Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ޢެދެމޭ އުފާ….(27)

Dhippi Level 4100 Comments10 Stories
October 6, 2017 7 Mins Read
68 Comments

ގަޑިން އަށެއް ޖެހުމާއެކު މުހައްމަދު ހުރީ އަލްޔާ ބަލާ އައިސްއެވެ. އިދުރީސް އަންގާފަ އޮތީ އަށެއް ޖަހާއިރު އަލްޔާ ގެނެސް އޭނަގެ ކޮޓަރިއަށް ލުމަށެވެ. އެހެން ކަމުން އެ ގަޑިއަށް މުހައްމަދު އަތުވިއެވެ. އޭނަ އައި އިރު ވެސް އަލްޔާ ނުގެންދެވޭނެ ކަން އޭނަޔަށް އިނގެއެވެ. އެހެން ނަމަވެސް އޭނަގެ ވާޖިބު އަދާ ކުރުމަކީ ކުރަން ޖެހޭނެ ކަމެއް ވިއްޔާއެވެ. “އިދުރީސް ބުނެގެން މިއައީ…” އެތެރެއަށް ވަނދެ ބުނެލިއެވެ. “ހެހެ… ބަރާބަރު! މުހައްމަދުބެގެ މަސައްކަތް ވަރަށް ފުރިހަމަ، ދެން ގޮސް ބުނޭ އަލްޔާ ވެއްޓި އެކި ތަންތަން މަށައިގެން ގޮސްފައޭ އޮތީ… އޭނަޔަކަށް ހިރިލެވޭ ވަރު ވެސް ނުވެޔޭ…” ހެމުން ހެމުން ޒިއާދާ ބުނެލިއެވެ. “ހެހެ… އަދި އެއްވާހަކަ އަހަރުން ޕުލޭން ކުރި ގޮތަށް ފަހަރެއްގައި ނުވެދާނެ، ކުރަން ޖެހޭ މަސައްކަތް ވެސް އުނދަގޫ ވެދާނެ މިރޭ ކޮންމެވެސް ވަރަކަށް ގާޑުން އެބަތިބި އެހެން ރޭރޭގަ ނުހުންނާތީ މުހައްމަދުބެ ހީކުރީ މިރޭވެސް ނުތިބޭނެ ކަމަށް އެކަމަކު ދެތިން މީހަކު އެބައުޅޭ” މުހައްމަދު އޮޅުން ފިލުވައި ދިނެވެ. މުހައްމަދު އެހެން ބުނުމާއެކު ހުރިހާ ކުދިން މިލާމޯޅިވިއެވެ. “ދެން ކިހިނެއް ހަދާނީ؟” ޒިއާދާ ދެރަވެފަ ބުނެލިއެވެ. “މުހައްމަދުބެއަށް ކުރެވުނު ހުރިހާ މަސައްކަތެއް ކުރާނަން ތިކުދިން ތައްޔާރަށް ތިބޭތި! އިހަށް ގޮސްލާނަން އަލްޔާ ބަލިވާހަކަ ބުނަން ވާނެއްނުން…” އެހެން ކިޔާފަ މުހައްމަދު ދިޔައީ އަލްޔާ ބަލި ވާހަކަޔާ ނާދެވޭނެ ވާހަކަ ބުނާށެވެ. ” އަލް ހިތްވަރު އެލުވާ ނުލާތި! ރަނގަޅު ވާނެ އިރާދަ ކުރެއްވިއްޔާ މިފަހަރު އަހަރުންނަށް ކާމިޔާބު ވާނެ… އަލް ތިއޮތް ގޮތަށް އޮންނާތި ނުތެދުވާތި އެ ޖަނާވާރު އައިސްދާނެ ހަމަ ލޮލަށް ބަލަން ވެސް!” އެހެން ކުދިންނަށް ހިތްވަރު ދެމުން ޒިއާދާ ބުނެލިއެވެ.

އަލްޔާ ބަލިވާހަކަ ބުނުމާއެކު އިދުރީސް ދިޔައީ ރުޅިއައިސް ރަތް ވެގެންނެވެ. “ތިދެން ކިހާ ބޮޑު މުސީބާތެއްތަ؟ އޭނަގެ ފަރާތުން އެއްވެސް ފާއިދާއެއް ނުވޭ އަދިއެއް ހާދަ ގިނަ ލާރިއެއް ދީފައޭ މަ އޭނަ ގެނައީ ކަލޭ ދައްކާ ވާހަކައެއް މަ ގަބޫލެއް ނުކުރާނަން… މަބޭނުން ހަމަ ލޮލަށް ބަލަން” މުހައްމަދުބެއާ ދިމާލަށް ރުޅި އައިސްގެން ހަޅޭއްފަޅޭއް ޖަހަމުން އިދުރީސް ގޮސް ވަނީ ސީދާ އަލްޔާ އުޅޭ ކޮޓަރިއަށެވެ. އޭނަ ހަޅޭއްލަވަމުން އަންނަ އަޑަށް ހުރިހާ ކުދިން ވެސް ސައްލާ ކުރަން ތިބެފަ އެކި ކުދިން އެކި ކަންތަކުގަ ޝާމިލް ވެގަތެވެ. އަލްޔާ އޮތީ މަރުވެފަ އޮތް މީހެއްހެން، ދެލޯ މަރާ ތަގުޅި ކޮށްގެން ނިދާ ކަމަށް ހެދިގެންނެވެ. “ކޮބާތަ އެ އަލްޔާ؟” އެތެރެއަށް ވަން ގޮތަށް އަޑުގަ ނެތްވަރަށް ބާރު ލައިފަ އިދުރީސް އަހައިލިއެވެ. “އެއޮތީ..!” ބިރުން ތިބެ އަލްޔާ އޮތް އެނދާ ދިމާލަށް އިނގިލި ދިއްކުރަމުން ހުރިހާ ކުދިން އެއްފަހަރާ ދައްކާލިއެވެ. އިދުރީސް މަޑު ކުރުމެއް ނެތި ގޮސް ހުއްޓުނީ އަލްޔާ އޮތް އެނދާ ދިމާލަށެވެ. ” ކީއްވެތަ އަލްޔާ ވެއްޓުނީ؟، ހާދަ ބޮޑު ވަރުވެފައޭ އެއޮތީ!” ކިތަންމެ ރުޅި އައިސް ހުއްޓަސް އަލްޔާއަށް ވެފަ އޮތް ވަރު ފެނުމުން އިދުރީސް އަހައިލިއެވެ. “ފާހަނަޔަށް ވެއްޓުނީ، އަލްޔާ ބުނީ ކައްސާލީޔޯ…” މަޑު މަޑުން ޒިއާދާ ބުނެލިއެވެ. “ކަލޭމެން މައިތިރި ވެގެން ނުތިބޭ ވިއްޔާ! ވާވަރު އަދި ކުޑައެއްނުން މުހައްމަދު މިތަނުން ހަތަރު ވަރަކަށް އަންހެން ކުދިން ގެނޭ މަގޭ ކޮޓަރިއަށް… މިރޭ ބޮޑު ލަނޑެއް ނޫން މިލިބުނީ!” އެތާ ތިބި އަންހެން ކުދިންނާ ދިމާލަށް އެހެން ބުނެފަ ހަތަރު ކުދިން ގެންނަން ބުނެފަ އިދުރީސް ދުން ޖަހާފަ ހިނގައްޖެއެވެ. އިދުރީސް ދިއުމާއެކު ހުރިހާ އަންހެން ކުދިންތަށް ފެށީ ޕަކަ ޕަކަ ލާފަ ހޭންށެވެ. ހޭނެތާއެވެ. މިފަހަރު އެކުދިންގެ މަގުސަދު ހާސިލް ވާނެ ކަމުގެ ސިގުނަލް ފެނުނީ ވިއްޔާއެވެ. “ހޫމް… ދެންވެސް އަވަސް ކޮއްބަލަ ކޮންބައެއްތަ ދާނީ؟” އިތުރު ވަގުތު ނަގާލަން ބޭނުން ނުވާތީ މުހައްމަދު ބުނެލިއެވެ. އޭނަވެސް ބޭނުން ވަނީ ވީހާ އަވަހަކަށް އޭނަގެ މަސައްކަތް ނިންމާލާށެވެ. “އޯކޭ! އޯކޭ… މަށާ ޖީޒް އާ ފަރީ އާ މައިއާ ދާނީ…” ޒިއާދާ ވަގުތުން ބުނެލިއެވެ. “ތިއީ އެންމެ ރަނގަޅު ގޮތް… އަވަސްކޮއްލައިގެން ހިނގާ ދާން އޭރުން އަވަސް ވާނީ!” މުހައްމަދު ބުނެލިއެވެ. “ހިނގާ ދާން އަހަރުން ރެޑީ..” ޒިއާދާ ބުނެލިއެވެ. “ބުނަން، ތިމީހުން ހަނދާންކޮށް ޅަ އެއްޗެއް ނާޅާތީ ހަމަ ޖެހިގެން އަވަހަށް އަލްޔާ ބޭރު ކުރާތި!” ނިކުންނަމުން ޒިއާދާ ބުނެލިއެވެ. ޒިއާދާމެން ނިކުތުމާއެކު އަލްޔާ ފުއްމާފަ އެނދުން ތެދުވިއެވެ. އަދި އޭނަގެ ފޮށި ނަގާ އެގެއިން އޭނަޔަށް މުހިއްމުވާ ބައެއް ކަރުދާސް ތަކެއް ނަގާ އަވަހަށް ތައްޔާރު ވެލީ އެތަނުން ނިކުތުމަށްޓަކައި މަސައްކަތް ފަށާށެވެ. ޒިއާދާމެން އިދުރީސްގެ ކޮޓަރިއަށް ލުމަށް ފަހު އަވަހަށް މުހަމްމަދު ދިޔައީ އެތާތިބި އައުވާނުންގެ ހާލަތަކީ ކޮބާތޯ ބަލާށެވެ. އެމީހުންގެ ހަރަކާކަތްތައް ހުރި ގޮތެއް ބަލާފަ ނޫނީ އިތުރު ފިޔަވަޅެއް އަޅާކަށް އޭނަޔަކަށް ނުކެރޭނެއެވެ.

“ސުހޭލްއަށް އަޑުވެސް އިވިފަ ހަމަ ނެތީތަ؟ އެ އިދުރީސް އެއްގެ ނަންވެސް..!” ހައިރާންވެފަ މާކިން އަހައިލިއެވެ. “އާއެކޭ… މަ އަނެއްކޮޅުން ވަރަށް އާ އަދި މިކަމަށް” ސުހޭލް ބުނެލިއެވެ. “ދެން ކިހިނެއްތަ މިކަން ކުރާނީ؟” ވިނާން ހާސްވެފަ އަަހައިލިއެވެ. ވިނާން ކައެ ހާސް ނުވޭ މަ އަލަކަސް އެތާ އެބަ ތިބި ތިކަމުގެ ތަޖުރިބާ ހުރި މީހުން! މަ އެބަބަލަމޭ…” ވިނާން ހާސްވެފަ ހުރުމުން ސުހޭލް ބުނެލިއެވެ. “އޭގެ މީހެއްގެ ފޮޓޯ ގަނޑެއްހާ ވަރު ހުރި ނަމަވެސް ތަން ކޮޅެއް ފަސޭހަވާނެ އެވަރު ވެސް ނެތް ވިއްޔާ… ކަލޭމެން ތި ގޮލާގެ ނަން ހޯދި ގޮތަށް ފޮޓޯ އެއްވެސް ލިބޭތޯ ބަލާބަލަ” ސުހޭލް ބުނެލިއެވެ. ވިނާންމެން އަތުގަ ހުރި ވީޑިއޯއެއްގެ ވާހަކަ އެއްގޮތަކަށް ވެސް ސުހޭލް ކައިރި ބުނާކަށް އެމީހުން ބޭނުން ނުވެއެވެ. ސަބަބަކީ އަފީފާ ކިތަންމެ ގޯހަސް އޭނައަށް ދެރައެއް ލިބެން ވިނާން ނޭދޭތީއެވެ. އަނެއްކޮޅުން އެމީހުންނަށް އެހެން މީހުން ކުރާ އިހުތިރާމް ގަދަރު ގެއްލިގެން ދާކަށް ވިނާން ނޭދެއެވެ. ކުށް ކުރި މީހަކީ މަންމައެވެ. ބަދުނާމުވެ އެެހެންމީހުންގެ އިނގިލި ދިއްކުރާނީ ކުށެއް ނުކުރާ ބައްޕަޔާ ދިމާލަށެވެ. އެހަންވީމަ މަންމަ ކުރި ނުބާ ކަމަކުން ބައްޕަގެ ނަން ކިލަނބު ވާކަށް ވިނާން ނޭދެއެވެ. “އަހަރުން އެބަ ބަލަމޭ ފޮޓޯއެއްވެސް ލިބޭތޯ… ދޯ ވިނާން؟!” ވިނާންއަށް ދޯ ދެމުން މާކިން ބުނެލިއެވެ. “އާ… ތިކަން ވެސް ކުރާނަން އަދި އިރާދާ ކުރެއްވިއްޔާ މިކަން ކާމިޔާބު ވާނެ!” ޔަގީން ކަމާއެކު ވިނާން ބުނެލިއެވެ. މީހުން ކުރިމަތީގަ ކިތަންމެ ގަދަބެ ވެގެން އުޅުނަސް ވިނާންގެ ހިތް ހީވަނީ ފަޅައިގެން ގޮސްދާނެ ހެންނެވެ. އަލްޔާގެ ހާލެއް ނޭނގޭތީ ވިނާން ހުންނަނީ ނެގިމަޑުވެ އާވާރާއެއް ހެންނެވެ. އެކަމަކު ރައްޓެހިން ކުރިމަތީ އުޅެނީ ވަރަށް ހިތްވަރު ކޮއްގެނެވެ. “އެ ގުޅަނީ އޮފީހުން މަ ނައްޓާލީ ހަބަރެއް ކޮއްލާނަން…” ސުހޭލްގެ ފޯނަށް ފޯނެއް އައުމުން އޮފީހުން ގުޅީ ކަމަށް ބުނެ ސުހޭލް ހިނގައްޖެއެވެ. މާކް ދެން ކިޔާބަލަ ގޮތެއް، މަ މިހެން ހުރެ ހަނާ އޭ މިވަނީ!” ސުހޭލް ދިއުމާއެކު ވިނާން ބުނެލިއެވެ. “ބުރަދާރ… މަ ހަނާ ނުވިއެއް ކަމަކު މަވެސް ހަމަ ތިޔަފަދަ މަވެސް ހާދަ މަސައްކަތެއް އެބަ ކުރަމޭ…” މާކިން ދެރަވެފަ ބުނެލިއެވެ. “އިނގެޔޭ މާކު މަސައްކަތް ކުރާކަށް އެކަމަކު ހަމަ ހިތް އަވަސް ވާތީ ކިޔެނީއޭ” ވިނާން މަޑު ހިނިތުން ވުމަކާއެކު ބުނެލިއެވެ. “މިހާލް ބުނި ވަރަށް އަވަހަށް މާލެ އަންނަ ވާހަކަ މަންމަވެސް ރަނގަޅޯ ބުނީ!” ވިނާން ބުނެލިއެވެ. “މަށަށް ވެސް ގުޅި… މަގޭ ކައިރީގަ ވެސް ބުނި އަންނަ ވާހަކަ، ޝިޓް! އަދި ކިރިޔާ މި ހަނދާން ވީ ލީޒާ ފުރާ ގަޑި އެޖެހެނީ އޭނަ ފުރުވަން ނުގޮސް ފިއްޔާ ހަ ކަންތަކާ ޖެހޭނެ ހިނގާ އަވަހަށް ނައްޓާލަން…” ވާހަކަ ދައްކަމުން ގޮސް ކުއްލިއަކަށް ހަނދާން ވުމުން ފުއްމާފަ ތެދު ވަމުން މާކިން ބުނެލިއެވެ. “އެހެންތަ؟ ކީތް ކުރަންތަ؟” ވިނާން ހައިރާންވެފަ އަހައިލިއެވެ. “އޭނަ ޑޮކްޓަރަށް ދައްކަން ދަނީ، ވީކަކަށް އެދަނީ” އޮޅުން ފިލުވާ ދެމުން މާކިން ބުނެލިއެވެ. އެހެން ކިޔާފަ ބިލަށް ފާއިސާ ދެއްކުމަށް ފަހު ދެމީހުން ވެސް ނިކުތީ އަވަހަށް ގެއަށް ދިއުމަށެވެ. ލީޒާ އަކީ މާކިންގެ ކޮއްކޮކަން ވިނާންއަށް އެނގުނީ ތިލަފުއްޓަށް ކުރި ދަތުރުގެ ފަހުންނެވެ. ވިނާންއާ މާކިން އާ ކިތަންމެ ގާތަކަސް އެގެއަށް ގޮސް އުޅޭ މީހެއް ނުން ކަމުން ނޭނގޭނެތާއެވެ.

“ޖަޔާ މާދަން ބޭބެ އެބަޖެހޭ ފުރަން… ބޭބެގެ ބޭގު ޕެކު ކޮއްލައްޗޭ” ކާމޭޒު ދޮށުގައި ހުރެ ސައުދު ބުނެލިއެވެ. އެއަޑު އިވުމުން އަފީފާއަށް ހީވީ އޭނަގެ މޭމައްޗަށް ފެން އެއްޗެއް އޮއްސާލި ހެންނެވެ. ވާނީ އެހެން ނޫން ހެއްޔެވެ. މިވީހާ ތަނަށް ސައުދުގެ އެފަދަ އެއްވެސް ކަމެއް އެހެން މީހަކުގެ އަތުން ކުރުވާކަށް އަފީފާ އެ ފުރުސަތެއް ނުދޭ ވިއްޔާއެވެ. އެކަމަކު އޭނަޔަށް ކުރެވުނު ކުށަކުން ވަނީ އެހުރިހާ ކަމެއް އަތުން ބީވެފައެވެ. ގިނަ ފަހަރު ސައުދު އެހެން ކުރާ ދަތުރު ތަކުގަ ދާނީވެސް އަފީފާ ގޮވައިގެންނެވެ. އެކަމަކު މިފަހަރު ސައުދު ދަނީ ވެސް އެކަންޏެވެ. އެކަންވެސް އަފީފާއަށް ވީ ބޮޑު ވޭނަކަށެވެ. ކުރާނެ ކަމެއް ނެތެވެ. އެހުރިހާ ކަމަކީ އޭނަ އަމިއްލަޔަށް ހޯދި ގޮއްވިއްޔާއެވެ.

އަފީފާއަށް ޖެހޭނީ ކޮންމެ ގޮތެއް ވިޔަސް ފިއްތާލައިގެން ހުންނަން ކަމުން ކިތަންމެ ދެރަވިޔަސް އެނޫން ގޮތަށް ނެތީމަ އަފީފާ ހުރިީ ހަޖަމު ކޮއްލައިގެންނެވެ. އެވަގުތަކީ ވިނާން ވެސް ބޭރުގަ އުޅެފަ ގެއަށް އައިސް ވަން ވަގުތު ކަމުން އޭނަވެސް އަވަހަށް ދިޔައީ ބައްޕަ ކާން ހުންނާނެ ކަން އިނގޭތީ ކާހިތް ނުވިއެއް ކަމަކު ބައްޕާޔާ އެކު އެއް ސުފުރާއެއްގަ އެއްޗެއް ކެވޭތޯ ބަލާށެވެ. “އަހަ ދަރިފުޅު ނުފެނިގެން އުޅެނިކޮށޭ ތިއައީ އަވަހަށް އިށީނދބަލަ ދަރިފުޅާ” ވިނާން އައިސް ކާމޭޒު ދޮށަށް ހުއްޓުމާއެކު ސައުދު ބުނެލިއެވެ. “އެހެންތޯ ބައްޕާ އަޅުގަނޑު މިއައީ ރައްޓެއްސަކާއަކު ކޮފީއެއް ވެސް ބޮއެގެން އަކަމަކު ބައްޕަޔާ އެކު ކުޑަ ގޮތެއް ހަދާލައިފާނަން…” ތަށި ކައިރި ކުރަމުން ވިނާން ބުނެލިއެވެ. “ކޮބާތޯ ވަޒޫ؟” ވަޒުނާ ފެންނަން ނެތުމުން ވިނާން އަހައިލިއެވެ. އޭރު ވެސް އަފީފާ ހުރީ ފެންކަޅިވެފަ އެދެބަފައިން ވާހަކަ ދައްކާތަން ބަލައިގެންނެވެ. މިހާރު އެ ގޭތެރޭ އެއްވެސް ކަމަކާ ގޮތް ކިއުމަކީ އަފީފާއަށް މަނާ ކަމެކެވެ. އެއީ ސައުދު އޭނަޔަށް އަންގާފަ އޮންނަ ގޮތެވެ. އެހަން ކަމުން އެގޭ ތިންބަފައިން ކޮންމެ ވާހަކަ އެއް ދެއްކިއަސް އަފީފާ ހުންނަން ޖެހޭނީ ހިތްދަތި ކަމާއެކު ބަލާށެވެ. “ވަޒޫ ދިޔައީ އޭނަގެ ރައްޓެހި ކުއްޖެއް ގެއަށް…” ސައުދު ބުނެލިއެވެ.

“ދަރިފުޅާ ބައްޕަ މިއުޅެނީ މާދަން ފުރަން ވެގެން ކޮންމެހެން ވެސް ބެންކޮކަށް ދާން އެބަޖެހޭ އެހެންވީމަ ދަރިފުޅު ވާނެ މި ދެތިން ދުވަހު ތަން ކޮޅެއް ރަނގަޅަށް އޮފީސް ބަލަން… އާ ދެކުދިން ވެސް މިހާރު ތިބޭނެ، މިހާރު ކަރަމް ކިޔާ ސޮރެއް އުޅޭނެ އޭ ވަރަށް މަސައްކަތަށް ބަރާބަރު ސޮރެއް ދަރިފުޅު އަދިވެސް އިތުރަށް އެސޮރަށް ކަންތައްތައް ކިޔާލަދޭތި ބައްޕަ ވެސް ވަރަށް ކިޔާދެން!” ސައުދު އޮޅުން ފިލުވާ ދިނެވެ. “ލައްބަ ބައްޕާ އަޅުގަނޑު ބަލާނަން… ވަރަށް ދެރަވޭ މިހާރު އޮފީސް ކަންތައް ބައްޕަ އެކަނި ކުރަން ޖެހޭތީ!” ވިނާން ދެރަވެފަ ބުނެލިއެވެ. “ހެހެ… ދަރިފުޅު ތިކަމާ ނުވިސްނާ ބައްޕަޔަށް އިނގޭ ދަރިފުޅުގެ ހާލަތު އެހެންވެ ބައްޕަ އެހެނެކޭ ނުކިޔަމެއްނުން އެހެން ނޫނަސް ދަރިފުޅުމެންނަށް ލިބިފަ މިހިރަ އަމަޔަކީ ދަރިފުޅުމެންގެ ހަލާކު ވިއްޔާ” ވިނާންއާ ވާހަކަ ދައްކަމުން އަފީފާޔާ ދިމާލަށް އެއްޗެއް ނުބުނެ ނުހުރެވިގެން ސައުދު ބުނެލިއެވެ. ސައުދު އެހެން ބުނުމުން އަފީފާ ރޮމުން ރޮމުން ހިނގައްޖެއެވެ. “ބައްޕާ ތިހާވަރަށް މަންމަ ދެރަކުރާކަށް ނުވާނެއް ނުން!” ވިނާން ދެރަވެފަ ބުނެލިއެވެ. ހަގީގަތުގައި ވެސް އަފީފާ ކިތަންމެ ގޯސްކޮށް ކަންތައް ކުރިއަސް އޭނަ ދެރަވެފަ ހުންނަ ތަން ފެންނާތީ ވިނާން ވަރަށް ދެރަވެއެވެ. “ދަރިފުޅާ ބައްޕަ ވެސް ބޭނުމެއް ނޫނޭ މަންމަ ދެރަ ކުރާކަށް… އެކަމަކު ބައްޕަ މިއުޅެނީ އެ މަންމައަށް އެއްޗެއް ވިސްނޭތޯ ދެން އެކަހަލަ ކަމެއް ނުކުރޭތޯ…” ސައުދު ދެރަވެފަ ބުނެލިއެވެ. ހަގީގަތުގައި ސައުދު ވެސް އެހެން ކަންތައް ކުރަންވީމަ ދެރެވެސް ވެއެވެ. އެކަމަކުވެސް އަފީފާ އިސްލާހުވޭތޯ އެހުރިހާ ކަމެއް ވެސް ކުރަނީއެވެ. ސައުދު އާ ވިނާން އާ ދެބަފައިން އެތައް އިރަކު ވާހަކަ ދައްކަން ތިބެފަ ދިޔައީ ބޭރަށެވެ. އަފީފާ އޮންނާނީ ރޯންކަން އެނގި ހުރެ ވެސް އަޅާލުމެއް ނެތިއެވެ.

“އަލްޔާ އަވަހަށް އާދޭ… އަވަސް! އަވަސް! ދޮރު ގާޑުން ވެސް ވަނދެއްޖެ އިދުރީސް ކޮޓަރިއަށް މަށަށް ހީވަނީ ބޮޑު ރޭއެއް ހެން މިއީ! އެންމެ ސިކުންތެއް ވެސް ލަސް ނުކޮށް އަވަހަށް ހިނގާ…” މުހައްމަދު ތެޅެމުން ފޮޅެމުން އައިސް ބުނެލިއެވެ. އަލްޔާ ވަގުތުން މުހައްމަދުގެ ފަހަތުން ދާން ހިނގައިގަތެވެ. “އަދި އެއްވާހަކަ، މިރޭ ދެން ތިބި ކުދިން ނިދާ އަވަހަށް އެހެން ނުނީ ފަޅާ އަރާފާނެ… އަހަރެންވެސް އަލްޔާ ބޭރު ކޮއްފަ ނިދާނީ އެެހެން ނޫނީ ޝައްކު ވެދާނެ! މިތާ އެބަތިބި އޭނަގެ ބައިވަރު ރައްޓެހިން ވެސް އަދި ފަހަރެއްގަ ތިތަނުން ކުއްޖަކު ވެސް ބަލާ އައިސް ދާނެ! އެހެންވީމަ ނިދާފަ ތިބީމަ އެންމެ ބުއްދިވެރި ވާނީ އެހެން ނޫނީ ހުރިހާ ކަމެއް ފަޅާ އަރާނެ! ނިދާފަ ތިބީމަ ބުނެވޭންނުން ތިމީހުން ތިބީ ނިދާފައޭ އެހެން ވީމަ އޭނަ ދިޔަ ގޮތެއް ނޭނގެޔޭ މަށަށް ވެސް ބުނެވޭނެއެއްނުން..!” މުހައްމަދު އެހެން ބުނުމުން ހުރިހާ ކުދިންތައް އެކުއްޖެއް ނިދާ ތަނަކަށް ވަނދެ އޮށޯތެވެ. މުހައްމަދު ވެސް ވަގުތު ނަގާނުލާ އަލްޔާ ގޮވައިގެން ނިކުތީ އަވަހަށް އޭނަ ނެރެވޭތޯއެވެ. މަޑުމަޑުން އަލްޔާ ގޮވައިގެން މުހައްމަދު ދިޔައީ އެގެއަށް ވަންނަން ހުންނަ ދަގަޑު ގޭޓާ ދިމާލަށެވެ. އޭރު އެގޭޓް ކުރިމަތީ ފާރަ ވެރިއަކު ހުއްޓެވެ. އެެހެން ކަމުން މުހައްމަދު ހުރީ ދެން ހަދާނެ ގޮތަކާ މެދު ވިސްނާށެވެ. އޭނަ ހީކުރި ގޮތުން ވިއްޔާ އެއްމެން ވެސް ވީ އިދުރީސް ކައިރީގައެވެ. އެެހެން ކަމުން އޭނަޔަށް އެޖެހުނީ ދެވަނަ ވިސް ނުމަކަށް ދާށެވެ. “އަލްޔާ މިތާ މަޑުކުރޭ ބޭބެ އެބަ އަންނަން އޭނަޔާ ވާހަކަ ދައްކާފަ… ބޭބެ ބަލާނަން އޭނަ ގޮވައިގެން ތަން ކޮޅެށް ދުރަށް ދެވޭތޯ ކޮއްކޮ ބަލައިގެން ހުންނާތި ބޭބެ އޭނަ ގޮވައިގެން އެފަރާތަށް ގޮސްފިއްޔާ މަޑު ނުކޮށް އަވަހަށް ނިކުންނާތި މިރޭ ނޫނީ ފުރުސަތެއް ނުލިބޭނަ މިއީ މަދުން ނޫނީ ނުލިބޭ ފުރުސަތެއް!” ކަން ކުރަންވީ ގޮތް ވަރަށް ރަނގަޅަށް ކިޔާދީފަ މުހައްމަދު ދިޔައީ ގޭޓު ކައިރީގަ ހުރި މީހާޔާ ވާހަކަ ދައްކައިގެން އެތަނުން ދުރަށް ދެވޭތޯ އެވެ. އަލްޔާ ހުރީ އެސްފިޔަ ވެސް ޖަހާ ނުލާ އެމީހުން ދާ ދިމާލަށް ބަލަ ހައްޓައިގެންނެވެ. އޭރު އޭނަގެ ގައިގަ މަށައިގެން ގޮސް ހުރި ތަން ތަނުން ދިލަ ވެސް ނުނަގާ ކަހަލައެވެ. ވާނީ ވެސް އެހެންތާއެވެ. ދިލަޔަށް ވުރެ މުހިންމު ކަމެއް ޖެހުނީމަ އޮންނާނީ ކޮން ދިލައެއް ހެއްޔެވެ.

އަލްޔާ ބަލަން ހުއްޓާ އެމީހާ ގޮވައިގެން މުހައްމަދު ދިޔައީ އެގެ އަނެއްފަރާތަށެވެ. އެހެން ކަމުން އަލްޔާ އެންމެ ސިކުންތަކަށް ވެސް މަޑު ކޮއްނުލާ ގޮސް އެގޭޓު ހުޅުވުމަށް ފަހު މަޑު މަޑުން ގޭޓު ލައްޕާލައިފަ ދުއްވާގަތީ އެތަނާ ވީ އެންމެ ދުރަކަށް ދެވޭތޯއެވެ. އެއީ އެއްމެން ރޭވި ގޮތް ކަމަށް ވާތީއެވެ. އެހިސާބުން ފެނުނަސް އަބުރާ ގެނެސް ހޭހަދާލާނެ ކަން އިނގޭ ވިއްޔާއެވެ. އަލްޔާ ދުއްވާގަތް ގޮތަށް ގޮސް ހުއްޓުނީ މަޖީދީ މަގު މެދެއްހާ ތަނަށެވެ. އަލްޔާ އެ މަގަށް ހުއްޓުނީ އެމަގަކީ އެއްވެސް ވަގުތެއްގައި މީހުން މަދު މަގަކަށް ނުވާތީއެވެ. އޭރު އަލްޔާއަށް ހުރީ މާނޭވާ ލެވިފައެވެ. ނޭވާ ހީވަނީ ހުއްޓިދާނެެންނެވެ. ވާނީ އެހެންތާއެވެ. އެވަރަށް ދުވިއްޖެ ވިއްޔާއެވެ. އެތާ ހުރި ފިހާރައެއްގެ ދޮރުމަތީ ގާގަޑު މަތީ އިށީންނަމުން އަލްޔާ ވިސްނާލީ ދެން ހަދަންވީ ގޮތަކާ ދޭތެރޭގައެވެ. ދާނީވެސް ކޮންތާކަށް ހެއްޔެވެ. ކޮންމެ ގޮތެއް ވިޔަސް ދެނެއް އަބުރާ އަފީފާމެން ގެއަށް ދާކަށް އޭނަޔަކަށް ނުކެރޭނެއެވެ. އެވަގުތު އަފީފާ ކީ ހުރިހާ އެއްޗެއް އަލްޔާގެ ސިކުނޑިތެރޭ އެބުރެން ފެށިއެވެ. އެހެން ހިޔާލުތަކަށް ގެއްލިފަ އިންދާ މީހަކު އައިސް އަލްޔާގެ ކޮޑުގައި ފުރަގަހުން އަތް ލުމުން އަލްޔާ ދިޔައީ ސިއްސައިގެންނެވެ.

…..ނުނިމޭ…..

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Dhippi

Level 4100 Comments10 Stories

My name is Athifa Adam (Dhippi). I like to read and write stories. I am from K.Mal'e. I'm a woman. I'm 35 years old.

Other Articles

Previous

ސޮރީ.

Next

ހަވޭލީ

Next
October 7, 2017

ހަވޭލީ

Previews
October 6, 2017

ސޮރީ.

68 Comments!

  1. Adam says:
    October 6, 2017 at 9:40 pm

    Mi part ves kamu dhaane kamah ummeedhu kuran

  2. reader says:
    October 6, 2017 at 9:51 pm

    Ei kaaku?Kaaku aiylee plz avahah up kohdhy. V salhi.

    1. Adam says:
      October 6, 2017 at 10:03 pm

      Hehe neyge dhw reader thank

  3. Addu manje says:
    October 6, 2017 at 9:53 pm

    Varah reethi mi part ves.. mi vaahaka nimen kairi v tha?? Noony adhives baivaru kanthah thakeh vaan othytha?? Mi vaahaka mi haa thanah genes dhemun aii gothaa dheytherey varah hih hama jehey.. haassakoh komme dhuvahu kahala gothakah up koh dheythee.. Thanks a lot Adam.. ☺

    1. Adam says:
      October 6, 2017 at 9:58 pm

      Adhi vaahaka other kuriyah Adam ah ves neyge nimeyne dhuvaheh thanks Addu manje

  4. sana says:
    October 6, 2017 at 9:54 pm

    Wow!nice this part also ?????????????????????????????

    1. Adam says:
      October 6, 2017 at 10:05 pm

      Thanks sana

  5. annoying reader says:
    October 6, 2017 at 9:59 pm

    alhey enme hiy avas v gadi ga nimuny, adam when next part? anehkka vazoo tha ai al kairiyah? wats going to happen next waiting for the next part

    1. Adam says:
      October 6, 2017 at 10:07 pm

      Ebunaahen dhw baeh faharu vaane ehen ves dhw thanks annoying reader

  6. Alvyn says:
    October 6, 2017 at 10:06 pm

    Vinaan dhw Eii.. Al save Kurahchey Adam or else Avy v dheravaane. VNice mi part vex

    1. Adam says:
      October 6, 2017 at 10:10 pm

      Hehe eyna ah ves vedhaane eynayah nuveves dhaane hingaa dhw balamaa

  7. Zeeee says:
    October 6, 2017 at 10:09 pm

    Wow v salhi kaaku tha anehka e aeee

    1. Adam says:
      October 6, 2017 at 10:12 pm

      Hehe neygeyey zeeee

  8. Reet says:
    October 6, 2017 at 10:15 pm

    Kaaku aey alya salaameth vaaneth

    1. Adam says:
      October 6, 2017 at 10:18 pm

      Neyge dhw heevanee ehen hen thanks reet

  9. Reet says:
    October 6, 2017 at 10:19 pm

    Konme Dhuvahaku up kuraathi v v kiyaa hithun mi vaahaka kiyaney vvv reethi thank

    1. Adam says:
      October 6, 2017 at 10:30 pm

      Hehe thanks reet

  10. Naanii says:
    October 6, 2017 at 10:43 pm

    Nice

    1. Adam says:
      October 6, 2017 at 10:45 pm

      Thanks naanii

  11. Lam says:
    October 6, 2017 at 10:48 pm

    Kaakubaa….vv reethi…hihthalu vaa laafa thi ninmaalee…avahah up kohdehchay…lov it

    1. Adam says:
      October 7, 2017 at 12:29 pm

      Hehe dhw lam ehen kuda Koh hiythalhuvaalan ves vaane dhw

  12. Fary says:
    October 6, 2017 at 10:51 pm

    Wow ey kaaku avaha up koldhee.abaduves kiyan mi story eykamun comment kuri furathama faharu vara nala ?keep it up

    1. Adam says:
      October 7, 2017 at 12:31 pm

      Thanks fary abadhu ves comment kurahchey dhen

  13. Same says:
    October 6, 2017 at 11:29 pm

    Story v reethi. Ekm baeh mistake eba huri. Balaigeneh nukiyaanan liyaa iru balaashey kiyaani. Ethan kolhu rangalhu khlahche. V reethi mi story abadhuves mi story up vaane irakah inthixaaru kurevey. ??

    1. Adam says:
      October 7, 2017 at 12:32 pm

      Thanks same hurehaane mistake

  14. Aroo says:
    October 6, 2017 at 11:50 pm

    Karam kahneyge dho. Story v reethi

  15. Dhaitha says:
    October 7, 2017 at 12:00 am

    Kon balaigen huree ekey tha thi kanee.. balahattaigen hunnaanee.. nunee balan hunnaanee.. cmn aadhanaa.. dhaitha v dherave thivaruge kuh liyaathee..

    1. Adam says:
      October 7, 2017 at 12:33 pm

      Adam v ufaavey dhaitha thihaa lowbi vathy

  16. Afy says:
    October 7, 2017 at 12:19 am

    Alheyyyy Adam loabi. Kihineh tha mivany. Ekaaaku anekka
    Ma birun neyge mirey nidheyne kameh ves. Heheheh
    Btw vaahaka Hama obiness to the max igehhh ??

    1. Adam says:
      October 7, 2017 at 12:35 pm

      Thanks lowbivaa afy gulhaabala Eyrun ingeyne e ey kaaku Kan hhe

    2. Afy says:
      October 7, 2017 at 1:44 pm

      Psssss al phone ves e idhurys athulynu ???
      Adam kommes gotheh hadhaaaba

    3. Adam says:
      October 7, 2017 at 8:34 pm

      Idhurees afee a havaalu athu jahsaafa filaavalhuthah dheeba nikan

  17. Shafu says:
    October 7, 2017 at 12:22 am

    Its karam dhw…???
    Waitin…..???

    1. Adam says:
      October 7, 2017 at 12:36 pm

      Hehe shafiu

  18. khajja says:
    October 7, 2017 at 12:57 am

    Alhey?? emme neyvaa hifahttaalan jehunthanun viyya thiya nimmaaly ? anekkaa aee kaakubaa? Vinaan ah vejje nama konfadha insha allah dheragothennuvaane emyhaku alyaa ah heyovedheyne i hope n stry v v awsome whn nxt prt maadhamaa up kolla dhechchey plx plx thank u 4 the luvly stry adam thank u so much ?? gud nyt ly ?????❤❤???????

    1. Adam says:
      October 7, 2017 at 12:38 pm

      Hehe khajja dhoonaa next part ga neyvaa avass kuranshey e ey

  19. remoo says:
    October 7, 2017 at 2:14 am

    aslu heevany eakee alya ge rashuga alhun alya dheke lowbiva kujja……eyna male ah job ah aissa ulhenikoh thiya dhimaa v kanneinge….hehehehehe v reeethi mi part

    1. Adam says:
      October 7, 2017 at 12:39 pm

      Hehe remoo hingaa dhw balamaaa

  20. Shaa says:
    October 7, 2017 at 6:06 am

    Kaakubaa ? V reethi mi prtves

    1. Adam says:
      October 7, 2017 at 12:41 pm

      Hehe guess kohba shaa

  21. Axoo says:
    October 7, 2017 at 6:27 am

    If u don’t mind can u tell me r u from N velidhoo

    1. Adam says:
      October 7, 2017 at 11:03 am

      Hehe nooney azoo Adam velidhoo eh nun

    2. mai says:
      October 7, 2017 at 11:25 am

      Dhen kon island eh tha Adam..can you please tell

    3. Maurifa says:
      October 7, 2017 at 11:44 am

      Adam e aharun rashu kujjeh
      Adam nubunanys bunaakah nukereyne

    4. Adam says:
      October 7, 2017 at 1:17 pm

      Haha malik

    5. Adam says:
      October 7, 2017 at 1:18 pm

      Haha maliku

    6. mai says:
      October 7, 2017 at 8:00 pm

      Dhen bunebala adam…I know you are from velidhoo..??

    7. Adam says:
      October 7, 2017 at 8:28 pm

      I’m sure I’m not velidhoo

    8. mai says:
      October 7, 2017 at 11:01 pm

      Dhen from where are you..?

  22. Mady says:
    October 7, 2017 at 7:38 am

    Kaakuba dhw v nice

    1. Adam says:
      October 7, 2017 at 12:42 pm

      Hehe she kaaku baa

  23. Axeenalily says:
    October 7, 2017 at 8:09 am

    eh ey vazoo ge friend eh kaneyge…dhathuga vaahaka dhakan mashaiy kaiy kuri kujja kaneynge

    1. Adam says:
      October 7, 2017 at 12:45 pm

      Hehe axeenalily hingaa she balamaa

  24. story addict says:
    October 7, 2017 at 9:14 am

    thats karam dhw.. he is there .. i think

    1. Adam says:
      October 7, 2017 at 1:20 pm

      Neyge dhw

  25. aisha 8bt7 says:
    October 7, 2017 at 10:01 am

    ey suma aminiya 8bt7 maa balaabodu kuraani kameh nei…

    1. Adam says:
      October 7, 2017 at 1:22 pm

      Oops

  26. Anonymous says:
    October 7, 2017 at 12:11 pm

    Waiting for next part

    1. Adam says:
      October 7, 2017 at 1:22 pm

      Yes thanks

    2. Anonymous says:
      October 7, 2017 at 1:26 pm

      When

  27. Aa says:
    October 7, 2017 at 6:50 pm

    Kon irakuntha aneh part kiyaalan libryny

    1. Adam says:
      October 7, 2017 at 7:06 pm

      Mirey up kuraanan

  28. Shanna says:
    October 7, 2017 at 7:43 pm

    Mi vaahaka varah salhi konirakun next part

    1. Adam says:
      October 7, 2017 at 8:32 pm

      Thanks shanna mirye up kuraanan insha Allah adhi kiriyaaa mikmaa ulhevey varu mivee mihaaru vaahaka liyan miulhenee sorry Hama buxy kamun time nuvaane VV try kuraanan mirey up veythoa

  29. sama says:
    October 7, 2017 at 9:50 pm

    Wow! Very very very very very very Nice you are best writer.????????

    1. Adam says:
      October 7, 2017 at 9:53 pm

      Thanks sama ?????

  30. Maa says:
    October 7, 2017 at 10:55 pm

    Pls story up koh dheebala

    1. Adam says:
      October 7, 2017 at 11:17 pm

      12 get kurin kuraanan kuda inthizaareh kohlaa

Comments are closed.

Next Episodeޢެދެމޭ އުފާ….(28)←


All Right Reserved!