Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަބިރުވެރިލޯބި

02:30 އަށާވީސްވަނަ ބައި

Ushaali Level 810 Stories100 Comments100 Stories500 Comments
September 18, 2017 8 Mins Read
19 Comments

ދޮރު އެތެރެއަށް ހުޅުވާލުމާއެކު މައިސަރާގެ ނޭފަތުގައި އައިސް ޖެހުނީ ލުއިލުއި މީރު ވަހެކެވެ. އަނދިރިކަން ވެރިވެފައިވާ ކޮަޓަރި ތެރެއަށް ވަދެލުމަށްފަހު މައިސަރާ ފާރު ކައިރިއަށް ގޮސް ލައިޓްތައް ޖައްސާލިއެވެ. އެއާއެކު މުޅި ކޮޓަރިތެރެ ހުދުކުލައިގެ ގަދަ އައްޔަކުން އަލިވެގެން ދިޔައެވެ. ފެނުނު މަންޒަރުން މައިސަރާ އަށް އަނގަމަތީގައި އަތް އަޅާލެވުނެވެ. ކޮޓަރީގެ ހަތަރުފާރަށް ވަކިވަކިން ބަލާލެވުނެވެ. އެނދުމަތީގައި އެންމެ ރުލެއް ވެސް ނެތް އިރު ކޮޓަރި ހުރީ ފޮޅާ ސާފުވެސް ކޮށްފައެވެ. ޑްރެސިންގ ޓޭބަލް މަތީގައި އަޅާފައިވާ ހުު ފޮތިގަނޑު މަތީގައި އިނގިއްޔެއް ވަރުގެ ކުޑަ ސެންޓްފުޅި އެއް ހުއްޓާ ފެނުނެވެ. މައިސަރާ ގޮސް އެނަގާ ބަލާލިއެވެ. ‘ލަކިއަރ’ ޖަހާފައިވާ އެސެންޓް ފުޅީގެ މަތި ނަގާލުމަށްފަހު ވަސްބަލާލިއެވެ.  ކޮޓަރިއަށް ހުޅުވާލި ވަގުތު އެދުވީ މި ސެންޓްވަސް ކަން މައިސަރާ ދެނެގަތެވެ. ކޮޓަރިއަށް އިރުކޮޅަކު ބަލަން ހުރުމަށްފަހު އިތުރަށް ސާފުކުރާނެ ތަނެއް ނެތުމުން މައިސަރާ ކޮޓަރިން ނިކުތް އިރު ދޮރުމަތީގައި ހުރި މީހާ ފެނި ސިހުމެއް ލިބުނެވެ.

*****************************************************************************************

މައިސަރާގެ ކޮނޑުމަތިން ކުޑަކޮށް ހިއްލިލަމުން ރަޔާހީން އެކޮޓަރީގެ އެތެރެ ފެނޭތޯ ބަލާލިއެވެ. މައިސަރާގެ ހަރަކާތްތައް އަވަސްކޮށްލާ ރަޔާހީނަށް އެތެރެއިން އެއްޗެއް ފެނުމުގެ ކުރިން ކޮޓަރި ދޮރު ލައްޕާލިއެވެ. ރަޔާހީން ސުވާލުކުރަން ބޭނުންވިޔަސް މައިސަރާ ހީކޮށްފާނެ އެއްޗެއް ނޭނގޭތީ އަހާލާން ނުކެރުނެވެ. ހީލާފައި މައިސަރާ އާއި އެކީގައި ސިޑިން ފައިބަމުން ފަސްއެނބުރި އެއްފަހަރު އެކޮޓަރި އަށް ބަލާލިއެވެ.

 

އޭގެ ދެދުވަހެއް ފަހުން ފީރޯޒާ ގެ އާއިލާ އެނބުރި މާލެ އައުމުން ރަޔާހީން އެބަޔަށް ބަދަލުވިިއެވެ. ފޫހިކަމާއެކު އިރުފާނާއި އެކު އެއްކޮޓަރި ޙިއްސާ ކުރަން ޖެހުމުން މޫޑް އޮފްވިއެވެ. ލޯބިވާ މީހާގެ ހިޔާވަހި ކަމުގައި އުޅެފައި އަންނަން ޖެހުމުން ހިތުގައި ޖެހުނެވެ. ދެން އަނެއްކާ ވެސް ވިކްޔަން ފެންނާނީ ތަދު ބޭހެއްގެ ގޮތުގައެވެ. ތަދު ބޭހަކީ ވެސް ވަރަށް އުނދަގުލުން ނޫނިއްޔާ ހޯދަން ބޭނުންވެގެން އުޅޭ މީހާ އަށް ނުލިބޭނެ އެއްޗެކެވެ. ރަޔާހީނަށް ވެސް ވާނީ ދެން އެވަރެވެ. ވިކްޔަން ފެނިލާނީ ވެސް ދެހަފްތާއިން ތިން ހަފްތާއިން ކަހަލަ ގޮތަކަށެވެ.

ގޮނޑިއަށް ލައިގެން އާސިރު ކޮޓަރިއަށް ވެއްދުމުން ރަޔާހީން ހަށީފުރާ ނޭވައެއް ލިއެވެ. ފޯނު މޭގައި ޖައްސާލައިގެން ހުރެ ކޮޓަރިއަށް ވަދެ އެނދުގައި އިށީނދެލިއެވެ. އަދި ލޫކް ގެ ނަންބަރަށް ގުލާލީ ފަރުހީން ގެ މަރުގެ މައްސަލަ ކިހާ ހިސާބެއްގަތޯ އޮޅުންފިލުވުމުގެ ބޭނުމުގައެވެ.

“ލައިތަ؟  ލޫކް ހޯދަން މިގުޅާލީ…. ސޮރީ އެނގޭ….” ރަޔާހީން ހީލަމުން ވާހަކަދެއްކީ ލޫކް ގެ ފޯނަށް ޖަވާބުދިން އަލްޔާގެ އަޑު ޖެހުމުންނެވެ.

“އޭތް…. ދެން އެވަރުކަމެއް ނޫން. ލޫކް ކުޑަމީހާ ގޮވައިގެން ބޭރަށް އެނިކުތީ. ހަނދާންނެތި ފޯނު ބާއްވާފައި އެދިޔައީ. އައިމަ ބުނެލާނަން އެންމެ ފުރަތަމަ ކަމަކަށް ހީން އަށް ގުޅުމަށް. އޯކޭއެއްނު….” އެކޮޅުން ވާހަކަދެއްކި އަލްޔާގެ ރާގުގައި ސަމާސާ އާއި ހިތްހެޔޮކަން އެކުލެވިގެންވެއެވެ. އެކި ވާހަކަދެއްކުމުގައި އަލްޔާ އާއި އެކުގައި ވަގުތުކޮޅެއް ހޭދަކުރުމަށްފަހު ރަޔާހީން ފޯނު ބާއްވާލަމުން ދުރު ބަލާލިރު އިރުފާން ދޮރުމަތީގައި ހުރިތަން ފެނުނެވެ. ރަޔާހީން ކުޑަކޮށް ސިހި އަތުގައި އޮތް ފޯނުވެސް ކުއްލިއަކަށް ތިރިކޮށްލެވުނެވެ. ނަމަވެސް ދެވަނަ ސިކުންތުގައި އޭނާ ނަފްސު ހަމައަކަށް އަޅުވާލަމުން ދުރުބަލަން ފެށިއެވެ.

“މަށަށް ކޮންކަމެއް ސިއްރުން ކުރަން ތިއުޅެނީ. ނޫޅެއްޗެ ސިއްރުން ކަންތައްކުރަން. ނަތީޖާ މާރަނގަޅެއް ނުވާނެ” އިރުފާން އެތެރެއަށް ވަދެ ރަޔާހީނަށް ޝަހާދަތް އިނގިލި ދިއްކޮށްލަމުން ބުނެލިއެވެ. ރަޔާހީން އިރުފާނަށް ބަލާލީ ދެބުމަ ގޮށް ޖަހާލަމުންނެވެ.

“އަހަރެން ކުރާ ކަމެއް ސިއްރަކުން ނުކުރާނަން. އަހަރެން އިރުފާންހާ ވަގެއް ނުވާނެ. އަދި އަހަރެން ކުރާ ކަމެއް ކުރާނީ ވިސްނާލި މީހަކަށް ޝައްކު ވާނޭހާ ގޮތަކަށް ވިސްނާފައި” ރަޔާހީން ވެސް ފާޅުގައި އިރުފާނަށް ރައްދު ދިނެވެ.

“ހެހެހެ…. ހީން ހާދަ ސީރިއަސްވީ… މަޖަލަކަށޭ އެހެން ބުނީ” އިރުފާން ހެމުން ރަޔާހީން ކައިރީގައި އިށީންނަމުން ބުނެލިއެވެ.

“އަހަރެން މަޖަލަކަށް ނޫން އެހެން މިބުނީ. އަހަރެން ސީރިއަސް” ރަޔާހީން ހަމަ އެހާ އަވަހަށް ބުނެލިއެވެ.

“އަޅެއަޅެ. އަހަރެންގެ ހީން މިވީ ދުވަސްކޮޅުގައި ހާދަ ބަދަލުވެއްޖޭ. ދޮންދައްތަ ގެއިން ކޯޗެއް ދަސްކުރީ” އިރުފާން ސަމާސާ ރާގަކަށް އަހާލިއެވެ.

“އަހަރެން ދަސްކުރި އެއްޗެއް ވިއްޔާ ދަސްކުރީ ދޮންތަގެ މާޒީ އިން ލިބުނު ޢިބްރަތުން. އަހަރެންގެ ހިތް ބުނޭ އަހަރެންގެ ދޮންތަ އަށް ކޮންމެވެސް ދެރަކަމެއް ވީއޭ. އަނެއްކާ މީހަކު ދޮންތަ އާއި ދެކުދިން އެތަނުން ވައްޓާލީ ނޫންބާއޭ ހިތަށް އަރަނީ” ކުއްލިއަކަށް ރަޔާހީން ވާހަކަދައްކަން ފެށި މައުލޫއަކުން އިރުފާންގެ މޫޑް ޚަރާބުވިއެވެ. ހާސްވެފައި ތުނބުޅީގައި އަތް ހާކަން ފެށުނެވެ. އިރުފާނަށް އައި ހުރިހާ ބަދަލެއް ރަޔާހީން ފާހަގަކުރިއެވެ.

“ހީން ކީކޭ ކިޔަން ތިއުޅެނީ. އަހަރެން ފަރުހީން މަރާލީއޭތަ. ހީން އަށް ކޯއްޗެއް އެނގިގެން ތިއުޅެނީ. ދޮންތަގެ މާޒީ އިން ޢިބްރަތް ހާޞީލް ކުރީއޭ.. އެހެންވީމަ ހީން ގެ ވެސް ސިއްރު ލޯބިވެރިއެއް ހުންނާނެތާ ދޯ މިހާރު” އިރުފާނަށް ރަޔާހީނާއި ވާހަކަ މިދެއްކެނީ ހަރުކަށި ކަމާއެކުގައިކަން ވެސް އޭނާ އަށް ނޭނގޭއެވެ. އޭނާ ބިރުގަންނަން ފެށިއެވެ.

“އަހަރެން އެއްފަހަރު ވެސް ބުނެފިންތަ ދޮންތަ މަރާލީއޭ. ނުވަތަ މަރާލީ އިރުފާނޭ. އަހަރެން ބުނީ އަހަރެންނަށް ހީވަނީއޭ. ދެން ކީއްވެ ތިބުނީ އަހަރެންގެ ސިއްރު ލޯބިވެރިއެއް ހުންނަނީއޭ. ބަލަ އިރޭއެއް ނޫންތަ ދޮންތަ އަށް ސިއްރުން ލޯބިވެރިން ގެންގުޅުނީ” ރަޔާހީން ވެސް އެންމެ ތަންފުކެއް ވެސް ދުލެއް ދޭކަށް ބޭނުމެއް ނުވިއެވެ.

“ރަޔާހީން!!! އިރުފާނަށް އައި ރުޅިން ބާރަށް ރަޔާހީނަށް ގޮވާލެވުނެވެ.

“ކިހިނެއްވީ؟ އަހަރެން ބީރެއް ނުވެއޭ…. ހަޤީޤަތަށް އެއްޗެއް ބުނީމަ ހަޖަމެއް ނުކުރެވުނު ދޯ….” ރަޔާހީން ހީލަމުން މަޑުމަޑުން ބުނެލިއެވެ.

“ހީން ދެން ތީ ކޮންކަމެއް. ފަރުހީނަކީ އަހަރެންގެ ހަޔާތަށް ދެވަނައަށް އައި އަންހެނާ. އަހަރެން އޭނާ އަށް ބޭވަފާތެރިއެއް ނުވަން. އެހެންނޫނަސް އޭރުގެ ވާހަކަދައްކައިގެން އަހަރެމެންގެ މުސްތަޤްބަލަށް އަސަރު ކުރާނީ. މާޒީވެ ގޮސްފައިވާ ކަމެއްގެ ވާހަކަ ދައްކައިގެން ކޮން މޮޅެއް ވާނީ” ރަޔާހީނާއި ކައިރިއަށް ޖެހިލަމުން އިރުފާން ބުނެލިއެވެ.

“ބަލަ މިވާހަކަދައްކަން ޖެހޭ. މޮޔައީ އަހަރެން. އަހަރެން އަތުން އެތައް އެއްޗެއް ބީވެއްޖެ. އަހަރެންގެ ދޮންތަ އާއި އެކުޑަ ދެކުދިން. އަހަރެންގެ ކޭވ…….”

“ނޯ ހީން…ނޯ…ނޯ…” ކަންފަތްދަށުން އެއިވުނު އަޑަކުން ރަޔާހީނަށް ދެފަރާތް ބަލާލެވުނެވެ. ބީހާލްގެ އަޑު ރަޔާހީނަށް އިވިއްޖެއެވެ. އޭނާ އަށް އަނގަމަތީގައި އަތް އަޅާލެވުނެވެ. ޖަޒްބާތުގައި ޖެހި އިރުފާންގެ ކުރިމަތީގައި މިއަދު ހުރިހާ އެއްޗެއް ފާޅުވެގެން ދިޔައީހެވެ. ބީހާލް އޭނާ އެ ހުއްޓުވީ އެންމެ ރަނގަޅު ވަގުތުގައެވެ. ކާމިޔާބު ލިބުމާއި ދާދި ގާތްވެފައި ވަނިކޮށް އޭނާ މިކުރެވެން އުޅުނީ ކީއްހެއްޔެވެ؟ ރަޔާހީނަށް ދެލޯމަރާ ލެވުނީ ނަފްސު ހަމައަކަށް އަޅުވާލުމަށްޓަކައެވެ.

“ހީން! ރަނގަޅުތަ؟ ރަޔާހީންގެ ނިތްކުރީގެ އަތްތިލައިގެ ނުފުށް ޖައްސާލަމުން އިރުފާން އަހާލިއެވެ.

“ނޭނގެ ވަރަށް ބޮލުގައި ރިއްސާ….” ރަޔާހީން ފަހަތަށް ޖެހިލާ އެނދުގައި އިށީންނަމުން ބުނެލިއެވެ.

“އެހެންނޭވާނީ ބޭކާރު ކަންތަކާއި ވިސްނަންޏާ. ދެން ވެސް މިތާ އޮށޯވެބަލަ. ބައްޕަ ކައިރިއަށް ވެސް ނުވަދެއެއްނު ތިއައީ. ހީން އަޅެ ދެރައެއް ނުވޭތަ ބައްޕަ އަށް އެހެން ކަންތައް ދިމާވީމަ” ރަޔާހީން ކައިރީގައި އިރުފާން އިށީނުމުން ހިތްހަމަނުޖެހިފައި ރަޔާހީން ދުރަށް ޖެހިލިއެވެ.

“އެއްވެސް އިންސާނަކަށް ދެރައެއް ލިބޭކަށް އަހަރެން ނޭދެން. އަހަރެންނަކީ އެހާ ހިތްހަރު އިންސާނެއް ނޫން. އަހަރެންނަށް މީހުންނަށް ރަހުމް ކުރަން އެނގޭ” ރަޔާހީން ކޮޓަރިން ނިކުމެގެން ދިޔައީ އިތުރަށް އެތާ އިންނަން ބޭނުންނުވާތިއެވެ. އިރުފާން ފެނުމުން މިހާރު އޭނާ އަށް އޭނާގެ އަމިއްލަ ނަފްސު ކޮންޓްރޯލް ކުރަން އުނދަގުލެވެ. މިހާރުވެސް އޭނާގެ ދުލުގައި ބީހާލް ހިފާފައި ނެތްނަަމަ އިރުފާންގެ މޫނު ނޮޅާލާނެތާ ކިތަންމެ އިރެކެވެ.

ރަޔާހީނަށް ވީގޮތަކާއި މެދު ވިސްނަން އިރުފާން އިނެވެ. ރަޔާހީނަކީ އޭނާގެ ފުރާނަ ވިޔަސް އޭނާގެ ބޮޑު ސިއްރު ފާޅުވާކަށް ލާހިކެއް ނޫނޭ ހިތަށް އަރަމުން ދިޔައެވެ. އޭނާ އަކީ އޭނާގެ ލޯބި ހޯދުމަށްޓަކައި ޖާނުން ފިދާވުމަށް ތައްޔާރަށް ހުރި މީހެކެވެ. ވީއިރު އެލޯތްބަށްޓަކައި އެހެން މީހެއްގެ ފުރާނަ ދުއްވާލަން ޖެހުމުން އޭނާ އެކަން ކުރީއެވެ. އެކަމުގައި މައްސަލައެއް އެބައޮތް ހެއްޔެވެ؟ ހަޤީޤަތް އެނގުނަސް ރަޔާހީން ޖެހޭނީ އޭނާގެ އަންބެއްގެ މަޤާމުގައި އިންނާށެވެ. މީ އިރުފާންގެ ހިތަށް އަރާ ގޮތެވެ. އޭނާ އަމިއްލަ ނަޒަރުގައި އޭނާ އަކީ ކުށްވެރިއެއް ނޫނެވެ.

 

ރޭގަނޑުގެ ކެއުމަށްފަހު ޓެރަސް އަށް އަރަން ދިޔަ ވިކްޔަން މައިސަރާ ގޮވާލީ އެހެން ރޭތަކުގައި ކެއުމަށްފަހު ކޮފީ ބޯން އާދަވެފައި ހުރި ކުއްޖާ މިރޭ ކޮފީއަކަށް ވެސް ނޭދި ދާން ފެށުމުންނެވެ.

“ވިކީ! މާއަވަސް އަރުވާލައިގެން ތިދަނީ ކޮންތާކަށް” ތަށިތައް ނަގަން ހުރި މައިސަރާ ސިޑިއާއި ދިމާލަށް ދިޔަ ވިކްޔަން އަށް ގޮވާލާފައި ބުންނެވެ.

“މިދަނީ ޓެރަސް އަށް ނިހާ އަށް ގުޅާލަން ކަމަށް… މަންމަ ތިކަންތައް ނިންމާލާފައި އަޅުގަނޑަށް ކޮފީއެއް ގެނެސްދެއްޗެ” ވިކްޔަން އަށް އެއްޗެއް ހީވުމުން މަސައްކަތްކުރީ މައިސަރާގެ ސުވާލެއް ކުރިމަތި ނުވާނެ ގޮތެއް ހަދާފައިވެސް އެތަނުން އަވަހަށް ދެވޭތޯއެވެ. ވިކްޔަން އަރައިގެން ދިޔަ މަންޒަރު ބަލަން މައިސަރާ ހުރީ ވިސްނުމެއްގައެވެ. އެހެން ހުރެފައި ބައެއް ފަހަރު ވިކްޔަން ތަޅުލައިގެން އުޅުނު ކޮޓަރިއާއި ދިމާލަށް ވެސް ކަޅިއެއް އެއްލައެވެ.

 

ޓެރަސްގައި ހުރި އުނދޯލީގައި ލެޕްޓޮޕް ބެހެއްޓުމަށްފަހު ވިކްޔަން ރެއިލިންގް ކައިރިއަށް ޖެހިލާ އަނދިރިކަން ވެރިވެފައިވީ އުޑަށް ނަޒަރު ހުއްޓާލިއެވެ. އެހެންރޭރޭ އުޑު މެދުގައި ރަނިކަން ކުރާ ހަނދަށް މިރޭ ޗުއްޓީ ކަން ނޭނގއެވެ. އުޑުމަތި މަދުން ފެންނަން ހުރި ތަރިތަކަށް ބަލަން އިރުކޮޅަކު ހުރުމަށްފަހު ވިކްޔަން އައިސް އުނދޯލީގައި ޖައްސާލިއެވެ. ލެޕްޓޮޕް އޮންކޮށްލުމަށްފަހު އިރުކޮޅަކު ހަމަޖެހިލިއެވެ. އިރުކޮޅަކުން އޭނާގެ ކުރިމަތިން ފެނުނު މާކިލް އާއި އޭނާގެ އަންހެނުން ޔޫމީ ވިކްޔަން އަށް ހައި އަޅާލުމުން ވިކްޔަންގެ ތުންފަތަށް ވެސް ހިނިތުންވުމެއް ވެރިވިއެވެ.

މައިސަރާ ކޮފީތަށި ހިފައިގެން މައްޗަށް އެރީ ވިކްޔަން ވީޑިއޯ ކޯލް މެދުވެރިކޮށް މާކިލް އާއި އަނގަ ތަޅަމުން ދަނިކޮށެވެ. އިރުކޮޅަކުން މައިސަރާ ވެސް ޔޫމީ އާއި ވަހަކަދައްކަން ފެށިއެވެ. ގާތްގަނޑަކަށް ވިއްސަކަށް މިނިޓް ވަންދެން އެގޮތުގައި އަނގަ ތަޅަން ތިބުމަށްފަހު އެކޯލް ވިކްޔަން ނިންމާލިއެވެ. އަދި ލެޕް ލައްޕާލުމަށްފަހު ފޯނު ނަގާ ޑާޓާ އޮން ކޮށްލުމަށްފަހު އެފްބީ އިން ލޮގިން ވެލިއެވެ.

“މިހާރު ނިހާ އަށް ގުޅީތަ؟” މައިސަރާ ވިކްޔަން އަށް ބަލަން އިންދެ އަހާލިއެވެ.

“ނު…ނޫން… އާ…އާނ ގުޅައިފިން. ނިހާ ކުޑަކޮށް ބިޒީކޮށް އުޅުނީމަ ވާހަނުދެއްކުނު” ވިކްޔަން އަވަހަށް ބުނެލިއެވެ. މައިސަރާ ކައިރިއަށް ހިނި އައި ނަމަވެސް އެކަން މޫނުމަތިން ނުދައްކާވޭތޯ ބެލިއެވެ.

“މިހާރު މާކް ވެސް މެރީކުރީ އެ. މަންމަ ހިތަށް އަރާ ދަރިފުޅު އެކަހަލަ ކަމަކާއި އުޅޭނީ ކޮންއިރަކުންބާއޭ. މަންމަ ވެސް ވަރަށް ބޭނުން އެދުވަސް ދެކިލަން” މައިސަރާ ހަޤީޤަތުގައި ވެސް ހާމައެކުރީ އެކަމަށް އޭނަ ނުހަނު އެދޭ ކަމެއްގެ ވާހަކައެވެ.

“މަންމާ! އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް ކުރާނަން. ނިހާ އަދި ތައްޔާރު ނޫންވީމަ. މަންމަ އަށް އެނގޭތަ ނިހާ އަށް އަށާރަ އަހަރު. އެހެންވީމާ އަދި އަވަހެއްނު” ވިކްޔަން ފޯނަށް ބަލަން އިނދެ ބުނެލިއެވެ. މައިސަރާ ވިިއްދައިގެން އެއްޗެއް ނުބުނީ އެމައުލޫއަށް ވާހަކަދައްކައިގެން ވިކްޔަންގެ ހިތް ބަދަލުނުކުރެވޭނެތީއެވެ.

“ދަރިފުޅަށް ހެޔޮތަ ތިރީސް އަހަރު ފުރުނަސް” އެންމެފަހަށް މައިސަރާ އަށް ކެތްނުވުމުން ބުނެލިއެވެ.

“މަންމާ! ޕްލީޒް. ތިވާހަކަ ނުދައްކަބަލަ. ވަގުތު ޖެހުނީމަ އަޅުގަނޑު އިންނާނަން” މައިސަރާގެ އަތުގައި ހިފާލަމުން ވިކްޔަން ބުނެލިއެވެ.

“ތިވާހަކައެއް ނޫން. ދަރިފުޅު އެކޮޓަރި މަންމަ އަށް ހުޅުވަދޭންވީނުން. ވަރަށް ދުވަސް ވެއްޖެއްނު އެތަން ސާފުނުކުރާތާ” މައިސަރާ އޭނާ ވާހަކަދައްކަން ބޭނުންވާ ހަޤީޤީ މައުލޫއަށް ދިޔައެވެ.

“މަންމާ! ކުރިން ވެސް ބުނީމެއްނު އެކޮޓަރި ނުހުޅުވައްޗޭ. މަންމަ ސާފު ނުކުރިޔަސް އަޅުގަނޑު ގޭގައި ހުންނަ ދުވަހެއް ވިއްޔާ އަޅުގަނޑު ސާފުކުރަން އެތަން. މަންމާ އަޅުގަނޑު ކައިވެންޏަށްފަހު އުޅެން ގަޞްދުކުރަނީ އެކޮޓަރީގައި. އެއީ އެކަމަށްޓަކައި އަޅުގަނޑު ތައްޔާރުކުރި ކޮޓަރިއެއް” ވިކްޔަން މައިސަރާ އާއި ދިމާލަށް އެނބުރިލަމުން ބުނެލިއެވެ.

“މަންމަ ސުވާލެއް ކޮށްފިއްޔާ ދަރިފުޅު ތެދަށް ޖަވާބުދޭނަންތަ؟” މައިސަރާ ވިކްޔަންގެ އަތުގައި ހިފާލަމުން އަހާލިއެވެ.

“މަންމާ އަޅުގަނޑު މަންމައަށް ދޮގެއް ނަހަދާނަން. ހަމަ ރަނގަޅަށް މިބުނީ އެކޮޓަރީގެ ޤާނޫނާއި ޤަވަޢިދާއި ޚިލާފް އެއްވެސް އެއްޗެއް ނޯންނާނެ. އެއީ އަޅުގަނޑު ހީން އާއި ލޯބީގެ ގޮތުން އުޅުނު އިރު އަޅުގަނޑުމެންގެ ކައިވެންޏަށްޓަކައި ތައްޔާރުކުރި ކޮޓަރިއެއް. އެކޮޓަރީގައި އަޅުގަނޑުމެންގެ ދެމީހުންގެ ވަރަށް ގިނަ ހަނދާންތަކެއްވޭ. އެހެންވެ އެއްވެސް މީހަކު އެތަން ހުޅުވަން ބޭނުންނުވަނީ. އަޅުގަނޑު ހަމައެކަނި ސާފުކޮށްލަން ވަންނަނީ” ވިކްޔަން އަށް މައިސަރާގެ ހިތުގައި އޮތް އެއްޗެއް އެނގުނީ ކަންނޭނގެއެވެ. މައިސަރަ ހީލިއެވެ. ވިކްޔަންގެ މޫނުގައި ލޯތްބާއެކު ފިރުމާލިއެވެ. އޭނާ އެކޮޓަރި ހުޅުވި ވާހަކަ ބުނަން އުޅެފައި ވެސް މައިސަރާ އެކަން ފޮރުވާލިއެވެ. ދަރިފުޅުގެ ކުރިމަތީގައި މަންމަގެ އިތުބާރެއް ނެތްކަން އަންގަން ބޭނުންނުވާތީއެވެ.

 

އާސިރަށް ޚިދުމަތްކޮށް ދިނުމަށްޓަކައި ފީރޯޒާ ގިނަ ވަގުތު ހޭދަކުރަނީ ކޮޓަރީ ހަތަރުފާރުން އެތެރޭގައެވެ. ގޭ ސިޓިންގްރޫމަށް ވެސް ނިކުމެލަނީ މަދު ފަހަރެއްގައެވެ. ނަމަވެސް މިއަދު އެހެން ދުވަސްތަކާއި ޚިލާފެވެ. އާސިރަށް އެންމެ މީރު ކެއުން ތައްޔާރުކޮށްދިނުމަށްޓަކައި ފީރޯޒާ ބަދިގެތެރޭގައި ހަރަކާތްތެރި ވަމުން ދޭއެވެ. ތަންކޮޅެއް ދުރުގައި ރަމްލާ ވެސް މަސައްކަތެއްގައި ހުއްޓެވެ. ދޭތެރެއަން ފީރޯޒާ އަށް ބަލާލަނީ އޭނާ އަށް އެއްޗެހި ގޮވާ ގަންނަ ހިތުން ދޫ ހިރުވާން ފެށުމުންނެވެ.

ބަދިގެއަށް އައިސް ވަން ރަޔާހީން ފެނުމާއެކު ފީރޯޒާ އާއި ރަމްލާ ހީލިއެވެ. ރަޔާހީން ވެސް ބަދަލުގައި ހިނިތުންވުމެއް ދިނުމަށްފަހު ގޮސް އުނދުން ކައިރީގައި ހުއްޓިލީ ރަމްލާ އާއި ތަންކޮޅެއް ކައިރީގައެވެ.

“ދަރިފުޅާ ހީން ދޭބަލަ ބައްޕަ އަށް މިހޫނު ފެންފޮދު ދީފަ އަންނަން. ހަނދާންކޮށް ތަށި ހުސްވީމަ ހިފައިގެން އެނގޭ އަންނާނީ” މޭޒު މަތީގައި ހުރި ކުޑަ ތަބަކެއްގައި ދަގަނޑު ފެންބޯ ތައްޓަކަށް ހޫނު ފެން އަޅާފައި ބަހައްޓަމުން ފީރޯޒާ ބަލާލީ އުނދުން ކައިރީގައި ހުރި ރަޔާހީނަށެވެ. ރަޔާހީން ވެސް ހީލުމަށްފަހު ތަބަށް ހިފައިގެން ބަދިގެ އިން ނިކުންނަމުން އަނެއް ފަރާތުގައި ހުރި ރަމްލާ އަށް ބަލާލިއެވެ. ރަޔާހީން ހީލުމާއެކު ރަމްލާ ވެސް ބޮލުން އިޝާރާތް ކޮށްލިއެވެ. އެއަށްފަހު ރަޔާހީން މިސްރާބު ޖެހީ ފިރޯޒާ ގެ ކޮޓަރި އާއި ދިމާލަށެވެ. ފަސޭހައަކަށްޓަކައި އާސިރު ބަލިވި ފަހުން އެދެމަފިރިން ދިރިއުޅެނީ ތިރީގައި ހުންނަ ކޮޓަރިއެއްގައެވެ.

އެނދުގައި އޮތް އާސިރު ބަލާލީ ކޮޓަރި ދޮރު ހުޅުވާފައި މީހަކު ވަން އަޑު އިވުމުންނެވެ. ރަޔާހީން ވިހަ ހިނިތުންވުމަކުން އާސިރަށް ބަލާލުމަށްފަހު ހޫނުފެން ތަށި ސައިޑްކަބަޑް މަތީގައި ބެހެއްޓިއެވެ. އަދި އެނދު ކައިރީގައި ކޮޅަށް ހުއްޓިލަމުން ހަށަން ބަނދެލިއެވެ. އޭރުވެސް އާސިރު ދިޔައީ ރަޔާހީނަށް ބަލަމުންނެވެ. އަނގައިގެ ދެމިފައި ހުރި ދިމާލުން ސޮނިތައް ފައިބަމުން ދިޔައެވެ.

“ބައްޕާ! މަންމަ ފޮނުވި ފެންފޮދެއް. މަންމަ އައިމަ ދޯ ބޯނީ. އަޅުގަނޑަކަށް ނުވާނެ. ބައްޕަމެން ތި ހީކުރާހާ މާތް މީހެއް ނޫން އަޅުގަނޑަކީ. އެހެންވީމަ އަޅުގަނޑު މިބުނަނީ މަންމަ އައިމަ އެ ފެންފޮދު ބޯލާށޭ. މަންމަ ބުނި ބައްޕަ އަށް ފެންފޮދު ދޭށޭ. އެކަމަކު އަޅުގަނޑު ނުވޭ އޭނަ ބުނާ ކަންތައް ކުރާހިތެއް” ރަޔާހީން ދައްކަމުންދާ ވާހަކައިގެ އަސްލަކީ ކޮބާ ކަން ނޭނގޭތީ އެނދުގައި އޮތް އާސިރު ދެފަރާތަށް އަނގަ ހަލުވަމުން ދިޔައެވެ. ހީވާ ގޮތުން އެއްޗެއް ބުނަން މަސައްކަތް ކުރަނީއެވެ.

“ނޭނގުނު ދޯ. ނޭނގޭނެ. އެއީ މުސްކުޅި ވުމުގެ އަލާމާތެއް. ހެހެހެ…. ބައްޕަގެ ވެސް ޅަ ދުވަސް މިހާރު ފަހަނައަޅައި ހިނގައްޖެ. އެހެންވީމާ އަނެއް މީހާ ބުނާ ބަސް ދެނެގަންނަން ވަގުތު ނަގާނެ” ރަޔާހީން އެނދުގައި އާސިރުގެ ފައި ކައިރީގައި އިށީންނަމުން ބުނެލިއެވެ.

“ބައްޕަ އަށް އެނގޭތަ ބައްޕަ އަށް މިހާރު ތި ލިބެމުންދާ ވޭނުގެ ސަބަބަކީ ކޮބާ ކަން. އަހަރެން މިއައީ އަސްލު އޭތި ބުނެދޭން ވެގެން. އަސްލު ޤާޠިލަކީ ބައްޕައެއް ނޫން. އަދި މަންމަ އެއް ވެސް ނޫން. ޤާތިލަކީ އިރުފާން. ނުބައި ނުލަފާ އިރުފާން. އަހަރެން މިގެއަށް އައީ އިރުފާނަށް އޭނާ ކުރި ކުށުގެ ބަދަލު ދިނުމަށްޓަކައި. އަދި އެއްވާހަކަ ބުނަންތަ؟ އަހަރެންގެ ދޮންތަ ދެދަރިންނާއެކު މަރުވީ އަމިއްލަ އަށް ކަމަށް ބުނެ މުޅި ރާއްޖެއަށް އެކަން އިޢުލާން ކުރީ ހަމަ އިރުފާން. އޭނަ އަށްް އެކަމަށް ހިތްވަރު ދިނީ މަންމަ އާއި ބައްޕަ. ނުވިތާކަށް ކުށެއް ނެތް އަންހެނެއް ، ހަމައެކަނި ދޮންތަގެ ހާލަށް ހަމްދަރުދީވި ހަމައެކަނި ފަރާތް ރަމްލާއްތަ މިގޭ ކޮޓަރިއަކު ބަންދުކޮށްގެން ތިން އަހަރު ގެންގުޅުނީ. އިންސާނުން ކުކުޅު ހާ ވެސް އެހާ ދަށު ދަރަޖައިގަ ނުގެންގުޅޭނެ ކަން ޔަޤީން. ކީއްވެ؟ އެ ނުލަފާ ރަހުމެއް ނެތް އިރުފާން އަހަރެންގެ ދޮންތަ އާއި ދެކުދިން މަރާލިތަން ފެނުނު މީހަކީ ހަމައެކަނި ރަމްލާއްތަ އަށް ވީތީ. ލައްކަ ދުވަހު ފޮރުވައިގެން އުޅެވިއްޖެއްނު. ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ތި ނުލަފާ ތިން މީހުން ވެސް ތިބޭނީ ޖަލުގެ ތޭރި ތަކުގެ ބިތްދަށުގައި. މީ އަހަރެން ވާ ވަޢުދެއް. އަހަރެންގެ ދޮންތަ އާއި ދެދަރިންނަށް. އަދި އަހަރެންގެ އަމިއްލަ ނަފްސަށް” ރަޔާހީންގެ ވާހަކަތަކުން ބަލިހާލުގައި އޮތް އާސިރު ދެފަރާތަށް މޫނު ތަޅުވަމުން ދިޔައެވެ. ނަމަވެސް ރަޔާހީން ހަމަ އެހުރި ތަނުގައި ހީލައިގެން ހުރީއެވެ.

“ބައްޕަމެން ތީ ގަޓު މީހުންނެއްނު. ބައްޕަމެން އެކަން ފޮރުވަން ސަރުކާރުގެ އިސްބޭބޭފުޅުންގެ ބޭނުން ހިފީމެއްނު. ޅަ ދުވަހުގެ އެބާރު މިހާރު ނެތީތަ؟”

“ދަރިފުޅާ ހީން…. ކޮބާ؟ މިހާރު ދިނީތަ؟ ދަރިފުޅު ލަސްވީމަ މިއައީ..” ކުއްލިއަކަށް ރަޔާހީން ސިހުނީ ފަހަތުން އިވުނު ފީރޯޒާގެ އަޑުންނެވެ.

“އާނ މަންމާ! ބައްޕައާއި ކުޑަކޮށް ވާހަކަދައްކާލަން މަޑުކޮށްލީ” ރަޔާހީން ހީލަމުން ކޮޓަރިން ނިކުތީ އާސިރަށް ވެސް ހިނިތުންވުމެއް ދެމުންނެވެ. އާސިރުގެ ދެލޮލުން ވެއްޓުނު ކަރުނަތިކި ފީރޯޒާ އަށް ފެނުމާއެކު ލޯތްބާއެކު ފޮހެލަދިނެވެ. ކަމަކާއި ދެރަވީކަން އެނގުމުން ފީރޯޒާ ވާހަކަބަދަލުކޮށްލީ އެމީހުންގެ ޅަ ދުވަހުގެ ވަހަކައަކަށެވެ.

އާސިރާއި އެގޮތަށް ވާހަކަދެއްކުމުން ހަޤީޤަގތުގައި ވެސް ރަޔާހީން ދެރަވެއްޖެއެވެ. ރަޔާހީންގެ އާއިލާ އާއި މެދު އާސިރުމެން ކަންތައްކުރީ ރަނގަޅަކަށް ނޫނަސް އާބިދާ ރަޔާހީން ބަލާބޮޑުކުރީ ހެޔޮ ތަރުބިއްޔަތެއް ދީގެންނެވެ. މީހުންނާއި އިޙްތިރާމްކުރުމާއި ބަސްމަގު ބަހައްޓަންވީ ކިހިނެއްކަން އެއީ ރަޔާހީނަށް އޮޅިފައިވާ ކަމެއް ނޫނެވެ. އެހެންނޫނަސް ރަޔާހީނަކީ އެއްވެސް އިރެއްގައި މީހުންނާއި ޒުވާބުކޮށް ހަޑި ބަހުން ވާހަކަދައްކާ ހަދާ ކުއްޖަކަށް ނުވާތީ އޭނާ އާސިރުގެ ކިބައިން މާފަށް އެދެން ބޭނުންވިއެވެ. ވިސްނުމެއްގައި ހުރެ އޭނާ އެކޮޓަރީ ދޮރުފަތުގައި ޓަކި ޖަހާލިއެވެ. ފީރޯޒާ ދޮރުހުޅުވާލުމާއެކު ރަޔާހީން ހީވެސްނުލާ އެތެރެއަށް ވަދެ ހުއްޓުނީ އާސިރު އިން ގޮނޑީގެ ދާދި ކައިރީގައެވެ.

“އަޅުގަނޑަށް ބުނެވުނު ބަހަކުން ބައްޕަ ހިތުގައި ޖެހުނުނަމަ ނުވަތަ ބައްޕަގެ އަގުވެއްޓޭފަދަ ބަހެއް ބުނެވުނުނަމަ އަޅުގަނޑަށް މާފްކޮށްދީ” ރަޔާހީން ދިޔައީ އާސިރުގެ ފަރާތުން އެއަށް ޖަވާބެއް ނުލިބޭނެކަން އެނގޭތިއެވެ. ނަމަވެސް ފީރޯޒާ ގޮވާލުމުން ރަޔާހީން ދޮރާއި ހަމައިގާ ހުއްޓިލިއެވެ.

“ކޮންކަމަކާ ހީން މާފަށް އެދުނީ. ހީން އަނެއްކާ ކީކޭ ކިއީ ބައްޕަ ކައިރީގައި” ފީރޯޒާ އޮޅުންފިލުވަން ބޭނުންވިއެވެ.

“ބައްޕަ އެހާލުގައި އިންދާ އަޅުގަނޑު މާބޮޑަށް އަނގަތެޅުނީ. އެހެންވެ” ރަޔާހީން ގަދަކަމުން ހީލިއެވެ. ފީރޯޒާ ހިނިތުންވެލަމުން ފާޚާނާ އަށް ވަނެވެ. ގޮނޑީގައި އިން އާސިރު ސޮނިފައިބަމުން ދިޔަ އަނގަ ވެސް ހީލަން އުޅޭ ކަހަލަ ގޮތަކަށް ހަރަކާތްކޮށްލިއެވެ.

 

މަގުމައްޗަށް ނިކުތުމަށްފަހު ވަކި ހިސާބަކަށް ދެވުމުން ރަމްލާ ދެފަރާތް ބަލާލިއެވެ. ރޭގަނޑުގެ ވަގުތުތައް ފަރުދާއެއްގެ ގޮތުގައި ލެއްވުމީ ކުޅަދުންވަންތަ ކަމުގެ ހެއްކެކެވެ. އެފަރުދާގެ ބޭނުން އެންމެ ރަނގަޅުގޮތުގައި ހިފަމުން ރަމްލާ އޭނާގެ މޫނުފޮތިކޮޅު ނަގާލިއެވެ. އަދި ޖީބުން ލާރި ނަގައިގެން ކައިރި ފިހާރައަކަށް ވަނީ އޭނާ އަށް ބޭނުންވާ ބައެއް ސާމާނު ގަނެލުމަށެވެ. ކައުންޓަރަށް ފައިސާ ދީފައި އެނބުރިލި މައިސަރާ އަށް ހަރުގަނޑު ކައިރީގައި ހުރި ރަމްލާ ފެނުމުން ދެލޯ ބޮޑުވެގެން ދިޔައެވެ. ރަމްލާ އެފެނުނީ ހާދަ ދުވަހެއް ކޮށްފައެވެ. ހަށިގަނޑަށް ބޮޑު ބަދަލެއް އައިސްފައި ވިޔަސް އެއީ ރަމްލާ ނޫން ދެވަނަ އިންސާނެއް ނޫން ކަން މައިސަރާ އަށް ޔަޤީނެވެ.

“ރަމްލާ ދޯ” މައިސަރާގެ އަޑުން ރަމްލާ ދިޔައީ އެއްލިގެންންނެވެ. ލަސްލަހުން އެނބުރިލީ އެއީ މައިސަރާ ކަން އެނގިގެނެއް ނޫނެވެ. ނަމަވެސް ކުރިމަތީގައި ހުރި މައިސަރާ ފެނުމުން ރަމްލާގެ މޭ ކެކިގަތެވެ. ދެފަރާތް ހޯދާލެވުނީ މައިސަރާ އާއި އެކީގައި ފީރޯޒާ ވެސް ހުރި ކަމަށެވެ.

“ހާދަ ސިއްރުން. އެނގިއްޖެތަ މީ ކާކު ކަން” ސަލާމަށް އަތް ދިއްކޮށްލަމުން މައިސަރާ އަހާލިއެވެ. ރަމްލާ ވެސް ސަލާންކޮށްލަމުން މައިސަރާގެ ބުރަކަށީގައި ފިރުމާލީ އޭނާ އަށް ކާކުކަން އެނގިއްޖޭ ބުނަމުންނެވެެ.

“ދުނިޔޭގަ އެބައުޅެންދޯ. ދައްތައަށް ފެނިއްޖިއްޔާ ހާދަ އުފާވާނޭ… ކީއްވެތަ ކުއްލިއަކަށް ފިލައިގެން ދިޔައީ. ދައްތަމެން ވަރަށް ހިތާމަކުރި. ފަރުހީންގެ މަރުގެ ސަބަބުން އެހިތާމާއިގާ ދައްތަމެން ވަނިކޮށް އަނެއްކާ ރަމްލާ ވީނުވީއެއް ނޭނގި ގެއްލުނީ” މައިސަރާ ބުނެލިއެވެ. ދެމީހުން ވާހަކަދެއްކީ ފިހާރަތެރޭގައި އުޅޭ އެހެން ކަސްޓަމަރުންނަށް އުނދަގު ނުވާނޭހެން އެއްކައިރިއަކަށް ޖެހި ތިބެއެވެ.

“އަހަރެން ނުފިލަން. އަހަރެންނަށް ދިމާވީ ވަރަށް ދެރަގޮތެއް. މިހާރު ކިޔައެއްނުދެވޭނެ. އެކަމަކު ވަރަށް އަވަހަށް އެނގޭނެ. އަހަރެން ދަނީ” މައިސަރާ އަށް އެއްޗެއް ބުނާނެ ފުރުޞަތެއް ދިނުމެއްނެތި ރަމްލާ ފިހާރައިން ނިކުމެ ދުރުދުރުގައި ފިަޔަވަޅު އަޅަމުން އެންމެ ކައިރީގައި އޮތް ހިމަ ގޯޅިގަނޑަށް ވަނެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Ushaali

Level 810 Stories100 Comments100 Stories500 Comments

Writing stories is more than my passion. it’s a journey that fills my heart with joy and purpose. Every story I create carries a piece of my imagination, emotions, and dreams. My greatest hobby is reading, exploring new ideas, and transforming simple thoughts into unforgettable stories that inspire, entertain, and touch the hearts of readers. My happiness comes from knowing that someone, somewhere, smiles, laughs, cries, or finds hope through the words I write. There is no greater reward than seeing my stories become a meaningful part of someone’s life. Success, to me, is not measured by numbers or popularity alone. My true success is the love, support, and trust of my readers. Every person who reads my stories becomes a part of my journey, and I am deeply grateful for each one of you. Your encouragement gives me the strength to keep writing and to become a better storyteller every day. I always look forward to learning, improving, and creating stories that leave a lasting impression. I believe that growth never ends, and every new story is another step toward becoming the writer I aspire to be. One thing that makes my journey unique is that I value honest criticism more than praise. While kind words motivate me, constructive negative feedback helps me recognize my weaknesses, improve my skills, and grow faster in my writing career. Every thoughtful suggestion is an opportunity to become a stronger and better author. To all my readers, thank you for believing in my stories and walking this journey with me. You are not just my audience—you are an important part of my success. I hope my stories continue to inspire, entertain, and remain in your hearts for years to come.

Other Articles

Previous

ތި ލޯތްބަށްޓަކައި (9)

Next

ތިޔަ ދިން އުފާ 16

Next
September 18, 2017

ތިޔަ ދިން އުފާ 16

Previews
September 18, 2017

ތި ލޯތްބަށްޓަކައި (9)

19 Comments!

  1. Ushaali says:
    September 18, 2017 at 5:37 pm

    Assalam alikum and alhamdhulillah….. miothy mi bai ves up kurevifa. huriha kudhinnah kamudhaane kamah heekuran. enjoy 🙂 🙂

  2. mal-mal says:
    September 18, 2017 at 5:45 pm

    am I the first??? 😀 hip hip hooray!!!???
    will give feedback after reading the story!!

    1. Ushaali says:
      September 18, 2017 at 5:57 pm

      yes mal-mal mifaharu first 🙂

  3. Coco says:
    September 18, 2017 at 5:50 pm

    How many parts more

    1. Ushaali says:
      September 18, 2017 at 6:01 pm

      nenge coco adhi. maybe 3or 2 🙂

  4. marsh says:
    September 18, 2017 at 5:55 pm

    meee second i love itt

    1. Ushaali says:
      September 18, 2017 at 6:01 pm

      thankyou marsh 🙂

  5. azeen says:
    September 18, 2017 at 6:59 pm

    wowww

  6. Manna says:
    September 18, 2017 at 8:03 pm

    Me 4th hurray. I’m so happyyyy

  7. thalpalhey ? says:
    September 18, 2017 at 10:52 pm

    Woww woww varah reethi??thanks up kohdhineemaaves?next part kon irakun up vaany? Plx pls if u can make it fast?

  8. non says:
    September 19, 2017 at 7:29 am

    habeys……….

  9. Aish says:
    September 19, 2017 at 8:41 am

    Wooow..vvvvvvv reeethi…ehaa kiyaahithun indha enimuny nuvx engi hutta..bt vvv reethi..dhn kondhuvahakun up vaany…?

  10. fauxaan says:
    September 19, 2017 at 1:36 pm

    salhi adhi vaahakaaga update kuraabaa ithuru kohlaaa

  11. Musli says:
    September 20, 2017 at 7:48 pm

    Kobaatha ushaa .. vaahaka haadha lasvey.. v v bodah kiyaahithun miulheny.. thankolheh avass kohla dheeba

  12. Malaa says:
    September 20, 2017 at 8:04 pm

    Ushaa kobaa vaahaka… haadha lahey up vaaleh… waiting…

  13. Iburey says:
    September 20, 2017 at 8:33 pm

    Vaahaka v v nice .When next part???

  14. KAira says:
    September 21, 2017 at 2:30 am

    Maa lahee update vaaleh.. Avas kohlahvaa

  15. Fathun says:
    September 21, 2017 at 9:41 am

    Koba next part upload kuritho bala bala mihunani ??

  16. ??? says:
    September 21, 2017 at 11:58 am

    Kobaa???

Comments are closed.

Next Episode02:30 ނަވާވީސްވަނަ ބައި←


All Right Reserved!