Skip to content
އެސްފިޔަ

ޔާރު މިވަނީ ލޯތްބޭ ޙަޤީގީ 40 (ސާޅީސްވަނަ ބައި)

ދުވަސްތައް ފާއިތުވަމުން ދެއެވެ. އާދައިގެ މަތިން މިއަދުވެސް އޮފީސް ނިމުމާއިއެކު، ޝިއުރީ ނުކުތީ އަވަހަށް ގެއަށް ދިއުމަށެވެ. އޮފީހުން ނުކުމެ މަގުގެ ދެ ފަރާތް ބަލައިލި، ޝިއުރީގެ ފިޔަވަޅުތަކަށް ހުއްޓުން އެރީ، މަގުގެ ހުޅަނގުކޮޅުން ފެނުނު މަންޒަރަކުންނެވެ. މިޝަލަށް އޮފީހުން ނުކުމެވުނީވެސް ޝިއުރީ، އެގޮތަށް ހުއްޓުން އަރާފައި ހުއްޓައެވެ.

___________________________________

 

ޝިއުރީއަށް ވީ ގޮތެއް ނޭނގިފައިހުރި މިޝަލް، މަގުގެ ހުޅަނގު ފަރާތަށް ބަލައިލީ އޭނާގެ ނަޒަރު އެ ދިމާއަށް ހުއްޓިފައި ވުމުންނެވެ. ޝިއުރީއަށް ވީ ގޮތް އޭނާއަށް ފަހުމް ވީ، އެކޮޅުން އައި ނަހީކާއި ރިޝްމީ ފެނުމުންނެވެ. އޭރު އެމީހުންވެސް އައިސް އެހިސާބާއި، އަރާ ހަމަވަނީއެވެ. ޝިއުރީ ފެނުމުން އެ ދެ މީހުންގެ ފިޔަވަޅުތަކަށްވެސް ހުއްޓުން އެރިއެވެ. މިޝަލް ހުރީ ފަރުވާތެރިކަމާއިއެކު، ޝިއުރީއަށް ބަލާށެވެ. އަޅި ކުލައިގެ، ރީތި ދެ ލޮލަށް ޖަމާވަމުންދިޔަ ކަރުނަތައް، އޭނާއަށް ފެނުނުހިނދު ހިތުގައި ރިއްސާލީ، ހިތަށް ތަދުވީވަރުންނެވެ.

ނަހީކްމެންނަށް ބަލައިލުމަށްފަހު، ކުއްލިއަކަށް ޝިއުރީގެ އަތުގައި ހިފައިގެން މިޝަލް ހިނގައިގަތެވެ. ވާނުވާ ނުވިސްނިފައި ހުރި ޝިއުރީ، އެއްފަހަރު މިޝަލަށް އަދި އަނެއްފަހަރު އޭނާގެ އަތްތިލައަށް ބަލައިލިއެވެ. ނަމަވެސް، އެއްޗެއް ބުނެވޭ ވަރަށް ނުވަތަ ވިސްނޭވަރަށްވުރެ ބޮޑަށް އޭނާގެ ހިތް ވަނީ ހަލަބޮލިވެފައެވެ.

ޝިއުރީގެ އަތުގައި ހިފައިގެން މިޝަލް ހިނގައިގަތުމުން، ނަހީކް ފަސް އެނބުރި ބަލައިލިއެވެ. އޭރު މިޝަލް ގޮސް އޭނާގެ ސައިކަލަށް އަރަނީއެވެ. ގާތުގައި ހުރި ޝިއުރީގެ ނަޒަރު އޭރުވެސް ސީދާވެފައި ވީ ނަހީކަށެވެ.

“ޝިއު، އަރާ…..” ސައިކަލް ސްޓާޓް ކޮށްލަމުން، މިޝަލް ބުނެލީ ނަހީކަށް ބަލައިލަމުންނެވެ. އޭނާއަށްވެސް އެ އަޑު އިވޭނެކަން ގައިމެވެ. ނަމަވެސް، ގާތުގައި ހުރި ޝިއުރީއަށް، އެ އަޑު އިވުނު ހެނެއް ހިއެއް ނުވެއެވެ. އެތާ، ބަހައްޓާފައި ހުރި ތަނބެއްހެން، ޙަރަކާތެއްވެސް ކޮށްނުލާ އޭނާ ހުރީއެވެ.

“ޝިއު، އަރާބަލަ…..” ޝިއުރީއަށް ބަލައިލަމުން، މިޝަލް އަނެއްކާވެސް ބުނެލިއެވެ. ބަސްއަހާ ކުޑަކުއްޖެއްފަދައިން، ސައިކަލްގެ ފަހަތަށް ޝިއުރީ އެރިއެވެ. އޭރުވެސް، އޭނާއަކަށް ނަހީކް ނޫން އެހެން ދިމާއަކަށް ނުބެލެއެވެ. އެހާ ފަސޭހައިން ޝިއުރީ، ސައިކަލްގެ ފަހަތަށް އަރައިފާނެކަމަކަށް، މިޝަލް ހިތަށްވެސް ނާރައެވެ. އެހެނަސް، މި ވަގުތު ޝިއުރީއަށް އެކަމާއިމެދު، މާ ބޮޑަށް ނުވިސްނޭނެކަންވެސް އޭނާއަށް އެނގެއެވެ. ޝިއުރީ އަރައި ހަމަޖެހިލުމުން، މިޝަލް ސައިކަލް ދުއްވާލިއެވެ. ނަހީކްމެންނާއި، ހަމައަށް އާދެވުމުން، މިޝަލް ބަލައިލީ ނުރުހުމުގެ ނަޒަރަކުންނެވެ.

 

ސައިކަލް ދުއްވަމުން ދިޔަ މިޝަލްގެ މިސްރާބު ސީދާވެފައިވަނީ ރަށުގެ ތުނޑީއާއި ދިމާއަށެވެ. އެ ތަނަށް ގޮސް މަޑުކޮށްލުމާއިއެކު، ޝިއުރީ، ސައިކަލުން ފޭބިއެވެ. އޭނާ މޫދާއި ދިމާއަށް ހިނގައިގަތީ އެއްވެސް ޙަރަކާތެއް ނެތް މީހެއް ފަދައިންނެވެ. ކޮނޑުގައި އަޅުވާފައި އޮތް، އަތް ދަބަސް، ބިންމައްޗަށް ވެއްޓުންއިރުވެސް އޭނާއަށް ރޭކާނުލައެވެ. ވަކިހިސާބަކަށް ދެވުމުން، ޝިއުރީގެ ހިނގުން މަޑުކޮށްލިއެވެ. އަދި ދެ ކަކޫމައްޗަށް ތިރިވެ، އަޑުން އަޑުނަގާފައި ރޯންފެށިއެވެ. އެ ރުއިމުގައި ވޭނާއި ރިހުން އެކުލެވިފައިވާއިރު، އަޑު އަހާ މީހަކަށްވެސް ހިތްދަތިވެގެން ރޮވޭހާ ވެއެވެ. މިޝަލަށް ވަނީ ޝިއުރީ، ވަރަށް ރަނގަޅަށް ދަސްވެފައެވެ. އެވަރަކުން ޝިއުރީ ގޮވައިގެން، އޭނާ އެތަނަށް އައީވެސް އެހެންވެއެވެ. އެފަދަ ތަނެއްގައި ހުރެވުމުން މިނިވަންކަމާއިއެކީ، ހިތްފުރެންދެން ރޯލުމުގެ ފުރުސަތު ޝިއުރީއަށް ހޯދައިދިނުމަށެވެ. އެހެން ނޫންނަމަ، މީހަކަށް ފެނިދާނެތީ، ޝިއުރީ ހުންނާނީ ކަރުނަތައް ހިންދާލައިގެންކަން އޭނާއަށް ވިސްނެއެވެ. އެ ހުރިހާއިރަކު، ސައިކަލްމަތީ އިށީނދެލައިގެން އޭނާ އިނީ، ހިތްފުރެންދެން ރޯލުމުގެ ފުރުސަތު ޝިއުރީއަށް ދިނުމަށެވެ. ޝިއުރީގެ ދުލުން ނުބުނިކަމުގައިވިޔަސް، އޭނާ އަދިވެސް ނަހީކްދެކެ ލޯބިވާވަރު، މިޝަލަށް ވިސްނެއެވެ.

ޝިއުރީއަށް ބަލަން އިންދާ، ކުއްލިއަކަށް ކަމެއް ހަނދާންވުމުން މިޝަލް، އޭނާގެ ޖީބުގައި އޮތް ފޯނުނަގައި، ހަލުވިކަމާއިއެކު މެސެޖު ލިޔަން ފެށިއެވެ.

********************

 

ޕޮލިސް ސްޓޭޝަނުން ނުކުތް ރާހިލް، ފޯނު ބަލައިލީ މެސެޖެއް އައިކަމުގެ އިޢުލާންވުމުންނެވެ. މެސެޖު ކިޔާލުމާއިއެކު، އޭނާގެ މޫނަށް ވެރިވެގަތީ ތަފާތު ކުލަވަރުތަކެކެވެ. ޙަރަކާތްތައް އަވަސްކޮށްލަމުން، ސައިކަލަށް އަރާ މިސްރާބުޖެހީ ސްކޫލާއި ދިމާއަށް ދިއުމަށެވެ.

 

ސްކޫލް ގޭޓުދޮށުގައި މަޑުކޮށްލައިގެން ރާހިލް އިނީ މިޝަލްގެ އެދުމަށް، މިޝްޔާ ބަލައި ގޮހެވެ. އޭނާގެ އިންތިޒާރަށް ނިމުން އައީ، ސްކޫލް ގޯތިތެރެއިން ނުކުންނަން އައި މިޝްޔާ ފެނުމުންނެވެ. އެ ރީތި ސޫރައަށް ބެލުމަށް ހިތްއެދި ގޮވަމުންދިޔަނަމަވެސް، އެހެން ދިމާއަކަށް ރާހިލްގެ ނަޒަރު ހުއްޓައިލީ ހިތާއި ދެކޮޅަށެވެ. މިޝްޔާއަށް އުނދަގޫކޮށް އޭނާ ދެރަކުރަން ބޭނުން ނުވާތީއެވެ.

 

ސައިކަލްމަތީ އިން ރާހިލް ފެނުމުން މިޝްޔާގެ ފިޔަވަޅުތައް މަޑުޖެހުނެވެ. މިޝްޔާ އައިސް މަޑުކޮށްލުމުން ރާހިލް ބަލައިލިއެވެ. އޭރު މިޝްޔާވެސް ހުރީ ރާހިލަށް ބަލަހައްޓައިގެންނެވެ.

“މިއަދުވެސް މިޝަލްއަށް ބަލާ އާދެވެން ނެތިގެން، އޭނަ ބުނީމަ މި އައީ…..” މިޝްޔާގެ މޫނުން ނަޒަރު ވަކިކޮށްލަމުން ރާހިލް ބުނެލިއެވެ. އޭނާގެ ފަރާތުން ފެންނަމުންދިޔަ ދުރުކަމުން، މިޝްޔާގެ ހިތަށް އުނދަގޫވަމުން ދިޔައެވެ.

“އަހަރެން ހިނގާލާފައި ގޮސްދާނަން….. ރާހިލް އެހާ ބުރަ އުފުލާނެކަމެއް ނެތް….” ރާހިލް މާ ދުރުން އުޅޭތީ، ދެރަވީވަރުން މިޝްޔާ ބުނެލިއެވެ. އަދި ކުރިއަށް ހިނގައިގަތީ ހިނގާފައި ގެއަށް ދިއުމަށެވެ.

“މިޝީ…… މިޝް….” ރާހިލަށް އެ ނަމުން ގޮވައިލެވުނީ ބޭއިޚްތިޔާރުގައެވެ. އެހެންކަމުން، އަވަސްއަވަހަށް ރަނގަޅުކޮށްލިއެވެ. ހިނގަހިނގާ ހުރި މިޝްޔާއަށް ހުއްޓިލެވުނީ ރާހިލް ގޮވައިލުމުންނެވެ. ރާހިލް، އެ ނަމުން މުޚާތަބުކުރުމުން، ފުރަތަމަ ފަހަރަށް އޭނާގެ ހިތަށް ފިނިކަމެއް ލިބުނުކަހަލަ އިޙްސާސެއް މިޝްޔާއަށް ކުރެވުނެވެ. ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވީ ނޭނގިހުއްޓައެވެ.

“އަހަންނަށް އެނގޭ އަހަރެން ފެނުނީމަ މިޝްއަށް އުނދަގޫވާނެކަން…. އެކަމަކުވެސް މިޝަލް ބުނީމަ އަހަރެން މިއައީ…..” ރާހިލް މިހެން ބުނުމުން، އިތުރު ވާހަކައެއް ނުދައްކާ، މިޝްޔާ ސައިކަލްގެ ފަހަތަށް އެރިއެވެ.

މިޝްޔާމެންގޭ ކުރިމަތީ ސައިކަލް މަޑުކޮށްލުމާއިއެކު، މިޝްޔާ ފޭބުމުން، އެންމެ ހިނދުކޮޅަކުވެސް މަޑުކޮށްނުލާ ރާހިލް ސައިކަލް ދުއްވާލިއެވެ. އޭނާ ދިޔަ ދިމާއަށް ބަލަހައްޓައިގެން މިޝްޔާއަށް ހުރެވުނީއެވެ. ރާހިލް، އެގޮތަށް ކަންތައް އެ ކުރަނީ އޭނާގެ ސަބަބުންކަން މިޝްޔާއަށް ވިސްނުނެވެ. އެއީ އޭނާ ކުރިން ބޭނުންވީވެސް ގޮތެވެ. އެހެނަސް، ރާހިލް އެގޮތަށް ކަންތައް ކުރަން ފެށުމުން، މިހާރު އޭނާގެ ހިތަށް އުނދަގޫވާންވީ ސަބަބެއް، ވިސްނާ ވިސްނާވެސް މިޝްޔާއަށް ނޭނގުނެވެ.

********************

 

މެންދުރުގެ ދިލަ ހޫނުގައި ފަސްގަނޑުމަތީ އިށީނދެލައިގެން އިނދެ، ރޮމުން ދިޔަ ޝިއުރީގެ އަޑު ކެނޑިފައިވީނަމަވެސް، އޭނާގެ ލޮލުން އަންނަމުން ދިޔަ ކަރުނައަކަށް ހުއްޓުމެއް ނާދެއެވެ. ދާހިއްލާ ފޯވެފައިވާއިރު، އެކަމަކަށް އޭނާގެ ފަރުވާލެއް ނެތެވެ. ދެ ކަކުލުގައި ބޯ އަޅާލައިގެން އިންއިރު، އިރުއިރުކޮޅާ ގިސްލެވެއެވެ. އެ ހުރިހާ އިރެއްވީއިރުވެސް، ސައިކަލް މަތީ އިށީނދެލައިގެން މިޝަލް، އިނީ ޝިއުރީގެ ޙަރަކާތްތަކަށް ބަލާށެވެ. ކަރުގައި އަޅާފައިވާ ޓައީ ދޫކޮށްލާފައި ވާއިރު، އޭނާ ލައިގެން އިން މަޑު ނޫކުލައިގެ ގަމީހުގެ ބޮޑުބައެއްވެސް، ވަނީ ދަލުން ފޯވެފައެވެ.

އެހާ ގިނަ އިރުވެގެން ދިޔައިރުވެސް، ޝިއުރީ، ގެއަށް ދާ ޚިޔާލެއް ނުކުރުމުން، މިޝަލް ތެދުވެގެން ގޮސް އޭނާގެ ގާތުގައި މަޑުކޮށްލިއެވެ. ދެ ލޮލުން އައިސްފައިވާ ކަރުނަތައް ފޮހެލަމުން، ޝިއުރީވެސް ކޮޅަށް ތެދުވިއެވެ. އެހެނަސް، އެންމެ ފަހަރަކުވެސް، އޭނާ، މިޝަލާއި ދިމާއަށް ބަލައި ނުލައެވެ. އެހެން ހުރެފައި އެނބުރި ދާން ހިނގައިގަތެވެ.

“ޝިއު… އަހަރެން ގެއަށް ލައިދީފާނަން….” ސައިކަލާއި ހަމައަށް އަރާފައިވެސް، މަޑުނުކޮށް، ޝިއުރީ ދާން ފެށުމުން، މިޝަލް ގޮވައިލިއެވެ. ޝިއުރީގެ ފިޔަވަޅުތައް މަޑުޖައްސާލިނަމަވެސް، އޭނާ ފަސްއެނބުރި ބަލައި ނުލައެވެ. މިޝަލްގެ ޙަމްދަރުދީ ބޭނުން ނުވާކަމަށް ބުނެ، އޭނާ އަނެއްކާވެސް ދާން ހިނގައިގަތެވެ.

ދެ ފިޔަވަޅު ނޭޅި އުޅެނިކޮށް، މިޝަލްގެ ބާރުގަދަ އަތުން، އޭނާގެ އަތުގައި ހިފުމުން ޝިއުރީ ދިޔައީ ސިހިގެންނެވެ. ދެ ލޯ ބޮޑުކޮށްލަމުން މިޝަލާއި ދިމާއަށް ބަލައިލެވުނީ، އޭނާގެ މޫނުމަތީގައިވާ ކުލަވަރުތައް ދެނެގަންނަން އުޅޭފަދައިންނެވެ. މޫނުމަތިން ރުޅިވެރިކަން ފެންނަން ހުރިކަމުގައިވިޔަސް، އެ ދެ ލޮލުން، ޝިއުރީއަށް ފެނުނީ އިންތިހާ ދަރަޖައިގެ ވޭނެވެ. ގައިގެ ލޯލިތައް ކޮޅަށް ޖެހިގެން ދިޔައީ އޭނާގެ ތޫނު ދެ ލޮލުން ޝިއުރީއަށް ބަލައިލި ގޮތުންނެވެ.

“ޝިއު، އަހަންނަށް ކިތަންމެ ވަރަކަށް ނަފްރަތުކުރިޔަސް، އަހަރެން ޝިއުދެކެ ވާ ލޯތްބަށް ކުޑަވެސް ބަދަލެއް ނާންނާނެ…. މި ހިތުގައި ފެވިފައިވާ ޝިއުގެ ނަން ދުވަހަކުވެސް ފޮހެވިގެން ނުދާނެ….” ރުޅިއާއި ވޭން އެކުލެވިފައިވާ އަޑަކުން މިޝަލް ބުނެލީ ޝިއުރީގެ ދެ ލޮލަށް ބަލަން ހުރެއެވެ. މިޝަލްގެ ދެ ލޯ ފެންކަޅިވީތަން ޝިއުރީއަށް ހަމަ ރަނގަޅަށްވެސް ފެނުނެވެ. ކަޅިޖަހާވެސް ނުލާ ބަލަން ހުރެވުނީ، މިޝަލްގެ އެ ސިފަ މީގެ ކުރިން އޭނާއަށް ފެނިފައިނުވާތީ، ޖެހިލުންވެފައި ހުރެއެވެ.

 

“އަހަރެން ދާންވެއްޖެ….. ދޫކޮށްލާ….” އިރުކޮޅަކު މިޝަލްގެ މޫނަށް ބަލަން ހުރެފައި ޝިއުރީ ގަދަހަދާލީ، މިޝަލްގެ އަތުތެރޭން  އޭނާގެ އަތް މިންޖުކުރަން މަސައްކަތްކުރަމުންނެވެ.

“މިތަނަށް ޝިއު ގެނައީ އަހަރެން…. ދެވޭނީވެސް އަހަންނާއިއެކީ…..” މިފަހަރުވެސް މިޝަލްގެ އަޑުގައި ވީ ހަރުކަށިކަމެވެ. ބަހެއް ބުނެލަންވެސް ނޭނގިފައި ޝިއުރީއަށް ބަލަން ހުރެވުނީއެވެ. މިޝަލް ކުއްލިއަކަށް ޝިއުރީގެ އަތުން ދޫކޮށްލިއެވެ. އަދި އޭނާއަށް ބަލައިލުމަށްފަހު، ފަސް އެނބުރި އައިކޮޅަށް ހިނގައިގަތެވެ. މިޝަލް އެ ދިމާއަށް ދާން ފެށުމުން، ޝިއުރީއަށް ބަލަން ހުރެވުނީއެވެ.

ޝިއުރީއަށް އޭނާގެ އަތްދަބަސްމަތިން ހަނދާންވީވެސް، ބިންމައްޗަށް ވެއްޓިފައި އޮތް ދަބަސް ހިފައިގެން މިޝަލް އަންނަން ފެށުމުންނެވެ.

 

މިޝަލް، ދަބަސް ދިނުމުން ޝިއުރީ އުޅުނީ އެ ހިފައިގެން ދާށެވެ. އެހެނަސް، މިފަހަރުވެސް އޭނާ ދިޔަ ނުދީ މިޝަލް ހުއްޓުވިއެވެ.

“ބުނެފީމެއްނު އަހަންނާ އެކީގައޭ ދެވޭނީ…. މީ މީހުން އުޅޭ ހިސާބެއް ނޫން…. ޝިއުއަށް ހީވަނީތަ އަހަރެން ޝިއު އެކަނި ދިޔަ ދޭނެހެން…..” ޝިއުރީ ގަދަހަދަންފެށުމުން މިޝަލް ޝިއުރީގެ އަތަށް ބާރުކޮށްލިއެވެ.

“މިޝަލްއާ އެއްކޮށް އަހަނެއް ނުދާނަން….” ޝިއުރީވެސް ގަދަކޮށްލާފައި ބުނެލިއެވެ. އަދި ކުރިއަށްވުރެވެސް ބޮޑަށް ގަދަހަދަން ފެށިއެވެ. އެހެނަސް، ބާރުގަދަ ފިރިހެނެއްގެ ކުރިމަތީ ބަލިކަށި އަންހެން ކުއްޖަކަށް ވެވޭނީ ކޮންގަދައެއްހެއްޔެވެ.؟ އެންމެފަހުން، ކާމިޔާބު ނުވުމުން މަސައްކަތް ހުއްޓާލީ، މިޝަލްގެ ގާތުގައި އޭނާއަށް ގަދަ ނުވެވޭނެކަން ޔަޤީން ވުމުންނެވެ. ޝިއުރީ މައިތިރިވުމުން، މިޝަލް އޭނާގެ އަތުން ދޫކޮށްލުމަށްފަހު، ސައިކަލަށް އަރާ ސްޓާޓްކޮށްލިއެވެ. އެއަށްފަހު، ޝިއުރީއަށް ބަލައިލީ، ފަހަތަށް އެރުމަށް ލޮލުން އިޝާރާތްކޮށްލަމުންނެވެ.

“އަހަރެން ވަރަށް ފޫހިވާ މީހާގަނޑެއް ތީ….” ދެ ލޯ އަޅައިލުމަށްފަހު، ތުންއަނބުރާލަމުން ޝިއުރީ ބުނެލިއެވެ. އަދި ކޮނޑުގައި ދަބަސް އަޅުވަމުން އައިސް، ސައިކަލްގެ ފަހަތަށް އެރީ ރުޅިއައިސްފައި ހުރެއެވެ.

“ޝިއު ނުބުންޏަސް އެކަން އެނގެއޭ…..” ދޫކޮށްލާފައިވާ ޓައީ ރަނގަޅުކޮށްލަމުން މިޝަލްވެސް ބުނެލިއެވެ. އޭނާގެ ތުންފަތަށް ހިނިތުންވުމެއްވެރިވީ، އަދިވެސް ޝިއުރީގެ ޅަގޮތްގަނޑު ނުކެނޑޭތީއެވެ.

 

ޝިއުރީމެންގޭ ކުރިމަތީ ސައިކަލް މަޑުކޮށްލި ވަގުތުވީ، ޝައިމަންގެ ދެމަފިރިންވެސް ގެއިން ނުކުތް ވަގުތަށެވެ. ސައިކަލް މަޑުކޮށްލުމާއިއެކު، އެންމެ ހިނދުކޮޅަކުވެސް މަޑުނުކޮށް ޝިއުރީ، ފޭބިއެވެ.

“މިހިރަ އައީނު…. ޝިއު ނައިސް ލަސްވެގެން އަހަރެމެން މި އުޅެނީ….. ތީ ކޮންކަމެއް…..؟؟؟” މިޝަލްގެ ސައިކަލް ފަހަތުން ޝިއުރީ ފޭބިތަން ފެނުމުން، ނިއް އަރުވާލަމުން ރިފްގާ އަހައިލީ، ލާނެއް ގޮތަކަށް ހީލަމުންނެވެ.

“މިހިރަ ބޯގަދަ ފިރިހެނާގެ ކަންތައް……” މިޝަލަށް ލޯ އަޅައިލަމުން ޝިއުރީ ބުނެލިއެވެ. އޭނާ އެތަނުން ދިޔައީ މިޝަލްގެ ފަޔަށް ފައިން އަރާފައެވެ. ބޫޓަށް އަރާފައި އިނުމުން މިޝަލަށް ތަދު ނުވިކަމުގައިވިޔަސް، އޭނާގެ ގާތަށް ހިނިއައީ އެވެސް އެ ރުޅިގަނޑުގެ ސަބަބުން ޝިއުރީ ކުރި ކަމެއްކަން އެނގުމުންނެވެ.

“އޭ ހާދަ ގަދަކޮށްލައިގެން ތި އުޅެނީ…. މިހާރު ކާމިޔާބުވީތަ….؟؟ އެކަމަކުވާ ބުނަން، ރުޅިގަދަ މަންޖެއެއްދެކެ ލޯބިވެވިގެން ތި އުޅެނީ…..” ޝިއުރީ ދިޔަ ދިމާއަށް ބަލަން ހުރެފައި، ހިނިގަނޑެއް ޖަހައިލަމުން، ރިފްގާ ވާހަކަ ދެއްކީ މިޝަލާއިއެވެ. ރިފްގާގެ ވާހަކަތަކުން މިޝަލްގެ އިތުރުން، އޭނާގެ ގާތުގައި ހުރި ޝައިމަނަށްވެސް ހައިރާންކަން ލިބިގެން ދިޔައެވެ.

“ކީކޭ ތިބުނީ….؟؟؟؟” ހައިރާންވެފައި ހުރި ޝައިމަނަށް އަހައިލެވުނެވެ.  ރިފްގާއަށް ބުނެވުނު އެއްޗެއް ރޭކާލީވެސް ދެނެވެ. އަމިއްލަ ބޮލުގައި މަޑުމަޑުން ޖަހާލަމުން، ދުލުގައި ދަތްއަޅައިލެވުނީ، އެހާ ދުވަސް ވަންދެން ސިއްރުކޮށްގެން އުޅުނު ވާހަކައެއް، އެހާ ފަސޭހައިން ދުލާއި ހަމައަށް ގެނެވުމުންނެވެ. އެހާ ވަރަށް ބުނެވުމުން ދެން އޭނާ އިތުރަށް ސިއްރުކުރާކަށް ގަސްދެއް ނުކުރިއެވެ. ދެ ފަހަރު ދެމީހުންގެ މޫނަށް ބަލައިލަމުން، މީގެ ފަސްއަހަރު ކުރިން އޭނާއަށް އެނގިފައިވާ ސިއްރު، އެ ދެމީހުންނަށް ޚިއްސާކޮށްލުމަށްޓަކައި ފުން ނޭވާއެއް ބޭރުކޮށްލިއެވެ.

“މީނދަ މިޝަލް އަބަދުވެސް ދައްކައެއްނު އަންހެން ކުއްޖެއްދެކެ ލޯބިވާ ވާހަކަ… އޭނަ އެ ދައްކަނީ މިގޭ ޝިއުގެ ވާހަކަ…..” މިޝަލްގެ މޫނަށް ބަލައިލަމުން ލާނެއް ގޮތަކަށް ހެވިފައި ހުރެ، ރިފްގާ ބުނެލިއެވެ. އިވުނު ޚަބަރަކުން މިޝަލާއި ދިމާއަށް ޝައިމަނަށް ބަލައިލެވުނީ، އެ ވާހަކަތައް ޤަބޫލުކުރަން ދަތިވެފައެވެ. މިޝަލް އިންގޮތް ފެނިފައި އޭނާގެ ގާތަށްވެސް ހިނިއައެވެ. ހީވަނި ވަގަކު ވައްކަން ކުރަން އުޅެނިކޮށް ފަޅާއަރާފައި އިންހެންނެވެ.

“ރިފޫއަށް ކިހިނެއް އެނގުނީ….؟؟؟” ރިފްގާއަށް ބަލައިލަމުން މިޝަލަށް އަހައިލެވުނީ، ދެ ލޯ ބޮޑުކޮށްލައިގެން އިނދެއެވެ.

“އެހެންވީމަ، ރިފޫ މި ކިޔަނީ ރަނގަޅު އެއްޗެއްތާ ދޯ…. އެކަމަކު ވާ…. މިގެއަށް ނަނު އުކާއިރުވެސް މަށަށް ރޭކާނުލާ….. ރިފޫ އެ ބުނީ ވަރަށް ބޮޑު ތެދެއް…. ނުރައްކާތެރި ކުއްޖަކާ ކުރިމަތިލައިގެން ތި އުޅެވެނީ އިނގޭ” މިޝަލްގެ ކޮނޑުގައި ޖަހައިލަމުން ޝައިމަންވެސް މަޖާވެފައި ބުނެލިއެވެ. ޝައިމަން އެ ގޮތަށް ވާހަކަ ދެއްކުމުން މިޝަލަށް ބޯ ކަހައިލެވުނީ ރަކިވީވަރުންނެވެ. އެކަހަލަ ގޮތަކަށް ފަޅާއެރުމުން ފާޑަކަށް ހިނިއައިސްފައި، އޭނާ އިނީ ބުނާނެ އެއްޗެއްވެސް ނޭނގިފައެވެ.

“މިހާރު ކޮންކަމަކާ ރުޅިއައިސްގެންތަ އެ އުޅެނީ….؟؟؟؟” ގޭތެރެއަށް ބަލައިލަމުން ރިފްގާ އަހައިލީ ޝިއުރީ މާ ރުޅިއައިސްފައި ހުރެ ގެއަށް ވަނުމުންނެވެ.

“ޝިއު، އަދިވެސް ނަހީކްދެކެ ވަރަށް ލޯބިވޭ…..” ކަންވީގޮތް ކިޔައިދިނުމަށްފަހު، މިޝަލް ބުނެލިއެވެ. ރިފްގާއާއި ޝައިމަން އެކަކު އަނެކަކަށް ބަލާލިއިރު، އެ މީހުންގެ މޫނުމަތީގައިވި ހިނިތުންވުން ފިލައިދިޔަތަން މިޝަލަށް ކިތަންމެހާވެސް ރީއްޗަށް ފެނުނެވެ.

“ޝިއުއަށް ނަހީކް ގެއްލުނީ އަހަރެމެންގެވެސް ސަބަބުން…. އަހަރެން ނަހީކް ގޮވައިގެން އެ ރަށަށް ނުދިޔަނަމަ، އެހެންނެއް ނުވީސް ކަންނޭނގެ…..” ޝައިމަން ދެރަވެލާފައި މިހެން ބުނުމުން ރިފްގާ އޭނާގެ ކޮނޑުގައި އަތް ބާއްވާލިއެވެ.

“ތި ކަމުގައި އަހަންނަށް ކުށްވެރި ކުރެވޭނީ ހަމައެކަނި ނަހީކް…. ޝިއުއާއި ރައްޓެހިވެގެންހުރެ، އޭނާ ނުޖެހޭނެ ދޯ، އެ ގޮތަށް އުޅޭކަށް…..” ޝިއުރީއާއި ދޭތެރޭ ނަހީކް ކަންތައްކުރި ގޮތުން، މިޝަލް އެ ހުންނަނީ އަދިވެސް އޭނާދެކެ ހިތްހަމަ ނުޖެހިފައެވެ. ޝައިމަންވެސް ބޯ ޖަހާލީ އެކަމަށް އެއްބަސްވުމުގެ ގޮތުންނެވެ.

“ކޮންއިރަކު އެމީހުން މި ރަށަށް އައީ….؟؟؟” ރިފްގާއަށް ބަލައިލަމުން މިޝަލް އަހައިލިއެވެ.

“މިއަދު އައީ…. އަހަރެން މި ހުންނަނީ ރިޝްމީމެން މި ގެއަށް ގެންނަންވެސް ނުކެރިފައި…. އަހަންނަށް އެނގޭ ޝިއުއަށް އެ މީހުން އެއްކޮށް ފެނިއްޖެއްޔާ ވަރަށް ދެރަވާނެކަން……” ދެރަވެލާފައި ރިފްގާ އެހެން ބުނުމުން ޝައިމަން އޭނާ ގަޔާއި ގާތްކޮށްލިއެވެ.

“ދެން ވީ ކަމެއް ވީ… މީހުން ބުނެއެއްނު ކޮންމެކަމެއްވެސް ވާނީ ރަނގަޅަށޭ….. މިޝަލްގެ ހިތްވަރެއް ހުރިއްޔާ މިގޭ ރުޅިގަދަ މިތުރުގެ ހިތް ފަތަޙަކުރެވޭތޯ ބަލާ…..” ކުޑަކޮށް ހީލުމަށްފަހު، މިޝަލްގެ ކޮނޑުގައި ޖަހައިލަމުން ޝައިމަން މިހެން ބުނުމުން، ރިފްގާ ހޭންފެށިއެވެ.

********************

 

ރޭގަނޑުގެ ވަގުތެވެ. ނުލާއި ފެހިކުލައިގެ ބޮކިން އަލިކުރެވިފައިވާ ބަގީޗާގެ ވިނަގަނޑުމަތީގައި އިށީނދެލައިގެން މިޝްޔާއާއި އޭނާގެ އެކުވެރިން ތިއްބެވެ. ހީވަނީ ބިމަށް ފައިބާތިބި ޕަރީންތަކެއްހެންނެވެ. ތަނަށް ވެރިވެފައިވާ ހަމަހިމޭންކަން ފޫއަޅުވާލާފައިވަނީ މަސްފެންގަނޑު ކައިރީގައި ބަހައްޓާފައިވާ ބެންޗުގައި އިށީނދެލައިގެން އިން ރާހިލް، ކުޅެމުންދިޔަ ގޭމުގެ އަޑުންނެވެ. ދުރުގައި އިށީނދެގެން އިން މޝްޔާގެ ނަޒަރު ހުއްޓިފައިވަނީ އޭނާއަށެވެ.  ރާހިލްގެ ގާތުގައި އިށީނދެގެން އިން މިޝަލަށް، އިރުއިރުކޮޅާ ޝިއުރީއާއި ދިމާއަށް ބަލައިލެވެއެވެ. ޝިއުރީވެސް އޭނާއަށް ބަލާކަން ފާހަގަވީ، އޭނާއަށް ބަލައިލެވޭ ކޮންމެ ފަހަރަކު ލޯ އަޅައިލުމަށްފަހު، ތުން އަނބުރާލާތީއެވެ. މިހާރަކަށް އައިސް ޝިއުރީގެ ޢަމަލުތައް ހުންނަގޮތުން އޭނާގެ ގާތަށް ހިނިއާދެއެވެ. ރުޅި އައިސްގެން އެ ޖައްސާ ވައްތަރުތަކުން، ބައެއް ފަހަރު އެއީ ކުޑަކުއްޖެހެން މިޝަލަށް ހީވާ ފަހަރުވެސް އާދެއެވެ. އެމީހުންގެ ގާތުގައި މަސްފެންގަނޑު ކައިރީ، އެއްފައިމައްޗަށް އިށީނދެލައިގެން އިން އިޔާޒް، އިނީ މަސްތަކަށް ބަލާށެވެ. މާމެލާމެލީގެ މީރުވަހާއި، ެއެކި ޒާތުގެ ސެންޓުން ފަޒާގައި މަޑުމަޑު މީރުވަހެއް ހިފާލާފައި ވެއެވެ.

 

“ޔާލް…. ދެން ތި ބުނަން އުޅޭ ވާހަކައެއް ބުނެބަލަ…. ނޫނީ، އަހަރެމެން މި ތަނަށް ގެނައީ ރީއްޗަކަށް ބައިތިއްބަންތަ….؟؟؟” ހަލުވިކަމާއިއެކު ފޯނުގައި މެސެޖު ލިޔަމުންދިޔަ ޔަލްވީގެ ކޮނޑުމަތީ އަތް ބާއްވާލަމުން، އަޔާނީ ބުނެލިއެވެ.

“އެ ބުނާހެން… މިހާރު  މިތާ ތިބޭތާ ކިހާ އިރެއްވެއްޖެ…..” ޝިއުރީވެސް އަޔާނީއާއި އެއްބައިވެލިއެވެ. ދެން މާ ގިނައިރަކު، އިންތިޒާރު ކުރަން ނުޖެހޭނެކަމަށް ބުނަމުން ޔަލްވީ ކޮޅަށް ތެދުވިއެވެ. އެ ވަގުތު އެތަނަށް އައި ޝައުން ފެނުމުން ޔަލްވީ ހިނިތުންވެލިއެވެ.

“ޝައުން…” ޝައުން އައުމުން، މިޝަލް އެދިމާއަށް ހިނގައިގަތެވެ.

” އެންމެން އެކީ މި ދިމާވީ، ވަރަށް ގިނަ ދުވަސްކޮށްލާފައި ދޯ….” ޝައުންގެ ކޮނޑަށް އަތްލައިގެން ހުރެ، މިޝަލް ބުނެލިއެވެ. އެންމެންވެސް ހިނިތުންވެލީ އެކަމަށް އެއްބަސްވަމުންނެވެ. މިޝްޔާގެ ދެލޯ ފެންކަޅިވީ، އެ ވަގުތު ޒިކާން މަތިން ހަނދާންވުމުންނެވެ. ޒިކާން އުޅެންޏާ އަބަދުވެސް އެންމެން އެއްކޮށްގެން ކޮންމެވެސް ސަކަރާތެއް ޖަހަން އުޅޭތީއެވެ. މިޝްޔާގެ އިތުރުން ރާހިލް ފިޔަވައި، އެހެން އެންމެންގެ ހިތުގައިވެސް، އެވަގުތު ޒިކާންގެ ހަނދާންތައް އާވިއެވެ. އެހެނަސް، އެއިން އެކަކުވެސް އެ ވާހަކަތައް ދުލާއި ހަމައަށް  ނުގެނައީ މިޝްޔާއާއި ދޭތެރޭ ވިސްނާލާފައެވެ.

“މީ އަނެއްކާވެސް ފެށުމެއްކަމުގައި ބަލަމާ ދޯ….” މިޝަލާއިއެކު ބެންޗު ކައިރިއަށް ގޮސް، ރާހިލަށް ނިއް އެއްލަމުން ޝައުން ބުނެލިއެވެ. އަދި އަތް މުށްކަވާލަމުން އިޔާޒްގެ ބަނޑުގައި މަޑުމަޑުން ޖަހާލިއެވެ. ޔަލްވީމެންވެސް، ދުރުގައި ނުތިބެ އެމީހުންގެ ގާތަށް ދިޔައެވެ.

“ކޮބާ އަފޫ….؟؟؟؟” އެންމެން އައިއިރުވެސް އަފްލާކް ނާންނާތީ، ޝިއުރީއަށް އަހައިލެވުނެވެ. އަފްލާކަށް ނާދެވުނީ، ދިރާގުގެ ފަރާތުން އަތޮޅުގެ ރަށްތަކަށް ދާން ޖެހުމުން ކަމުގައި އިޔާޒް ބުންޏެވެ.

“ޔާލް މިހާރު ޝައުންވެސް އެ އައީ… ދެން ބުނެބަލަ ތި ބުނަން އުޅޭ ވާހަކައެއް…” މިޝްޔާ މިހެން ބުނުމުން އެންމެން އެއްފަހަރާ ޔަލްވީއާއި ދިމާއަށް ބަލައިލީ، އެ ވާހަކައެއް އެނގެން ބޭނުންވެފައި ތިބެއެވެ.

“ޔާލް އެކަންޏެއް ނޫނޭ…. އަހަރެމެން ދެމީހުން ވެގެން ވާހަކައެއް ބުނަން މި އުޅެނީ…” ޔަލްވީގެ ގާތަށް ޖެހެލަމުން، ޝައުން ބުނެލިއެވެ. ހައިރާންވެފައި ތިބެ އެންމެން، އެ ދެމީހުންނަށް ބަލައިލީ ޝައްކުގެ ނަޒަރަކުންނެވެ.

 

“އަހަނަށް މި ހީވަނީ ރަނގަޅަށްތަ….؟؟؟؟” ދެ ލޯ ހަނިކޮށްލަމުން ޖާސޫސީއެއް ފަދައިން އަޔާނީ ސުވާލުކޮށްލިއެވެ. ޔަލްވީއާއި ޝައުން އެކަކު އަނެކަކަށް ބަލައިލުމަށްފަހު، ހީލިއެވެ.

“އަހަންނަށްވެސް މިހާރު ޝައްކު…. ތި ދެ މީހުން ކަމެއް ދޯ….” އަޔާނީގެ ގާތުގައި ހުރި ޝިއުރީ މިހެން އަހާލުމުން، ޝައުން ބޯ ޖަހާލިއެވެ. ލަދުގެންފައި ހުރި ޔަލްވީ އިސްޖަހާލިއެވެ.

އެ ޚަބަރު ވީ އެތާނގައި ތިބި ހުރިހާ އެންމެންގެ ހިތްތަކަށްވެސް އުފާވެރިކަން ގެނުވައިދިން ޚަބަރަކަށެވެ. އެކުވެރިންގެ އުފަލުގައި ބައިވެރިވަމުން އެންމެންވެސް އެ ދެކުދިންނަށް މަރުހަބާ ކިޔެވެ. އުފާވީވަރުން ޔަލްވީގެ ގައިގައި ބައްދާލަމުން، އެއީ ކޮން އިރަކު ވީ ކަމެއްތޯ ޝިއުރީ އަހާލިއެވެ. އަރިމަތީ ދަތްތަކުން ތުންފަތުގައި ދައިގަންނަމުން ދުވަސްކޮޅެއްވެއްޖެ ކަމުގައި ޔަލްވީ ބުނެލިއެވެ.

 

“ވަގުކަލޭގެ… އެހެންވެ ދޯ މި ފަހަކަށް އައިސް މާ ތަދުވެގެން މި އުޅެނީ…..” ޝައުންގެ ބަނޑުގައި ޖަހައިލަމުން އިޔާޒް ބުނެލިއެވެ. މިޝަލާއި ރާހިލްވެސް، އިޔާޒާއި އެއްބައިވެގެން ޝައުނާއި ދިމާކުރަންފެށިއެވެ.

“ޔާލް އަހަރެމެން ވަރަށް އުފާވެއްޖެ…. އެންމެ ފަހުން ޔާލްއަށް ޔާލްގެ ލޯބި ޙާޞިލްވީ ދޯ….. ޔާލް ތީ ވަރަށް ނަޞީބުގަދަ ކުއްޖެއް…..” ޔަލްވީގެ ގައިގައި ކުޑަކޮށް ބައްދާލަމުން މިޝްޔާ ބުނެލިއެވެ.

“އަސްލުވެސް، ޔާލް ވަރަށް ނަޞީބުގަދަ….” ޚިޔާލަކަށް ގެއްލިފައިވާ މީހެއްފަދައިން އަޔާނީ މިހެން ބުނުމުން ގާތުގައި ތިބި ތިން އެކުވެރިންނަށް އޭނާއާއި ދިމާއަށް ބަލައިލެވުނެވެ. އެހިނދުމެ، ޝިއުރީއާއި މިޝްޔާގެ މޫނުމަތިންވެސް ހިނިތުންވުން ފިލާދިޔަ މަންޒަރު ފެނުމުން ޔަލްވީ ދެރަވިއެވެ. އޭނާއަށް އޭނާގެ ލޯބި ޙާޞިލްވީއިރު، އޭނާގެ އެންމެ ގާތް ތިން މިތުރުންނަށް މި ވަނީ އެންމެ ލޯބިވާ ފަރާތްތަކާއި ވަކިވާން ޖެހިފައެވެ. ޔަލްވީ ވަކިވަކިން ތިން ކުދިންނަށް ބަލައިލުމަށްފަހު، ފެންކަޅިވެފައި ހުރި އަޔާނީގެ ގައިގައި ބައްދާލުމުން، މިޝްޔާއާއި ޝިއުރީވެސް އެ ދެކުދިންގެ ގައިގައި ބައްދާލިއެވެ. ދުރުގައި ސަކަރާތްޖަހަން ތިބި މިޝަލްމެންނަށް މި މަންޒަރު ފެނުމުން ހިމޭންވީ، އެ ކުދިންގެ މޫނުމަތިން ހިތާމައިގެ އަސަރު ފެނުމުންނެވެ.

 

“ޔާލްއަށް އަދި ތިހާ ފަސޭހައިން ސަލާމަތެއް ނުވެވޭނެ އެނގޭ….. ލޯބި ޙާޞިލްވީކަމުގެ އުފަލުގައި އަހަރެމެންނަށް ކެއުން އޮންނަން ވާނެ…..” ކުއްލިއަކަށް މުޅި މާހައުލު ހިމޭންވުމުން، އެކުވެރިންނާއި ދުރަށްޖެހިލަމުން ޝިއުރީ ބުނެލިއެވެ. އެ މީހުންގެ ސަބަބުން ޔަލްވީގެ އުފާވެރިކަން ގެއްލޭކަށް އޭނާ ފަހަރެއްގައިވެސް ބޭނުމެއް ނުވެއެވެ.

“އެވެސް މިރޭ ދޯ ޔާނީ…..” ޝިއުރީގެ ވާހަކައަށް އެއްބައިވެލަމުން، މިޝްޔާވެސް މިހެން ބުނެލީ، ޔަލްވީގެ އުފަލުގައި ފުރިހަމައަށް ބައިވެރިވާން ބޭނުންވާތީއެވެ. ބޮޑުވާ އިނގިލިން ދެލޯ ކައިރި ފުހެލުމަށްފަހު، ހިނިތުންވެފައި ހުރެ އަޔާނީ ބޯ ޖަހާލިއެވެ.

“އައްދޭ…. އަހަންނަށް މާ ކުރިންވެސް އެނގޭ ކެއުމުގެ ވާހަކަ އަންނާނެކަން…. އެހެންވެ، އަހަރެން އައީ ކައްކަން ބޭނުންވާ ސާމާނުވެސް ހިފައިގެން…..” ޔަލްވީގެ ގާތަށް ޖެހެލަމުން ޝައުން ބުނެލިއެވެ.

“ވަރަށް ރަނގަޅު…. އެހެންވީމަ، ދެކުދިން ދޭ ބަދިގެއަށް ކައްކަން….. ތި ދެ މީހުން ދޭ ކެއުމެއް ވެއްޖިއްޔާ ކައްކަންވެސް ޖެހޭނީ ތި ދެ މީހުންނެއްނު……” ޝައުނާއި ޔަލްވީގެ ދެ މެދަށް ވަދެ، ޝައުންގެ ކޮނޑަށް އަތް ލައިގެންހުރެ އިޔާޒް ބުނެލިއެވެ. ދެން ތިބި މީހުން އޭނާގެ ވާހަކައަށް ތާއީދުކުރަމުން ހޭންފެށިއެވެ.

“ތީ ހަމަ ފެން ފޮދެއް ބޯލުންކަހަލަ ކަމެއް ދޯ ޔާލް…. ހިނގާ އަވަހަށް ކައްކަން ދަމާ….” އިޔާޒަށް ބޮޑުވާ އިނގިލި ދައްކާލަމުން، ޝައުން އެތެރެއަށް ވަންނަން ހިނގައިގަތުމުން، ޔަލްވީވެސް އޭނާއާއި އެއްހަމައެއްގައި ހުރެގެން ދިއައެވެ.

 

ބެންޗުގައި އިށީނެލައިގެން ފޯނާއި ކުޅެން އިންނަމަވެސް، މިޝްޔާގެ ސަމާލުކަން ބޮޑަށް ދެވިފައިވަނީ، ވިނަގަނޑުމަތީ އުއްޑުން އޮށޯވެލައިގެން އޮތް ރާހިލަށެވެ. ބޯ ދަށަށް އެއް އަތް ލައްވާލައިގެން، އެއްފައި ދަމާލުމަށްފަހު، އަނެއްފައި ކުރުކޮށްލައިގެން އޭނާ އޮތީ ލޯ މަރައިލައިގެންނެވެ. ހީވާގޮތުން، އޭނާ އޮތީ ފުންވިސްނުމެއްގައެވެ. ކިތަންމެ ފަހަރަކުވެސް، އެ ތަނުން ތެދުވެގެން ގޮސް ރާހިލާއި ވާހަކަދައްކާލުމަށް، މިޝްޔާގެ ހިތް އެދެމުން ދިޔައެވެ. އެހެނަސް، ރާހިލް މިހާރު ބަހައްޓާ ދުރުކަމަކުން އޭނާއަށް ފަސްޖެހެވެނީއެވެ. ރާހިލްގެ ދުރުކަމުން އޭނާގެ ހިތަށް އެހާ އަސަރުކުރަނީ ކީއްވެބާއޭ މިޝްޔާގެ ހިތަށް އެރިއެވެ. އޭނާއަށް ރާހިލްދެކެ ލޯބިވެވުނީބާއޭ ހިތަށް އެރުމުން، ހިތާއި ދިމާލުން މޭގައި އަތް އަޅައިލެވުންއިރު،  ރާހިލާއި ދިމާއަށް ބަލައިލަމުން ދެ ލޯ ބޮޑުކޮށްލެވުނީ، ބޭއިޚްތިޔާރުގައެވެ. އެވަގުތު، ރާހިލް ދެ ލޯ މަރާލައިގެން އޮތްކަންވެސް ނަސީބޭ އޭނާގެ ހިތަށް އެރިއެވެ. މިޝްޔާގެ ހިތަށް އައި ޚިޔާލުން އެކަމާއިމެދު ވިސްނުމަށް އޭނާގެ ހިތާއި ސިކުނޑި މަޖުބޫރުކުރުވަމުން ދިޔައެވެ.

 

ފުން ވިސްނުމަކަށް ގެއްލިފައި އިން މިޝްޔާއަށް ފަހަތް ބަލައިލެވުނީ، އޭނާއަށް ގޮވަމުން، ޔަލްވީމ އެ ދިމާއަށް އަންނަން ފެށުމުންނެވެ. ދެ ލޯ މަރާލައިގެން އޮތް ރާހިލްވެސް ޔަލްވީއަށް ބަލައިލުމަށްފަހު، މިޝްޔާއަށް ބަލައިލިއެވެ.

“ކޮބާ އެންމެން….؟؟؟؟” މިޝްޔާއާއި ރާހިލް އެކަނި އެތާނގައި ތިބުމުން ޔަލްވީއަށް އަހައިލެވުނެވެ.

“ޔާނީގެ ފޯނު ގޭގައި ބާއްވާފައި އާދެވުނީމަ، އިޔާއާއިއެކު، އެ ބަލާ ދިޔައީ…. ޝިއު ދިޔައީ ފާޚާނާއަށްށޭ ކިޔާފައި….. ދޮންބެ ދިޔައީ އޮފީސް ކުއްޖަކު ގުޅީމަ…..” އެންމެން ވީތަން މިޝްޔާ ބުނެދިނެވެ.

“އަސްލުވެސްތަ….؟؟؟ އަޅެ މިޝް…. އަހަރެން ބޭސް ކާގަޑި ޖެހިއްޖެ…. ހަނދާން ނެތިގެން އެ ނުލާ އާދެވުނީ….. ރާހިލާއިއެކު އެ ބަލާ ގޮސްދޭންވީނު…..” މިޝްޔާގެ އަތުގައި ހިފައިލަމުން ޔަލްވީ އާދޭސްކޮށްލިއެވެ. މިޝްޔާއަށް ބަލައިލެވުނީ ރާހިލާއި ދިމާއަށެވެ. ޔަލްވީ އެހެން ބުނާ އަޑު އިވިގެން އޭނާވެސް އޭރު ތެދުވެ އިށީނދެލަނީއެވެ.

“ޔާލް ދާންވީނު….  އަހަރެން ގޮސްދީފާނަން ކައްކަން…..” މިޝްޔާ އެހެން ބުނެލީ ރާހިލާއިއެކު ދާން ބޭނުން ނުވާތީއެއް ނޫނެވެ. މިހާރަކަށް އައިސް ރާހިލް ދުރުން އުޅޭތީއެވެ.

“ނޫން…. މިޝްއާއި ކައްކަން ހަވާލުކޮށްފިއްޔާ، އެ އުޅޭ އިޔާމެން އަހަންނަށް ހަދާނެގޮތެއްވެސް ނޭނގެ…. ދެން ޕްލީޒް ގޮސްދީބަލަ…. މަންމަވެސް ނޫޅޭނެ ގެއަކު…. މާމަމެން ތިބޭނީ މިހާރު ނިދާފަ….. އެހެން ނޫންނަމަތާ ރާހިލް އެކަނި ފޮނުވައިލެވޭނީވެސް…. އޭނާއަކަށް ނުކެރޭނެއްނު އަހަރެންގެ ކޮޓަރިއަށް ވަންނާކަށް….. ރާހިލް ގޮސްދޭނަން ދޯ މިޝް ގޮވައިގެން……” ގޭގެ ޙާލަތު ބުނެދިނުމަށްފަހު، ރާހިލްގެ ގާތުގައި ޔަލްވީ އަހައިލިއެވެ. މިޝްޔާއަށް ބަލައިލެވުނީ ރާހިލާއި ދިމާއަށެވެ. ޔަލްވީއަށް ހިނިތުންވެލަމުން، ބޯ ޖަހާލުމަށްފަހު، ރާހިލް އިންތަނުން ތެދުވެގެން ހިނގައިގަތެވެ. މިޝްޔާ ރާހިލްގެ ފަހަތުން ދިޔައީ އެނޫން ގޮތެއް ނެތުމުންނެވެ.

********************

 

“ޔާލް…. އަހަރެން މި ވިސްނަނީ މާދަމާރޭ މަންމަމެންނާއި ބައްދަލްކޮށްދޭން ޔާލް ގެއަށް ގެންދަންކަމަށް…. އަހަރެން ބޭނުން ވީހާވެސް އަވަހަށް ކައިވެނިކުރަން….” މަސްދަޅުތައް ކަނޑަން ހުރި ޝައުން މިހެން ބުނުމުން، ފިޔާކޮށަން ހުރި ޔަލްވީގެ މަސައްކަތް ހުއްޓުމަކަށް އައެވެ. މިތަން ފެނިފައި ކިހިނެއްވީހޭ ޝައުނަށް އަހައިލެވުނެވެ.

“އަހަންނަކަށް ނުކެރޭނެ ތި ގެއަށް ދާކަށް… ޝަހުނާ….. އޭނަ އަދިވެސް އަހަރެންދެކެ ރުޅިއާދޭ…. މިހާރުވެސް އަހަރެން ފެނުނީމަ ހުންނަނީ ރުޅިމޫނު ހަދައިލައިގެން….” ޝައުންގެ މޫނަށް ބަލައިލަމުން މައުސޫމްގޮތަކަށް ޔަލްވީ ބުނެލުމުން، ޝައުންގެ ގާތަށް ހިނިއައެވެ.

“އެއީ ދޮންތަގެ މިޒާޖު… އެކަމާ އަޅާނުލާ…. އެހެންނޫނަސް، އަހަރެން ހުންނާނަމޭ ޔާލްގެ ގާތުގައި…. ދޮންތަ އެހެން އުޅުނަސް، މަންމަ ވަރަށް ބަރާބަރުވާނެ….. މިކޮޅަށް އައިފަހުން މިހާރު އަބަދު ދައްކާނީ ކައިވެނި ކުރާ ވާހަކަ…..” ޔަލްވީގެ ހިތްހަމަ ޖައްސައިދިނުމަށްޓަކައި ޝައުން ބުނެލިއެވެ. ޔަލްވީ، ހިނިތުންވެލިނަމަވެސް، އޭނާ ހުރީ ޖެހިލުންވެފައެވެ.

********************

 

ޔަލްވީމެންގެއަށް އާދެވުމުން މިޝްޔާ ހިނގައިގަތީ، އެތެރެއަށް ވަންނާށެވެ. އޭނާ އަންނަންދެން ރާހިލް ސައިކަލްކައިރީގައި މަޑުކޮށްލައިގެން ހުއްޓެވެ. މިޝްޔާއަށް ގެއަށް ނުވަދެވި އުޅެނިކޮށް ހަޅޭލަވައިގަންނަމުން އައިކޮޅަށް ދުއްވައިގަތީ، ފާރުމަތީގައި އިން ބުޅާ ހޭރިގެންފައި، އޭނާގެ ކުރިމައްޗަށް ފުންމައިލުމުންނެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (66)

  1. Ahoo

    Yeah ahoo first..????

    1. Eemyaa
      Ahoo

      Hehe ☺

  2. Eemyaa

    Assalaam Alaikum ☺☺☺
    Kiyutherinnah mi part ves kamudhaane kamah umeedhukuran..
    Rangalhu kohlan v thankolheh iniyya bubelaidhecchey ?
    Have a nyc day TGC LY all ???

  3. Malaa

    Alhugandu 2nd ah dhw mi dhiya eee.. eem waahaka wrh wrh reethi.. shaun dheke enme loabi waniy..❤️?❤️?❤️

    1. Eemyaa
      Malaa

      Thanks Mal ☺

  4. ?een?

    V reethi me first dho❤❤❤ love u

    1. Eemyaa
      ?een?

      thanks een ☺
      LY ?

  5. Sheii

    Grt job eem. Wen next part?♥️

    1. Eemyaa
      Sheii

      Thanks Sheii ☺
      Next part on Sunday In Sha Allah ?

  6. Aai

    Me second yayyy

    1. Eemyaa
      Aai

      Aai ehn comment thah nufenuny dw ☺

  7. Aisha

    Vrh vrrhh reethi mi part vexx eeem❤❤ Thanks thihaa avahah up kohdheythy?

    1. Eemyaa
      Aisha

      Thanks Aisha ☺
      Hehe wc dear ?

  8. Some one

    V v riithi! So shaun n yaaal dw marry kuraaanii! Wow! Dhn which cpl? Not ayaaanii! Mishyaa n raaahil thwche! Ly eeem! V salhi❤❤❤❤❤❤

    1. Eemyaa
      Some one

      Thanks dear ☺
      Lets see dw ?
      LY ?

  9. mal

    Woww.. nice…v v v rythi mi bai vx..?

    1. Eemyaa
      mal

      Thanks mal ☺
      ?

  10. Nish

    Wow I was waiting for this part..nd its just mind blowing??waiting waiting next part ah..☺gud luck! Ly..?

    1. Eemyaa
      Nish

      Thanks Nish ☺
      LY ?

  11. Nashuu

    ooohhh…amazing yaal and shaun wow…next mishal and shiury tha…its amaxing Eem..love u keep the good work up…nxt part ves avahah up kohlahchey..m so curios to know what happens nxt….

    1. Eemyaa
      Nashuu

      Thanks Nashuu ☺
      Lets see dw ?
      Thanks a lottt dear ?

  12. song joong ki..KOREAN

    rovey varu vejji mi part ge shiu ge bai kiyaafa.. vvvv salhi mi part.. hama best.. hahaha mish ah haadha majaa gothekey dhw evyy. dhaagothah raahil gai bahdhaigannaany kanneynge. lol 😀 shaun n yaal hama cool dhw mihaaru..ly eem waiting for next part…. EEM,. eem ah kithah years tha??????? if u don’t mind, can u tell….

    1. Eemyaa
      song joong ki..KOREAN

      Thanks Song ☺
      Haha asluvess dw.. ??
      Ehehehe dwdw ?
      LY dear ?
      Hehe eem ah 24 yrs ?

    2. song joong ki..KOREAN
      song joong ki..KOREAN

      ohh gud…thanks for saying… 🙂 🙂 🙂 🙂 sunday ga dhw next part…?? waitingssss mish ah vaa goih balan 😉 😉

    3. Eemyaa
      song joong ki..KOREAN

      Yeah In Sha Allah ☺
      Keep waiting ?

  13. Naaz

    Wow…Ayaany ah aflaak nulibeynetha hama

    1. Eemyaa
      Naaz

      Thanks Naaz ☺
      Lets see ?? may b hama libivesdhaane dw ?

  14. Sajoo

    Yeee sajoo second dhw vvvvvvvvvvvvvvv reethi mi story

    1. Eemyaa
      Sajoo

      Thanks Sajoo ☺?

  15. click a shot ?

    ohh.. naheek dhw mi fenuny shiu ah…naheek ves mi varugadha firihene..ilike shiu a lot..eyna ulhey goi varah kamudhey..haaha ..baehfaharu hevey eyna ulheygothunves..??I’m also like that..hama e rulhigandu aadhey click ge ves..hehe..shiu ulheygothun loa kurimathin sifavey click ah ulhevey goives??ekam click ehaa rulhigandhaeh nuvaane.. varah majaa moodeh gengulhen abadhuves.waiting

    1. song joong ki..KOREAN
      click a shot ?

      hey click, shiu ulhey goih asluvx varah majaa dhw.. hama baby eh hen..click vx shiu hen dhw ulheny ? 😉 😉 😉 hehe

    2. click a shot ?
      click a shot ?

      Yeah..hehe..? Sjki kihineh tha ulheny anehkaa

    3. song joong ki..KOREAN
      click a shot ?

      hahaha.. vaki gothakah nuun. dhn hama normal kh….. 🙂 i’m going to change my user name to “SJK..KOREAN” someone else is commenting now in this site using my original user name

    4. Eemyaa
      click a shot ?

      Haha asluves dw Click ??
      Hehe ☺

    5. Eemyaa
      click a shot ?

      SJK nd Click, dhe kudhinge exams kihinehtha?? Good luck to all ur exams do well cuties ???

    6. click a shot ?
      click a shot ?

      Ok..we are doing well..thanks eem dear..we’ll do our best..☺️

    7. $JK..KOREAN
      click a shot ?

      exam thah hama best. we’ll do our best.. n thanks a lot eem.. 🙂 for wishing us luck!! 😀 😀

    8. Eemyaa
      click a shot ?

      Wc dhekudhin ☺

    9. click a shot ?
      click a shot ?

      Click ves ehaa baby eh nuvaane hehe ?

    10. $JK..KOREAN
      click a shot ?

      Hahaha ehndhw… shiu dhw ehemma maa baby vegen miulheny.. 😉 😉 😀

    11. click a shot ?
      click a shot ?

      Yeah ?

  16. Lammi ?

    OMG Eem ❤❤
    Warah reethi mi part ves ?
    How do you do this??
    Kihineh thihaa molhah story liyann dhass kury?? ?
    Lammi school ga ulhunn iru warah try kuri kameh story liyunn miii…
    But I couldn’t??
    Ehenve fahunn mazumoon liyann fetty ?
    I just Love your story ❤
    Next part awahah up kollahche ?
    Waiting waiting waiting
    And please dhigu koh up kolladhehche

    1. Eemyaa
      Lammi ?

      Thanks Lammi ☺
      Hehe may b story ge ideas salhi vedhaane bt liyuntherikamuge gothun eem molheh nuvaane anyway Thanks a lot for the compliment ❤

  17. Adha?

    Aaaaaaaa.. mammaa… bulhaleh??.. hehe.. as a couple adha ah enme kamudhany yaal nd shaun?❤.. eem.. edhekudhinge love parts annaanetha adhi???.. mishal nd raahil ge character ves varah kamudhey….. nd mi part ves varah furihama ?
    Waitingss ❤❤❤❤

    1. song joong ki..KOREAN
      Adha?

      dhw adha, shaun yaal is the best couple … 🙂

    2. Eemyaa
      Adha?

      Haha Adha ?
      Yeah, eem plan koffa in gothun adhi annaane ?
      Thanks a lott dear ?

    3. Eemyaa
      Adha?

      Haha Adha ?
      Yeah, eem plan koffa in gothun adhi annaane ?
      Thanks a lott dear ?

  18. Xidhan

    Vaahaka hama best… ??

    1. Eemyaa
      Xidhan

      Thanks Xidhan ☺?

  19. Xna

    Eem haadha rangalhey. ??dhigukoh genesdhinumaa, ?Ava’s avahah upl kohdhinumaa, ?comments ah reply kurumaa ?and mihaa loabi vaahakaeh genesdheyt ?, bunelan beynun I LOVE YOU ey??

    1. Eemyaa
      Xna

      Hehe Thanks Xna for the compliment ❤
      Lov u tooo dear ??

  20. Manna

    Vrh reethi. I think u should plan to play a film 4thi????????????

    1. $JK..KOREAN
      Manna

      NAHULA gothah eem vx film eh plan kuran ulhe 😉 nice idea manna… 🙂

    2. Eemyaa
      Manna

      Thanks Manna ☺
      Haha ??
      ?

  21. nium

    wow ..?? Ma Sha Alla mirey part v v v Salhi v v v kiyaahithun mikey… Alhaaaa Eem Aslu haadha molhaa vaahaka genes dheyfa hurigoi keep going …. Aslu v uffavey comment kureyma rep kuraathey…… Eem kihinehtha haalu … LOve You ingey ????❤❤❤???

    1. Eemyaa
      nium

      Thanks nium ☺
      Eem hama v best nium kihinehtha?? ☺
      V ufaavjje eem story genesdhey goi kamudhaathy thanks dear ?
      LY ❤

    2. nium
      nium

      Alhamdhu lillah 🙂

  22. Ainyy

    Alhe raahil akee zeek ah vaane nama konmeves gothakun. Eem he vaahakathah abadhuves reethi. Ekamaku varah comment nukurevey ehves liyuntheriehge vaahakathakah. Ekamaku mi vaahaka hama reethi kamun comment kolleemi

    1. Eemyaa
      Ainyy

      Ainyy ❤ i jst lov ur name
      Thanks a lot Ainyy ☺

  23. k

    wow, eem, this part is beautiful, love it, as always you make me run out of words, keep it up,, i dont know what to say,,,

    1. Eemyaa
      k

      Thanks k ☺
      Awwwn thanks a lot dear ❤

  24. Roo

    Wowww speechless!! ❤️❤️ Eem hama molhee ey dhw ? asluves raahil aky zeek ah vaane nama.. and shaun and yaal ❤️❤️Dhen shiu ves mishal dheke loabivaane nama ? story gendhaa goi varah reethi.. keep it up dear.. Ly ???

    1. Eemyaa
      Roo

      Thanks Roo ☺ v happy vejje story gendhaa goi kamudhiya eethee ?
      LY ❤

  25. Saakko

    Alhe raahil zeek ah vedhaane tha eeem? Story v nice..

  26. Malsha

    Alhey haadha ryhchey..Miadhu adhi eh part up koh dhyba eem.plx plx.mish ah vaane gotheh balaa hithun Mihaaru mal miohgen maruvany. .marry kuraa one couple aky yaal and shaun dhw..Dhen aneh couple aky kobaabaa??? Btw story hama best Ingey. .eem plx one part miadhu up kohlahchey. .plx..ly

  27. Nashuu

    Alhey Eem…cant wait…..eeeeeemmmm next part kon irakun tha up kohlaneee??? love you and love your stories ummmaaaa
    plxx plxxx plxxxx avahah up kohlahchey..ehen noonee Nashuu moya vedhaane.. waiting..

Comments are closed.