” އަހަރެންނަށް ސާރާއާ ދޭތެރޭ ވަރަށް ޝައްކު ކުރެވޭ ” އަކިޔަލް ބުންޏެވެ. ” ސާރާ ކޮންކަމެއް ކުރާކަން އެނގިގެން ޝައްކުވެގެން ތިއުޅެނީ ” ސާހިދު ސުވާލުކޮށްލިއެވެ. ” އެކުގަ އުޅޭތާ މިހާރު ފަސްމަސް ވެއްޖެ. އެކަމަކު އަހަރެން އެއްވެސް ވާހަކައެއް އެއްވެސް މީހެއްގެ ގާތުގަ ނުބުނަން. އަހަރެން ބޭނުމެއްނޫން ސާރާގެ އެއްވެސް ވާހަކައެއް މީހެއްގެ ގާތުގައި ދައްކާކަށް. އެކަމަކު މިއަދު ސާހިދު ގާތުގައި މިވާހަކަ ބުނަން މިޖެހުނީ މިކަން ތަކުރާރު ވަމުން އަންނާތީ ” އަކިޔަލް […]
ރޭގަނޑެވެ. އުނގޫފާރު ފަޅަށް ވަތް ލޯންޗުގެ އިންތިޒާރުގައި އީމާން އިނެވެ. އައިޒަން ވާޓަރު މައްޗަށް ފުންމާލުމާއި އެކު ސައިކަލުގައި އީމާން އެތަނާއި ކައިރިވިއެވެ. “ކޮންގްރޭޓް އިނގޭ.” އައިޒަންގެ ގައިގާ ބައްދާލަމުން އީމާން އެނާއަށް މަރުހަބާ ކީ ނައިނާ ބަނޑުބޮޑުކަން އެނގިގެންނެވެ. އައިޒަން ޝުކުރު އަދާކުރަމުން ފޮށްޓާއި އެކު ސައިކަލަށް އަރާ ހަމަޖެހިލިއެވެ. ބަނދަރުމަތި ވަނީ އޮރެންޖް ލައިޓްތަކުން ދިއްލާލެވިފައެވެ. މަގުތަށް ހަމަހިމޭންވެފައި ވާއިރު ހަނދު ވަނީ މިރޭ ދުނިޔެއާއި ފިލާފައެވެ. “އަހަރެން އަންނަ ހަފްތާ އާދިއްތާގަ ދާނަން […]
އެއްމަސް ފާއިތުވެގެން ދިޔައިރު ވިކްޔަން އެކި ގޮތްގޮތުން ރަޔާހީން ހޯދަން ކުރި މަސައްކަތް ވަނީ ކާމިޔާބުވާ ގޮތް ނުވެފައެވެ. ވިކްޔަން އެކަމާއި ހިތާމަކުރާ ވަރު އެންމެ ގާތުން ފެންނަނީ މައިސަރާ އަށެވެ. އެހެންކަމުން ވިކްޔަން އަތުން ރަޔާހީންގެ އެޑްރެސް ހޯދައިގެން އެގެއަށް ދާން ވެސް މައިސަރާ މަސައްކަތްކޮށްފިއެވެ. ވިކްޔަން އިންކާރު ކުރުމުން އެފިޔަވަޅު ނަގާކަށް މައިސަރާއަކަށް ނުކެރުނެވެ. “މަންމަ އަށް ފެންނަނީ ވިކީ އެގެއަށް ދާން. ލޯބި ހާސިލްކުރެވޭނީ ނިކަން ހިތްވަރެއްވެސް ހުރެގެން. ނޫންތަ މާކް؟ ފިނޑިއެއްހެން […]
އަބީގެ ކޮންމެ ހަރަކާތަކަށް ހިތާއި ފުރާނައިން އީލާމް އާ ބަސް ބުނަމުން ދިޔައެވެ. އޭނާގެ ގައިގައި ބައްދައިލައިގެން އޮވެ އަބީ އީލާމްއަށް ތައުރީފް ކުރަމުން ދިޔައިރު އަބީ އޭނާ ބޭނުންވާގޮތް ހާމަކޮށްލިއެވެ. “ވެން ވީ ގެޓް ބެކް ޓު އެސްއޭ ވީ ވިލް ގެޓް މެރީޑް އެންޑް ޔޫ ވިލް ބީ މައިން ފޯ އެވަރ” އަބީގެ މި ޖުމްލައިން އީލާމް ފިނިވެގެން ދިޔައެވެ. އީލާމް ބޯ ޖަހާލީ އާނއެކޭ ބުނުމުގެ ގޮތުންނެވެ. އިރުކޮޅަކު އެހެން ތިބުމަށްފަހު […]
“ޒިއާ ވާހަކައެއް އަހަންތަ؟!” ޒިއާދާޔާ އަލްޔާއާ ދެމީހުން ވާހަކަ ދައްކަން ތިބެފަ އަލްޔާ އަހައިލިއެވެ. “ހޫމް… އަހާބަލަ” ޒިއާދާ ބުނެލިއެވެ. “މިހާރު ވީކެއްވީނުން އިދުރީސަށް އިނގޭންނުން ހަފުތާއަކަށް ވުރެ ގިނަ ދުވަސް ވެއްޖެކަން އެހެން ވީމަ ދެން އެހެން ވެފައޭ ވެސް ނުބުނެވޭންނުން؟… އަލް ބޭނުމެއް ނޫން ކޮންމެ ގޮތެއް ވިޔަސް އަލްގެ އިއްފަތް ގެއްލިގެން ދާކަށް އަދި އަމުދުން ބޮޑު ފާފާޔަކަށް އަރާގަންނާކަށް!” އަލްޔާ ދެރަވެފައި ބުނެލިއެވެ. “އާ… ތީވެސް ރަނގަޅު ވާހަކައެން އަނެއްކާ އޭނައަކީ […]
“ނޫން ރަޔާ މަ ދޫކޮއްފަ ނުދޭ.. ޕްލީޒް އަހަރެން މަރުވެދާނެ..” މިރޭވެސް އައިލަމްއަށް އެ ފެނުނީ އެ ހުވަފެނެވެ. ނުހަނު ލޯބިވާ ރައްޔަ އޭނަ ދޫކޮއްފަ ދާތަނެވެ. ދެންމެ އެ ފެނުނު ހުވަފެނުން އޭނާގެ މުޅި ނިދި ޙަރާބު ކޮއްލައިފިއެވެ. ދެން އިތުރަށް ނުނިދޭނެކަން އެނގުމުން ސިނގެރޭޓެއް ރޯ ކޮއްލައިގެން ބެލްކަންޔަށް ނިކުތެވެ. އޭރު ފިނި ވައިރޯޅިތައް އޭނަގެ މުޅި ހަށިގަނޑުގައި ބީހެމުން ދިޔައެވެ. އޭރު އެފަދަ ހާލެއްގައި ޒީޝް ވެސް އުޅެމުން ދިޔައެވެ. ޒީޝް އަކީ […]
(ފަސް ވަނަބައި) “ކާކުގެ ދަރިއެއް؟” މަންމަގެ ސުވާލާއެކު އަހަރެންނަށް ބުނާނެ އެއްޗެއް ނޭނގުނެވެ. “މަ މިއަހަނީ ބަލްގީޝްގެ ބަނޑުގައި ތިއޮތީ ކާކުގެ ދަރިއެއްހޭ؟” އަހަރެން އެއްޗެއް ނުބުނުމުން މަންމަ ބާރަށް ބުންޏެވެ. އެއްޗެކޭ ނުބުނެ ހުއްޓަސް އުލްވާންވެސް ހުރީ އަހަރެންގެ ޖަވާބަކަށް އިންތިޒާރުކޮށްގެން ކަން އެނގެއެވެ. ހުރިހާ ހަގީގަތެއް އެނގުނަސް އުލްވާން އަނގަ ނުހުޅުވާނެކަން އެނގެއެވެ. މަންމަގެ ރުޅީގެ ކުރިމަތީގައި އަހަންނަކަށް ބަހެއް ބުނާނެ ހިތްވަރެއް ނުލިބުނެވެ. އަހަންނަށް ކުރެވުނުހާވެސް ކަމަކީ އަހަރެންގެ ބަނޑަށް ބަލާލުމެވެ. ހަދާނެ […]
ޖަޔާ ނިކުމެގެން ދިޔަ ތަން ބަލައިގެން ވިނާންއަށް ހުރެވުނީ ފެންކަޅި ވެފައެވެ. އޭރު ވިނާންގެ ސިކުނޑީގައި ވަނީ ވަރު ގަދަ ހައިޖާން ގަނޑެއް އެބުރި އެބުރިއެވެ. އެވަގުތު ދެން ކުރަންވީ ކޮން ކަމެއްކަމެއް އެ ސިކުނޑިއަކަށް ނަގައި ނުގަނެވުނެވެ. “މަންމަގެ ހުންނަ ރަހުމެއް ނެތް ވަރު ވިސްނާ، އެއްވެސް ކުށެއް ނެތް ކުއްޖަކަށް އެހަދާލި ގޮތް! އަހަރެން ހިތަށް އަރާ އެއީ ހަމަ އަހަރެންގެ މަންމާބާއޭ؟ ކޮންފަދަ ނުލަފާ މަންމައެއްތަ! ޖަޔާ ދޮގެއް ނަހަދާނެކަން ހަމަ ޔަގީން، […]
ހަނާ އެ ޒުވާނާގެ ފަހަތުން ދުވުން ހުއްޓާލީ އަތުނުވާނެކަން އެނގުމުންނެވެ. އުނަގަނޑުގައި ދެއަތް އަޅުވާލަމުން ކުޑަކޮށް ގުދުވެލިއިރު މޫނުމަތިން ވަަރުބަލިކަން ފެނެވެ. ހަށިގަނޑު ސީދާ ކޮއްލަމުން ދުރުގައި ހުރި ފިރިހެން ކުއްޖާގެ މޫނަށް ބަލާލިއެވެ. އެ މޫނުމަތީގައި ވަނީ ލާނެތް ހިނިތުންވުމެކެވެ. “ފަޒަލް..” ހަނާ އެނަން ކިޔާލުމާއެކު އެ ކުއްޖާ އައިސް ހަނާ ގެ ކުރިމަތީ ހުއްޓިއްޖެއެވެ. “މިހާރު ޔަގީންވެއްޖެ ތީ އަންހެންކުއްޖެއްކަން.. ކުޑަ އިރު އަސްލައްވެސް އަހަރެން ހީކުރީ ތީ ފިރިހެން ކުއްޖެއްކޭ..” ހިނިތުންވެލަމުން ފަޒަލް […]