……………………… ދުވަސްތަށް ފާއިތުވެގެން ދިޔައީ އެފަދަގޮތަކަށެވެ. އޭގެފަހުން އެމީހުންނަށް ނައިނާ ނުވަތަ އައިނާ ނުފެނުނުކަމުގައި ވިޔަސް ކޮންމެ ދުވަހެއްގެ އަރާ އިރާއި އެކު އުއްމީދުކޮށްލެވެނީ އެމީހުން މިއަދު ފެންނާނެތޯއެވެ. އަނެއްކާވެސް އައިޒަންއާއި ލަހުފާއާއި ޖިނާހް ވާހަކަދައްކަންފެށިއެވެ. އެދެމީހުން މެދުގައި އިތުރަށް ނައިނާއާއި އައިނާގެ ވާހަކަ ނުދައްކާ އެކުވެރިކަމާއި އެކު ދުވަސްތަށް ވޭތުކުރަމުންދިޔައެވެ. އެއްދުވަހެއްގެ ހަވީރުވަގުތެވެ. މުޅި މާލެ ކުޑަކުރަމުން ހިނގަމުން ދިޔަ ޝާމިރާއާއި އިނާއަށް އެމީހުން ބޭނުންވާ އެއްޗެހި ހުންނަ ފިހާރައަކާއި ދިމާވާ ގޮތެއްނުވިއެވެ. އެންމެފަހުން ދެމީހުން […]
ދޮރުގައި ޓަކި ދިން އަޑު އިވުނަސް ޝައިމް ދޮރު ނުހުޅުވައި މަޑުކޮށްލީ މަލަކާގެ ޖަވާބެއް ލިބޭތޯއެވެ. މަލަކާ ދޮރު ހުޅުވަން ދާން އުޅުމުން ޝައިމް މަލަކާގެ އަތުގައި ހިފަހައްޓައި އިތުރަށް ދޮރާއި ކައިރިވުމަށް ހުރަސްއެޅިއެވެ. “ޖަވާބެއް ދީފަވެސް ދޮރު ހުޅުވިދާނެ” މަލަކާ ޝައިމްއަށް ބަލާލުމުން ޝައިމް ބުނެލިއެވެ. “ވެދާނެ ބައްޕަކަމަށްވެސް” މަލަކާ އުޅުނީ ކޮންމެވެސް ބަހަނާއެއް ދެއްކުމަށްފަހު ޝައިމްގެ އެސުވާލަށް ޖަވާބު ނުދެވޭތޯއެވެ. މަލަކާ އެހެން ބުނުމުން ޝައިމް މަލަކާގެ އަތުން ދޫކޮށްލިއެވެ. އަދި ދޮރު ކައިރީ […]
ޖަނާ އެތަނަށް އައި އެކަހަލަ މަންޒަރެއް ފެނިދާނެކަމަށް އުއްމީދު ކޮއްގެނެއް ނޫނެވެ. މޫދުގައި އޮތްއިރު އީރަމް ދުވެފައިދިޔަ ތަނާއެކު ލާމިހް އީރަމް ފަހަތުން ހިނގައިގަތުމުން ޖަނާ ވެސް ލާމިހް ފަހަތުން އައި ވެގެން އުޅޭ ގޮތް އޮޅުންފިލުވާށެވެ. ހެދިފައި ހުރި ގަހުގެ ފަހަތަށް ވަދެ ޖަނާ ނިވާވެލިގޮތުން އޭނާ އެތާ ހުރި ކަން އީރަމްއަށް އަންގަން ބޭނުންނުވާކަން އިނގެއެވެ. ކުރެވެނީ ގޯސް ކަމެއްކަން އެނގިހުރެވެސް ޖަނާ އީރަމް މެން އިތުރު ވާހަކައެއް ދައްކާތޯ މަޑުކޮއްލިއެވެ. ލާމިހް […]
ކޮޓަރީގެ ކައިރީގައި ހުރި ލަކުޑި މޭޒެއްމަތީ ތަބަށް ބެހެއްޓުމަށްފަހު ލައިގެންއިން ޖިންސްގެ ޖީބުން ރިހިކުލައިގެ ތަޅުދަނޑިއެއް ނަގައި ކޮޓަރީގެ ބޮޑު ދޮރުގައި އެޅުވިފައިވާ ތަޅު ކަމަރް ހުޅުވައިލިއެވެ. އަދި ދެއަތުން އެދޮރު ދެފަރާތައް ކޮށްޕައިލިއެވެ. އެއަށްފަހު ތަބަށް ނަގައި އެކަނު އަނދިރި ކޮޓަރިތެރެއަށް ވަނުމަށް ކަމަރް ހިނގައިގަތެވެ. ތަންކޮޅަކަށް ހިނގައިލުމަށްފަހު ކޮޓަރީގެ ފާރުގައި ހަރުކޮށްފައިވާ ސުވިޗްއަކަށް ކަމަރް އޮބައިލިއެވެ. އެއާއެކު ފަނޑު އަލިކަމެއް ކޮޓަރިތެރެއަށް ފެތުރިގެން ދިޔައެވެ. ތަބަށް ހިފައިގެން ކަމަރް ހިނގައިގަތެވެ. ކޮޓަރިތެރެ އަލިވުމާއެކު މީހެއްގެ […]
އާޝާގެ ކޮޓަރީގެ ހަމަހިމޭންކަން ނެތިގެން ދިޔައީ ކޮޓަރި ދޮރު މަޑުމަޑުން ވިޔަސް މީހަކު ހުޅުވާލުމުންނެވެ. ނިދިފައި އޮތް އާޝާޔަށް އެކަން އިޙްސާސް ކުރެވި ނިދި ލުއިވެއްޖެއެވެ. ނަމަވެސް ހަރާކަތެއްނުކޮއް އޮވެވުނީ އެއީ ނިދީގައި އޮތްއިރު ހީވި ހީވުމެއް ކަމަށެވެ. އަދި އާޝާ ނޫން އެހެން މީހަކު މިގަޑީ އެކޮޓަރިޔަށް ނުވަދޭވެނެ ކަމުގެ ޔަޤީންކަންވެސް އޮތީމައެވެ. ގައިން ހީބިހި ނަގައިގެން ދިޔާއީ ދެން އިވުނު އަޑަކުންނެވެ. އާޝާގެ ކޮޓަރީގެ ދޮރު ޖެހިއަޑެވެ. ސިހިފައި އެދިމާ ބަލާލެވުނީ ގަނެފައި ހުރި […]
“ބޭބީ ގާރލް ،އައިލަވް ޔޫ ، ލާސްޓް ނައިޓް ވޯސް އޯސަމް ، ލެޓްސް މޭކް ލަވް އަގެއިން ” އަބީ އީލާމްއާއި ދިމާލަށް ގުދުވެލާފައި ބުންޏެވެ. ސްކައި ހައުސްގެ ގޭޓުން އަބީގެ ކާރު ދުއްވާލުމާއެކު އީލާމްގެ ހިތުގެ ތެޅުން އަވަސްވެ ، އަތް ފިނިވާން ފެށިއެވެ. އަބީ ގޮސް ގޭ ދޮރުމައްޗަށް ކާރު މަޑުކޮށްލުމަށްފަހު އީލާމްގެ އަތުގައި ހިފާލިއެވެ. ” ބިރުގަނޭތަ ލޯބިކޮޅާ ” އަބީ އީލާމް ކައިރި ސުވާލުކޮށްލީ އަތް ފިނިވެފައި ހުރުމުންނެވެ. އީލާމް […]
……………………. 5 އަހަރު ފަސް “އީއްކޮ ދަރިފުޅާ! ބަލައިގެން ހިނގާބަ…!” ހަލަބޮލި މާލޭގެ މަގުމަތީ އައިނާ ފުންމަމުން ދުވަމުން ދިޔައިރު ހިނގާބިނގާވެ އުޅޭމީހުންގެ ގައިގާ އިރުއިރުކޮޅާ ޖެހެއެވެ. ނައިނާ ދިޔައީ އޭނާ މަތަކުރެވޭތޯބަލަމުންނެވެ. ފަސްއަހަރުގެ އައިނާ ހުރީ ވަރަށް މަޖާވެފައެވެ. “ދަރިފުޅު މަޖާތަ ކްލާސް؟؟” ނައިނާ ސުވާލުކުރީ އައިނާގެ އަތުގައި ހިފާ އޭނާ މަތަކޮށްލާފައެވެ. އޭރު އައިނާ ގެ ހިނިތުންވުން ފެނި އޭނާއަށްވެސް ހިނިތުންވެވުނެވެ. އައިނާގެ މިއަދު މީ ފުރަތަމަ ކުލާސްކަމުން އޭނާ ހީކުރީ އެހާ ރަނގަޅު […]
ކޮޓަރިތެރެއަށް ވަދެފައި ޔުމްނާއަށް ދެކޮޅު ދެކޮޅަށް ހިނގެން ފެށުނެވެ. އިޚްތިޔާރަކާ ނުލާ އޭނާގެ ދެލޯ ފެންކަޅިވެގެން ދިޔައެވެ. އެނދުގައި އިށީންދެ، އޭނާ ދެއަތުން ބޮލުގައި ހިފަހައްޓާލިއެވެ. އެވަގުތު އޭނާ ހަނދާންވީ އާބިދާގެ މަތިންނެވެ. މި ދުވަހު އާބިދާ އޭނާގެ ގާތުގައި ހުރިނަމަ ކިހާ ރަނގަޅުވީސް ހެއްޔެވެ؟ ޔުމްނާ މަޑުމަޑުން އޭނާގެ ބަނޑުގައި އަތް ހިންގާލިއެވެ. އޭނާގެ ހަށިގަނޑު ތެރޭގައި މިހާރު ކުޑަކުޑަ ފުރާނައެއް އެބަވެއެވެ. އޭނާ ވެސް މީހަކާ އިންނަން ބޭނުންވިއެވެ. ދަރިން ހޯދަން ބޭނުންވިއެވެ. ނަމަވެސް […]
“ދަރިފުޅާ…. ދެ ލޯ މަރާލާފައި ނިކަން ފުންކޮށް ނޭވާއެއް ލާބަލަ….. ކޮންމެ ކަމެއްވެސް ފުރަތަމަ ކުރާނީ އަލަށް…. ކަންކަމާ ކުރިމަތިލާންވާނީ ނިކަން ކެރިގެން…. ދަރިފުޅު އެކަންޏެއްވެސް ނޫނެއްނު ދާން ތި އުޅެނީ…. ޝައުންވެސް ގާތުގައި ހުންނާނެ….. އެހެން ނޫނަސް، އަބަދުވެސް ވިސްނަންވާނީ އެންމެ ރަނގަޅު ގޮތަށް…..” ނޫރައިން މަސައްކަތްކުރަމުން ދިޔައީ ޔަލްވީގެ ހިތަށް ވެރިވެފައިވާ ހާސްކަން ފިލުވައިދޭށެވެ. ޝައުން އައީ ނޫރައިން އެ ގޮތަށް ވާހަކަ ދައްކަން އިންދައެވެ. “އަހަންނަކަށް ހިއެއްނުވެ ޔާލްއަށް، ޝައުން މަންމަގެ ކުރިމައްޗަށް […]