Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަދީނީލޯބި

އިމްތިޙާނު (3 ވަނަ ބައި)

Faathii Level 410 Stories100 Comments100 Login
September 18, 2017 5 Mins Read
21 Comments

ނާސިރު އަވަސްކޮށްލައިގެން އެދިޔައީ އޮފީހަށްދާ ގަޑި ޖެހޭތީއެވެ. ނާސިރުގެ އަމިއްލަ ތިން ފިހާރަ މާލޭގެ އެކި ހިސާބުތަކުގައި ހުންނައިރު އެތަންތަނުގެ ލިޔެކިޔުންތަކާއި، މެނޭޖްމަންޓްގެ ކަންތައްތައް ބެލެހެއްޓުމަށް އޮފީހެއް ރަޖިސްޓަރ ކޮށްފައި ހުރެއެވެ. އެއީ ފުދޭވަރަކަށް ބޮޑު ވިޔަފާރިއެއް ކަމަށްވެފައި އަދިވެސް ވިސްނަމުންދަނީ ވިޔަފާރި އިތުރަށް ފުޅާކުރަން ކަމަށްވާތީ އެކަންކަމުގައި ނާސިރު ރެޔާއި ދުވާލު ބުރަކޮށް މަސައްކަތް ކުރެއެވެ. އަމިއްލަ ގެޔެއްހުރެ ގޭގެ ކުލިން ލިބެމުންދިޔަ ރުފިޔާއިން ފެށި އެ ވިޔަފާރީގެ ސަބަބުން ނާސިރަކީ ރާއްޖޭގެ ފެންވަރުގައި މުއްސަނދި އެންމެންގެ ޤަދަރާއި އިޙްތިރާމް ލިބިފައިވާ ގިނަ ބަޔަކު ދަންނަ މީހެކެވެ. ރަހްމާއަކީ ރާއްޖެތެރެއަށް ނިސްބަތްވީ މީހަކަސް މިހާރު އޭނާގެ އާއިލާ އެންމެންވެސް އުޅެނީ މާލެ ބަދަލުވެ، މާލޭގެ ރަށްވެހިންގެ ގޮތުގައެވެ.

“މާދަމާ ނަފޫއްތަމެންގޭ އެންމެން މެންދުރުކާން އަންނާނީ މިގެއަށް. ހިބާ އައިސްގެން އުޅޭކަން ނޭންގީމަ ތިބީ ހިތްހަމަ ނުޖެހިފަ. ހިބާ ދެކިލަންށާއި އެންމެން އެއްތަންވެލަންށާއެކީ މެންދުރުކާން އަންނާނަމޭ ބުނި. ކޮންމެ މީހަކުވެސް ކާ އެއްޗެއް ހަދައިގެންނޯ އަންނާނީ. އެހެންވީމަ ނީލާ ކައިރީވެސް ބުނިން މިގޭގަވެސް މީރު އެއްޗެއް ހަދަން ވާނޭ. ދެމީހުން މާދަމާ ބޭރަށް ނުގޮސް ތިބޭތި.” އެހެންބުނެ ރަހްމާވެސް ތެދުވެގެން ގޮސް ސިންކު ކައިރީގައި އަތްދޮންނަން ހުއްޓުނެވެ. އަތްދޮވެގެން ރަހްމާ ގޮސް ކޮޓަރި ތެރެއަށްވަދެ ފުންނޭވާއެއް ދޫކޮށްލާފައި އެނދުމަތީ ޖައްސާލިއެވެ.

އެމީހުން ހިބާދެކެ އިންތިހާއަށް ލޯބިވެ، އެތައް އުންމީދުތަކެއްކޮށް، އެތައް ހުވަފެންތަކެއް ދެކުނެވެ. ނަމަވެސް އެދެކުނު ހުވަފެންތަކާއި އުންމީދުތައް އެއީ އެއްވެސް އަގެއްނެތް އެއްޗެއްކަމުގައި ހިބާ ހަދައިފިކަމަށް ރަހްމާ އާއި ނާސިރަށް ވިސްނެމުން ދިޔައެވެ.

“ހިބާއަށް އެހާބޮޑު ބަދަލެއް އެއައީ ކިހިނެއްބާވައެވެ؟ ކާކު ކޯއްޗެކޭ ކިޔައިގެން ބާވައެވެ؟ އެ ވިސްނުންތަކާއި ފިކުރުތައް އެ ސިކުނޑިއަށް ވެއްދީ ކާކު ހެއްޔެވެ؟ ނާސިރު ކައިރީވެސް އެއެއް އެނގޭތޯ ބަލާށޭ ބުނީމަވެސް އެކަމަކަށް އަޅައެއް ނުލި ވިއްޔާއެވެ. ދެން މާދަމާ ނަފޫމެން އައީމައި އަހަރެން ބުނާނީވަކި ކީކޭ ހެއްޔެވެ؟ އެކަމާއިމެދު ސުވާލު ކުރާނެކަން ޔަޤީނެވެ. ހިބާ އައި ވާހަކަވެސް ނުބުނެ މިތެބެނީ އެވާހަކަ ނުދައްކަން ވިއްޔާއެވެ.” ޚިޔާލުތަކުން ރަހްމާ ނުތަނަވަސް ކުރަމުން ގެންދިޔައެވެ. ހިބާގެ ކުރީގެ އުޅުމުގައި އެއްވެސް ގޯސްކަމެއް އެމީހުންނަށް ފެނިފައި ނުވުމާއި، ހިބާއަށް އެކަހަލަ ބަދަލެއް އައުން އެއީ އެމީހުން ދުވަހަކުވެސް އުންމީދު ކުރިކަމަކަށް ނުވެފައި، އެމީހުންގެ ޤަބޫލުކުރުންތަކާއި ފުށުއަރާ ކަމަކަށްވާތީ އެކަމަށް ނުރުހެވެނީއެވެ. ހިބާދެކެ ރުޅި އަންނަނީކީ ނޫނެވެ. އޭނާގެ އެބަދަލުވުން ކަމުނުދަނީއެވެ. އަދި އެތައް ދުވަހަކު ކުރި އުންމީދުތަކާއި، ހުވަފެންތައް ހަޤީޤަތަކަށް ނުވުމުން އެކަމާއި ހިތްހަމަ ނުޖެހެނީއެވެ. އެއީ އިންސާނުންގެ އާދައެވެ. ތިމާދެކޭ ހުވަފެނެއް ކާމިޔާބު ނުވުމުން އެކަމާއި ނުރުހުންވެ ހިތްހަމަ ނުޖެހޭނެއެވެ. އަދި ހާއްސަކޮށް އެހެންމީހެއްގެ ފަރާތުން އެކަމަކަށް ހުރަސް އެޅެނީނަމަ އެމީހަކުދެކެ ފޫހިވާގޮތްވެއެވެ.

އެހެން އޮވެފައި އަނެއް ފަރާތައް އެނބުރުނު ވަގުތު އެއްފަރާތުގައިހުރި ކުޑަ މޭޒުމަތީ ބަހައްޓާފައި ހުރި ގިފްޓަތަކުގައި ލޯ އަޅައިގަތެވެ. އެއީ ދެންމެ ހިބާ ދިން ހަދިޔާތަކެވެ. މަޑުހިނގުމެއްގައި ގޮސް ރަހްމާއަށްދިން ޕާރުސަލް ނަގާ ކަނޑައިލިއެވެ. އޭގައިވަނީ އިނގެރޭސިބަހުން ލިޔެފައިވާ ފޮތެކެވެ. ބޭރުގައިވަނީ ” ހޫ އިޒް މުޙައްމަދު؟” މިހެންނެވެ. އަދި އެޔާއިއެކު ކުޑަ މެސެޖެއް ލިޔެފައި އޮތް ކާޑެއް ފެނުމުން އެނަގާފައި ރަހްމާ ކިޔައިލިއެވެ.

“ތިމަންރަސްކަލާނގެ އެއުރެންނަށް ފޮތް ދެއްވި މީހުން އެއުރެންގެ އުފަންދަރިން ދަންނަ ފަދައިން އެކަލޭގެފާނު (އެބަހީ މުޙައްމަދުގެފާނު (ޞައްލަﷲ އަލައިހި ވަޞައްލަމް)) ދަންނާނެތެވެ.” (ޤުރުޢާން 1:146)

ހަޤީޤަތުގައި މުސްލިމުންނަށް ވީނަމަވެސް އަހަރެމެންގެ ތެރެއިން ގިނަ މީހުންނަކަށް މުޙައްމަދުފާނާއިބެހޭ (ޞައްލަﷲ އަލައިހި ވަޞައްލަމް) މުހިންމު ކަންތައްތަކެއް ނޭނގެއެވެ. އެއީ އަހަރެމެންގެ އުންމަތުގެ ރަސޫލާކަމާއި، ޤުރުޢާން ބާވައިލެއްވީ އެކަލޭގެފާނުގެ މައްޗައްކަން އެނގުނު ނަމަވެސް މުހިންމު އެހެން މައުލޫމާތު ތަކެއް ނޭނގެއެވެ. ހިބާ ބޮޑުވެގެން އައި އިރުވެސް އޭނާގެ މައިންބަފައިންގެ ފަރާތަކުން އެކަލޭގެފާނާއި ބެހޭ އިތުރު މައުލޫމާތެއް އެނގިފަކާއި ނެތެވެ. އިސްލާމްފޮތުގައިވެސް ހުންނަނީ ވަރަށް މަދު މައުލޫމާތު ތަކެކެވެ. ވީމާ ހިބާގެ ބޭނުމަކަށްވީ އޭނާގެ މައިންބަފައިންނަށް އެކަންކަން އަންގައިދިނުމެވެ. ހިބާ ދައްކާ ވާހަކައެއް އެމީހުން ކަނުލާ އަޑުނާހާނެކަން އެނގޭތީ އެހެން ކޮންމެވެސް ގޮތަކުން އެކަންކަން ކިޔައިދިނުމެވެ. ވިސްނޭ ހެޔޮލަފާ ކޮންމެ ދަރިއެއްގެވެސް ހުވަފެނަކަށްވާނީ އޭނާގެ ލޮބުވެތި މައިންބަފައިންނާއެކު ސުވަރުގޭގެ ދާންތަކުގައި، އަރާމާއި އުފަލުގައި ވުންކަން ޔަޤީންތާއެވެ.

ސައިބޮއި ނިމުމާއެކު ހުމާދިޔައީ ކިޔަވަން ހާއްސަ ކޮށްފައިވާ ކޮޓަރި އަށް އޭނާގެ ފިލާވަޅުތައް ނިންމާށެވެ. ހިބާ އެނބުރި އޭނާގެ ކޮޓަރިއަށްގޮސް އެނދުގައި ޖައްސާލިއެވެ. އެނދުމަތީގައި ހަމަޖެހިލާފައި، ސައިޑް މޭޒް މަތީގައި އޮތް ފޮތް ނަގާފައި ކިޔަންފެށިއެވެ. ނަމަވެސް ފޮތުގައިވާ ތަކެއްޗައް ސަމާލުކަމެއް ނުދެވި އޭނާގެ ސިކުނޑިއަށް އުނދަގޫކުރަމުން ދިޔައީ އެހެން ހިޔާލުތަކެކެވެ. ފުން ނޭވާއެއް ދޫކޮށްލެވުނީ މާޒީގެ ޞަފްހާތަކެއް ހަނދާންވަމުން ދިޔުމުންނެވެ. މިއަދު އޭނާގެ ލޯބިވާ މަންމައާއި ބައްޕަ އަދި ކޮއްކޮ ގާތުގައި ވީނަމަވެސް، މާބޮޑަށްވެސް އެކަނިވެރިކަން އިހްސާސް ކުރެވެނީއެވެ. އޭނާގެ ހިތާމަތަކުގައި ބައިވެރިވެ، ހެޔޮމަގުގައި އޭނާގެ އަތުގައި ހިފައިގެން ކުރިއަށްދާނެ މީހަކު ގާތުގައި ނެތީމަ ކަންނޭނގެއެވެ. މައިންބަފައިން ގާތުގައި ތިބިނަމަވެސް އެއްވެސް ކަމެއްގައި އެމީހުންގެ އަޅާލުން މިހާރު ނުލިބޭތީވެސްމެއެވެ. އެ އެކަނިވެރިކަމުގެ އިހްސާސްތަކާއިއެކު ހަނދާންވަމުންދަނީ މެލޭޝިއާގައި ގާތުގައި އުޅުނު އެކުވެރިއެއްގެ މަތީންނެވެ. އަދި އޭނާގެ ދިރިއުޅުން ބަދަލުވާން ދިމާވި ހާދިސާގެ މަތިންނެވެ. އެއީ މީގެ ދުވަސްކޮޅެއް ކުރިއެވެ. ގާތްގަނޑަކަށް އަހަރެއްގެ ކުރިއެވެ.

ކިޔެވުމުގެ އާއަހަރު ފެށުމާއެކު އެހެންކުދިންނެކޭ އެއްގޮތައް ހިބާވެސް ހުރީ ނުލާހިކު ޖޯޝުން ފުރިފައެވެ. ޤައުމުން ބޭރުގައި، މުޅިން އާ ކޮލެޖެއްގައި ކިޔަވަން ލިބި އެތައް އާ ރަހުމަތްތެރިންނެއް ލިބޭނެތީއެވެ. އޭނާގެ ހުވަފެންތަކުގައި ކުލަ ޖައްސަން އަޅާ މުހިންމު ފިޔަވަޅެއްގެ ފެށުން ކަމުގައި ވާތީއެވެ. އެގޮތުން ޔުނިވަރސިޓީގެ ހޯސްޓެލްގައި ހުންނަ ގޮތައް ހަމަޖެހިފައިވީއިރު އިތުރު ދެ ކުއްޖަކުވެސް އޭނާޔާއެކު އެއް ކޮޓަރިއެއްގައި އުޅެމުން ދިޔައެވެ. އޭގެ ތެރެއިން އެއް ކުއްޖަކީ އިރުދީނާއެވެ.

އިރުދީނާއަކީ ފަޤީރު ހިސާބަކަށް ނިސްބަތްވާ މެލޭޝިއާ ކުއްޖެކެވެ. މައިންބަފައިންގެ އެތައް ބުރަ މަސައްކަތަކާއެކު އެމީހުންގެ ހުވަފެންތައް ހަޤީޤަތަކަށް ހެދުމަށް ސަންވޭ ޔުނިވާރސިޓީގައި ކިޔަވަން ލިބުމަކީ ވަރަށް މަދު ކުއްޖަކަށް ނޫނީ ނުލިބޭނެ ބޮޑު ފުރުސަތެކެވެ. އިރުދީނާ ދިޔައީ އެ ފުރުސަތުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފަމުންނެވެ. އަބަދުވެސް ކިޔެވުމުގައި ގިނަ ވަގުތު ހޭދަކުރަމުންދިޔައީ އެހެން އެއްވެސް ކަމަކަށް ފަރުވާލެއް ބެހެއްޓުމެއް ނެތިއެވެ. ހިބާމެން އިތުރު ރަހުމަތްތެރިންނާއެކީ ބޭރަށް މަޖާކޮށްލާ، ތަންތަން ބަލާލަން ދާއިރުވެސް އިރުދީނާ އަބަދުވެސް އިންނާނީ ކޮންމެވެސް ފޮތެއްގެ ތެރެއަށް ގެއްލިފައެވެ. މަޑުމައިތިރި ވާހަކަ މަދު ކުއްޖެއްނަމަވެސް އިސްކޮޅުން ދިގުވެފައި ރީތި ދޮން މޫނެއްގެ ވެރިއެކެވެ. އަބަދުވެސް ކިޔެވުމުގައި މުޅި ކޮލެޖުން ފާހަގަކޮށްލެވޭ ވަރުގެ ވަނަތައް ހޯދަމުން ދިޔައެވެ. އެހެންކަމުން އެތައް ފިރިހެން ކުދިންނެއްގެ ލޯތައް އިރުދީނާއަށް އަޅައިގަނެފައިވިއެވެ. ނަމަވެސް އިރުދީނާގެ ވިސްނުން އޭނާގެ ކިޔެވުމުން ބޭރަކަށް އެންމެ ހިނދުކޮޅަކަށްވެސް ނުދާ ކަހަލައެވެ.

ދުވަސްތައް ފާއިތުވަމުން ދިޔައީ ކާމިޔާބަކަށްފަހު ކާމިޔާބެއް އިރުދީނާގެ ހަޔާތައް އިތުރުވަމުންނެވެ. ހަދާ ކޮންމެ އެސައިމެންޓަކުންނާއި، ޕްރެސެންޓޭޝަންތަކުން އަދި ސެމިސްޓަރ ޓެސްޓު ތަކުންވެސް އިރުދީނާ އެއްވަނަ ހޯދަމުން އައީ މުޅި ޔުނިވަރސިޓީވެސް ފަޚުރުވެރިވާ ފަދަޔަކުންނެވެ. އެގޮތުގައި އެއް އަހަރު ނިމުމާއެކު ލިބުނު ކުޑަކުޑަ ބަންދުގައި އިރުދީނާ އޭނާގެ މައިންބަފައިން ކައިރިއަށް ޒިޔާރަތް ކުރީ އޭނާގެ ކާމިޔާބީތަކުގެ ފޮނިރަހަ އެމީހުންނާއެކު ހިއްސާކުރުމަށެވެ. އެދަތުރުގައި ހިބާޔާއި އަދި އިތުރު ދެ ރަހުމަތް ތެރިއަކުވެސް ބައިވެރިވީ މަޖާ ކޮށްލަން ލިބުނު ރަނުގެ ފުރުސަތެއް ކަމުގައި ދެކިގެންނެވެ.

ދެބައި އުމުރުގެ މައިންބަފައިންގެ އިރުދީނާގެ އިތުރުން އަދި ތިން ކުދިން ތިބެއެވެ. އިރުދީނާއަކީ އެމީހުންގެ އެންމެ ދޮށީ ދަރިއެވެ. އޭނާގެ ބައްޕަ އާއި މަންމަ ދަނޑުހައްދައިގެން ލިބޭ ފައިސާއިން ކިޔަވައިދިނުމުގެ ފުރުސަތު ދެވުނީ އިރުދީނާއަށް އެކަންޏެވެ. ދެން ތިބި ތިންކުދިން ސްކޫލަށް ފޮނުވުމުގެ ތަނަވަސްކަން ލިބިފައި ނެތީއެވެ. އިރުދީނާގެ މައިންބަފައިންނާއި އެ ތިން ކުދިންނަށްޓަކައި އިރުދީނާ ހިތްވަރާއެކު ކުރަމުން އެދާ މަސައްކަތުގެ އަގު ހިބާއަށް އިހްސާސްކުރެވުނީ އެ ދަތުރަށް ފަހުގައެވެ. އެންމެ ކައިރިން އިރުދީނާގެ އިހްސާސްތައް ދެކިލަން ލިބުނީތީ ހިތުގައި އޭނާއަށްޓަކައި ހާއްސަ ޤަދަރެއް ދެވެން ފެށިއެވެ.

ނަމަވެސް އޭރުވެސް ސިކުނޑިއަށް ނާންނަ އެތައް ކަމެއް ހުއްޓެވެ. އަނެއްކާވެސް އާ އަހަރާއެކީ އާ އަޒުމެއްގައި ހިބާވެސް ތަންކޮޅެއް ކިޔެވުމައި ގާތްވެވޭތޯ މަސައްކަތް ކުރަންފެށިއެވެ. އެގޮތުން ނޭނގޭ ތަކެތި އިރުދީނާކައިރިން އޮޅުންފިލުވާ ހަދަން ފެށުމުން ދެކުދިން ކުރިއަށްވުރެވެސް ގާތް އެކުވެރިންކަމުގައި ވިއެވެ. އެގޮތުގައި ދުވަހަކަށްފަހު ދުވަހެއް ފާއިތުވަމުންގޮސް އެއްދުވަހެއްގެ ހެނދުނެވެ. ތަންކޮޅެއް ލަހުން ހިބާއަށްވެސް ހޭލެވުނު ދުވަހެކެވެ. ކިލާހަށްދާ ގަޑި ޖެހޭތީ އަވަސް އަރުވާލައިގެން ތައްޔާރުވާން އުޅުނުއިރުވެސް އިރުދީނާ ނިދާ ނުހޭލައެވެ. ދެތިންފަހަރަކު ގޮވާލުމުންވެސް ޚަބަރެއް ނުވެއެވެ. ހިބާވެސް ގަޑިޖެހޭތި ތެޅެމުން ފޮޅެމުން، އަވަސް ކޮށްލައިގެން ތައްޔާރުވެގެން ކޮޓަރިން ނިކުންނަމުންވެސް އިރުދީނާއަށް ދެތިން ފަހަރަކު ގޮވާލިއެވެ. ނަމަވެސް ދެންވެސް ޚަބަރެއް ނުވުމުން ކަމެއް ގޯސްހެން ހީވިއެވެ.

އެހެންކަމުން ކޮޓަރިން ނިކުންނަން އެއް ފިޔަވަޅު ބޭރަށްއެޅި ހިބާ އެނބުރި އައިސް ބަލާލީ މޭމަތީގައި ފޮތް ބާއްވާލައިގެން ނިދާފައިއޮތް އިރުދިނާއަށެވެ. ކިޔެވުމަށް އެއޮށް އިސްކަންދޭ ކުއްޖާ، ދުވަހަކުވެސް ކިލާހަށް ގަޑިޖެހިގެން ގޮސްފައި ނުވާއިރު، އެވަރަށް ގޮވާއިރުވެސް މިއަދު އަރާމު ކޮށް ނިދާފައި އޮތުމުން ޙައިރާން ނުވާނެ ހެއްޔެވެ؟ ކައިރިވެފައި ދެފަހަރަކު ގައިގައި ކޮށްޓާލައިފައި ގޮވާލިއެވެ. “އިރޫ!” “އިރޫ!” ނަމަވެސް އިރުދީނާއަށް އިވޭހެންވެސް ހީނުވެއެވެ. އިރުދީނާގެ ފަރާތުން އެއްވެސް ހަރަކާތެއް ނުފެނުމުން ހިތުގައި ބިރުވެރިކަމެއްގެ ޚިޔާލު ދުވެލިއެވެ. އެޔާއެކު އަވަސް އަވަަހަށް ހިބާގެ އިނގިލި ޖައްސާލެވުނީ އިރުދީނާގެ ނޭފަތް ކައިރީގައެވެ. ނޭވާލާތޯއެވެ. ނަމަވެސް ނޭވާގެ އެއްވެސް އަސަރެއް ހިބާގެ އިނގިއްޔަކަށް ނުކުރިއެވެ. އެހެންކަމުން ދެން އަވަސްވެ ގަނެވުނީ ވިންދު ޖަހާތޯއެވެ. ދެ އިނގިލިން ކަރުގެ ނާރުގައި ޖައްސާލިއެވެ. އެއަށްފަހު އަތުގެ ނާރުގައި ހިފާލިއެވެ. އެއްވެސް އިހްސާސެއް ހިބާއަށް ނުކުރެވުމުން މުޅިމީހާ ހާސްވެ ބިރުގަނެއްޖެއެވެ.

އެމީހުންނާއެކު އުޅޭ އަނެއް ރަހްމަތްތެރިޔާ (ރިއާނާ) ވެސް ވީ ކިލާހުގައެވެ. ހިބާއަށް ބިރުން ހަދާނެ ނަހަދާނެ ގޮތެއް ނުވިސްނި ހުރެވުނީ ލިބުނު ކުއްލި ސިހުމެއްގެ ބޮޑުކަމުންނެވެ. ވަކި ކަމެއް އެ ހިތައް ޔަޤީންނުވާއިރުވެސް ސިކުނޑީގައި ސިފަވަމުން ދިޔައީ އިރުދީނާގެ ފޮނި ހުވަފެންތަކުގެ މަންޒަރުތަކެވެ. އޭނާގެ މައިންބަފައިންގެ އުފާވެރި މޫނުތަކެވެ. ހުރިގޮތައްހުރެ ބިންމައްޗައް ތިރިވެ ރޯންފެށުނީ އެ ހަނދާންތަކުން ހިތުގައި ވޭން އަޅަމުން ދިޔުމުންނެވެ. އެހެން އިނދެވުނީ ކިހާއިރަކު ކަމެއްވެސް ނޭނގެއެވެ. ހޭވެރިކަންވީ މީހަކު ކޮޓަރީގެ ދޮރުގައި ޓަކި ޖެހުމުންނެވެ. ރޮމުންރޮމުންގޮސް ދޮރު ހުޅުވާލިއިރު ކުރިމަތީގައިހުރީ ކިލާސް ކުއްޖެކެވެ. ބަލާކަށް ނުހުރެ ދާމިއާގެ ގައިގައި ބައްދައިގަނެ ރޯންފެށުނީ ބޭއިޚްތިޔާރުގައެވެ. ދާމިއާއަށް ވެސް ހުރެވުނީ ވެގެން އުޅޭގޮތެއް ނޭނގޭތީ ހާސްވެފައެވެ.

ދާމިއާ އިރުކޮޅަކު އެހެން ހުރެފައި ކިހިނެއްވީތޯ ހިބާއާއި ސުވާލު ކުރިއެވެ. އިރުދީނާއާއި ހިބާވެސް މިއަދު ކިލާހަށް ނާންނާތީ ކަމެއް ގޯސްވީތޯ ބަލާލުމަށް ޓީޗަރު ބުނެގެން އައި ދާމިއާ، އަށްވެސް ވެގެން އުޅޭ ގޮތް އެނގުމުން އަވަސް އަވަހަށް ޓީޗަރަށް އެކަން އެންގިއެވެ. އެއަށްފަހު ޔުނިވަރސިޓީގެ މެނޭޖްމަންޓް މެދުވެރިވެގެން އިރުދީނާ ހޮސްޕިޓަލަށް ގެންގޮސް ޓެސްޓުތައް ހަދާ ބެލުމުން އެނގުނީ ރޭގަނޑުގެ ވަގުތެއްގައި އޭނާވަނީ މި ދުނިޔެޔާއި އަލްވަދާއު ކިޔާފައި ކަމެވެ. އޭނާގެ މައިންބަފައިންނަށް އެކަން އެންގުމުން ހޮސްޕިޓަލަށް ހާޒިރުވެ އޭނާގެ ހަށިގަނޑާއި ހަވާލު ވިއެވެ. އެ މައިންބަފައިން އެތައް ކަރުނައެއް އެޅިއެވެ. އެ ދަރިފުޅު ދުނިޔެއަށް އުފަންވީންސުރެ ދެކުނު ހުވަފެންތަކާއި، އުންމީދުތައް އެންމެ ދުވަހެއްގެ ތެރޭގައި ބިމުގެ އަޑީގައި ވަޅުލާން ޖެހުނީއެވެ. ހިބާ އަށް އެ މައިންބަފައިންގެ ކަރުނަތަކުން އެތައް އަސަރެއް ކޮށްފިއެވެ. އެދެމީހުން ރޮމުން އިރުދީނާގެ ފުރާނަ ނެތް މަސްގަނޑުގައި ބޮސްދެމުން ދެއްކި ވާހަކަ ހިބާއަށް މިހާރުވެސް އަޑުއިވޭ ކަހަލައެވެ. މެލޭޝިއާ ބަހަށް އެހާ ފަރިތަ ނޫނަސްވެސް ދައްކާ ވާހަކަ ކޮންމެވެސް ވަރަކަށް ނަގައިގަނެވެއެވެ. އެދެމީހުން އަޑުން އަޑު ނަގާފައި ދެ ކުއްވެރީން ފަދައިން ރޮމުން އިރުދީނާގެ ކިބައިން މާފަށް އެދެމުން ދިޔައީ ދުނިޔޭގައި އެ ދަރިފުޅު ލައްވާ ހެޔޮއަމަލު ކުރުވުމަށް އިސްކަން ނުދެވުނީތީއެވެ. ﷲގެ ހަޟްރަތައް އެ ދަރިފުޅު އެ ދާންޖެހުނީ ހުސްއަތާކަން އިހްސާސްވެ އެކަމުގައި އެދެމީހުންގެ އަމިއްލަ ނަފްސު އެމީހުން ކުއްވެރިކުރީ އިސްޖަހައިގެން ތިބެ ރޮމުންނެވެ.

ދުނިޔެއަކީ އެހާވެސް ކުރު މަންޒިލެކެވެ. އެމީހެއްގެ ވަގުތު ޖެހުމުން އިތުރަކަށް އެންމެ ހިނދުކޮޅަކަށްވެސް ފަސްވުމެއް ނެތެވެ. އިރުދީނާގެ ދުނިޔޭގެ ނިމުން އައީ ކިޔެވުމުގެ ތެރޭގައެވެ. އިރުދީނާގެ ކުއްލި މަރަށްފަހު ހިބާއަށް އޭނާގެ ދިރިއުޅުމާއިމެދު މާބޮޑަށް ވިސްނެން ފެށިއެވެ. “މާދަމާވެސް މަރުވެދާނެއެވެ. މަރަށް ތައްޔާރު ހެއްޔެވެ؟ އާޚިރަތައްޓަކައި އެއްވެސް އަމަލެއް ތައްޔާރު ކުރެވުނު ހެއްޔެވެ؟ ދުނިޔޭގެ ހުވަފެންތަކުގައި، ދުނިޔެ އާރާސްތު ކުރުމަށް މަސައްކަތް ކުރަމުންދާއިރު އާޚިރަތުގެ އުފަލަށްޓަކައި، ނަރަކައިން ސަލާމަތްވުމަށްޓަކައި، ސުވަރުގެ ހާސިލް ކުރުމަށްޓަކައި ކުރެވުނީ ކޮންއަމަލެއް ހެއްޔެވެ؟” ހިބާ އަމިއްލަ ނަފްސާއި އެތައް ސުވާލުތަކެއް ކުރަމުން ދިޔައެވެ. ހިތުގައި ބުނެދޭން ނޭނގޭ ބިރުވެރިކަމެއް އުފެދި ރޮވެމުން ދިޔައެވެ. ވަގުތު ފާއިތު ވުމުގެ ކުރިން ތަޢުބާވެ ހެޔޮކަމެއް ކުރެވޭތޯ ބެލުމަށް ހިތް ގޮވަމުން ދިޔައެވެ.

ހިތުގެ އެ ގޮވުމަށް އިޖާބަދީ ދުވަހަކަށްފަހު ދުވަހެއް އޭނާ ފާއިތު ކުރަމުން ދިޔައީ ހެޔޮ ކަންތައް ތަކުގައި ޝާމިލުވުމުގައި އިސްނެގުމުގައެވެ. އެގޮތުން ފުރަތަމަ ނަމާދު ޤާއިމްކުރުމަށްފަހު، ފަހަރަކު ކަމަކަށް ފަހު ކަމެއް އިސްލާހުކުރަމުން ގޮސް މޫނުބުރުގާވެސް އެޅީއެވެ.

**ނުނިމޭ**

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Faathii

Level 410 Stories100 Comments100 Login

I write with a purpose to deliver a message and remind others about the real life of this world and hearafter.

Other Articles

Previous

ވައިވީމަ – ނިމުން

Next

އާދޭސް 3

Next
September 18, 2017

އާދޭސް 3

Previews
September 18, 2017

ވައިވީމަ – ނިމުން

21 Comments!

  1. xaan says:
    September 18, 2017 at 9:07 am

    Maasha allah v reethi

    1. Faathii says:
      September 18, 2017 at 11:20 am

      Jazaakallah khair

  2. Adam says:
    September 18, 2017 at 9:17 am

    Wow v v salhi

    1. Faathii says:
      September 18, 2017 at 11:21 am

      Jazaakallah khair

  3. Faathii says:
    September 18, 2017 at 9:22 am

    Midhiya hafthaage episode nugenevunythy maafah edhen. Rashun beyruga ulhen jehumun nuvy. Anyway.. Here is the third part. Hope u will like it. 🙂

  4. Navya says:
    September 18, 2017 at 10:22 am

    V reethi mi part ves..?

    1. Faathii says:
      September 18, 2017 at 11:22 am

      Jazaakallah khair.

  5. kudaa says:
    September 18, 2017 at 10:37 am

    Faathi ge vahaka thah gavaidhun kiyan v iburehtheri vahaka thakeh..Hama rangalhah vs rovijje..masha allah v furihama vaahaka eh

    1. Faathii says:
      September 18, 2017 at 11:26 am

      Jazaakallah khair 🙂

  6. Xxxx says:
    September 18, 2017 at 10:51 am

    Maasha Allah..v.furihama…???????????? keep it up dear

    1. Faathii says:
      September 18, 2017 at 11:27 am

      Jazaakallah khair 🙂

  7. Eanaa says:
    September 18, 2017 at 10:56 am

    Masha Allah… v v furihama…

    1. Faathii says:
      September 18, 2017 at 11:30 am

      Jazaakallah Khair.

  8. khajja says:
    September 18, 2017 at 1:38 pm

    Masha allah v v interestin stry eh v v furihama whn nxt prt avaskolla dhybala plx can’t wait plx plx ????❤❤??????????

    1. Faathii says:
      September 18, 2017 at 4:56 pm

      be patient. 🙂
      Next thursdayga. In Shah Allah. Jazaakallah khair.

  9. Rafa says:
    September 18, 2017 at 1:54 pm

    ماشا الله
    Keep it up…

    1. Faathii says:
      September 18, 2017 at 4:58 pm

      Jazaakallah khair.

  10. Shaaa says:
    September 18, 2017 at 2:45 pm

    Maasha allah v reethi???. Luv it??
    Wen nxt part?

    1. Faathii says:
      September 18, 2017 at 5:01 pm

      Alhamdhulillah. Next Thursdayga. In Shah Allah. Jazaakallah khair 🙂

  11. Azu says:
    September 18, 2017 at 5:34 pm

    Ma sha allah….faathi liyaa vaahaka thah v kiyaa hiy vey…

    1. Faathii says:
      September 19, 2017 at 6:04 am

      Alhamdhulillah. Jazaakallah khair. 🙂

Comments are closed.

Next Episodeއިމްތިޙާނު (4ވަނަ ބައި)←


All Right Reserved!