Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ދުުރުގައިވިޔަސް…. (37 ވަނަ ބައި)

writer Level 310 Stories100 Comments
October 7, 2017 4 Mins Read
18 Comments

ލޯބިވާ މަންމައާއި މިފަދަ ސުވާލެއްކުރަން ޖެހިލުންނުވާނީ ކާކު ހެއްޔެވެ. އެމަންމަ ނަކީލްގެ އުފާތަށް ފޭރިގަންނާނެކަން އެނގޭނީ ކިހިނެތް ހެއްޔެވެ.  ނަކީލް ބޭނުންވީ އެންމެ ފަހަރަކު މެލިސާގެ ދުލުން އެއަށް ޖަވާބެއް ލިބުމަށެވެ.  ނަކީލްގެ އެސުވާލު ވެގެންދިޔައީ މެލިސާއަށް ބޮމެއްގޮއްވާލުން ފަދަކަމަށެވެ. މީހާ މޫނުން ދާހިއްލާއި ހާސްވެ ކަންބިޑުވާންފެށި މިހާ ތަފްސީލާއި އެކީ ނަކީލް އެހުމުންނެވެ. ނިހާލްއަށްވެސް ހުއްޓުން އަރާފައި ހުރެވުނީ ނަކީލް އެކުރި ސުވާލަކުންނެވެ. މެލިސާއަށް ދެބަފައިންގެ ނަޒަރު އަމާޒުވެފައިވާއިރު   އެ ހިތް ދިޔައީ ފަލީހަތްވާން އުޅޭނީ ބިރުންތެޅެމުންނެވެ.

” މެލިސާ ކީއްކޭތަ ނަކީލް މިކިޔަނީ … އެއީ ތެދުތަ..؟ ” ނިހާލް މެލިސާގެ ދެކޮނޑުގައި ހިފައި ތަޅުވައިގަތީ މެލިސާ ފަރާތްފަރާތަށް ބަލަމުންދާތީއެވެ. ހީވާގޮތުން ހަދާނެގޮތަކާއި މެދު ވިސްނަނީއެވެ. ” ބަލަ ސުވާލެއްކުރަމޭ އެބަ… މިއޮށްހުރިހާ އިރު އަޑުގަދަކޮށްފަ މިހާރު ކީއްވެ ބަހެއްނުކިޔާ ތިހުންނާނީ…” މެލިސާގެ ދެލޮލުން ނިހާލްއަށް ފެންނަމުންދިޔައީ އިންތިހާއަށް ބިރުގެންފައިހުރިކަމެވެ. މެލިސާ ހަނުހުންނަން ފެށުމުން ނިހާލްގެ ރުޅިގަނޑު ދިޔައީ ހައްތަހާވެސް ގަދަވަމުންނެވެ.

” ޑޭޑް… މަންމަގެ ހަނުހުރުން އެސުވާލުގެ ޖަވާބަކަށް ފުދޭ ނޫންތަ… މަންމަ ބުނެބަލަ… އެހެން ކަންތަންކުރަން ނިންމި އިރު ހިތަށްވެސް ނާރާތަ ކުރެވެން އުޅެވުނީ ކިހާވަރެއްގެ ފާފައެކޭ… މަންމަ އެހެން ހެދީމަ މަންމައަށް ހީވޭތަ އަހަރެން މާޔާގެ ހަދާންތަކާ ދުރުވެވޭނެއޭ… މާޔާއާ ނުލައި އުޅެން ފަސޭހަވާނެއޭ.. މަންމަ ދައްކާ މީހަކާ އިންނާނޭ… ނޫން މަންމާ… ތިއީ މަންމައަށް ވީތީ މިއަދު އަހަރެން ހިތާމަކޮށް ލަނދުގަނޭ… މަންމައާއި ބައްޕައާއި ތިއީވެސް ދެޤައުމުގެ މީހުން…ދެން ވަކި އަހަންނާއި މާޔާއަށް މަންމަގެ ހިތްނުރުހެނީ އެހެންވެތަ ހަމަ..މިހާރު އަހަންނަށް ޝައްކު ނަތީޤްގެ މަރުގެ ފަހަތުގައިވެސް މަންމަގެ އަތެއް ވާކަމާއިމެދު..” ނަކީލް ހިތަށްކޮށްފައިހުރި އަސަރެއްގެ ބޮނޑުކަމުން އިތުރަށް ކުރިއަށް ނުގެންދެވި ލޯފޮހެލީ މިވަގުތު ބަލިކަށިވާންބޭނުން ނުވާތީއެވެ. މަންމައާއި މެދު އެހިތުގައިވަނީ ހުސް ޝަކުވާއެވެ. އެއް އިރެއްގައި އެމަންމައަށް ނަކީލްގެ އުފާތަކުގެ ކުރިމަތީގައި އެހެން ހުރިހާކަމެއް އަގެއްނެތް އިރު މިއަދު އެމަންމަގެ ހިތްބަދަލުވީ ކީއްވެހެއްޔެވެ. ” މަންމަ އަހަރެން ދެކެ ލޯބި ނުވޭދޯ އެއްވެސް ވަރަަކަށް…” ނަކީލް އިސްޖެހިފައި ހުރެ ބުނެލިއެވެ.

“ތިހެން ނުބުނޭ ދަރިފުޅާ… މަންމަ  ކީއްކުރަން މަންމަގެ ހުރި ހަމައެކަނި މާމަ ދަރިފުޅަށް އެހެން ހަދާނީ..ދަރިފުޅަށްވެސް ފެނުނެއްނު މަންމަ ނަތީޤް ގެންގުޅުނީ ކިހާލޯބިން.” ނަތީޤްގެ މަރުގެ ތުހުމަތު މެލިސާގެ ބޮލުގައި އެޅުވުން ވެގެން ދިޔައީ މެލިސާއަށް ވަރަށް އަސަރުކުރުވި ކަމަކަށެވެ.

” އޯކޭ… އެންމެނަށްވެސް އެނގޭ މަންމަ މާޔާއަށް ކުރާ ނަފްރަތު.. އޭގެ މާނައަކީ މަންމަ މާޔާ މަރާފާނެއޭތަ..؟” ނަކީލް ކޮށްލި ސުވާލުން މެލިސާއަށް ސިހުންލިބުނީ އަމިއްލަކޮޅު ގަދަވިކަމަށް ހީކޮށްގެން ހުއްޓާ އެހެން ބުނެލުމުންނެވެ. މެލިސާ އެއްޗެއް ބުނަން އަނގަ ހުޅުވާލިއަސް އަޑެއް ނުނިކުތީ ހާސްވެފައިހުރިވަރުންނެވެ. އެ ކަޅު ސިއްރު ބޭޒާރުވެ ޖަލުގެ ތޭރިތަކަށް ދާންޖެހޭ ދުވަސް ކައިރިވީހެއްޔެވެ.

” މެލިސާ ނަކީލް އެކުރާ ސުވާލުތަކަށް ޖަވާބު ދީބަލަ… އަހަރެންގެ ކެތްތެރިކަމުގެ އިމްތިހާންކުރަން ނުޖައްސުވާ ތެދުތެދަށް ޖަވާބު ދީބަލަ” ނިހާލް ހިތްހަމަނުޖެހިފައި ހުރެ ބުނެލީ މަޑުންނެވެ.

“އާން… އާން… އެއީ އަހަރެން ކުރުވި ކަމެއް…  އަހަރެން ލާރި ދިނީ އެ ސުންޕާ އަންހެނާ މަރާލަން… އެ އަންހެނާ އަހަރުމެންގެ ދިރިއުޅުން ނަރަކައަށް ހަދައިފި… ހަމަޖެހުން ގެއްލުވާލައިފި.. މަޔަކާ ދަރިޔަކު ދުރުކުރުވައިފި… އޭނަގެ ވަސްވެސް ފޮހެލަން އަހަރެން ބޭނުންވީ… އެއްފަހަރު ނަކީލްގެ ދިރިއުޅުމުން ފޮނުވާލީމަ ދެވަނަ ފަހަރަށް އަންނަންވެއްޖެ ވިއްޔާ މިތަނަށް… މީހުންނަށް ހަމަޖެހުގެން ނޭވާ ލެވެނީކީއެއްނޫން… ވަޒަނަކުން ޓިއުމަރަކުން މަރުނުވީމަ އެގޮތް އަހަރެން އިހްތިޔާރުކުރީ…. ހެހެހެ… އެކަމަކު އެޔަކުންވެސް އެއަންހެނާއަށް ވީކަމެއްނެތް… ތަަނަކުން ރީތި ފިރިހެނެއް ފެންނަ އިރަށް އެމީހަކު ވާވައްދާ … މިފަހަރު އަހަރެންގެ މި ދެއަތުން އޭނަގެ ދުވަސް ދުއްވާ ނުލިއްޔާ މަށަށް ނުކިޔާނެ މެލިސާއޭ..” މެލިސާ  އަމިއްލައަށް އިއުތިރާފް ވަމުން ދިޔައިރު ނަކީލް ހުރީ ހުއްޓުން އަރާފައެވެ. މަންމަ މިފަދަ ދަށުދަރަޖައަކަށް ވެއްޓުނީ ހަމަ އެހާވެސް ނަފްރަތުކުރާތީ ހެއްޔެވެ. މޮޔައެއްހެން ހީހީފައި ކުރި ކަންތައްކިޔައިދެމުން ދިޔައިރު  ތިމާގެ ދަރިފުޅާއި ފިރިމީހާގެ ކުރިމަތީ އަގުވެއްޓުނުކަމެއް އިހްސާސެއްނުވެއެވެ.

މެލިސާގެ ވާހަކަތަކަށް ހުއްޓުމެއް އައީ ކޯތާފަތަށް އެރި ހޫނު އަތުގެ ހަމަލާއަކުންނެވެ. ކޮލުގައި އެތް އަތުން ފިރުމަމުން ބަލާލީ ގަބޫލުކުރަން ދަތިވެފައި ހުރެއެވެ. ނަކީލްއަށްވެސް ހުރެވުނީ ބަލަހައްޓައިގެންނެވެ. ” މުޑުދާރީކީ މާޔާއެއްނޫން… ސުންޕާއީކީ މާޔާ އެއްނޫން… ތި އަންހެނާ… ކަލާންގެއަށް ބިރުވެތިވުމެއްވެސް ނެތީތަ… ޗީ ޗީ… އަަހަރެން ލަދުވެސް ގަނޭ މިއީ އަހަރެންގެ އަންހެނުންނޭ ބުނަން…” ނިހާލް އައިރުޅިން ހީވަނީ މެލިސާ ފިއްސާލަން އުޅޭހެންނެވެ. ނިހާލްއާއި ދެބަސްވެފައިވީ ނަމަވެސް މިވަރަށް ނިހާލް ރުޅިއައިސް ހުއްޓާ މެލިސާއެއް ނުދެކެއެވެ. އަދު ދުވަހަކުވެސް އޭގެ އިބާރާތުން މެލިސާ ނިހާލްއާއި ވާހަކަ ދައްކާފައި ނުވާތީ ލޮލަށް ކަރުނަޖަމާވާން ކުޑަހިދުކޮޅެއްވެސް ނުނެގިއެވެ.

” ޑޭޑް… އަޅުގަނޑުގެ ސަބަބުން މަންމައާއި ބައްޕަގެ ގުޅުމަށް  އެއްވެސް  ނޭދެވޭ އަސަރެއް ކުރާކަށް ބޭނުމެއްނޫން… އެހެން ވީމަ ބައްޕަ …” ހަޤީގަތުގައި މަންމައާއި ބައްޕަގެ އަރައިރުންފެނި ނަކީލް ހިތުގައިޖެހުނީއެވެ. ވެދިޔަ ހުރިހާކަމަކަށް މާފުކޮށް މަންމައަށް ދެވަނަ ފުރުސަތެއް ދިނުމަށް ވިސްނީ މެލިސާ ކޮންމެވެސް ދުވަހަކުން ބަދަލުވާނެއޭ ހިތައެވެ.

” އުހުން… ބަޅެއްގެ ނިނގޫ ސަންފާ އޮނަކަށް ލައިގެން ތެދުވިޔަސް މީނައެއް ނުވާނެ… ނަކީލްއަކަށް އަޑެއް ނީވޭތަ ދެންމެ ބުނި އެއްޗެއް… އިތުރު މައުސޫމެއްގެ ފުރާނަ ދުއްވާލާތަން ބަލަންތަ ހުންނަން ބޭނުންވަނީ..” ނިހާލް މެލިސާގެ އަތުގައި ބާރަށް ހިފަހައްޓައިގެން ހުރެ ނަކީލްއަށް ބުނެލިއިރު އެއަޑުގައި ހަރުކަށިކަމެއްވެއެވެ.

” ޑޭޑް.. ކިޔާރާ އަކީ މާޔާ… މަންމައަށްވެސް ބައްޕައަށްވެސް ހީވީ ރަގަޅަށް…” ނަކީލް ނިހާލްއަށް އޮޅުންއަރާފައިވާތަން ސާފުކޮށްބުނެދިނެވެ. ނިހާލް އެހެންބުނީ މާޔާ މަރުވީކަމަށް ނިންމައިގެންހެން ހީވާތީއެވެ.

” އޭނގެ މާނައަކީ.. ޝީ ލޮސްޓް ހާ މެމޮރީސް އޭތަ” ނިހާލް ސުވާލުކޮށްލީ މަޑުމަޑުންނެވެ. ނަކީލް ބޮލުގެ އިޝާރާތުން އާއެކޭ ބުނުމުން ނިހާލް  އަލްހަމްދުލިއްލާހި އޭބުނެލެވުނެވެ. މާޔާ ސަލާމަތުން ހުރީތީއެވެ. ނިހާލް މެލިސާއާއި ދިމާލަށް ބަލާލީ ރުޅިވެރިކަމާއި އެކުގައެވެ.

” އަހަރެން ބޭނުމެއްނޫން ދެން ތި މެލިސާއާ އެކީ އުޅޭކަށް.. ތިހިރީ ވަރިކޮށްފަ.. އަހަންނާއި އަހަރެންގެ ދަރިންގެ ހަޔާތަށް ވައި އެޅުނަސް މިއީ ނުބައި މީހެއްކަން އަންގާލާނަން…ދަރިފުޅާ ޕޮލިހަށް ގުޅާ… ބައްޕަ މީ ބައްޕަކަމުގައި ދެކެން ބޭނުންނަމަ އަދި މާޔާ ދެކެ ދަރިފުޅު ކުޑަކޮށްވެސް ލޯބިވާނަމަ މިކަމަށް އިންކާރެއްނުކުރާނެ..” ނިހާލް އެންމެ ފަހުބަސް ވެގެން ދިޔައީ ނަކީލްއަށްވެސް މެލިސާއަށްވެސް ލިބުނު ސިހުމަކަށެވެ. ނަކީލް ފަސްޖެހެވެން ފެށުމުން ނިހާލް މާޔާގެ ލޯބީގެ ހައްޤުގައި އެކަން ކުރަން ބުނުމުން ރޮބޮޓެއް ހެން ފޯނު ނެނގީ ބައްޕަގެ އެދުން ފުރިހަމަ ކުރާށެވެ.

” ނޫން…ނޫން.. ޕްލީޒް ނިހާލް..ނޫން… އައި ލަވް ޔޫ.. ތިހެން ނަހަދާ.. .އަހަރެން ވަރިނުކުރޭ… ތިހެން ނަހަދާ… އަހަންނަށް މާފުކުރޭ…ނިހާލް..” މެލިސާ އަޑުން އަޑުނަގައި ރޮއެ އާދެސްކުރަން ފެށީ ނިހާލްގެ ފައިބުޑަށް ވެއްޓި އިނދެއެވެ. ނިހާލް މޫނު އަނެއް ފަރާތަށް އަބުރައިލީ މެލިސާއަށް ބަލަން އުދަނގޫވުމުންނެވެ.  ދަރިންގެ ހައްޤުގައިވެސް މިނިންމުން ނިންމަން ނިހާލް ބޭނުމެވެ. މެލިސާ ދެކެ ނިހާލްވެސް އިންތިހާއަށް ލޯބިވިއެވެ. އެކަމަކު މިއަދު މެލިސާ އެވަނީ ނިހާލްގެ ކުރިމަތީ އަގުވެއްޓިފައެވެ. ދެން އިތުބާރެއް ނުކުރެވޭނެ ވަރަކަށެވެ.

” ދަރިފުޅާ ނަކީލް… މަންމައަށް މާފުކުރޭ… މަންމައަށް ތިހެން ނުހަދާ.. މަންމަ މުސްކުޅިވެ ގައިބާރުދެރަވީމަ މަންމަ ޖަލަށް ނުލާ … ދަރިފުޅާ އާދޭސްކުރަން… މަންމައަށް ތިހެން ނުހަދާ..” ނިހާލްގެ ފައިބުޑުން ތެދުވެ މެލިސާ ނަކީލްގެ ގައިގައި އެލިގެން އޮވެ ރޮމުންގެންދިޔައީ ހަޤީގަތުގައިވެސް އެކަނިވެރިވެ ބާކީވިކަން އިހްސާސްކުރެވުމުންނެވެ. މެލިސާ ގިސްލަގިސްލާފައި އެހެން ނެެހެދުމަށް ރޮމުން ދިޔައިރު ނަކީލްއަށް އަސަރާއި އެކީ ބެލުނީ ނިހާލްއާއި ދިމާލައަށެވެ. ބައްޕަގެ ފަރާތުން ކުޑަނަމަވެސް އިޝާރާތެއް ފެނޭތޯއެވެ. އެހެން ނަމަވެސް އެއާއި ހިލާފަށް ނިހާލް ސިނޑިން މައްޗަށް އަރައިގެން ދިޔައީ އެތާ މަޑުކުރުމެއް ނެތިއެވެ. ދެލޮލުން ކަރުނަތައް ހިފެހެއްޓުމެއްނެތި އަންނަމުން ދިޔައީ ކުޅަދާނަނުވުމުންނެވެ.

” ދަރިފުޅު.. ތީ މަންމަގެ ރަންދަރި… މަންމަ އަބަދުވެސް އެދުނީ ދަރިފުޅަށް ރަަގަޅަކަށް… މަންމަ ކުރި ކޮންމެ ކަމެއް ކުރީ ދަރިފުޅަށް ރަގަޅަކަށް… މަންމައަށް ތިހެން ނުހަދާ…އާދޭސްކުރަން… މި މުސްކުޅި މަންމައަށް އަޅާލަންވީ ދުވަހު ތިހެން ނުހަދާ… ” މެލިސާ ނަކީލްއާއި ދުރަށްޖެހިލަމުން ބުނެލީ އާދޭހާއި އެކުގައެވެ. ވަރުބަލިވެފައިވާ މީހެއްފަދައިން ފަހަތަށް ޖެހެމުން ދިޔައީ މިއަދު ބޭނުންވި ކަހަލަ އަޅާލުމެއް ނަކީލްގެ ފަރާތުންވެސް ނުލިބުމުންނެވެ. ކަރުނުންފުރިގެންވާ ދެލޮލުން މަންމައަށް ބަލަންހުރީ ކުރާނެ ކަމެއްނޭނގިފައެވެ. ގޮތް ހުސްވެފައިވާ މީހެއްހެންނެވެ. ކުއްލިއަކަށް މެލިސާ މޭގާއި އަތްއެޅީ މެއަށް ތަދެއް އެރުމުންނެވެ. އެތޫނު ތަދާއި އެކު އަޅަމުން ދިޔަ ވޭނަށް ކެތްނުވެ މެލިސާ ވެއްޓެން ދިޔައެވެ. ނަކީލްއަށް މިތަން ފެނި މެލިސާއާއި ދިމާލަށް ދުއްވައިގަނެވުނީ ކިރިޔާއެވެ. ނަކީލް އުގުގައި މެލިސާގެ ބޯ ބާއްވާގެން މަންމައަށް ގޮވަމުން ދިޔައީ ހޭއަރާތޯއެވެ. ” ދަރިފުޅާ މަންމައަށް މާފުކުރޭ… މާޔާވެސް މަންމައަށް މާފުކުރާނެކަމަށް އުއްމީދުކުރަން…މަންމަ..” މެލިސާ މާނޭވާލަމުން ވާހަކަ ދައްކަމުންދިޔަ ގޮތުން ނަކީލްގެ ހިތްފަޅައިގެންދާހާ ވެއެވެ. މެލިސާ ކައިރީ ވާހަކަ ނުދެއްކުމަށް އެދި އަވަހަށް އެންބިއުލާންސް އަށް ގުޅިއެވެ. މާވަރަކަށް ނަކީލް ރޮއެރޮއެފައި ނިހާލްއަށް ގޮވަން ފެށިގޮތުން ނިހާލްވެސް ތިރިއަށް ފޭބީ ހަލުވިކަމާއި އެކުގައެވެ. ތިރީގައި ހަބަރުހުސްވެފައިއޮތް މެލިސާފެނީ ނިހާލްއަށްވެސް ދުއްވައިގަނެވުނީ އެދިމާލަށެވެ.

ހޮސްޕިޓަލްއަށް މެލިސާ ގެނެވި އައިސީޔޫގައި ފަރުވާކުރަމުންދިޔައެވެ. ނިހާލްއާއި ނަކީލްވެސް ހިމޭންކަމާއި އެކީ މަޑުޖެހިފައިތިބީ މެލިސާގެ ހެޔޮހާލުގައި ލެއްވުން އެދި ދުއާ ކުރާހާލުގައެވެ.  އިރުކޮޅެއްފަހުން ޑޮކްޓަރު ނިކުމެ ދިން ހަބަރަކުން ހީވީ ދުނިޔެ އެބުރުނު ހެންނެވެ. ހާޓް އެޓޭކްއެއްޖެހި މެލިސާ މިދުނިޔެ ދޫކުރި ހަބަރުވެގެން ދިޔައީ ދެމީހުންވެސް ރޮއްވާލި ހަބަރަކަށެވެ. އެކަކު އަނެކަކަށް އަމިއްލަ ނަފްސުކުށްވެރިކުރަމުން ދިޔައީ އެގޮތަށް ކަންތައްނުވިނަމައޭ ހިތަށް އަރަމުންދާތީއެވެ. ކިތަންމެ ދެރަވިއެއްކަމަކު މެލިސާވެސް ކަންތައްކުރީ ރަގަޅަކަށްނޫނެވެ. ދެރައީ ތައުބާވުުމުގެ ފުރުސަތެއްވެސް ނުލިބި އެފުރާނަ ވަކިވެ ދިޔައީތީއެވެ. ހިތްވަރުކޮށްފައި މެލިސާގެ ޖަނާޒާ ކަންތައް ނިންމާލެވުނު އިރު ހުރީ ރޭގަނޑުވެފައެވެ. ނަކީލްގެ އެތަކެއް އާދެހަކަށް ފަހުވެސް ނިހާލް ނަކީލްގެ ގެއަށް ދިޔުމަށް އެއްބަސް ނުވީ މަޔާއާއި ކުރިމަތިލާން ނުކެރޭނެއޭ ބުނަމުންނެވެ.  ނަކީލް އެރޭ ބައްޕަގެ ކައިރީ ހޭދަކުރީ ކަރުނަ އަޅާހާލުގައެވެ. ފޯނުން ގުޅާފައި އެހަބަރު ކައިލްއަށް ދިނުމުން ކައިލްވެސް އެހިތާމާއިގައި ބައިވެރިވީ މާޔާއަށްވެސް އެހަބަރު ދިނުމަށްފަހުގައެވެ. މާޔާ ކައިލްގެ ކުރިމަތީ ދެރަވިކަމަށް ނުހެދުނު ނަމަވެސް އެކަނި ވުމުން އެތަކެއް އިރެއްވަންދެން ކަރުނައަޅައި ރުޔެވެ. ނަކީލް ކައިރީ މިވަގުުތު ވުމަށް އެދުނު ވަރެއްވެސް ނޭނގެއެވެ. އެއީ ނަކީލް އަށް އެގެއްލުނީ ނަކީލްގެ ލޯބިވާ މަންމަކަމުގައިވީތީއެވެ. ނަކީލް އަމިއްލަ ނަފްސުކުށްވެރިކުރަމުންދިޔައީ އެންމެ ފަހުވަގުތުވެސް މަންމައާއި މެދު ކަންތައްކުރެވުނުގޮސް ހިތަށް އަރާފައެވެ. އެމަންމަ ކިހާ އާދޭހެއްކުރިހެއްޔެވެ.  ނަކީލްގެ ފަރާތުން އޯގާތެރިކަން ބޭނުންވީވަގުތު ނަކީލްއަށް ނުދެވުނީ ކީއްވެހެއްޔެވެ.

Share Article

Follow Me Written By

writer

Level 310 Stories100 Comments

Other Articles

Previous

ހަވޭލީ

Next

ލޯބިން ހިިނިތުންވެލާށޭ 12

Next
October 7, 2017

ލޯބިން ހިިނިތުންވެލާށޭ 12

Previews
October 7, 2017

ހަވޭލީ

18 Comments!

  1. writer says:
    October 7, 2017 at 5:14 pm

    have a nice day readers… ummeedhu kuran kamudhaane kamah

  2. sana says:
    October 7, 2017 at 5:28 pm

    Nice ???

    1. writer says:
      October 7, 2017 at 6:10 pm

      Thank you

  3. annoying reader says:
    October 7, 2017 at 5:30 pm

    shocked, melisa is dead. i guess she got she deserved for trying to kill innocent people. waiting for the next part. v reethi, nw maya ge full memory gain vaane irehge inthizaruga

    1. writer says:
      October 7, 2017 at 6:09 pm

      Higaa dhw dhn vaagotheh balamaa… dhn othy emme last part kanneyge

  4. ?shi? says:
    October 7, 2017 at 5:35 pm

    haadha kurey mi part
    Bt nice

    1. writer says:
      October 7, 2017 at 5:58 pm

      Ehntha Thank you… i ll try maadan upload kureveytho

  5. nikko says:
    October 7, 2017 at 5:39 pm

    Mi site ge varah baivaru story kiyaifin.. try kuran beynun story ah liyan 2013 in feshigen miadhaa hama yah nukiyaa vaahakeh nyhnaaneh . Bt comment nukoh hureh faaneh. I need help to write story . KiHineh hadhaany

    1. writer says:
      October 7, 2017 at 5:51 pm

      Furathama jeheyny register kuran… menu ga inaane e option… dhn e ysername snd password beynun kohgen u can write stories..for that dhaan jeheyny add post ah dhn liyefa publish kuran v… suwaaleh othiya nikko hama kuran v… hope to read a story from u soon

  6. Maiii says:
    October 7, 2017 at 5:42 pm

    Wwooowww… ?this stry is just awesome…hardly waiting for next prt…

    1. writer says:
      October 7, 2017 at 5:56 pm

      Thank you… i ll try maadan upload kureveytho… dhn inaany emme last part hen heevany… not sure

  7. Yum says:
    October 7, 2017 at 5:58 pm

    V reethi mi part ves waiting……….?????

  8. binnu says:
    October 7, 2017 at 6:01 pm

    Vvvvv nice

    1. writer says:
      October 7, 2017 at 6:12 pm

      Thanks

  9. khajja says:
    October 7, 2017 at 7:10 pm

    Ohh I’m socked ??maleesha is dead?? kykkuraany maraky evves myhakah baaru foaruveyne eh chennoon anyway stry v v v cute whn nxt prt avaskolladhybala plx??❤❤???????????

  10. $JK..KOREAN says:
    October 7, 2017 at 7:32 pm

    woww amazing.. whn nxt part.. loved this story.. 😀

  11. Xxxx says:
    October 7, 2017 at 9:38 pm

    This story iz just amaazing ????? wonderful twists n ol…v.nice..story nimenee dhooo….???keep it up

  12. any says:
    October 8, 2017 at 6:52 am

    Mee miharuge enme reeth storie

Comments are closed.


All Right Reserved!