Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ތިޔަ ދިން އުފާ 7

seym Level 310 Stories100 Login100 Comments
September 1, 2017 3 Mins Read
9 Comments

ލާމިހްއައް ހީކުރެވުނީ ހުސެން ސަމާސާ ކުރަނީކަމަށެވެ. ހާސްކަމުގެ ތެރެއިން ހިނިގަނޑެއް ޖަހާލަމުން ހުސެންގެ މޫނަށް ބަލާލީ އެއީ ސަމާސާއެއްތޯ ޔަގީން ކުރުމުގެ ގޮތުންނެވެ. ނަމަވެސް ހުސެންގެ މޫނުމަތިން ފެނުނީ ހަމަ ކުރިންވެސް ފެނުނު ސީރިއަސް ކަމެވެ. ލާމިހްގެ އަނގައިން ވޭނީ އާހެއްގެ އަޑު އިވިގެންދިޔައެވެ. ބުނާނެ އެއްޗެއް ނޭނގިފައި އިނދެވުނީ ހިތަށް ކުރި އަސަރެއްގެ ބޮޑުކަމުންނެވެ. “ބަޓް ޝީ ލުކްސް ސޯ ޔަންގް” ލާމިހް އަށް އަދިވެސް ގަބޫލްނުކުރެވެނީއެވެ. މީހެއް ހުންނަ ގޮތަކުން ނުވަތަ މީހެއްގެ ސިފައަކުން އެމީހަކާ ބެހޭ އެއްވެސް އެއްޗެއް ނޭނގޭނެކަން ލާމިހް އައް ދަސްވެއްޖެއެވެ. “ޔާ..ޝީ އިޒް ޖަސްޓް ނައިންޓީން..” ހުސެން ގެ ޖަވާބު ލިބުމާއެކު ލާމިހްއައް އިސްޖަހާލެވުނެވެ. ފުރަތަމަ ފަހަރަށް ހަޔާތުގައި ނާކާމިޔާބީ އާއި ކުރިމަތިލާންޖެހިއްޖެއެވެ. ނޭނގިނަމަވެސް ގޯހެއް ހެދިއްޖެކަމުގެ އިހްސާސް ކުރެވިއްޖެއެވެ. “ލާމީ..އެކަންތަކާ ނޫޅޭ..އޮފީހުގަ އުޅޭ އަމްރާ އެހުންނަނީ ލާމީ އާ ހެދި މޮޔަވެފަ..ބަލާލަން ހުތުރެއް ނޫން..” ހުސެން ދައްކާ އެއްވެސް ވާހަކައެއް ލާމިހްއައް އަޑުނީވޭ ކަހަލައެވެ. ފެނުނީ ކުއްލިއަކަށް އިން ތަނުން ތެދުވިތަނެވެ. “ހުސެން..އަހަރެން ކާހިތެެއް ނެތް..ކުޑަ ކަމަކު ގެއައް ވެސް ގޮސްލަންޖެހޭ އެބަ..” ލާމިހްއައް އައި ބަދަލު ހުސެން އަށް ފާހަގަކުރެވުނެވެ. ވިއްސާރަކުލަވަރު ފާއްދާލާފައި ވާއިރު މަގުމައްޗައް އަނދިރިކަން ވެރިވެފައިވެއެވެ. ބެގީނައްޓާލަމުން ލާމިހް ސައިކަލަށް އަރާ މިސްރާބުޖެހީ ގެއަށް ދިއުމަށެވެ. ޖެހެމުންދިޔަ ވަޔާއެކު އިސްތަށިގަނޑުގެ ތަރުތީބު ވަނީ ގެއްލިފައެވެ. އޭނާއައެް ހިތް މިދެވުނީ މީހެއްގެ ހައްގަކަށެވެ. “ސަޕްރައިޒް..” ވިސްނުމުގައި ހުރެ ގެއައް ވަތް ލާމިހް ސިހުނީ އާނާގެ ޅަ އަޑުން އެހެން ބުނެ ފައިގައި ބައްދާލުމުންނެވެ. އާނާ އުރާލަމުން ހިނގައިގަތް ލާމިހް އައް ހުއްޓެވުނީ ސިޓިންގް ރޫމް ސޯފާގައި ތިބި މަންމައާއި ބައްޕަ ފެނުމުންނެވެ. ކައިރީ ހިނިތުންވެލައިން ލޫނާއާއި ރާމިޒް ވެސް ތިއްބެވެ. ކުޑަހިނދުކޮޅަކައް ނަމަވެސް އީރަމްގެ ހިޔާލުތަކުން ދުރުވެވި ލާމިހްގެ ހިތަށް ހަމަޖެހުން ގެނެސްދިނެވެ. މަންމަމެން އެ ފެނުނީ ހާދަ ދުވަހެއް ކޮއްފައެވެ. “ލާމީ ދަރިފުޅާ..” ހަދީޖާ ތެދުވެގެންގޮސް ލޯތްބާއެކު ލާމިހްގެ ބުރަކަށިގައި ފިރުމާލިއެވެ. އާނާ ތިރީގައި ބަހައްޓަމުން ލާމިހް ހަދީޖާ ގައިގައި ބައްދާލިއެވެ. އެމަންޒަރު ބަލަން ހެވިފައި ލާމިހްގެ ބައްޕަ ރަޝީދު އިނެވެ.

 

އޮފީސް ނިންމާލުމައްފަހު އީރަމް ހަނާއާއެކު ދިޔައި އެގެއަށެވެ. ނާއިލް ގޭގައި ނޫޅޭނެކަން އެނގިހުރެ އެކަނި ގޭގައި ވަގުތުތައް ހޭދަކުރަން މިހާރު އީރަމް ބޭނުންނުވަނީއެވެ. ހަނާމެންގެއަށް ދިޔައިރު ލޫނާ އިނީ ހަމްދާންއަށް ސުކޫލްފިލާވަޅެއް ބުނެދޭށެވެ. ސޯފާގައި ފޮތެއް ކިޔަން ހަނާގެ މަންމަ ޒުބޭދާ އިނެވެ. އީރަމް ފެނުމާއެކު ހާލުއަހުވާލު އޮޅުންފިލުވާލިއެވެ. ޒުބޭދާ އާއި ވާހަކަދައްކާލަން އީރަމް މަޑުކުރުމުން ހަނާ ކޮޓަރިއައް ވަނީ އެއްޗެެހި ބަދަލުކޮއްލާށެވެ. ހަނާ އެތެރެއައް ވަދެ ދޮރު ލެއްޕުމާއެކު ހައިފާ އިން ތަނުން ތެދުވެއްޖެއެވެ. ހަނާ ގެއައް އަންނާނެ އިރެއްގެ އިންތިޒާރުގައި އިންނަތާ ކޮންއިރެއްހެއްޔެވެ. ހަލުވި ހިނގުމެއްގައި ގޮސް ދޮރު ތަޅުގައި ހިފާލިއިރު ހުރީ ތަޅުލާފައެވެ. ސޯފާގައި އިން އީރަމްއައް އަވަސް ނަޒަރެއް ދެމުން ދޮރުގައި ވަރަށް މަޑުމަޑުން ޓަކިޖަހާލިއެވެ. ހީވަނީ މީހަކަށް އަޑުއިވިދާނެތީ ބިރުން އުޅޭހެންނެވެ. އީރަމް އައް ފެނިދާނެކަމަށް އިރުއިރުކޮޅާ އެދިމާއައް ބަލާލައެވެ. ކުއްލިއަކަށް ހަނާ ދޮރުހުޅުވާލުމާއެކު ދޮރުގައި ތަތްވެގެން ކަހަލަ ގޮތަކަށް ހުރި ހައިފާ އެތެރެއައް ނުވެއްޓުނީ ކިރިޔާއެވެ. އަވަސް ހަރަކާތަކާއެކު ކޮޓަރިތެރެއަށް ދެމިގަންނަމުން ދޮރުލައްޕައި ތަޅުލިއެވެ. “ޔޫ ވޯންޓް ބިލީވް އިޓް” ހައިފާ ދެލޯ ބޮޑުކޮއްލަމުން ހަނާ އަށް ކިރިޔާ އަޑުއިވޭ ވަރަށް ބުނެލިއެވެ. ކަމަކާ އުފާވެފައިވާކަން އެމޫނުމަތިން ހާމަކޮއްދެއެވެ. ލާމިހް އީރަމްދެކެ ގަޔާވާކަން އެންމެ ސިކުންތަކުވެސް ހަނާގާތު ނުބުނެ ދެން ނުހުރެވޭނެއެވެ. އީރަމްއައް އުފަލެއް ލިބެން އޮތްނަމަ އެކަމަކަށް އެއްބާރުލުންދޭން ހައިފާ ބޭނުންވެއެވެ. “ކޯއްޗެއް” ހަނާވެސް ދެލޯ ބޮޑުކޮއްލަމުން ހައިފާކައިރީ އަހާލީ ވައި އަޑުންނެވެ. ހައިފާ އުޅޭގޮތުން ހަނާ ހުރީ މަޖާވެފައެވެ. “ހުސެންގެ ފްރެންްޑެއް މިގެއަށް އަޔެއްނުން..ލާމިހް..ހީ ލައިކްސް އީމް..” ހައިފާ ޖޯޝާއެކު  ބުނެލިއެވެ. ހަނާ އަނގަމަތީ އަތް އަޅާލުމާއެކު ދެންފެނުނީ ހައިފާގައިގައި އޮޅުލައިގަތް ތަނެވެ. ހަނާގެ އެދުމަށް ހައިފާ ހުރިހާ ވާހަކައެއް ކިޔައިދިނެވެ. “ދޮންތާ..ކީއްކުރަން ބުނީ އީމް މެރީޑް އޭ..ނާއިލް ނަމެއްގަ އެހުންނަނީ..ހާދަ ފޫހިވާ ފިރިހެނެކޭ އެއީ..” ހަނާ މޫނަށްވައްތަރު ޖައްސާލަމުން ބުނެލިއެވެ.  “ހަނާ އަށް އިނގެއެއްނު އީމް އަދިވެސް ނާއިލް ދެކެ ލޯބިވާކަން.. ނާއިލް ބަދަލުވެދާނެކަމަށްް އީމް އެ ހުންނަނީ..ދޮންތަ ބޭނުންނުވީ އޮޅުވާލުމެއްގެ ތެރޭގައި ލާމިހް ބަހައްޓަން..” ހައިފާ ޖަވާބުދިނެވެ. “އީމް އަށް ބޭނުންވަނީ އަޅާލުން.. އޭނަދެކެ ލޯބިވާ ކެއަރ ކުރާނެމީހެއް.. ކޮންމެ ކަހަލަ ކަމެއް ކުރިމަތި ވިޔަސް އެކީވާނެ މީހެއް.. ނާއިލް ނޫން އެހެންމީހެއްގެ ފަރާތުން ލޯބި ލިބޭ ދުވަހަކުން ޝީ މައިޓް މޫވް އޮން..” ހައިފާ ހަނާގެ ވާހަކައަށް އެއްބަސްވުމުގެ ގޮތުން ބޯ ޖަހާލިއެެވެ. “ފުރަތަމަ ލާމީ އާއި އީމް ވާހަކަދައްކައިގެންނެއްނު.” ހައިފާ މާޔޫސް ކަމާއެކު ބުނެލިއެވެ. “ކޮންމެވެސް ގޮތެއް އޮންނާނެ..” ހަނާ އެހެން ބުނުމާއެކު ދޮރުގައި ޓަކިދިން އަޑުއިވުނެވެ. “ހަނާ..” އީރަމްގެ އަޑު އިވުމާއެކު ދެމީހުންނައް އެކަކު އަނެކަކަށް ބަލާލެވުނެވެ. “އީމް އަށް އެނގިއްޖެއްޔާއޯ..އެން އައި ކާންޓް ސްޓޮޕް ސްމައިލިންގް..” ހައިފާ ހާސްވެފައި އިންއިރުވެސް އިނީ ފާޑަކަށް ހެވިފައެވެ. ހަނާ އިރުކޮޅަކު ވިސްނަން އިނުމަށް ފަހު ހައިފާގެ އަތުގައި ވަރަށް ބާރަށް ވިކައިގަތެވެ. “އައްދިޔޯތް..ތަދު ވެއްޖެއޭ..” އަތް ދަމައިގަންނަމުން ހައިފާ ބުނެލިއެވެ. ވީ ތަދުން ލޮލުން ފެންވެސް އަތުވެއްޖެއެވެ. ހަނާ އަވަސް ހިނގުމެއްގައި ގޮސް ދޮރު ހުޅުވާލިއެވެ. “ކީއްތަތިކުރަނީ ދޮރު ތަޅުލައިން..” ކޮޓަރިއަށް ވަންނަމުން އީރަމް އަހާލިއެވެ. އެވަގުތު އެނދުގައި އިށީދެއިން ހައިފާ ފެނިއްޖެއެވެ. އެ ދެލޯ ފެންކަޅިވެފައިވާ އިރު އިނީ އަތުގައި ހިފަހައްޓާލައިގެންނެވެ. “ހައި..ކިހިނެއްވީ..ރޮނީތަ؟..” އީރަމް ހައިފާ ކައިރީ އިށީންނަމުން އަހާލިއެވެ. ހައިފާ އެއްޗެކޭ ބުނަންވާއިރައް ހަނާ އައިސް އީރަމް ކައިރީ ހުއްޓިއްޖެއެވެ. “މި ދޮންތަ ހުސެން އާ ފައިޓް ކޮއްފަ އެކަމާ ދެރަވެގެން ރޮނީ..” ހަނާ ބުނިއެއްޗަކުން ހައިފާ ލޯ ކުޑަކޮއްލަމުން ހަނާ އާއި ދިމާލަށް ބަލާލިއެވެ. “އެ ތެދެއް..ކިހިނެއްވީ.” އީރަމް ވެގެންއުޅޭގޮތް އޮޅުންފިލުވޭތޯ ބެލިއެވެ.

 

ރޭޭގަނޑު ކާންއިން ލާމިހް ގެ މޫނުމަތި ވަނީ މިލާފައެވެ. ތަށީގައި ހުރި ނޫޑްލްސް ކޮޅު ކާހިތްނުވެފައި އިންއިރު ކާމޭޒު ކައިރީ ދެކެވެމުންދިޔަ ވާހަކަތަކަށް ޝައުގުވެރިކަމެއްނެތެވެ. ލާމިހް އައް ސަމާލުކަންދީގެން އިން ހަދީޖާ އަށް އެކަން ފާހަގަކުރެވުނެވެ. “ލާމީ..ބަލީތަ..” މިއަދު ލާމިހް ފުރަތަމަ ފެނުނު އިރުއްސުރެ އެ މޫނުމަތިން އުފާވެރިކަމެއް ނުފެނެއެވެ. “ނޫނޭ މަންމާ..ކުޑަކޮއް ބޮލުގަރިއްސާތީ މިއުޅެނީ” ލާމިހް ހިނިތުންވެލަން މަސައްކަތް ކުރަމުން ބުނެލިއެވެ. “ދަރިފުޅު  ދާންވީނުން ބޭސްކައިގެން އަރާމުކޮއްލަން” ރަޝީދު ލޯތްބާއެކު ބުނެލިއެވެ. ލޫނާ ތެދުވެގެން ގޮސް ޕެނަޑޯލް ގުޅައެއް ގެނެސްދިނުމުން އެކައިގެން ލާމިހް ދިޔައީ ކޮޓަރިއަށެވެ. އެނދުގައި ހުރަހައް އޮށޯވެލަމުން ލާމިހް ލޯ މަރާލިއެވެ. އީރަމް އެއީ މީހެއްގެ ހައްގެއްކަން އިނގޭއިރުވެސް އެ ހިޔާލުތަކުން ދުރުވެވޭގޮތެއް ނުވިއެވެ. ކައިވެންޏެއް ކޮށް އުފަލުގައި އުޅޭނަމަ އެ މޫނުމަތިން އުފާވެރިކަން ނުފެންނަނީ ކީއްވެ ހެއްޔެވެ. ލާމިހް ނެގި ފޮޓޯގަނޑުން ފެންނަ ކަރުނައިގެ ފަހަތުގައި ފޮރުވިފައިވާ ސިއްރަކީ ކޮބާހެއްޔެވެ. އެ ސުވާލުތަކުގެ ޖަވާބު ހޯދަން ލާމިހް ބޭނުންވެއެވެ. ކައިރީ އޮތް ފޯނު ރިންެގް ވާން ފެށުމުން ލާމިހް ފޯނަށް ބަލާލިއެވެ. ގުޅަނީ ނުދަންނަ ނަންބަރަކުންނެވެ.

 

 

 

 

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

seym

Level 310 Stories100 Login100 Comments

Bookworm. ? 23. ? ~ Because i am in love with the world in my head.~ ?

Other Articles

Previous

02:30 ސަތާރަވަނަ ބައި

Next

ވައިވީމަ – (1) ދިމާވުން

Next
September 1, 2017

ވައިވީމަ – (1) ދިމާވުން

Previews
August 31, 2017

02:30 ސަތާރަވަނަ ބައި

9 Comments!

  1. seym says:
    September 1, 2017 at 12:22 am

    Hope you all will enjoy reading this part too. Goodnight and Eid Mubarak. ❤️?

  2. ????? says:
    September 1, 2017 at 12:37 am

    Eid mubarak seym. … beautiful story no waitingss?????❤❤❤ gud nyt…

  3. ????? says:
    September 1, 2017 at 12:42 am

    Eid mubarak seym. … beautiful story n waitingss?????❤❤❤ gud nyt…

    1. ????? says:
      September 1, 2017 at 12:49 am

      Yeyyy… seym ge story ah this time I got first??????

  4. khajja says:
    September 1, 2017 at 1:37 am

    Masha allah v v loabi stry whn nxt prt avas kolladhybala haifaa noony hanaa dhw laamy ah e gulhany laamy n eeram gulhuvachchey gud nyt ly eid mubaarak to all ???❤❤???????

  5. Petite says:
    September 1, 2017 at 3:08 am

    Amazing ???❤

  6. saner says:
    September 1, 2017 at 10:07 am

    Masha Allah vara reethi

  7. Chum says:
    September 3, 2017 at 10:43 pm

    Dear koba next part
    Story rythi vyma hama beleny

  8. ??? says:
    September 3, 2017 at 10:53 pm

    Mi vaahakaiige aabai nerenii konn irakunn

Comments are closed.

Next Episodeތިޔަ ދިން އުފާ 8←


All Right Reserved!