ލޯބިވާ މަންމައާއި މިފަދަ ސުވާލެއްކުރަން ޖެހިލުންނުވާނީ ކާކު ހެއްޔެވެ. އެމަންމަ ނަކީލްގެ އުފާތަށް ފޭރިގަންނާނެކަން އެނގޭނީ ކިހިނެތް ހެއްޔެވެ. ނަކީލް ބޭނުންވީ އެންމެ ފަހަރަކު މެލިސާގެ ދުލުން އެއަށް ޖަވާބެއް ލިބުމަށެވެ. ނަކީލްގެ އެސުވާލު ވެގެންދިޔައީ މެލިސާއަށް ބޮމެއްގޮއްވާލުން ފަދަކަމަށެވެ. މީހާ މޫނުން ދާހިއްލާއި ހާސްވެ ކަންބިޑުވާންފެށި މިހާ ތަފްސީލާއި އެކީ ނަކީލް އެހުމުންނެވެ. ނިހާލްއަށްވެސް ހުއްޓުން އަރާފައި ހުރެވުނީ ނަކީލް އެކުރި ސުވާލަކުންނެވެ. މެލިސާއަށް ދެބަފައިންގެ ނަޒަރު އަމާޒުވެފައިވާއިރު އެ ހިތް ދިޔައީ ފަލީހަތްވާން އުޅޭނީ […]
ގަޑިން އަށެއް ޖެހުމާއެކު މުހައްމަދު ހުރީ އަލްޔާ ބަލާ އައިސްއެވެ. އިދުރީސް އަންގާފަ އޮތީ އަށެއް ޖަހާއިރު އަލްޔާ ގެނެސް އޭނަގެ ކޮޓަރިއަށް ލުމަށެވެ. އެހެން ކަމުން އެ ގަޑިއަށް މުހައްމަދު އަތުވިއެވެ. އޭނަ އައި އިރު ވެސް އަލްޔާ ނުގެންދެވޭނެ ކަން އޭނަޔަށް އިނގެއެވެ. އެހެން ނަމަވެސް އޭނަގެ ވާޖިބު އަދާ ކުރުމަކީ ކުރަން ޖެހޭނެ ކަމެއް ވިއްޔާއެވެ. “އިދުރީސް ބުނެގެން މިއައީ…” އެތެރެއަށް ވަނދެ ބުނެލިއެވެ. “ހެހެ… ބަރާބަރު! މުހައްމަދުބެގެ މަސައްކަތް ވަރަށް ފުރިހަމަ، […]
(ހަތްވަނަބައި) “ހެޔޮނުވާނެ. އުލްވާން ދޫކޮށްލަދީބަލަ. އަހަރުމެންގެ ދިރިއުޅުން އުޅުނަދީބަލަ. ކަލޭގެ ދިރިއުޅުމުގައި އުޅެބަލަ. މީގެ ފަހުން އުލްވާންއަށް ނުގުޅާތި” ޝައްފަ ފޯނުކަނޑާލިއެވެ. އަހަންނަށް ހެދުނީ ގޯހެކެވެ. ކުރިންވެސް ޝައްފައާ އުލްވާން އަހަންނާ ހެދި މައްސަލަ ޖެހުނުކަން އަހަންނަށް އެނގެއެވެ. އުލްވާން ޝައްފަ ދެކެ އިންތިހާއަށް ލޯބިވާކަން އަހަންނަށް އެނގެއެވެ. ހިތާހިތުން އުލްވާން ކިބައިން މައާފަށް އެދުނީމެވެ. އަހަރެންގެ ދިރިއުޅުން ފަސޭހަކޮށްދޭން އުލްވާން ތާއަބަދު މަސައްކަތް ކުރާއިރު އަހަރެންގެ ސަބަބުން އޭނާގެ ދިރިއުޅުން ހަލާކުވަނީއެވެ. އުލްވާންއާ ދުރަށް ދިއުމަށް […]
ނަކީލް މާޔާއަށް އެ ސިއްރުކުރާ ފަރާތް މާޔާއަށް ތައާރަޕްކޮށްދޭދުވަސް ކައިިރިވީއެވެ. ކޮންމެ ގޮތެއްވިޔަސް އެދުރުކަމާއި އެ އަދިރިކަން އެ ހަޔާތުން ކަޑުވަން ކައިލް ބޭނުންވެއެވެ. ކިތަންމެ ބޮޑު ރިސްކެއް ނަގަން ޖެހުނަސް ހެޔޮކަމަށް ނިންމީ އެހެންވެއެވެ. މާޔާ ނަފްސު ހަމައަކަށް އެޅުމުން ނަކީލްއާއި ކައިރިވެވިފައިވީ ވަރުވެސް އިހްސާސްކުރެވުނެވެ. އެހައްޤު ނަކީލްއަށް ދެން ދެވެން ނެތް އިރު އެގޮތަށް އަތްލުމުން މާޔާ ހިތްހަމަނުޖެހުނެވެ. އެއް އިރެއްގައި ނަކީލްގެ އަންހެނުނަށްވީ ނަމަވެސް މިހާރު އެއީ ދުރުހިލޭމީހެކެވެ. އެެކަން އެހެން ހެދީވެސް […]
“އަހަރެން އެމީހުން ކުރިމަތީ ކައިވެންޏަށް އިންކާރުކުރާނަން.. އެންމެ ރަނގަޅެއްނު އެގޮތް ދޯ؟؟” އައިޒަން ހިނިތުންވެލާފައި އެހެން ބުނީ ޝާމިރާއަށް އެކަމުގައި މޮޅެއްނެތްކަން އިނގޭތީއެވެ. ޝާމިރާ ގޮއްމުށްކަވާލީ އައިރުޅިންނެވެ. އައިޒަން އަކީ ދުވަހަކުވެސް ޝާމިރާގެ އެދުމަށްފުރަގަސް ދޭ ކުއްޖެއްނޫނެވެ. މަރުވާންވިޔަސް ޝާމިރާއަށްޓަކައި މަރުވާނެއެވެ. ނަމަވެސް މިއަދު އެ އުޅެނީ ކީއްވެބާއެވެ؟ ޝާމިރާއަށް ނޭނގޭ ކަމަކީ އައިޒަން ޖާނާއި ފުރާނައިން ޤުރުބާންވާން އޭނާގެ އެހެން އިތުރު އާއިލާއެއް އޮތްކަމެވެ. އެބަޔަކަށްޓަކައި އޭނާ ކޮންމެ ގުރުބާނީއެއްވާންޖެހުނަސް ވާނެކަމެވެ. “ކީއްވެތަ ލަމްހާ އާއި […]
ފުރަތަމަ ފަހަރަށް ސާރާގެ ހަގީގަތް ޒޭނާއަށް އެނގުމުން ސާރާމަތިން ފާޑަކަށް ފޫހިވާންފެށިއެވެ. ވާހަކަ ދައްކާ ހިތް މަޑުމަޑުން ކެޑެމުން ދިޔައެވެ. އަދި ސާރާ ކައިރިއަށް އަންނަ އައުންވެސް މަދުކުރަން ފެށުނެވެ. ސާރާއަށް އެކަން ފާހަގަ ވިޔަސް ހެޔޮކަމަށް ޒޭނާއަށް ދިޔައީ އެކަންތައް ހިތާ ދެކޮޅަށް ނަމަވެސް ކުރެވެމުންނެވެ. ކަމެއްފާހަގަ ކުރެވިގެން ސާރާ ސުވާލެއް ކޮށްފިނަމަ އެސުވާލަކަށް ޖަވާބު ދިނުމަށް ޒޭނާ ހުރީ ފުރިހަމައަށް ތައްޔާރުވެސް ވެގެންނެވެ. ނަމަވެސް ސާރާއަށް ސުވާލެއް ކުރަން ކެރޭނީ ވެސް ކޮންހައިސިއްޔަތަކުން ހެއްޔެވެ؟ […]
އެންމެ ފަހު ގަޑި ކިޔަވާ ނިމޭއިރަށް އަވްލީން ފޮތްތައް ނަގައިގެން ހިނގައިގަތީ އަވަހަށް ގެއަށްދާށެވެ. ނަމަވެސް ދޮރާ ހަމައިން މަޑުކޮށްލެވުނީ ދޮރުމަތީގައި މަޑުކޮށްގެން ހުރި މޯޑް ފެނިފައެވެ. ” ހައި ސްވީޓީ.. ހާދަ އަވަހަކަށް ދާން ތިއުޅެނީ.. މަ ސްކޫލަށް ނާންނާތީ ވަރަށް ދެރަވެފަ ދޯ ތިހުންނަނީ.. އަސްލު ސްކޫލަށް އަންނަ ހިތެއް ނުވޭ.. އެކަމަކު މަގޭ ހިތުގެ ރާނީ ފެނޭތޯ މިއައީ…”މޯޑް ވާހަކަ ދައްކަމުން ކުރިއަށް ޖެހޭވަރަކަށް އަވްލީން ފަހަތަށް ޖެހެމުންދިޔައެވެ. ” ހޭ މޯޑް.. […]
ދުވަސްތައް ފާއިތުވަމުން ދެއެވެ. އާދައިގެ މަތިން މިއަދުވެސް އޮފީސް ނިމުމާއިއެކު، ޝިއުރީ ނުކުތީ އަވަހަށް ގެއަށް ދިއުމަށެވެ. އޮފީހުން ނުކުމެ މަގުގެ ދެ ފަރާތް ބަލައިލި، ޝިއުރީގެ ފިޔަވަޅުތަކަށް ހުއްޓުން އެރީ، މަގުގެ ހުޅަނގުކޮޅުން ފެނުނު މަންޒަރަކުންނެވެ. މިޝަލަށް އޮފީހުން ނުކުމެވުނީވެސް ޝިއުރީ، އެގޮތަށް ހުއްޓުން އަރާފައި ހުއްޓައެވެ. ___________________________________ ޝިއުރީއަށް ވީ ގޮތެއް ނޭނގިފައިހުރި މިޝަލް، މަގުގެ ހުޅަނގު ފަރާތަށް ބަލައިލީ އޭނާގެ ނަޒަރު އެ ދިމާއަށް ހުއްޓިފައި ވުމުންނެވެ. ޝިއުރީއަށް ވީ ގޮތް […]