” އަހަރެން ދަރިފުޅު އެކަނިކޮށްލާފަ ޒިޔާދުއަށް ތިހެން ނުދެވޭނެ. ދަންޔާ ދާންޖެހޭނީ އަހަރެންގެ ދަރިފުޅު ގޮވައިގެން ” ޒިޔާދު ބޭރަށް ނިކުތުމަށް ނެގިފިޔަވަޅު ގޭތެރޭގައި އަޅާލިއެވެ. ރަމީޒުގެ އެޖުމްލަ އަޑުއިވި ސާނިޔާ ކުއްލިއަކަށް ކޮޅަށް ތެދުވިއެވެ. އަދި މަޑުމަޑުން ރަމީޒު ގާތަށް ޖެހިލިއެވެ. ” ބައްޕާ އަހަރެން….. ” ސާނިޔާ ރަމީޒުގެ މޭގަ ލައްވެގަތެވެ. ” އާނ ދަރިފުޅާ. ބައްޕައަށް ހުރިހާ ކަމެއްވެސް އޮޅުންފިލައިފި. ބައްޕަ އެހެންވާހަކަ ދައްކާ އަމަލު އެގޮތަށް ބެހެއްޓީ ސަބަބެއް ނެތިއެއް ނޫން […]
“ހުއް. އެއީކީ މިހާރު އަހަރެންނާ ބެހޭ މީހެއްނޫން. އަހަރެންނަށް ހެޔޮ އޭނަ މަރުވިޔަސް” ކުއްލިއަކަށް ކިޔާންގެ ކޯތާާފަތް މައްޗަށް އަރައިގެންދިޔަ ލީޝާގެ އަތުގެ ހޫނު ހަމަލާއިން ކިޔާން ސިހުނެވެ. ކޮލުގައި ފިރުމައިލަމުން ކުރިމަތީގައި އިން ލީޝާއަށް ކިޔާން ބަލައިލީ ރުޅިވެރި ނަޒަރަކުންނެވެ. އޭރު ރުޅިއައިސްގެންގޮސް ލީޝާ ހީވަނީ ރޫޅިދާނެެ ހެންނެވެ. ކިޔާންގެ ފަރާތުން ފެންނަމުން މިދަނީ ލީޝާ އެއްގޮތަކަށްވެސް އުއްމީދުކުރިފަދަ މަންޒަރެއް ނޫނެވެ. “ހުއްޓާލާ. އަހަރެން ހަމަ ހައިރާން ވެއްޖެ. ތީތަ ކިޔާން ލީންދެކެވީ ލޯތްބަކީ؟ ކުރި […]
ީ މިހާއަށް ހީވަނީއޭ އެމަންމަ އެކީ އެހެރީ ވާ އަންހެނެއްއިގޭ، ޕިސް ޕިސް އަޅެ މަންމަޔައް ހަމަ އެ ބަޑި ގަނޑު ނޫން އެހެން އެއްޗައް ނުލިބުނީތަ؟ ހުވާ މިބުނީ ހާދަ ނައްޓައޭ ” ރުޅިއާ އެއްވަރަށް ހާސް ވެގެން ވިނާްން ވާހަކަ ދައްކަމުން ދިޔައެވެ. ” މަހިތައް އަރާ އެއްބައިފަހަރު ނައްޓާ ވަރުން މަންމަމެންނާ ވެސް މިފާޑައް ވާހަކަ ދެއްކިދާނެޔޭ އެކަމާ ބިރު ވެސް ގަނޭ ހުވާ މިބުނީ ” އަނެއްކާވެސް ވިނާން ބުނެލިއެވެ. ވިނާން […]
އެ ފެންނަނީ އަޝްވާގެ އަތުގައި މީހަކު ބާރަށް ހިފަހައްޓައިގެން ހުރެ ކުރިއަށް ދާން ހުރަސް އަޅާ މަންޒަރެވެ. އެދިމާލަށް ދާ ވަރަކަށް އަޝްވާގެ މޫނު މަތީގައިވާ ހާސްކަން މަލަކާއަށް ފެންނަމުން ދެއެވެ. އަނެއްކާ ނުބައި ފިރިހެނެއްގެ ޝިކާރައަކަށް އަޝްވާ ވެގެން ދަނީބާވައެވެ. “ހަމަ މިހާރު އަޝްވާ އަތުން ދޫކޮށްލާ” މަލަކާއަށް އެމީހުންގެ އަޑު ފޯރާ ހިސާބަށް ދެވުމުން ހިތްހަމަނުޖެހިފައި ބުންޏެވެ. ނަމަވެސް އެމީހާ ހުރީ މަލަކާގެ އެއަމުރަށް އަމަލުކުރަން ތައްޔާރަކަށް ނޫނެވެ. އެހެންކަމުން މަލަކާ އޭނާގެ ހިގުން އިތުރަށް […]
ވަގުތުތައް ފާއިތުވަމުން ގޮސް ހަވީރު ވެއްޖެއެވެ. ރަމްލާމެން ގެއަށް ދިޔުމަށް ތައްޔާރުވަމުން ދިޔައެވެ. އެންމެން ވެސް ހަނާއަށް ވަރަށް ނަސޭހަތްދިނެވެ. ކެއްތެރިކަމާއެކު ދިރިއުޅުމުގެ ހަނގުރާމަޔާ ކުރިމަތިލުމަށް ހިތްވަރުދިނެވެ. ” ކިހިނެއްވެފާ ތި ތިބެނީ… ” ރަމްލާމެން ތައްޔާރުވެގެން ވެސް ގެއަށް ނުގޮސް ތިބީމަ ހަދީޖާ އަހާލިއެވެ. ” ޒިޔާދު އަންނަންދެން މިތިބެނީ ” ރަމްލާ ބުނެލިއެވެ. ” އަހަ… މިއޮށް އައީނު ޒިޔާދު. ހިނގާ އަވަހަށް ދަމާ ” ޒިޔާދު ދޮރުހުޅުވާލި ތަންފެނިގެން ހަދީޖާ ބުނެލިއެވެ. ފޮށިތައް […]
މިޝްކާގެ އަތުގައި ހިފައިގެން ދަމަމުން ކަހަލަ ގޮތަކަށް މުނީރު ކޮޓަރިއަށް ވަނެވެ. އެ މޫނުމަތިން މިޝްކާއަށް ފެނުނީ ދުވަހަކުވެސް ނުފެންނަފަދަ ރުޅިވެރިކަމެކެވެ. “އަހަރެން ހިޔެއް ނުކުރަން އިނގޭ މިޝްކާ ތިހާ ވިޔާނުދާ ކަމެއް ކޮށްފާނެ ކަމަކަށް!” މުނީރު މިޝްކާއާ ދިމާއަށް ޝަހާދަތް އިނގިލި ދިއްކޮށްލަމުން ބުނެލިއެވެ. މިޝްކާ ޔުމްނާ ދެކެ ރުޅިއައިސްގެން އެފަދަ ދަށު ދަރަޖައިގެ ޢަމަލެއް ހަމަ ހިންގަފާނެ ހެއްޔެވެ؟ “މުނީރު.. އައި ކެން އެކްސްޕްލެއިން..” މިޝްކާ ދެރަވެލާފައި މުނީރުގެ އަތުގައި ހިފާލަމުން ބުނެލިއެވެ. “ކޯއްޗެއް […]
ލިޔުމުގައި ޝާމިލްވެގެން އީލާމް އިންއިރު ކޮޓަރިތެރެއަށް ވަންނަމުންދިޔަ ފިނި ވައިރޯޅިން އޭނާގެ ނިންކުރިމަތިން ހިއްލާފައިވާ ދަލަށް ފިނިކަމެއް ލިބެމުންދިޔައެވެ. ކުއްލިއަކަށް މީހަކު ކުޑަދޮރު ކައިރީ ހުއްޓުނުހެން ހީވުމުން އީލާމަށް ތެޅިތެޅި އޮތް ހިތަކާއިގެން އެދިމާލަށް ބަލާލެވުނެވެ. އަމިއްލަ ހިތަށް މިކުރެވުނީ މޮޔަކަމެކޭ ހިތާ އަވަސް އަވަހަށް ކުޑަދޮރާ ގާތް ވެލީ ދޮރު ލައްޕާލުމުގެ ނިޔަތުގައެވެ. ކުއްލިއަކަށް މީހަކުއޭނާގެ އަނގަމަތީ ފޮތިގަނޑަކުން އަތްއެޅުމަށްފަހު ކޮޓަރިތެރެއަށްވަދެ ގަތެވެ، އީލާމް ގެ އަނގަމަތިން އެ ބާރުގަދަ ދެއަތް ނެގުމަށް އޭނާގެ ދެއަތް […]
“ދޮންބެ ރޭގައި ކޮންތާކު އުޅުނީ….؟؟؟؟” ގެއަށް ވަން މިޝަލަށް ހުއްޓުން އަރާފައި ހުރެވުނީ، އިވިދާނެހެން ހީނުވާ އަޑެއް ކަންފަތުގައި ޖެހުމުންނެވެ. އެއީ އޭނާގެ ލޯބިވާ ކޮއްކޮ މިޝްޔާގެ، އަޑެވެ. އެ އަޑެއް އަހާލުމަށް އޭނާގެ ދެ ކަންފަތް ބޭޤަރާރުވެފައިވާ އަޑެވެ. މަންމަ ނިޔާވުމަށްފަހު، ލިބުނު ޝޮކުގައި އެތައް ދުވަހެއް ވަންދެން ވާހަކަ ނުދައްކާ ހުރުމަށްފަހު، މިޝްޔާގެ ދުލުން ބަހެއް ބޭރުވި މީ ފުރަތަމަ ފަހަރެވެ. ދުވަސްތަކަކަށްފަހު ލޯބިވާ ކޮއްކޮގެ އަޑު އިވުމުން އޭނާއަށް ލިބުނު އުފާ ބަޔާންކޮށްދޭންވެސް […]
އަފީފާއަށް ހޭލެވުނީ ފަތިސް ނަމާދުގެ ބަންގީގެ އަޑަށެވެ. އޭނާއަށް ހޭލެވުނު އިރު ހުރީ ބަނޑުހައިވެގެން ހޭދަބައި ވާވަރުވެފައެވެ. ވާނީ އެހެންތާއެވެ. ދަތުރުން އައި ގޮތަށް އޭނާއަށް ނިދުނީ އެއްވެސް އެއްޗެއް ނުކާ ކަމުން ހުންނާނީ އެވަރު ވެފަތާއެވެ. ކިތަންމެ ބަނޑުހައެއް ވެފަ ހުއްޓެއް ކަމަކު ފުރަތަމަ އަފީފާ ވަނީ ފާހާނަޔަށެވެ. ވުލޫ ކޮއްލައިގެން އައިސް ސައުދުއަށް ގޮވައިފަ އޭނާ ފެށީ ނަމާދު ކުރާށެވެ. އަފީފާ ނަމާދުކޮށް ނިއްމާފަ އަވަހަށް ނިކުތީ ބަދިގެއާ ދިމާލަށެވެ. އަފީފާ ބަދިގެއަށް ވަން […]