ފަހަތުން ބަޔަކު އަންނަހެން ޒޯޔާއައް ހީވިއެވެ. އެއާއެކުފަހަތުން ބަޔަކު ވަހަކަ ދައްކާއަޑު އިވެންފެށިއެވެ.ޒޯޔާ ހުއްޓުނެވެ.އަދި ފަހަތް ބަލާލިއެވެ.ލިބުނު ސިހުމައެކު ޒޯޔާގެ ދެލޯބޮޑުވިއެވެ. މަގުމަތި އޮތީ އަމާންކޮށެވެ.އެއްވެސް މީހެއްވެސް ފެންނާނަނެތެވެ.އަވަސް ފިޔަވަޅުތަކެއްގައި ޒޯޔާ ސުކޫލައް ދިޔުމަށް ހިނގައިގަތެވެ. ގަޑިބަލާލިއިރު ގަޑިޖެހިއްޖެއެވެ.ޒޯޔާ ދުއްވައިގަތެވެ. ކުއްލިއަކައްފަހަތުން ބަޔަކު ދުއްވައިގަތް އަޑުއިވުމުން ސިހިފައި ޒޯޔާ ފަހަތް ބަލާލިއެވެ.ޒޯޔާގެ ފަހަތުން ތިންމީހުން ދުވެފައި އަންނަނީއެވެ.ކަޅުކުލައިގެ ކޯޓުތަކެއް ލައިގެން ތިބިއިރު އެމީހުންތިބީ މޫނުގައި މާސްކުވެސް އަޅައިގެންނެވެ.އެތަނުން ދެމީހެއްގެ އަތުގައި ވަޅިއޮތެވެ.ދެންހުރި މީހާއަތު އޮތުގައި އޮތީ ދަނޑުގަނޑެކެވެ. […]
ދެވަނަބައި ކުއްލިއަކައް މޭޒުމަތީގައި އިން ވާސް ތަޅައިގެން ދިޔުމުން ޒާރާދިޔައީ ސިއްސައިގެންނެވެ.ފޯނު އެނދުމަތީގައި ބާއްވައިފައި ތެދުވެ ހޮޅިބުރި ދިއްލާލިއެވެ.ކުއްލިއަކައް ވާސް ތެޅެންވީސަބަބެއް ޒާރާއަކައް ނޭންގުނެވެ.ޒާރާ މަޑު ހިނގުމެއްގައިގޮސް މޭޒުގާތު ހުއްޓިލިއެވެ.ހުޅުވިފައިވާ ކުޑަދޮރައް ބަލާލުމައްފަހު ތެޅިފައިވާ ވާސް ނަގަން ގުދުވިވަގުތު ތަށިމުށިގަޑުމަތީގައި އޮތް ގާ ފެނިފައި ޒާރާގެ ދެލޯ ބޮޑުވިއެވެ. ތަށިމުށިގަނޑުމަތިން ގާ ނަގަމުން ކުޑަދޮރުގާތައް ޒާރާގޮސް މަޑުކޮއްލިއެވެ.ބޭރުން އެއްވެސް މީހަކު ފެންނަންނެތުމުން ޒާރާ ހައިރާންވިއެވެ.އަދިވެސް ބޮޑައް ކުޑަދޮރުގާތައް ގޮސް ބެލިއެޮއްލިއެވެ.ބޭރުން އެއްވެސް މީހަކު ފެންނަންނެތުމުން ޒޯޔާ […]
މޫދާދިމާއަށް ނަޒަރުހުށްޓާލައިގެން ޒާރާ އިނީ ވަރަށް ހިތްހަމަޖެހިފައެވެ.ކޮންމެ ދުވަހަކުވެސް ޒާރާ މިތަނައް އާދެއެވެ.އިރުއޮއްސޭ މަންޒަރު ބެލުމުން ހިތައް ހިންހަމަޖެހުން ލިބޭތީއެވެ. އިރުއޮށްސޭން ގާތްވެފައިވާތީ މުޅިއުޑުމަތި އޮތީ އޮރެންޖު ކުލައިގައެވެ.ހީވަނީ އުޑުމަތީގައި އަލިފާންގަޑެއް ރޯކޮށްފައިވާހެންނެވެ. ދުރުދުރުން އުދުހިފައިދާ ދޫނިތައް މާހައުލު އިތުރަށް ރީތިކުރުވައެވެ.ގޮނޑުދޮށަށް މުގުރާ ރާޅުތަކުން އެތަނަށް ފެތުރިފައިވާ ހަމަހިމޭންކަން ނައްތާލައެވެ. “ޒާ……ގެއަށް ދާންވީއެއްނު”ސާރާ ގޮވާލި އަޑަށް ޒާރާ ފަހަތް ބަލާލިއެވެ. “މިދަނީ”ޒާރާ ޖޯލިން ތެދުވަމުން ސާރާއަށް ބުންޏެވެ. “ކޮބާ ކޮންއިރަކުން ބޯއިފްރެންޑްގެ ނަން ބުނާނީ؟”އެލީޝާ އަހާލިއެވެ. […]