“ޝައިމް” މަލަކާ ޝައިމްއަށް ގޮވާލިއެވެ. “މަލަކާ، އަހަރެން ވަރަށް ލޯބިވޭ.. މަލަކާ އަހަންނާއި ދުރަށް ނުދައްޗޭ.. އަހަރެންގެ ލޯތްބަށް ނޫނެކޭ ނުބުނައްޗޭ” މަލަކާއަށް އިތުރު ބަހެއް ބުނެވުމުގެ ކުރިން ޝައިމް މަލަކާގެ ތުންފަތް މަތީ ޝަހާދަތް އިގިލި ޖައްސާލަމުން ބުނެލިއެވެ. ބޭގަރާރުވަމުން ދާ ހިތުގެ އާދޭސްތައް އިއްވަމުންނެވެ. ދެމީހުންގެ ނަޒަރު ސީދާކުރަމުންނެވެ. އަނެކާއަށް ހިތުގެ ޝަކުވާތައް އިއްވަމުންނެވެ. އިރުކޮޅަކު އެހެން ހުރުމަށްފަހު މަލަކާ އިސްޖަހައިލިއެވެ. އަދި ޝައިމްގެ މޭގައި މަޑުމަޑުން ބޯއަޅާލިއެވެ. ލޮލުން އޮހިގަތް ކަރުނަތައް ފޮރުވަމުންނެވެ. […]
ލޯބިވެސްވީމޭ އިތުބާރުވެސް ކުރީމެވެ. ބުނި ކޮންމެ އެއްޗެއް ދެވަނަ ބަހަކަށް ނުގޮސް ޤަބޫލްކުރީ ލޯބިވާލެއް ބޮޑުކަމުންނެވެ. ބޭވަފާތެރިއެއްނުވަމެވެ. އޮޅުވައެއްވެސް ނުލަމެވެ. ތަޤުދީރުގެ ކުޅިގަނޑުގައި ޖެހި ދިރިއުޅުމުގެ މިސްރާބު ގެއްލުނީއެވެ. އޭރުވެސް އަދި މިހާރުވެސް ލޯބިވަނީ ހަަމަ ތި ޒިދާން ދެކެއެވެ. އަދި ލޯބިވާނީވެސް ތި ޒިދާން ދެކެއެވެ. އަހަރެމެންގެ ލޯތްބައްއެޅިގެން ދިޔަ ހުރަސްތައް ދެނިވޮޑިގެންވާނީ އެންމެ ފަރާތެކެވެ. އެތަކެއް ހުރަސްތަކަކަށްފަހު ނާކާމިޔާބުވީއެވެ. މަޖުބޫރުވީއެވެ. ……………………………………………………. މަޖުބޫރު މިލަފްޒް އަޑުއިވުމުން އަހަރެންގެ ކައިރިއަށް އަންނަނީ ހިންޏެވެ. މީހުން ބުނެ […]
” ކޮބާ ސާރާ ކިހިނެއްވަނީ ” ޒާހިން ސުވާލުކޮށްލިއެވެ. ” ވަރަށް ފައްކާ. ވަރަށް ރީތި. ހީވަނީ ހުރިހާކަމެއްވެސް އޯކޭ ވާނެހެން ” ސިނާން ބުނެލިއެވެ. ” އެވިސްނުމުގައިތަ ތިއުޅެނީ ” ޒާހިން ބުނެލިއެވެ. ” އެއީނު ކަމަކީ ” ސިނާން ހީލަމުން ބުނެލިއެވެ. ” އެވިސްނުމުގައި ހުއްޓަސް ގޯހެއް ނުހަދާތި ” ޒާހިން ބުނެލިއެވެ. ” އަހަރެން ކުރާކަމެއް ކުރާނީ ވަރަށް ވިސްނައިގެން ” ސިނާން ބުންޏެވެ. އަކިޔަލް އޮފީހަށް ނިކުންނަން ފެށިފަހުން ކޮންމެވެސް ވަރަކަށް […]
(އަށް ވަނަ ބައި) ވިއްސައިގެގޮސް ދުރުގައި ހުރި ގާ ފުންޏެއްގެ މައްޗައް އަހަރެން ވެއްޓުނު ކަން އެނގެއެވެ. ދެން ވީގޮތެއް ނޭނގުނެވެ. ހޭއެރި އިރު އަހަރެން އޮތީ ހޮސްޕިޓަލްގައެވެ. ކައިރީގައި ކައިލްއާއި ކައިލްގެ މަންމަ ހުއްޓެވެ. ރޮއެރޮއެ ކައިލްގެ ދެލޯ ހުރީ ރަތްވެ ދުޅަވެސް ވެފައެވެ. “ބަލް. ބަލް…. ޑޮކްޓަރ” އަހަރެން ލޯހުޅުވާލުމާއެކު ކައިލް ތެޅިގަތެވެ. ކައިލްގެ މަންމަވެސް ފުންމައިގެން ތެދުވިއެވެ. އެއާއެކު ޑޮކްޓަރަކާއި ނަރުހެއް އައިސް އަހަރެންގެ ކޮޓަރިއަށްވަނެވެ. “މިސް ބަލްގީޝް. ކޭންޔޫ ހިއަރމީ” ޑޮކްޓަރ […]
“އެ.. އެހެންތަ؟ މަޑުކޮށްލައްޗޭ..” ސީމާ އެހެން ބުނުމަށްފަހު ޖުވައިރިޔާއަށް ފޯނު ދިއްކޮށްލިއެވެ. ތެޅިތެޅި އޮތް ހިތަކާއެކު ޖުވައިރިޔާ އެ ފޯނުގައި ހިފިއެވެ. ފޯނު ކަންފަތުގައި ޖެހުމަށްފަހު އޭނާ މޭޒު ދޮށުގައި ތިބި އަޝްފާން އާއި ސީމާ އަދި ހާރޫންއަށް އަވަސް ނަޒަރެއް ދިނެވެ. އެއަށްފަހު އޭނާ ފޯނު ހިފައިގެން އަވަސް ފިޔަވަޅުތަކެއްގައި ކޮޓަރިއާ ދިމާއަށް މިސްރާބުޖެހިއެވެ. “މަންމާ؟ ކިހިނެއްތަ ވެގެން އުޅެނީ؟ އަޒްކާއޭ؟” ހައިރާންވެފައި ހުރި އަޝްފާން ސީމާ ގާތު އަހާލިއެވެ. އޭރު ސީމާވެސް އިނީ ފާޑަކަށް […]
ލެޕްޓޮޕު ހުޅުވޭތޯ އުޅެއުޅެ ހުޅުވޭ ގޮތެއް ނުވިއެވެ. މަލަކާގެ ހާސްކަން ދިޔައީ އިތުރުވެގެންނެވެ. ދެން ކަންތައް ކުރާނީ ކިހިނެތް ކަމާއި މެދު ވިސްނާލުމުން މޮޅު ހިޔާލެއް ލިބުނެވެ. އެއްމެ މިނެޓެއްވެސް ލަސްކުރުމެއް ނެތި މަލަކާ ލެޕްޓޮޕް އަތަށް ނަގައިގެން ދުއްވައިގަތީ ނިއަމްގެ ގެޔާއި ދިމާލަށެވެ. ނިއަމް އަކީ އައިޓީ ކިޔަވައިގެން ހުރި މީހަކަށް ވުމުން ހައްލުކުރަން އެނގިދާނެ ކަމުގެ އުއްމީދުގައެވެ. އެގެޔަށް ގޮސް މަލަކާ ވީހާވެސް އަވަހަކަށް މައްސަލަ ހައްލުކޮށް ދިނުމަށް އެދުނެވެ.ޝައިމްގެ އެއްޗަކަށް ވުމުން ދެކޮޅު […]
“ނާ ދޭ ފެންވަރާލަން.. ދައްތަ އަރާމްކޮށްލާ… އީއްކޮއަށް މިއެދުނގައި އޮވެވޭނެއެއްނު…” ކުޑަ އެނދެއްގައި ނިދިފައި އޮތް އައިނާ ބާއްވަމުން ޒުހާ ބޮޑު އެނދަށް އިޝާރާތްކޮށްފައި މާރިޔާއަށް ބަލައިލިއެވެ. ޒުހާ އެދެމީހުންވެސް އެގެޔަށް ގެނައީ ފުލުހުންގެ ބެލުމުގެ ދަށުގައި ދެ ހަށިގަނޑުވެސް ވީތީއެވެ. ހެނދުނުގެ އިރާއި އެކު މުޅި ރާއްޖެއަށް އެ ހަބަރު ފެތުރޭނެތީ އެމީހުން އެތަނުން ގެންނަން މަޖުބޫރުވީއެވެ. ނައިނާ ފެންވަރަން ވަނުމުން މާރިޔާ އެނދުގައު އިށީނެވެ. ކުޑަ އެނދުގައި އޮތް ދަރިފުޅު ފެންނަކޮންމެ ފަހަރަކު ނައިނާއާއި […]
ރޭގަނޑުގެ އެންމެ ހިތްގައިމު ވަގުތެވެ. ލޮލުގައި ނިދީގެ އަސްރު ހުއްޓަސް އާޝާ ބޭނުންވީ ފޯނާ ކުޅެލަން އޮންނާށެވެ. އެންމެ ހިތް އެދޭ ޒުވާނާ އައިމަން އާއި ވާހަކަ ދައްކާލުމަށެވެ. އާޝާގެ ހިތުގައި ސިއްރުކުރެވިފައިވާ ލޯބި ހާމަ ނުކުރިޔަސް އައިމަން އަށްވެސް އެކަން އިނގޭކަހަލައެވެ. ކޮންމެ ވަގުތެއްގައި ވިޔަސް އާޝާއި ވާހަކަދެއްކުމަށް މާ އުނދަގޫ ކަމަކަށް ނުހަދައެވެ. ވާހަކަ ދައްކަމުން ދިޔައީ މެސްޖްގެ ޒަރިއްޔާއިން ކަމަށްވާތީ ލޮލަށްބަރުވެ އާޝާ އަށް ނިދިޖެހޭކަށް މާގިނައިރުތަކެއް ނުވިއެވެ. އާޝާ އަށް ކުއްލި […]
އާރިކް، އޭނާގެ ސައިކަލުގެ ފަހަތަށް ޔުމްނާ އަރުވައިގެން ދުއްވާލި ވަގުތު އެ ހިތުގައި އެތަށް ޝުޢޫރުތަކެއް އުފެދެމުން ދިޔައެވެ. ޔުމްނާއާއެކު އޭނާއަށް ހޭދަކުރެވުނު އެއްހަފްތާ އަކީ އޭނާގެ ހަޔާތުގައިވެސް އައި އެންމެ އުފާވެރި ދުވަސްތަކެވެ. ޔުމްނާގެ ސޫރަ ފެނުމުން އެހިތަށް ހަމަޖެހުން ލިބިގެން ދަނީ ކީއްވެގެން ހެއްޔެވެ؟ އޭނާއަށް ޔުމްނާއާ ދޭތެރޭ ކުރެވެމުން ދިޔައީ ދުވަހަކުވެސް އެހެން އަންހެންކުއްޖަކާމެދު ނުކުރެވޭފަދަ އިހުސާސްތަކެކެވެ. ** ** ** ގޭތެރޭގައި އިން ފަރީދު ސިހުނީ އާރިކް އާއެކު ގެއަށް ވަދެގެން […]