Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ތިޔަ ދިން އުފާ 16

seym Level 310 Stories100 Login100 Comments
September 18, 2017 4 Mins Read
11 Comments

ދުވަހަކަށް ފަހު ދުވަހެއް ނިމިގޮސް މަސްތަކެއް ފާއިތުވެދިޔައިރު އީރަމްއަށް ނާއިލް އާއި ނުލާ އުޅެން އާދަވެއްޖެއެވެ. ބައެއް ވަގުތު ތަކުގައި ނާއިލް މަތިން ހަނދާންވިނަމަވެސް އީރަމް ބަލަނީ އެ ހަނދާންތަކާ ދުރުވެވޭތޯއެވެ. އީރަމްގެ އަޒުމަކީ އެހެން މީހަކަށް ބަރޯސާ ނުވެ އަމިއްލަ އަށް އުފާވެރި ދިރިއުޅުމެއް ހޯދުމެވެ. އެންމެ ލޯބިވާ ކަމަށް ބުނެ އުމުރަށް އެކީ އުޅެން ވައުދުވާ މީހާ ވެސް ފަހުވަގުތު ކަންތައްކުރާނެ ގޮތެއް ނޭނގޭނެކަން އީރަމް އަށް ދަސްވެއްޖެއެވެ. ގާތް ރައްޓެހިންނާއި އޮފީސް މީހުން އީރަމް ފެނިއްޖެ ނަމަ ނާއިލް އީރަމް ވަރިކުރީ ކީއްވެތޯ ސުވާލުކުރެއެވެ. އެހެން ނުވާންވީ ސަބަބެއް ނެތެވެ. އެހާ ކުޑަދުވަސްކޮޅެއްގެ ތެރޭ ލޯބިން ކުރި ކައިވެންޏެއް ރޫޅިދިއުމުން ކަންތައްވީގޮތް ކޮންމެ މީހެއްވެސް އިނގެން ބޭނުންވާކަހަލައެވެ. ނާއިލް ގެ އުނި ސިފަތަކުގެ ވާހަކަ ދެއްކުމުގެ ބަދަލުގައި އީރަމް ބަލަނީ ވީހާވެސް ކުރުކޮށް މީހުންނަށް ޖަވާބުދެވޭތޯއެވެ. ދޮންމަންމަ ގެ ފަރާތުން ރައްދުވާ ދެރަ ބަސްތަށް އަޑުނީވޭ ކަމަށް ހަދަމުން އީރަމް ދިރިއުޅުމާއިގެން ކުރިއަށް ހިނގައިގަތީ އަމިއްލަ ފައި މައްޗަށް ތެދުވެ އާ ފެށުމަކުން ފަށާށެވެ. ނަމަވެސް އެހިތުން އެހެން މީހަކަށް ޖާގައެއް ދެވިދާނެބާއެވެ. އީރަމްގެ ލޯތްބަށް އެދި ހިތް ހުޅުވާލާ ފަރާތަކަށް އިތުބާރު ކުރެވިދާނެބާއެވެ. އީރަމް ގެ ހަޔާތުގައި ދިމާވާ ހުރިހާ އުފަލަކާއި ހިތާމައެއްގައި ބައިވެރިވާނެ މަދު ބަޔަކު ނަމަވެސް ތިބީތީ އެކަމާ އަބަދުވެސް ޝުކުރުވެރިވެއެވެ. ގޭތެރޭގައި ހިނގާ ކަމެއްނަމަ އެންމެ ކައިރީ ހިޔަނި ފަދައިން ޖަނާ ހުރެއެވެ. ބައްޕަގެ ފަރާތުން އީރަމް ގެއަށް އައިއްސުރެ މާބޮޑު އަޅާލުމެއް ނުލިބުނުކަމުގައިވިޔަސް ފެނިއްޖެނަމަ މަދުން ނަމަވެސް ވާހަކަދައްކާ ހަދާލައެވެ. އަމިއްލަ ކުންފުންޏެއްގައި މަސައްކަތް ކުރަމުން ދާއިރު ގިނަ ވަގުތު ހޭދަކުރަނީ ގެއިން ބޭރުގައެވެ. ހަނާ އާއި ހައިފާގެ އިތުރުން ފާއިތުވެ ދިޔަ ދުވަސްތަކުގައި އީރަމްއަށް ލާމިހް ހާއްސަވެއްޖެއެވެ. އެކަހަލަ އެކުވެރިއެއް ލިބޭނީ މަދު އަންހެންކުއްޖަކަށް ކަމަށް އީރަމް ގަބޫލްކުރެއެވެ.  އީރަމް ހިތު ތެރޭ ފޮރުވައިގެން އުޅޭ އިހްސާސްތަށް ދުލުން ނުބުނިކަމުގައިވިޔަސް ލާމިހް އަށް އިނގޭ ކަހަލައެވެ. ދެމީހުން މެެސެޖްކޮށް ބައްދަލުވެ އުޅުނު ނަމަވެސް ލާމިހްގެ ފަރާތުން އީރަމް ހިތްހަމަ ނުޖެހޭ ފަދަ އެއްވެސް ކަމެއް ނުފެނެއެވެ. އީރަމްގެ ހިތުގައި ލާމިހް އަށް ދެވިފައިވާ އިހްތިރާމާއި ގަދަރު މަތިވާ ސަބަބަކީ އެއީ ކަންނޭނގެއެވެ.

 

ރޭގަނޑު ކޮޓަރިން ނުކުތް އީރަމް އެހެން ރޭރެއާ ތަފާތުހެން ހީވެއެވެ. ލައިގެން ހުރި ހެދުމުން ކަމަށް ވެސް ވެދާނެއެވެ. އަތުގެ ކުރިއަށް ފުޅާކޮށް ފަހާފައިވާ ހުދު ކުލައިގެ ލޭސް ޓޮޕްކޮޅު އެތެރެއިން ހުދު ކުލައިގެ ބޮޑީ ސޫޓެއް ލާފައިވާއިރު ހެދުމުގެ ކުރިމަތީ ރަތް ފިނިފެންމަލެއް ކުރަހާފައި އިނެވެ. ތިރިން ލާފައި ހުރި މަޑު ނޫ ކުލައިގެ ޖީންސް އާއި ޓޮޕްކޮޅު ވަރަށް ގުޅެއެވެ. އިސްތަށިގަނޑު މިނިވަންކަމާއެކު ދޫކޮއްލާފައިވާއިރު މޫނުމަތިން ތާޒާކަން ފެނެއެވެ. ހައިފާ އާއި ހުސެން އެކީ ބޮޑު ނިންމުމެއް ނިންމާއިރު އެކަމުގައި އީރަމް ބައިވެރިކުރަން ބޭނުންވީ ހަނާ އެވެ. އެ ނިންމުމަކީ ކޮބާކަން ނުބުނިނަމަވެސް އީރަމްގެ ހިތް ބުނަމުން ދިޔައީ ހުސެން ހައިފާ ކައިރީ ރައްޓެހިވާން އަހަން އުޅޭ ކަމަށެވެ. ކާގެއަށް ވަނުމާއެކު މޭޒުކައިރީ ތިބި އެންމެންގެ ނަޒަރު ހުއްޓުނީ އީރަމްއަށެވެ. ސަލްމާއަށް ވެސް އީރަމްގެ ރީތިކަމަށް ހިތުގެ އަޑިން ތައުރީފު ކޮއްލިއެވެ. “އީމް ބޭރަށް ދާންވެގެންތަ ތިއުޅެނީ..” ކާގެއަށް ވަންނަން އައި ޖަނާ އަށް އީރަމް ފެނުމާއެކު އަހާލިއެވެ. މޭޒު ކައިރީ އިން ޒާހިރުއަށް އީރަމް ބަލާލިގޮތުން އެއްޗެއް ބުނަންބޭނުން ވެފައި ހުރިހެން ހީވެއެވެ. “ޑޭޓް އަަކަށްތަ..” އީރަމް ޖަވާބެއް ނުދިނުމުން ކަންފަތް ކައިރީ ސިއްރުން ޖަނާ އެހެން އަހާލީ ހެމުންނެވެ. “ސާބަސް ޖާން..ހަނާ ބުނެގެން އެގެއަށް ދާންވެގެން..” އީރަމް ޒާހިރުއަށް ބަލަމުން އެހެން ބުނެލިއިރު ހީވަނީ ހުއްދައަށް އެދުނުހެންނެވެ. ޒާހިރު އެތާ ނެތްނަމަ ސަަލްމާ އެއްޗެކޭ ބުނާނެކަންޔަގީނެވެ. ކޮނޑުގައި އަޅުވާލެވިފައިވާ ދަބަސް ތެރޭ އޮތް ފޯނު ރިންގުވުމާއެކު އީރަމް ނުކުންނަން ހިނގައިގަތެވެ. “ނުކައިތަ ދަނީ..” ޒާހިރުގެ އަޑަށް އީރަމް ހުއްޓުނެވެ. ޖަވާބުދިނުމުގެ ގޮތުން ކިޔަމަންތެރިކަމާއެކު އީރަމް ބޯ ޖަހާލިއެވެ. “ލަސް ނުވެ ގެއަށް އަންނާތި..” ޒާހިރު އެހެން ބުނިއިރު މޫނުމަތިން އެއްވެސް އަސަރެއް ނުފެނެއެވެ. ބައްޕަ އީރަމް އާއި މެދު ކުޑަކޮށް ނަމަވެސް ވިސްނާ ކަން އެނގުމުން ލުއި ހިނިތުންވުމެއް އީރަމްގެ ތުންފަތް މައްޗަށް ވެރިވިއެވެ.

 

“ހަނާ ކީއްވެ ވައިޓް ނުލީ..ބުނީމެއްނު ވައިޓް ކުލައިގެ ހެދުމެއް ލާށޭ..” ސައިކަލު ފަހަތުގައި އިން އީރަމް އަހާލިއެވެ. “އީމް ކައިރީ އެހެން ބުނެވުނު ފަހުންނޭ އެނގުނީ ވައިޓް ހެދުމެއް ނެތްކަން..” ހަނާގެ މޫނުމައްޗަށް ލާނެތް ހިނިތުންވުމެއް ވެރިވި ތަން ފަހަތުގައި އިން އީރަމްއަކަށް ނުފެނެއެވެ. ހަނާ މެންގެއަށް ދާ މަގު ނޫން އެހެން މަގުތަކުން ދުއްވަމުން ދާތީ އީރަމްއަކަށް މަޑަކުން ނީނދެވުނެވެ. “ތި ގެއަކަށް ނޫންތަ މި ދަނީީ…” އީރަމް ސުވާލުކޮއްލިއެވެ. “އީމް މުސްކުޅިވަނީ ކަންނޭނގެ..” ހަނާ އެހެން ބުނުމާއެކު ކިހިނެއްވީތޯ އީރަމް އަހާލިއެވެ. “ސުވާލު ގިނަ ކަމުން..” ހަނާ އެހެން ބުނުމާއެކު އީރަމް ދެން އިތުރު ސުވާލެއް ނުކުރާނަން ކަމުގައި ބުނެލިއެވެ.

 

ސައިކަލު އައިސް މަޑުކޮއްލުމާއެކު އީރަމް ކުރިމަތީ ހުރި އިސް އިމާރާތަށް ބަލާލިއެވެ. ދިހަ ބުރިއަށް ހަދާފައިވާ އެ ގެ ކައިރިއަށް ހަނާ މަޑުކުރަންވީ ސަބަބެއް އީރަމްއަކަށް ނުވިސްނުނެވެ. ސައިކަލުން ނުފައިބަން އިންދާ ދޮރު ހުޅުވާލާފައި ނުކުތީ ލާމިހް އެވެ. ހުދު ކުލައިގެ ގަމީހާއި އަޅި ކުލައިގެ ޖީންސްގައި ފެންނައިރު ވަރަށް ހިތްގައިމެވެ. ފަން އިސްތަށިގަނޑު ތުނިކޮށް ކޮށާލެވިފައިވާއިރު ހަރުދަނާކަމަށް ދައްކައެވެ. ހަނާއާއި އީރަމް ފެނުމުން ލާމިހްގެ މޫނުމަތިން އުފާވެރިކަން ފެނިގެންދިޔައެވެ. “އީމް ވަންނަންވީނުން ލާމީއާއި އެކީ އެތެރެއަށް..ދޮންތަ ގޮވައިން މި އަންނަނީ..” ހަނާ އަވަސްއަރުވާލާފައި އެހެން ބުނުމުންްްްް އީރަމް ސައިކަލުން ފައިބައިފިއެވެ. ހަނާ ދިއުމާއެކު ލާމިހް އީރަމް އަށް ބަލާލިއިރު ޖެހިލުންވެފައި ހުރިކަން އިނގެއެވެ. “ޓެރެސް އަށް ދާން ޖެހޭނީ..” ލާމިހް ހިނިތުންވެލަމުން ދޮރު ބޮޑަށް ހުޅުވާލަމުން އީރަމް ވަންނަން ތަންދެއްކިއެވެ. ލިފްޓަށް އަރަމުން ލާމިހް ފުންނޭވާއެއްލީ މީހާ ހަމައަކަށްއެޅިލާށެވެ. އީރަމް އާއި ލާމިހް އެކީ ފެންނައިރު ވަރަށް ގުޅެއެވެ. ޓެރަހަށް އެރުމާއެކު އީރަމްގެ ލޯ ދިޔައީ ބޮޑުވެގެންނެވެ. ފިލްމު ތަކުންނާއި ވާހަކަފޮތްތަކުގައި ވާ ގޮތަށް މުޅިތަން ޒީނަތްތެރިކުރެވިފައިވާއިރު ބަލާ މީހަކު އާޝޯހުނުވެނުދާނެއެވެ. މެދުގައި ކުޑަ މޭޒެއް ބަހައްޓާފައި ހުރި އިރު އެ މޭޒުމަތީ ކުޑަ ކޭކެއްގެ އިތުރުން ރަތް ފިނިފެންމަލުގެ މާ ބޮނޑިއެއް އޮތެވެ. ކުދި ބޮކިތަކަކުން މުޅިތަން ދިއްލާލާފައިވާ އިރު މުޅިތަނަށް ފަނޑު އަލިކަމެއްވެރިވެފައިވެއެވެ. އީރަމްގެ މޫނުމައްޗައް އައި ބަދަލުން ލާމިހް އަށް ހިނިތުންވެވުނެވެ. ދުރުގައި ހުރި ހުސެން ފެނުމާއެކު އީރަމް އެދިމާއަށް ހިނގައިގަތުމުން ލާމިހް ވެސް ފަހަތުން ދިޔައެވެ. “ހާދަ ގުޅުވާލާފައޭ ދެމީހުން..” ހުސެން ލާމިހް އަށް ބަލާލަމުން ބުނެލިއެވެ. “ހަނާ ބުނީ ވައިޓްއޭ އެންމެން ލަނީ..” ހުސެން ލައިގެން ހުރި ކަޅު ގަމީހަށް ބަލަމުން އެހެން ބުނި އީރަމްގެ މޫނުމަތި ރަތް ވެގެންދިޔައެވެ. “މޭން..ހައި ޔެސް އޭ ނުބުނެފިއްޔާ” ކުއްލިއަކަށް ކަމެއް ހަނދާންވުމާއެކު ހުސެން ހާސްވެއްޖެއެވެ. “ހައި ބުނާނީ އާނއެކޭ.. މަށަށް ޔަގީން..” ލާމިހް ހުސެން ގެ ބުރަކަށީގައި ޖަހާލަމުން ބުނެލީ ހިތްވަރުދޭފަދަ ގޮތަކަށެވެ. އެމީހުން ވާހަކައިގައި ތިބޭތާ އިރުކޮޅެއް ފަހުން ހަނާގެ މެސެޖެއް ހުސެންގެ ފޯނަށް އައެވެ. ހައިފާ މައްޗަށް އަރާ ވާހަކަ މެސެޖްގައި ލިޔެފައި އޮތުމުން ލާމިހް ގެ އިޝާރާތަށް އީރަމް ހިނގައިގަތީ ބެލްކަނީ އެއްފަރާތުގައި ހިޔާކޮއްފައިވާ ހިސާބަށެވެ. އެތަނަށް އަނދިރިކަން ވެރިވެފައިވާއިރު ބަޔަކު ތިބިނަމަވެސް ރަނގަޅަށް ބަލައިގެން ނޫނީ ނުފެންނާނެއެވެ.

 

އީރަމްގެ ފަހަތުގައި ހުއްްޓި ހުރި ލާމިހް އަތުގައި އޮތް ފޯނުން ހުސެން ހުރިދިމާ ރެކޯޑްއަށް ޖައްސާލިއެވެ. ދެން ކަންތައްވާނެގޮތް ބަލާލާހިތުން ހުރި އީރަމްއަށް ލާމިހް އީރަމްގެ އިސްތަށިގަނޑުގައި ތުންފަތް ޖައްސާލިކަމެއް ނޭނގެއެވެ. ހައިފާ އައިސް ވަނުމާއެކު ސިޑިން ސިއްރުން އަރައިގެން އައި ހަނާވެސް ދުވެލާފައި އައިސް މަޑުކޮއްލީ އީރަމް މެން ކައިރީގައެވެ. ހައިފާ ލައިގެން ހުރި ކަޅު ކުލައިގެ ދިގު ހެދުމާއި މެރޫން ކުލައިގެ ޝޯލް އެ މާހައުލާއި ވަރަށް ގުޅެއެވެ. ހައިފާގެ މޫނުމަތިން ވާން މި އުޅޭ ގޮތް ނޭނގިފައި ހުރިކަން އިނގެއެވެ. ހުސެން އައިސް ހައިފާ އާއި ވާހަކަދެއްކުމަށް ފަހު ކައިރިވެލަމުން މަޑުން ކޮއްލި ސުވާލުން އީރަމް އަށް އަނގަމަތީ އަތްްއަޅާލެވުނެވެ. “ވަޓް.. ވިލް ޔޫ މެރީ މީ އޭތަ އެ އެހީ..” އީރަމް އަށް ޔަގީން ނުވެފައި ހުރިހެން ވައި އަޑުން އެހެން ބުނެލެވުނެވެ. އެންމެން ނޭވާ ހިފަަހައްޓާލައިން ތިބީ ހައިފާ ދޭނެ ޖަވާބެއް ނޭނގޭތީއެވެ. އިރުކޮޅެއްފަހުން ހައިފާ ޔެސް އޭ ބުނުމާއެކު އީރަމް އަށް އުފަލުން ލާމިހް ގައިގައި އޮޅުލައި ނުގަނެވުނީ ކިރިޔާއެވެ. ހަނާއާއި އީރަމް ބައްދާލަމުން އުފާ ފާޅުކުރިއިރު ލާމިހް ބެލި އެވަގުތުކޮޅު ފޯނުގައި ރައްކާކުރެވޭތޯއެވެ. ހައިފާ އާއި ހުސެން އަށް ނުފެންނާނެހެން ލިފްޓަށް އަރަން ހިނގައިގަތް އިރު އީރަމް ގެ އުފާވެރިކަން މަޑުމައިތިރިކަމަށް ބަދަލުވިކަން ލާމިހްއަށް ނަގައިގަނެވުނެވެ. ލިފްޓް ތެރޭ ވެސް އެއްދިމާއަކަށް ނަޒަރު ހުއްޓާލައިން ހުރި އިރު ކަށި އިނގިލީގައި އަޅާފައިވާ އަނގޮއްޓިއާއި ކުޅެލައެވެ. އީރަމް އެވިސްނަނީ ނާއިލްްްްްް އާއި މެދު ކަން ލާމިހް އަށް ވަގުތުން ނަގައިގަނެވުނެވެ. އީރަމްގެ ހަޔާތުގައިވެސް އެކަހަލަ ހަނދާނުންފިލުވާނުލެވޭ އުފާވެރިވަގުތުކޮޅެއް އައިސްފައިވާނެކަން އެނގުމާއެކު ލާމިހް އަށް އުނދަގޫވެގެންދިޔައެވެ.

 

 

 

 

Share Article

Follow Me Written By

seym

Level 310 Stories100 Login100 Comments

Bookworm. ? 23. ? ~ Because i am in love with the world in my head.~ ?

Other Articles

Previous

02:30 އަށާވީސްވަނަ ބައި

Next

ޢެދެމޭ އުފާ…..(15)

Next
September 18, 2017

ޢެދެމޭ އުފާ…..(15)

Previews
September 18, 2017

02:30 އަށާވީސްވަނަ ބައި

11 Comments!

  1. Reen says:
    September 18, 2017 at 11:40 pm

    Wow ekam haadha kurey alhe thankolheh dhigukohlaba

    1. seym says:
      September 18, 2017 at 11:49 pm

      Thankyou Reen. ?
      Vaahaka ekkoh nunimeythy hama kurukoh genesdheveny ☹️ kuriah huri baithah dhigu koh genesdheveytho will try. ❤️

  2. seym says:
    September 18, 2017 at 11:48 pm

    Salaam. Mibai vx reethi vaane kamah mi balany. Next part will be upated on THURSDAY. ? Goodnight. ❤️?

  3. Xxxx says:
    September 19, 2017 at 12:06 am

    V.nice dear?

  4. khajja says:
    September 19, 2017 at 2:15 am

    Ohhh wow.masha allah ?? alhey yhithanuga laamy ves aneh ceen jessi nama ennu emmen suprise kollan alhe ekahala kamekkollaabala nudhenahurikaman hadhaafa gos??? eyrun dhen thibi myhun v suprise vaane stry v cute gud nyt?????❤❤??????

  5. xaan says:
    September 19, 2017 at 8:44 am

    wow

  6. Navya says:
    September 19, 2017 at 12:05 pm

    Mi bai ves vv reethi??

  7. Gorgeous says:
    September 19, 2017 at 2:22 pm

    Will be waiting for thursday.. Mi part vx nice ??? mi story ge plot v salhi .. N vahaka liyefa hunna gothun v kiya hihvey.. Loves ????

  8. aiymee says:
    September 19, 2017 at 3:42 pm

    v v v nice mi vrhaka..

  9. Papaya says:
    September 20, 2017 at 11:39 am

    ??????

  10. seym says:
    September 21, 2017 at 11:44 pm

    Thankyou all. ♥️??

Comments are closed.


All Right Reserved!