ހެނދުނު ދިހައެއް ޖެހިއިރު ވެސް ސައުދުގެ ދެމަފިރިން ހޭނުލައެވެ. އެހެންނަމަވެސް ވިނާން ރޭއްސުރެވެސް ވަނީ ނިދި އޭނަޔާ މާދުރަށް ގޮސްފައެވެ. ނިންޖަކީ އޭނަޔަށްޓަކައި ހަރާން އެއްޗެއް ފަދައެވެ. ވަޒުނާ ބޮލުގަ ރިއްސާތީ ބަލިކަމަށް ބުނެ މިއަދު ޗުއްޓީ ނެގިއެވެ. ހަގީގަތުގައި ވެސް ރޭގަ ހިނގި ކަންތަކާ ހުރެ ހަމަ ނިދި ލިބުނެއް ކަމަކު ވަޒުނާގެ ބޯ ހީވަނީ ފަޅައިގެން ގޮސްދާނެ ހެންނެވެ. ކޮޓަރީގަ އޮތުމަށް ފަހު ސައިތަށްޓެއް ބޯލާނަމޭ ހިތާ ވަޒުނާ ނިކުތީ ބޭރަށެވެ. އޭރު ޖަޔާ […]
މާޔާވެސް ކިހާ އާދޭހެއް ކުރި ހެއްޔެވެ. ނަކީލް މާޔާ އެކަނި ކޮށްލީ ލޯބި ނުވާތީތާއެވެ. މިއީ ދުރުގައިވުން ހައްޤު ލޯތްބެކެވެ. ނަކީލް އެލޯތްބައް ދިނީ ފެންކައްކާ ބޮލީގެއިއްޒަތެވެ. އެހެން ވީއިރު އަދިވެސް މާޔާގެ ހިތްމަށްޗަށް ކުރި ނުހޯދެނީ ކީއްވެހެއްޔެވެ. ނަކީލްގެ ހަޔާތުން މާޔާއަށް އެއްވެސް ޖާގައެއް ނެތްކަން ކަށަވަރުވާއިރުވެސް ބަސްނާހާ ހިތް އެލޯތްބަށް ތެޅެނީ ކީއްވެ ހެއްޔެވެ. ………………………………………………………………………………. ސިއުލް އިންޓަރނޭޝަނަލް އެއަރޕޯޓްގައި ފްލައިޓް ޖެއްސުމާއި އެކު މާޔާ ، ކައިލް އަދި ނަކީލްވެސް އަވަސްވެގަތީ […]
ދޮރާއި ދިމާލަށް ބަލާލުމަށްފަހު މަލަކާ އަޝްވާއާއި އެކީ ދާން ހިނގައިގަތީ އަޝްވާ ހުރީ ދޫދޭ ގޮތަކަށް ނޫންހެން ހީވާތީއެވެ. މަލަކާ އަޝްވާގެ ފަހަތުން ދިޔައިރު ހިތުގައި އެކި ސުވާލުތައް އުފެދި ފުނިޖެހެމުން ދިޔައެވެ. ބައްޕަ އެހެން ބުނަންވީ ކީއްވެ ބާއެވެ؟ ބައްޕައަށް ކުރެވުނީ ކޮން ކުށެއް ހެއްޔެވެ؟ އަދި ކުށެއް ކުރެވިފައިވާނަމަ ބައްޕަ އެބުނާހެން އޭނާއަށް އޭގެ އަދަބު ލިބެންވީ ކީއްވެ ހެއްޔެވެ؟ މަޑު ފިޔަވަޅުތަކެއްގައި ގޮސް ދޮރާއި ހަމައަށް އާދެވިއްޖެއެވެ. އޭރު އަޝްވާގެ މޫނުމަތީގައި ވަނީ […]
އައިނާ ނިންދަވަން އޮތް އިރު އޭނާވެސް ބޭރުގައި ހިނގާ ކަންތަށް ބަލަން ޝައުގުވެރިވިއެވެ. ނަމަވެސް އެމީހުން އަޑުގަދަކުރާވަރުން އިރު އިރުކޮޅާ އައިނާ ކުކުރާލާތީ ދުރަށް ދާން އޭނާ ޖެހިލުންވެއެވެ. އެވަގުތު ނައިނާގެ ފޯނު ރިންގްވާންފެށުމުން އަޑު ކަނޑާލާފައި ފޯނު ނެގީ ދެތިންފަހަރަކު ތެޅިލި އައިނާގެ ގައިގާ ލޯބިން ފިރުމާލާފައެވެ. “ހޭ ކުޑޭ!!” ނައިނާ ފޯނު ނަގާފައި އެހެން ގޮވާލީ އައިޝަމް އަށް ޖެއްސުންކުރާށެވެ. އައިޝަމް ވަގުތުން އައްޗީޑިއޭ ބުނެލިއެވެ. “ޝާމްބެ މާ ރީތި.. ކޮބާތަ މަގޭ ޕްރިންސަސް..؟” […]
(ހަވަނަބައި) “ކައިލް.. އަހަރެން ބަނޑުބޮޑު..” އަހަންނަށް ބުނެވުނީ އެހެންނެވެ. މަޑު ޖެހެވުނީ ކޮޓަރި ދޮރުމަތީގައި ހުރި ކައިލްގެ މަންމަ ފެނުމުންނެވެ. “ބަލް… ” ކައިލްގެ މަންމަ ހުރީ ހަމަޖެހިފައެވެ. އެހެންނަމަވެސް މިއަދު އަހަރެން ބޭނުމީ ހަގީގަތާ ކުރިމަތިލާށެވެ. “ދައްތާ.. އަހަރެން ބަނޑުބޮޑީ ނަހަލާލަށް” ލޯ މަރާލުމަށްފަހު އަހަރެން ބުނީމެވެ. “އެނގޭ… އަހަރުމެން ދެމައިންނަށްވެސް ތިކަން އެނގޭ..” ކައިލްމަންމަ ހަމަޖެހިލައިގެން ހުރެބުންޏެވެ. “ބަލް. ބަލް މިގޭގައި އަހަރުމެންގެ ބެލުމުގެ ދަށުގައި ތިހުންނަނީ ސަބަބެއްނެތިއެއް ނޫން. އަހަރުމެންނަށް ހުރިހާ ކަމެއްވެސް […]
ރާޔާ ނިޔާމްއާ ދިމާއަށް ފުން ނަޒަރަކުން ބަލައިލިއެވެ. ފައިތިލައިން ފެށިގެން ބޮލާއި ހަމައަށެވެ. ރާޔާގެ ދެ ލޯ ފެންކަޅިވިއެވެ. އެޔާއެކު ނިޔާމް އަށް ހިންދިރުވައިލެވުނެވެ. ހިކެމުން ދިޔަ ތުންފަތް ދުލުން ތެންމައިލެވުނެވެ. ގަދަކަމުންނެވެ. އެޔާއެކު ދެފަރާތަށް ބޯ ހޫރުވައިލައި ގޮނޑިއާ ދިމާއަށް ހިނގައިގަތެވެ. އެވަގުތު ނިޔާމްގެ މޯބައިލް ފޯން ރިންގް ވާން ފެށިއެވެ. ބްރޯ ވަރަށް ކައިރިވެއްޖެ، މި ފެންނަނީ ހަމަ” އެހެން ބުނުމާއެއްކޮށް ނިޔާމް ފޯން ޖީބަށްލާ، އަވަސް އަވަހަށް އޮފީހަށް ދާން ހިނގައިގަތެވެ. “ހާދަ އިރެކޭދޯ ތިވަނީ އަންނަންވެސް” ނިޔާމް ސައިކަލް މަޑުކޮށްލުމާއެކު ޝާފީ ބުނެލިއެވެ. […]
ކައިލް މޫނުމަތިން ދާތިކި ފޮހެލީ އެދުވަސް ސިފަކުރެވުމުންނެވެ. ފުރަތަމަަ ފަހަރަށް އޭނގެ ކަމެއް ގާތުން ފެނުމުން ބިރުނުގަންނާނީވެސް ކާކު ހެއްޔެވެ. ނަކީލް އަށް ބަލާލި އިރު ޝައުޤުވެރިކަމާއި އެކީ ކައިލްގެ ވާހަކަތަށް އަޑުއަހަން އިން އިރު އެގެން ބޭނުންވެފައިވި މިންވަރު ހާމަވެއެވެ. ހިތްވަރުކޮށްފައި ކަންހިނގިގޮތް ކިޔައިދޭން ފެށީ އެއީ ކޮންމެހެންވެސް އެނގުން މުހިއްމު ކަމަކަށް މިހާރު ވީތީއެވެ. ” އެ އަންހެން މީހާގެ މަޤްސަދު ހާމަވުމުން މައުސޫމެއްގެ ފުރާނަ އެގޮތަށް ނަގާލާން ބަލަން ހުންނަން ކެރޭނެތަ… އަމިއްލަަ […]
ދެ ފަހަރަކު ޓަކި ޖަހާލުމުންވެސް އަޔާނީގެ ޚަބަރެއް ނުވިއެވެ. ދޮރު ތަޅުގައި، ހިފާލިހާއިރުން ދޮރުހުޅުވިގެން ދިޔައެވެ. ކޮޓަރި ތެރޭގައި އަޔާނީ ފެންނަން ނެތުމުން އަމްހާ، ދެން ބެލީ ފާހާނާއެވެ. ފާހާނައިގައި ނެތުމުން އޭނާ ވާނީ ބެލްކަނީގައި ކަމަށް ހީކޮށް އެތަންވެސް ބެލިއެވެ. އެހެނަސް، އެތާނގައިވެސް އަޔާނީ ނެތުމުން، އަމްހާއަށް ހައިރާންކަން ލިބުނެވެ. ކޮޓަރިން ނުކުންނަން ދިޔަ އަމްހާއަށް ހުއްޓުން އެރިއެވެ. އަދި ފަސް އެނބުރި ބަލައިލީ، އެއީ އޭނާއަށް ހީވި އެއްޗެއްތޯ ޔަޤީންކޮށްލުމަށެވެ. ނަމަވެސް، އަލަމާރީގެ ދޮރުހުޅުވާފައި […]
އީރަމް ވަދެގެންއައިސް ޖަނާގެ ކުރިމައްޗަށް ވާހެން އިށީނުމާއެކު މޫނުގެ ކުލަވަރު ބަދަލުކޮއްލަމުން ޖަނާ ހިނިތުންވެލިއެވެ. ” ހާދަ އަވަހަކަށް ގެއަށް ތިއައީ..ޝޯ ނިމުނީތަ؟..” އީރަމް އަށް ބަލާލަމުން ޖަނާ އަހާލިއެވެ. ” ނޫން..ޖަނާ މެންވެސް ގެއަށް އައިމަ މިއައީ ދެން.. ލާމީ ކޮބާާ.. ” އީރަމް ލާމިހް ފެންނަން ނެތުމުން އަހާލިއެވެ. ހަގީގަތުގައި ބޭނުމަކަށްވީ ލާމިހްގެ ހާލު އޮޅުންފިލުވުމެވެ. ” ބޭސް ކައިގެން ނިދަން ވަދެއްޖެ..” އީރަމް ގެ މޫނުން ކަމެއް ދެނެގަންނަން އުޅޭ މީހެއް ފަދައިން […]