ކައިވެންޏަށް ގާޒީ އާއި ދެ ހެކިވެރިންނާއި އެހެނިހެން މީހުން އެއްވިއިރުވެސް ނައިނާ އާއި އައިޒަންއަށް ވަކިން ވާހަކަ ދައްކާލެވޭނެ ވަގުތެއްވެސް ނުލިބުނެވެ. ގާތް ގާތުގައި ބަހައްޓާފައިވާ ދެ ގޮނޑިގައި ދެމީހުން އިށިނދެ އެކަކު އަނެކަކަށް ބަލައިލިއެވެ. އެހާ ގާތުން ނައިނާގެ މޫނު ފެނުމުން އައިޒަންގެ ހިތް ނިކަން ބާރަށް ތެޅިގަތެވެ. އެންމެ ފުރަތަމަ ނައިނާ ފެނުނު ދުވަސް ހިތަށް އަރާ ހެވެންވެސް ހެވުނެވެ.
ނައިނާގެ ވަލީވެރިއެއްގެ މަގާމުގައި މީހަކު ނެތުމުން ގާޒީ ވަލީދިނެވެ. އަނބިގަބޫލުކޮށްފީމޭ އައިޒަން ބުނި ވަގުތު އެތާ ތިބި އެންމެންގެ ހިނިތުންވުން އެތަށް ގުނައަކަށް އިތުރުވިއެވެ. އިތުރު މީހަކަށް ދެން އެދެމީހުން ވަކި ކުރެވޭކަށެއް ނެތެވެ. ދެން އެދެމީހުން ވަކި ކުރެވޭނީ ފުރާނައާއި ޖިސްމު ވަކިވާހިނދުގައޭ އައިޒަން ހިތާހިތުން ބުނެލިއެވެ. ނަމަވެސް ކުރިއަށް އޮތީ ކިހާ ބޮޑު އަޑިގަނޑުތަކެއް ކަމެއް އައިޒަން އަކަށް އެނގޭނެހެއްޔެވެ؟
އެންމެން ހަދިޔާ ބަދަލުކޮށް ނައިނާ އާއި އައިޒަން އާއި ސަލާމްކުރަން ފެށިއެވެ. އަދި ހަމަ އެވަގުތު ސައިބުއިމައިގެންވެސް އެތަށް ބައެއް ތިއްބެވެ. “ކޮބާ އައިޒަން… ދުވަހަކުވެސް ނީންނާނޭ ބުނި މީހަކު މަށަށްވުރެ ކުރިން ތި ނިންމާލީ…” ކައިރިއަށް އައި ޖިނާހް އެހެން ބުނުމުން ނައިނާ ހޭންފެށިއެވެ. އައިޒަން އެއްޗެއް ނުބުނެ ތުން ފިއްތާލާފައި ޖިނާހް ގެ ގައިގާ ބޮނޑިއެއް އަޅާލިއެވެ. ދެމީހުން އެކަހެރިވެގެން ވާހަކަ ދައްކާލާނެ ފުރުސަތު ނުލިބި އަނެއްކާވެސް ވަކިވާން ޖެހުނެވެ. އައިޒަން އެކަމާއި ޝަކުވާކުރަންފެށިއެވެ. “އަދިވެސް މިއުޅެނީ އެ ރީތިކަމަށް ތައުރީފްވެސް ނުކުރެވި… ރަނގަޅަށް ވާހަކަވެސް ނުދެއްކުނު… އެމީހުން ހަމަ ގަސްތުގައި އަހަރެންނާއި ނައިނާ ދުރުގައި އެ ބައިތިއްބަނީ…” ފޫހި ގޮތަކަށް އެހެން ބުނެފައި އައިޒަން ތަށްޓަށް ކާއެއްޗެހި އެޅިއެވެ. ޖިނާހް ޖެއްސުމަށް އައިޒަން އަށް ހިތްވަރުލައިދިނީ ދަންވަރު ވާހަކަ ދައްކަން މަޑުކުރާށެވެ.
ދުރުގައި އައިޒަން އަށް ބަލަހައްޓައިގެން ހުރި ނައިނާ ހުރީ ތުންފަތް އޫކޮށްގެންނެވެ. އަތުގައި ކާ އެއްޗެހި އަޅާފައި ހުރި ތަށްޓެއް ހުރިއިރު އޭނާ އަނގަޔަށް އެންމެ އެއްޗެއްވެސް ނުލިއެވެ. “ނާ ބަލާތި މި މީހުން ނާ އާއި އައިޒަން ބައްދަލުކުރިއަކަ ނުދޭނެ… އެހެންވެޔޭ އެހެން އެ އުޅެނީ.. މަކައިރި ވެސް ބުނި ޕްލޭންގެ ވާހަކަ އެކަމް މަ މި ނާ ކައިރި ބުނީ…” ސިއްރު ސިއްރުން ޒުހާ އެހެން ބުނީ ނައިނާ ގެ ނަޒަރު ހުރީ ކޮން ދިމާލެއްގައިކަން އެނގުމުންނެވެ. ނައިނާ އެއްޗެއް ބުނަން އަނގަ ހުޅުވާލި ގަޑީގައި އައިޒަން ތަންކޮޅެއް ދުރުން ޒުހާއަށް ގޮވާލި އަޑު އިވުނެވެ. ޒުހާ މީހުންގެ ތެރެއިން ލާފައި ބޭރަށް ނިކުތް އައިޒަންގެ ފަހަތުން ނިކުމެލިއެވެ.. މީހުންތަށް ގިނަވާންފެށީ ކިރިޔާއެވެ. އެގޭގެ އިތުރަށް އެގޭ ފުޅަފިވެސް ހުރީ އެންމެންނަށް އިށީނދެވޭ ގޮތަކަށް ތައްޔާރު ކުރެވިފައެވެ.
“ކީކޭ؟؟” ވަކި ހިސާބަކަށް އަރާފައި ޒުހާ އެހިއެވެ. “ނައިނާ ގޮވައިގެން އައިސްބަލަ. އަހަރެން އަދި އަހަރެންގެ އަނބިމީހާ އާއި އަނގައިންވެސް ނުބުނަން…” ނުރުހުންވެފައި އައިޒަން އެހެން ބުނުމުން ޒުހާ އަނގަމަތީ އަތް އަޅާލާފައި ހޭންފެށިއެވެ. “އެބަ އަންނަން… މީހުން ގިނަވާން ފެށީމަ އެމީހުންވެސް އުޅޭނީ ބިޒީކޮށް… އެވަގުތު ބަލާފައި އެބަ ގެންނަން.. އެކަމް ލިބޭނީ އެންމެ 5 މިނެޓް…” އަތުގެ ފަސް އިނގިލި ދައްކާލަމުން ބުންޏެވެ. އެމީހުންނަށް ޒުހާ ނައިނާ އާއި އައިޒަން ބައްދަލުކުރުވަން އުޅޭކަން އިނގިއްޖެނަމަ މަރާނެއެވެ. “ތެންކިޔޫ” ޒުހާ ދުއްވައިގަތުމުން އައިޒަން އެހެން ބުނެލީ އުފަލުން ފޮޅިފައެވެ. ޒުހާ އެކި މީހުންގެ ގައިގާ ހޭކެމުން ކަހަލަ ގޮތަކަށް ނައިނާ އާއި ހަމައަށް އެރިއިރު ނައިނާ އިނީ ވާނުވާ އޮޅުން ފިލުވަން ބޭނުންވެފައެވެ. “ހިނގާބަ އަހަރެންގެ ކޮޓަރިއަށް…” ސިއްރު ސިއްރުން ނައިނާގެ ކަންފަތް ބުޑުގައި ޒުހާ އެހެން ބުނުމުން ނައިނާ ކީއްވެތޯ އެހިއެވެ. ޒުހާ ހިނގާބަލާށޭ ބުނެ ނައިނާގެ އަތުގައި ހިފަހައްޓައިގެން އެކި ގޮތްގޮތަށް ގޮސް އޭނާގެ ކޮޓަރި ދޮރާއި ހަމައަށް އެރިއެވެ. “އޭ.. އޭ ކޮންތާކަށް..؟؟؟” ދެމީހުން އެކީ ސިހުނީ ލަހުފާ އައިސް އެހެން ބުނިއަޑަށެވެ. ޒުހާ ހިންދިރުވާލިއެވެ. “މި އަނެއް.. ނައިނާ ފާހަނައަށް ދާންވެގެން..” ނައިނާއާއި ދިމާލަށް ޝަހާދަތް އިނގިލި ދިއްކޮށްލަމުން ޒުހާ އެހެން ބުންޏެވެ. ލަހުފާ ޝައްކުގެ ނަޒަރުން ނައިނާއާއި ދިމާލަށް ބަލާލުމުން އޭނާ އަވަސް އަވަހަށް ބޯޖަހާލީ ޒުހާއާއި އެއްބަސްވަމުންނެވެ. ނަމަވެސް ޒުހާ ކުރަން އުޅޭކަމެއް އޭނާއަކަށް ނޭނގެއެވެ.
ލަހުފާގެ ހުއްދައާއި އެކު އެދެމީހުންނަށް ކޮޓަރިއަށް ވަދެވުނެވެ. ޒުހާ ފުން ނޭވައެއް ދޫކޮށްލާފައި މޭގައި އަތް އަޅާލިއެވެ. ލަހުފާއަށް އޭނާ ކުރަން އުޅޭކަން އެނގިއްޖެނަމަ ދުވަސްދިޔައީއެވެ. އެމީހުން ރޭވި ގޮތުގައި މިރޭ ހަފްލާ ނިމެންދެންވެސް އައިޒަން އާއި ނައިނާ ބަހައްޓާނީ ދުރުގައެވެ. “ކީއްތަކުރަންވީ؟؟” ނައިނާ ސުވާލުކުރުމުން ޒުހާ އަށް ހެވުނެވެ. “މަ ނައިނާއާއި އައިޒަންއަށް ޓަކައި މިވާ ޤުރުބާނީ ހަނދާން ނައްތާ ނުލާތި.. މަ ބޮއިފްރެންޑަށްވެސް މި ދޯކާ ދެނީ ތި ދެމީހުންނަށްޓަކައި… މިކަން އެނގިއްޖެއްޔާ މިއަދު މަ މަރާލާނެ މި މީހުން…” ޒުހާ އަނގަ ހުއްޓައިނުލާ ވާހަކަ ދައްކަމުން ދައްކަމުން ގޮސް ޒުހާގެ ކޮޓަރިން ބޭރަށް ނިކުމެވޭ ކުޑަދޮރާއި ދިމާލަށް ދިޔައެވެ. “ފަހުދާ .. އައިޒަން އެބަހުރި އިންތިޒާރުގައި…” ވާނުވާ ނޭނގިފައި ހުރި ނައިނާ ކައިރި ޒުހާ އެހެން ބުނުމުން ނައިނާ ވީ އުފަލުން ފުންމާލެވުނެވެ. އަދި ޒުހާގެ ގައިގާ އޮޅުލައިގަތެވެ.
“ބަރާބަރު ފަސް މިނެޓް….” ޒުހާ އެހެން ބުނެފައި ނައިނާ އެދިމާލަށް ފޭބުމަށް އެހީވިއެވެ. އައިޒަން އޭރު އެތާ ހުރިތަން ނައިނާއަށް ފެނި އުފަލުން ދުއްވައިގަނެވުނެވެ. އޭނާ ދިޔަދިމަލަށް ބަލަން ހުރި ޒުހާ އަށް ހިނިތުންވެވުނެވެ. “ހިއެއްނުކުރަން މި މީހުން އަހަރެމެންނާއި ދެކޮޅަށް މިހާ ވަރުގަދަ ޕްލޭންއެއް ރާވަފާނެއެކޭ… އިނގޭތަ ދެންމެ ޖިނާ އައިސް އެ ބުނީ! ހަފްލާ ނިމެންދެންވެސް ދެމީހުން ދުރުގައި ބައިތިއްބާފައި އެވަރު ނުވެގެން ގެއަށްވެސް އުނދަގޫ ކުރަން ވަންނަން ރޭވިޔޯ…” ނައިނާގެ މޫނުގައި ދެއަތުން ހިފާލަމުން އައިޒަން އެހެން ބުންޏެވެ. ނައިނާ ހީލާފައި އައިޒަންގެ ގައިގާ ބައްދާލިއެވެ. “މިއަދު ނޭނާ ވަރަށް ލޯބި… ފެނިފައި ހިތުގެ ހިނގުންވެސް ލަސްވިހެން ހީވި… ދެން ކިހިނެއް ކެތް ކުރެވޭނީ ދުރުގައި ހުންނަން…؟” އައިޒަން އެހެން ބުނެ އިތުރަށް ނައިނާގެ ގައިގާ ބައްދާލިއެވެ.
އުފާވެރި ވަގުތުކޮޅަކަށް ފަހު ނައިނާ އާއި އައިޒަން އަނެއްކާވެސް ވަކިވާން ޖެހުނީ ޒުހާގެ އަޑަށެވެ. “މިރޭ ލާހިކެއްނޫން އެގެޔަށް އަހަރެމެން ދެމީހުން ފިޔަވާ އިތުރު ބަޔަކަށް ވަންނާކަށް.. މަންމަވެސް މިރޭ މިގޭގައި ބާއްވާނީ…” އައިޒަން އެހެން ބުނި އަޑު ޒުހާއަށްވެސް އިވުނެވެ.
ކެއުމާ ފޯރީގައި ނިމިގެން ދިޔަ ހަފްލާއާއި އެކު އެމީހަކު އެމީހެއްގެ ގެޔަށް ގޮސް ޒުހާމެންގެ ގެއިން މީހުން މަދުވެއްޖެއެވެ. އައިޒަން އޭނާގެ ގާތް އެކުވެރިންނާއި ދިމާ ދެލޯ އަޅާލަމުން ބަލާލީ މާ ފާޑަކަށް ހޭތީއެވެ. “ވަރަށް ނިދިއައިއްސި ހިނގާ ގެޔަށް ދާން…” އައިޒަން ޗޮކެއް ކަނޑާލާފައި އެހެން ބުންޏެވެ. ނައިނާވެސް އެއްބައިވެލިއެވެ. “ހުމްމް ދޭބަލަ ދޭބަލަ…” ލަހުފާ އައިޒަންގެ ބޮލުގައި ޖަހާލާފައި އެހެން ބުނެލިއެވެ.
“މަންމަ މިރޭ މިގޭގައި މަޑުކޮށްލާނީ.. މި ހުރިހާ އެއްޗެއް ސާފުކޮށް ގެ ތާހިރު ކުރަންވެސް ޖެހޭނެއެއްނު… ހެނދުނުން ދާނަން…” ޒާހިދާ އެހެން ބުނުމުން އައިޒަން ނައިނާއާއި ދިމާ ބަލައިލާފައި އެއްލޯމަރާލިއެވެ. ނައިނާ ކައިރިއަށްވެސް ހިނިއައެވެ. އައިޒަންމެން ގެ އިންތިޒާރު އަނެއްކާވެސް ދިގުވީ ލަހުފާ ކޭކެއް ހިފައިގެން އައުމުންނެވެ. ހަމައެކަނި ހާއްސަ މީހުންނަށް ހާއްސަކުރެވިފައިވާ ކޭކޭ ބުނެ އެދެމީހުން ލައްވުވާ އެވެސް ފެޅުވިއެވެ. އެންމެން މަޖާ ނަގާ އޮލަ ވާހަކައެއްގައި ތިއްބެވެ. ތަންވަޅު ބަލާ އައިޒަން ނައިނާ ގޮވައިގެން ގެއިން ނިކުމެ އަވަސް ހިނގުމެއްގައި މިޝްރާބު ޖެހީ ނައިނާމެންގެ ގެއަށެވެ. ނައިނާ ހިނގަމުން ދިޔައިރުވެސް ދިޔައީ ހެމުންނެވެ. “އެމީހުންނަށް މިގޮތަށް އައިކަން އިނގޭނެ މިހާރު….. ވަރަށް މަޖާ ދޯ…” ނައިނާ ހެމުން ހެމުން ބުންޏެވެ. ނައިނާގެ ކުޑަ ކުޑަ ނޭފަތުގައި ހިފާލާފައި އައިޒަން މޫނަށް ގޮތެއް ހަދާލިއެވެ. “އެހެން އެހެން އަހަރެންނާއި އަހަރެންގެ އަނބިމީހާއާއި ވަތްކެއް ނުކުރެވޭނެ ދޯ… ހިނގާބަ ބާރަށް މިއަދު އެމީހުން ގެޔަށް އައުމުގެ ކުރިން ހުރިހާ ދިމާލެއް ތަޅުލަން ވާނެ…” އައިޒަން ބުންޏެވެ.
ނައިނާ އަށް އެ ހުރިހާ ކަމެއް ވީ ވަރަށް މަޖާކަމަކަށެވެ. ގެއަށް ގޮސް އައިޒަން ތަންތަނުގައި ތަންޑުއަޅުވާ އުޅުނު ގޮތަކުން ނައިނާއަށް ހެވުނެވެ. “ހޭނެކަމެއް ނެތް.. ނައިނާއަކަށް ނޭނގޭނެ މި ޖިނާހް އާއި ލަހުފާގެ ގޮތެއް.. ޔަޤީން މިހާރު ޖިނާހްވެސް ހުންނާނީ އެމީހުންނާއި އެއްބައިވެ…. އެދެމީހުން އަހަރެމެން އެހާ ފަސޭހައިން ދުލެއްނުކުރާނެ… ވަރަށް ލާނެތް ވާނެ” އެދެމީހުންނާއި އެކު ހޭދަވި އެތަށް ދުވަހެއްގެ ހަނދާންތަށް އާލާ ކުރަމުން އައިޒަން އެހެން ބުންޏެވެ. ވަރުބަލިކަމާއި އެކު ދެމީހުން ގޮސް ނައިނާގެ ކޮޓަރިއަށް ވަނެވެ. ނައިނާ މޯޅިއަކަށް ދެމިލަމުން އެނދުމައްޗަށް ވެއްޓެން އުޅެނިކޮށް އައިޒަން ވަގުތުން އޭނާގެ ފުރަގަހުން އަތް ލައްވާލާ އެކަން ހުއްޓުވިއެވެ. ނައިނާ ދިޔައި ތެޅިގަނެގެންނެވެ. “މަޑުކުރޭ…!” އައިޒަން އެހެން ބުނެފައި އެނދުގައި އޮތް ރަޖާގަނޑު ނަގާ ބެލިއެވެ. އުއްމީދު ކުރި ގޮތާއި އެއްގޮތަށް ރަޖާގަނޑުގެ އަޑީގައި ކުޑަކުދިން ކުޅެން ގެންގުޅޭ ކަހަލަ ކުޅޭ އެއްޗެހިތަކެއް ހުއްޓެވެ. އޭގައި އަތް ޖައްސާލުމާއި އެކު އަޑު ގޮވަން ފެއްޓިއެވެ. ނައިނާ ހުރީ ދެލޯ ބޮޑުކޮށްލައިގެންނެވެ. “ކޮބާ ބުނީމެއްނު…” އެ އެއްޗެހިތަށް އެނދުން ނަގާ ތަޅުންމައްޗަށް އުކާލަމުން އައިޒަން ބުންޏެވެ. ނައިނާ ދެކޮޅަށް ބޯ ހަރަކާތްކޮށްލިއެވެ.
އައިޒަންގެ ކަމަކަށް ވީ ގެއާއި ކޮޓަރި ބަލާ ފާސްކުރުމެވެ. އެކަން ނިމެންދެން ނައިނާ އެނދުމަތީ ހެވިފައި އިނެވެ. ކޮންމެ އަންހެންކުއްޖަކަށް ކައިވެނީގެ ފުރަތަމަ ރޭ ވަރަށް ހާއްސަވާނެއެވެ. އެކަމާއި މެދު ވިސްނާލުމާއި އެކު ނައިނާ ލަދުގަނެ އަތް ފައި ފިނިވާންފެށިއެވެ. އައިޒަން ފުން ނޭވާތަކެއް ލަމުން އެނދުމައްޗަށް ވެއްޓިގަތެވެ. “ނިދާލަންވީނު…” ނައިނާ ހީލާފައި އެހެން ބުނުމުން އައިޒަން ވަގުތުން ތެދުވެ ނައިނާ އާއި ކައިރި ވާންފެށީއެވެ. “ކީއްކުރަން…” އައިޒަން އެހެން ބުނިއިރު އޭނާގެ މޫނާއި ނައިނާގެ މޫނު ހުރީ ޖެހޭ ނުޖެހޭގައެވެ. އައިޒަން ލަސް ހަރަކާތަކާއި އެކު ނައިނާގެ ތުންފަތުގައި ބޮސްދޭން ފެށިއެވެ. އެކަމުގައި ނައިނާވެސް ދިޔައީ ފުރިހަމައަށް ބައިވެރިވަމުންނެވެ. ދެމީހުން އެކީ އެނދުމައްޗަށް ވެއްޓިގަތެވެ. އަދި އެތަކެއް ލޯބީގެ މާތަކެއް ފޮޅުވާ ވައުދުތަކަކުން އެރޭ އިތުރަށް ފުރިހަމަ ކޮށްލިއެވެ.
……………………………..
އައިޒަން އަށް ތެދުވެވުނީ ވަރަށްވެސް ލަސްވީފަހުންނެވެ. އޭރު ނައިނާއެއް ކޮޓަރިއަކު ނެތެވެ. ކޮޓަރިއަށް ރޭ އުކާލި ކުޅޭ އެއްޗެއްސެއްވެސް ނެތެވެ. މޯޅިއަކަށް ދެމިލާފައި އައިޒަން ފާހަނައަށް ވަނެވެ. ފެންވަރާ ތާޒަ ވެލައިގެން ނިކުތްއިރު ބަދިގެތެރޭ ނައިނާ އުޅޭ އަޑު އައިޒަން އަށް އިވުނެވެ. ގޭތެރޭގެ ދޮރުތަށް ހުޅުވާފައި ހުރުމުން ގެވަނީ އެކައްހެން އަލިވެފައެވެ. އާފުރެމުން ބަދިގެއަށް ވަތްއިރު ނައިނާ ހުރީ ރޮށިފިހާށެވެ. އައިޒަން ގޮސް ނައިނާގެ ގައިގާ ފަހަތުން ބައްދާލިއެވެ. ނައިނާ ސިހިފައި ފަހަތަށް އެނބުރުނީ ރޮށިފިހަން ގެންގުޅޭ ޕްލާސްޓިކް އެއްޗާއި އެކުގައެވެ. އައިޒަންކަން ނޭނގޭ ހާލު އޭނާ އެ މަޅާލީ އެމީހެއްގެ ގައިގާ ޖަހާށެވެ. އައިޒަން ބިރުން ދުރަށް ޖެހުނެވެ. ނައިނާވެސް ހުރީ ދެލޯ ބޮޑުވެފައެވެ. “ސާބަސް…. ހިޔެއްނުކުރަން އައިޒަން އެހާ އަވަހަށް ހޭލާނޭކޭ…” ހީލާފައި ނައިނާ އެހެން ބުނެ އެނބުރި މަސައްކަތަށް ރުޖޫއަވިއެވެ.
އައިޒަން އަނެއްކާވެސް ނައިނާގެ ގައިގާ ބައްދާލިއެވެ. އަދި ނައިނާގެ ކޮނޑުގައި ބޯ އަޅާލައިގެން އޮތީ ރޭގައިވީ ކަންތަށްތަށް ހަނދާންކުރަމުންނެވެ. “ޒަން.. މަންމަމެން އަންނާނެ އިރުކޮޅަކުން… ދޭބަ އެތާ އިންނަން..” ނައިނާ އެހެން ބުނީ އައިޒަން ފޮނުވާލާށެވެ. ޒާހިދާ އައުމުގެ ކުރިން ހުރިހާ ކަމެއް ނިންމާލަން އޭނާ ބޭނުންވެއެވެ. ނަމަވެސް އައިޒަން ހުރީ ދޫކުރާ ހިޔާލެއްގައެއް ނޫނެވެ. އެކަމާއި ވެގެން ނައިނާގެ އަވަސް ހަރަކާތްތަށް ލަސްވެ ރޮށިފިހުމަށް އުނދަގޫވިއެވެ.
ދެމީހުން ސިހުނީ ބަޔަކު ކެއްސާލިއަޑަށެވެ. އައިޒަން ވަރަށް މަޑުމަޑުން އޭނާގެ އަތް ނައްޓުވާލާފައި ދުރަށް ޖެހުނެވެ. އެއީ ކޮންބައެއްކަން ނައިނާއަށް އިނގޭތީ ލަދުން ފަސްއެނބުރެންވެސް ޖެހިލުންވެ އެ ހުރިގޮތަށް ހުއްޓެވެ. އައިޒަން ވަރަށް ކުދި ފިޔަވަޅުތަކުގައި ނައިނާއާއި ދުރަށް ޖެހިލާ ފަސް އެނބުރުނުއިރު ބަދިގެ ދޮރުމަތީ ޒާހިދާ އާއި ޒުހާ ބައެއް ސާމާނުތަށް ހިފައިގެން ތިއްބެވެ. އެދެމީހުންގެ ތުންފަތް މަތިން ފެންނަނީ ލާނެއް ހިނިތުންވުމެކެވެ. ދެރަނުވާން އައިޒަންވެސް ހީލާފައި މޭޒު ކައިރި އިށީނެވެ. “މަންމަ ދެން އަހަރެންނަށް ހީވަނީ މަންމަ އެގެއަށް އެއްކޮށް ބަދަލުވާންވީހެން….” ދިމާކުރާ އުސޫލުން ޒުހާ އެހެން ބުނުމުން ނައިނާ އަށްވެސް ހެވުނެވެ.
ރޮށި ފިހާ ނިންމައިގެން ނައިނާ އައިޒަން އަށާއި ޒުހާ އަށް ކޮފީއެއް ގިރަން ތައްޔާރުވެލިއެވެ. އޭރު ޒާހިދާ އަމިއްލައަކަށް އޭނާ ބޭނުންވާ ކަހަލަ ސައިތައްޓެއް ގިރަނީއެވެ. އައިޒަން ބަލަން ހުރުމުން އިރު އިރުކޮޅާ ނައިނާ ލޯ އަޅާލައެވެ. “ރޭގައި ހަމަ ތިމީހުން އައިއްޔޭ ދޯ؟؟” ޒުހާ އަހާލިއެވެ. “ނާންނަވަރެއްތަ؟ އަނެއްކާ އާއިރު ކޮށްފަ ހުރި ކަންތަކުގެ ވާހަކަ ރަނގަޅުވާނީ ނުދެއްކިއްޔާ.. މިއަދު އެ ޖިނާ އާއި ލަހުފާއަށް ހެޔޮވަރުގެ ބޮނޑިއެއް ދޭނަން…” އައިޒަން އެހެން ބުނިގޮތުން އެންމެންނަށްވެސް ހެވުނެވެ.
އައިޒަން އެކި ވާހަކަތަށް ދައްކަމުން ގޮސް ޒާހިދާ މެން ކައިރި މިއަދު ބޭންކަށް ދާންވާނޭ ބުނެލިއެވެ. އައިޒަން އިތުރު އެއްޗެއް ބުނަންވާއިރަށް އައީ ފޯނު ކޯލެކެވެ. އޭގައި އަރާފައި އިން ނަމާއި އެކު އައިޒަންގެ ނޭވައި ހިފެހެއްޓުނެވެ. ހިތްއަވަސްވެ މީހާގެ ގައިން ދާހިއްލަންފެށިއެވެ. އެއާއި ބަދަލު ނައިނާއަށް ފާހަގަވުމުން ކިހިނެއްވީތޯ އެހިނަމަވެސް އައިޒަން ޖަވާބެއް ނުދީ ބަދިގެއިން ގޭގެ ފަހަތަށް ނިކުމެވޭ ދިމާލަށް ދާން މިޝްރާބު ޖެހިއެވެ. “ހަލޯ މަންމާ…!” ޖީބަށް އެއް އަތް ޖަހާލަމުން ފޯނު ކޯލަށް އައިޒަން ޖަވާބުދިނެވެ. އެ އަޑާއި އެކު ނައިނާ ވެސް ކުޑަކޮށް ހިތްބިރުގަތެވެ.
“އަދި ދުވަސްކޮޅަކު މަޑުކޮށްލާފައި ދަތުރު ނިންމާފަ ދާނީ…” ފަސްއެނބުރި ނައިނާއަށް ބަލާލަމުން އައިޒަން އެހެން ބުންޏެވެ. ކޮންމެ ދުވަހަކު ގުޅާފައި އަހާ އެ ސުވާލުން އައިޒަން ކުޑަކޮށް ހިތްހަމަނުޖެހުނަސް މަންމައާއި ވާހަކަ ދެއްކީ ވަރަށް ލޯބިންނެވެ.
………
ބޭންކަށް ގޮސް އެނބުރި އައި މަގުމަތީ ޒާހިދާ ދިޔައީ ޝަކުވާކުރަމުންނެވެ. އައިޒަން އެއައީ ދެމީހުންގެވެސް ނަން މަތީ ބޭންކް އެކައުންޓެއް ހުޅުވައިގެންނެވެ. އަދި ދެމީހުން ކައިރިވެސް ބޭނުންކުރާ ގޮތާއި ލާރި ބޭނުންވީމަ އެއިން ނެގުމަށާއި އައިޒަން ކައިރި ބުނާއިރަށް ވަގުތުން ފޮނުވާނެކަމަށް ބުނެދިނެވެ. “ނައިނާގެ ހެދިއެއްކަމަކު މަންމަގެ ކީއްކުރަންތަ ހެއްދީ؟” ޒާހިދާ ފާޑަކަށް ތުންއަނބުރާލަމުން ބުންޏެވެ. “ތީ އަހަރެންގެވެސް މަންމައެއްނު… އެކޮޅުގައި ހުއްޓަސް މަންމަމެންގެ ހުރިހާ ހަރަދެއް ބެލެހެއްޓޭނީ އޭރުން… ކޮންމެވެސް ޒިންމާތަކެއް އަހަރެންގެވެސް އޮންނަން ޖެހޭނެއްނު…” ހަމަޖެހިލާފައި އައިޒަން އެހެން ބުނުމުން އިސްޖަހާލައިގެން ހުރި ނައިނާގެ ތުންފަތް މައްޗަށް ވެރިވީ އުފާވެރި ހިނިތުންވުމެކެވެ.
“ވަރަށް އަވަހަށް ގޭގެ މަސައްކަތް ފެށޭނެ.. ފެންވަރުގެ ބައެއް މިހޯދަނީ.. އަހަރެން މާލެ ދިޔަސް އެކަން ދާނީ ކުރިއަށް… ގެ ހެދެންދެން ހުންނާނެ ތަނެއް ހޯދުމަކީ މަންމަގެ ކަމެއް… ނައިނާ ވަޒީފާ އަށް ދަމުން އިތުރަށް ކިޔެވުމުގެ ފުރުސަތު އެބައޮތް… ކުރިން ދުވަހަކު ގާތް އެކުވެރިއަކާއި ދިމާވި. އެމީހުން ކޮންމެވެސް ކޯސްތަކެއް މިކޮޅުގައި ހިންގާވާހަކަ އަޑުއެހިން ރަށު ސުކޫލާއި ބައިވެރިވެގެން.. ނައިނާ އަށް އޭގައި ބައިވެރިވެވޭނެ…” އައިޒަންގެ ކޮންމެ ވާހަކައަކުން ޒާހިދާގެ ހިތަށް ދިޔައީ ހަމަޖެހުންލިބެމުންނެވެ. ހުރި ހަމައެކަނި އަންހެންދަރިފުޅުގެ ދިރިއުޅުމަށް އައިޒަން ގެނެވުން އެއީ ކުރެވުނު އެންމެ ރަނގަޅު ކަމެވެ. “އާނ… އަޑުއެހިން ތިވާހަކަ.. މުޅި ސުކޫލުގައިވެސް ދައްކަނި ތިވާހަކަ…” ނައިނާ ބުނެލިއެވެ.
………………..
ދުވަސްތަށް ހަލުވިކަމާއި އެކު ހިނގަމުން ދިޔައެވެ. ނައިނާ އާއި އައިޒަން ގެ ލޯބި ދުވަހުން ދުވަހަކަށް އިތުރުވެ ވަރުގަދަވަމުން ދިޔައެވެ. އެއިންކަމެއްގެ ހިލަން ނުވާ ޝާމިރާގެ ރެއާއި ދުވާލު ހުވަފެންތަށް ދެކެމުން ދިޔައީ ރާއްޖޭގެ ނަން މައްޝޫރު އެއް ވިޔަފާރި ވެރިއެއްގެ ހުރި ހަމައެކަނި ދަރިފުޅާއި އައިޒަން ގެ ކައިވެންޏާ މެދުއެވެ. ކުރިންސުރެވެސް ގާތް އެކުވެރި ކަމެއް އުފެދިފައިވާ އެ ދެ އާއިލާގެ ގުޅުން ވަރުގަދަކުރަން އޭނާ ނިންމީ އޭނާގެ ވިޔަފާރިއަށްވެސް ފައިދާވާނެ ގޮތަށެވެ. އައިޒަން އާއި ލަމްހާ އަކީ ކިޔެވުމާއި ހަމައަށްވެސް ވަރަށް ގާތް އެކުވެރިކަމެއް އޮތް ދެމީހުންނަށް ވީތީ އޭގެ ފައިދާ ޝާމިރާ ނަގަން ބޭނުންވިއެވެ. އޭނާ އިންތިޒާރު ކުރަނީ ލަމްހާ އެނބުރި ރާއްޖެ އަންނާނެ ދުވަހަކަށެވެ.
ދަތުރު ދާން ރާވާފައި އޮތް ދުވަހެވެ. ބޮޑު ގުރޫޕަކާއި އެކު ދެރަށް ދޫކޮށްފައި އޮތް ފަޅުރަށަކަށް ދާން އެންމެން ތައްޔާރުވަމުން ދިޔައީ ފޯރީގައެވެ. ނައިނާގެ ކުޑަ އާއިލާގެ އިތުރަށް އެކުވެރި ހަތަރުކުދިންނާއި އެމީހުންގެ އާއިލާއާއި އައިޒަން އޮފީހުގެ ގާތް އެކުވެރިންކޮޅަކާއި ޖިނާހް އަދި ލަހުފާވެސް ބައިވެރިވިއެވެ. ދޯނިމަތީ އައިޒަން އާއި އެކު ފުޅާ ހިނިތުންވުމެއްގައި އިން ނައިނާއަށް އޭނާގެ އެ އުފާވެރިކަމާއި މެދު ހަސަދައިގެ ނަޒަރަކުން މީހަކު ބަލާކަމެއް ނޭނގެއެވެ. އޭނާއަށް ވާނަމަ ނައިނާ ކަނޑަށް ކޮށްޕާލީހެވެ. ނޭވައި ހާސްކޮށްލާ މި ދުނިޔެއިން ނެތިކޮށްލީހެވެ. އެންމެ ކުޑައިރުންސުރެވެސް ނައިނާ ދިޔައީ އޭނާގެ އުފާތަކަށް ހުރަސްއަޅަމުންނެވެ. އޭނާގެ އޮތީ އޮން އުނިކަމެއްހެއްޔެވެ؟ އޭނާގެ އުފާ ނައިނާ ޖަހައިގަންނަނީ އޭނާގެ ކޮން ކުށަކާ ހެދިހެއްޔެވެ؟ މިއަދު ނައިނާގެ ބަދަލުގައި ހަމައެހާ އުފަލުގައި އޭނާއަށްވެސް އިނދެވުނީހެވެ. ނަމަވެސް އެކަމުގެ މެދަށްވަނީ ނައިނާއެވެ. ނައިނާގެ ދިރިއުޅުން ބަރުބާދުކޮށްލަން ފުރުސަތަކަށް އެދި އެދި ހުއްޓާ މި ދަތުރު އެކަން ފަހިކޮށްދީފިއެވެ.
ބޮޑު ދޯނި ލޮނުގަނޑު ކަފަމުން ގޮސް ދޯނި ބީއްސާނުލާނެހެން ފުން ހިސާބެއްގައި މަޑުކުރިއެވެ. މަންމައިން ބޭލުމުގައި ބައްޕައިން އުޅުނުއިރު ޒުވާން ފިރިހެންވެރިން އިސްކަމެއް ދިނީ ދޯނީގައި ހުރި އެއްޗެހިތަށް ބޭލުމުގައެވެ. ނައިނާ ދޯނީގައި އިށީނދެލައިގެން އިނީ ދެފައި މޫދަށްލާ ތެންމާލައިގެންނެވެ. ޒާހިދާ ކުދިންނަށް އެއްޗެހި ގާތްކޮށްދެން ހުރިއިރު އެހީވެދެން ނައިނާގެ އެކުވެރިން ތިއްބެވެ. “ފިރިސޮރު ބާލައިއަންނާނެކަމަށްތަ؟؟” ހިނިގަނޑެއް ޖަހާލާފައި ލަހުފާ އެހެން އެހީ ނައިނާ ކައިރި އިށީންނަމުންނެވެ. “ލައްކޮވެސް ތިއިންނަނީ ޖިނަ އަންނަންދެންނެއްނު..” އެއްލޯ މަރާލާފައި ނައިނާ ބުނީ ދެރަނުވާށެވެ. “ފަތަން އިނގޭތަ؟؟” ލަހުފާ އަހާލިއެވެ. “ތީ ކުރަން ނޭނގުނު ކަމަކީ.. އުޅެ ބޮޑުވީ މި ލޮނުގަނޑުތެރޭގައި… ނޭވައިވެސް ދިގުވާނެ… އެކަމް ފެތުން އެއީ ހަމަ އެއްގޮތަކަށްވެސް ދަސްވި އެއްޗެއް ނޫން…” ލޮނުގަނޑުގައި ދެފައިން ބަޑިތަޅާލަމުން ނައިނާ އެހެން ބުނީ ތުން އޫކޮށްލާފައެވެ. ތެދެކެވެ. އެންމެ ކުޑައިރުންސުރެވެސް އޭނާ އެންމެ ފޯރި ހުންނަނީ މޫދާއެވެ. އެ މޫދަށް ބަލަހައްޓައިގެން އޭނާ ކިތަންމެ އިރަކުވެސް އިނދެދާނެއެވެ. ނަމަވެސް ދެރައީ ފަތަން ނޭނގޭތީއެވެ. ފައި ނުޖެހޭ ހިސާބަކަށް ދެވުމާއި އެކު ހިތްބިރުގަނެގެން އޭނާ ތެޅި ފޮޅެން ފަށާނެއެވެ. ލޮނު ބޯންފަށާނެއެވެ. އެހެންކަމުން މުޅިންވެސް އޭނާ އުޅެނީ ފައިޖެހޭ ހިސާބުގައެވެ.
“އައްދެ ތިވަރަކުން ކިހިނެއްވާނީ؟ މީހަކު ނައިނާ ކޮށްޕާލިޔަސް ސަލާމަތެއް ނުވާނެއްނު…”
16 Comments
Comments are closed.
Salaam ?
I hope its going well and u guys like it ?
Once I write vrh gina parts I’ll start uploading more inge ??
Me first dho kiyaalaafa komenteh kohlaanan
?????
V teethi ryn naina mara nulahchey
Varah reethi..???❤?
thankolheh avahah dhen oii bai up kureveynetha?? Hasadhai ge nazarun naina ah balaa meehaku balan varah beynun..
Lahufaa akii aixan bestfrnd dww???? I thnk she is gonna kill naina! Cxx she lvxx aixan! Bt ehn viya nudheythi!
V nice
Lahufa kanneynge dhw
Ekam kudairun feshigeneh lahufayakah nainaeh nufennaanethaa
Alhey lahufa goas dhw ?????
lahufa aa jinaa aa ey
Zuhaa hen meesh ah heevany
V.nice dear..??????
Vvv rythi
Varah rythi story
Eyyy ryyynuu….avahah vaahaka up kohba….varah kiyaa hiyvey eba??
Lamha Lahufa nd Naina akee ehbafaa kudhin kanneyge…. Lamha nd Lahufa are Naina ge ehbafaa sis dhoa!