“އައްދެ ތިވަރަކުން ކިހިނެއްވާނީ؟ މީހަކު ނައިނާ ކޮށްޕާލިޔަސް ސަލާމަތެއް ނުވާނެއްނު…” އެހެން ބުނިއަޑަށް ނައިނާ ފަހަތުގައި ހުރި ހުދާ އަށް ބަލައިލިއެވެ. ނައިނާ އެއްޗެއް ނުބުނެ ކުޑަ ހިނިތުންވުމެއް ދިނެވެ. ހުދާ ތަންކޮޅެއް ދުރަށް ދިޔުމުން ލަހުފާ ފާޑަކަށް ހުދާ އަށް ބަލައިލިއެވެ. “ހާދަ ފާޑަކަށް އެހެން އެބުނީ؟ ކާކުތަ އެއީ..” ހުދާ ގެ އަޑުން ތަފާތުކަމެއް ދެނެގަތް ލަހުފާ ސުވާލުކުރީ ހިތްހަމަނުޖެހިފައެވެ. “އެއީ ހަނާގެ ކަޒިންއެއް… އިނގޭތަ ހަނާ އާއި ޒުހާ އަކީ އަބަދުވެސް އެންމެ […]
ހިތުގެ އެ ގޮވުމަށް އިޖާބަދީ ދުވަހަކަށްފަހު ދުވަހެއް އޭނާ ފާއިތު ކުރަމުން ދިޔައީ ހެޔޮ ކަންތައް ތަކުގައި ޝާމިލުވުމުގައި އިސްނެގުމުގައެވެ. އެގޮތުން ފުރަތަމަ ނަމާދު ޤާއިމްކުރުމަށްފަހު، ފަހަރަކު ކަމަކަށް ފަހު ކަމެއް އިސްލާހުކުރަމުން ގޮސް މޫނުބުރުގާވެސް އެޅީއެވެ. ހިބާ އަކީ ކުރީގައި ދީނީ ކަންތައްތަކަށް ކުޑަކޮށް ނަމަވެސް ހޭލުންތެރި ކުއްޖެއް ނޫނެވެ. އޭނާގެ ދިރިއުޅުން ބައްޓަންވެފައި ހުރީ އޭނާގެ މައިންބަފައިން ފަދައިންނެވެ. ސްކޫލުގައި އުޅުނު އިރު އިސްލާމް ފޮތުން އިސްލާމްދީނާ ބެހޭ ގޮތުން އެނގުނު އެއްޗެއް އެނގުނީއެވެ. […]
ދުވާލުގެ އަލިކަން ފަހަނައަޅާ ރޭގަނޑުގެ އަނދިރިކަމަށް ބަދަލުވިފަހުން ނިސާދު އައިސް ގެއަށްވަނެވެ. ހަނާ ޔާޝް ނިންދެވުމުގާ އަވަދިނެތި އުޅުނެވެ. ” އަހަރެން ބުނި ކަންތަކާ ހަނާ ވިސްނިންތަ؟ ނިސާދު ކޮޓަރިއަށް ވަދެ ދޮރު ލައްޕާލުމަށްފަހު އެނދުގައި އޮށޯންނަމުން ހަނާ އާއި ސުވާލުކޮށްލިއެވެ. ހަނާ އެއްޗެއް ނުބުނުމުން ނިސާދު ސުވާލު ތަކުރާރުކޮށްލިއެވެ. ދެންވެސް ހަނާ އެއްޗެއް ނުބުނެއެވެ. ޔާޝް ރަނގަޅަށް ނިދުމުން ތަންމަތީ ބޭންވުމަށްފަހު އެނދުގައި އޮށޯވެގެން އޮތް ނިސާދުއަށް ބަލާލިއެވެ. ” އަހަރެން ގަބޫލެއްނޫން ” ހަނާ […]
ޙަޔާތުގެ ފަސާނާ މުސައްނިފާ ރޯޒީ ރަމްލާ އޭނާގެ ގަލަމުގެ ދޯރި ނައްޓާލާފައި ފޮތުގައި އިނގިލި ޖައްސާލީ ވަކި ޙިޔާލެއް ނޫނީ މަގުސަދެއް އޮވެގެނެއް ނޫން ކަހަލައެވެ. މިކަން ދޭހަވަނީ ތިން ހަތަރު ފޮޅުވަތް ލިޔެލާފައި އެފޮޅުވަތް ލިޔެފައިވާގަނޑު، ފޮތުން ވަކި ކުރުމަށްފަހު ބޮނޑި ކޮށްލާފައި ރަމްލާއެގަނޑެއް އެއްލާލާތީއެވެ . ފޮތެއްގެ ދެބައިކޮށްފައި އެއްބައި އޭނާ މިހެން އުކާލިއެވެ. އޭނާގެ ސިކުނޑިވަނީ އޭނާއާއި އެކު ނޫންކަހަލައެވެ. ފޮތް ލައްޕާލާފައި އޭނާ ބޭރަށް ނިކުތެވެ. ހިނގަމުން ހިނގަމުން ގޮސް ރަމްލާއަށް […]
އަޔާނީ މިސްރާބު ޖެހީ އަފްލާކް ވަން ގޯޅިއާއި ދިމާއަށްށެވެ. އެހެނަސް، ހުރި ހިތާމައެއްގެ ބޮޑުކަމާއިއެވެ. އަފްލާކްގެ އެއްވެސް ހިލަމެއް އެ ގޯޅީގެ ތެރެއިން ފެންނާކަށް ނެތެވެ. މާޔޫސްވީވަރުން އަޔާނީއަށް އިސްޖަހާލެވުނުއިރު، އޭނާގެ ބޮޑު ދެ ލޯ ފެންކަޅިވެގެން އައީ ދެރަވީވަރުންނެވެ. އަފްލާކް އެ ގޮތަށް ކަންތައް ކުރުމުން، އޭނާއާއިމެދު، އަޔާނީގެ ހިތުގައި އެތައް ޝަކުވާއެއް އުފެދުނެވެ. މާޔޫސްކަމާއިއެކު، ގެއަށްދާން ހިނގައިގަތް އަޔާނީގެ ފިޔަވަޅުތަކަށް ހުއްޓުން އައީ ފަހަތުން މީހަކު އޭނާގެ ކޮނޑުމަތީ އަތް ބާއްވާލުމުންނެވެ. ކުޑަކުޑަ ތުންފަތަށް […]
ހުއްޓުމެއްނެތި ވާރެ ވެހެމުން ދިޔައެވެ. އިންތިޒާރު ކުރަމުން ދިޔައީ އަބަދުވެސް އަޑު އިވުމަށް އެދޭ ލޯބި އަޑަށެވެ. 24 ގަޑި އިރު ވާހަކަ ނުދައްކާ ހުރުމަށްފަހު 12 ޖަހަން ކައިރި ވުމާއެކު ހަނީފް، ނަޒްމާއަށް ގުޅަން ފޯން ނެގީ ޑޭޓާ ވެސް ހުސްވެފަ ހުރުމާ އެކު އެ ލޯބިވާގެ އުފަންދުވަހުގެ ތަހުނިޔާ ކިއުމަށެވެ. ނަންބަރަށް ޑައިލް ކޮށްލުމާއެކު ރިންގް ނުވަނީސް ކަންފަތުގައި ޖެހުނީ އެހެން އަޑެކެވެ. ” ޔޫ ޑޯންޓް ހޭވް އިނަފް ބެލެންސް ޓު މޭކް ދިސް […]
“ޔާން.” އައިލީންގެ ފޮނިއަޑުން ހިނގަހިނގައިހުރި ކިޔާންގެ ދެފައިގައި ކަސްތޮޅުއެޅުނު ކަހަލައެވެ. ހުރިފިޔަވަޅުމަތީގައި ހުއްޓުމަށްފަހު އަވަސްވެފައިވާ ހިތަކައިގެން ކިޔާނަށް އައިލީނާ ދިމާއަށް އެނބުރެވުނެވެ. އެވަގުތު ފެނުމު މަންޒަރުން ކިޔާާންގެ ހިތް އުފަލުން ނަށައިގަތެވެ. ފެންނަމުންމިދަނީ ހަޤީގަތެއްކަން ޤަބޫލުނުކުރެވިފައި އިރުކޮޅެއްވަންދެން ކިޔާނަށް އައިލީނާ ދިމާާއަށް ބަލަން ހުރެވުނެވެ. ފެންކަޅިވެފައިހުރި ދެލޮލުން އައިލީން ކިޔާނަށް ބަލަމުން ދިޔައެވެ. އައިލީންގެ އެއްއަތްވަނީ ކިޔާނާ ދިމާއަށް ދިއްކޮށްލެވިފައެވެ. އެއަތުގައި ހިފާށޭބުނާފަދަ ގޮތަކަށް އައިލީން އިޝާރާތްކުރަމުން ދިޔައެވެ. ބަލާާކަށްނުހުރެ ކިޔާން އަވަސް އަވަހަށް އައިސް އައިލީންގެ […]
“ލީޝް.” ކިޔާން ގޮވައިލުމުން ލީޝާ ބަލައިލިއެވެ. “ލީން އަހަރެންނަށް މައާފް ކުރާނެތަ؟” އުއްމީދެއް ނެތްފަދަ ގޮތަކަށް ކިޔާން އަހަލިއެވެ. އެނދުމަތީގައި ދޮރާއިވީ ފަރާތައް ފުރަގަސްދީގެން އައިލީން އޮށޯވެލައިގެން އޮތެވެ. މެރިފައިވާ އެސްފިޔަތަކުގެ ތެރެއިން ކަރުނަ ފައިބަމުން ދިޔައެވެ. އަމިއްލަ ހާލާއިމެދު ހަމްދަރުދީވެވެނީއެވެ. މަންމަމެން އޭނާގެ ސަބަބުން ކުރަމުންގެންދާ ހިތާމަތަކާއިމެދު ވިސްނެމުންދިޔައެވެ. އެހެންއޮއްވައި ކޮޓަރީގެ ދޮރު ހުޅުވުނުއަޑަށް އައިލީން މަޑުމަޑުން ލޯ ހުޅުވައިލިއެވެ. އެހެނަސް ކޮޓަރިއަށް ވަނީ ކާކުތޯ ބެލުމުގެ ޝައުޤުވެރިކަމެއް އައިލީންގެ ނެތެވެ. ކޮންމެވެސް ގާތްމީހަކު ނޫނީ […]
ހަނދުވަރު ތޫނު މޫސުމް ރީތި ރެއެކެވެ. ފެހީގެ ވާދީތަކާއި ފެނާރުތައް ފަސްދެމުން ވައިސޫރިއެއްހެން އޮމާން ދުވެއްޔެއްގައި ހަލުވިކަމާއެކު ދުވަމުންދިޔަ ކަޅުކުލައިގެ ބެންޒް ކާރެއް ނިއުޒީލެންޑްގެ ހައިބަތުހެޔޮ ގަނޑުވަރެއްފަދަ ގޭގެ ޕޯޓިކޯ ކުރިމައްޗަށް ހުއްޓާލައިފިއެވެ. ހަގީގަތުގައި އެއީ މީހުން ދިރިއުޅޭ ގަނޑުވަރެއް ނޫނެވެ. ޝާހީ ކުލަތަކުން ފަވާލެވިފައިވާ، އަމިއްލަވަންތަ އިހުސާސެއް ގެނުވާލަދޭނެ، ގަނޑުވަރެއްފަދަ ބިޔަ ރެސްޓޯރެންޓެކެވެ. ލޯބިވެރިންގެ ޚާއްޞަ ސަމާލުކަމެއް މި ރެސްޓޯރެންޓަށް ލިބިފައިވަނީ އެވެރިންގެ ލޯބީގެ މާތަށް އެންމެ ހުވަފެނީ ގޮތެއްގައި ފޮޅުވާލަދޭނެ މެހެފިލް އަކީ މިއީ […]