މަލަކާ އެއްފަހަރު ޝައިމްއަށް އަނެއް ފަހަރު ދޮރު ކުރިމަތީގައި ހައިރާންވެފައި ހުރި އަޝްވާއަށް ބަލާލުމަށްފަހު އިސްޖަހައިގެން ހަލުވި ހިނގުމެއްގައި އެތަނުން ނުކުމެގެން ދިޔައެވެ.
ޝައިމް ހުރި ފިޔަވަޅު މަތީގައި ހުރެ ނުކުމެގެން ދިޔަ މަލަކާއަށް ބަލަހައްޓައިގެން ހުއްޓެވެ.
“ދޮންބޭ އޯކޭތަ ހުރިހާ ކަމެއް” އަޝްވާއަށް މިއީ ޝައިމްއާއި މަލަކާ އެގޮތަށް ފެނުނު ފުރަތަމަ ފަހަރެއް ނޫނެވެ. ހޮސްޕިޓަލުން އެމަންޒަރު ފެނުނު ފުރަތަމަ ދުވަހު މާ ބޮޑު ކަމަކަށް ނުހަދައި އަޅާނުލިޔަސް އެކަން މިރޭ ތަކުރާރު ވުމުން ކޮންމެވެސް ކަމެއް ދެމީހުންގެ މެދުގައި އުޅޭކަން ޔަގީންވިއެވެ.
“އަޝްވާ މިއޮތް ދަންވަރު ބޭރަށް ނުކުމެ ތިއުޅެނީ ކީއްވެ” ޝައިމް އަޝްވާ ކުރި ސުވާލަށް ޖަވާބު ދިނުމުގެ ބަދަލުގައި އަހާލިއެވެ.
“އަޅުގަނޑު ފެން ބޯލަން މިއައީ. ދޮންބެއާއި މަލަކާ ކީއްކުރަނީ މިތާ” އަޝްވާ އަހާލިއެވެ. ޝައިމް ކަމެއް ފޮރުވަން އުޅޭކަމުގެ އިހްސާސްވިއެވެ.
“އަވަހަށް ފެން ބޮއިގެން ނިދަންދޭ. ދޮންބެވެސް މިދަނީ” މިފަހަރުވެސް ޝައިމް އަޝްވާގެ ސުވާލަށް ޖަވާބު ނުދީ ދިޔައެވެ.
އަޝްވާ ބަދިގެއިން ނުކުމެގެން ކޮޓަރިއަށް ވަންއިރު މަލަކާ މޫނު ދޮވެގެން ފާހަނައިން ނުކުންނަނީއެވެ. އަޝްވާއަށް ކުޑަ ހިނިތުންވުމެއް ހަދިޔާ ކުރުމަށްފަހު މަލަކާ ރީތިވާ މޭޒު ކައިރީގައި އިށީދެ ބޮލުގައި ފުނާއަޅަން ފެށިއެވެ. އަޝްވާ ރައްދުގައި ފާޑަކަށް ހީލުމަށްފަހު ގޮސް އޭނާއަށް ހާއްސަކުރެވިފައިވާ އެނދުގެ ފަރާތުގައި އޮށޯންނަން އުޅުނެވެ. އެވަގުތު ކައިރީގައި ބާއްވާފައި އޮތް މަލަކާގެ ފޯނު ރިންގުވާން ފެށިއެވެ. އަޝްވާ ފޯނުނަގައި މަލަކާއަށް ދިއްކޮށްލިއިރު ސްކުރީނުގައި ޝައިމްގެ ނަން އޮތުމުން ސުވާލު މާރކުތައް އިތުރުވިއެވެ. މަލަކާ އަޝްވާ އަތުން ފޯނު ނެގުމަށްފަހު އެގުޅަނީ ޝައިމްކަން އެގުމުން އަވަހަށް އިންތަނުން ތެދުވިއެވެ. އަދި އަތް ތުރުތުރު އަޅާ ހާލު ފޯނު ރިންގުވެ ނިމެންދެން ބަލަހައްޓައިގެން ހުރީ ދެން ހަދަންވީ ކީއްކަމެއް ނޭނގިފައެވެ.
އެއްފަހަރު ގުޅުމުން މަލަކާ ފޯނު ނުނެގުމުން ޝައިމް އަނެއްކާވެސް މަލަކާއަށް ގުޅާލިއެވެ. ނަމަވެސް މިފަހަރުވެސް މަލަކާ ފޯނު ނުނެގިއެވެ. އެހެންކަމުން ޝައިމްއަށް އަމިއްލަ ނަފުސު އިތުރަށް ކުށްވެރި ކުރެވެން ފެށުނީ ނާޒުކު ހާލަތެއްގައި މަލަކާ ހުއްޓައި އެފަދަ ގޮތަކަށް އަމަލު ކުރެވުމުންނެވެ.
ޝައިމް ގުޅުން ހުއްޓާލުމުންވެސް މަލަކާ ފޯނަށް އިރުކޮޅަކު ގެއްލިފައި ހުރުމަށްފަހު ފޯނު ޗާރޖަށް ޖެހުމަށްފަހު ނިދަން އެރިއެވެ. އޭރު ހިތުގައި އެކި އިހްސާސްތަކުގެ ރާޅު ބާންޏެއް އުފެދެމުން ދިޔައެވެ. ޝައިމްގެ ލޮލުން ފެނުނު ލޯތްބާއިއެކު މަލަކާއަށް އިހްތިޔާރުން ބޭރުވެވުނީއެވެ. ނިއަމް ވަކިވިތާ ގަޑިއިރުތަކެއް ނުވަނީސް އެހެން މީހަކަށް އެހިތުން ޖާގަ ދެވެނީ ހެއްޔެވެ؟ ނޫނެކެވެ. އެހެންވެގެން ނުވާނެއެވެ. މަލަކާގެ ހުވަފެންތަކުގެ ރާޖާއަކީ ނިއަމްއެވެ. އެހިތުގައި ހަމައެކަނި ވިންދު ޖަހާނީ ހަމައެކަނި ނިއަމްއަށްޓަކައެވެ. ނިއަމް އޭނާއާއި ދޭތެރޭ ކުރެވުނު ކުށްހީއަކުން ދުރުވި ނަމަވެސް ނިއަމް ދެކެ ވާ ލޯބި ފަޑުވެގެން ނުވާނެއެވެ. މަލަކާ މިފަދަ އެތައް ހިޔާލުތައް ވެރިކުރުވަމުން ހިތަށް ވިސްނައިދެވޭތޯ މަސައްކަތް ކުރަމުން ދިޔަ ހާލު ނިދުނީ ދެގަޑި ތިރީހަށްވުރެ ބޮޑުވި ފަހުންނެވެ.
ހެނދުނުގެ ރަން ދޯދިތަކުން ރޭގަނޑުގެ އަދިރިިކަމުގެ މައްޗަށް ވެރިވެގަތެވެ. ފަތިސް ނަމާދުން ފައިބައިގެން މަސްބާނަން ރާވައިފައިވާ އޮތަސް ޝައިމްއަށް ނަމާދުން ފައިބައިގެން އަނެއްކާވެސް ޝައިމް އަށް ނިދުނީ ރޭގެ ނިދިން މަހްރޫމްވެފައި ވާތީއެވެ. އަޝްވިން އެތައް ފަހަރަކު ގޮވުމުންވެސް ވެރިވެފައިވާ ގަދަ ނިންޖަކުން ހޭލުނެވުނެވެ.
މަލަކާވެސް ރޭގެ ފިކުރު ބޮޑުވުން ތަކާއި އެއްކޮށް ބޮލުގައި ރިއްސާތީ ބޭސްކައިލައިގެން އަބުރާ ނިދަން ދިޔައީއެވެ.
މަލަކާއާއި ޝައިމް ސައިބޯން އަންނާނެ އިރެއްގެ އިންތިޒާރުގައި މާގިނަ އިރު ތިބެން ޖެހުމުން ގޭގެ އެހެން މީހުން ސައިބުއިމާއިގެން ކުރިއަށް ގެންދިއައެވެ.
“އަޝްވާ ކަމަކާ ހާސްވެފަ އިން ހީވޭ. ކަމެއް ވީތަ އަނެއްކާ” ސަމީހާ އަށް އަޝްވާ މާގިނައިން ގެޔާއި ދިމާލަށް ބަލަމުންދާތީ އަހާލިއެވެ. އަޝްވާ ހިތް ނުތަނަވަސްވެފައި ވަނީ ރޭގަ ވީ ކަންތަކުންނެވެ. ތަފާތު ހިޔާލުތަކުން ސިކުޑި ވަނީ ފުރިފައެވެ. މަލަކާ އާއި ޝައިމް އެހާ ގާތްކޮށް އުޅެނީ ކީއްވެބާއެވެ. އަދި މަލަކާ ރުއީ ކީއްވެ ބާވައެވެ.
ޝައިމްއަށް ހޭލެވުނީ ފޯނުގެ އަޑު ބާރު ރިންގްޓޯނުންނެވެ. ދެލޯ އުގުޅަމުން ފޯނަށް ބަލަލާއިރު ގުޅަމުން ދަނީ އަސްރާރުއެވެ. ބައްޕައާއި ވާހަކަ ދެއްކުމަށްފަހު ޝައިމް ފެންވަރައިލައިގެން ސައިބޯން ކާގެޔަށް ދިޔައެވެ. އޭރު މަލަކާ ފިޔަވައި އެއްމެން ސައިބޮއި ނިމިގެން ތެދުވަނީއެވެ.
“”ޝައިމްއާއި މަލަކާ ނުނިދަނީތަ ރޭގަ ތިހާ ލަސްވަންދެން ނިދީ. ޝައިމްއަށް ހޭނުލެވުމުން މަސް ދަތުރުވެސް ކެންސަލް ކޮށްލީ ދޯ އަޝްވިން” އަޝްވިންއަށް ދޯއެއް ދެމުން ފާއިޒު ބުނެލިއެވެ.
“ނޫން… އަޅުގަނޑު.. ރޭގަ ނިދިން” ފާއިޒު މަލަކާއާއި ދެމީހުންގެ ނަން އެއްފަހަރާ ގެނައުމުން ޝައިމްގެ ހިތް ތޮޅިގަތެވެ. އަނެއްކާ އަޝްވާގެ އިތުރުން އެހެންމީހަކަށް ދެމީހުން އެއްކޮށް ފެނުނީ ބާއޭ ހިތަށް އެރިއެވެ.
“މިއޮތް އައީނު މަލަކާވެސް. ބައްޕަމެން މިކިޔަނީ ދެކުދިން ރޭގަ ނުނިދަނީހޭ މިހާ ލަސްވަންދެން ތި ނިދަނީ” ފާއިޒުގެ ޖުމްލައާއި އެކު މަލަކާއަށްވެސް މީ ޝައިމްއަށް ވީވަރެވެ.
“އަޅުގަނޑު ބަނޑުހައިވެގެން ބަދިގެޔަށް އައިން ކާލަން” ފިޔަވަޅުތަކަށް ކުޑަ ހުއްޓުމެއް އައުމާއެކު މަލަކާ އަވަސް އަވަހަށް ބުނެލީ މޭޒު ކައިރީ އިން ޝައިމްއަށް ބަލާލަމުންނެވެ.
“މަންމަ ދެތިން ފަހަރަކު ގޮވިން ކާންވެސް. މާގަދަ ނިންޖަކު އޮތީމަ ފަހުން އަޅާނުލީ… ދެން ދެކުދިން ސައިބޮއިލައިގެން އަވަހަށް އާދޭ މާމަ ގޯއްޗަށް. މާމަ މިދަނީ އަޝްވާމެން ގޮވައިގެން. މާމަ ތިކުދިން ދެކޭ ހިތުން މިއަދުވެސް ދެތިން ފަހަރަކު ގުޅާލައިފި”ސަމީހާ އާއިއެކު ދެން ތިބި މީހުން ދިޔުމުން ޝައިމްއާއި މަލަކާ އެކަނިވިއެވެ.
“ރުޅި އައިސްސަތަ” އެއްމެން ދިޔުމާއި އެކީ ޝައިމް އަހާލި ނަމަވެސް މަލަކާ އަޑު އިވުނު ކަމަށް ނުހަދައި ސައި ތައްޔާރު ކުރުމައިގެން ކުރިއަށް ދިޔައެވެ. މަލަކާ ސައި ހަދަމުން ގޮސް އެއްމެފަހުން ހޫނު ކަޅު ސައިތައްޓެއް ޝައިމް އިން ފަރާތުގައި ބެހެއްޓިއެވެ.
“އަހަރެން މިއަދު ކަޅު ސައި ބޯ ހިތެއް ނެތް، ކޮފީއެއް ގިރައިދޭން ވީއެއްނު. ދެން ހުނިރޮއްޓަކީ އެހާ ކަމުދާ އެއްޗެއް ނޫން ނެތްތަ އާދައިގެ ރޮއްޓެއް” މަލަކާ ވާހަކަ ދައްކާތޯ ކޮންމެވެސް ބަހަނާއެއް ދައްކަން ޝައިމް ބޭނުންވިއެވެ. ނަމަވެސް އެކަންވެސް ކާމިޔާބު ވާނެހެން ހީނުވެއެވެ. ސައިތަށި އެއްފަރާތް ކޮށްލުމަށްފަހު މަލަކާ އަވަސްވެގަތީ ރޮށި ފިހުމައިގެންނެވެ. ރޮށި ފިހެން ހުރިހާ ސާމާސު އެއްކޮށް އެއްމެ ފަހުން ހޫނުފެން ހުރި ސައިކުރާ އުދުން މަތިން ނަގަން އެބުރިލިތަނާ ސިއްސައިގެން ދިޔައީ ކުރިމަތީ ހުރި ޝައިމް ފެނިފައެވެ. ހަށަމް ބަދެލައިގެން ހުރެ ޝައިމް މަލަކާއަށް ބަލަމުން ދިޔައީ އެއްމެ ފަހަރަކުވެސް މަލަކާ ބަލާލާނެ ކަމުގެ އުއްމީދުގައެވެ. ޝައިމް ހުރި ފަރާތް ނޫން ފަރާތަށް ޖެހިލައި ސައިކުރާ އަތުގައި ޖެހޭތޯ މަލަކާ އުޅުނެވެ.
“ތިހެން ހަދަންޏާ ސައިނުބޮއި ހުންނަން ޖެހޭނީ” ދެފަރާތުން ކުރެ ފަރާތުންވެސް ޝައިމް ގޮތް ދޫނުކުރުމުން މަލަކާ ހިތްހަމަނުޖެހިފައި ބުނެލިއެވެ.
“ސައި ނުބޮއި ހުންނަން ޖެހުނަސް މަލަކާ އަހަންނާއި ވާހަކަ ދައްކައިފިއްޔާ ރަގަޅު” ޝައިމް އޭނާ ބޭނުންވާ ގޮތް ހާމަކޮށްލިއެވެ.
“ދެން އެހެންވިއްޔާ ހުރޭ ސައިނުބޮއި. ޝައިމް ސައިނުބޮއި ހުރުމުން އަހަރެން ބަނޑުހައެއް ނުވާނެ”
“އޭރުން މަލަކާގެ މަންމަ ކައިރީ ބުނާނަން ސައި ނުދިނޭ. ރޭގަ ބައްޕަވެސް ބުންޏެއްނު މެހުމާނުންނަށް އިހްތިރާމްކުރަން ވާނޭ” ޝައިމް ގަދަ ހަދާލިއެވެ.
“މިހާރު ބުލެކްމެއިލް ކުރަންވެސް ފެށީތަ. އަހަރެން ހީކުރީ ޝައިމް އުފާވާނެ ކަމަށް އަހަރެން ޝައިމްއާއި ދުރުވީމަ. ޝައިމްއެއްނު ބުނީ އަހަރެންމީ ވަރަށް އަހްލާގު ގޯސް ކުއްޖެކޭ. ދެން ކީއްވެ ވާހަކަ ނުދެއްކީމަ ޝައިމް ކަންބޮޑުވާންވީ” މަލަކާ ވެފައި ހުރި ދެރައިގެ މައްޗަށް ރުޅި އިސްކުރިއެވެ.
“ގޯސް ކުއްޖަކަސް އަހަރެންގެ ސަބަބުން އެހެން މީހަކު ރުޅި އައިސްގެން ހުންނާކަށް ބޭނުމެއް ނޫން” ޝައިމް ތެދުބަހުން ޖަވާބު ދިނެވެ.
“އަހަ… މިހާރު ޝައިމް ދޯ މަލަކާގެ މާފު ނުލިބިގެން އާދޭސް ތިކުރަނީ. ޝައިމްވެސް ބުނި ގޮތަށް އަހަރެން ބުނާނީ.. ނެތް މާފު ލިބޭކަށް” ޝައިމްގެ ގޮތް ދޫނުކުރުމުގެ މިޒާޖުން މަލަކާ ގާތަށް ރުޅި އައިސްގެން މޮޑެން ތައްޔާރު ކުރި ފުށް އެތިވެސް ހުރިތަނުގައި ބެހެއްޓުމަށްފަހު ދާން އުޅުނެވެ.
“ކާކުތަ މިޒަމާނުގަ ބެސްޓު ފުރެންޑު ދެކެ ލޯބިވަނީ. އެއްމެ ފިރިހެނަކާއި މުޅި އުމުރު ވާހަކަ ދެއްކީމަ ހީވަނީތަ އޭނައަކީ މާ ރަގަޅު މީހެކޭ. އެކުވެރިކަމަށް ވުރެވެސް މާ ބަލަކަށި ގުޅުމެއް އޮތީމަ ދޯ މީހަކު ފޮޓޯ ގަނޑެއް ދައްކާލާ އިރަށް ގުޅުން ކެނޑިގެން ދާނީ. އަހަރެންނަށް ހީވަނީ މަލަކާ ކުޑައިރު ބަތްކައްކާ ކުޅުނު އިރު ބޯއީފުރެންޑުގެ ލަގަބު ދިން ގޮތަށް އެނަން ހަރުލީހެން” ޝައިމް މިފަހަރު ކޮށްލީ ވިހަ ސަމާސާއެކެވެ. އެޔާ އެކު މަލަކާގެ ރުޅިގަނޑު ކެކިގެން ގޮސް އަތް މުށްކަވާލެވި އަތުގެ ހޫނު ހަމަލާއެއް ޝައިމްގެ މޫނު މައްޗަށް އެރިއެވެ.
“ތި ބުނި ބަސް އަބުރާ ގެންދޭ ޝައިމް.. އަހަރެންވެސް ސަރާއޭ ކިޔައިގެން ފާޑުފާޑަށް ވާހަކަ ނުދައްކަން. ހަގީގަތް ނޭނގި މީހުންނާއި ދިމާލަށް އެއްޗެހި ނުކިޔާށޭ ބުނީ ޝައިމްއެއް ނޫންތަ، އެހާ އަވަހަށް އަމިއްލަ ބަސްވެސް ހަނދާން ނެތުނީތަ” މަލަކާގެ އަޑު މުޅި ބަދިގެ ތެރޭގައި ހިފާލިއެވެ. ނިއަމްއާއި ދެމީހުންގެ ގުޅުމަށް ފާޑު ކިޔުމުގެ ހައްގެއް ޝައިމްއަކަށް ނޯންނާނެއެވެ.
“މަލަކާ ތިހީކުރާ ވަރަށް ވުރެ ބޮޑަށް އަހަންނަށް އެގޭ ތިގުޅުން. މަލަކާ އަށް ހައްގުވާ ވަރަށް ނިއަމް މަލަކާއަށް ލޯތްބެއް ނުދޭ” މަލަކާގެ ޖެހި ތަނުގައި އަތް އުގުޅަމުން ޝައިމް ބުނެލީ މަޑުމަޑުންނެވެ. މަލަކާއަށް ނޭނގުނަސް ޝައިމް ވަނީ މަލަކާގެ ޑައިރީ އެއްކޮށް ކިޔާ ނިއްމާފައެވެ. އެގުޅުން ފެށުނު ދުވަހުން ފެށިގެން މަލަކާގެ ހުރިހާ އިހްސާސެއް ޝައިމް އަށް އިނގެއެވެ. ނިއަމްގެ ފަރުވާ ކުޑަކަމުން މަލަކާ ރުއި ދުވަސްތަކާއި މަލަކާގެ ހިތް ހެޔޮކަމުން އެއިން ކޮންމެ ފަހަރަކު ނިއަމްއަށް މާފުކުރާ ގޮތެވެ. މަލަކާގެ އުފަލަށްވުރެ ބޮޑަށް މަލަކާ އިސްކަން ދެނީ ދެމީހުންގެ ގުޅުން މެދު ނުކެޑި ކުރިއަށް ދެވޭތޯއެވެ. އެހިތުގައި ފަހަރަކަށް ވުރެ ފަހަރަކު ލާ ލަކުނުގެ ފުންމިން ބޮޑުވި ނަމަވެސްމެއެވެ. ޝައިމް ދެކޭ ގޮތުގައި އެއީ ލޯތްބެއް ނޫނެވެ. ލޯބީގައިވެސް މާފު ދިނުން ހައްދެއްގެ ތެރޭގައި އޮންނަން ޖެހެއެވެ. އަމިއްލަ އުފާތަކުގެ ހައްގުގައި ބަސް ބުނަން ޖެހެއެވެ.
“ނޫން.. ނިއަމް އަހަރެން ދެކެ ލޯބިވާނެ. އަހަރެންވެސް ނިއަމްދެކެ އިންތިހާއަށް ލޯބިވަން. ޝައިމްއަކަށް ނޭނގޭނެ ހަގީގަތެއް” މަލަކާގެ އަޑުގައި ކުޑަ ޖެހިލުންވުމެއް ވިއެވެ. ނިއަމް އޭނާ ދެކެ ލޯބިވާ ކަމަށް ހިތުގައި ޝައްކު ތަކެއް އުފެދިފައި ވިޔަސް އެހެން މީހެއްގެ ދުލުން އެބަސް ބުނުމުން އެހިތަށް ތަދުވެގެން ދިޔައެވެ.
“އަހަރެން މަލަކާއަށް ލޯތްބަކީ ކޯއްޗެއްކަން ދަސްކޮށްދޭނަން. ނިއަމް ފިޔަވައި ދުނިޔޭގައި ރަގަޅު ފިރިހެނުން އުޅޭކަން އަންގައިދޭނަން، މަލަކާއަށް ހައްގު ލޯބި މަލަކާއަށް ދޭނަން” ޝައިމް އަޑު މަޑުވެ މަލަކާއަށް އެހިތުގެ ހާލަތު އަންގައިދޭން އުޅުނެވެ. މަލަކާއަށްޓަކައި އެހިތުން ޖާގައެއް ދެވިފައިވާކަން އަމިއްލައަށް އިއުތިރާފުވިއެވެ.
“ތިބުނީ ޝައިމް އަހަރެން ދެކެ ލޯބި…” މަލަކާގެ އަޑުވެސް މަޑުވެގެން ދިޔައީ އެހާ ނަފުރަތު ކުރި މީހެއްގެ ދުލުން އެބަސްތައް އިވުމުންނެވެ.
“އާން.. އަހަރެންނަށް ޔަގީން މިހާރު ތިއީ އަހަރެންގެ ހިތުގެ މަލަކާކަން” ޝައިމް ޔަގީންކަމާއި އެކީގައި ބުނެލީ މަލަކާގެ އަތުގައި ހިފާލަމުންނެވެ.
“އެކަމަކު އަހަރެން…” މަލަކާގެ ޖުމްލަ މިފަހަރުވެސް ޝައިމް ހުއްޓުވިއެވެ. ޝައިމް މަލަކާ ކައިރިއަށް ޖެހިލައި މަލަކާގެ މޫނުގައި ދެއަތުން ހިފައި ދެ ނަޒަރު ސީދާކޮށްލިއެވެ.
“އަހަރެންނަށް އެނގޭ ފުރަތަމަ ލޯތްބަކީ ވަރަށް ފުން ހަނދާންތަކެއް ހުންނާނެ ލޯތްބެއްކަން. އަދި މަލަކާއަށް އެލޯބި ގެއްލުނީ އިއްޔެ ކަމުގައި ވުމުން އިތުރަށް އުދަގޫވާނެކަން ތިހިތް އެހެން މީހަކަށް ދޭން. އެކަމަކު މަލަކާ އަހަރެން ބޭނުމެއް ނޫން އެންމެ ސިކުންތަކުވެސް މަލަކާއާއި ދުރުގަ އުޅެން. ވަގުތަކީ ވަރަށް އަގުހުރި އެއްޗެއް އަހަންނަށް. ސަރާ އަހަރެންގެ އަތުން ބީވެގެން ދިޔުމުން އެއްމެ ދެރަވީ ދެން އެއްމެ ސިކުންތެއްވެސް ސަރާއާއި އެކީ އަހަންނަށް ހޭދަނުކުރެވޭނެތީ. ސަރާއަށްފަހު އަހަރެންވެސް މަލަކާ މިހާރު ތި ހީކުރާ ގޮތަށް ހީކުރީ އަލަތު ލޯބި ފިޔަވައި އެހެން ލޯތްބެއް ނޯންނާނެ ކަމަށް. އެކަމަކު މަލަކާ، މަލަކާއަށްޓަކައި އަހަރެންގެ ހިތް އައު އިހްސާސެއް ކުރުވަން ފަށައިފި. ތި ރީތި ހިނިތުންވުން އަހަރެން ދީވާނާ ކުރުވީ. މަލަކާ ރޭގަ ރޯލިތަން ފެނި އަހަރެންގެ ހިތަށް ތަދުވެގެން ދިޔުމުން އެހެން ކަންތައް ކުރެވުނީ. މިއަދު އަހަރެން އެކަމަށް މާފަށް އެދެން. އަދި ބުނަންތަ، އެވަގުތަކީ އަހަރެންނަށް މަލަކާއާއި ދޭތެރޭ މިކުރެވެނީ ލޯބިކަން އެނގުނު ވަގުތު” މަލަކާގެ ފުން ދެލޮލަށް ބަލަމުން ޝައިމް އޭނާގެ ހިތުގައިވާ ފުނިޖެހިފައިވާ ހުރިހާ ޖަޒުބާތެއް ބޭރުކުރަމުން ދިޔައީ ޖެހިލުންވުމެއްނެތި ކެރިގެންނެވެ.
“އަހަރެން ބޭނުމީ މަލަކާ އުފަލުގަ ގެންގުޅެން. މަލަކާގެ ހުރިހާ ހިތާމަތައް ކަފުންކޮށް އަބަދުވެސް ހިނިތުންވެފައި ހުންނަތަން ދެކެން. އާނ މަލަކާ!!! މަލަކާއާއި ރައްޓެހިވާން އަހަރެން ނާހާނަން. އަހަރެން ބޭނުމީ މަލަކާ ހިތުން ރުހުމުން އަހަރެންނާއި އެކު އުޅެން އެއްބަސްވުން. ބޭނުމީ ވަރަށް އޯގާތެރިކަމާއި އެކީ ތިހިތް ވަގަށް ނަގަން” ޝައިމްގެ ލޮލުން މަލަކާއަށް ފެންނަމުން ދިޔައީ ތެދުވެރިކަމެވެ. އެބަސްތަކުގައި ވާ އޯގާތެރިކަން މަލަކާގެ ކަންފަތުގައި ގުގުމަމުން ދިޔައެވެ. ލޯބީގެ ތަފާތު ފޮނި މަންޒަރެއް ފެންނަމުން ދިޔައެވެ.
ތަނަށް ވެރިވެފައިވަނީ ހަމަހިމޭންކަމެވެ. ދެމީހުންނަށްވެސް ރެޔާއި އެއްގޮތަށް އެކަކު އަނެކަކަށް ބަލަހައްޓައިގެން ތިބެވުނީ އެހެން ހުރިހާ ކަމެއްގެ މަތިން ހަނދާން ނެތިފައިވާ ހާލުގައެވެ. އެކަމަކު މިއަދު އެތައް ގޮތަކުން ރޭގެ ބައްދަލުވުމާއި ތަފާތެވެ. މަލަކާ ނިއަމްގެ ބަދަލުގައި ޝައިމްއާއި ދޭތެރޭ ވިސްނަމުން ދިޔައެވެ. ޝައިމްއަށް އެހިތުން ޖާގައެއް ދެވޭނެ ބާވައެވެ؟ އަލަތު ލޯބީގެ މައްޗަށް އައު ލޯތްބެއް ވެރިވެދާނެބާވައެވެ؟ ފުރަތަމަ ލޯބިނޫން އެހެން ލޯތްބެއް ހަގީގީ ލޯތްބައް ވެދާނެބާއެވެ؟ މަލަކާ ވިސްނަމުން ދިޔަ ވަރަކަށް ސިކުޑީގައިވާ އޮޅުން ބޮޅުން ބޮޑުވެގެން ދިޔައެވެ.
ދެމީހުން އެގޮތުގައި ތިއްބާ މަލަކާގެ ފޯނު ރިންގުވުމުން ޝައިމް މަލަކާގެ ގައިން ދޫކޮށްލިއެވެ.
މަލަކާ ފޯނުން މަންމައާއި ވާހަކަ ދެއްކުމަށްފަހު ފަހަތް ބަލާލީ ޝައިމް ހުންނާނެ ކަމަށެވެ. އެހާ އަވަހަށް ޝައިމް ދިޔުމުން މަލަކާ ހައިރާންވިއެވެ. ސައި ވެސް ނުބޮއި އެދިޔައީ ކޮންތާކަށް ހެއްޔެވެ؟
މަލަކާ ސައިބޮއިގެން ދިޔައީ މާމަމެން ގެޔައެވެ. އޭރު އެއްމެން އޮލަ ވާހަކައިގައި ތިބީ މާމަ ކައްކާފައި ހުރި ބޮޑިބަތް ކަމުންނެވެ. ކުޑަ ކުޑަ އީޝްވެސް އަޝްވާގެ އުގުގައި އިދެ ބަތްކޮޅެއް ހަފަމުން ދިޔައެވެ. އީޝް އިން ލޯބިކަމުން މަލަކާ އަޝްވާ އަތުން އީޝް ނަގައި މާމަ އާއި އެކީ އުދޯލީގައި އށީނެވެ.
“ދަރިފުޅުވެސް އަވަހަށް މީހަކާއި އެދެގެން މިކަހަލަ ތުއްތު ކުއްޖެއް ގެންނަން އުޅެންވީނު. އޭރުއްނެއްނު މާމައަށްވެސް އެދަރިފުޅަށް ބޮޑިބަތް ކައްކާފަ ކާންދެވޭނީ” މަލަކާ ގައިގައި ފިރުމާލަމުން ސަކީނާ ބުނެލިއެވެ.
“މާމާ!! އަބަދު ތިކަހަލަ ވާހަކަ ނުދައްކާ. އިރާދަ ކުރެއްވިއްޔާ އަޅުގަނޑުގެ ދަރިންނަށް ކާން ދޭނަން މާމެ ބޮޑިބަތް. އިން ޝާ ﷲ މާމައަށް އެހާ ދިގު އުމުރެއް ދެއްވާށި” މާމައަކީ މައުޟޫއެއް ލިބިއްޖެއްޔާ ވާހަކަ ފޮއްޓެއްހެން ވާހަކަ ދައްކާނެ މީހެއްކަން މަލަކާއަށް އެގެއެވެ.
“ދެކުދިން އިންނާނެ ދުވަހެއް ކަނޑައެޅީތަ މިހާރު. ތި ކައިވެންޏަށް މާމަ މިހިރީ މާލެ ދާން ތައްޔާރަށް” މަލަކާގެ މާމަ އަކީ އެއްއިރެއްގައިވެސް މާލެ ދާ ހިޔާލު ކުރި މީހެއް ނޫނެވެ. އެކަމަކު މިއަދު އެބުނަނީ މަލަކާއަށްޓަކައި ދާން ތައްޔާރަށް ހުރި ވާހަކައެވެ.
“އަދި ކަނޑަނާޅަން” މަލަކާ އަށް އޭނާގެ މާމަގެ އިތުރުން ކުރިމަތީ އިން މަންމަގެ އުއްމީދުތައް އެއީ ނުވާނެ އެއްޗެއްކަން ބުނާނީ ކިހިނެކުން ހެއްޔެވެ؟
“ދެން އެކުދިންނަށް ފެނުނީމަ ކުރާނެ އެއްނު.. މަލަކާ އަދި ކިރިޔާ ޑިގްރީ ނިމި ވަޒީފާއަށް ދާން އެފެށުނީ. ހަޔާތެއް ފަށާއިރު މާލީ ގޮތުންވެސް ރަގަޅު ބިންގަލެއް މަތީ ފެށުމުން ބާޖަވެރިވާނީ ދޯ ދަރިފުޅާ” މަލަކާ ވެއްޓެމުންދިޔަ އަދަވަޅުން ސަމާމަތްކޮށްދިނީ ފާއިޒުއެވެ. މަލަކާ އެކަމަށް އެއްބަސްވެ އަވަހަށް މައުޟޫ ބަދަލުކޮށްލީ ޖަވާބު ނުދެވޭ ވަރުގެ ސުވާލުތަކުން ސަލާމަތްވުމަށްޓަކައެވެ.
ހަވީރުގެ ފިނިކަން ޖައްވުގައި ވިއެވެ. މިއަދު މަލަކާ ރާވައިފައި އޮތީ އަޝްވާމެންނަށް ރަށު ތެރެ ދައްކާލުމަށް ކަމަށްވާތީ އެއްމެން ހަވީރަށް ތައްޔާރުވިއެވެ. އެއްމެން ތައްޔާރުވެގެން ނިކުތް އިރުވެސް ޝައިމްގެ ހަބަރެއް ނުވެއެވެ. މަލަކާއަށްވެސް ހެދުނު ޝައިމް ފެނުނު ގޮތަށް އަދި ނުފެނެއެވެ. އަޝްވާ އާއި އަޝްވިން ގުޅުމުން ފޯނު ނަގަނީއެއް ނޫނެވެ. ޝައިމް ރަށަށް އައިއިރު މިރަށުގައި ރައްޓެއްސެއް ހުންނަ ވާހަކަ ބުނުމުން އޭނާއާއި އެއްކޮށް ދިޔައީ ކަމަށް ބަލައި އަޝްވާމެން ގޮވައިގެން މަލަކާ ހިގާލަން ނުކުތެވެ.
ރަށުގެ ރީތި މަންޒިލްތަކާއި އާސާރީ ތަންތަން ބަލާލުމަށް އެމީހުން ތިބީ ވަރަށް ޝައުގުވެރިވެފައެވެ. ރަށުގެ މެހުމާނުން ކަމުން ރަށުގެ އެއްމެންގެ ފަރާތުންވެސް ލުއި ހިނިތުންވުމަކުން މަރުހަބާ ލިބިގެން ދިޔައެވެ. ބައެއް ގާތް ގޭތަކުން ކެއުމަށް ދައުވަތު ލިބިގެން ދިޔައެވެ. އަދި ހުސްއަތާ ގެއިން ނުކުތް މީހުން އިރު އޮއްސުނު އިރު ގެޔާއި ހަމައަށް އައިއިރު ތިބީ ހަދިޔާ ކޮތަޅުތަކުން އަތް ފުރާލާފައެވެ. ދިވެހި ލުއި ކާނާތަކަށް ފޯރި ހުންނަ އަޝްވާގެ އަތުގައި ކުދިގުޅި ޕެކެޓްތަކާއި އަތުޖެހި އަދި ކުޅިކާޖާގެ އިތުރުން އަޝްވާއަށްވެސް ނަން ނޭނގޭ އެތައް އެއްޗެއް ހުއްޓެވެ. އަޝްވާ އާއި އަޝްވިން ދެމީހުން ވެސް ތިބީ މިރަށުގެ މީހުންގެ ގާތްކަން ފެނި އަންތަރީސްވެފައެވެ.
ތިން މީހުން ގެޔަށް އައިއިރު ބޭރު ޖޯލީގައި ޝައިމް ފޯނާއި ކުޅެން އޮތެވެ. އަޝްވާ ދުވެފައި ގޮސް ވީ ކަންތައް ކިޔައިދޭން ފެށީ ފޯރިއާއި އެކީގައެވެ. އަޝްވާގެ މަޖާކަން ފެނި ޝައިމް އަޝްވިންއާއި އެއްބަސްވެ އަޝްވާއަށް ދިމާކުރަން ފެށިއެވެ.
“ތި އަޝްވާ ފަލަ ވީމަ އެމީހުން ބިރުން ގޭގެ ކާއެތިކޮޅު ދިނީ ކަމަށް ވާނީ ދޯ ބޭބޭ” އަޝްވާ ތުން އަބުރާލީ އެއްމެންވެސް އޭނާގެ ފަލަކަމާއި މެދު ސަމާސާކުރާތީއެވެ.
“މަލަކާ ބުނީ މަލަކާ އެކަނި ދާއިރުވެސް މިހާ ގިނައިން މީހުން އެއްޗެހި ދެޔޯ. އެއީ ގާއިމު ފަލަ ވީމައެއްނޫން ދޯ މަލަކާ” އަޝްވާ ޝަކުވާ ކޮށްލީ ކުޑަ ކުއްޖެއް ހެންނެވެ.
“އަޝްވާ ފަލައެއް ނޫން. ތީ ހަމަ އެއްމެ ރީތި ކިއުޓު ސައިޒު” ބޮޑުވާ އިގިލި އަޝްވާ އަށް ދިއްކޮށްލަމުން މަލަކާ އެހެން ބުނީ ޝައިމްއަށްވެސް އޭގެން ރައްދެއް ދެމުންނެވެ.
“ކޮބާ. މަލަކާ ނުހަދާނެ ދޮގެއް. ދޮންބެއަށް އެގެނީ އަބަދު މީހުންނާއި ދިމާކުރަން” މަލަކާގެ އަތުގައި ހިފަމުން އަޝްވާ މަލަކާ އާއި އެއްބައިވެލީ ޝައިމްގެ ބަސް ދޮގުކުރުމަށެވެ.
“ދޮގު ހަދާ މީހުންވެސް އެގޭނެތާ. ބޭބެ ހިނގާ މިސްކިތަށް. އިރުކޮޅަކުން ބަންގި ގޮވާނެ” މަލަކާއަށް ޝައިމްގެ ފަރާތުން ފެނުނީ ތަފާތު ކަމެކެވެ. އެހެންޏާ މަލަކާއާއި ދިމާކުރަން ފުރުސަތެއް ނުލިބިފައި ހުންނަ ޝައިމް އެދަނީ މަލަކާއާއި ދިމާލަށް އެއްމެ ފަހަރަކުވެސް ބަލާނުލައެވެ.
ޖެހިގެން އައި ދެތިން ދުވަސްވެސް ފާއިތުވެގެން ދިޔައީ މިފަދަ ގޮތަކަށެވެ. ޝައިމް މަލަކާ ފެންނަ ހިސާބަށް ނާދެވޭތޯ އުޅެއެވެ. މަލަކާ ކައިރިން ގޭތެރޭ ކަމަކު އެދެން ޖެހުނަސް އެކަން ކުރަނީ އަޝްވާ މެދުވެރިކޮށެވެ.
މިއަދީ ހުކުރު ދުވަސްކަމުން ފާއިޒު ވަނީ މަލަކާމެންނަށް ކައިރީގައި އޮތް ފަޅު ރަށަށް ދަތުރު ދިޔުމުގެ އިންތިޒާމް ހަމަޖައްސާފައެވެ. މަލަކާމެން ހަތަރު މީހުންނާއި އެކު ގޭގެ އަވަށްޓެރި ކުދިންނާއި ފާއިޒުގެ އާއިލާގެ ޒުވާން އުމުރު ކުދިންތައް ބައިވެރިކުރުވީ މީހުން ގިނަވުމުން ފޯރި ގަދަވާނެތީއެވެ.
މަލަކާމެން ރަށުން ފަޅު ރަށަށް ދެވުނީ އެއްގަޑިއިރުގެ ވަގުތަކަށް ފަހުގައެވެ. ދަތުރު މަތީގައި ޝައިމް އެހެން އެއްމެނާއި ހީސަމާސާކޮށް އުޅުނު އިރު މަލަކާއާއި އަގައިންވެސް ބުނެ ނުލާތީ މަލަކާ ކުޑަކޮށް ހިތް ނުތަނަވަސްވާ ގޮތް ވިއެވެ. ޝައިމްގެ ހިތް ބަންޑުން ކޮށްލުމަށްފަހު ދުރުވާން އެއުޅެނީ ކީއްވެބާއެވެ؟ އަނެއްކާ އެދުވަހު ޝައިމް އެކުރީ އެހެންޏާވެސް ކުރާ ކަހަލަ ސަމާސާއެއް ހެއްޔެވެ؟ އެއީ ސަމާސާއަކަށް ވީނަމަވެސް މަލަކާއަށް ޝައިމްއާއި ދޭތެރޭ ވިސްނުން އިތުރު ވެއްޖެއެވެ.
ޓެންޓު ޖަހައި ނިމުމަށްފަހު ބައެއް މީހުން ކުޅިވަރު ކުޅުމުގައި މަސްއޫލްވިއެވެ. އަނެއް ބަޔަކު ރަށު ތެރެ ބަލާލަން ދިޔައިރު ދެން ތިބި މީހުން ދިޔައީ މޫދަށެވެ. މަލަކާ ދަބަހުން އެއްޗެހި ނަގައި ތަރުތީބު ކުރުމަށްފަހު ބޭރަށް ނުކުތް އިރު އެކަކުވެސް ފެންނާކަށް ނެތެވެ. އެހެންކަމުން އެމީހުން ތިބި ހިސާބެއް ބެލުމަށް އަތިރި ފަރާތުން ދިޔައީ ރަށުގެ ތެރެއިން ގޮއްސިއްޔާ މަގު އޮޅިދާނެތީއެވެ.
ފަސް ވަރަކަށް މިނެޓް ހިގުމަށްފަހު މަލަކާއަށް ދުރުން މީހުންގެ ހިލަމެއް ވިއެވެ. އެހެންކަމުން ހިގުން ބާރުކޮށްލައި އެދިމާލަށް ދިޔައެވެ. ނަމަވެސް މާދުރަށް ނުދެވެނީސް މަލަކާގެ ފިޔަވަޅުތަކަށް ހުއްޓުން އެރިއެވެ. ދެލޯ ބޮޑުކޮށްގެން ހުރެވުނީ ފެންނަނީ ހަގީގަތް ކަމަށް ގަބޫލުނުކުރެވޭ ތީއެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
52 Comments!
Comments are closed.







Varah reethi
Varah reethi??
Thanku Aal ?
For all the readers: i really would appreciate if you would comment if there is anything that you want me to correct. Thanku for all the support you give. Goodnight loves ?
Kaaku baaa… varah salhi… konirakun next part…
Thanku naxy. In sha Allah day after tmrw ?
Juss wanna know when is the next part??
Thanku meesh for reading. Tuesday?
vvvv reeethi mi part vas… pls madama raupkodachay bae………..pls ?????????
Thanku hai. Will try alot ?
vvvvvvvvvvvv sali…stry hama perfect
Thanku niha ?
superb stry…. waiting…
Thanku nini ?
waaaaoooo….. v nice… bt writter aneykavs ebaan Aharen jahanvaa taakah Malakaa nan beynun kohfa… Mihaaru Saim dho Malakaa ge maafu nulibigen Aadeys ti kurany…. Aslu innaany Mihaaru Saim dho aharenge maafu nulibigen Aadeys ti kurany… dn bastah beynun kuraairu visnaalaafa liyaany… Saim sai nuboi hurumun aharen banduhaeh nuvaane… rangalhu gotaky Saim sai nuboi huhtas aharen banduhaeh nuvaane… Zaa ah faahaga va tankoakoa bunelany mi hama… Maroo ah kurierumah edi… Zaa bunaany Maroo ah vaaneye… ti hama gud writter ekey… Zaa edeny mirongun Maroo ah kurierumaa kaamiyaabulibun… Insaa Allah uhmeedu kuran hiyy bura nukoh e kudi kudi kuhtah rangalhu kohlaane kamah… kyp it up dear…
Thanku so much zaain. Zaain buni gothah ragalhu kureveythw mibalany. V ufaa vey thikahala reader eh libunyma ?
Salhi
Kaakubaa eiiiii?????
Thanku hhhh ?
Hey maroon….varah reethi mi part ves… superb…waitting for next part..I really appreciate your hard work ???
Thanku click ?
niam dhw ethaa hunnaany girl eh goavigen..stry vv reethi
Vedhaane niam ah kamahves. Lets see. Thanku blah ?
nice chapter, mashaAllah!!??
I’m so curious!!!waiting eagerly for an update!! ????
Thanku mal. Always happy to see ur comment ?
nice, kon iraku baa next part?
Thanku dear. Tuesday ?
wow nice work????well done dr anehkaa niam baa??????story hama obiness???????next partah v inthizaaru eba kurevay ???
Thanku so much nux. V ufaa vey gavaidhun comment kuraathy ?
Wow nice❤❤ waiting……
Thanku dear ?
This part ves hama superb??Annekkaa ves curious kohlaafa thi ninmaaly.. kiyaahithun kehmadhuvefa.. waitingss eagerly❤❤❤❤
Thanku adha ?
Wow masha allah stry v v cute ?? whn nxt prt avaskolladhybala plx gud nyt ly ???❤❤??????
Liyevunu haa avahah upkohdheynan khajja ? loves
Varah reethi. … masha Allah. … waiting. …❤❤❤❤
Thanku zuam ?
Thank you. Thank you. Mi part hama habeys. Please maadhan upkohdheythi??
Thanku reader. Will try ?
V.v.nice .. waiting 4 next part dear ??????????
Thanku xxxx ?
Maroon komme faharaku ehaa curious kohlaafa nimmaalany ?? kiyaa hithun neih gotheh mihaaru.. Anyways mi part vx hama superb.. Welldone dear… Waiting for the next part.. Avasss ingey.. ?
Thanku korean fan SJKi ??
?? welcome dear Maroon…. ?
vvvvvvvvvvvv reeethi mi part as
Thanku 34 ?
A bigggg clap 4 maroon??..saabahey dhariya? keep going ❤❤
Hey xna. Thanku for the support.? And yh buruga alhaigen kamah dheva partga liyevifa vany olhumakun
wowww!!! another interesting episode . my words are out of my mouth. thank u for uploading such a wonderful story..
love ur work!!! keep it upp!!!
Thanku harley quinn ? long time havent heard from u .
Great job maroon..amazing story..???
Thanku dear ?
You can read the next episode tonight before 11.
avas avas