Skip to content
އެސްފިޔަ

އާދޭސް 3

ފަހަތުން ބަޔަކު އަންނަހެން ޒޯޔާއައް ހީވިއެވެ. އެއާއެކުފަހަތުން ބަޔަކު ވަހަކަ ދައްކާއަޑު އިވެންފެށިއެވެ.ޒޯޔާ ހުއްޓުނެވެ.އަދި ފަހަތް ބަލާލިއެވެ.ލިބުނު ސިހުމައެކު ޒޯޔާގެ ދެލޯބޮޑުވިއެވެ.

މަގުމަތި އޮތީ އަމާންކޮށެވެ.އެއްވެސް މީހެއްވެސް ފެންނާނަނެތެވެ.އަވަސް ފިޔަވަޅުތަކެއްގައި ޒޯޔާ ސުކޫލައް ދިޔުމަށް ހިނގައިގަތެވެ. ގަޑިބަލާލިއިރު ގަޑިޖެހިއްޖެއެވެ.ޒޯޔާ ދުއްވައިގަތެވެ.

ކުއްލިއަކައްފަހަތުން ބަޔަކު ދުއްވައިގަތް އަޑުއިވުމުން ސިހިފައި ޒޯޔާ ފަހަތް ބަލާލިއެވެ.ޒޯޔާގެ ފަހަތުން ތިންމީހުން ދުވެފައި އަންނަނީއެވެ.ކަޅުކުލައިގެ ކޯޓުތަކެއް ލައިގެން ތިބިއިރު އެމީހުންތިބީ މޫނުގައި މާސްކުވެސް އަޅައިގެންނެވެ.އެތަނުން ދެމީހެއްގެ އަތުގައި ވަޅިއޮތެވެ.ދެންހުރި މީހާއަތު އޮތުގައި އޮތީ ދަނޑުގަނޑެކެވެ.

ޒޯޔާ އަޑުގެ ކޮޅައް ރޮއިގަންނަމުން ދުއްވައިގަތެވެ.މަގިނައިރެއް ނުވެ ޒޯޔާ ލޮޑުވެ މާނޭވާލެވޭންފެށިއެވެ.ކުއްލިއަކައް ގަލަކު އަޅާގަނެފައި ވެއްޓިއްޖެވެ.ލިބުނު ސިހުމާއެކު ހަޅޭލަވައިގަނެވުނެވެ.ބިރުންތުރުތުރު އަޅާހާލުގައި ފަހަތް އެނބުރި ބަލާލިއެވެ.އެއްވެސް މީހަކު ފަހަތަކުނެތެވެ.ޒޯޔާ އަވަހަށް ތެދުވެ ސްކޫލާ ދިމާއަށް ދުއްވައިގަތެވެ.ސްކޫލާހަމަށް ދެވުނުއިރު ގަޑިޖެހިއްޖެއެވެ.މިހާލަހުން ކުލާހައް ގޮސްފިނަމަ ސާރ ވަރައް ރުޅިއަންނާނެއެވެ. އެހެންކަމުން ޒޯޔާއަކައް ކުލާހަކައް ދާކައް ނުކެރުނެވެ.އެހެންކަމުން ގޮސްވަނީ ސްކޫލްގެ ފާހާނައަށެވެ.

ފިލްމުބަލަން އޮތް ޒާރާ ސިއްސައިގެން ދިޔައީ ފޯނު ރިންގްވިއަޑުއިވިފައެވެ.ފޯނު ނަގާ ބަލާލިއިރު އިލްފްއެވެ.ފޯނު ނެގުމައެކު އިލްފް ބުނީމާދަމާ ދަތުރުދާވާހަކައެވެ.އެއީ އިލްފްގެ އާދައެވެ.ދަތުރު ދިއުމާއި މަސްބާނަން ދިޔުމަކީ އިލްފްގެ އާދައެވެ.ޒާރާ ކިކަންމެ ވަރަކައް ބުންޏަސް ނުގެންދާނެއެވެ.ބުނާނީ އެއްވެސް އަންހެން ކުއްޖެއް ނުދާނެއެވެ.އެކަމަކު އަބަދުވެސް ކޮންމެވެސް އަންހެން ކުދިންކޮޅެއް އިލްފްމެންނާއެކު ދާނެއެވެ.

ކިތަންމެފަހަރަކު ޒާރާ އަށްވަނީ އިލްފް އެހެން އަންހެންކުދިންނާއެކު ފެނިފައެވެ.އެކަހަލަގެ މަންޒަރެއްފެނި އިލްފްގާތު އެހިޔަސް ބުނާނީ އެއީ ކްލާސްމޭޓެއް ނޫނީ ކަޒިންއެކޭއެވެ.

ކޮންމެ ގޮތެއްވިޔަސް އިލްއާ ރުޅިވާކައް އިލްފް ބޭނުމެއް ނޫނެވެ.އެހާވެސް ބޮޑައް އިލްފްދެކެ ޒާރާ ލޯބިވެއެވެ.

ރަށައް އާދެވުމުން ގުޅާލަޔާ ބުނަމުން ޒާރާ ފޯންބޭއްވިއެވެ.މިފަހަރު ދަތުރު ގެންދާށޭ ނުބުނީ އިލްފް ބުނާނީ ކީކޭކަން އެނގޭތީއެވެ.

އާމިނަތު ޒާރާގެ ކޮޓަރިއައް އައީ ޒާރާ މިރޭކާނީ ކޯޗެއްތޯ އަހާލަންވެގެންނެވެ.އެކަމަކު ޒާރާ ފޯނަކު އޮތުމުން ދޮރުގާތު މަޑުކޮއްލީއެވެ.ޒާރާ ފޯން އެނދުމަތިގައި ބޭއްވުމުން އާމިނަތު ދޮރުގައި ޓަކި ޖަހާލިއެވެ.

“ކޯޗެއްތަ މިރޭ ކާނީ ދަރިފުޅާ؟”

ލޯބިންފުރިގެންވާ ރަގެއްގައި އާމިނަތު އަހާލިއެވެ.ފޫހިގޮތަކައް ބަލާލަމުން ކާހިތެއްނެތޭ ޒާރާ ބުންޏެވެ.

“ކޮންމެވެސް ވަރަކައް ކައިގެން ނިދާންވާނީ”

އާމިނަތު އައިސް ޒާރާގެ ބޮލުގައި ފިރުމާލިއެވެ.ޒާރާ އަޅާވެސް ނުލާއޮތީއެވެ.

“މަސް ތެލުލަންތަ ؟”

ހީލަމުން އާމިނަތު އަހާލިއެވެ.އާމިނަތު ގޮތްދޫ ނުކުރާނެކަން އެނގުމުން ޒާރާ ބޯޖަހަލިއެވެ.މަސް ތެލުލެވުމުން ގޮވާލާނަމޭ ބުނުމަށްފަހު އާމިނަތު ކޮޓަރިން ނުކުމެގެން ހިނގައިގަތެވެ.

އޭރުވެސް ޒާރާ އަޅާވެސް ނުލާއޮތީއެވެ.ކުއްލިއަކައް ގަދައަޑުފައްގަޑަކާއެކު ކުޑަދޮރުގެ ބިއްލޫރިގަނޑު ތަޅައިގެންދިޔައެވެ.ލިބުނު ސިހުމާއެކު އަޑުކޮޅައް ޒާރާ އައް ހަޅޭލަވައިގަނެވުނެވެ. ކުޑަދޮރާ ދިމާއައް ޒާރާ ބަލާލީ ވަރައް ބިރުންއިނދެއެވެ.މަޑުހިނގުމެއްގައި ޒާރާ ގޮސް ކުދަދޮރުގާތު މަޑުކޮއްލިއެވެ.ފާރުގައި އަތް ޖައްސާލަމުން ބޭރައް ބޯދިއްކޮއްލިއެވެ.ގޭ ކުރިމަތީގަތި ހުރި މިދިލިގަހެއް ދަށުއެހުރީ ކަޅު ކޯޓެއް ލައިގެން ހުރި މީހެކެވެ.އެމީހާހުރީ އެގަސް ދަށުގައިކަމައް ވުމުން އެހާ ރީތިކޮށެއް އެމީހާ ނުފެނެއެވެ. ޒާރާ އެމީހާއާ ދިމާއައް ބާލާލިވަގުތު މިހާވެސް އިސްއުފުލާލައި ޒާރާ އާ ދިމައައް ބަލާލިއެވެ.އެވަގުތު އެމީހާގެ ދެލޯ ރަތްކުލައިން ދިއްލިގެންދިޔައެވެ. ލިބުނު ސިހުމާއެކު ރޮއިގަންނަމުން ޒާރާ ފަހަތައްޖެހެވުނެވެ.އެވަގުތު ގޮނޑިއެއްގައި އަޅާގަނެފައި ޒާރާވެއްޓިއްޖެއެވެ.

“ޒާރާ”އާމިނަތު ދުވެފައި އައިސް ޒާރާގެ ގާތުގައި އިށީނެވެ.

”ކިހިނެއްވީ ؟ ބިރުވެރި ހުވަފެނެއް ފެނުނީތަ ؟”އާމިނަތު ޒާރާގެ ބޮލުގައި އަތްޖަހާލަމުން އަހާލިއެވެ. އާމިނަތު ދިޔުމުން ޒާރާއަށް ނިދުނީއެވެ.

”ދެން މިތާ އެކަނި އިންނާނެ ކަމެއްނެތް އާދެ މަންމައާއެކު ބަދިގެއައް”އާމިނަތު ބަދިގެއައް ދިޔައީ ޒާރާވެސް ގޮވާގެނެވެ.

 

”އެލީ ކޮންތަނަކައް މިއޮއް ހެނދުނު”

މަގުމަތިން ދިޔަ އެލީޝާ އާ އަރާހަމަކޮއްލަމުން ސާރާ އަހާލިއެވެ.އެލީޝާއަކީ އާއްމުކޮއް މިހާ ހެނދުނު ހޭލާ ކުއްޖެއް ނޫނެވެ.

 

”ނުވޭ ކަމެއް ސަންރައިޒް ބަލާލަން ވެގެން ދިޔައީ”ސާރާ ދިމާއައް ބަލާލަމުން އެލީޝާ ހިނިތުންވެލިއެވެ.

”ދަތުރެއް ރާވާލަން ވީއެއްނު”ސާރާ ވަރައް ހެވިފައި އެލީޝާއާ ދިމާއަށް ބަލާލިއެވެ.

”ރަނގަޅު ހިޔާލެއް”އެލީޝާއަށް ސާރާގެ ހިޔާލު ވަރައްކަމުދިޔައެވެ.

ފަހުން ބައްދަލުވާނެކަމައް ބުނަމުން ސާރާ ގެއާދިމާއައް ދިއުމައް ހިނގައިގަތެވެ.ސާރާ މިއަދު ހުރީވަރައް ހިތްހަމަޖެހިފައެވެ.މިއަދު ސާރާގެ ބައްޕަ އާދަނު މާލެއިން ރަށައް އަންނަ ދުވަހެވެ. އެހެން ހިތައް އަރާ ކޮންމެ ފަހަރަކު ސާރާ ވަރައް އުފާވެއެވެ.

އަތުގައިއޮތް އާފަލު ކަމުން ސާރާ ދިޔައީވަރައް ހެވިފައެވެ.ވަރައް ގިނަދުވަސްފަހުން ސާރާގެ ބައްޕަފެންނާން އުޅޭތީއެވެ.

އެކަމަކުހިތްހަމަ ޖެހިލައިގެންހުރެ ސާރައައް ދެވުނީ ކުޑަ ތަންކޮޅަކަށެވެ.

ކުރިމަތިން ފެންނަމުން ދިޔަ މަންޒަރު ފެނި ސާރާގެ ދެލޯ ބޮޑުވިއެވެ.

ނުނިމޭ

 

Comments (6)

  1. Alvyn

    Story hama Awwsm… Knirakun aneh part up vanyy.

  2. Ain

    mi kihine tha mivanee? biruveri vaahak ehtha?? ehnne ekamak category baiga eh neh.. dhn mistakes ves eba huri.. proof read kohffa submit kohllachey dhn faharakun ingey.. anyways good luck

  3. Rehendhi

    Vaa nuvaa eh hama ehgothakahvs nenge.. liyuntherikamuge fenvaru rangalhu kuran feney

  4. Baby

    Vaahaka vrh reethi. …. gud luck shiall. .. waitingssss❤❤❤???

  5. Fan of writer

    Vaanuvaa neygenya nukiya hurebala dhw… thihaa molhiyyaa amilla ah vaahaka eh liyebala thihuri fenvareh dhahkaalan….

  6. rym

    vaanuvaa e neyngey,v foohi

Comments are closed.