޭތެރޭގައި ވަރަށް ގާތް ގުޅުމެއް އޮވެއެވެ.
އިމާރާތުގެ ދޮރާހަމައަށް އާދެވިއްޖެއެވެ. ކަހުލާ ހުއްޓިފައި އަހަންނާ ދިމާލައް އެނބުރިގަތެވެ. އަހަރެންގެ ހިތް ތެޅެންފަށައިފިއެވެ. ރަނގަޅެއްނޫނެވެ. ވަރަށް
ހާސްވާން ފަށައިފިއެވެ.
“ލޯ މަރާބަ” ކަހުލާ އެދުނެވެ.
“ނޫން. ކީއްކުރަން މިތަނަށް ތިއައީ؟ ކޮންބޭނުމަކު؟” އަހަރެން ކަހުލާއާއި ސުވާލު ކުރަން ފެށީމެވެ.
ކަހުލާ ހިނިތުންވެލިއެވެ. ތަން އަނދިރިއަސް އެކަކު އަނެކަކު ސާފުކޮށް ވަކިކުރެވެއެވެ. ދުއްވާ އުޅަނދެއްވެސް މި މަގަކުން ދަތުރެއް ނުކޮއްލައެވެ. އުޑުމަތީގައި ހުސް ތަރިއެވެ. ވަރަށް ވައިވެސް މަޑެވެ. ވަށައިގެންހުރި މަދު ގަސްކޮޅުގެ ފަތްތަކަށް ކިރިއާ ގުޑުންއަރާވަރަށެވެ. މިއީކީ އަހަރެން ހުވަފެނުންވެސް ދެކެން ބޭނުންވި ރެއެއް ނޫނެވެ.

ނުނިމޭ…..

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

A.S.Cain

Level 110 Stories

Other Articles

Previous

ތިޔަ ދިން އުފާ 7

Next

ތި ލޯތްބަށްޓަކައި (3)

Next
September 1, 2017

ތި ލޯތްބަށްޓަކައި (3)

Previews
September 1, 2017

ތިޔަ ދިން އުފާ 7

15 Comments!

  1. khajja says:
    September 1, 2017 at 1:43 am

    Stry rythi ekam haadhakurey kihineiy thihedhy but nxt prt dhigukoh avahah up kollaane kamah ummydhukuran gud nyt ly n eid mubaarak????❤❤?????????

    1. A.S.Cain says:
      September 1, 2017 at 2:35 am

      @khajja thank you. next part dhigukohleveytho balaanan. gudnyt. 🙂 Eid Mubarak.

  2. ??? says:
    September 1, 2017 at 9:26 am

    Vvvvv reeti pls digukolachley
    Nxt part
    Eid Mubarak A. S Cain

    1. A.S.Cain says:
      September 1, 2017 at 9:37 pm

      Hi, Eid Mubarak to you too. ya will do my best. 🙂

  3. datha says:
    September 1, 2017 at 12:51 pm

    Vvv foohi vaahakae

    1. A.S.Cain says:
      September 3, 2017 at 3:47 pm

      Ty for the feedback. 🙂

  4. Manna says:
    September 1, 2017 at 7:08 pm

    Vrh reethi vaanehen heevanee

    1. A.S.Cain says:
      September 3, 2017 at 3:48 pm

      Ty @Manna. 🙂

  5. Anonymous says:
    September 1, 2017 at 10:03 pm

    Ekyvve vaivefa adhi saiku kiyany….reethi koh bas thah beynun kuryma nun story furihama vaanee?? ???
    EIDH MUBAARIK….i think that this story is intresting…lets see dhww…
    ??????????

    1. A.S.Cain says:
      September 3, 2017 at 3:49 pm

      Ty for the feedback. And Eid mubaarik to you too. 🙂

  6. Kuda Kamana says:
    September 2, 2017 at 6:04 am

    Ey aslu salhi vaahaka ekey me. V habeys vaanehen heevey mi vaahaka. Next part ah inthizaaruga mihuree..

    1. A.S.Cain says:
      September 3, 2017 at 3:49 pm

      Ty @kuda kamana. 🙂

  7. A.S.Cain says:
    September 3, 2017 at 3:46 pm

    Dear readers, thank you for the responses. Dhigukoh chapter thah genesdheveytho masaikai kuraanan and Eid mubarak to you all.

  8. Anthrizoo says:
    September 7, 2017 at 11:36 pm

    Reethi

    1. A.S.Cain says:
      September 16, 2017 at 4:41 am

      thank you @Anthrizoo 🙂

Comments are closed.

Next Episodeވައިވީމަ – (2) އައު ހަޔާތެއް←


All Right Reserved!