“ހާދަ ލަސްވީ؟ ބުނީމެއްނޫން ހައެއް ޖަހަން ވީއިރަށް އަންނައްޗޭ!” ކާރު ދުއްވާ މީހާ އައުމުން ލަސްވީތީ ހިތްހަމަ ނުޖެހި ހުރެ ސައުދު ބުނެލިއެވެ. “މާފު ކުރައްވާ ޓުރެފިކު ބާުރު ބޮޑުކަމުން ލަސްވީ” ޑުރައިވަރު އަދަބު ވެރި ކަމާއެކު ބުނެލިއެވެ. އިތުރު އެއްޗެއް ނުބުނެ އެއްމެން ވެސް އަވަހަށް ކާރަށް އަރައިފިއެވެ. ވަގުތު ނަގާނުލާ ޓުރެފިކުގަ ޖެހެމުން ބާރު ސުޕީޑުގައި ގޮސް ޑުރައިވަރު މަޑު ކުރީ ސައުދުގެ ގޭ ދޮރު މަތީގައެވެ. ވެފަ ތިިބި ވަރުބަލި ކަމާއެކު އަވަހަށް […]
ގޮއްޔެ (ބާބު 2) އެގާރަ ވަނަ ބައި ނަސީރުގެ ނަޒަރުހުއްޓިފައި ހުރީ ސަލްމާއަށް ކަންއެނގުމުން އެހެން ދިމާއަކަށް މޫނު އަނބުރާލިއެވެ. ނަސީރުގެ އެބެލުމުގައި އަދިވެސް ސަލްމާގެ ހިތް އަވަސް ކޮށްލާފަދަ ބާރެއްވެއެވެ. ހަށިގަނޑުގެ އެންމެ ހިމަނާރަށް ވެސް ގުޑުން އަރައިގެން އަންނަކަހަލައެވެ. ގައިން ހީބިހި ހިލިގެން ގޮސްފިއެވެ. އެހެން ނަމަވެސް ސަލްމާ އަކީ އަމިއްލަ އިހްސާސްތައް ފޮރުވަން މޮޅު އަންހެނެކެވެ. ތިމާގެ ހިތުގެ ހާލު މޫނުން ސާފުކޮށް ފެންނަން ހުއްޓަސްވެސް ސަލްމާއުޅުނީ ނަސީރަށް އޮޅުވާލެވޭތޯއެވެ. “ގޮއްޔެ އަދިވެސް ހާދަ ނަލައޭ” ސީދާ ސަލްމާގެ މޫނަށް ބަލަން އިނދެގެން ނަސީރު ތައުރީފު ކޮށްލިއެވެ. ސަލްމާ އަވަހަށް މައުޟޫއޮޅުވާލާނެ ގޮތެއް ވިސްނާލިއެވެ. ” ކޮބާ ނަސީރުގެ އަންހެނުން. ކީއްވެ މިރަށަށް ނުގެނައީ” ” ކާކުބުނީ އަހަރެން ގެ އަތްބެއް ހުންނަވާހަކަ” ނަސީރުގެ ޖަވާބުން ސަލްމާ ސިހިފައި ނަސީރަށްބަލާލިއެވެ. ނަސީރު މީހަކާ ނީދޭ ހެއްޔެވެ. ގައިމު ސުލައިމާނުބުނި ގޮތުން ވިއްޔާ ނަސީރު ރަށުމީހަކާ އިނެވެ. އަނެއްކާ ނަސީރުގެ އަންހެނުންވެސް މަރުވީ ހެއްޔެވެ. ވަރަށް ދެރައެވެ. ދެމީހުނަށް މިދިމާވީ އެއްގޮތެއްތާއެވެ. ސަލްމާ ވަރަށް ދެރަވިއެވެ. “އެހެންތަ، ހާދަދެރައޭ. ކޮންއިރަކު އަނަހެނުން ނިޔާވީ؟” ސަލްމާ މޮޅިގޮތަކަށް ނަސީރާއި އެސުވާލުކޮށްލީ އަމިއްލައަށްވެސް އެހިތާމަ ކުރަމުންދާ މީހަކަށްވީމައެވެ. ކުޑަކޮށް އިސްޖެހި ނަސީރުގެ ހާލަތައް ހަމްދަރުދީވިއެވެ. “ކާކު މިހާރު ތިހެން ބުނީ.. އަހަރެން މިބުނީ އަތްބެއްނުހުންނާނޭ. މަރުވި ވާހަކައެއްނޫނެއްނުން. ” ކުޑަކޮށް ހީލާފަ ނަސީރު އެހެން ބުނުމުން ސަލްމާގާތައްވެސް ހިނިއައެވެ. އެހެންވީރު ނަސީރު އެމީހާ ވަރިކުރީތާއެވެ. ނަސީރުގެ ދުލުން އެވާހަކަތައް ހޯދަން އެހާ ފަސޭހައެއްނުވާނެއޭ ސަލްމާ ހިތާހިތާ ކިޔާލިއެވެ. ” ކީއްވެތަ ގޮއްޔެ އެހެންމީހަކާ ނީދެތިހުންނަނީ؟ ” ނަސީރުވެސް ހިތުގައި އުފެދިފައި އޮތް ބޮޑު ސުވާލެއް ސަލްމާއާ ކޮށްލިއެވެ. ” އަހަރެން ދެން މިއުމުރަށް ދިޔައީމާ ކީއްކުރަން މީހަކާ އިންނަންވީ. ދަރިންއެތިބީ ބޮޑެތިވެ މީހުންނާ އިނދެ އެދަރިން ނަށް ދަރިން ލިބިފަ. ދެން އަހަރެން މަޑުމަޑުން ހުންނަންވީ ނުން، އެހެންނޫނަސް މިހާރު ދެން އަހަންނާ އިންނާށޭ ކިޔާފަ ކާކުތަ ދުވާނީ………………” “މަށާ އިންނަންވީނުން” ސަލްމާދުލުކުރީގަ އެއްބައި އޮއްވާ ނަސީރު ސަލްމާގެ ދެއަތުގައި ހިފާ ގަޔާ ކައިރިކޮށްލަމުން އެބުނެލި ޖުމްލައިން ސަލްމާމުޅި މީހާ ގަނޑުވެގެން ދިޔައެވެ. އެއިވުނީ ސަލްމާ އަށް ހީވި ގޮތެކެވެ. “ގޮއްޔޭ! އަހަރެން މީހަކާވެސް އިނދެއްޖައިން، އެކަމަކު އެމީހާޔާއެކީވެސް ނޫޅެވުނު، ރެއާދުވާލު ހަދާންވަނީ ގޮއްޔެމަތިން، ގޮއްޔެ ގެ ހަދާން ނުވާ ދުވަހެއް ނާދޭ….މިއޮއްވީހާ ދުވަހަކު އަހަރެން ގޮއްޔެ މަތިން ހަދާންވޭ، ނޭވާ ހުރިހާ ދުވަހަކު ހަދާން ހުންނާނެ. މިއޮއްހާދުވަހު ގޮއްޔެ ހުރީ ހުސްކޮށް ކަން އެނގޭ ނަމަ މިހެން ދުރުގަ ނުވެސް ހުންނާނަން. އަހަރެންމެންނަށް މިދަތުރު މިރަށުން މިބައްދަލުވެވުނީވެސް އަހަރުމެން ދެމީހުންނަށް މިފުރުސަތު ލިބުމަށް ކަން ޔަގީން. ކުރިން ބުނިހަދާން ވޭތަ އަހަރުމެންނަށް ތަގުދީރުގަ ބައްދަލުވާން ހުރިއްޔާ އަދިވެސް ބައްދަލުވާނެޔޭ… އަޅެ މިއޮތީ އެދުވަސް ދައްކަވާފަ. ނިކަން ވިސްނާލަބަލަ. މިއީކިހާބޮޑު އަޖައިބެއް، މިތިބީ ކިހާ ދުވަހަކަށް ފަހު އެއްތާކަށް އާދެވިފަ، އަހަންނަށް ހަމަ ޔަގީންވޭ ގޮއްޔެ ގެ ހިތުގައި އަދިވެސް އަހަންނަށް ޓަކައި ލޯބިވާކަން. އަޅެ ދޮގުނުލާ ތެދަށް ބުނެބަލަ…މީ ދޮގެއްތަ” ނަސީރު ސަލްމާގެ ދަތްދޮޅިދޮށުގައި އިގިލިޖައްސާލުމަށް ފަހު އުފުލާލިއެވެ. ނަސީރުގެ ލޮލުން ފާޅުވާންހުރި އަސަރު ތަކަކީ ސަލްމާއަށް ބަލަންވެސް ކެއްވާވަރުގެ އަސަރު ތަކެއްނޫނެވެ. އެލޮލުގައި އެވަނީ އާދޭހެވެ، ކެތް މަދުވެފައިވާ ހިތަކުން ކުރަމުން ދިޔަ ދިގު އިންތިޒާރުކޮޅުންލާފައިވާކަހަލައެވެ. “އަޅެދެން ކޮންމެވެސް އެއްޗެކޭ ބުނެބަލަ.” އަނެއްކާވެސް ނަސީރު އާދޭހާއެކު ގޮއްޔެގާތު ބުނެލިއެވެ. “އަހަރެންނަކަށް ނޭގެ ބުނާނެ އެއްވެސް އެއްޗެއް، ނަސީރަކަށް ނޭގޭނެ …” ސަލްމާގެ އަޑުގައި ތުރުތުރު ލުމެއް ހުއްޓެވެ. ” މިހާރު އަހަރެން ކިހިނެތް މީހަކާ އިންނާނީ..އުމުރުން ފަންސާސް އަހަރުވަނީ، މާމަ ކީ….” ސަލްމާގެ ވާހަކަ މެދުކަންޑާލުމަށްފަހު ނަސީރުފެށިއެވެ. “ދެންމެ އެއްނުން ބުނީ ތިމާމީހާއާ އިންނާނީ ކާކުހޭ، އަހަރެން މިހިރީ މާދަންވެސް ގޮއްޔެ އާއިންނަން ތައްޔާރަށް، ބުނޭ، މަށާ ގަބޫލުތަ، އަހަރެން ގޮއްޔެއަށް ނުކޮށްދޭނީ ކޮންކަމެއް، އަހަރެން ގޮއްޔެއަށް ޓަކައި ކޮންމެފަދަ ކަމެއްވެސް ކޮށްދޭން މިހިރީ ތައްޔާރަށް” ނަސީރުގެ އާދޭސްތަކުން ސަލްމާގެ ހިތް ހަލާކު ކޮށްލިކަހަލައެވެ.. ބަޑިފަޅައިގެން ގޮސްސިއެވެ. މިއޮއްހާ ދުވަހު ސަލްމާ ގެހިތުގައި ފޮރުވައިގެން އުޅުނު ލޯބި އައިސް އުނގުތެރެއަށް ލެވުނީމައިވެސް އެޔަށް ފުރަގަސްދޭންވީ ހެއްޔެވެ. އެ ލޮތްބަކަށް ޓަކައި މިއޮއްހާދުވަހު ހޭލާހުރެގެންނާ ހުވަފެނުންވެސް އެދެމުން އައި ލޯތްބަކީ މީއީނޫން ހެއްޔެވެ، ނޫނެކެވެ. ދުނިޔެއަށްވެސް ލަދުވެތިވާން ޖެހެއެވެ. މީހުން ބުނާނީ ކީކޭބާއެވެ. ދަރިން ލަދުންބޯދިއްކޮށްލަން ނުކެރޭނެއެވެ. ރީނާ އާއި ސަމާ އެތިބީ މިހާރުބޮޑެތިވެފައެވެ. އެކުދިންގެ އެކުވެރިންވެސް އެކުދިންނަށް މަލާމާތް ކުރާނެއެވެ. އެކުދިން ކިހާ ލަދެއްގަންނާނެހެއްޔެވެ. “މަގޭ ދަރިން ގަބޫލުވަނެ ކަމެއްނޭގެ” މަޑުމަޑުން އިނުމަށް ފަހު ސަލްމާބުނެލިއެވެ. […]
“މިރޭމީ އަހަރެންނަށް ވަރަށް އުފާވެރި ރެއެއް. ހަސް އަހަރެންގެ ގާތުގަ… އަހަރެންގެ އެނދުގަ…. އަހަރެންނާއެކު…..!!!” ނިސާދު އަށް ދެއްކޭ ނުދެއްކޭ ވާހަކަވެސް ނޭންގޭ ކަހަލައެވެ. “ހަނާ ކޮންތާކުތަ؟ އަހަރެން ދޮރުގައި ޓަކިޖަހާ ޖަހާ ވެސް ދޮރެއް ނުހުޅުވާ” ހެނދުނު ނުވައެއް ޖަހަން އުޅެނިކޮށް ހަނާއަށް ޒިޔާދުގެ ފޯނު ކޯލެއް އައެވެ. “އޯޝިޓް…..!!! ހާސްވެ ހަނާގެ ދެލޯބޮޑު ވެގެންދިޔައެވެ. “ޒިޔާ އަވަހަށް ތިތަނުން ދުރަށްދޭ. އަވަސްކުރޭ” ހަނާ އަވަސް އަވަހަށް ބުނެލިއެވެ. “ކިހިނެއްވީތަ ހަނާ. ކޮންތާކުތަ ތިހުރީ” […]
ބާޓާ – އެސްފިޔަ ދީނީ ކުރުވާހަކަ މުބާރާތް 1438ގެ ނަތީޖާ ތިރީގައި އެވަނީއެވެ. 1 ވަނަ: ފަޔާޒް 2 ވަނަ: ތަޢުބާ 3 ވަނަ: ބަދަލުވި ޙަޔާތް މުބާރާތުގެ ވަނަތައް ހާސިލު ކުރެއްވި ފަރާތްތަކަށް އިނާމް ހަވާލު ކުރުމަށާއި މުބާރާތުގެ އެންމެހާ ބައިވެރިންނަށް ހަނދާނީ ލިޔުން ހަވާލު ކުރުމަށް އެފަރާތްތަކާއި، އެސްފިޔައިގެ ޓީމުން ގުޅާނެއެވެ. އެސްފިޔަ އަށް ދީފައިވާ މޮބައިލް ނަމްބަރު ބަދަލުވެފައި ވާނަމަ ވީ އެންމެ އަވަހަކަށް އެކަން އެސްފިޔަ ޓީމްގެ ނަމްބަރ 7997991 އަށް އެންގެވުން އެދެމެވެ. މުބާރާތުގެ […]
ރަޔާހީނަށް ބަލަން ދޮރުމަތީގައި ވިކްޔަން ހުރީ ދެބުމަ ގޮށްޖަހާލައިގެންނެވެ. އިރުކޮޅަކުން ދުރަށް ބަލާލަމުން ވިކްޔަން އޭނާގެ ދެކަންފަތަށް ޖަހާފައި އިން ހެޑްސެޓް ނައްޓުވާލުމުން ރަޔާހީނަށް މޭގައި އަތްއަޅާ ހަމަޖެހުމުގެ ނޭވައެއް ލެވުނެވެ. “މަރިޔަންދައްތަަ ގޭގައި ހުރިތޯ ބަލާލީ މަންމަ ބުނެގެން” ވިކްޔަން ރަމްލާ އަށް ބަލާލަމުން ބުނެލިއެވެ. އެއަށްފަހު ކުޑަކޮށް ހީލުމަށްފަހު އަލުން ގޭތެރެއަށް ވަދެގެން ދިޔައެވެ. އެކަކު އަނެކަކަށް ބަލާލުމަށްފަހު ރަޔާހީނާއި ރަމްލާ އަލުން އުނދޯލީގައި އިށީނެވެ. “ދައްތައަށް އެނގޭ ދަރިފުޅުގެ ހިތުގައި އެސޮރާއި […]
ހެނދުނު ހޭލި އިރު އީރަމްގެ ބޮލުގައި މަޑު ރިހުމެއްހުއްޓެވެ. ހޭލެވެމާއެކު ފުރަތަމަވެސް ފޯނު ބަލާލީ ނާއިލްފަހުން ރޭގައި ގުޅާފައި ނުވަތަ މެސެޖެއް ކޮއްފައި އިންތޯއެވެ. ބަދަލުގައި ހަނާ އާއި ލާމިހްގެ މިސްވެފައިވާ ކޯލުތަކެއް ހުއްޓެވެ. ފޯނު ރިންގްވިއިރުވެސް އީރަމްއަށް ނުހޭލެވޭނެހާ ނިދިގަދައީހެއްޔެވެ. ފޯނު ޗާރޖްއަށް ޖަހަމުން އީރަމް ތެދުވެ އެޅި ފުރަތަމަ ފިޔަވަޅާއެކު ފަޔަށް ބަލާލެވުނެވެ. ފައިތިލައިގައި އައްސާފައިވާ ފޮތިކޮޅު ނައްްޓާލިއިރު ލާމިހްގެ އޯގާތެރިކަން ފުރަތަމަ ފަހަރަށް އީރަމްއަށް އިހްސާސް ވިއެވެ. ރޭގައި ޝުކުރުއަދާކުރެވޭނެ ވަރަށް ވުރެ […]
އީލާމް ކައިރީ ޝާމް ހުއްޓިގެން ހުރިއިރު އޭނާގެ އެއްކަކޫ ބިންމަތީގައި ޖައްސާލާފައި ފިނިފެންމާ ދިއްކޮށްލަމުން ބުންޏެވެ.” އީލާމް ވިލް ޔޫ ބީ މައި ގާރލް ފްރެންޑް” . އީލާމަށް ބުނާނެ އެއްޗެއް ނޭގިފައި ހުރީ ޝާމްގެ ފަރާތުން މިކަހަލަ ކަމެއް އުއްމީދު ނުކޮށް ހުއްޓާ ވުމުންނެވެ. ޝާމްގެ އަތުގައި ވާ މާ ހިފުމަށް އަތްދިކޮށްލުމަފަހު މަލުގައި ހިފާލީ އިތުރަށް އާނއެކޭވެސް ނުވަތަ ނޫނެކޭވެސް ނުބުނާންވެގެންނެވެ. ޝާމް ތެދުވެ އީލާމްގެ އަތަށް ދޮނެއް ދިނެވެ އަދި ބުންޏެވެ “ތޭންކް […]
ހޫނުގެ އިހްސާސްކަން ކެނޑެން ފަށައިފިއެވެ. އިރުގެ އަލިކަމުން ނިވާކޮށްދޭވަރުގެ ވިލާގަނޑެއް އުޑުމަތި ފޮރުވާލައި މުޅި ސަރަހައްދު އަނދިރިކޮށްލައިފިއެވެ. އަހަންނަށް ހީވީ ބާރެއްލިބުން ހެންނެވެ. ކުރިމަތީގައި ހުރި ދޮރު ފަޅާލާފައި ތިން މީހުން ގޭތެރެއަށް ވަދެގެންފިއެވެ. ކޮންމެ މީހަކު އަތުގައި ހަންޖަރެއް އޮތެވެ. އަދި މިމީހުން ތިބީ އެއްގޮތަކަށް ހެދުން އަޅައިގެންނެވެ. ހުދުކުލައިގެ ހެދުމުގަ ކަޅު ބޫޓާއި އަންގީގައެވެ. “ކަލޭމެން މިދުނިޔެއިން ފޮހެވޭކަށް ނުވޭތަ؟” އެކަކު ބުނެލިއެވެ. “ފޮހެލަން ހިނގާ!” އަނެކެއް އެހެން ބުނެފައި އަހަންނާއި ދިމާލަށް ފުންމައިގެން […]
“އަދިވެސް ބަލަންތަ ތިބެންވީ؟ ދެން ވެސް ހިނގާބަލަ ދެބަޔަށް ބެހިގެން ރަށުތެރެ ބަލަންދާން، ގައިމުވެސް އޭނަައަކަށް މިރަށަކުން ބޭރެއް ނުވެވޭނެ ” ވަޒުނާ އޭނަޔަށް ފެންނަ ގޮތް ބުނެލިއެވެ. އެކަމާ އެއްމެން އެއްބަސް ވުމުން ވަޒުނާ ބައި ބަހަން ފެށިއެވެ. “މަންމަޔާ، ބައްޕަޔާ، ލީއާ އަމް ދޭ ރަށުގެ އެކޮޅަށް މަށާ ކުޑަބެއާ ނަންނަޔާ އަލް އާ ދާނަން މިކޮޅަށް” ވަޒުނާ އަތުގެ އިޝާރަތުން ދާންވީކޮޅު ދައްކާ ދިނުމުން ސައުދުމެން ހިނގައިގަތެވެ. ވަޒުނާމެން ވެސް މަޑު ނުކޮށް […]