މަލަކާގެ ހިތުގައި ރިއްސަމުން ދިޔައެވެ. އެއްމެން އޭނާއަށް ތުހުމަތުގެ އިނގިލި ދިއްކުރަމުން ދާއިރު އެޔަށް އެއްވެސް ރައްދެއް ނުދީ ދުރުގައި ބަލަހައްޓައިގެންނެވެ. ރައްދެއް ދެވެން އޮތް ނަމަވެސް އޭނާ ގަޔަކު އެހިތްވަރެއް ނެތެވެ. އެއްމެންހެން އޭނާވެސް ކުށްވެރިކުރަމުން ދަނީ އަމިއްލަ ނަފުސެވެ. ޝައިމްގެ ލޮލުން އެފެންނަމުންދާ ހިތާމައިގެ އަޑު އޭނާއަށްވުރެ ބޮޑަށް އެގޭނެ މީހެއް ނެތެވެ. ލޯފާރުވަމުން ދަނީ ޝައިމްއާއި ދުރަށް ދާން ޖެހޭތީ އަޅާ ކަރުނައިންނެވެ. މަލަކާ ކައިވެންޏަށް ތައްޔާރުވަމުން ދާއިރު ޝައިމް ތައްޔާރުވަމުން އެދަނީ […]
(ފަހުބައި) “ކައިލް ބޭނުމިއްޔާ އަހަރެން ކައިލްއާ އިންނަން ތައްޔާރު” އިސްދަށަށް ޖަހާލައިގެން އިނދެ އަހަރެން ބުނީމެވެ. “ބަލް. އަހަރެން ބަލްއާ އިންނަން ބޭނުންވެގެންނެއް ނޫން ބަލްއާ ބޭބީއަށް މިހުރިހާކަމެއް މިކޮށްދެނީ. އާން އަހަރެން ބަލް ދެކެ ލޯބިވޭ. އަހަރެން ބަލް ބޭނުން އިންނަންވެސް ބޭނުން.އެކަމަކު އަހަރެން ބަލްއާ ބަލްގެ ދަރިފުޅުގެ ކަންކަން ކޮށްދޭތީ އޭގެ ބަދަލެއްގައެއްނޫން. އަހަރެން ބޭނުންވަނީ ބަލްވެސް އަހަރެންގެ ދެކެ ލޯބިވެގެން އަހަރެންނާއެކު ދިރިއުޅެން ބޭނުންވެގެން އަހަންނާ އިންނަން. މިވަގުތު ތިހެން ތި ނިންމީ […]
އަދިވެސް އެއީ ހުވަފެނެއްކަމަށް ގަބޫލުކުރަން ހާދަ ދައްޗެވެ. އައިދުންގެ ހިތްވަނީ ބިރުވެރިކަމުން ފުރިފައެވެ. އެބިރުވެރި ސޫރަ އޭނާގެ ހިތުގައި ބިންވަޅުނެގިފައިވާ ކަހަލައެވެ. ހިތްނުތަނަވަސް ވަމުން ދިޔައެވެ. އެހުވަފެނަކީ ކޮންމެވެސް ނުބައިކަމެއް ވާން އުޅޭކަމުގެ ސިގްނަލެކޭ ހަމަ ހީވަނީއެވެ. އެތައްޒަމާނަކަށްފަހު އެ ސޫރަ ހުވަފެނުން ފެނުމުން އައިދުން އިތުރަށް ހާސްވިއެވެ. އެހާދިސާއަށްފަހު ދުވަހެއްގެ ކޮޅުންވެސް އޭނާއަށް ހުވަފެނަކުންވެސް އެސޫރަފެނިފަކައި ނުވެއެވެ. ވީއިރު މިރަށަށް އައި ފުރަތަމަ ދުވަހުވެސް އެސޫރަފެންނަންވީ ކީއްވެހެއްޔެވެ؟ ކޮންމެވެސް ނުބައެއް މިކަމުގައި އެބައުޅެޔޭ އޭނާގެ ހަވަނަ […]
ސްކައި ހައުސްގެ ސުފްރާމަތި ތައްޔާރުކުރަމުން ދިޔައިރު މެހެރޫ އޭނާގެ ދަނބި ދަރިފުޅު އީލާމްގެ އަތުގައި ހިފައިގެން ހުރެ އެކި ކަންކަމާ ވާހަކަ ދައްކަމުން ދިޔައެވެ. ޑރ. މަހޭޝް މެންދުރުގެ ކެއުމަށް ގެއަށް ދުރުވީ މެހެރޫގެ ފަރާތުން އަބީ އައިސް އުޅޭ ހަބަރު ލިބުމުންނެވެ. ރާކީ އާއި އޭނާގެ ފިރިމީހާ ނިކިލް އައިސް ގޮނޑީގައި އިށީދެލުމަށްފަހު އީލާމް އަށް ދިމާލަށް ބަލާލިއެވެ. ކާ މޭޒު ކައިރިއަށް އެންމެން ހަމަވުމުން އަބީ ކޮއްޅަށް ތެދުވެލުމަށްފަހު އީލާމްގެ ތައާރަފްއެއް ދިނެވެ. ޑރ.މަހޭޝް […]
އަލްޔާއަށް ވަޒީފާއެއް ހަމަޖެހިގެން ވަޒީފާޔަށް ނިކުންނަތާ މިހާރު ހަފުތާއެއް ވީއެވެ. އެހެން ކަމުން މިހާރު ކޮންމެވެސް ވަރަކަށް މަސައްކަަތަށް ހޭނި މަޑު މަޑުން އަންނަނީ ވަޒީފާގެ ކުރި އެރުން އަންނަމުންނެވެ. އަލްޔާގެ އަތުގަ ފޯނެއް ނެތުމުން ލީޒާ ވަނީ އޭނަޔަށް ފޯނެއް ވެސް ދީފައެވެ. ލީޒާ ބުނާ ގޮތުން ވިއްޔާ ވަޒީފާޔަށް ދާއިރު ފޯނަކީ ވަރަށް މުހިންމް އެއްޗެކެވެ. ކޮންމެ ފަދަ ވަގުތެއްގަ ވެސް ހަސަދަވެރިންގެ މުސީބާތެއް ޖެހުމަކީ ދުރު ނޫން ކަމެއް ވިއްޔާއެވެ. އަނެއް ކޮޅުން […]
“މިޝް، ހާސްނުވޭ…. ކޮންމެވެސް ގޮތެއް ވޭތޯ ބަލާނީ…..” މިޝްޔާ ހަމައަކަށް އެޅުވުމަށް އެހެން ބުނެލިނަމަވެސް، މިޝަލްވެސް ހުރީ ވަރަށް ހާސްވެފައެވެ. މިޝްޔާ ބުނާހެން އެ ފޮޓޯއެއް ނޫނީ ވީޑިއޯއެއް އާއްމުވެއްޖެއްޔާ މިޝްޔާއަށް ވާނެ ގޮތަކާއިމެދު، އޭނާއަށްވެސް ވިސްނާލަން މަޖުބޫރުވިއެވެ. ކޮންމެ ގޮތެއް ހަދާފައިނަމަވެސް، އެ މީހަކު ހޯދަން އެބަޖެހެއެވެ. އެހެނަސް، އޭނާގެ ހިތުގައި އުފެދިފައިވާ ސުވާލަކީ އެމީހަކީ ކާކުތޯއެވެ.؟ އެ މީހަކު ހޯދާނީ ކިހިނަކުންތޯއެވެ؟؟ އެ މީހެއްގެ ބޭނުމަކީ ކޮބައިތޯއެވެ..؟؟ މިޝްޔާ ހަމައަކަށް އެޅުވުނީވެސް ދެ މީހުން […]
“ދޮންބެދައް……” އައިޝަމް އެއްޗެއް ބުނަން ވާއިރަށް ނައިނާ ގަދަކަމުން ހީލާފައި އެކަން ހުއްޓުވިއެވެ. “ނައިނާ…” ކުރެހިފައިވާ އަޑަކުން ނައިނާ އެހެން ބުނިއިރުވެސް އޭނާ ހުރީ ހީލައިގެންނެވެ. އައިޝަމް ފުން ނޭވައެއް ދޫކޮށްލާފައި ބޯޖަހާލީ ނައިނާގެ ބަސް ގަބޫލުކުރާކަހަލަ ގޮތަކަށެވެ. “އަހަރެންވެސް އަހަރެންގެ ދަރިފުޅަށްވެސް ބައްޕައެއްގެލޯބި ނަސީބު ނޫނީ ކަންނޭނގެ. އެކަމް އަހަރެން އެކަމާއި ދެރައެއްނުވާނަން… މިހުރިހާ ދުވަހުވެސް އަހަރެން އައިނާއަށް އައީ ދިރިއުޅެން ދަސްކޮށްދެމުން، އަހަރެން މަންމަ ފަދައިން ރަނގަޅު މަންމައަކާއި ބައްޕައަކަށް ވާން އަހަރެން އަދިވެސް […]
ސިއްސައިގެންގޮސް ހޭލެވުނީ ޖެހިގެން ހުރި ގޭގެ ދެމަފިރިން، މާނަފުން ބަސްތަކުން ލޯބީގެ ޝުޢޫރު ފާޅުކުރާ އަޑަށެވެ. މިގޮތަށް އަހަރެންގެ ރޭގަނޑުގެ ނިދި ގެއްލުމަކީ އާންމުކަމެކެވެ. ހައްލު ނުގެނެވިފައިވާ ބޮޑު ބޮލުގެ ރިހުމެކެވެ. ކުރާނީ ފަހެ ކީއްހެއްޔެވެ. އެވެސް ލޯތްބެވެ. އެމީހުންގެ ލޯބި އެކަކު އަނެކަކަށް އަންގައިދޭ ގޮތްކަމުކައި ވެދާނެއެވެ. ހަމަ ނިދި ނުލިބުމުގެ ސަބަބުން މޫޑު ސަކަރާތްވެފަ ހުރިވަރުން ފިރިމީހާ ކައިރީގަ ނެތްކަންވެސް ރޭކާލީ އެނދުގައި ދެކޮޅަށް ފުރޮޅިލި ފަހުންނެވެ.މިހާ ދަންވަރުވެސް ފިރިމީހާ އަހަރެން އެކަނި ދޫކޮށްލާފައި […]
މެންދުރު ވެގެން އައި އިރު ވެސް ސާރާއަށް އޮތްތަނުން ބޯހިއްލާލެވޭ ވަރެއް ނުވިއެވެ. ނާސިދު ވެސް ރަށުގައި ނެތުމުން ސާރާގެ ހާލު ފެނިފައި ނާހިދާ އިންތިހާއަށް ކަންބޮޑުވިއެވެ. ހޮސްޕިޓަލަށް ނުދިޔުމަށް ސާރާ ގަދަ ހެދުމުން ވެސް އެމްބިއުލާސްއަށް ގުޅައިގެން ނާހިދާ ސާރާ ހޮސްޕިޓަލަށް ގެންދިޔައެވެ. ޑޮކްޓަރ ސާރާ ވަރަށް ރަނގަޅަށް ބެލުމަށްފަހު ސާރާ އޮތް އެދުކައިރީ ހުރި ނާހިދާ ކުރެން ސާރާގެ ފިރިމީހާ ކޮބައިތޯ ސުވާލުކޮށްލިއެވެ. އެވަގުތު ހައިރާންކަމާއެކު ނާހިދާ ޑޮކްޓަރގެ މޫނަށް ބަލާލިއެވެ. ޑޮކްޓަރ ނާހިދާއާ […]