ނަކީލް އަމިއްލަ ނަފްސުކުށްވެރިކުރަމުންދިޔައީ އެންމެ ފަހުވަގުތުވެސް މަންމައާއި މެދު ކަންތައްކުރެވުނުގޮސް ހިތަށް އަރާފައެވެ. އެމަންމަ ކިހާ އާދޭހެއްކުރިހެއްޔެވެ. ނަކީލްގެ ފަރާތުން އޯގާތެރިކަން ބޭނުންވީވަގުތު ނަކީލްއަށް ނުދެވުނީ ކީއްވެހެއްޔެވެ. …………………………………………………………………………….. ހަފްތާއެއް ވޭތުވެގެން ދިޔައިރު މަޑުމަޑުން މެލިސާނެތްކަމުގެ ހިތާމައަށް ކުޑނަމަވެސް ލުޔެއް ލިބިގެންދިޔައެވެ. ނަކީލް އެ ހަފްތާ އެކީ ވޭތުކުރީ ނިހާލްގެ ގޭގައި ކަމަށްވިޔަސް ފޯނުން ކައިލްއަށް ގުޅައި މާޔާގެ ކަންތައް ބަލަމުންދިޔައެވެ. ނިހާލްވެސް ނެތް ހިތްވަރަކުން ހިތްވަރުކޮށްގެން އުޅެނީ ނަކީލްއާއި ނީލްއަށްޓަކައެވެ. މަންމަ ނިޔާވި ހަބަރު […]
ޒުވާން އުމުރު ވޭތުވަމުން ދިޔައީ އާއިލާ އާއި ރައްޓެހިން ތިބިނަމަވެސް ޢިޝްޤީ އެކަނިވެރިކަމުގެ ތެރޭގައެވެ. އަމިއްލައަށް އެކުލަވާލައިފަވާ ޝަރުތުތަކާ ބައްދަލުވާ ފަރާތަކާ ދިމާނުވާތީއެވެ. މާބުރުގެ އުސޫލުން އަޖުމަ ބެލުމުގެ ސިލްސިލާއެއް ފެށުމަށް ނިޔަތެއް ވެސް ނެތީމައެވެ. ރައުދާ އާ ދިމާވީ އިއްތިފާގަކުންނެވެ. ފުރަތަމަ ނަޒަރުން ގަޔާވިނަމަވެސް ލޯބިވެވުނީ ވަަރަށް ރަނގަޅަށް އޭނާ ދަސްވެ ބޭނުންވާ ޝަރުތުތައް ފުރިހަމަ ވާކަން އިނގިގެންނެވެ. އުއްމީދު ކުރި ހުރިހާ ސިފައެއް ހުރިކަން ޔަގީންކޮށް ފަހުރުވެރި ކަމާއެކު ޒަވާޖީ ހަޔާތަށް ފެށީމެވެ. އެރީތި […]
އީލާމް ހެނދުނު ހޭލައިގެން ކޮޓަރިން ނިކުތުމަށް ފަހު ގޭތެރެއަށް ނަޒަރު ހިންގާލިއެވެ. އޭނާވެސް ބޭނުން ވަނީ މަސަތްކަތެއްގައި ޝާމިލް ވެ އުޅުމަށެވެ ނަމަވެސް އެއްވެސް މީހަކު އޭނާ މަސަތްކަތެއްގައި ބައިވެރި ވިޔަކަ ނުދިނެވެ. ގޭގެ އެންމެ އިސް ނޯކަރު ޖެނީ އީލާމް އާއި އަރާ ހަމަކޮށްލުމަށްފަހު އީލާމް އާއި ދިމާލަށް ” މިގޭގެ ވަގުތީ މެހުމާނުން ނެތް މަސަތްކަތެއް ނުކުރާނެ ، ގޭގެއަށް ނޯކަރުން ލާފައި ހުންނަނީ ކަމަކު އެހެންވީމައި ކޮންމެވެސް އެހެން ކަމަކާ އުޅެލުން ރަނގަޅު […]
ވިދާލި ވިދުވަރާއެކު މުޅިތަން އަލިވެގެން ދިޔައެވެ. އެއާއެކު އޮއްސައިގަތް ބޯވާރޭގެ ސަބަބުން ހިތްތަކަށް ބިރުވެެރިކަން ވަންދަން މަސައްކަތް ކުރާކަހަލައެވެެ. ޖެހޭ ގަދަ ވަޔާއެކު ގަސްތައް ދެކޮޅަށް ހެލެމުންދިޔައެވެ. ގޭގޭގެ ފުރާޅުތައްވެސް ހީވަނީ ދެންްމެ ދެންމެ ނެއްޓިގެން ހިނގައިދާނެހެންނެވެ. ދޫނި ސޫފާ ސޫފިވެސް އެސޮރުމެންގެ ހާލިތަކަށްވަދެ ތިބީ މި ތޫފާނީ ރޭގައި ބޭރަށްނުކުމެލަން ބިރުންކަންނޭނގެއެވެ. ރަށުގެ ކޮންމެ މަގެއްވެސް ވަނީ ފަޅުވެފައެވެ. ކޮންމެ މީހަކުވެސް ބެލީ ރަޖާލައިގެން އަވަހަށް ނިދޭތޯއެވެ. ކުރާނެ އިތުރުކަމެއްވެސް ނެތުމުންްނެވެ. އާއްމުކޮށް ރަށުގެ ގެތަށް […]
“ކޮއްކޮ ކީއްކުރަނީ މިތާ؟ ސުބުހާނަﷲ ކިހިނެއްވެފަ ތިހިރީ؟ ތިއީ ކޮންލޭއްތަ؟” އެމީހާ އަހައިލިއެވެ. “ބޭބޭ އަހަރެން އެކުސިޑެންޓުވީ! ވަރަށް ތަދުވޭ އެބަ…” އަލްޔާ ގައިގެ އެކި ތަންތަނުގަ އަތް ހާކަމުން ބުނެލިއެވެ. “އެހެންތަ؟ ހާދަ ބޮޑު ވަރުފައޭ ތިހިރީ! ހިނގާ ހޮސްޕިޓަލަށް ދާން…” އެމީހާ ބުނެލިއެވެ. “ނޫން ބޭބޭ! އެންމެ ފުރަތަމަ އަޅުގަނޑަށް ފޯނެއް ކޮއްދީފާނަންތޯ؟” އަލްޔާ ބުނެލިއެވެ. “ބޭބެ ފޯނެއް ކޮއްދީފާނަން އެކަމަކު ތިހާ ބޮޑު ވަރު ވެފަ ހުއްޓާ ހޮސްޕިޓަލަށް ނުގޮސް ކަމަކު ނުދާނެ… […]
ޔަލްވީމެންގެއަށް އާދެވުމުން މިޝްޔާ ހިނގައިގަތީ، އެތެރެއަށް ވަންނާށެވެ. އޭނާ އަންނަންދެން ސައިކަލް ކައިރީގައި ރާހިލް މަޑުކޮށްލައިގެން ހުއްޓެވެ. މިޝްޔާއަށް ގެއަށް ނުވަދެވި އުޅެނިކޮށް ހަޅޭލަވައިގަންނަމުން އައިކޮޅަށް ދުއްވައިގަތީ، ފާރުމަތީގައި އިން ބުޅާ ހޭރިގެންފައި، އޭނާގެ ކުރިމައްޗަށް ފުންމައިލުމުންނެވެ. ______________________________________ އެ އައި ގޮތަށް އައިސް މިޝްޔާ، ރާހިލްގެ ފުރަގަހަށްވަދެ، އޭނާގެ ޓީޝާޓުގައި ހިފަހައްޓައިގެންހުރެ ބޯދިއްކޮށްލީ އެ ބުޅާ ކޮބައިތޯއެވެ. މިޝްޔާ ހަޅޭއްލަވައިގަތްލެއް ބާރުކަމުން، އެ ބުޅާވެސް ބިރުން ގޮސް ޖެހިގެން ހުރި ގޯޅިއަށް ވަނެވެ. މިޝްޔާއަށް […]
އެއްފަހަރު ދޮރާއި ދިމާލަށް އަނެއްފަހަރު ބީހާލް އަށް ބަލާލަމުން ރަޔާހީން ދުވެފައި ގޮސް ދޮރުހުޅުވިއެވެ. އެތެރެއަށް ވަން ރައިނީ ފެނުމުން ރަޔާހީން ގަދަކަމުން ހީލިއެވެ. ވަގު ލޮލުން ބީހާލް އަށް ބަލާލަމުން ރައިނީ އަށް ނުފެންނާނެހެން އެއްއަތުން ތެމިފައިވާ ލޯކައިރި ފޮހެލިއެވެ. ހީން… ދެންމެ މިއާދެވުނީ. ކޮބާ ފޯނު. ފޯނަށް ވެސް ގުޅައިފިން. ހިނގާ ތިރިއަށްދަމާ ސައިބޯން. ހުރިހާ މީހުން އެބަތިބި” ރަޔާހީން ކައިރީގައި ހުއްޓެމުން ރައިނީ ބުނެލިއެވެ. “މިދަނީ ބޭރަށްދާންވެގެން. ރެޑީވާން ހުއްޓައޭ ކޫއްތަ ތިއައީ… […]
“ނުވާނެ ނައިނާ ދޫކޮށްލައިގެން… އެހެންވެއްޖެނަމަ އަހަރެންގެ ދޮންބެއެއް ނުހުންނާނެ…” އައިޝަމް އެހެން ބުނެފައި ފަސްއެނބުރި ރެއިލިންގައި ހިފަހައްޓާލިއެވެ. އައިޒަން ހުރިހާ ދިމާލަކުން ބެދުނުކަހަލައެވެ. ނަތީޖާއަކަށް ނުދެވިފައި އޭނާ ހުރިއިރު ބޯހާސްކުރަމުން ދަނީ ނައިނާ އާއި އައިނާގެ ހިޔާލުތަކުންނެވެ. ނަމަވެސް އައިޒަން އަށް އިނގޭ އެއްކަމަކީ ނައިނާ ކޮންމެ ކަމެއް ކޮންމެ ގޮތަކަށް ދިޔަޔަސް އައިޒަންގެ ބަސް އަހާނެކަމާއި އައިޒަން ކޮންމެ ގޮތެއްނިންމިޔަސް އެކަން ހެޔޮހިތުން ގަބޫލުކުރާނެކަމެވެ. “ނައިނާ ދޫކުރާ ހިޔާލެއްނުކުރިޔަސް މަންމަ….” އައިޒަން އައިޝަމް އަށް ޖަވާބުދިނެވެ. […]
އެތައް މިނެޓްތަކެއް ވަންދެން ވިސްނަން އިނުމަށްފަހު ޝައިމް އޭނާގެ ހިތުގެ ބަސް މިފަހަރު އިސްކުރިއެވެ. ނުދާން ސިކުޑީން ގޮވަމުން ދާއިރު އިންތަނުން ތެދުވެ އެދަނީ މަލަކާއާއި ދިމާލަށެވެ. ފަސްއެބުރި ބެލުމެއް އަދި ޖެހިލުންވުމެއް ނެތިއެވެ. “މަލަކާ” ޝައިން ގޮވާލިއެވެ. މަލަކާގެ ހިޔާލުތަކުގެ ވާފަށް ކަނޑައިގެން ދިޔައީ ނަން އިވުމުންނެވެ. “ޝައިމް ކިހިނެތްވީ” ޝައިމް އެކަނި ހުރުމުން މަލަކާ އަހައިލީ ކަމެއް ވީކަމަށް ހީކުރަމުންނެވެ. “އަހަރެން ވަރަށް ބޮޑު ވާހަކައެއް ބުނެލަން” ޝައިމް ބުނެލީ ގަދަކަމުން ހިނިތުންވެލަމުންނެވެ. “ކޮން […]