Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ތި ލޯތްބަށްޓަކައި (17)

Ryn 100 Stories10 Stories1K Comments500 Comments100 Comments100 Login
October 6, 2017 8 Mins Read
29 Comments

“އަހަރެން އެމީހުން ކުރިމަތީ ކައިވެންޏަށް އިންކާރުކުރާނަން.. އެންމެ ރަނގަޅެއްނު އެގޮތް ދޯ؟؟” އައިޒަން ހިނިތުންވެލާފައި އެހެން ބުނީ ޝާމިރާއަށް އެކަމުގައި މޮޅެއްނެތްކަން އިނގޭތީއެވެ. ޝާމިރާ ގޮއްމުށްކަވާލީ އައިރުޅިންނެވެ.

އައިޒަން އަކީ ދުވަހަކުވެސް ޝާމިރާގެ އެދުމަށްފުރަގަސް ދޭ ކުއްޖެއްނޫނެވެ. މަރުވާންވިޔަސް ޝާމިރާއަށްޓަކައި މަރުވާނެއެވެ. ނަމަވެސް މިއަދު އެ އުޅެނީ ކީއްވެބާއެވެ؟ ޝާމިރާއަށް ނޭނގޭ ކަމަކީ އައިޒަން ޖާނާއި ފުރާނައިން ޤުރުބާންވާން އޭނާގެ އެހެން އިތުރު އާއިލާއެއް އޮތްކަމެވެ. އެބަޔަކަށްޓަކައި އޭނާ ކޮންމެ ގުރުބާނީއެއްވާންޖެހުނަސް ވާނެކަމެވެ. “ކީއްވެތަ ލަމްހާ އާއި ކައިވެނި ނުކުރެވެންވީ؟؟ ކުޑައިރުންސުރެ ތީ ދެ އެކުވެރިން… ބޭރަށް ހިނގާލަސްގޮސް އެކީ އުޅެބޮޑުވި ދެކުދިންތީ… ލަމްހާގެ ކޮންކަމެއް އުނީ؟؟ އެއީ ރަނގަޅު ކުއްޖެއް.. މީހުންގެ ތެރޭ ނަން ހިނގައި ހެޔޮލަފާ ކުއްޖެއް…” ޝާމިރާ މިފަހަރު ވާހަކަދެއްކީ ތަންކޮޅެއްމަޑުންނެވެ. އައިޒަން ލަމްހާ އަކީ ގާތް އެކުވެރިއެއްކަމާއި އޭނާގެ އެއްވެސް އުނިކަމެއް ނެތްކަމަށް ބުނެދީ ލޯބިނުވާވާހަކަވެސް ބުންޏެވެ.. އަދި ލޯބިނުވާއިރު ކައިވެނިކުރާކަށް ބޭނުމެއްނޫނޭ ބުނެ ވާހަކަ ނިންމާލިއެވެ.

ޝާމިރާ އަނެއްކާވެސް އެ މައްސަލަގަނޑުގައި ހިފިއެވެ. އުނިކަމެއް ނެތްއިރު ގާތް އެކުވެރިކަމެއް އޮތް އިރު ކައިވެނި ނުކުރެވެންވީ ކިއްވެތޯ ސުވާލުކުރަންފެށިއެވެ. ލޯބިފަހުންވެސް ވެވިދާނެނޫންހޭ ބުނެ މައްސަލަގަނޑު ހޫނުކުރަންފެށުމުން އައިޒަންއަށް ކެތްތެރިކަން ކޮޅުންލައިގެން ދިޔައެވެ. އައިޝަމް ހުރީ އެކަހަލަ ވަގުތަކަށް ތައްޔާރަށެވެ. “މައްސަލައަކީ…. އަހަރެންގެ ދިރިއުޅުމުގައި އެހެން މީހެއް ހުރީތީ.. އަހަރެން ލޯބިވާ، ކައިވެނިކޮށްގެން އުޅޭ އަންހެންކުއްޖެއް ހުރީތީ.. މައްސަލައަކީ މަންމަގެ ދޮށީ ދަރިފުޅު މީހަކާއި އިނދެގެން އުޅޭތީ އަދި މަންމައަށް މާމަ ކިޔާ ކުއްޖެއް ހުންނާތީ.. އަޑުއިވިއްޖެތަ؟؟؟” ލަސްލަހުން އަޑަށް ބާރުލާފައި އައިޒަން ބުނި ވާހަކަ ގޭގެ ހަތަރު ފާރުތެރޭ ގުގުމައިގަތެވެ. އައިޝަމް އުފަލުން ގޮއްމުށްކަވާލާފައި ޔެސް އޭ ބުނީ ޝާމިރާ ދެން ކުޅޭނީ މާ ނުބައި ކުޅިގަނޑެއްކަން ނޭނގޭ ހާލުގައެވެ. ޝާމިރާ ކަޅިޖަހައިނުލާ އައިޒަންގެ މޫނަށް ބަލަހައްޓައިގެން އަނގަހުޅުވައިގެން ހުރީ އިވުނު ބަސްތަށް ގަބޫލުނުކުރެވިގެންނެވެ. “ކީކޭ؟؟ އައިޒަންއަށް ތި ކިޔޭނުކިޔޭ އިނގޭތަ؟؟” ޝާމިރާ ހީކުރީ އައިޒަން މޮޔަވީކަމަށެވެ. ފާޑަކަށް ހިނިއައިއްސާ ހުރެ އެހެން އެހީ ޝާމިރާގެ ދަރިފުޅު އޭނާއަށް އެހާ ބޮޑު ކެއްސެއްނުދޭނެކަން އިނގޭތީއެވެ.

“އަހަރެންނަސް ވަރަށް ރަނގަޅަށް އިނގޭ މިކިޔާ ނުކިޔާ… މިހާރު ކައިވެންޏަށް ދެއަހަރުވެއްޖެ…. ދަރިފުޅަށް އަހަރެއްވަނީ…” އައިޒަންގެ ޖުމްލައިން ޝާމިރާގެ ފައިދަށުން ބިންގަނޑު ކަނޑައިގެން ދިޔަފަދައެވެ. އެ ދެލޮލުން އޭނާ ދައްކަނީ ތެދުވާހަކަތަށްކަން ޝާމިރާއަށް އިނގުނެވެ.  ޝާމިރާ އައިޒަން އާއި ދިމާލަށް ގޮސް އައިޒަން ލައިގެން ހުރި ގަމިހުގައި ދެއަތުން ހިފަހައްޓާލިއެވެ. އަދި ދަތްކުނޑިވިކާލާފައި އެއީ ކާކުތޯއާއި ފޮރުވީ ކީއްވެތޯ ސުވާލުކުރަމުންދިޔައެވެ. ޝާމިރާގެ ދެލޮލުން ފެނުނު ރުޅިގަނޑު އައިޒަންއަށް ފެނި ކޮންމެވެސް ވަރަކަށް ޖެހިލުންވިއެވެ. މަންމަ އޭނާދެކެ ނަފުރަތު ކުރަން ނޭދުނަސް މިއަދު އޭނާ މިކަން ނިންމާލަން ބޭނުންވެއެވެ. “ބުނޭ ކާކުއެއީ؟؟ ކީއްވެ ފޮރުވީ؟؟ ބުނޭ ބުނޭ..” އައިޒަން ގައިގާ ތަޅައިގަންނަމުން ޝާމިރާ ސުވާލު އަނެއްކާވެސް ތަކުރާރުކޮށްލިއެވެ. އައިޒަން ޝާމިރާގެ ދެއަތުގައި ހިފައިފާ އޭނާގެ ގަމިހުން ވަކިކޮށްލާ ފަހަތަށް ފިޔަވަޅެއް އަޅާލިއެވެ. އައިޝަމް ހުރީ ކުޅި ބަލާށެވެ. އައިޒަން އަށް އިތުބާރުކުރާލެއް ބޮޑުކަމުން ނައިނާއަށް ކަމެއްވިޔަކަ ނުދޭނެކަން އޭނާއަށް އިނގެއެވެ.

“އެއީ، ރާއްޖެތެރޭ ކުއްޖެއްވީމަ… މަންމަ އެކަމަށް ގަބޫލުނުވާނެތީ… އަހަރެންނަށް ލޯބިވެވުނީ ރާއްޖެތެރޭ ކުއްޖެއްދެކެ… އެންމެ ފުރަތަމަ މިހިތާއި ކުޅެލަން އިނގުނީ ހަމައެކަނި އެކުއްޖާއަށް… އަހަރެން އިހްތިޔާރަކާއި ނުލާ އެ ކުއްޖާއަށް ހިތްދެވުނީ.. މިހިތަށް ކުޅަދާނުވީމަ ކައިވެންޏާއި ހަމާއަށް ގެންދިޔައީ… އެކަން ކުރަން މަޖުބޫރުވީ ތި މަންމަގެ އުޅުމާއި ހެދި، ތި މޮޔަ ވިސްނުމާއި ހެދި.. އަހަރެން ލޯބިވަނީ އަދި އަހަރެންނަށްލިބުނު ދަރިފުޅުގެ މަންމައަކީ ރާއްޖެތެރޭ މީހެއް.. މިއަދު ދެރައެއްވެސް ނުވޭ މިހެން ބުނާކަށް، އަހަރެންނަށް ކަންތަށްކުރެވުނީ އެންމެ ރަނގަޅ……………….” އައިޒަން ދައްކަ ދައްކާ ހުރި ވާހަކަ މެދުކަނޑާލަން މަޖުބޫރުވީ، އެ ކޮންމެ ވާހަކައެއް އަޑުއިވި ރުޅި ކޮންޓްރޯލްނުކުރެވިފައި ހުރި ޝާމިރާ އަތުން އޭނާގެ މޫނުމައްޗަށް އެރި ހޫނު ހަމަލާއިންނެވެ. އައިޝަމް ދެލޯ ބޮޑުކޮށްލާފައި މަންމާއޭ ބުނެ އެދިމާލަށް ހިނގައިގަތްތަނާ ޝާމިރާ އެކަން ހުއްޓުވީ އަތުންނެވެ. “ކަލޭ ހުރޭ ތިތާ..!” ޝާމިރާގެ ބަސްމަގު ހުރިގޮތުން އައިޝަމް ޖެހިލުންވިއެވެ. އަދި ހުރިތާ މަޑުކޮށްލިއެވެ.

އައިޒަން މަސައްކަތް ކުރީ މަންމައަށް ވިސްނައިދެވޭތޯއެވެ. ނައިނާ އަކީ ރަނގަޅު ކުއްޖެއްކަމާއި މަންމަ ހީކުރާގޮތާއި ހިލާފަށް ރާއްޖެތެރޭ މީހުންނަކީ ވަރަށް ރަނގަޅުބައެއްކަމުގައެވެ. “ނޫން… އެއަންހެނާ މަގޭ ދަރި ދަލުގައި ޖެއްސީ.. މަށަށް އޭރުވެސް އިނގެންޖެހޭ އެ އެއްޗެހިންގެ ތެރެއަށް ފޮނުވީމަ މިހެންކަން ވާނީ… އަހަރެން އެކަމުވެސް ފޮނުވީ އައިޒަން އަށް ކުރާ އިތުބާރެއްގެ ބޮޑުކަމުން….. އަހަރެން ހިއެއްވެސް ނުކުރަން……… އަހަރެންގެ ދަރި އެ ނުލަފާ އަންހެނާ ދަލުގައި ޖައްސީ… އަހަރެންގެ ފިރިމީހާވެސް ކާލީ އެމީހުންގެ ތެރެއިން މީހެއް ދެން އަހަރެންގެ ދަރިވެސް، އަހަރެންނަށް އޮޅުވާލީ…. އެކަނިމާއެކަނި އައިޒަން ބަލާބޮޑުކުރުމުގެ ނަތީޖާ ކިހާ ފޮނި….” ޝާމިރާ އަށް ކިޔޭނުކިޔޭވެސްނޭނގެއެވެ. އައިޒަން އެގޮތަށް ނުވިސްނުމަށް އެދި އާދޭސްކުރިއެވެ. އަދި ކަންތަށް ވެދިގޮތާއި ކައިވެނިކުރަން ޖެހުނު ގޮތް މަންމައަށްހިއްސާކުރި ނަމަވެސް ޝާމިރާ ހުރީ ގަބޫލުކުރާގޮތަކަށް ނޫނެވެ.

“މިހިސާބުން ނިމުނީ… އައިޒަން އަހަރެން ކުރިމަތީ އެ އަންހެނާއަށްޓަކައި އޭނާގެ ރަނގަޅުކަން ދައްކަން އުޅޭނެކަމެއްނެތް… މިއަދު އައިޒަން ޖެހޭނީ ލަމްހާގެ ކައިވެންޏަށް އާބަސްބުނަން…. އަދި އެ ސުންޕާ އަންހެނާ ޖެހެނީ އައިޒަންގެ ދިރިއުޅުމުން ނެރެ އެއްލާލަން.. ހަނދާން ބަހައްޓާތި..” އައިޒަން އާއި ދިމާލަށް ޝަހާދަތް އިނގިލި ދިއްކޮށްލަމުން ޝާމިރާ އިންޒާރެއްދިނެވެ. ޝާމިރާ ރުޅިއައިސްގެން ގޮސް ހުރީ ފަޅައިގެން ދާވަރުވެފައެވެ. އައިޒަން ކައިވެނި ނުކުރާނެކަމަށާއި ފާލިހު ކައިރި ރީއްޗަށް ކައިވެންޏަށް އިންކާރުކުރާނަމޭ ބުންޏެވެ.

“ކަލޭ ތި އަނގައިން ކައިވެންޏާއި ދެކޮޅަށް އެންމެ ބަހެއް ނެރުނަސް ފެންނާނީ އަހަރެންގެ މަރުވެފައިވާ މަސްގަނޑު ހަނދާންބަހައްޓާތި..!!” ޝާމިރާ ފަހުފަހަރަށް އެހެން ބުނެފައި ހިނގައިގަތެވެ. ރުޅިއައިއްސާހުރިވަރުން ޝާމިރާގެ ބޮލަށް އެނބުރުންވެސް އެރިއެވެ. އައިޒަން އާއި ދިމާލަށް ހެއްދެވި ނެހެއްދެވިއެއްގޮވަމުން ޝާމިރާ ކޮޓަރިއަށް އަޅައަޅާ ހުރި ފިޔަވަޅު ހުއްޓުނީ އައިޒަންގެ ފޯނު ރިންގްވާންފެށުމުންނެވެ. އައިޒަން މަޑުމަޑުން ނައިނާއޭ ބުނި އަޑަށް ޝާމިރާ އަނެއްކާވެސް ބާރު ހިނގުމެއްގައި އެދިމާލަށް އައެވެ. އައިޝަމް ޝާމިރާ އައި ބޭނުން އެނގި އެކަން ހުއްޓުވަން އުޅުނެއްކަމަކު އޭނާ ފޮޅާލާފައި ގޮސް އައިޒަން އަތުގައި އޮވެ ރިންގްވަމުން ދިޔަ ފޯނު ނަގާ ބިންމައްޗަށް ޖެހިއެވެ. “ތި ގުޅުން އިތުރަށް ކުރިއަށްގެންގޮސް ފިނަމަ އަހަރެންގެ އައިޒަން ކިޔާ ދަރިއެއް ނުހުންނާނެ… މިއަދު އަހަރެންނޫނީ ތި އަންހެނެއް ނަގަންޖެހޭނީ.. އަހަރެން ނަގަންޏާ ލަމްހާއާއި ޖެހޭނީ ކައިވެނިކުރަން އަދި އެ ނުލަފާ އަންހެނާ ނަގައިފިނަމަ ޖެހޭނީ މިގެއިންނާއި މި މާލޭންވެސް ދާން ތި އުޅޭތާކަށް، އަދި އަހަރެން މަރުވެ ކައްވަޅުގައި އޮތަސް އަހަރެންނަށް ތިވަސްވެސްނުޖެހޭ ހަމާލުގައި އައިޒަން ޖެހޭނީ ހުންނަން.. އެކަން ހަނދާނުގައި ބަހައްޓައިގެން ކޮންމެ ނިންމުމެއްވެސް ނިންމާތި.. މިރޭ ލަމްހާމެން އަންނައިރު ތި ނިންމުމެއް ނިންމާ ތައްޔާރަށް ހުންނާތި..” ޝާމިރާ އައިޒަން ކޮށްޕާލާފައި ދިޔައީ އަނެއްކާވެސް ފޯނަށް އަރާ ޗިސްޗިސްކޮށް އެބައިތަށްވެސް ހިފައިގެންނެވެ.

އައިޒަން އެހުރިގޮތަށް އެތާ ހުރީ ހަދާނެގޮތް ހުސްވެފައެވެ. އައިޝަމްވެސް ޝާމިރާ މިހާ މައްޗަށް ގޮސްދާނޭ ހިއެއްނުކުރެއެވެ. އައިޒަންއަށްޓަކައި އައިޒަންގެ އުފަލަށްޓަކައި އޭނާ އެކައިވެނި ހުއްޓުވާނޭ އައިޝަމްހިތަށްއެރިއެވެ. އެހެނީ އައިޒަންއަކީ މަންމަގެ ރަންދަރިއެވެ. އޭނާގެ އުފަލަށްޓަކައި ކޮންމެ ކަމެއްވެސް ކޮށްފާނެއެވެ. ނަމަވެސް މިއަދު އެނގިއްޖެއެވެ. މަންމައަށް އައިޒަންގެ އުފަލަކީ އެއްވެސް އެއްޗެއް ނޫނެވެ. އެހެންނޫންމަ އެހެން ނުހެދީހެވެ. “މަންމާ ދޮންބެއަކީ ބޮޑުވެފައިހުރި ފިރިހެނެއް ދޮންބެ އުޅޭނީ ބޭނުންގޮތަކަށް. ތިހެން މަޖުބޫރެއްނުކުރޭވެނެ..” އައިޝަމް އަޑު ނެތްތަނަށް އެހެން އިއްވާލީ އައިޒަން ޝާމިރާގެ ބަސްގަބޫލުނުކުރާނެކަމުގެ އުއްމީދު އޮތީމައެވެ.

އައިޒަން މަރުވެފައިވާ މައްޔިތެއްފަދައިން ހިނގާފައި ކޮޓަރިއަށް ދިޔައީ އިސްޖަހައިގެންހުރެއެވެ. އެސިކުނޑިތެރޭ ފުނި ބާރުވަމުން ދިޔަ އެއްޗެހިން އޭނާ ބޮލުގައި ރިއްސައިގަތެވެ. އައިޝަމް އެތެރެއަށް ވަދެ އެއްޗެއް ބުނަން އުޅެނިކޮށް އައިޒަން އެކަން ހުއްޓުވިއެވެ. “ނައިނާ ކައިރި އެހަށްމިވާހަކަތަށް ނުދައްކާ ބުނޭ އަހަރެން ކޮންމެވެސް ކަމެއްޖެހިގެންނޭ މިހާރު ގިނައިން އުޅެނީ ގެއިން ބޭރުގައި އޮފީހުގައޭ، ފޯނުވެސްހަލާކުވެއްޖެޔޭ، ރަނގަޅުވީމަ ހަބަރެއްވާނަމޭ… ނައިނާ ކައިރި ކޮންމެ އެއްޗެއް ބުންޏަސް އޭނާ އެކަން ހެޔޮހިތުން ގަބޫލުކުރާނެ.. އިތުރު އެއްވެސް ވާހަކައެއް ނުދައްކާތި މިވަގުތަށް..” އައިޒަން އެހެން ބުނެފައި އައިޝަމް ކައިރި ނިކުތުމަށްއެދުނެވެ. އައިޝަމް އިސްޖެހިފައިހުރެ އެތަނުން ނިކުތީ އައިޒަން އެދުނު ގޮތަށް ނައިނާ އަށް އެ ބުނިއެއްޗެއްލިޔެފައި މެސެޖްކުރަމުންނެވެ. މިވަގުތު ރަނގަޅުވާނީ ނައިނާއަށް މިކަންތަށް ނޭނގިއްޔާއޭ އައިޝަމް ހިތްބުންޏެވެ. ދޮންބެ ނިންމުމެއް ނިންމީމާ އިނގިދާނެތާއެވެ. ކޮންމެ ގޮތެއްވިޔަސް އައިޒަން ނިންމުމެއް ނިންމާނީ ލޯބިވާ ނައިނާއަދި ދަރިފުޅު އައިނާއަށްޓަކައި ކަން އައިޝަމް ޒަމީރު ބުނަމުން ދިޔައެވެ.

…………………………

ތިން މީހުންވެސް އިންތިޒާރުކުރަމުން ދިޔަ ގަޑިއައީއެވެ. ދޮންބެ ނިންމާ ގޮތެއް ބަލަން އައިޝަމް ހުރީ ކެތްމަދުވެފައެވެ. އައިޝަމް އުއްމީދުކުރަނީ ދޮންބެ ނައިނާމެން ނަގާތޯއެވެ. މަންމަގެ އެ ބޯދާ ވިސްނުން ކޮންމެވެސް އިރަކުން ބަދަލުވާނެކަން އެނގޭތީއެވެ. އެ ހުރިހާ އިރެއްވަންދެން ނައިނާ ނުހުންނާނެކަން އައިޒަންއަށް ވިސްނެންޖެހޭނެއެވެ. ޝާމިރާގެ ހާލަކީވެސް އެއީއެވެ. އައިޒަން އޭނާއާއި އެއްކޮޅަށް އަރުވަން ޖެއްސޭނެ ހުރިހާ މަޅިއެއް އޭނާ ޖައްސައިފިއެވެ. އޭނާގެ އޮތް ހަމައެކަނި އުއްމީދަކީ އޭނާގެ ތަރުބިޔައްތެވެ.

ނޯކަރަކު ގެ ހުޅުވައިދިނުމުން އެތެރެއަށް ވަތް ފާލިހު ހުރީ ވިހަގޮތަކަށް ހިނިތުންވެލައިގެންނެވެ. ފަހަތުން އައި މާރިޔާއާއި ލަމްހާ ހުރީ އިސްޖަހާލައިގެންނެވެ. އެއްވެސް ވަރަކަށް އެދެމީހުން މި ކައިވެންޏަށް އެއްބަސްނޫންކަން ފާލިހު އަށް އަމަލުން އެމީހުން އައީ ދައްކަމުންނެވެ. ނަމަވެސް ސީދާ ފާލިހުއާއި ދިމާލަށް ބޭނުމެއް ނޫނޭ ބުނެ އެކައިވެންޏަށް އިންކާރުނުކުރީ ފާލިހުގެ ގޮތް އިނގޭތީއެވެ. ލަމްހާ ހުރީ ވަރަށް ދެރަވެފައެވެ. އެތަކެއް އަހަރު ގުޅިގެން އުޅުނު ލޯބިވެރިޔާއާއި ވަކިވެ މިއަދު މިޖެހެނީ އައިޒަން އާއި ކައިވެނިކުރުމަށް އެއްބަސްވާށެވެ. ދެކޮޅު ހަދައިގެން ބައްޕަގެ ރުޅިގަނޑު ދެކޭނެހާ ހިތްވަރެއް އޭނާގެ ނެތެވެ. ލަމްހާއަށްވެސް އައިޒަން އަކީ ރަނގަޅު ކުއްޖެއްކަން އިނގެއެވެ. ނަމަވެސް އޭނާ ލޯބިނުވަންޏާ އެ ހުރިހާ އުފަލެއްދެވޭނެހެއްޔެވެ؟ ޝާމިރާ އައިޒަން ގަޔާވާ ވާހަކަ ބުނީމަވެސް އޭނާ ހުރީ ކޮންމެވެސް ވަރަކަށް ހިތްހަމަނުޖެހިފައެވެ. އެކުވެރިކަމުގެ މައްޗަށް އެ އިހްސާސްތަށް އައިޒަން ގެނައީތީއެވެ.

ޝާމިރާ އުފަލާއި އެކު އެމީހުންނަށް މަރުހަބާ ކިއެއްކަމަކު އައިޒަން ކަންތަށްކުރާނެ ގޮތް ނޭނގޭތީ ހުރީ ފާޑަކަށް ނުތަވަސްވެފައެވެ. ފާލިހު އައިޒަން ކޮބައިތޯ އަހާފައި ސޯފާގައި އިށީނދެލިއެވެ. މާރިޔާއާއި ލަމްހާ ތިބީ މަޑުމައިތިރިވެފައެވެ. ސިޓިންގް ރޫމްއަށް އައި އައިޝަމް ގަދަކަމުން މާރިޔާއަށް ހިނިތުންވެލިއެވެ. ޝާމިރާ އައިޒަން އަށް ގޮވަން އެދުމުން އައިޝަމް އެ ކޮޓަރިއަށް ގޮސްވަނެވެ. އައިޒަން އޭރު ލޯގަނޑު ކުރިމަތީ ފެންވަރައިގެން ނިކުމެ އިސްތަށިގަނޑާއި ކުޅެން ހުރީއެވެ. “މަންމަ ބުނީ އަންނާށޯ….!” އައިޝަމް އެހެން ބުނުމުން އައިޒަން ލޯގަނޑުން ފެންނަމުން ދިޔަ އައިޝަމްގެ ސޫރައަށް ބަލައިލިއެވެ. އެ ދެލޮލުން ކޮންމެވެސް އެއްޗެއް އައިޝަމް ކައިރި ބުނަންއުޅޭކަހަލައެވެ. އެއްޗެއް ނުބުނެ އޭނާ ހިނގައިގަތުމުން އައިޝަމްވެސް ފަހަތުން ހިނގައިގަތެވެ. އޭނާ ހުރީ ދޮންބެ މަންމަގެ މޫނުމައްޗަށް ނޫނެކޭ ބުނެ މަންމަގެ އެ ވިސްނުމަށް ދޮންބެ އެއްވެސް އެއްބައިވުމެއް ނުދޭނެކަން ދެކޭ ހިތުން ކެތްމަދުވެފައެވެ.

އައިޒަން އެމީހުންނަށް ބަލައިލުމެއްނެތި ގޮސް ސޯފާގައި އިށީނެވެ. އޭނާ ކައިރި އައިޝަމްވެސް އިށީނދެލިއެވެ. ކުޅިބަލަން ކެތްމަދުވެފައި އިން އައިޝަމް އިރުއިރުކޮޅާ ޝާމިރާއަށް ބަލައިލައެވެ. ޝާމިރާވެސް ފާޑަކަށް އައިޒަންއަށް ބަލާލައެވެ. ފާލިހު އިނީމާ އައިޒަން އިނީ އިތުރަށް ހިތްހަމަނުޖެހިފައެވެ. “ވަރަށް އުފާވި މަންމަ ގުޅާފައި ބުނީ އައިޒަން ކައިވެންޏަށް އެއްބަސްވެއްޖެޔޭ.. އެވާހަކަ އައިސް ދައްކަން ވާއިރަށް އައިޒަން އެއްބަސްވި ވާހަކަ އަޑުއެހުނީމަ ވަރަށް ހިތްހަމަޖެހިއްޖެ….” ފާލިހު ގެ އަޑާއި އެކު އައިޒަންއަށާއި އައިޝަމްއަށް ބަލައިލެވުނީ ޝާމިރާއާއި ދިމާލަށެވެ. އޭރު ޝާމިރާ ހިނިތުންވެލައިގެން އިނީ އެދެމީހުންނާއި ދިމާ ނުބަލާންވެގެންނެވެ. އެ ހިތުގައިވާ ބިރުވެރިކަން ފަޅާއަރާފާނެތީއެވެ. މަންމަ އެހާ ހިތްހަރުވެދާނޭ އައިޒަން ދުވަހަކުވެސް ހިއެއްނުކުރެއެވެ.

މިހުރިހާ ކަމެއް ނިމިގެން ދިޔަލެއް އަވަސްކަމުން މާރިޔާ ހުރީ ދައްކަންޖެހޭ ވާހަކަ ނުދެއްކިއެވެ. މާރިޔާ އެންމެންގެ ސަމާލުކަން ހޯދުމާއި އެކު ފާލިހު ފާޑަކަށް ރުޅިއައީ އޭނާ ދައްކާވާހަކައެއް ނޭނގުނީމައެވެ. ދެތިން ފަހަރު ކަރުކެހެލީ މިކަމާއި އިންކާރު ކުރީމަ ވާނެ ގޮތް ހަނދާންކޮށްލަދިނުމަށެވެ. މާރިޔާ ހިންދިރުވާލިއެވެ. “ލަމް ކިޔަވައި ނިމިގެން ކިރިޔާ އެއައީ… ޖޮބްތަކަށް އެޕްލައި ކުރަމުން އެ އަންނަނީވެސް…. އަދި ވަރަށް އަވަހަށް ލިބޭނެކަމުގެ ގެރެންޓީވެސް އެބައޮތް.. އެހެންވެ އައިޒަންއަށް މައްސަލައަކަށްވާ………….” “ނޫނޭ ނޫނޭ! މި ހުރިހާ އަހަރު ކިޔަވާ ރަނގަޅު ނަތީޖާ ހޯދީކީ މިހެން ހުއްޓާލާކަށެއްނޫނެއްނު… އައިޒަންގެ އެއްވެސް މައްސަލައެއް އަދި އަހަރެންގެވެސް އެއްވެސް މައްސަލައެއް ނެތް…” މާރިޔާ ދެއްކި ވާހަކަތަށް މެދުކަނޑާލީ ޝާމިރާއެވެ. ޝާމިރާ ދެތިންފަހަރު އައިޒަން އަށް ދޯ އެއްލުމުން އައިޒަން ގޮއްމުށްކަވާލިއެވެ. އެތަން ފެނި އައިޝަމް ޝާމިރާއަށް ބަލާލާފައި ދެކޮޅަށް ބޯހަރަކާތްކޮށްލިއެވެ.

“އަޅުގަނޑަށް… ހަމަ އޯކޭ!!” އައިޒަން ނޭވަޔާއި އެކު ބުނެލި ބަސްތަކުން އައިޝަމް އަށް ކުއްލިއަކަށް ބަލައިލެވުނީ އައިޒަންއަށެވެ. ގަބޫލުނުކުރެވުނަސް އިވިގެންއެދިޔައީ ހަމަ އޭނާގެ ދޮންބެގެއަޑެވެ. އައިޝަމް އިސްޖަހާލާފައި ލޯމަރާލި މަންޒަރު ފެނުނު ޝާމިރާ އަށް ކާމިޔާބީ ލިބިގެންދިޔައެވެ. އައިޒަން އެގޮތަށް ކަންތަށް ކުރުމުގައި އައިޝަމްގެ އަތެއްވާކަން އޭނާއަށް އިނގުނީ އައިޝަމް އުޅުނުގޮތުންނެވެ. އައިޝަމް ނާކާމިޔާބު ކޮށްލެވުނީތީ ޝާމިރާ އުފާވިއެވެ. ކޮންމެއަކަސް އައިޒަންގެ ހުންނާނީ ޝާމިރާގެ ތަރުބިއްޔަތެވެ. އައިޝަމް އެ އިންގޮތަށް އިނދެ ގޮއްމުއްކަވާލިއެވެ. އޭނާ އަމިއްލަ ނަފްސް ކުރިމަތީ ލަދުގަނެއްޖެއެވެ. އެހާ ބޮޑަށް ދޮންބެއަށް އިތުބާރު ކުރެވުނީތީއެވެ. މައުސޫމް އަންހެންކުއްޖެއްގެ މުޅި ދިރިއުޅުން ދޮންބެގެ އަތަށް ދެވުނީތީއެވެ. އޭނާއާއި ޖެހިގެން އެއިނީ ޝާމިރާގެ ހިޔަނިކަން އޭނާ ހަނދާން ނައްތާލައިގެން ނުވާނެކަން މިއަދު އައިޝަމްއަށް އިހްސާސްވިއެވެ.

ކައިވެނީގެ ވާހަކަ ދެކެވެމުން ދިޔައީ ހަމައެކަނި ފާލިހު އާއި ޝާމިރާގެ މެދުގައެވެ. ދެން ތިބި މީހުން ދެނީ ހަމައެކަނި ހިނިތުންވުމެކެވެ. ނުވަތަ އާބަސްބުނުމުގެ ގޮތުން ބޯޖަހާލަނީއެވެ. އެހެންނޫނަސް މި ކައިވެންޏަކީ ހަމައެކަނި ފާލިހު އާއި ޝާމިރާ އެދިގެން ކުރާކަމެއްވިއްޔާއެވެ؟ އެހެންމީހަކު އެދެމީހުންގެ އުފަލަށް ހުރަސްއަޅައިފިނަމަ ދިރިއުޅުން ފެންނާނީ ހަލާކުވެގެން ދާތަންކަން އެންމެންނަށްވެސް އިނގެއެވެ. އައިޒަންގެ ކުރިމަތީ އޭނާގެ ދިރިއުޅުން ބަރުބާދުވިއިރު އެ މަންމަ އެކަމާއި ކުށްވެރިއެއްވެސް ނުކުރެވުނެވެ. ކުށްވެރިކުރެވެނީ އަމިއްލަނަފްސެވެ. މަންމައަށް ދޯކާ ދެވުނީތީއެވެ. ދެހަފްތާ ފަހުން ހަމަޖެހުނު ކައިވެންޏަށް ޝާމިރާއާއި ފާލިހު އަތުކުރި އޮޅާލައިގެން ތައްޔާރުވަމުންދިޔައެވެ. ފާލިހު ދިޔައީ ސިކުނޑި ތެރޭ އެހެންކަމެއްވެސް ރާވަމުންނެވެ.

“އަޅުގަނޑަކީ ކާކުކަމާއި އަޅުގަނޑުގެ ދިރިއުޅުން އިނގޭކަށް ބޭނުމެއްނުވާތަ؟” އައިޒަން ކުއްލިއަކަށް ކޮށްލި ސުވާލުން އައިޝަމް އަށް ބަލައިލެވުނީ އައިޒަންއާއި ދިމާލަށެވެ. އުއްމީދެއްލިބިގެންނެއް ނޫނެވެ. ނަމަވެސް ބުނަން އުޅޭ އެތި ބަލައިލަން ބޭނުންވީއެވެ. ޝާމިރާ އަނގަޔަށް ގޮތެއްހަދާލިއެވެ. “ކީއްކުރަން ބަލަނީ… އައިޒަން އަކީ އަހަރެމެން ކައިރި އުޅެބޮޑުވި ކުއްޖެއް..” ފާލިހު ޖަވާބުގައި ވަނީ ފަރުވާކުޑަކަމެވެ. އެކަމުން އައިޒަން ރުޅިއައެވެ. ކިތަންމެ ގާތްކޮށް އުޅުނަކަސް މީހަކާއި އިންނައިރު އަނެކާގެ ވާހަކަ އަޑުއަހާލުން އެއީ ފާފައެއްހެއްޔެވެ؟ އައިޒަން އެއްޗެއް ބުނަން ވާއިރަށް ޝާމިރާ އަވަސް އަވަސްކޮށްލާފައި އެމީހުން ގޮވައިގެން ކާންއެރިއެވެ. އައިޒަން ކިތަންމެ މަސައްކަތެއްކުރިޔަސް ޝާމިރާ ހުރީ އެކަންތަށް ނާކާމިޔާބުކުރާށެވެ.

އައިޝަމް އަށް އެއީ ވާނެގޮތްކަން އެނގިހުރެ ކާހިތެއްނެތޭ ކިޔާ ދާން ހިނގަތީ ޓެރެހާއި ދިމާލަށެވެ. އައިޒަންވެސް އެމީހުންނާއި ބައިވެރިވީ ބައިވެރިވާ ހިތަކުންނެއްނޫނެވެ. ނަމަވެސް މަންމައަށްޓަކައެވެ. އައިޒަން ކުޑަ ބަތްކޮޅެއް ކާތީ ޝާމިރާ ގިނައިން ކެއުމަށް އެދުނީ ވަރަށް ލޯތްބާއިއެކުގައެވެ. އައިޒަން ހީލިއެވެ. ޝާމިރާ ގެ އަޅާލުން ފެނި އައިޒަންއަށް ހަމަޖެހުމެއްލިބުނެވެ. މަންމަ ނުރުހިފައި އޭނާ ދެކެ ރުޅިއައިއްސާ ހުންނައިރު އޭނާ ވަރަށް ދެރަވެއެވެ. ކުޑައިރުވެސް މަންމަ އޭނާ ދެކެ ލޯބިވާށޭ އެއްޗެހި ނުބުނާށޭ ކިޔާ ރޯންފަށަނީ ޝާމިރާ ރުޅިއައީމާ އެހިތަށް ވާ އުނދަގޫތަކުންނެވެ. މިއަދުވެސް އެ ފެނުނީ އޭގެ ކުޑަ މިސާލެކެވެ.

……………..

“ޝާމް….!” އިވުނީ އައިޒަންގެ އަޑެވެ. އައިޝަމް ފަސްނޭނބުރުމުން އައިޒަން އައިސް އޭނާގެ ކޮނޑުގައި އަތްއަޅާލިއެވެ. އެކަމަށް ތައްޔާރުވެފައި ހުރި އައިޝަމް އެ އަތް ފޮޅާލާފައި ދުރަށްޖެހުނީ އޭނާގެ ގައިގާ އަތްނުލާށޭ ބުނަމުންނެވެ. “ޝާމިރާގެ ދަރިޔަކު އުޅޭނީ ޝާމިރާ ގޮތަށްކަން އަހަރެން ކިހިނެއް ހަނދާންނައްތާލާނީ، ހަމަ އެދަހިވެތިކަމުގެ ސަބަބުން އަހަރެމެންނާއި ބައްޕަ ދުރުވީ، އަދި އަދަށްދާންވެސް، ހަމަ އެދަހިވެތިކަމުގައި އައިޒަންވެސް އެ ކައިވެނިކުރުވަނީ…” އައިޝަމް ނުރުހިފައި އެހެން ބުނުމުން އައިޒަން ދެބުމަ ގޮށްޖަހާލިއެވެ. އައިޝަމް މަންމައަށް އެ ކުރާ އިހްތިރާމް ހާދަކުޑައޭ އޭނާ އެވަގުތު ހިތަށްއެރިއެވެ. އައިޝަމް އާއި ޝާމިރާ ދުރުކަން އޭނާއަށް އަބަދުވެސް ފާހަގަވެއެވެ. އައިޒަންގެ ލޯ ވަނީ މަންމަގެލޯބީގައި ކަނުވެފައި ވިޔަސް މަންމަގެ ގޯސްކަންތަށް އޭނާއަށް ފެނި އެކަމާއި ފޫހިވެޔޭ އަބަދުވެސް އައިޝަމް ބުނެއެވެ. “އެއީ އައިޝަމްގެ މަންމަ، ބަނޑުއަޅާ ވިހޭ މަންމަ… ބައްޕަޔަކާއި ނުލާ ބޮޑުކުރި މަންމަ، މަންމައަށް މަންމަ ނުކިޔެންޏާ މިގެއިން ނިކުމެގެން ދޭ!” އައިޒަން ގެ އަޑުގައިވަނީ ނުރުހުމެވެ. އައިޝަމް އައިޒަން އާއި ދިމާ ބަލައިލިއެވެ. އަދި ދެކޮޅަށް ބޯހަރަކާތްކޮށްލީ އޭނާ އައިޒަންއަށް ކުރަމުން އައި އިތުބާރު ގެއްލިއްޖެކަން އަންގާށެވެ.

“އައިޝަމް އަހަރެންނަށް އިނގޭ ތިހިރީ ކީއްވެފައި ކަން؟ އަހަރެން ނައިނާ އާއި މެދު ވިސްނަން އަދި މާތް ﷲ އިރާދަކުރެއްވިއްޔާ ދުވަހަކުވެސް ދުލެއް ނުކޮށްލާނަން އެކަމް ނައިނާއަށް ވުރެ މުހިންމު އަހަރެންނަށް އަހަރެންގެ މަންމަ އެ ބުނި ބަސްތަށް… މަރުވާނަމޭ، އަދި މަރުވެއްޖެއްޔާ މޫނުބަލަންވެސް ނާންނާށޭ، އިނގޭތަ އެއީ ކިހާވަރެއްގެ އެއްޗެއްކަން.. ނޭނގޭނެއްނު އައިޝަމް ދުވަހަކުވެސް މަންމައެއް ގޮތުގައި އެމަންމަ ނުދެކޭ ވިއްޔަ……” އައިޒަން ހަމަ އެރާގުގައި އެހެން ބުނެލީ ސީދާ އައިޝަމްގެ މޫނަށްބަލަންހުރެއެވެ. ޓެރެހުގައި ދިއްލިފައި އިން ދެތިން ބޮކި ފިޔަވާ އެތަނަށް އިތުރުގޮތަކަށް އައްޔެއްނުވެއެވެ. އެދެމީހުން ތިބިގޮތުން މޫނަށް ހުރީ ހިޔަނިއެޅިފައެވެ. އެކަކު އަނެކަކަށް ވަމުންދާ ގޮތްތަށް ވަނީ އެ ހިޔަނީގައި ފޮރުވާލެވިފައެވެ. އައިޒަން މަންމައަށްޓަކައި ޤުރުބާންކޮށްލި “ނައިނާގެ އައިޒަން” ވެސް އެ ހިޔަނިތެރޭ ފިލައިގެން ހިނގައްޖެއެވެ.

އައިޝަމް އަޑުލައްވާލުމެއްނެތި ހީލިއެވެ. އައިޒަން އަށް އެއިން ނަގަންވީ މާނައެއް ނޭނގުނެވެ. އައިޝަމް އައިޒަންގެ ފަހަތުގައި ހުރި ޝާމިރާއަށް ބަލާލާފައި ތަންކޮޅެއް ފުޅާ ހިނިތުންވުމެއް ދިނެވެ. “އާދޭ އާދޭ! ހިތަށްއަރާ މަންމައާއި ދޮންބެ ރަނގަޅަށްވެސް އެހެންމީހުންގެ އިހްސާސްތަކާއި ކުޅެލަން ދަނެޔޭ… އެހެން ނުވާންވީ ކީއްވެ؟ އެތަކެއް ހުވަފެންތަކެއް ދައްކާ، ލޯބިވެ ކައިވެނި ކޮށް، މިއަދު އެ އަންހެންކުއްޖާގެ ގުޅުން ހާމަކުރަންވީ ދުވަހު އެހެން ގުޅުމަކަށް އާބަސްބުނީ.. ކޮންމެ އަންހެންކުއްޖެއްފަދައިން ނައިނާވެސް އެދޭނެ އެއްކަމެއް އެއީ، އޭނާ އަކީ މީހެއްގެ އަތްބެއްކަމާއި އައިޒަންގެ ދަރިއެއްގެ މަންމަކަން ހާމަކުރަން.. އެކަމް އެ ނަސީބު އޭނާގެ ކޮބާ؟ ދެން ހުރީ ހެހެހެ، އެ ހުރިހާ ކަމެއް ދަސްކުރަމުން އައި ފަރާތް، ގާތް އެކުވެރިކަމޭ ކިޔާފައި ކައިވެނި ހުށައެޅާ އެކަމަށް އާބަސްދިންއިރު އެމީހުންނަށް މި އޮޅުވާލެވެނީ ކިހާ ބޮޑަށްކަން ނޭނގޭތަ؟؟ އައިޒަންގެ އެހެން އަތްބެއް ހުރިކަން ފޮރުވިއިރު އެއީ އެމީހުންނަށް ދޮގުހަދާ އޮޅުވާލާ ދޯކާ ދެވެނީކަމެއް ނޭނގޭތަ؟ ހެއް… ކިހިނެއް އިނގޭނީ؟ ގާތް އެންމެންނަށްވެސް ހިތްދަތިކަން ނޫންއެއްޗެއް ދޭން ނޭނގޭ ދެމީހުންނެއްނު ތީ.” އައިޝަމް އޭނާގެ ދުލަށް އައިހާ އެއްޗެއް ކިޔަމުން ދިޔައިރު އިރު އިރުކޮޅާ ޝާމިރާއަށާއި އައިޒަންއަށް ބަލާލާފައި މަލާމާތުގެ ހިނިތުންވުމެއް އެމީހުންނަށް ރައްދުކޮށްލައެވެ. ހަމަޖެހިފައި ހުރި ޝާމިރާ އަނެއްކާވެސް ރުޅިއައެވެ. އައިޒަން ފަހަތުގައި ހުރި ޝާމިރާއަށް ބަލައިލިއެވެ.

“މަންމަ.. އަހަރެންވެސް ބޭނުމެއްނުވޭ އެމީހުން އޮޅުވާލުމެއްގެ ތެރޭ ބާއްވާކަން.. އަހަރެން ނައިނާ އާއި ކައިވެނިކޮށް ދަރިއެއްވެސް ހުރޭ، އެކަން އަހަރެން އިތުރަށް ސިއްރުކުރާކަށް ނޭދެން…” އައިޒަން އެހެން ބުނުމުން އައިޝަމް ހޭންފެށިއެވެ. ނަމަވެސް އައިޒަން އެކަމާ އަޅައިނުލީ އައިޝަމްގެ ބޯ މިހާރު ހަމަނޫންކަން އެނގިއެވެ. “އައިޒަން އަހަރެންނަށް އޮޅުވާލާފައި ދިނީ ކިހާ ބޮޑު ދޯކާއެއް؟ އޭ؟ އަހަރެންނަށް އެކަމެއް މި އިނގުނީ ކިހާ ދުވަހެއްވީފަހުން…” ޝާމިރާ ރުޅިވެރިކަމާއި އެކު އައިޒަންއާއި ދިމާލަށް ބުންޏެވެ. “އެކަމް އަހަރެން ނައިނާ ދެކެ ވަރަށް ލޯބިވެ.. އޭނާ ދޫކޮށްލާކަށް ބޭނުމެއްނޫން މަންމާ…!” އައިޒަން ޝާމިރާއަށް ޖަވާބުދާރީ ވީ މަޑުމައިތިރިކަމާއި އެކުގައެވެ. އަދި ވިސްނައިދެވޭތޯ މަސައްކަތްކުރިއެވެ. އޭނާ ގެ ދަރިފުޅަށްޓަކައިވެސް އެ ކައިވެނި އެގޮތުގައި ބާއްވަން އޭނާ ބުނިއިރު އެދެލޮލުން ކަރުނައާދެއެވެ.

“މަންމަ މިހެން މިބުނަނީ އައިޒަން އަށް ރަނގަޅަކަށް، އެމީހުންނަކީ ލާރިއާއިގެން އުޅޭ ބައެއް… މަންމައަށް އިނގޭ ދަރިފުޅު އަމިއްލައަށް ތިކަހަލަ ކަމެއް ނުކުރާނެކަން.. އެހެންމީހުން ބޮލަށް ވަދެގެން ކުރަންޖެހުނު ކަމެއްކަން.. ދަރިފުޅު ތިކަމުގައި ކުށްވެރި ނުކުރާނަން…. ކުށްވެރިކުރާނީ ދަރިފުޅުގެ ބޮލަށް އެ ހިޔާލުތަށް ވެއްދިބަޔަކާއި އެ އަންހެނާ…” އައިޝަމް އަށް އިޝާރާތްކުރަމުން ޝާމިރާ އެހެން ބުންޏެވެ. އައިޒަން ޝާމިރާ އާއި ދެކޮޅަށް ކަމެއްކުރާނީ އައިޝަމްވެސް އެކަމާއި އެއްބައިވެ އޭނާގެ ބޮލަށްވަދެގެންކަން ޝާމިރާއަށް އިނގެއެވެ. އައިޝަމް ދެކޮޅަށް ބޯހަރަކާތްކޮށްލިއެވެ. މިއީ ދުވަހެއްގެ ކޮޅުންވެސް ބަދަލުނުވާނެ މަންމައެކެވެ. އައިޒަންގެ ސިކުނޑިއާއި ރަނގަޅަށް ކުޅެލާ އޭނާގެ ފޮނި ފޮނި ބަސްތަކުން އައިޒަންގެ ހިތްރުއްސާލީ މަދު ސިކުންތިކޮޅެއްގައެވެ. އެކަން ބަލަން އައިޝަމްހުރީ ހަމަ ހައިރާންވެފައެވެ. ޝާމިރާ އައިޝަމްއަށް ލޯއަޅާލާފައި ލޯތްބާއި އެކު އައިޒަން ކައިރި ނިދަން ދާށޭ ބުނެ ޓެރެހުން ފޭބިއެވެ.

“ނުވާނެ ނައިނާ ދޫކޮށްލައިގެން… އެހެންވެއްޖެނަމަ އަހަރެންގެ ދޮންބެއެއް ނުހުންނާނެ…”

Share Article

Follow Me Written By

Ryn

100 Stories10 Stories1K Comments500 Comments100 Comments100 Login

Hello! I love reading stories and writing obv. I hope my stories will make you happy. Don't forget that reading is what gives you more knowledge about the world. Don't stop reading. Visit my facebook page RYN'S stories. Thankyou

Other Articles

Previous

ބޭނުންވަނީ އުމުރަށް 05

Next

ދުރުގައިވިޔަސް 36 ވަނަ ބައި

Next
October 6, 2017

ދުރުގައިވިޔަސް 36 ވަނަ ބައި

Previews
October 6, 2017

ބޭނުންވަނީ އުމުރަށް 05

29 Comments!

  1. Aki says:
    October 6, 2017 at 6:01 pm

    haadha rangalhey

  2. Ryn says:
    October 6, 2017 at 6:11 pm

    Salaam loves ?
    Hykuran mi part rythikamah adhi hurihaa kudhinvx beynunvaakahala improvements mihaaru fehnaanekamah as I’m trying my best to give my best. Leave a comment and let me know what you guys think about my writing, whether its good or bad and if there’s anything to improve, let me know. That’ll b a great help ☺❤
    And ryn aanmukh picx hoadhani pinterest in ?
    And yes the story u guys r talking to continue is about jumaana I think? right? Just wanted to make sure. ❤
    Thankyou for reading and encouraging me to do what I love ❤

    1. song joong ki..KOREAN says:
      October 6, 2017 at 7:37 pm

      pinterest jehymakaa naadhe..anany logo thakeh..?

    2. Girll says:
      October 7, 2017 at 3:21 pm

      Song joong ki, pinterest ei application ekey. Eythi download kohffa. Eyah login vaan jeheyni

  3. annoying reader says:
    October 6, 2017 at 6:16 pm

    varah foohi aizan ves maa findi then, shaamira goto hell . bala aizan moya v tha mihaaru marry kuran ulheni naina ge datha ya ey :@ hmph i am disappointed with this part. plz naina egothah nahadhaba. daddy nethi ma baby ves dhera vaane

  4. Aiy says:
    October 6, 2017 at 6:20 pm

    Alhey aizanooo keetha thi kuree? Dhn vaany kihineh baa?? Mi part vs v salhi? Whn next part??? Waiting waiting ?

  5. Isher says:
    October 6, 2017 at 6:27 pm

    So sad…plx dont leave her….

  6. Anonymous says:
    October 6, 2017 at 6:29 pm

    Story nice.. but aslu aizan n lamhaa akah marryeh nukureveynenun…ehvaguthaa dhe mahramunnaa kaiveni haraam vaane

    1. Lulu says:
      October 6, 2017 at 6:32 pm

      Yeah dhw….naina n lamha aky half siblings

  7. Addu manje says:
    October 6, 2017 at 6:42 pm

    Alhey kihineh mi v? Poor Naina..???
    But story hama varah reethi.. ☺❤

  8. ??? says:
    October 6, 2017 at 6:44 pm

    Y???
    Ixan keehthikury ?
    Plx Naina ah dhera gotheh nahadhahchey??
    Story always v salhi????????????

  9. Shin says:
    October 6, 2017 at 7:02 pm

    Zan naninaa dho kohlaa fiyyaaa mivaahak v hadi vaaane… Dhn alhe kihineibaaa dhw vaaanii…

  10. reader says:
    October 6, 2017 at 7:06 pm

    Huvaa, emyhun kaiveni kuruviya nudheythi. Kaiveni koggen rangalhah ulhefiyyaa v foohi. I will stop reading ehen vejjeyyaa. Mihaaru dhaa goi v salhi. Dhen ekam fahu vaguthu dhekolhu hadhaifiyyaa salhi vaane

    1. Afy says:
      October 7, 2017 at 1:54 pm

      Alhe edhemyhun kaiveni heyo nuvaaane. Lam aa aizan eii kaivenyge sababun kaiveni haraan dhekudhin
      So plz do something love

  11. ballu says:
    October 6, 2017 at 7:15 pm

    shaamira kaley go to hell

  12. ballu says:
    October 6, 2017 at 7:17 pm

    aisham u’re the best

  13. Lam says:
    October 6, 2017 at 7:32 pm

    I lob aisham…hama best…sameera i hate u…dhn thèe bodhu varu laariyaa hedhi ulhunas..

  14. khajja says:
    October 6, 2017 at 7:37 pm

    Alhey aizan kyththathikury? ??? nainaa aa dharifulhu dheke loabi vaanama thihenennuhadhaane kommehen mom ah thabaavaakannujehey goaskamekkuraakah dhynugaves onnany egothah dhw e mom ge goiy rangalhah engey iruves thihiry kanthah kuran thiulhey goiy n aharennah hyvany nainaa aky ves thiya faalih ge dhari enhen emmefahun faalih aizange mom avves hithunnufilaavaruge landeh dheynekanneynge eyrun eynaves heiy araany anyway stry v v rythi whn nxt prt avahah up kolladhechchey ??❤??❤???????

  15. Minn says:
    October 6, 2017 at 8:11 pm

    Naina aee faalih ge dhari eh viyyaa lamha akaa niindheveyne..
    Ehvaguthehga 2 mahuramunnakaa neendheveyne…
    Pls e kaiveni huttuvaaa…
    I hate aizan..
    Thi hama bodu findi eh..
    Mamma bunima komme kameh ves kuran jeheyne.
    Ekam dheenaa fushu naaraa gothah..
    Dheenaku noan naane kusheh neiy anhen kuhjakah olhuvaalaa makaru hadhaakah…
    Huh…
    I hate saamiraaaaa..
    ???

  16. ballu says:
    October 6, 2017 at 8:19 pm

    saamirah tha vx dhn ulhey goiyy dhw

  17. Reet says:
    October 6, 2017 at 8:44 pm

    Naina Bappa aky anehkaa aizange Bappa tha Nainage 2mainnah faaralaigen ulhy meeha bust kohlabala

    1. AHAHAH says:
      October 7, 2017 at 1:20 pm

      MASHA ALLAH !! MANJE AH ADHIWES EWARU GET NUWEY DHW !! NAINA GE BAPPA AKY FAALIH !!! NAINA GE BAPPA GE EHN DHARIYAKAA AIZAN NOW MARRY KURAN EHBAS EVY !!! PIS PIS

  18. Zainab says:
    October 6, 2017 at 11:05 pm

    Aizan maa findi ehn ve varah hadi

  19. Eshal says:
    October 6, 2017 at 11:26 pm

    Dheenee gothun thi kaiveni nukureveyne, so emme rangalhu gothakee Nainaa ge nan haama kurun, eyrah Falih ah engeyne,…….

  20. Xee says:
    October 7, 2017 at 1:57 am

    Yaa plx plx nainaa ge man haamakurey how could he do like this nd even they can’t marry nainaa aky faalih ge first daughter so ….. How can they marry adi neyge bt plx plx plx maariyaa lavas bunebala bt story hama habehys ??❤❤????
    plx plx falih ge plan kaamiyaabu viya nudeythi
    Plx plx plx vvv vvvv avahah up kobba waiting……..
    TGC and good night ? love you and Plz nxt part avahah up kobba ??

  21. Maiii says:
    October 7, 2017 at 7:08 am

    Hahaha… dhn aizan ulhey goii dhw… thihaa mamma dheke loabi vaa varehga mamma grthu nubune marry kurevun dhw… dhn thihaa mamma ge laadlaa hedhen beynumiyyaa mamma dhakka myhakaa innan huri namathaa… dhn mihaaru maa mamma vaakah… aizan ge kokko naina aa dhevi nama vx maa rangalhu vys… mi ulhey aizan naina dhookhlaifiyya aisham marry kuruvaathi.. eyrah wow.. amihla dhari kokko ah bappa kyma kurevey ihsaas vx ngeyne…

  22. Someone says:
    October 7, 2017 at 1:56 pm

    Aizaanu gandu varah fooh vey?????

  23. Abdulla says:
    October 7, 2017 at 10:04 pm

    Haraam kaivenyeh kuruvanytha……. vaahaka reethi.. ekm naina vari nukoh eynage dhahtha aai kaiveni kuruvun ragalheh noon…

  24. Kandufureytha.07 says:
    October 21, 2017 at 12:18 am

    shaamira reminds me of dayavanthi mehtha in naamkaran on starplus Hama eynaves Ashish ah ehen majbooru kuraani avni men dhookollan. Hama eyna dheke ai rulhi shaamira dhekeves Eba aadhey. Mi vaahaka Varah reethi. Miyah hama addict vejje mihaaru emme dhuvahhe thereyga.

Comments are closed.


All Right Reserved!