ދުވަހަކަށް ފަހު ދުވަހެއް ނިމިގޮސް މަސްތަކެއް ފާއިތުވެދިޔައިރު އީރަމްއަށް ނާއިލް އާއި ނުލާ އުޅެން އާދަވެއްޖެއެވެ. ބައެއް ވަގުތު ތަކުގައި ނާއިލް މަތިން ހަނދާންވިނަމަވެސް އީރަމް ބަލަނީ އެ ހަނދާންތަކާ ދުރުވެވޭތޯއެވެ. އީރަމްގެ އަޒުމަކީ އެހެން މީހަކަށް ބަރޯސާ ނުވެ އަމިއްލަ އަށް އުފާވެރި ދިރިއުޅުމެއް ހޯދުމެވެ. އެންމެ ލޯބިވާ ކަމަށް ބުނެ އުމުރަށް އެކީ އުޅެން ވައުދުވާ މީހާ ވެސް ފަހުވަގުތު ކަންތައްކުރާނެ ގޮތެއް ނޭނގޭނެކަން އީރަމް އަށް ދަސްވެއްޖެއެވެ. ގާތް ރައްޓެހިންނާއި އޮފީސް މީހުން އީރަމް ފެނިއްޖެ […]
ދޮރު އެތެރެއަށް ހުޅުވާލުމާއެކު މައިސަރާގެ ނޭފަތުގައި އައިސް ޖެހުނީ ލުއިލުއި މީރު ވަހެކެވެ. އަނދިރިކަން ވެރިވެފައިވާ ކޮަޓަރި ތެރެއަށް ވަދެލުމަށްފަހު މައިސަރާ ފާރު ކައިރިއަށް ގޮސް ލައިޓްތައް ޖައްސާލިއެވެ. އެއާއެކު މުޅި ކޮޓަރިތެރެ ހުދުކުލައިގެ ގަދަ އައްޔަކުން އަލިވެގެން ދިޔައެވެ. ފެނުނު މަންޒަރުން މައިސަރާ އަށް އަނގަމަތީގައި އަތް އަޅާލެވުނެވެ. ކޮޓަރީގެ ހަތަރުފާރަށް ވަކިވަކިން ބަލާލެވުނެވެ. އެނދުމަތީގައި އެންމެ ރުލެއް ވެސް ނެތް އިރު ކޮޓަރި ހުރީ ފޮޅާ ސާފުވެސް ކޮށްފައެވެ. ޑްރެސިންގ ޓޭބަލް މަތީގައި އަޅާފައިވާ […]
ކައިވެންޏަށް ގާޒީ އާއި ދެ ހެކިވެރިންނާއި އެހެނިހެން މީހުން އެއްވިއިރުވެސް ނައިނާ އާއި އައިޒަންއަށް ވަކިން ވާހަކަ ދައްކާލެވޭނެ ވަގުތެއްވެސް ނުލިބުނެވެ. ގާތް ގާތުގައި ބަހައްޓާފައިވާ ދެ ގޮނޑިގައި ދެމީހުން އިށިނދެ އެކަކު އަނެކަކަށް ބަލައިލިއެވެ. އެހާ ގާތުން ނައިނާގެ މޫނު ފެނުމުން އައިޒަންގެ ހިތް ނިކަން ބާރަށް ތެޅިގަތެވެ. އެންމެ ފުރަތަމަ ނައިނާ ފެނުނު ދުވަސް ހިތަށް އަރާ ހެވެންވެސް ހެވުނެވެ. ނައިނާގެ ވަލީވެރިއެއްގެ މަގާމުގައި މީހަކު ނެތުމުން ގާޒީ ވަލީދިނެވެ. އަނބިގަބޫލުކޮށްފީމޭ އައިޒަން ބުނި […]
ގިފިލިން ނިކުމެގެން ދުވެފައި ދިޔަ އަވްލީން ތެމިގެން ހުރިގޮތަށް ގޮސްވަނީ ކޮޓަރިއަށެވެ. އޭރު އަވްލީންގެ ނޭވާވަނީ އަވަސްވެފައެވެ. ނޭވާ ހަމައަކަށް އަޅުވާލަމުން ގޮސް ފާހާނާއަށްވަނީ ފެންވަރާ ތެތް އެއްޗެހި ބަދަލުކުރާށެވެ. “ކިހިނެއްބާ ވާން އެ އުޅުނީ.. މި ކުރެވޭން އުޅުނީ ރަނގަޅުކަމެއްބާ… މަހުދީއަށް ކިހިނެއްވެފަތަ އެހުރީ… ދެން އަހަންނަށް ނުވެސް ކެރޭނެ މަހުދީ ފެންނަ ހިސާބަށް ދާންވެސް…” އަވްލީން ފެންވަރަން ހުރި އިރުވެސް ވިސްނެނީ ގިފިލި ތެރޭގައި ވީ ކަންތަކާއެވެ. ފެންވަރައިގެން ނިކުމެ އަވްލީން ދެކޮޅު ބަލާލީ […]
ފަހަތުން ބަޔަކު އަންނަހެން ޒޯޔާއައް ހީވިއެވެ. އެއާއެކުފަހަތުން ބަޔަކު ވަހަކަ ދައްކާއަޑު އިވެންފެށިއެވެ.ޒޯޔާ ހުއްޓުނެވެ.އަދި ފަހަތް ބަލާލިއެވެ.ލިބުނު ސިހުމައެކު ޒޯޔާގެ ދެލޯބޮޑުވިއެވެ. މަގުމަތި އޮތީ އަމާންކޮށެވެ.އެއްވެސް މީހެއްވެސް ފެންނާނަނެތެވެ.އަވަސް ފިޔަވަޅުތަކެއްގައި ޒޯޔާ ސުކޫލައް ދިޔުމަށް ހިނގައިގަތެވެ. ގަޑިބަލާލިއިރު ގަޑިޖެހިއްޖެއެވެ.ޒޯޔާ ދުއްވައިގަތެވެ. ކުއްލިއަކައްފަހަތުން ބަޔަކު ދުއްވައިގަތް އަޑުއިވުމުން ސިހިފައި ޒޯޔާ ފަހަތް ބަލާލިއެވެ.ޒޯޔާގެ ފަހަތުން ތިންމީހުން ދުވެފައި އަންނަނީއެވެ.ކަޅުކުލައިގެ ކޯޓުތަކެއް ލައިގެން ތިބިއިރު އެމީހުންތިބީ މޫނުގައި މާސްކުވެސް އަޅައިގެންނެވެ.އެތަނުން ދެމީހެއްގެ އަތުގައި ވަޅިއޮތެވެ.ދެންހުރި މީހާއަތު އޮތުގައި އޮތީ ދަނޑުގަނޑެކެވެ. […]
ނާސިރު އަވަސްކޮށްލައިގެން އެދިޔައީ އޮފީހަށްދާ ގަޑި ޖެހޭތީއެވެ. ނާސިރުގެ އަމިއްލަ ތިން ފިހާރަ މާލޭގެ އެކި ހިސާބުތަކުގައި ހުންނައިރު އެތަންތަނުގެ ލިޔެކިޔުންތަކާއި، މެނޭޖްމަންޓްގެ ކަންތައްތައް ބެލެހެއްޓުމަށް އޮފީހެއް ރަޖިސްޓަރ ކޮށްފައި ހުރެއެވެ. އެއީ ފުދޭވަރަކަށް ބޮޑު ވިޔަފާރިއެއް ކަމަށްވެފައި އަދިވެސް ވިސްނަމުންދަނީ ވިޔަފާރި އިތުރަށް ފުޅާކުރަން ކަމަށްވާތީ އެކަންކަމުގައި ނާސިރު ރެޔާއި ދުވާލު ބުރަކޮށް މަސައްކަތް ކުރެއެވެ. އަމިއްލަ ގެޔެއްހުރެ ގޭގެ ކުލިން ލިބެމުންދިޔަ ރުފިޔާއިން ފެށި އެ ވިޔަފާރީގެ ސަބަބުން ނާސިރަކީ ރާއްޖޭގެ ފެންވަރުގައި މުއްސަނދި […]
އިރުގެ އަލިކަން ދުނިޔެއަށް ފެތުރުމުގެ ކުރިން އަހަރެން ގޮސް ގެއަށް ވަނީމެވެ. އަދި އެރި އިރާއެކު އަހަރެން އޮށޯވެ ނިދައިފީމެވެ. އަހަންނަށް ހޭލެވުނީ އިރު އޮއްސި އަނދިރި ވެފައި ވަނިކޮށެވެ. ތެދުވެ ކުޑަދޮރުން ބޭރު ބަލައިލީމެވެ. ދެ އަހުސަވާރުން ގެކައިރީގައި ތިއްބެވެ. އަދި އެމީހުންގެ އަސްތަކުގައި ތީރު ބޮނޑިތައް އައްސާފައި ހުއްޓެވެ. މިއީ ރަނގަޅު ކަމެއް ނޫންކަން އަހަންނަށް އެނގުނެވެ. ކުޑަދޮރުން ޖެހިގެންހުރި ފުރާޅަށް ފުންމާލަން އުޅެފައި ފުރެމީ އާއި ރާއި މަތިން ހަނދާން ވެއްޖެއެވެ. ކޮޓަރިން […]
“ހޫމް. މިއަދު މިއުޅެނީ ހަމަވަރުބަލިވާވަރުން ކެތްނުވެގެން. ލީޝް ކަމަކުތަ؟” ބަލި އަޑަކުން އައިލީން ޖަވާބުދިނެވެ. އައިލީންގެ ހާލު ފެނި ލީޝާ ވަރަށް ދެރަވިއެވެ. ކުއްލިއަކަށް އައިލީން ވަރަށް ބަލިގޮތަކަށް ކެއްސަން ފެށިއެވެ. އިރެއް އިރަކަށް ކެއްސުން ބޮޑުވަމުންދިޔަތަންފެނި ލީޝާ ބިރުން ހަލާކުނުވީ ކިރިޔާއެވެ. އަނގަމަތީގައި އަތްއަޅާގެން އިނދެ އައިލީން ކެއްސަމުން ދިޔައެވެ. ލީޝާ އަވަސް އަވަހަށް ގޮސް އެނދު ކައިރީހުރި މޭޒުމަތީއިން ފެންޖަގުން ތައްޓައް ފެންއެޅުމަށްފަހު އައިލީނާާ ދިމާއަށް އެނބުރުނެވެ. އެވަގުތު ފެނުނު މަންޒަރަކުން ލީޝާގެ އަތުގައި […]
މަލަކާ އެއްފަހަރު ޝައިމްއަށް އަނެއް ފަހަރު ދޮރު ކުރިމަތީގައި ހައިރާންވެފައި ހުރި އަޝްވާއަށް ބަލާލުމަށްފަހު އިސްޖަހައިގެން ހަލުވި ހިނގުމެއްގައި އެތަނުން ނުކުމެގެން ދިޔައެވެ. ޝައިމް ހުރި ފިޔަވަޅު މަތީގައި ހުރެ ނުކުމެގެން ދިޔަ މަލަކާއަށް ބަލަހައްޓައިގެން ހުއްޓެވެ. “ދޮންބޭ އޯކޭތަ ހުރިހާ ކަމެއް” އަޝްވާއަށް މިއީ ޝައިމްއާއި މަލަކާ އެގޮތަށް ފެނުނު ފުރަތަމަ ފަހަރެއް ނޫނެވެ. ހޮސްޕިޓަލުން އެމަންޒަރު ފެނުނު ފުރަތަމަ ދުވަހު މާ ބޮޑު ކަމަކަށް ނުހަދައި އަޅާނުލިޔަސް އެކަން މިރޭ ތަކުރާރު ވުމުން ކޮންމެވެސް […]