(ފުރަތަމަ ބައި) ރިންގް ވަމުން ދިޔަ ފޯނަށް އަހަރެން ބަލާލީ އެދަންވަރު ގުޅާނީ ކާކުކަން ރަނގަޅަށް އެނގިހުރެއެވެ. ވިސްނައިދޭން މިހާތަނަށްވެސް ކުރި މަސައްކަތް ބޭކާރުވެފައިވީ ނަމަވެސް މައިރީންއަކީ އަހަރެންގެ ދިރިއުޅުމުގެ އެއްބައިކަން އަހަރެން ހަނދާން ނައްތައެއްނުލަމެވެ. އެހެންނަމަވެސް އަހަރެންގެ ދިރިއުޅުމުގެ އެއްބައިކަމުގައި މައިރީން ވާފަދައިން ކިރަން އަކީވެސް އަހަރެން ދިރިއުޅުމުގެ މުހިންމު ބައެކެވެ. ސައިލެންޓަށް ލުމަށްފަހު ފޯނު ބަންޑުން ބާއްވާލީ ކިރަންއަށް ހޭލެވިދާނެތީއެވެ. މަޑު ފެހި ކުލައިގެ ނައިޓީގައި ކިރަން ފެންނަލެން ވަރަށް ޗާލެވެ. ހަށިގަނޑަށް އަބަދުވެސް ބަލައިގެން […]
(ފަހުބައި) “ކައިލް ބޭނުމިއްޔާ އަހަރެން ކައިލްއާ އިންނަން ތައްޔާރު” އިސްދަށަށް ޖަހާލައިގެން އިނދެ އަހަރެން ބުނީމެވެ. “ބަލް. އަހަރެން ބަލްއާ އިންނަން ބޭނުންވެގެންނެއް ނޫން ބަލްއާ ބޭބީއަށް މިހުރިހާކަމެއް މިކޮށްދެނީ. އާން އަހަރެން ބަލް ދެކެ ލޯބިވޭ. އަހަރެން ބަލް ބޭނުން އިންނަންވެސް ބޭނުން.އެކަމަކު އަހަރެން ބަލްއާ ބަލްގެ ދަރިފުޅުގެ ކަންކަން ކޮށްދޭތީ އޭގެ ބަދަލެއްގައެއްނޫން. އަހަރެން ބޭނުންވަނީ ބަލްވެސް އަހަރެންގެ ދެކެ ލޯބިވެގެން އަހަރެންނާއެކު ދިރިއުޅެން ބޭނުންވެގެން އަހަންނާ އިންނަން. މިވަގުތު ތިހެން ތި ނިންމީ […]
(އަށް ވަނަ ބައި) ވިއްސައިގެގޮސް ދުރުގައި ހުރި ގާ ފުންޏެއްގެ މައްޗައް އަހަރެން ވެއްޓުނު ކަން އެނގެއެވެ. ދެން ވީގޮތެއް ނޭނގުނެވެ. ހޭއެރި އިރު އަހަރެން އޮތީ ހޮސްޕިޓަލްގައެވެ. ކައިރީގައި ކައިލްއާއި ކައިލްގެ މަންމަ ހުއްޓެވެ. ރޮއެރޮއެ ކައިލްގެ ދެލޯ ހުރީ ރަތްވެ ދުޅަވެސް ވެފައެވެ. “ބަލް. ބަލް…. ޑޮކްޓަރ” އަހަރެން ލޯހުޅުވާލުމާއެކު ކައިލް ތެޅިގަތެވެ. ކައިލްގެ މަންމަވެސް ފުންމައިގެން ތެދުވިއެވެ. އެއާއެކު ޑޮކްޓަރަކާއި ނަރުހެއް އައިސް އަހަރެންގެ ކޮޓަރިއަށްވަނެވެ. “މިސް ބަލްގީޝް. ކޭންޔޫ ހިއަރމީ” ޑޮކްޓަރ […]
(ހަތްވަނަބައި) “ހެޔޮނުވާނެ. އުލްވާން ދޫކޮށްލަދީބަލަ. އަހަރުމެންގެ ދިރިއުޅުން އުޅުނަދީބަލަ. ކަލޭގެ ދިރިއުޅުމުގައި އުޅެބަލަ. މީގެ ފަހުން އުލްވާންއަށް ނުގުޅާތި” ޝައްފަ ފޯނުކަނޑާލިއެވެ. އަހަންނަށް ހެދުނީ ގޯހެކެވެ. ކުރިންވެސް ޝައްފައާ އުލްވާން އަހަންނާ ހެދި މައްސަލަ ޖެހުނުކަން އަހަންނަށް އެނގެއެވެ. އުލްވާން ޝައްފަ ދެކެ އިންތިހާއަށް ލޯބިވާކަން އަހަންނަށް އެނގެއެވެ. ހިތާހިތުން އުލްވާން ކިބައިން މައާފަށް އެދުނީމެވެ. އަހަރެންގެ ދިރިއުޅުން ފަސޭހަކޮށްދޭން އުލްވާން ތާއަބަދު މަސައްކަތް ކުރާއިރު އަހަރެންގެ ސަބަބުން އޭނާގެ ދިރިއުޅުން ހަލާކުވަނީއެވެ. އުލްވާންއާ ދުރަށް ދިއުމަށް […]
(ހަވަނަބައި) “ކައިލް.. އަހަރެން ބަނޑުބޮޑު..” އަހަންނަށް ބުނެވުނީ އެހެންނެވެ. މަޑު ޖެހެވުނީ ކޮޓަރި ދޮރުމަތީގައި ހުރި ކައިލްގެ މަންމަ ފެނުމުންނެވެ. “ބަލް… ” ކައިލްގެ މަންމަ ހުރީ ހަމަޖެހިފައެވެ. އެހެންނަމަވެސް މިއަދު އަހަރެން ބޭނުމީ ހަގީގަތާ ކުރިމަތިލާށެވެ. “ދައްތާ.. އަހަރެން ބަނޑުބޮޑީ ނަހަލާލަށް” ލޯ މަރާލުމަށްފަހު އަހަރެން ބުނީމެވެ. “އެނގޭ… އަހަރުމެން ދެމައިންނަށްވެސް ތިކަން އެނގޭ..” ކައިލްމަންމަ ހަމަޖެހިލައިގެން ހުރެބުންޏެވެ. “ބަލް. ބަލް މިގޭގައި އަހަރުމެންގެ ބެލުމުގެ ދަށުގައި ތިހުންނަނީ ސަބަބެއްނެތިއެއް ނޫން. އަހަރުމެންނަށް ހުރިހާ ކަމެއްވެސް […]
(ފަސް ވަނަބައި) “ކާކުގެ ދަރިއެއް؟” މަންމަގެ ސުވާލާއެކު އަހަރެންނަށް ބުނާނެ އެއްޗެއް ނޭނގުނެވެ. “މަ މިއަހަނީ ބަލްގީޝްގެ ބަނޑުގައި ތިއޮތީ ކާކުގެ ދަރިއެއްހޭ؟” އަހަރެން އެއްޗެއް ނުބުނުމުން މަންމަ ބާރަށް ބުންޏެވެ. އެއްޗެކޭ ނުބުނެ ހުއްޓަސް އުލްވާންވެސް ހުރީ އަހަރެންގެ ޖަވާބަކަށް އިންތިޒާރުކޮށްގެން ކަން އެނގެއެވެ. ހުރިހާ ހަގީގަތެއް އެނގުނަސް އުލްވާން އަނގަ ނުހުޅުވާނެކަން އެނގެއެވެ. މަންމަގެ ރުޅީގެ ކުރިމަތީގައި އަހަންނަކަށް ބަހެއް ބުނާނެ ހިތްވަރެއް ނުލިބުނެވެ. އަހަންނަށް ކުރެވުނުހާވެސް ކަމަކީ އަހަރެންގެ ބަނޑަށް ބަލާލުމެވެ. ހަދާނެ […]
(ހަތަރުވަނަ ބައި) “ބައްޕީ” ކުޑަކުޑަ އަންހެން ކުއްޖެއްއައިސް މިފްޒާލްގެ ދެފައިގައި ބައްދައިގަނެފައި މިފްޒާލްއަށް ގޮވާލިއެވެ. އެއާއެކު ފޯނު ކަނޑާލުމަށްފަހު މިފްޒާލް އެކުއްޖާ އުރާލިއެވެ. “ބައްޕި ދެލޯ.. ކޮބާ މަންމީ” އެކުއްޖާގެ ކޮލުން ދޮނެއް ނެގުމަށްފަހު މިފްޒާލް ބުންޏެވެ. އެކުއްޖާ ކުރިއަށް އިނގިލި ދިއްކޮށް އެތާ ހުރި އަންހެނެއް ދައްކާލިއެވެ. “މިފްޒާލް” ވަމުންދާ ކަންތައްތައްފެނި އަހަރެން ދާހިއްލާ ފޯވިއެވެ. “ހެއި ބަލްގީޝް. ދުރުވޭ.” ކުރިއަށްދާނެ ތަން ދައްކަމުން މިފްޒާލް ބުންޏެވެ. އެވަގުތަކީ އެކުޑަކުއްޖާ އިޝާރާތް ކުރި އަންހެންމީހާއާއި އުލްވާންވެސް […]
(ތިންވަނަ ބައި) ހިނދެއްހިނދަކަށް ކައިރިވަމުން ދެޖިސްމު އެކައްޗަކަށްވެއްޖެއެވެ. އަހަރެން ދުރަށް ޖެހެން ބޭނުންވި ނަމަވެސް އެކަން ކުރާނެ ވަރެއް ނެތެވެ. އެއަށްވުރެ މިފްޒާލް މާ ހުށިޔާރެވެ. އަހަންނަށް ހޭލެވުނީ ހުޅުވާފައިވާ ކުޑަދޮރުން މޫނު މައްޗައް އިރުގެ އަލި އެޅުމުންނެވެ. ގަދަކަމުން ލޯ ހުޅުވާލީމެވެ. އެއާއެކު ފުންމައިގެން ތެދުވެވުނެވެ. ހަށިގަނޑުގައި ނިވައެއްނެތި މިފްޒާލްއާ އެއް އެނދެއްގައި އޮތުމުން ދެން އިތުރަށް ވިސްނަންޖެހޭ ކަމެއްނެތްކަން އަހަންނަށް އެނގިއްޖެއެވެ. އަވަސްއަވަހަށް ފާހަނާއަށް ވަދެ ފެން ވެރީމެވެ. ކުރެވުނު ފާފައާމެދު ހާންތިވާވަރަށް ރުއީމެވެ. […]
(ދެވަނަބައި) އޮފީހުގެ ހުރިހާ މުއައްޒަފުންގެ ފަރާތުން އަހަންނަށް މަރުހަބާކިއެވެ.ފުރުން އޮތީ ދެދުވަސްފަހުންނެވެ. އަހަރެން ހުރީ ލަސްވެފައެވެ. އުލްވާންއާއި ޝައްފަވެސް މަރުހަބާކިޔެވެ. އެދެމީހުން އެކީ ފެނުމުން އަހަރެންގެ ހިތައް އުނދަގޫވިނަމަވެސް އެކަން މާބޮޑު ކަމަކަށް އަހަންނެއްނުހަދަމެވެ. ” ތިފުރުސަތު ގައިމު މަށަށް ލިބުނުނަމަ ދޯ؟.. ޗެއަރމަން ދެން ނުގެންދާނެތާދޯ މަށެއް. އޭނަވެސް ބޭނުންވާނެ ދޮން ރީތި އަންހެން ކުއްޖެއް ގޮވައިގެންދާން. އެކަމަކު މަ ބުނަންތަ ވާހަކައެއް. ގޮސްފައި އަންނަ އިރު އަންނާނީ އިތުރު މީހެއް ގޮވައިގެންނެއްނޫން” އޮއްސެމުން ދިޔަ […]