Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

އަބަދުގެ އަބަދަށް (އެގާރަވަނަ ބައި)

Nau Level 810 Stories100 Comments500 Comments100 Stories100 Login1K Comments
September 17, 2017 6 Mins Read
30 Comments

“ހޫމް. މިއަދު މިއުޅެނީ ހަމަވަރުބަލިވާވަރުން ކެތްނުވެގެން. ލީޝް ކަމަކުތަ؟” ބަލި އަޑަކުން އައިލީން ޖަވާބުދިނެވެ. އައިލީންގެ ހާލު ފެނި ލީޝާ ވަރަށް ދެރަވިއެވެ. ކުއްލިއަކަށް އައިލީން ވަރަށް ބަލިގޮތަކަށް ކެއްސަން ފެށިއެވެ. އިރެއް އިރަކަށް ކެއްސުން ބޮޑުވަމުންދިޔަތަންފެނި ލީޝާ ބިރުން ހަލާކުނުވީ ކިރިޔާއެވެ. އަނގަމަތީގައި އަތްއަޅާގެން އިނދެ އައިލީން ކެއްސަމުން ދިޔައެވެ. ލީޝާ އަވަސް އަވަހަށް ގޮސް އެނދު ކައިރީހުރި މޭޒުމަތީއިން ފެންޖަގުން ތައްޓައް ފެންއެޅުމަށްފަހު އައިލީނާާ ދިމާއަށް އެނބުރުނެވެ. އެވަގުތު ފެނުނު މަންޒަރަކުން ލީޝާގެ އަތުގައި އިން ފެންތަށި ދޫވެ ތަށިމުށިތައް މައްޗައް ވެއްޓި ތެޅުނެވެ. ތަށި ތަޅައިގެންދިޔަ އަޑު މުޅި ކޮޓަރިތެރޭގައި ގުގުމާލައިގެން ދިޔައެވެ.

އެއަޑަށް ދުވެފައި އައިލީންގެ މަންމައާއި ބައްޕަ އައެވެ. ދެލޯބޮޑުކޮށްގެން އަައިލީނަށް ބަލަންއިން ލީޝާ ފެނިފައި އާސިމާމެންނަށްވެސް އައިލީނާ ދިމާއަށް ބަލާލެވުނެވެ. އޭރު އަނގަމަތީގައި އެޅި އަތްނަގައި އެއަތަށް ބަލަން އައިލީން އިނެވެ. ކަރުނުން ފުރިފައިވި ދެލޮލުންނެވެ. އައިލީންގެ މުޅިއަތްވަނީ ރަތްލެޔުން ތަތްތެޅިފައެވެ. މިތަންފެނި އާސިމާއަށް އިނދެވުނުތަންވެސް ނޭނގުނެވެ. މަގޭ ދަރިއޭކިޔައި އައިލީނާ ދިމާއަށް ދުއްވައިގަތެވެ.

ޭ ޓީވީއަށް ގެއްލިހުސްވެފައި ކިޔާރާ އޮތެވެ. ކިޔާރާއަކީ އާާއްމުކޮށް ހިންދީ ޑްރާާމާތަކަށް ވަރަށް ޝައުޤު ހުންނަ ކުއްޖެކެވެ. އެއްކަމެއް ނުކުރެވުނަސް ޤަވައިދުން އެ ޑްރާމާާާތައް ކިޔާރާ ބަލާނެއެވެ. ވަރަށް ޝައުގުވެރިކަމާއެކު ސްޓާރ ޕްލަސްއިން ދައްކަމުންދިޔަ ޑްރާމާާއެއް ބަލަން އޮތް ކިޔާރާ ސިހުނީ ކުއްލިއަކަށް އޭނާގެ ފޯން ރިންގް ވާާން ފެށުމުންނެވެ. ފޯނަށް ބަލައިލުމަށްފަހު ނަގައި ކަންފަތުގައި ޖަހަލިއެވެ.

” ކީކޭ ލީޝް” ޓީވީ ސްކްރީނަށް ބަލަންއޮވެ ކިޔާާރާާ އަހާލިއެވެ. ” ކިޔާ. އަވަހަށް ހޮސްޕިޓަލަށް އާާދެބަ. ލީން.. ލީން.” އެހިސާބަށް ބުނެވުނުތަނާ ލީޝާއަށް އަޑުން އަޑުނަގާ ރޮއެގަނެވުނެވެ. ކިޔާރާއަށް ފުންމައިގެން ތެދުވެވުނުގޮތްވެސް ނޭނގުނެވެ. މިދަނީއެބުނެ އަވަސް އަވަހަށް ޓީވީ ނިއްވައިލުމަށްފަހު ހޮސްޕިޓަލަށް ދިއުމަށްޓަކައި ހިނގައިގަތެވެ.

ތެޅެމުން ފޮޅެމުން ހޮސްޕިޓަލަށް ވެދެގެންއައި ކިޔާރާާފެނި ލީޝާ ރޮމުންގޮސް ބައްދައިލިއެވެ. އޭރުވެސް ވީގޮތެއް ނޭނގިގެން ކިޔާާރާއިނީ ކަންބޮޑުވެގެންގޮސް ހަލާކުވާވަރު ވެފައެވެ. “ލީންއަށް ކިހިނެއްތަވީ؟” ލީޝާގެ ދެކޮނޑުގައި ހިފައި ތަޅުވައިގަންނަމުން ކިޔާާރާ ހާސްވެފައި އެއްސެވެ. ލީޝާ ހުރިހައި ވާހަކައެއް ފެށިގެން ނިމެންދެން ކިޔާދިނެވެ. ކިޔާރާާއަށް އިނދެވުނު ތަންވެސް ނޭނގުނެވެ. ދެލޯބޮޑުކޮށްލަމުން އަނގަމަތީގައި އަތްއަޅާލެވުނީ ހިތަށްކުރަމުންދިޔަ އަސަރުންނެވެ. އޭރު ކަރުނައިގެ މުތީތައް އެދެލޮލުން ހޯސްލައިފައި ފައިބަމުންދިޔައެވެ.

“ކޮބާ ލީން މިހާރު؟” އިރުކޮޅެއްފަހުން އަނެއްކާާވެސް ކިޔާރާ އަހައިލިއެވެ. ” ބަލިމީހުން ބަލާ ކޮޓަރީގަ” ގިސްލެވިފައިވާ އަޑަކުން ލީޝާ ބުނެލިއެވެ. “ކިޔާ. އަހަރުމެންގެ ލީން މަރުވަނީތަ؟” ހިތަށްކެތްނުވާ ހިސާބަށް ދިޔުމުން އެންމެފަހުން އޭނާގެ ހިތާ ސިކުނޑިއަށް އުނދަގޫކުރަމުންދިޔަ ސުވާލު ލީޝާ ކޮށްލިއެވެ. ލީޝާގެ ސުވާލުން ކިޔާރާއަށްވެސް ސިހުން ގެނުވިއެވެ. އައިލީން ދެން ރަނގަޅު ނުވާނެކަން އެނގޭއިރުވެސް އެކަން ޤަބޫލުކުރާާކަށް ކިޔާރާ ބޭނުމެއް ނޫނެވެ.

“ނޫން. ލީން އަދި މަރެއްނުވާނެ. އިންޝާ ﷲ ލީން އަދި މަރެއް ނުވާނެ” ރޮއެގަންނަމުން ލީޝާގެ އަތުގައި ބާރަށް ހިފަހައްޓާލައިގެން އިން ކިޔާރާ ބުނަމުންދިޔައެވެ.

ދެމީހުން އެތައްއިރަކު އެގޮތުގައި ތިއްބައި ބަލިމީހުން ބަލާ ކޮޓަރިން އައިލީނާއި އޭނާގެ މައިންބަފައިން ނުކުތެވެ. އެދެމީހުންވެސް ވަނީ ރޮއެރޮއެ ހަލާކުވެފައެވެ. ދެމީހުންގެ މެދުގައި ހުއްޓުން އަރައިފައި އައިލީން އިނެވެ. ދުވެފައި ކަހަލަ ގޮތަކަށް އައި ކިޔާރާ އާާއި ލީޝާވެސް އޭނާާގެ ލޮލަށް ނުފެންނަ ކަހަލައެވެ. އެއްވެސް އެއްޗެކޭ ނުބުނެ އިނދެ ކުރިއަށް ހިނގަމުން ދިޔައެވެ. “ލީން.” ހިސާބަކަށް ހައިރާންވެފައި އިނދެ ކިޔާރާ ގޮވައިލިއެވެ. އެވަރުންވެސް އައިލީންގެ ފަރާތުން އެއްވެސް ޖަވާބެއް ނައެވެ. ހުއްޓުމެއްނެތި އައިލީން ހިނގަމުން ދިޔައެވެ. އެތަންބަލަން އިން އާާސިމާއަށްވެސް ގިސްލަގިސްލާފައި ރޮވުނެވެ. ގޮތްހުސްވެފައިވާ މީހަކު ފަދައިން އިސްޖަހައިލެވުނީ ދަރިފުޅުގެ އެހާލަތު ބަލަން މައި ލަގޮނޑިއަށް ކެތްނުވުމުންނެވެ.

މަގުމަތިން ހިނގަމުންދިޔަ އައިލީންވަނީ ފުންވިސްނުމެއްގެ ތެރެއަށް ގެއްލިފައެވެ. ކަންކަމާ ވިސްނިވަރަކަށް އައިލީންގެ ޅަހިތް ބިރުގަންނަމުން ދިޔައެވެ. އޭނާ ސަލާމަތްވާނެ ހަމަ އެއްގޮތެއްވެސް ނެތީހެއްޔެެވެ؟ “މަރު” އެބަސްދެކެ އައިލީން ބިރުގަންނަން ފެށިއެވެ. އޭނާ އަދި މަރުވާކަށް ބޭނުމެއް ނޫނެވެ. އެކަމު ބަލާލި ކޮންމެދިމާއަކުންވެސް އެބިރުވެރިކަން ފިޔަވައި އިތުރު އެއްޗެއް އައިލީނަކަށް ނުފެނެއެވެ. މިދުނިޔޭގައި އުޅެލަން އަދި އައިލީން ބޭނުމެވެ. އެހެން މީހުންނެކޭ އެއްގޮތަށް އުފަލުގައި ދިރިއުޅުން ކަނޑައްތުކުރަން ބޭނުމެވެ. މީހެއްގެ ހެޔޮލަފާާ ޞާލިޙް އަންބަކަށް ވާން ބޭނުމެވެ. ލޯބި ލޯބި ދަރިންކޮޅެއްގެ މަންމަ އަކަށްވާން ބޭނުމެވެ. މައިމީހާ ކުޑަދަރިފުޅު ދުނިޔެއަށް އުފަންކުރާއިރު އެއަޅާ ވޭން އިހުސާސްކޮށްލަން ބޭނުމެވެ. އެހެނަސް… މިއިން އެއްވެސް ކަމެއް އައިލީނަކަށް ފުރިހަމަކުރެވޭކަށް ނެތެވެ. އައިލީންގެ އަތުގައި މިހާރު އެންމެ މަދު އެއްޗަަކަށް ވަގުތުވަނީ ވެފައެވެ. އޭނާއަށް މިރީތި ދުނިޔޭގައި ދިރިއުޅެލުމަށް ބާކީ އޮތީ އެންމެ 8 މަހެވެ.

ކިޔާރާއާ ލީޝާ ފަޔަށް ލެވުނުހާ ބާރެއްލައިފައި ހިނގަމުން އައިސް އައިލީނާ އަރާ ހަމަކުރިއެވެ. އޭރުވެސް ގަބުވެފައި އިނދެ އައިލީން ކުރުރިއަށް ހިނގަމުންދިޔައެވެ. އޭނާގާތުގައި ބައަކު ތިބިކަންވެސް އައިލީންކަން ރެއަކާނުލައެވެ. އެކުވެރިޔާގެ ހާލަތުފެނުމުން ކިޔާރާއާ ލީޝާ ދެރަވެ އިސްޖަހައިލިއެވެ. އަދި އައިލީންގެ ކޮނޑުގެ ދެފަރާތުން ދެމީހުންވެސް ހިފަހައްޓާލިއެވެ. ވީކިހިނެއްކަން ނޭނގުނަސް އައިލީންގެ އަމަލުތަކުގެ ސަބަބުން، ލިބެން އުޅެނީ ވަރަށް ނުބައި ބިރުވެރި ޚަބަރެއްކަން ދެމީހުންނަށްވެސް އެނގެއެވެ. މިވަގުތު އައިލީން ގާތުން ކަމެއް އޮޅުންފިލުވުމަށްވުރެ ރަނގަޅުވާނީ އައިލީން ހަމަޖެހިލުމުން އެކަން ކުރިއްޔާކަން އެނގޭތީ ދެމީހުންވެސް މަޑުމަޑުން ތިބީއެވެ.

ގެއަށް އައިސްވަން އައިލީން ދުވެފައިގޮސް ކޮޓަރިއަށްވަނެވެ. ފަހަތުން ކިޔާރާ އާއި ލީޝާވެސް ގޮސް ވަނެވެ. އޭރު އެނދުމަތީގައި
ބަންޑުންއޮވެ ގިސްލަ ގިސްލާފައި އައިލީން ރޮމުންދިޔައެވެ. މިތަންފެނި ލީޝާއާ ކިޔާރާއަށްވެސް ރޮވުނެވެ. އައިލީންފަދަ ރަނގަޅު ކުއްޖަކަށް އެހިތާމަ ހައްގެއްނޫނޭ ހިތަށް އަރާފައެވެ. އެކަކު އަނެކަކުގެ މޫނަށް ބަލައިލުމަށްފަހު ދެމީހުންވެސް އައިލީން ގާތަށް ހިނގައިގަތެވެ. އައިލީންގެ މަގަތުގައި އިނށީނުމަށްފަހު ކިޔާރާއަށް އައިލީންގެ ބޮލުގައި ފިރުމައި ލެވުނެވެ. ލީޝާވެސް ގާތުގައިއިނީ ހަދާނެގޮތް ހުސްވެފައެވެ.

ބާރުހިނގުމެއްގައި ގެއަށް އައިސްވަން އާސިމާމެންވެސް އައިލީންގެ ކޮޓަރިއާ ދިމާއަށް މިސްރާާބުޖެހިއެވެ. ދޮރުހުޅުވައިލި އިރު ކިޔާރާގެ އުނގުގައި ބޯއަޅައިލައިގެން ރޯންއޮތް އައިލީން ފެނުމުން އާާސިމާާ ކިޔާރާއަށް ބަލައިލިއެވެ. މިވަގުތު އެންމެ ރަނގަޅުވާނީ އައިލީން އޭނާގެ އެކުވެރިންނާއެކު ދޫކޮށްލުންކަން އާސިމާއަށް ވިސްނުމާއެކު އަޑެއްވެސް ނީއްވައި ދޮރުޖަހައިލުމަށްފަހު އެތަނުން ދިޔައެވެ.

ރޮއެރޮއެ އައިލީން ވަރުބަލިވީ ކަންނޭނގެއެވެ. މަޑު ގިސްލުމެއްގެ އަޑުފިޔަވައި އިތުރު އަޑެއް ނީވެއެވެ. ކިޔާރާ ހަމަ އެއިންގޮތަށް އައިލީންގެ ބޮލުގައި ފިރުމައިލަ ފިރުމައިލަ އިނެވެ. ގާތުގައި ލީޝާވެސް އިނށީދެލައިގެން އިނެވެ. އިރުއިރުކޮޅާ ލޮލުން ފައިބަމުންދިޔަ ކަރުނަތައް ފުހެލައެވެ.

ކިޔާރާގެ އުނގުގައި ބޯއަޅައިލައިގެން އޮތް އައިލީން ބޯހިއްލާލުމަށްފަހު އޭނާގެ ދެއެކުވެރިންގެ މޫނަށް ބަލައިލިއެވެ. އަދި މަޑުމަޑުން ތެދުވެ އެނދުގައި ދެފައި ވަށްކޮށްލައިގެން ލީޝާއާއި ކިޔާރާއާ ކުރިމަތިވާގޮތަށް އިނށީނެވެ. އިސްޖަހައިގެން އިން އައިލީންގެ މޫނަށް ބަލައިލުމަށްފަހު ކިޔާރާއާ ލީޝާ އެކަކު އަނެކަކުގެ މޫނަށް ބަލައިލިއެވެ.

“ލީން.” ލޯބިންފުރިގެންވި އަޑަކުން ކިޔާރާ އައިލީނަށް ގޮވައިލިއެވެ. އިސްޖެހިފައި އިން އައިލީން ކިޔާރާގެ މޫނަށް ބަލައިލުމަށްފަހު އަނެއްކާވެސް އިސްޖަހައިލިއެވެ. “ކިޔާ. ދުވަސްކޮޅަކުން ކިޔާ ތިހާ ލޯބިން ގޮވާލާ އަޑުއަހާކަށް އަހަރެންނެއް ނުހުންނާނެ” ކުރެހިފައިވާ އަޑަކުން އައިލީން ބުނެލިއެވެ. އައިލީންގެ ވާހަކަ އަޑުއިވުމުން ކިޔާރާ އައިލީނާ ބޮޑަށް ގާތްވެލިއެވެ. އައިލީންގެ އިސްއުފުލައިލުމަށްފަހު ސީދާ އައިލީންގެ ލޮލަށް ބަލައިލިއެވެ.

“ވެގެން އުޅޭގޮތެއް ލީން ބުނެފާނަންތަ؟” އޯގާތެރިއަޑަކުން ކިޔާރާ ބުނެލިއެވެ. އެބަހަށް ލީޝާވެސް ބޯޖަހައިލިއެވެ. “ކީކޭ ޑޮކްޓަރ ބުނީ؟” ލީޝާވެސް ކިޔާރާއާ ބައިވެރިވެލަމުން އަހާލިއެވެ. ދެމީހުންގެ މޫނަށް ވަކިވަކިން އައިލީން ބަލާލިއެވެ. ދޭނެ ޖަވާބަކާމެދު ވިސްނަލީ ކަންނޭނގެއެވެ.

“ކިޔާ، ލީޝް.. އަހަރެންނަށް.. އަހަރެންނަށް ޖެހިފަ ހުރީ ހަމައެކަނި އެއިޑްސްއެއްނޫން. އަހަރެންނަށްވަނީ ބަނޑުގެ ކެންސަރުވެސް ޖެހިފަ. ދުވަސްކޮޅެއް ވެއްޖެ އަހަރެން ބަނޑުގައި އާދަޔާޚިލާފަށް ރިއްސާތާ. އެކަމު އޭރު ނޭނގެއެހެންވެ ކަމެއް ރިއްސީކީ. އަހަރެން ހީކުރީ އެއީ އެއިޑްސް ޖެހިފަހުރީމަ ވާގޮތެއްކަމަށް. އެހެންވެ އެހާވަރުން އެކަމާ އަޅާނުލެވުނީ. ” އަނެއްކާވެސް އައިލީނަށް ރޮވުނެވެ. އިވުނު ވާހަކަތަކުގެ ސަބަބުން ކިޔާރާއާ ލީޝާތިބީ ބަސްހުއްޓިފައެވެ.ބުނާނެ އެއްޗެއް ނޭނގިފައެވެ. “ޑޮކްޓަރ ބުނުއްވީ އަހަރެން މިހުރީ ބަނޑުގެ ކެންސަރުގެ ފަހު ސްޓޭޖްގަ ކަމަށް. ސަލާމަތްވާނެ އެއްވެސް ގޮތެއްނެތް ކަމަށް. އަހަރެންނަށް ބާކީ އޮތީ އެންމެ އަށްވަރަކަށް މަސް. ކިޔާ. ހެޔޮނުވާނެ. އަހަރެން ސަލާމަތްކޮށްދީ. އަދި އަހަރެން މަރުވާކަށް ބޭނުމެއްނޫން. ޔާންއަަށް އަހަރެންގެ ހަޤީގަތް ނޭނގެނީސް އަހަރެން މަރުވާކަށް ބޭނުމެއްނޫން. ޔާން އެއްފަހަރުވެސް އަހަރެންގެ ވާހަކަ އަޑުއަހާނެނަމަ. ޕްލީޒް ކިޔާ. ކިޔާތީ އަހަރެންގެ އެންމެ ގާާތް އެކުވެރިޔާާއެއްނު. ހެޔޮނުވާނެ. އަހަރެން މިހިތާމައިގަ ނިމިގެން ދިޔަ ނުދީ. ޕްލީޒް ކިޔާ އަހަރެން ސަލާމަތް ކުރޭ. ލީޝް އަހަރެން..” ރޮއެގަންނަމުން ކިޔާރާގެ ފައިބުޑަށް ވެއްޓިއޮވެ އާދޭސް ކުރަމުންދިޔަ އައިލީން ހޭނެތިގެން ވެއްޓުނެވެ. ކިޔާރާ މަސައްކަތް ކުރަމުން ދިޔައީ އައިލީން ނެގޭތޯއެވެ. ލީޝާ ވެސް ކިޔާރާއަށް އެހީވަމުންދިޔައިރު ވަނީ ޝޮކެއްގެ ތެރޭގައެވެ. އައިލީން ދެއްކި ވާހަކަތަކުން ހިތަށް ތަދުވެފައެވެ. ކިޔާރާގެ ފައިބުޑަށް ވެއްޓިއޮވެ އައިލީން ރޮއެގޮތް އަދިވެސް ލީޝާގެ ދެލޯކުރިމަތީގައި ސިފަވާފަދައެވެ.

އައިލީން މެންގޭ ހައްދާާފައިވާ ކުޑަ ބަގީޗާގައި އިން ހިލަ ގޮނޑީގައި އިނށީދެލައިގެން ކިޔާރާ އިނީ ގަބުވެފައެވެ. އައިލީން ދެއްކިވާހަކަތައް އޭނާގެ ސިކުނޑިތެރޭގައި އެނބުރެމުންދިޔައެވެ.ލޮލުން ހޯސްލާފައި ކަރުނައިގެ މުތީތައް ފައިބަމުން ދިޔައެވެ. ކުއްލިއަކަށް އޭނާގެ ކޮނޑުގައި މީހަކު އަތްޖައްސައިލުމުން ފަސްއެނބުރި ކިޔާރާ ބަލާލިއެވެ. ފަހަތުގައި ހުރި ލީޝާ ފެނުމުން ލޮލުން އައިސްފައިހުރި ކަރުނަތައް ކިޔާރާ ފުހެލިއެވެ. ލީޝާވެސް އައިސް ކިޔާރާގެ ގާތުގައި އިނށީދެލިއެވެ.

“ލީން ކޮބާ؟” ރޮއުމުގެ ސަބަބުން ކިޔާރާގެ އަޑުވަނީ ހިސާބަކަށް ކުރަކިވެފައެވެ. “އެބައޮތް ނިދާފަ.” ކިޔާރާާގެ ސުވާލަށް ލީޝާ ޖަވާބުދިނެވެ. “ކިޔާ. އަހަރެން ވާހަކައެއް އަހައިލަންތަ؟” ކުޑައިރުކޮޅަކަށްފަހު ލީޝާ އަހައިލިއެވެ. ” ހޫމް.” ކިޔާރާާ ދިނީ ކުރު ޖަވާބެކެވެ. “ލީންއަށް އެއިޑްސް ޖެހުނީ ކިހިނެއް؟” އިރުކޮޅަކު ވިސްނައިލުމަށްފަހު ލީޝާކުރި ސުވާލުން ކިޔާރާ ލީޝާއަށް ބަލައިލިއެވެ. ފުންނޭވައެއްލުމަށްފަހު ކިޔާރާ އިސްޖަހާލަމުން ވާހަކަފެށިއެވެ. އައިލީނަށް އެއިޑްސް ޖެހުނު ގޮތުން ފެށިގެން އައިލީނާ ކިޔާން ވަކިވި ރޭގެ ހާދިސާއާާ ހަމައަށް ކިޔާރާ ކިޔައިދިންއިރު ލީޝާ އިނީ އަނގަހުޅުވިފައެވެ. ކޮންފަދަ ބަދުނަސީބު ކުއްޖެއްހެއްޔެވެ؟ ކިޔާންވެސް ހަގީގަތް ބަލައިނުލާ ކުރިކަމަކުން އައިލީންގެ ހިތާމަތައްވީ އިތުރެވެެ. ލީޝާއަށް ދެފަރާތައް ބޯހޫރުވައިލެވުނީ ޤަބޫލުނުކުރެވިފައި އިންފަދަ ގޮތަކަށެވެ.

އެނދުމަތީގައި އޮށޯވެލައިގެން ބޯމަތީ އެއްއަތް ބާވައިލައިގެން ކިޔާން އޮތެވެ. ކިޔާންގެ ގާތުގައި އަައިލީންގެ ބޮޑު ފޮޓޯގަނޑެއް އޮތެވެ. އެކަނި އެފޮޓޮއަށް ބަލައިލިއަސް ކިޔާން އަދިވެސް އައިލީންދެކެ ލޯބިވާާކަން އެނގޭނެއެވެ. ކިޔާންގެ ދެލޮލުގެ ހިމަކޮޅުން ވެއްޓުނު ކަރުނަތިކި ބާލީސް ތެރެއަށް ފޭދިގެންދިޔައެވެ. އެއޮތްގޮތަށް ކިޔާނަށް އޮވެވުނީ ކިހާއިރެއް ވަންދެންކަމެއްވެސް ނޭނގެއެވެ.

ދުވަސްތައް އޭގެ ހަލުވިމިނުގައި ފާއިތުވަމުން ދިޔައީ ހީވެސްނުކުރާހާ އަވަހަށެވެ. އައިލީންގެ ހިތާމަތަކަށް ނިމުނެއް ނެތެވެ. ކިޔާން މަތިން ހަނދާންކޮށްފައި އައިލީން ކަރުނަ އޮއްސާވަރު ގިނައެވެ. އައިލީން ހިތާމަކުރަމުން ދިޔައީ ކިތަންމެ ސިއްރުން ނަމަވެސް އެކަމެއް އޭނާގެ އެކުވެރިންނަކަށް ސިއްރެއްނުކުރެވުނެވެ. ކިޔާންގެ ހަނދާނުގައި އައިލީން ކުރަމުންދިޔަ ހިތާމަފެނި ލީޝާ އަކަށް ކެތެއްނުވިއެވެ. އެކަކުގެ ވާހަކަ އަޑު ނޭހިޔަސް ކިޔާނަށް ޖެހޭނީ އޭނާގެ ވާާހަކަ އަޑުއަހާށެވެ. އައިލީންގެ ގެއްލިފައިވާ ލޯބި ލީޝާ އައިލީނަށް ހޯދައިދޭނެއެވެ.

އޮފީސް ނިންމައިލައިފައި ގެއަށް އައިސްވަން ކިޔާނަށް ސިޓިންރޫމްގައި އިން ލީޝާފެނި ލިބުނީ ހައިރާންކަމެކެވެ. އެހާދުވަސްފަހުން ލީޝާ އެގެއަށްއައި ސަބަބެއް ހަމައެއްގޮތަކަށްވެސް ކިޔާނަކަށް ނުވިސްނުނެވެ. ފާޑަކަށް ބަލައިލުމަށްފަހު ކިޔާން ލީޝާއާ ދިމާއަށް ހިނގައިގަތެވެ.”އަހަރެން މިއައީ ކިޔާނާ ވަރަށް މުހިންމު ވާހަކައެއް ދައްކަން. އަހަރެންނަށް ވަގުތުކޮޅެއް ދެވިދާނެތަ؟” ކިޔާާން ފެނުމުން ލީޝާ އޭނައައި ބޭނުން ހާމަކޮށްލިއެވެ. ކިޔާން ބޯޖަހައިލީ އާނއެކޭ ބުނެލުމުގެ ގޮތުންނެވެ. އަދި ކޮޓަރިއާ ދިމާއަށް ހިނގައި ގަންނަމުން އޭނާއާ އެއްކޮށް އައުމަށް ލީޝާއަށް އިޝާރާތްކޮށްލިއެވެ. ކިޔާންގެ ފަހަތުން ލީޝާވެސް މަޑުހިނގުމެއްގައި ދިޔައެވެ.

ލީޝާ ވަނުމުން ކޮޓަރީދޮރު ޖަހައިލުމަށްފަހު، ކަނެއްގައި އިން ގޮނޑި ގެނެސް އެނދު ކައިރީގައި ބަހައްޓާލިއެވެ. ލީޝާ ގާތު އިނށީނުމަށް ބުނެ ކިޔާންވެސް ލީޝާއާ ކުރިމަތިވާނެހެން އެނދުގައި އިނށީނެވެ. އިސްޖަހައިގެންއިން ލީޝާ ދެއަތްދެއަތާ މޮޑެމުން ދިޔައީ ވާހަކަ ފަށާނެ ހިސާބެއް ނޭނގޭތީއެވެ. ލީޝާ އުޅެމުންދިޔަ ގޮތުން އުނދަގޫވެފައި އިން ކިޔާންގެ ހިތް ބާރު ބާރަށް ތެޅެމުންދިޔައީ ލީޝާ ބުނަންއުޅޭ ވާހަކައެއް ނޭނގިގެނެވެ. “ލީޝާ. ތިބުނަން އުޅޭ ވާހަކައެއް އަވަހަށް ބުނެފާނަންތަ؟” ކެތްނުވާ ހިސާާބަށް ދިއުމުން ކިޔާން އެންމެފަހުން ވާހަކަދައްކަން ފެށިއެވެ. ކިޔާާންގެ އަޑުއިވުމުން ލީޝާއަށް ކޮންމެސް ވަރެއްގެ ހިތްވަރެއް ލިބިގެންދިޔައެވެ.

“ޔާން. ޔާން އަދިވެސް ލީންދެކެ ލޯބިވޭދޯ؟” ވަރަށް ހިތްވަރުކޮށްފައި ލީޝާ އަހައިލިއެވެ. “ކޮންވާހަކައެއް ތިދައްކަނީ؟ ތިވާހަކަދައްކަންތަ ލީޝާ މިގެއަށް ތިއައީ؟ އެހެންވީއިރު އަޑުއަހާ. އަހަރެން ބޭނުމެއްނޫން އައިލީންގެ ވާހަކަ ދައްކާކަށް. އެނަންދެކެވެސް އަހަރެން ނަފުރަތުކުރަން” ދަތްކުނޑިވިކާލަމުން ކިޔާން ބުނެލިއެވެ. “އެހެންތަ؟ ލީންދެކެ އެހާ ނަފުރަތުކުރަންޏާ މިފޮޓޯ މިތާގަ ކީކުރަނީ؟” ކިޔާންގެ އެނދުގެ އެއްފަރާތުގައި އޮތް އައިލީންގެ ފޮޓޯގަނޑަށް އިޝާރާތްކޮށްލަމުން ލީޝާ އަހާލިއެވެ. ކިޔާނަށް އެފޮޓޯ އެތާނގައި ބޭވިފައިއޮތްކަން ހަނދާންވީވެސް ދެނެވެ. އަވަސް އަވަހަށް ކިޔާން ގޮސްް އެފޮޓޯނެގިތަންބަލަން ލީޝާ އިނެވެ. “މީކީ ލީޝާއާ ބެހޭކަމެއްނޫން. އެހެންނޫނަސް ލީޝާ ކީއްވެ މާ އައިލީން ވެގެން ތިއުޅެނީ؟ ތީ އައިލީންދެކެ ނުލާހިކު ނަފުރަތުކުރާ މީހެއްނު.” ހިތްހަމަނުޖެހިފައި ކިޔާން ބުނެލިއެވެ. ކިޔާންގެ ސުވާލުން ކުޑަހިނދުކޮޅަކަށް ލީޝާ ހިމޭންވެލިއެވެ.

“ނޫން. އެއްއިރެއްގަ އަހަރެން ލީންއަށް ނަފުރަތު ކުރިއަސް މިހާރު ނުކުރަން، އެނގޭތަ ކީއްވެކަން؟ ލީންއަކީ އެއްވެސް މީހެއްގެ ނަފުރަތު ހައްޤުވާ ކުއްޖަކަށްނުވާތީ. އެހާ މާތް ރަނގަޅު އަންހެންކުއްޖެއް އަހަރެން ދުވަހަކުވެސް ނުދެކެން. އެހާ ކެތްތެރި، ހިތްހެޔޮ، ހިތްވަރުގަދަ ކުއްޖެއް ލީންއަކީ. ލީން ނެތްނަމަ އަހަރެންގެ މުޅި ހަޔާތް ބަރުބާދުވީސް. އަހަރެންގެ އަބުރާ ޢިއްޒަތް ވެއްޔާ މޮޑެވިދިއުމުގެކުރިން ސަލާމަތްކޮށްދިނީ ލީން. އަހަރެން ލީންއާ ދޭތެރޭ އެހައި ނުބައިކޮށް ކަންތައްކުރުމުންވެސް އެއްވެސް ޝަކުވާއެއްނެތި ލީން އަހަރެންނަށް މައާފުކޮށްދިން. ދެން އެވަރުގެ ކުއްޖަކާ ދިމާއަށްތަ ކިޔާން ބޭވަފާާތެރިއެކޭ ތިކިޔަނީ؟ އެވަރުގެ ރަނގަޅު ކުއްޖަކު އެހެން މީހަކަށް ލަނޑެއްދޭނެތަ؟ އޮޅުވައިލާނެތަ؟ ކެހިދޭނެތަ؟ ކިޔާން ނިކަން ވިސްނާލަބަލަ. އަހަރެންނަށްވުރެ ބޮޑަށް ލީންގެ ގޮތް ގައިމު އެނގޭނީވެސް ކިޔާންއަކަށްނު. ދެން ކީއްވެ އެންމެ ފުރަތަމަވެސް ކިޔާން ލީންއާާމެދު ނުބައިކޮށް ވިސްނީ؟ ކީއްވެ އެއްފަހަރުވެސް ހަޤީގަތް ހޯދަން މަސައްކަތް ނުކުރީ؟” ލީޝާގެ ވާހަކަތައް އަޑުއަހަން ހުރި ކިޔާންގެ ރުޅިގަނޑުވީ އިތުރެވެ. “ހުއްޓާލާ. އަހަރެން ތިއިން އެއްވެސް ވާހަކައެއް އަޑުއަހާކަށް ބޭނުމެއްނޫން.” ދެލޯބޮޑުކޮށްލަމުން ކިޔާން ބުނެލިއެވެ.

” ނޫން ކިޔާން. ތިހެން ނުބުނޭ. އަހަރެން ދައްކާ ވާާހަކަ ކިޔާން ޖެހޭނީ އަޑުއަހަން. ހެޔޮނުވާނެ. އެންމެ ފަހަރަކު ނަމަވެސް އަހަރެންގެ ވާހަކަތައް އަޑުއަހާބަލަ. ލީން.. ލީން އެދަނީ މިހާރު ލީންގެ ހަޔާތުގެ އެންމެ ފަހު ދުވަސްތައް ގުނަމުން. އެކުއްޖާ މިދުނިޔެއަށް ފަހު ނޭވާ ދޫކޮށްލާނީ ކޮންވަގުތަކު ކަމެއްވެސް ނޭނގެ. ލީން ނުލާހިކު ލޯބިވޭ ކިޔާންދެކެ. ނުބުންޏަސް ކިޔާންވެސް ލީންދެކެ ލޯބިވާކަން އަހަރެންނަށް އެނގޭ. އެެހެން ނޫންނަމަ ލީންގެ ފޮޓޮއެއް ކިޔާން ނުގެންގުޅުނީސް.” ހިތްވަރުކޮށްފައި ކިޔާނަށް ވިސްނައިދެވޭތޯ ލީޝާ މަސައްކަތްކުރަމުން ދިޔައެވެ.

“ހުއް. އެއީކީ މިހާރު އަހަރެންނާ ބެހޭ މީހެއްނޫން. އަހަރެންނަށް ހެޔޮ އޭނަ މަރުވިޔަސް” ކުއްލިއަކަށް ކިޔާންގެ ކޯތާާފަތް މައްޗަށް އަރައިގެންދިޔަ ލީޝާގެ އަތުގެ ހޫނު ހަމަލާއިން ކިޔާން ސިހުނެވެ. ކޮލުގައި ފިރުމައިލަމުން ކުރިމަތީގައި އިން ލީޝާއަށް ކިޔާން ބަލައިލީ ރުޅިވެރި ނަޒަރަކުންނެވެ. އޭރު ރުޅިއައިސްގެންގޮސް ލީޝާ ހީވަނީ ރޫޅިދާނެެ ހެންނެވެ. ކިޔާންގެ ފަރާތުން ފެންނަމުން މިދަނީ ލީޝާ އެއްގޮތަކަށްވެސް އުއްމީދުކުރިފަދަ މަންޒަރެއް ނޫނެވެ.

Share Article

Follow Me Written By

Nau

Level 810 Stories100 Comments500 Comments100 Stories100 Login1K Comments

A girl who loves reading and writing stories. My dream has always been to become a successful story writer. In Sha Allah. ❤

Other Articles

Previous

ލޯބިން ހިނިތުންވެލާށޭ 6

Next

ވައިވީމަ – ނިމުން

Next
September 18, 2017

ވައިވީމަ – ނިމުން

Previews
September 17, 2017

ލޯބިން ހިނިތުންވެލާށޭ 6

30 Comments!

  1. Naufa says:
    September 18, 2017 at 12:00 am

    Here is the next part.. Hope u all will like this part too.. Rangalhu kuran jehey thaneh innama bunaladhinun v edhen.. ?

  2. Naash says:
    September 18, 2017 at 12:26 am

    V intresting story. I like this part too. ???

    1. Naufa says:
      September 18, 2017 at 5:27 am

      Thank u naash?

  3. khajja says:
    September 18, 2017 at 12:59 am

    Ohhhh wow wow just wow ?? masha allah v v v interestin stry eh v v v loabi mi stry ?? alhey whn nxt prt avaskodhdhechchey plx plx plx alhey yaan effaharuves e vaahakathan adu ahaa hagygathaa kurimathilaabala plx ?? thiee aharemenge massala aky ehaa dhuvahu ekuga ulhunas kiriyaaves hiyhamanujehey manzareh fenilaa irah noony aden ivilaa irah hurihaa kameh badhalkolleveny hagygathaky kobaathoves nubeli aee aharemenge nukulhedhuntherikannoon koancheh dhw?? anemmyhaa vaane dherayaa eynaa ufulaaveyn aharemennah ihusaasves konnulevey vaguthuovva kykkuraany dhuniyeyge aadha?? kiaa kahala rangalhu ikhulaastheri heyo edhey oagaatheri ekuveri eh neiynama mihaaru leen onnaany fasgandu dhashuga kiaa ehaaves leen ge kanthakuga ehytherivedhey aee hagygy ekuverinnaky plx thirulhigandu maithirikoffa adu ahaabala leesh dhakkaa vaahaka plx n leesh mifaharu huttaa nulaa hurihaa ehcheh yaan aadhimaalah kiyaa eynayah hagygaiy angaalaa plx leen ge rahumaiytherikamuge hagguga plx n stry obiness to the max can’t wait this stry nxt prt avaskolladhybala plx plx thank u so much 4 the luvly stry n gudnyt ly ??????❤❤???????

    1. Naufa says:
      September 18, 2017 at 5:28 am

      Thank u sooooooo much khajja.. Ya dhw.. Ly too dear?❤

  4. Faxu says:
    September 18, 2017 at 2:45 am

    Wow wow hama obinoave v kiyaa hithun indha e nimuny net part ves dhigu koah la dheah chey v v v reethi nau ???????????

    1. Naufa says:
      September 18, 2017 at 5:29 am

      Thankx faxu.. Ya in sha allah❤❤

  5. Xxxx says:
    September 18, 2017 at 7:05 am

    Wooooowww.v.nice dear?????

    1. Naufa says:
      September 18, 2017 at 9:21 am

      Thank u❤

  6. Me says:
    September 18, 2017 at 7:36 am

    Liyaa kudhin bahuge hama dhaskuran fèney

    1. Naufa says:
      September 18, 2017 at 9:22 am

      Ya thats true.. I accept that.. Sometyms v olhey.. In sha allah thibai ranagalhu kureveythw try kuraanan?

  7. ipher says:
    September 18, 2017 at 8:37 am

    Alhey…hama rovijje…v v v reethi mi part…koniraku next part up kuraany…waiting waiting..

    1. Naufa says:
      September 18, 2017 at 9:24 am

      Thank u soooo much dear.. In sha allah tmrw?❤

  8. xaan says:
    September 18, 2017 at 8:52 am

    Alhey mivaahaka keema v dheravey v reethi vaahaka

    1. Naufa says:
      September 18, 2017 at 9:24 am

      Thank u xaan..?

  9. Maly says:
    September 18, 2017 at 9:42 am

    V reethi mi story.. inthizaaru kurevey mi story ah.. keep it up dear..

    1. Naufa says:
      September 18, 2017 at 1:19 pm

      Thankx maly?

  10. Anonymous says:
    September 18, 2017 at 10:13 am

    Mivaahakaige kureege dhe bai kiyan beynun kihineh hadhaanee

    1. Naufa says:
      September 18, 2017 at 1:19 pm

      U mean the first two parts?

  11. click a shot ? says:
    September 18, 2017 at 12:47 pm

    Alhey kiyaan enme faharakuves leen dhakaa vaahaka aduahaanama?…maybe leen ekamun salaamai kohdevidhaanenun kiyaan ah…mi haaru mi vaahaka kuriah dhaa goi kuriyah vure ves furihama☺️…superb…keep it up Naufa…???❤️❤️

    1. Naufa says:
      September 18, 2017 at 1:36 pm

      Thank u soooo much click a shot.. ?

  12. Hahaha says:
    September 18, 2017 at 12:49 pm

    How did she get aids?

    1. Naufa says:
      September 18, 2017 at 1:20 pm

      That u will knw in the next part.. ?

  13. iru says:
    September 18, 2017 at 3:37 pm

    Wow hama superrr….furathama partun feshigen mikiyaalee mihisaabah.
    .v v interesting ingey
    …sifakoh dhinun vaahaka feshigen aa iru hama obiness…v v furiha.

    1. Naufa says:
      September 18, 2017 at 5:00 pm

      Thank u soooo much iru?

  14. Ary says:
    September 18, 2017 at 5:45 pm

    v Nice

    1. Naufa says:
      September 18, 2017 at 6:00 pm

      Thank u ary?

  15. Faxu says:
    September 19, 2017 at 3:30 pm

    12 vana bai kobaa tho nau

    1. Naufa says:
      September 19, 2017 at 4:15 pm

      In sha allah mireyge vaguthehga up kureveythw mi try kurany..

  16. Shaa says:
    September 19, 2017 at 9:44 pm

    Wen is the next part?

Comments are closed.


All Right Reserved!