Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ތި ލޯތްބަށްޓަކައި (22)

Ryn 100 Stories10 Stories1K Comments500 Comments100 Comments100 Login
October 11, 2017 8 Mins Read
26 Comments

“ދޮންބެދައް……” އައިޝަމް އެއްޗެއް ބުނަން ވާއިރަށް ނައިނާ ގަދަކަމުން ހީލާފައި އެކަން ހުއްޓުވިއެވެ. “ނައިނާ…” ކުރެހިފައިވާ އަޑަކުން ނައިނާ އެހެން ބުނިއިރުވެސް އޭނާ ހުރީ ހީލައިގެންނެވެ. އައިޝަމް ފުން ނޭވައެއް ދޫކޮށްލާފައި ބޯޖަހާލީ ނައިނާގެ ބަސް ގަބޫލުކުރާކަހަލަ ގޮތަކަށެވެ.

“އަހަރެންވެސް އަހަރެންގެ ދަރިފުޅަށްވެސް ބައްޕައެއްގެލޯބި ނަސީބު ނޫނީ ކަންނޭނގެ. އެކަމް އަހަރެން އެކަމާއި ދެރައެއްނުވާނަން… މިހުރިހާ ދުވަހުވެސް އަހަރެން އައިނާއަށް އައީ ދިރިއުޅެން ދަސްކޮށްދެމުން، އަހަރެން މަންމަ ފަދައިން ރަނގަޅު މަންމައަކާއި ބައްޕައަކަށް ވާން އަހަރެން އަދިވެސް މަސައްކަތްކުރާނަން..” ނައިނާގެ ހިތްވަރުގަދަކަން ފެނި އައިޝަމްވެސް ހައިރާންވިއެވެ. އޭނާ ބޮޑުވީ ކޮންފަދަ ނުބައި ބައްޕައެއްގެ ދަށުގައިކަން އައިޝަމްއަށް ސިއްރުވެފައެއްނުވެއެވެ. ނައިނާގެ މި ހިތްވަރުގަދަކަމާއި ލިބިފައިވާ ރަނގަޅު ތަރުބިއްޔަތަށްޓަކައި ނައިނާގެ މަންމައަށް ފައްފަށުން ތައުރީފް ކުރަމުން ދިޔަ އައިޝަމް އިށީނދެލާފައި އަނެއްކާވެސް އައިނާ ގެ ކޮލުގައި ހިފާލިއެވެ. އައިނާ ދެރަވެފައި ހުރިތަންފެނިފައެވެ. “މަންމީ ކީއްވެ ރޮނީ..!” ދެރަވެލާފައި އައިނާ އެހެން އެހުމުން ނައިނާ ނޭފަތް ދަމާލިއެވެ.

“މަންމި މާބޮޑަށް ޝާމްބެ މަތިން މިސްވީމަ…” ނައިނާ އެހެން ބުނެފައި ހީލިއެވެ. އައިޝަމް ޝާމްބެ ނުކިޔާށޭ ބުންޏެވެ. “ތިއްތި ކިޔާނީ.. އެއީ އީއްކޮ ކިޔަން ހަމަޖެހުނު ނަމެކޭ.. ޝާމްބެ ނުކިޔާނެ…” ޅަކުއްޖެއްގެ ރާގަށް އައިޝަމް އެހެން ބުނެފައި ދެރަވެފައި ހުރި އައިނާ ހެއްވާލިއެވެ. އެތަކެއް މަޖާ ވާހަކަތަށް އައިނާކައިރި ކިޔަކިޔާފައި އެތަކެއް ސަކަރާތެއް ޖެހުމުން އެމޫނުމަތި އަނެއްކާވެސް އުޖާލާވިއެވެ. އައިނާ ހޭއިރު ނައިނާއާއި ވަރަށް ވައްތަރެވެ. ހާއްސަކޮށް އެ ދޮންކޮލަށް އެޅޭ ލޯބި އަޑިކޮޅެވެ. އަދި ފިނިމެންމާ ކުލަޔަށް ދާ ރީތި ތުންފަތެވެ. “އޭނާ އެއްވެސް ވަރަކަށް އަހަރެންނަށް އިތުބާރެއް ނުކުރޭ ދޯ؟ އަހަރެން އައިޒަންއަށް ކުރާ އިތުބާރު އޭނާއަށް އިނގޭނެ… ކާކު އަހަރެން އުޅޭހެން އުޅޭނީ އެވެސް އަމިއްލަ ބައްޕަ މަންމައަށް ހެދިގޮތް އެނގި ކާކު އަމިއްލަ ދިރިއުޅުމުގެ ނައު އެހާ ފަސޭހައިން ދޫކޮށްލާނީ.. މިއަދު އިނގިއްޖެ ދެމީހަކަށް އެކީ އުޅެވޭނީ ހަމައެކަނި ލޯބިވެގެންނެއް ނޫން.. އެކަކު އަނެކަކަށް އިތުބާރު ކުރަންޖެހޭނެ، އެކީ އުޅެން މަސައްކަތްކުރަންޖެހޭނެ…” ނައިނާ އެހެން ބުނެފައި އަނެއްކާވެސް މީހާ ހަމައަކަށް އަޅުވާލިއެވެ. ދެން އިތުރަށް އައިޒަންއަށްޓަކައި ކަރުނަތިއްކެއް ވައްޓައެއް ނުލާނެކަމަށް އަޒުމް ކަނޑައެޅިއަސް އެހިތަށް ވާ އުނދަގޫ ދެނެވޮޑިގެންވާނީ އެންމެ ފަރާތަކަށެވެ.

ނައިނާ ދާންހިނގާށޭ ކިޔާފައި ފަހަތަށް އެނބުރުނީ ފަހަތުގައި ލަހުފާއާއި ޖިނާހް ތިބޭނެކަމަކަށްނޫނެވެ. އެދެމީހުން އެއްފަހަރާ ފެނުމުން ސިހިފައި ފަހަތަށްވެސް ޖެހެވުނެވެ. އެތާ އެމީހުން ތިބީ ކިހާ އިރެއްވަންދެއްކަމެއްވެސް ނައިނާއަކަށް ނޭނގެއެވެ. އައިޝަމްވެސް ސިހިފައި އެމީހުންނަށް ބަލައިލިއެވެ. އޭނާއަށް އެދިމާ ބަލައިލެވުނުނަމަ މީގެ އެތަށް އިރެއްކުރީގައި ލަހުފާއާއި ޖިނާހް ހިނގާފައި އަންނަތަން ފެނުހީއެވެ. ނަމަވެސް އޭނާ ހުރީ މުޅިން އެހެންކަމަކަށް ގޮސް ހުސްވެފައެވެ. “ޖިނާ… ލައްކޮ…” ނައިނާއަށް އެހެން ބުނެވުނީ ހިންދިރުވާލަފައެވެ. މިއަދު މީ ކޮންކަހަލަ ދުވަހެއްހެއްޔެވެ؟ އައިޝަމް އާއި ދިމާވީއިރު ޖިނާހްއާއި ލަހުފާއާއިވެސް ދިމާވީއެވެ. އެއްޗެއް ބުނަން ނޭނގިފައި ނައިނާ ހުރިއިރު ދެންތިބި ދެމީހުންވެސް ތިބީ އެހާލުގައެވެ. ލަހުފާ ދުވެފައި އައިސް ނައިނާގެ ގައިގާ އޮޅުލައިގަތްތަން އައިނާ ބަލަންހުރީ ބީރައްޓެހިގޮތަކަށެވެ. ހަބަރެއްވެސްނުވެޔޭ ކިޔާފައި ޝަކުވާތަށް ބަންޑުންކޮށްލިއިރު އެދެލޮލުން ކަރުނަފައިބައެވެ. ޖިނާހްވެސް އުފަލުން އައިސް ނައިނާގަޔާއި ކައިރިކޮށްލާފައި ކިހިނެއްހޭ އެހިއެވެ. އަދި އައިނާގެ ބޮލުގައި ފިރުމާލިއެވެ.

“މިހިރީނު އީއްކޮ.. އަވަހަކަށޭ ފިލަނީ..” ލަހުފާ އައިނާގެ ގައިގާ ބައްދާލާފައި އެހެން ބުންޏެވެ. އެއަށްފަހު އެދުވަހުގެ ހާދިސާ ކިޔައިދީފާ ހޭންފެށިއެވެ. އައިނާ ވަނުވާގައި ހުރުމުން ނައިނާ ހީލާފައި އެއީ ކޮންބައެއްކަން ބުނެދިނެވެ. “ދަރިފުޅޫ! މީ ޖިނާބެ އާއި ލަހުފާދައްތަ…” ނައިނާ އެހެން ބުނުމުން އައިނާ ހީލާފައި އެދެމީހުން ގައިގާ ބައްދާލިއެވެ. އައިނާ އުފަލުން ހީވީ އެހެންފަދަ ކަމެއްހެންނެވެ. ހާއްސަކޮށް ޖިނާހް ފެނުނީމައެވެ. އުފަލުން އެއަތުތެރޭ އިނދެ އެކި ވާހަކަތަށް ދައްކަންފެށިއެވެ. “ޖިނާބެ އަކީ ބައްޕިގެ ބެސްޓްފްރެންޑެއްނު.. މަންމަ ބުންޏޭ.. ޖިނާބެ ބައްޕި ކޮބާތަ؟؟” އައިނާ މައުސޫމްކަމުން ފުރިގެންވާ ދެލޮލަކުން ޖިނާހްއަށް ބަލާލާފައި އެހެން އެހުމުން އެންމެންގެ ހިތަށްވެސް އެކަމުން އަސަރުކުރިއެވެ. ނައިނާ އައިނާއަށް ގޮވާލިއެވެ. “ދަރިފުޅޫ މަންމަ ބުނީމެއްނު އެހެން ނާހާނޭ.. ދެން ނާހައްޗޭ..” ނައިނާ އެހެން ބުނިއިރުވެސް އައިނާ ބައްޕި ވީތަން އޮޅުންފިލުވަން ބޭނުންވާކަން އިނގެއެވެ. އެސުވާލު ނުކޮށްހުއްޓަސް އޭނާވެސް އެހެންކުދިންފަދައިން ބައްޕައެއްގެ ލޯބި އިހްސާސްކޮށްލަން ބޭނުންވާނެތާއެވެ. އެކަން އެންމެ ރަނގަޅަށްވެސް އިނގޭނީ ނައިނާއަށެވެ.

“މިފިހާރައިން ނިކުމެގެން އައީކީ މިތާ އަސްލު ނައިނާ ހުރިކަމަކަށް ނޫނޭ.. ނަސީބެއް ދިމާވީކަން… ކޮ ންތާކުތަ އުޅެނީ؟” ލަހުފާގެ ސުވާލުން ނައިނާ އިސްޖަހާލިއެވެ. އެއަށް ޖަވާބެއް ދޭން ބޭނުންނުވާކަހަލައެވެ. އެކަން އެނގި ލަހުފާވެސް މައުލޫ ބަދަލުކޮށްލާފައި އޭނާގެ މިހާރު ކުއްޖެއް ހުރެއޭ ބުންޏެވެ. ޔާނިއަލް ނިދާފައޭ އޮތީ ބުނެފައި ފޯނުން އޭނާގެ ފޮޓޯއެއްވެސް ދައްކާލިއެވެ.

ނައިނާ އަށް އެމީހުން އެއްކޮށް ފެނުމުން ހިތަށް އުނދަގޫވިއެވެ. މާބޮޑަށް އައިޒަންމަތިން ހަނދާންވާންފެށިއެވެ. އައިޒަންއާއި ހެދި އޭނާ އަތުން ބީވެގެން އެދިޔައީ ކިތަންމެ އެއްޗެކެވެ. މިއަދު ދެން އެ އައިޒަންއަށްޓަކައި އިންތިޒާރުކޮށް ވަގުތު ބޭކާރުކުރާކަށް އޭނާ ނޭދެއެވެ. އެކިވާހަކަތަށް ދައްކަމުން ގޮސް ޖިނާހް ހުރިހާ ކަމެއް ރަނގަޅުހޭ އެއްވެސް އެހީއޭ ބޭނުންހޭ އެހިއެވެ. “ނޫން އަހަރެން އެއްވެސް އެހީއެއް ބޭނުމެއްނޫން.. ޝާމް އަހަރެންނަށް ވަރަށް ބޮޑު އެހީއެއް ވެދީފި… އަހަރެންގެ ދެލޮލުގައި ބަނދެވިފައިވާ ފޮތިގަނޑު ނައްޓުވާލަދީ ހުރިހާ ތަނެއް ސާފުކޮށް ފެންނަގޮތް ހަދައިދީފި… އަހަރެން ތިމީހުންކައިރިވެސް ތެދަށް ބުނަން ބޭނުން.. އަހަރެން ފިލައިގެން ދިޔައީކީ އައިޒަން ދެކެ ލޯބިނުވާތީ ކީ ނޫން ނޫނީ އައިޒަން ދެރަކޮށް އެކަނިކޮށްލާކަށް ނޫން.. އަހަރެން ފިލައިގެން ދިޔައީ އައިޒަންމަންމައާއި އައިޒަންގެ ދޭތެރެއަށް ނުވަންނަން.. އެދެމީހުންގެ މެދުގައި ދެބަސްވުން ނުއުފައްދަން..

މަންމައެއްގެ މުހިންމުކަން އިނގޭނީ މަދުބަޔަކަށް… އަހަރެން މަންމަ އަހަރެންނާއި ވަކިވިއިރު އަހަރެންގެ މުޅި ދިރިއުޅުން ބަދަލުވި އެކަނިވެރިވި.. އައިޒަންއަށް އެހެން ވާކަށް ނޭދެން.. މަންމަ ދިރިހުއްޓާ މަންމައާއި އުމުރަށް ވަކިވާކަހަލަ ކަމެއް ކުރަން ނޭދެން.. ހީކުރީ އައިޒަންއަށް އަހަރެން ފެނުނީމަ އިތުރަށް ގުޅުން ބާއްވަން ބޭނުންވާނެކަމަށް….. ހިއެއްނުކުރަން ވާނީ މިހެންކަމެއް.. އަދި އައިޒަން އެހެން ކައިވެންޏަކަށް އެއްބަސްވީކަން އެނގި އެވަގުތު އަހަރެން ދިޔުން ނޫން ގޮތެއް އަހަރެންނަށް ނުފެނުނީ.. އަހަރެންނަށް މާފުކުރާނެކަމަށްހީކުރަން.. ހާއްސަކޮށް ޝާމް.. އީއްކޮދެކެ އެހާ ލޯބިވާއިރުވެސް އީއްކޮއާއި ދުރުކުރެވުނީތީ…” އެއް ނޭވައިން ނައިނާ އޭނާ ކިޔަން ބޭނުންވާ އެއްޗެއް ކިޔައިފިއެވެ. އަދި މާފަށް އެދުނެވެ. އެ ތިންމީހުންވެސް މަޑުމައިތިރިކަމާއި އެކު އެވާހަކަ އަޑުއަހަން ތިބީ ނައިނާ އެހެން ބުނަން ހައްޤޭ ހިތަށްއަރާ ހާލުގައެވެ. މިއަދު އޭނާގެ ދިރިއުޅުމުގައި އެކައްޗެއްވެސް ނެތޭ ހިތަށްއެރިއެވެ.

ނައިނާ ރަށަށް ދާން ބޭނުމޭ ބުނުމުން އެންމެންވެސް ނޫނެކޭ ބުންޏެވެ. “އެއީ އަހަރެންގެ ރަށް.. މަންމަ ވަޅުލެވިފައިވާ ބިން… އަހަރެންނަށް ހެޔޮއެދޭ ހަމައެކަނި މީހުން ތިބީ އެތާ… އަދިއަދަށްދާންވެސް ޒުހާއަކާ ވާހަކަނުދައްކަން.. އަމިއްލަ ރަށަށް ނުގޮސް.. މުޅި ދިރިއުޅުން އެކީ ހޭދަކުރި އެކުވެރިންނާއި ދުރުގައި އުޅެން މިޖެހުނީ އައިޒަން ހޯދަން އުޅޭނެކަމަށް ހިތާ… ހެހެހެ.. އަހަރެންވެސް މޮޔަކަން..” ހެމުންހެމުން ނައިނާ އެހެން ބުނެފައި އައިނާ ކައިރި ދާންހިނގާށޭ ބުންޏެވެ. “ދޮންބެދަ…….” އައިޝަމް އެހެން ބުނަންއުޅެފައި ހުއްޓާލިއެވެ. “ނައިނާ.. ހާދަ ދުވަހެއް ފަހުންނޭ އީއްކޮވެސް މިފެނުނީ ޕްލީސް ނުދޭ…” އައިޝަމް ކަރުކެހިލާފައި އެހެން ބުނީ ވަރަށް ދެރަވެފައެވެ.

“އިނގޭ ޝާމް… އެކަމާއި މާފަށްވެސް އެދެން.. ހީކުރީ އައިޝަމްގެ ދޮންބެ ހޯދައިގެން އަލުން ގުޅެން ބޭނުންވާނެކަމަށް.. އެހެންވެ ހުރިހާ އެންމެންނާވެސް ގުޅުން ކަނޑާލީ.. މި ރާއްޖެ ދޫކޮށްދިޔައީ.. މިތަނަށް އައިތާ އެވީ ދެމަސް… ކުރިންދުވަހު މަންމައާއި އިނާ.. މިއަދު ތިމީހުން މާދަން އައިޒަން… އަހަރެން އެހެން ވާކަށް ނޭދެން.. މިވީ 5 އަހަރުތެރޭ އަހަރެން އަތުން އެތައް އެއްޗެއް ބީވެއްޖެ.. އެކުވެރިން ގެއްލިއްޖެ… ހުރީ އީއްކޮ އެކަނި… އެތަށް ބައެއް ކައިރިން ފިލައިގެން މިއައީ… އަހަރެން އިތުރަށް ދެން އެމީހުންނާއި ދުރުގައި އުޅޭކަށް ބޭނުމެއްނޫން…” ނައިނާ ޖަވާބުދާރީވެފައި ދަނީކަމަށް ބުންޏެވެ. ލަހުފާ ފޯނު ނަމްބަރު ދޭށޭ ބުނުމުން ދެބަހެއްނުވެ ފޯނު ނަމްބަރު ލިޔެދީފައި އައިޝަމްގެ ފޯނުގައިވެސް ލިޔެދިނެވެ. އަދި އައިޒަންއަށް މިއިންކަމެއް އެނގިގެން ނުވާނޭ ބުނެފައި އައިނާ ގޮވައިގެން ހިނގައިގަތެވެ. އައިނާ ހިނގައިގަނެފައި ވެސް ފަސްއެނބުރި އެތިންމީހުންނަށް ބަލާލާފައި ނައިނާގެ އަތުން ދޫކޮށްލިއެވެ. “ޖިނާބެ އީއްކޮ ސީކްރެޓް އެއް ބުނަން..” އައިނާ ދުވެފައި ގޮސް އެހެން ބުނުމުން ޖިނާހް ހީލާފައި އައިނާއާއި އެއްވަރު ވާނެހެން ދެފައިމައްޗަށް އިށީނދެލިއެވެ. އައިނާ އައިސް ބުނި އެއްޗަކުން ޖިނާހް ގެ ލޯލިތަށް ކޮޅަށް ޖެހުނެވެ. އެ ބުނި އެއްޗެއް ބުނެފައި، ދުވެފައި ގޮސް ނައިނާގެ އަތުގައި ހިފަހައްޓާފައި އަނެއްކާވެސް ހިނގައިގަތެވެ. އިރުއިރުކޮޅާ ފަހަތަށް ބަލާލާފައި ލޯބިކޮށް އަތުން ހަނާއަޅާލާފައި “ފްލައިން ކިސް”އެއް ފޮނުވާލައެވެ. އެދެލޮލުން ފެންނަނީ ތަފާތުކަމެކެވެ.

ޖިނާހް އެދެމީހުން ކައިރި އައިނާ ބުނި އެއްޗެއް ބުނެދިނުމާއި އެކު އެމީހުންނަށްވެސް ވީ އެވަރެވެ. އިސްދަށަށް ޖަހާލީ އެކަކު އަނެކަކު ކުށްވެރިކުރެވޭލެއް ބޮޑުވެގެންނެވެ. “އަހަރެން މިކަމުގައި ކުށްވެރި ކުރާނީ އައިޒަން.. ފުރުސަތު ލިބުނީމަ، ނައިނާއަށްޓަކައި ތެދުވެ ނައިނާ ގެ ކޮޅަށް ވާހަކަދައްކަން ލިބުނީމަ އޭނާ ނެގީ އޭނާ ލޯބިވާ މަންމަ.. އެކަމުން ހުރިހާ އަސަރެއް އެކުރަނީ އީއްކޮއަށާއި ނައިނާއަށް.. ނައިނާ ހާދަދެރަވެފައޭ އެދަނީ… އެބުނީ ތެދެއް.. އައިޒަން އަންނާނެކަމަށް ހިތާ ފިލައިގެން ދިޔައިރު އޭނާ އަތުން ކިތަންމެ އެއްޗެއް ބީވެއްޖެ.. އެކުވެރިންނާއި ރަށްދޫކުރީ އައިޒަންއަށްޓަކައި މިއަދު އައިޒަން އޭނާ ހޯދާކަށް ނޫޅެޔޭ ބުނީމަ އެ ހިތަށް ކިހާ އަސަރުކުރާނެ.. އޭނާ ކިހާ ޤުރުބާނީތަކެއް ވާނީ އައިޒަންއަށް..” ފެންކަޅިވެގެން ދިޔަ ދެލޯ ފޮހެލަމުން ލަހުފާ އެހެން ބުންޏެވެ. އައިޝަމް ރުޅިއައިސް ގޮށް މުއްކަވާލިއެވެ. ހިތާހިތުން އައިޒަން އަށް އެތިވަރުތަކެއް ގޮވަމުން އޭނާ ދާންހިނގައިގަތެވެ.

………………………

ގެއަށް ވަތްގޮތަށް އައިނާ ކުޅެން ފޮނުވާލާފައި ނައިނާ ދިޔައީ މާރިޔާ ކައިރިއަށެވެ. މާރިޔާ އޭރު ކޮޓަރީގައި ކޮންމެވެސް ފޮތެއް ހިފައިގެން އެ ކިޔަން އިނެވެ. ނައިނާ ގޮސް މާރިޔާ ކައިރި އިށީނދެފައި އޭނާގެ ގައިގާ ބައްދާލިއެވެ. އަދި ހިފަހައްޓައިގެން ހުރި ކަރުނަތަކާއި ޝަކުވާތަށް އެއްފަހަރާ ބަންޑުންކޮށްލިއެވެ. އައިޒަން ލަމްހާ އާއި ކައިވެނިކުރީ ކީއްވެކަމާއި ޝާމިރާ އެހެން ބުނީ ކޮންމެވެސް އޮޅުންގަނޑެއް އޮވެގެންކަމަށް އައިޝަމް ބުނިގޮތަށް ނައިނާވެސް ބުނެދިނެވެ. އަދި އައިޒަންއެޔަށްފަހު ކަންތަށް ކުރިގޮތަށްދަންދެން ކިޔައިދީފާ އޭނާ ބުނީ އޭނާ ރަށަށް ދާން ބޭނުންވާ ވާހަކައެވެ. މާރިޔާ އެއްގޮތަކަށްވެސް ނައިނާ އެކަނި ފޮނުވާކަށް ބޭނުމެއްނުވިއެވެ. އެހެންކަމުން އޭނާވެސް ނައިނާ އާއި އެކު ރަށުގައި އުޅެން ނިންމިއެވެ.

“ނައިނާ ދައްތަ ގަބޫލުކުރީ އަމިއްލަ ދަރިއެއްފަދައިން.. މިއަދު އެ ދަރިފުޅަށް ބޭނުންވާ ހުރިހާ އެހީއެއް މި މަންމަ ކޮށްދޭނަން… އެހެންވީމަ ނައިނާ އާއި އެކު އުނގޫފާރަށްވެސް ދާނަން… ނައިނާ އާއި އެކު އުނގޫފާރުގައި އުޅޭނީވެސް..” ނައިނާގެ އަތުގައި ހިފަހައްޓާލަމުން މާރިޔާ އެހެން ބުންޏެވެ. ނައިނާ ކަރުނަތަށް ފޮހެލާފައި ހީލީ މާރިޔާ ހުރީތީ ޝުކުރުކުރަމުންނެވެ. “ދެން ކުންފުނި..؟” ނައިނާ ސުވާލުކުރީ ފާލިހުގެ ކުންފުންޏާއި ބެހޭގޮތުންނެވެ. މާރިޔާ އަމަލީގޮތުން އެތާ މަސައްކަތްނުކުރިޔަސް ކުންފުނީގެ ބޮޑެތިކަންތަށް ބަލާ ހަދަނީއޭނާއެވެ. “ހާސްނުވޭ ލަމްހާވެސް އެހުރީނު…” މާރިޔާ އެހެން ބުނުމުން ނައިނާ ބޯޖަހާލިއެވެ. އަދި އެތަކެއް ފަހަރު ޝުކުރުއަދާކުރަމުން ދިޔައީ ނައިނާއަށް އެހާ އޯގާތެރިވީމައެވެ. އެހާ އަޅާލާތީއެވެ.

………………………….

“އަހަރެންނަކަށް ނޭނގެ ދެން ހަދަންވީ ކިހިނެއްކަމެއް… އަހަރެން ކޮންމެ ދުވަހަކު މިހެން ދޮންބެއާއި ހެދި އަމިއްލަ ނަފްސް ކުށްވެރިކުރެވެނީ… ދޮންބެއަށް އެހިޔާލު ނުދެވުނުނަމަ… ނައިނާއާއި އިންނަން ބާރުނޭޅެވުނުނަމަ.. ދޮންބެއަކީ އެކަން ކުރެވޭހާވަރުގެ ހިތްވަރު އޮތްމީހެއް ނޫންކަން ކުރިން އިނގުނުނަމަ…. ގައިމުވެސް ނައިނާ ދިރިއުޅުން މިހެން ހަލާކުނުވީސް.. އަހަރެންނަށް ވިސްނުނަމަ، މަންމަގެ އެންމެ އިޝާރާތަކުންވެސް އެ އައިޒަން އޭނާގެ މުޅިދިރިއުޅުން ދޫކޮށްލަފާނެކަން…” ދެފަރާތަށް ބޯ ހޫރަ ހުރާފައި މޫނުމަތީ ދެއަތް އަޅާލި އައިޝަމްގެ ޝަކުވާތަށް އަމާޒުވީ ލޯބިވާ އަންހެނުން އިނާއަށެވެ. އައިނާ ދިޔުމުގެ ކުރިން ޖިނާހް ކައިރި ބުނި އެތި އިނާކައިރި ބުނުމުންވެސް އޭނާއަށްވެސް ވީ އެވަރެވެ. އިނާ ވިސްނައިދިނީ ޝާމިރާ އާއި އައިޝަމް ވާހަކަދައްކާ އެކަން ހައްލުކުރާށެވެ. އެހެނީ ޝާމިރާއަށް ނޭނގިވެސް އެވަނީ ކުޑަކުޑަ އައިނާއާއި ވާހަކަދައްކާ ހެދިފައެވެ. ފަހަރުގައި އައިނާގެ އެ މައުސޫމް ސޫރައަށް ވިސްނާލާފައި ޝާމިރާ އާބަސްބުނެދާނެއެވެ.

“ނޫން.. މިގެޔަށް ދޮންބެދައްތަ ގެންނަންޖެހޭނީ އައިޒަން.. މަންމަ ރުއްސަންޖެހޭނީ އައިޒަން.. ދޮންބެދައްތައަށާއި އީއްކޮއަށް އެމީހުންގެ އަސްލު ޖާގަ ދޭންޖެހޭނީ އައިޒަން…އަހަރެން އެއްވެސް ކަމެއްނުކުރާނަން… ” އައިޝަމް އޭނާއަށް ފެންނަގޮތް ބުނެފައި އެތަނުން ނިކުމެގެން ދިޔައީ ކޮންމެވެސް ވަރަކަށް ރުޅިއައިސްގެންނެވެ. އޭނާގެ ކުރިމަތީ ނައިނާ ރުއިގޮތާއި އެ މައުސޫމް އައިނާ އައިޒަން ހޯދަން ކުރި ސުވާލުން އެ ހިތަށް އުނދަގޫވަނީއެވެ.

………

ޖިނާހް އާއި ލަހުފާވެގެން ވަރުގަދަ އެއްޗެއް ރާވާލާފައި އައިޒަންއަށް ގުޅާލިއެވެ. އޭނާ ފޯނު ނެގީވެސް ރިންގްވާތާ އިރުގަނޑެއްފަހުންނެވެ. “އާދެބަ ބައްދަލުކުރަން… އާނ އަނގާލާނަން ދާންވީތަން…” ޖިނާހް ފޯނުން އައިޒަން އަށް ގުޅާ އައިޒަން ގެނައުމަށް ހަމަޖެއްސުވިއެވެ. ފޯނު ކަނޑާލާފައި ލަހުފާއަށް ބަލާލާ މިކަން ކާމިޔާބުވާނެތޯ ޖިނާހް އެހީ އެކަން ނުވާނޭ ހިތާއެވެ. “މިކަން ކާމިޔާބު ވުމާއި ނުވުން އޮތީ އައިޒަން އާއި ނައިނާ އަތުގައި… މި ޕްލޭން އަކީ ހަމައެކަނި އެދެމީހުން އެކަހެރިކޮށް ވާހަކަދައްކަން ވެގެން ރޭވި ޕްލޭންއެއް.. ކަންތަށް އިތުރަށް ގޯސްވިޔަސް ނުވިޔަސް މިކަން ކޮންމެވެސް އެއްކޮޅެއްގައި ޖެހި ނިމޭނެ… އައިޒަން އާއި ނައިނާ ވަރިއެއްނުވޭ… އައިޒަން އެހެން ހަދަންޏާ ކީއްކުރަން އޭނާގެ ދިރިއުޅުމުގައި ނައިނާ އަދިވެސް ބަހައްޓަންވީ.. ނައިނާއަށް އާ ދިރިއުޅުމެއް ފެށޭނީވެސް އައިޒަން ކައިރިން ދުރަށް ގޮސްގެން…. ދެމަފިރިއެއްކަމަކު ދެމީހުންވެސް އެ އުޅެނީ ދެ ދިރިއުޅުމެއްގައި… އެހެނެއްނު؟” ލަހުފާ ދެއްކި ވާހަކައަށް ޖިނާހް އާނހޫން ކިޔަމުން އެވާހަކަތަކާއި އެއްބައިވަމުންދިޔައެވެ. ޖިނާހް އެދުނީ ދެން ނައިނާއަށް ގުޅުމަށެވެ.

ނައިނާއަށް ގުޅުމުން އޭނާ ފޯނު ނަގާފައި ހަލޯ ބުނުމުން ލަހުފާ ވާހަކަދައްކަންފެށިއެވެ. އަދި އޭނާ ބައްދަލުކުރަން ބޭނުމޭ ބުނުމުން ނައިނާ ބަހަނާތަށް ދައްކަންފެށިއެވެ. ނަމަވެސް ލަހުފާ ގޮތްދޫ ނުކުރާނެކަން އިނގޭތީ ނައިނާ އެންމެ ފަހުން އެއްބަސްވިއެވެ. އަދި އައިނާ ނިދީމާ މިދަނީއޭ ބުނެ ފޯނު ކަނޑާލިއެވެ. ކަންތަށް އެމީހުން ބޭނުންވާގޮތަށް ވާންއުޅުނެއްކަމަކު އައިޒަން އާއި ނައިނާ ހަދާނެ ގޮތެއް ނޭނގޭތީވެ ދެމީހުންވެސް ތިބީ ނުތަވަސްވެފައެވެ.

………………………

ހަމަޖެއްސި ރެސްޓޯރެންޓް ކުރިމަތީގައި ހުރި ގެއެއްގެ އަސްކަނި ދޮށުގައި ފިލާ ހުރި ޖިނާހްއާއި ލަހުފާ ދިޔައީ މަގުގެ ދެފަރަތްވެސް ބަލަމުންނެވެ. ނައިނާ އާއި އައިޒަން ކައިރި އަންނަން ބުނެވިއްޖެއެވެ. ދެމީހުންގެވެސް ހިތްދިޔައީ ވަރަށް ބާރަށް ތެޅެމުންނެވެ. ވާނެ ގޮތް ނޭނގޭތީއެވެ. ދެމީހުންވެސް އެ ހާލުގައި ތިއްބާ ފެނުނީ މަޑު ހިނގުމެއްގައި ރެސްޓޯރެންޓް ކުރިމައްޗަށް އެރި ނައިނާއެވެ. ނައިނާ ފޯނު ނަގާ ލަހުފާއަށް ގުޅާފައި ކޮންތާކުތޯ އެހިއެވެ. “އާނ މި ދަނީ އިނގޭ… ޓޭބަލް 8 އިންނާނެ ބުކް ކޮށްފަ އަހަރެންގެ ނަން ބުނީމަ ގެންގޮސްދޭނެ…” ލަހުފާ ފޯނު ކަނޑާލީ ދޭންވީ ހުރިހާ މައުލޫމާތެއް ދީފައެވެ. ނައިނާ އެތެރެއަށް ވަތް މަންޒަރު ފެނި ދެން އަނެއްކާވެސް ދެމީހުން ބަލަމުން ދިޔައީ އައިޒަން އާދޭތޯއެވެ. “އަހަރެން ބިރުގަނޭ އެބަ.. ދުވަސްގަނޑަކަށްފަހު އެދެމީހުން އެ ދިމާވަނީ.. މައްސަލަ ހޫނުވެއްޖެއްޔާ ވާނެ އަހަރެމެން ހުއްޓުވަން..” ޖިނާހް އެހެން ބުނުމުން ލަހުފާ ބޯޖަހާލިއެވެ. “މައްސަލަ ބޮޑުކުރަންޏާ ކުރާނީ އަހަރެމެންގެ އައިޒަން.. ނައިނާ ހިއެއްނުވޭ މާ މައްޗަށް ގޮސްދާނެހެންނެއް.. ދެން ބަލަމާ ހިނގާ..” ލަހުފާގެ ޖަވާބުން ޖިނާހްވެސް އެކަމާއި އެއްބަސްވެފައި އައިޒަން އަށް މެސެޖެއްކޮށްލީ މާބޮޑަށް ލަސްވާތީއެވެ.

އައިޒަން އެތެރެއަށް ވަދެ ރިސެޕްޝަން ކައިރި މަޑުކޮށްލިއެވެ. ޖިނާހްމެން ލަސްވާނޭ ބުނުމުން އޭނާ ފޫހިވެފައި ހުރެ މޭޒުއެފަރާތުގައި އިށީނދެ އިން ކުއްޖާ ކައިރި ޓޭބަލް ނަމްބަރު ބުނެފައި ޖިނާހްގެ ނަންބުނެލިއެވެ. އައިޒަން ޖީބަށް އަތް ޖަހާލައިގެން ހުރެ އެ އަންހެންކުއްޖާ ދާން ބުނި މިޝްރާބަށް ހިނގައިގަތެވެ. ޖިނާހްއާއި ލަހުފާވެސް އެތަނުތެރެއަށް ވަދެ ތަންކޮޅެއް ކުރިން ހަމަ 8 ވަނަ މޭޒު ކައިރި އެހެން މޭޒެއް ބުކް ކޮށްއެކަންތަށް ހަމަޖައްސާލިއެވެ. އެމީހުން ބުކް ކުރި ޓޭބަލް އިންނާނީ ނައިނާއާއި އައިޒަން ތިބޭނެ ތަނަށް ފޮރުވިފައި އިންނަ ކަހަލަ ގޮތަކަށްވުމުން ބޮދަ ބޮދައިގެން އެތެރެއަށް ދެމިގަތެވެ.

ނައިނާ މޭޒުގައި އިށީނދެލައިގެން އިންއިރު އޭނާ ދިޔައީ އެއްވަރަކަށް ފައިތަޅުވަމުންނެވެ. އިންތިޒާރު ކުރަމުން ދިޔައީ ލަހުފާ އަންނާނެއިރަކަށެވެ. ގެނެއްސާ ހުރި ފެންތަށީގައި ތުންޖަހާލާފައި އިސްއުފުލާލީ މީހެއްގެ ހިލަންވެގެން އެއީ ލަހުފާމެންކަމަށްހިތާއެވެ. ނަމަވެސް ފެނުނު ސޫރައަކުން އޭނާގެ ދެލޯ ބޮޑުވެ ކޮށިއަރައިގެން ދިޔައެވެ. ފެންތަށި ދުރަށްލާފައި އޭނާ ކެއްސަމުން ދިޔައިރުވެސް ބެލެނީ ކުރިމަތީ ހަމަ އޭނާފަދައިން ހައިރާންވެ ބަލަންހުރި އައިޒަންއަށެވެ. ޖީބަށް ދެއަތް ލައިގެން އާދައިގެ ގޮތަކަށް ރީތިވެލައިގެން އައިޒަން ހުރި އިރު އޭނާ ގެ ލޯ ސީދާ އަމާޒުވެފައި ހުރީ ނައިނާއަށެވެ. “ނައިނާ….” އައިޒަން އަށް އެހެން ބުނެވުނީ ބޭއިހްތިޔާރުގައެވެ. ހުރިހާ ދިމާލަކަށް ނަޒަރު ހުއްޓާލުމަށްފަހު ނައިނާ އިން މޭޒުގައި ޖަހާފައި އިން ނަމްބަރު ބަލާލިއެވެ. އަދި ވަގުތުން ހުރިހާ އެއްޗެއް އޭނާއަށް އެނގިގެންދިޔައެވެ.

ނައިނާ އިންތަނުން ތެދުވިއިރު އެ ހިތް ހީވަނީ ނިކުމެގެން އައިސްދާނެހެންނެވެ. ކުރިމަތީ އެހުރީ އެހިތުގެ ވެރިޔާއެވެ. ނަމަވެސް އޭނާއާއި މިއަދު އެއްވެސް ގުޅުމެއް ނޯންނަކަން ހަނދާންކޮށްދެމުން ނައިނާ އިސްޖަހާލާފައި އައިޒަން ކައިރިން އަޅާލާފައި ނިކުންނަން ދިޔައެވެ. އެތަކެއް އަހަރުފަހުން އެ ސޫރަ ފެނުނެއްކަމަކު ހިތްފުރިގެން ބަލައިލާންވެސް ނައިނާއަށް ނުކެރުނެވެ. ލޯބިވެރިޔާއަށް ފަސްދީ ދިޔުމަކީ ކިހާ އުނދަގޫކަމެއްކަން ނައިނާއަށް އެވަގުތު ދިޔައީ އިހްސާސްވަމުންނެވެ. އައިޒަން ހުރިތާ ގުޑައިވެސްނުލާ ހުއްޓެވެ. ލަހުފާ އާއި ޖިނާހް މާޔޫސްވެފައި އެކަކު އަނެކަކަށް ބަލައިލިއެވެ. ނައިނާ މަޑުކުރުމެއްނެތި އެދިޔައީ ކީއްވެހެއްޔެވެ؟ “އަޅެ ނައިނާ ބޭނުމެއްނުވޭތަ ޝަކުވާތަކާއި އެ ރުޅިގަނޑު އައިޒަންއަށް ބާލާކަށް.. އެހާ ކެތްތެރިވާކަށްވެސް ނުވާނެ. އޭނާ ހަލާކުވެދާނެ.. އަހަރެން އެބަ އަންނަން އައިޒަން އާއި ވާހަކަދައްކާފައި..” ލަހުފާ އިންތަނުން ތެދުވަމުން ބުނެލިއެވެ. ޖިނާހް އޭނާ ބުކް ކުރި މޭޒުގެ ކަންތަށް ނިންމާފައި އެބަދަމޭ ބުނުމުން ލަހުފާ ހިނގައިގަތެވެ.

އޭރު އައި ރުޅީގައި ހަރު ފިޔަވަޅުތަކުގައި އައިޒަން ބޭރަށް ނިކުމެއްޖެއެވެ. ނިކުމެފައިވެސް މަގުގެ ދެފަރާތް ބަލައިލެވުނީ ނައިނާގެ ހިލަމެއްވޭތޯއެވެ. އޭރު ނައިނާ ތަންކޮޅެއް ދުރުން ހިނގާފައި ދާތަން އައިޒަންއަށް ފެނުނެވެ. ގޮއް މުއްކަވާލަފައި އަނެއްކާވެސް ހުޅުވާލުމަށްފަހު އޭނާ ގޮސް ސައިކަލަށް އެރިއެވެ. “ކިހާ ދެރަކަމެއް އައިޒަން..” އައިޒަން ސިހުނީ ލަހުފާގެ އަޑަށެވެ. ދެރަކަމަށްވީ އެމީހުންނަށްހެއްޔެވެ؟ އެއީ އަހަރެންބުނަންޖެހޭނެ އެއްޗެއް ނޫންހެއްޔެވެ؟ ނިތަށް ރޫއަރުވާފައި ހުރި ލަހުފާއަށް ބަލާލަމުން އައިޒަން ހިތާހިތުން ކިޔާލިއެވެ.

“މަށެއްނު ބުނަންޖެހޭނީ ކިހާ ދެރަކަމެއްނޫންހޭ..! ޖެހޭތަ މިހެން ހަދަން؟؟” އައިޒަން ރުޅިއައިއްސާ ސައިކަލުމަތީ އިށީނެވެ. ލަހުފާ ހަށަން ބަދެލާފައި އައިޒަންގެ ސައިކަލު ކުރިމަތީ ހުއްޓުމަށްފަހު އެމޫނަށް ބަލައިލިއެވެ. “އަދިވެސް އަހަރެމެންތަ ގޯސްވީ؟ ތި މާތް މަންމަ ގޯހެއްނުވޭތަ؟ އެ މަންމަގެ ވިސްނުން ގޯހެއްނޫންތަ؟؟ ތިހެން ނޫޅެބަލަ އައިޒަން ހެޔޮނުވާނެ..” ލަހުފާގެ ރާގުބަދަލުވެ އަޑު ކުރެހިގެންދިޔައެވެ. އެކަން އައިޒަންއަށް އިނގުމުން ރުޅި މަޑުކޮށްލިއެވެ. “އަހަރެންނާއި ދިމާލަށް ކޮންމެ އެއްޗެއް ބުންޏަސް މަންމައޭ ކިޔައިގެން ނުކިޔާ! ދެން މިކަހަލަ ކަމެއް ވެއްޖެއްޔާ އަހަރެން ތިމީހުންނަށް ކުރާ އިތުބާރު ގެއްލޭނެކަން ހަނދާން ބަހައްޓާތި..” އައިޒަން ދެންވެސް ސައިކަލު ސްޓާރޓްކޮށްފައި ދާން ނޫޅުނެވެ. އޭނާ ބޭނުންވީ ލަހުފާމެންނަށް ވިސްނައިދޭށެވެ.

“ދެން އެހެންވިއްޔާ އޭނާ ވަރިނުކޮށް ތި ހުންނަނީއޯ؟ ކޮންމެ ތާކު ކޮންމެ ގޮތަކަށް އުޅުނަސް އޭނާ އަދިވެސް އެއީ އައިޒަންގެ އަންހެނުން އަދި ތީ އޭނާގެ ފިރިމީހާ…” ލަހުފާ ބުނި އެއްޗެއް ތީރެއްފަދައިން އައިސް ވަނީ އައިޒަންގެ ސިކުނޑިއަށެވެ. ވިސްނާލަން ރަނގަޅު ވާހަކައެކެވެ. އޭނާ އެ ވިސްނުމުގައި އިންދާ ޖިނާހްވެސް ނިކުމެއްޖެއެވެ. “އައިޒަން! އަހަރެންކައިރި އީއްކޮ އޭނާގެ ބައްޕި ކައިރި ބުނަން ބުނި ވާހަކައެއް އެބައޮތް..” ޖިނާހް އެހެން ބުނުމުން އައިޒަން އިސްއުފުލާލާ ޖިނާހްއަށް ބަލައިލިއެވެ. ޖިނާހް ފުން ނޭވައެއް ލާފައި ދޫކޮށްލިއެވެ. އެއަށްފަހު އައިނާ އެދުވަހު ބުނި ވާހަކަ ހިތަށް އަރުވާލިއެވެ. “އީއްކޮ ބުނީ ބައްޕި ކައިރި ބުނާށޯ ބައްޕި މަތިން ވަރަށް މިސްވެޔޭ… އެކަމް މަންމި ބުންޏޭ ބައްޕި ދުރުގައި ހުއްޓަސް އީއްކޮ ދެކެ ވަރަށް ލޯބިވެޔޭ އީއްކޮ މަތިންވެސް މިސްވާނެޔޭ… އީއްކޮ ވަރަށް ބޭނުމޭ ބައްޕި ދެކިލަން އަދި މަންމި އާއި ބައްޕިއާއި އެކު އުޅެން..” އައިނާ ބުނިގޮތަށް އެއްވެސް ބަދަލެއްނުގެނެސް ޖިނާހް އެހެން ބުނުމާއި އެކު އައިޒަންއަށް ކަރަންޓް ޝޮކެއްލިބުނުކަހަލައެވެ. މުޅި ހަށިގަނޑަށް ފާޑެއްގެ ލޮޅުންގަނޑެއް އެރިއެވެ. ވަގުތުން ސައިކަލުގެ ހުންގާނުގައި ހިފަހައްޓާލިއެވެ. އައިނާ ފެނިފައި ނުވިއެއްކަމަކު އައިނާ އެހެން ބުނާނެ ގޮތް އޭނާއަށް ސިފަކުރެވެމުންދިޔައެވެ. ކުޑަ އަދި މައުސޫމް ކުއްޖެއްގެ އަޑު އިވެމުންދިޔައެވެ.

ޖިނާހްއާއި ލަހުފާ ހީކުރީ އެ އެއްޗެހި އަޑުއިވި އައިޒަންގެ ހިތްކޮންމެވެސް ވަރަކަށް ބަދަލުވާނެކަމަށެވެ. ނަމަވެސް އެމީހުން މާޔޫސްކޮށްލާފައި އައިޒަން ސައިކަލުގައި ނައްޓާލީ ބަހަކުންބަހެއްނުބުނެއެވެ. އައިޒަން ދިޔަ ދިމާ ބަލާލުމަށްފަހު ލަހުފާ އާއި ޖިނާހްވެސް ހިނގައިގަތީ އިތުރަށް ދެން އެދެމީހުން ގުޅުވަން މަސައްކަތްނުކުރުމަށް ހިތުލައިގެންނެވެ. އެހެނީ އެދެވެނީ ނައިނާއަށްވެސް އަނިޔާއެއްކަމަށް ދެމީހުންވެސް ދެކެއެވެ.

Share Article

Follow Me Written By

Ryn

100 Stories10 Stories1K Comments500 Comments100 Comments100 Login

Hello! I love reading stories and writing obv. I hope my stories will make you happy. Don't forget that reading is what gives you more knowledge about the world. Don't stop reading. Visit my facebook page RYN'S stories. Thankyou

Other Articles

Previous

ހުރި ގޮތް

Next

ޔާރު މިވަނީ ލޯތްބޭ ޙަޤީގީ 43 (ތެޔާޅީސްވަނަ ބައި)

Next
October 11, 2017

ޔާރު މިވަނީ ލޯތްބޭ ޙަޤީގީ 43 (ތެޔާޅީސްވަނަ ބައި)

Previews
October 11, 2017

ހުރި ގޮތް

26 Comments!

  1. Aki says:
    October 11, 2017 at 9:33 pm

    v inthizaaru kohfin mi vaahaka ah

  2. Ryn says:
    October 11, 2017 at 9:34 pm

    Salaaam ?
    Next part is going to be interesting plus upcoming parts vx. Im now writing vrh different part thakeh and its vrh interesting. For me. ??
    Anyway good night and tvgc ?
    Thankyou for reading.
    And rynge story eh continue kuranya kuraany the one you guys told. “jumaa” kiyaa girl ge. I forgot the name. But these days I really am busy. Got to write another radio drama. ? So will let you guys know about the story and radio drama as well.. See ya

    1. Maahy says:
      October 11, 2017 at 11:33 pm

      So yuh are telling mivany loibbey he vaahaka dhw ?
      Im so excited…
      Mi part vx v salhi… Waiting for next part

  3. imagination ?? says:
    October 11, 2017 at 9:40 pm

    varah reethi <3

    1. imagination ?? says:
      October 11, 2017 at 9:41 pm

      nainaa ah aa meehaku hoadha bala. aizan varah foohi dhen. coward eh bodu.

  4. Aisha says:
    October 11, 2017 at 9:43 pm

    Hey me first.wow varan rèthi ekam hadha kurey….when next part?….

  5. Aisha says:
    October 11, 2017 at 9:44 pm

    Firsten noon….??

  6. Xxxx says:
    October 11, 2017 at 9:45 pm

    V.nice …keeep it up ???

  7. Maly says:
    October 11, 2017 at 9:45 pm

    V v v reethi mi part ves.. next part kon irakun genesdheyny ryn

  8. annoying reader says:
    October 11, 2017 at 9:46 pm

    aizan mi dhen bodu findi eh, varah foohi vey mihaaru kanthah vaa gothun, shaam bunahen aizan thivaru meehaku naina fahathun marry kuran dhuvy kykuran. u dnt deserve naina. please bring some happiness for naina and aina :* waiting for the next part. aizan dheke haadha rulhi eh aadhe ey miharu

  9. Maiii says:
    October 11, 2017 at 9:51 pm

    Omg… vrh vrh reethi.. nxt prt avas khla dhehchey plx… mirey nnge nidheyne kameh vx…

  10. no name says:
    October 11, 2017 at 9:55 pm

    kon irakun next part up kuraany..comment nukuriyas varah wait kuran mi story ah..this is tha first time i commented..varah reethi mi vaahaka..masha allah..keep it up ryn..

  11. Firu says:
    October 11, 2017 at 9:57 pm

    Wow

  12. Janan says:
    October 11, 2017 at 9:58 pm

    Next part kon iraku.. v nice?

  13. shaee says:
    October 11, 2017 at 10:00 pm

    Haaan… Aizan ah visneny konddhuvahakun tha??
    Story varah nice❤

  14. You says:
    October 11, 2017 at 10:03 pm

    Salhi

  15. Neel says:
    October 11, 2017 at 10:13 pm

    Wow vvvvvvv nice ???????

  16. sim says:
    October 11, 2017 at 10:16 pm

    Wow???????????????

  17. ??? says:
    October 11, 2017 at 10:19 pm

    Kihaa dhera kameh dhenn aizann naina aai ainaa ah thihenn nuhadhabala

  18. $JK..KOREAN says:
    October 11, 2017 at 10:25 pm

    varah salhi. keep it up. 🙂

  19. Fafoo says:
    October 11, 2017 at 10:25 pm

    Wow vvvvreethi. Waiting for next part. Avahah up kohdhehchey.. please

  20. khajja says:
    October 11, 2017 at 10:49 pm

    Alhey aizan kihineiytha thi hedhy?? Nainaa huttuvaafa vaahaka dhekkinama ennu ?? thihen nahadhaa nainaa ah eynaves dheravaane dhw eynageves ihusaasthakevvey n hithevves onnaane dhw?? nainaa aadheytherey visnaalaafaves thihennuhadhaa plx?? inaa shaan gaboolu nuviyas saamiraa kairy bunebala eynayaa vaahaka dhakkaa kudakujjaa aky ainaa ey aee nainaa aa zan ge dharifulhey eyrunves vaagothen engidhaane ennu bunebala e dhemainney saamiraa ah edhuvahu ehyvy n saamiraage nugabooluga zan aa gulheykah eyna beynumennooney plx inaa kiyaa dhybala saamiraa ah eyrunves rangalhu gotheh vedhaane ennu zan miee haadha findi myhekey dhw nainaa varikuraakavves beynumennoon emyhunnaa eku ulhekavves beynumennoon saamiraage nugabooluga ajaibekkahala firi heneh anyway stry v v awsome whn nxt prt avas kolla dhechchey nxt prt gud nyt ly ???❤❤??????????❤?????

  21. Ryn says:
    October 12, 2017 at 6:58 am

    Thankyu everyone. And I still believe that aixan is the best guy for naina, aixan deserves naina ??. Mirey dhn in part up kuraanan inge. Thankyu ❤

    1. naina says:
      October 12, 2017 at 7:51 am

      Aizan ge mom ah visnaadheeba ryynuu.. V reethi vaahaka❤????

  22. Reen says:
    October 12, 2017 at 7:09 pm

    vaahaka v reethi waiting for nex part

  23. ipher says:
    October 12, 2017 at 7:17 pm

    V v v reethi mi part vx…keep going.

Comments are closed.


All Right Reserved!