Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ސޮރީ.

Shaz Level 110 Stories
October 6, 2017 3 Mins Read
17 Comments

(ހަތްވަނަބައި)

“ހެޔޮނުވާނެ. އުލްވާން ދޫކޮށްލަދީބަލަ. އަހަރުމެންގެ ދިރިއުޅުން އުޅުނަދީބަލަ. ކަލޭގެ ދިރިއުޅުމުގައި އުޅެބަލަ. މީގެ ފަހުން އުލްވާންއަށް ނުގުޅާތި” ޝައްފަ ފޯނުކަނޑާލިއެވެ.

އަހަންނަށް ހެދުނީ ގޯހެކެވެ. ކުރިންވެސް ޝައްފައާ އުލްވާން އަހަންނާ ހެދި މައްސަލަ ޖެހުނުކަން އަހަންނަށް އެނގެއެވެ. އުލްވާން ޝައްފަ ދެކެ އިންތިހާއަށް ލޯބިވާކަން އަހަންނަށް އެނގެއެވެ. ހިތާހިތުން އުލްވާން ކިބައިން މައާފަށް އެދުނީމެވެ. އަހަރެންގެ ދިރިއުޅުން ފަސޭހަކޮށްދޭން އުލްވާން ތާއަބަދު މަސައްކަތް ކުރާއިރު އަހަރެންގެ ސަބަބުން އޭނާގެ ދިރިއުޅުން ހަލާކުވަނީއެވެ. އުލްވާންއާ ދުރަށް ދިއުމަށް އަހަރެން ނިންމީމެވެ.

“ބަލް. އުލްވާން” އަހަރެން ސިއްސައިގެން ދިޔައީ ކައިލްގެ އަޑު ޖެހުމުންނެވެ. ކައިލް އައިސް އަހަރެންގެ އަތަށް އޭނާގެ ފޯނު ދިނެވެ.

“އުލްވާން. ސޮރީ. އަހަރެން ބޭނުމެއްނޫން އަހަންނާ ހެދި އުލްވާންގެ ލައިފް ހަލާކުވާކަށް. އަހަންނާ ދުރުގަ ހުރޭ” އުލްވާންއަށް އެއްޗެކޭ ބުނަން ފުރުސަތު ނުދީ އަހަރެން ފޯނު ކަނޑާލީމެވެ.

“ކިހިނެތްވީ..” އަހަރެންގެ ކަންކުރިގޮތުން ކައިލް ހައިރާންވެފައި އަހާލިއެވެ.

ކަންތައް ހިނގައި ދިޔަގޮތް އަހަރެން ކައިލްއަށް ކިޔައިދިނީމެވެ. އަދި އަހަރެން ނިންމިގޮތައް ކައިލްވެސް އެއްބަސްވިއެވެ. ހަމައެކަނި އުލްވާންއަށްޓަކައެވެ. އުލްވާން ޝައްފަ ދެކެވާ ލޯބި އަހަންނަށް ހުރީފެނިފައެވެ. ޝައްފަ  ހިތްހަމަ ނުޖެހިފަ ހުރިއްޔާ އުލްވާންގެ ލޮލަށް ނިންޖެއްވެސްނާންނާނެއެވެ.

ދުވަސްތައް ބާރު ދުވެލީގައި ހިނގަމުން ދަނީއެވެ. އަހަރެންގެ ބަނޑު ނުކުމެ ބަނޑުގައިވާ ކުޑަ ކުޑަ ފުރާނައިގެ އިހުސާސް މިހާރު އަހަންނަށް ކުރެވެއެވެ. ކައިލް އަހަންނާ ގަޔާވާކަން އަހަންނަށް އެނގެއެވެ. އެހެންނަމަވެސް އަހަރެން ކަހަލަ މީހަކާ ކައިލް ގުޅެން ކައިލްގެ މަންމަ ބޭނުމެއް ނުވާނެކަން އަހަންނަށްވެސް އެނގެއެވެ.

ވިހާ ދުވަސް ކައިރިވާވަރަކަށް އަހަރެންގެ ހިތް ނުތަނަވަސްވެއެވެ. ކައިލްއާއި ކައިލްގެ މަންމަ އަހަންނަށް ހިތްވަރުދިނަސް އަހަރެންގެ ހިތައް އުނދަގޫވަނީއެވެ.

އާދުވަހަކަށް އިރު އަރައިގެން އައިއިރު ގޭތެރޭގައި އަޑު ގަދައެވެ. އަހަރެން ކޮޓަރިން ނުކުތީ ބޭރުގައި އަޑު ގަދަވުމުންނެވެ. ކޮޓަރި ދޮރު ހުޅުވާލުމާއެކު އަހަރެން ހުރިތަނަށް ގާވިއެވެ. އާއެކެވެ. މިފްޒާލްއެވެ. އެންމެފަހުން މިތަނަށްވެސް އައީއެވެ. އަހަރެން ކޮޓަރީގެ ދޮރު ހުޅުވާލުމާއެކު މިފްޒާލްއަށް އަހަރެން ފެނުނެވެ.

“ވާއޯ. ބަލްގީޝް. ވިތު ކިއުޓް ލިޓުލް ޓަމީ.. ބަލްގީޝް މިގޭގަ” މިފްޒާލް މަލާމާތުގެ ރާގެއްގައި ބުނެލިއެވެ. އަދި އަހަންނާ ދިމާލަށް ހިނގައިގަތެވެ. މިފްޒާލް ފެންނައިރަށް މިހާރު އަހަރެން ބިރު ގަނެއެވެ. ތުރުތުރު އަޅައިގަތީ އިންތިހާއަށެވެ.

“ހަބަރުދާރު. ބަލްއާ ގާތައް އެންމެ ފިޔަވަޅެއްވެސް ނާޅާތި” އައި ނައި ތަނެއް ނޭނގި ކުއްލިއަކަށް ފެނުނީ ކައިލްއައިސް މިފްޒާލްގެ ކުރިމައްޗައް ޖެހިގަތްތަނެވެ.

“ހަހަހަ.ބަލް އޭ.. މީ ބަލް. ކޮން ހައިސިއްޔަތަކުން ކައިލްއަށް އަހަރެން ހުއްޓުވޭނީ” މިފްޒާލްއަކީ ލަދުކުޑަކަމުގެ އިންތިހާކަން މިއަދު އަހަންނަށް ޔަގީން ކުރެވިއްޖެއެވެ.

” ކޮންމެ ހައިސިއްޔަތަކުންވިޔަސް އެއީ މިފްޒާލްއާ ބެހޭ ކަމެއްނޫން. ބަލްއާއި އަހަރެންގެ ދަރިފުޅާގާތައް ތި މުޑުދާރު މީހާ އެންމެ ފިޔަވަޅެއް އެޅިއަސް ދެފައި ބިންދާލާނަން” ކައިލް ބުނި އެއްޗަކުން ހުއްޓުނީ މިފްޒާލް އެކަންޏެއް ނޫނެވެ. އަހަންނަށްވެސް ހުރެވުނީއެވެ. ކައިލް އެފަދަ އެއްޗެއް އަދި މިފްޒާލްގެ ކުރިމަތީގައި ބުނެފާނެ ކަމަކަށް އަހަރެން ހީވެސް ނުކުރަމެވެ.

ކައިލްގެ އެ ޖުމްލައާއެކު މިފްޒާލް ހުއްޓުން އެރި ސަބަބެއް ނުވިސްނުނެވެ. ބިރުގަތީ ބާއެވެ. ނުވާނެއެވެ. އޭނަ ބިރު ގަންނާނެ  ހެއްޔެވެ؟ އެއީ އެއަށްވުރެ މާ ނުބައި ނުލަފާ މީހެކެވެ.

“ކައިލްގެ ތީ މީހުން ބޭނުންކޮށްފައި އެއްލާލާ އެއްޗެހި ބޭނުން ކުރާމީހަކަށް ވީކޮންއިރަކު” މިފްޒާލް މަލާމާތްކޮށްލިއެވެ.

“އަހަރެންގެ ވާހަކަ ބާއްވާ.. އަޑުއަހަން ކުކުޅަކަށް ގޮނޑު ހޮވަނިކޮށް ޖަވާހިރެއްފެނުނަށް ނޭނގޭނެއޭ ބުނާއަޑު. މިފްޒާލް އަޑެއް ނާހާހެން ހީވަނީ..” ކައިލްވެސް މަލާމާތްކޮށްލިއެވެ.

ލަދުގަތީ ކަންނޭނގެއެވެ. ކައިލް އެހެން ބުނުމާއެކު މިފްޒާލް ދާން ހިނގައިގަތެވެ.

“ސޮރީ..” މިފްޒާލް ދިޔުމުން ކައިލް ބުންޏެވެ.

ކައިލްގެ މަންމަވެސް ހުރީ ހުރިގޮތައް ހުއްޓިފައެވެ. ހިތްހަމަ ނުޖެހިފަކަންނޭންގެއެވެ.

“މަންމާ” ކައިލް އޭނާގެ މަންމަގާތައް ދަމުންގޮވާލީ ކުށެއް ކުރެވިފައިވާ މީހެއްފަދައިންނެވެ. އެހެންނަމަވެސް ކައިލްގެ ވާހަކައަޑު އެހުމެއްނެތި ކައިލްގެ މަންމަ ދިޔައީ މަންމަގެ ކޮޓަރިއަށެވެ.

އަހަރެން ހާސްވެ ދެރަވެސްވިއެވެ. އެހެންކަމުން އެ ދެމައިންގެ ފަހަތުން ދިޔައީމެވެ. އެހެންނަމަވެސް ކައިލްގެ މަންމަ ހިތްހަމަ ނުޖެހިފައި ހުރުމުން އެކޮޓަރިއަށް ވަންނާކަށް އަހަންނަކަށް ނުކެރުނެވެ. އެހެންވެ ކައިލް ނުކުންނަންދެން އަހަރެން ކޮޓަރި ދޮރުކައިރި މަޑުކޮށްލީމެވެ.

“ކައިލް މަންމައަށް އެނގޭ ދަރިފުޅު ބަލްއާ ގަޔާވާކަން. އެކަމަކު ބަލް އިން ގޮތް ފެނެއެއްނު. ބަލް ބޭނުންމެއްވެސް ނުވާނެ ކައިލްގެ ދިރިއުޅުމާ ގުޅޭކަށް. މީހަކު ދިން ލަނޑެއްގެ ސަބަބުން މިއަދު މީހުންގެ ކުރިމަތީ އަގުވެއްޓިފައި އިންނަމަވެސް ބަލްއަކީ ރަނގަޅު ކުއްޖެއް. މަންމަ ހިތްހަމަ ނުޖެހުނީ ބަލް ހިތަށްއަރާނެ އެއްޗެއް ނުބަލާ މިފްޒާލް ކުރިމަތީ ދަރިފުޅު އެހެން ބުނީމަ.. ދަރިފުޅު ބޭނުމިއްޔާ ބަލްއާ މެރީ ކުރިއަސް މަންމަގެ މައްސަލައެއް ނެތޭ. އެކަމަކު އެކަން ވާން އެބައޮތްތަ. އަނެއްކޮޅުން ދަރިފުޅާ ބަލްގެ އެކަހަލަ  ގުޅުމެއް ނެތްކަން އެނގުނީމަ މިފްޒާލް ކިހާ މަލާމާތް ކުރާނެ. ބުނެބަލަ.” ކައިލްގެ މަންމަ ހުރީ އަސްލުވެސް ހިތްހަމަނުޖެހިފައެވެ.

“މަންމާ އަހަރެން ބަލް ބޭނުން ކޮންމެ ހާލެއްގަވެސް. އެކަމަކު ބަލްގެ އަދި މަންމަގެ ނުގަބޫލުގައި އަހަރެން ކިހިނެތް؟” ކައިލް ހުރީ ދެރަވެފައެވެ.

“ދަރިފުޅާ މަންމަ ނުގަބޫލީއެއް ނޫނޭ. މަންމަ  މިބުނަނީ މިހާލަތުގައި ބަލްއާ އިނދެވޭކަށް ނެތެއް ނޫންހޭ. ބަލްއާ އިނދެވޭނީ ބަލް ވިހާ ގަދަވީމަ ނޫންހޭ.. އެކަމަކު ދަރިފުޅާ ބަލް އާ އެކަހަލަ ގުޅުމެއް ނެތްކަން އެނގިޖެއްޔާ އޭގެ ފައިދާ މިފްޒާލްނަގާނޭ” ކައިލްއަށް ވިސްނައިދޭން ކައިލްގެ މަންމަ މަސައްކަތް ކުރިއެވެ.

އަހަންނަކަށް އިތުރަކަށް ކެތެއްނުވިއެވެ. އަވަސްއަވަހަށް ދުވެފައި ދިޔައީއެވެ. ބޭނުންވީ އިތުރު ބައެއްގެ ދިރިއުޅުން ހަލާކުކޮށް ނުލައި އެގެއިން ދާށެވެ.

މަގުމައްޗައް ނުކުމެ އަހަރެން ދުއްވައިގަތީމެވެ. ދުއްވާ އެއްޗެހި ގިނަ ނޫނަސް މަދުމަދުން ކާރުތައް ދެއެވެ. ވަކި ހިސާބަކަށް ދުވެފައިގޮސް އަހަރެން ހުއްޓުނީމެވެ. އޭރު ކައިލް އަހަންނަށް ގޮވަމުން ފަހަތުން އާދެއެވެ. ކައިލްއާ ވީ ފަރާތައް އަހަރެން އެނބުރިލީމެވެ. އެހެންނަމަވެސް ކައިރީގައި އޮތް ގޯޅިން ކުއްލިއަކަށް ނުކުތްކާރެއް އަހަރެންގެ ގައިގަ ޖެއްސިއެވެ. ވިއްސައިގެގޮސް ދުރުގައި ހުރި ގާ ފުންޏެއްގެ މައްޗައް އަހަރެން ވެއްޓުނު ކަން އެނގެއެވެ. ދެން ވީގޮތެއް ނޭނގުނެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Shaz

Level 110 Stories

Other Articles

Previous

ދުރުގައިވިޔަސް 36 ވަނަ ބައި

Next

ޢެދެމޭ އުފާ….(27)

Next
October 6, 2017

ޢެދެމޭ އުފާ….(27)

Previews
October 6, 2017

ދުރުގައިވިޔަސް 36 ވަނަ ބައި

17 Comments!

  1. Shin says:
    October 6, 2017 at 7:21 pm

    Wooow v rythi.. Alhey bal ah kihinei thihedhy…. When next part…. Mirey adhi one part up kohladhybala

    1. ballu says:
      October 6, 2017 at 7:27 pm

      yes ..plx alhe adhi one part shaz

  2. ballu says:
    October 6, 2017 at 7:25 pm

    no no no no plx no ..save the baby and bal px

  3. ? says:
    October 6, 2017 at 7:38 pm

    Vaahaka liyanyy nameh ga dhw…2 folhuvaeh mi innany parteh ga

  4. sana says:
    October 6, 2017 at 8:07 pm

    Plx save bal and baby and very nice when next part???

  5. sama says:
    October 6, 2017 at 8:10 pm

    Wow!????? plx save bal and baby?????? when next part??

  6. seenko says:
    October 6, 2017 at 8:15 pm

    Shaz plx to night one part up kohladhybala plx☝☝??

  7. Same says:
    October 6, 2017 at 11:38 pm

    Haadha kurey? adhi ☝ part genesdheeba please ehn nuuny mirey nues nidheyne?

  8. ?rose? says:
    October 7, 2017 at 12:08 am

    amilla vaahaka ah ehen meehunge namuga comment kurumakee vrh hadi kameh….?

    1. boring says:
      October 7, 2017 at 12:10 am

      sana, sama, same and seenko is same person i am sure…………….hahhaa

  9. khajja says:
    October 7, 2017 at 12:40 am

    Masha allah stry v rythi?? ekam haadhakurey ? n bal aa eynage kid safe koh dhybala plx plx stry v v awsome whn nxt prt avaskolla dhechchey plx gud nyt ly???❤❤????

  10. Mina says:
    October 7, 2017 at 7:22 am

    Varah reethi avahah next part up kolachey

  11. Shaz says:
    October 7, 2017 at 8:06 am

    Support dhey hurihaa kudhinnah varah bodah shukuriyya.. v emme avahakah next part genes dheynan.. dhen rose ah bunelan othy shaz ge amilla vaahaka ah shaz eh ehn meehehge namuga eh adhi mihaa thanah ehves comment eh kohfa eh nuvaaney.. thank you rose ah ves vaahaka kiyaalaa comment eh ves kollima..
    much luv ?

  12. Inaya says:
    October 7, 2017 at 9:13 am

    Kondhuvahakun next part . Varah interesting story eh mee

  13. Starboy says:
    October 7, 2017 at 10:32 am

    Kiha dhera kameh,, Nuva varun kanthah kuran noolhebala,, Konme dhuvahakuves thanfukeh,, 2 scene genevey iru part nimey,, Mee thankolheh boduvaru

  14. sana says:
    October 7, 2017 at 2:48 pm

    (BORING) I not comment tow or more times I comment one time look and talk plx ????

  15. sama says:
    October 7, 2017 at 9:27 pm

    Are you sure (BOEING)?????
    But I don’t now SANA,SEENKO AND SAME ask them we are one person plx plx plx look and talk (BORING) ???????????? AND YOU COMMENT 1000 TIMES OK ?????

Comments are closed.

Next Episodeސޮރީ…←


All Right Reserved!